ދެކުދިންގެ ކައިވެނި ޕާޓީ ވަރަށް ފުރިހަމަކޮށް ބޭއްވިއެވެ. އަނެއްދުވަހުގެ އިރު އެރުމާއެކު އާއިލާ އެންމެންވެސް ނިންމީ ކައިރީގައި އޮތް ފަޅުރަށަށް ދަތުރުދާށެވެ. މި ދަތުރަށްފަހު ޖެހިގެން އައިދުވަހު އަރަޝްގެ އާއިލާ މާލެދާން ފުރިއެވެ. މިދަތުރުގައި އަރަޝްއާއި ހަލީނާވެސް މާލެ ދިޔައެވެ. ދެކުދިން ކައިވެނިކޮށްގެން ރަށުގައި މަޑުކުރާ ދުވަސްކޮޅު ކޮޓަރިއަށް ބޭނުންވާ ބައެއް މުހިއްމު ތަކެތި ގަނެ ހަމަކޮށްގެން އެނބުރި ރަށަށް އައުމަށްށެވެ. ހަލީނާއާއި އަރަޝްއަށް އެނބުރި ރަށަށް އާދެވުނީ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. މި ދަތުރުގައި ހަލީނާވަނީ އޭނާގެ ކޯހުން ވޯކިންގ ލީވް ނަގާފައެވެ.
ވަރަށް އުފާވެރި ދެމަފިރިން އުޅޭ ފަދައިން ދެކުދިން ދިރިއުޅެމުންއެބަދެއެވެ. މިހާރު މިދެކުދިންގެ ކައިވެންޏަށް ތިންމަސްދުވަސް ވެއްޖެއެވެ. “ހަލީނާގެބައްޕާ ! އެކުދިން ފުރަން މިހާރު ދެހަފުތާއަށް ވަނީ.” ހަލީމާ ނާޝިދު ކައިރީ ބުންޏެވެ. “އާން. އެކުދިން ކިހާ އުފަލުގައި އެ އުޅެނީ. އެކުދިން ދިޔައީމަ ގެ އެކީ ފަޅުވާނެ. ” ނާޝިދު ވަރަށް ދެރަވެފައި ބުންޏެވެ. ” ހަލީ. މަންމަމެން ކިހައި ދެރަވާނެ މާލެއަށް ދިޔައީމަ. މިރޭވެސް ބައްޕަ އަހަރުމެން މާލެ ދާތީ ދެރަވެގެން އެވާހަކަ މަންމައާއި ދެއްކި އަޑު އެހިން. އެހެންވެ އަހަރެން މިނިންމީ މާލެއަށް ދިއުން ފަސް ކުރަން އަހަރެންވެސް ވޯކިންގ ލީވް އެއް ނަގާނީ. ” އަރަޝް ހަލީނާގާތު މާލެއަށް ދާ ދަތުރު ފަސްކުރުމަށް ބުންޏެވެ. “އަހަރެން ވެސް މި އުޅުނީ ތި ވާހަކަ ދައްކަން. އަހަރެންގެ އެއްވެސް މައްސަލައެއްނެތް.” ހަލީނާ ޖަވާބުގައި ބުންޏެވެ. “ހިނގާބަލަ މިރޭ ސައިކަލު ދުއްވައިލަން ދާން.” އަރަޝް ހަލީނާއަށް ހިޔާލެއް ދިނެވެ. “ނޫން. ހިނގައިލަން ދާނީ. ދެން ދާނީ ކޮފީއަކަށް” ހަލީނާ ޖަވާބުގައި ބުންޏެވެ. “އާން އެންމެ ރަނގަޅު. ދެންވެސް ރެޑީވެބަލަ. މިހާރު ގަޑިން އަށެއްޖްހަނީއޭ. މިދަނީ ހަބަރު ބަލަން ސިޓިންގ ރޫމަށް ރެޑިީ ވެގެން އާދޭ އެތަނަށް.” އަރަޝް މިހެން ބުނެފައި ކޮޓަރިން ނުކުމެގެން ސިޓިންގ ރޫމަށް ހިނގައްޖެއެވެ.
ހަލީނާ ތައްޔާރުވެލައިގެން ސިޓިންގ ރޫމަށް ދިޔައެވެ. އަރަޝްއާއި ހަލީނާ ބޭރަށް ނުކުން ވަގުތު ދިމާވީ ސިނާއާއި ނާހިދު އަށެވެ. “ކޮންތާކަށް ލަވް ބާރޑުޒް؟؟” ހަލީނާ ބުންޏެވެ. “ތަނަކަށެއްނޫން ހަމަ ހިނގައި ލަނީ. ” ސިނާ ބުންޏެވެ. “އޭތް އަހަރުން ޖޮއިން ވަންތަ؟” އަރަޝް ބުންޏެވެ. “އާން އަވަހަށް އާދޭ.” ނާހިދު ބުންޏެވެ. ހަތަރު ކުދިން އެކުއެކީގަ ދިޔައީ ރަށު ބަނދަރަށްށެވެ. އެތަނުގައި އިރު ކޮޅަކު ތިބެފައި ދެން ދިޔައީ ކެފޭއަކަށް ކޮފީއަކަށްށެވެ. ކޮފީ ނިންމައިލައިގެން ގެއަށް އައި އިރު ގަޑިން ދަހައެއްޖަހަނީ އެވެ.
“ހަލީ. މަންމަ އެބަ ގުޅާ!” އަރަޝް އެނދުގައި އޮއްވަ އަރަޝްގެ މަންމަ ގުޅާތީ ހަލީނާއަށް ގޮވިއެވެ. ” ދަރިފުޅާ ހަލީ. މާދަމާ މާލެ އަންނަންތަ؟. އަރަޝް ގޮވައިގެން އަންނަށްޗޭ. ވަރަށް ހަނދާންވޭ އެސޮރު މަތިން.” އަރަޝްގެ މަންމަ ބުންޏެވެ. “އާން ﷲ އިރާދަކުރެއްވިޔާ ދާނަން. އެހަކަށް ބާއްވަނީ. ސަލާމް.” ހަލީނާ ބުންޏެވެ. ” އަރަޝް ވަރަށް ބޮޑު ވާހަކައެއް އެބައޮތް ދައްކަން. ” ހަލީނާ ވަރަށް ދެރަވެފައި އިނދެ ބުންޏެވެ. ” ހަލީ ނިކަން ބުނެބަލަ. ޕްލީޒް ޓެލްމީ. ދެން ބުނެބަލަ ދޯ. ” އަރަޝް ވީގޮތް އޮޅުންފިލުވުމަށް ސުވާލުކުރަން ފެށިއެވެ. “މާދަމާ މާލެއަށް ދާން ވީ. މަންމަ ވަރަށް ބަލި. މަންމަ ޓިކެޓު ނަގައިފި މާދަމާ ހެނދުނުގެ ފުލައިޓުން.” ހަލީނާ ބުންޏެވެ. “މިހާރު މަންމައާއި ދަނބިދަރިފުޅުގެ ގުޅުން މާ ބަދަހި ދޯ. އާން މާދަމާ ދާންވީ. އެކަމު ލަސް ނުވެ އަންނަންވާނެ. އެކަމު ކޮން ފުލައިޓަކުން؟.” އަރަޝް ބުންޏެވެ. ” މާދަމާ ހެނދުނު އައްގަޑި ބައިގަ އަންނާނެ ރަށްކައިރީގަ އޮންނަ ރިޒޯޓުގެ ލޯންޗެއް އަހަރުން ބަލައި. އެރަށަށް އެއަރ ޓެކްސީ ޖައްސަން ފަށައިފި. އެހެންވެ އެރަށް މެދުވެރިކޮށް މާލެއަށް.” ހަލީނާ ކިޔައިދިނެވެ. އަނެއް ދުވަހު ހަލީނާއާއި އަރަޝް މާލެއަށްދާން ފުރިއެވެ. މާލެއަށް ދެވުނު އިރު މެންދުރުކުރި އެގާރަޖަހަނީއެވެ.
“މަންމާ ކޮބައި ކިހިނެތް؟.” އަރަޝް ބުންޏެވެ. “ރަނގަޅު. މިއަދު މެންދުރުފަހު އެޕޮއިންޓުމެންޓު އިނީ. ” އަރަޝްގެ މަންމަ ބުންޏެވެ. “އާން އޯކޭ މަންމައާއި ހަލީ ދޭ. ރަޝް ގޭގައި މަޑު ކޮށްލާނަން.” އަރަޝް ބުންޏެވެ. މެންދުރުފަހު ދެމައިން ހަސްޕަތާލަށް ދިޔައެވެ. އެނބުރި ގެއަށް އައިއިރު އިރުއޮއްސެން ވެފައި ހުއްޓެވެ. އަނެއް ދުވަހު ރިޕޯޓު ނަގަން ދިޔައީ އަރަޝް އެވެ. “ރަޝް ރިޕޯޓުނެގުމަށްފަހު ޑޮކަށް ދައްކައިލައްޗޭ. ޑޮކްޓަރު މީތާ ސިންގު.” ހަލީނާ އަރަޝްގެ ފޯނަށް ފޮނުވި މެސެޖުގައި ވެއެވެ. އަރަޝްދެން ދިޔައީ ޑޮކްޓަރު މީތާ ބަލިމީހުން ބަލާ ކޮޓަރިއަށްށެވެ. “މިސްޓަރ އަރަޝް ޔުއަރ ވައިފް އިޒް ޕްރެގްނަންޓް. ކޮންގުރެޖުލޭޝަންސް.” ޑަކްޓަރު މިއިއްވީ ވަރަށްވެސް އުފާވެރި ހަބަރެކެވެ. “ރިއަލީ ޑޮކްޓަރ. އައި ކާންޓް ބިލީވް. ” އަރަޝް އުފަލުން ހުރެ ބުންޏެވެ. “ރަޝް ކޮބާ ރިޕޯޓް ނެގީތަ؟ ރިޕޯޓު ދެއްކުމަށް ފަހު ގެއަށް އާދެބަލަ ވަރަށް އަވަހަށް” ހަލީނާ އަރަޝްއަށް ކުރި މެސެޖުގައި ވެއެވެ. “އަމް އެޓް މީތާސް ރޫމް. ކުޑަކޮށް ބިޒީ.” އަރަޝްގެ ޖަވާބުގައި ފޮނުވައިލިއެވެ.
ގެއަށް އަރަޝްވަދެގެން އައި އިރު ހަލީނާ ސިޓިންގ ރޫމުގައި ދަބަސް ހިފައިގެން އިނެވެ. “ހަލީ ކިހިނެތްވީ ދަބަސް ހިފައިގެން މިތާނގަ ތިއިނީ؟ ” އަރަޝް ސުވާލު ކުރިއެވެ. ” ރަޝް . ބޮޑުބެ ނިޔާ ވެއްޖެ.” ހަލީނާ ވަރަށް ބާރަށް ރޮއެގަނެފައި ބުންޏެވެ.
” إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون ”
މިހެން އަރަޝް ބުންޏެވެ. ” ދެން ހިނގާ އަވަހަށް ރަށަށް ދާން.” އަރަޝް ބުންޏެވެ. އަރަޝް އަވަހަށް ގުޅީ ޓީއެމްއޭ ގައި އުޅޭ އޭނާގެ ރައްޓެއްސަކަށެވެ. ” ހަލޯ ނަތާ ޕްލީޒް ބަލައިލަދީބަލަ ނިކަ އައިލެންޑް ރިސޯޓަށް ދެން އެންމެ އަވަހަށް އޮތް ސީ ޕުލޭނުގައި ދެ ޖާގަ އޮތް ތޯ. ވަރަށް އާރޖަންޓް. ” އަރަޝް ނިތާޝާ އަށް ގުޅުމަށް ފަހު ބުންޏެވެ. “ސޮރީ އަރަޝް ދެ ޖާގައެއް ނެތް އެއް ޕްލޭނަކުން. މިހާރު އޮން ބޯޑުގައި އޮތް ޕުލޭނުން އެއްޖާގަ އެބައޮތް. ދެން އޭގެ ގަޑި އިރެއްފަހުގެ ޕުލޭނުން އަނެއް ޕްލޭނުގެ ޗެކިން ފެށޭނީ.” ނަތާޝާ ބުންޏެވެ. ” އޯކޭ އެ ޖާގަ އަހަރުންނަށް ހަމަޖައްސާ. ” އަރަޝް ބުންޏެވެ.
އަރަޝްއަވަސްވެގަތީ އެއާޕޯޓަށް ދާށެވެ. ވަރަށް އަވަސް ކޮށްލައިގެން ޓާމިނަލަށް ދެވުނީ ހަމަކިރިޔައެވެ. ކަން ދިމާ ކުރީ ވަރަށްވެސް ރަނގަޅަށެވެ. އަރަޝްއަށް އެވަގުތު ފުރަން ތައްޔާރަށް އޮތް ޕުލޭނުން ޖާގައެއް ލިބުނެވެ. ރަށަށް ދެވެންދެން ހަލީނާ ރޮނީއެވެ. “މިފަދަ ހާލާތްތަކުގައި ހިތްވަރު ކުރަންވާނެ ހަލީ.” އަރަޝް ހަލީނާއަށް ނަސޭހަތްތެރި ވުމުގެ ގޮތުން ބުންޏެވެ. ގެއަށް އައި އިރު ސިޓިންގ ރޫމުގައި ބޮޑުބެގެ ހަށިގަނޑު އޮތެވެ. މުޅިގެއިން އިވެނީ ރުއިމުގެ އަޑެވެ. ގޭގައި ތިބި އެންމެންގެ ވެސް މޫނުމަތީގައި ވަނީ ދެރަކަމާއި މާޔޫސް ކަމެވެ. ނަމަވެސް ބޮޑުބެގެ ސިނާ ވަނީ މޮޔަ ވެފައިއެވެ. ދުނިޔެއިން މޮޔަވި ކަހަލައެވެ. އޭނާގެ ބައްޕަ ދުނިޔޭގައި ނެތް ކަމަށް އޭނާއަށް އަދިވެސް ގަބޫލެއް ނުކުރެވެއެވެ. ސިނާ ވިހެއުމަށްފަހު އޭނާގެ މަންމަ މިދުނިޔެދޫކޮށް ދިޔައެވެ. އޭނާ މިހާތަނަށް ބަލަމުން އެއަންނަނީ ބޮޑުބެ އެކަންޏެވެ. މަންމައެއްގެ ލޮއިއްބާއި ބައްޕައެއްގެ ލޯބި އެއްވެސް ވަރަކަށް މަދު ނުކޮށް ބޮޑުބެ އޭނާއަށް ދެމުން ދިޔައެވެ. މިފަދަ ރަނގަޅު އަދި މާތް ބައްޕައެއް މިފަދަ ގޮތަކަށް ވަކިވެގެން ދިޔުން ސިނާއަށްވީ ކެތްކުރެވޭ ކަމެއްނޫނެވެ. ބޮޑުބެ ވަޅުލީ އެދުވަހުގެ އަސުރުނަމާދަށް ފަހުއެވެ.
ސިނާ ހަމައަކަށް އެޅެންފެށީ ބޮޑުބެ ނިޔާވިތާ ދެހަފްތާއެއްވީ ފަހުންނެވެ. “ހަލީ ބަދިގެއަށް ހިނގާބަލަ ބިރިޔާނި ކައްކަން. ހުކުރުން ފައިބައިގެން މިގޭ ފިރިހެނުން އަންނަންވާއިރަށް. ” ހަލީނާއާއި އެކު ކޮޓަރީގައި އިން ސިނާ ބުންޏެވެ. “އަޅެ ހިނގާބަލަ ދޯ. ” ހަލީނާ ވަރަށް އުފަލުން އިނދެ ބުންޏެވެ. ދެކުދިން އެކީގައި ބަދިގެއަށް ވަން އިރު ހަލީމާ އިނީ ފިޔާކޮށާށެވެ. “ހަލިއްތާ ސިނޫ މި އުޅެނީ ބިރިޔާނި ކައްކަން. އެންމެ ރަނގަޅުތަ؟. ” ސިނާ ހަލީމާ ބަދިގޭގައި ފިޔާ ކޮށަން އިންދަ ފެނުމުން ބުންޏެވެ. ” އެންމެ ރަނގަޅު. ދަރިފުޅުމެން ބޭނުން އެއްޗެއް ހަދާ. މަންމަ ކާގެ ސާފު ކޮށްލާފަ އަންނާނަން ކައްކަން އެހީ އެއްވާން.” ހަލީމާ ޖަވާބުގައި ބުންޏެވެ. ހަލީނާ ބަތް ކައްކަން އުދައިފި އެވެ. ސިނާ ދެން ހުރި ކަންކަން ކުރަނީ އެވެ. ހަލީނާއަށް ހަމައެކަނި ބަތް ތެއްޔަށް ވާނުވާ ބެލުމަށް އޭނާ ބެހެއްޓިއެވެ. އިރުކޮޅަކަށްފަހު ބަތް ކެކެންފަށައިފިއެވެ. ހަލީނާ މޭނުބައި ކުރަން ފަށައިފި އެވެ. އިސާހިތަކު އޭނާއަށް ހޮޑުލެވެން ފަށައިފިއެވެ. ހަލީނާ ދުވަމުން ނުކުތީ ކާގެ ދޮރުމައްޗަށެވެ. އެތަނަށް އޭނާއަށް ހޮޑުލެވުނެވެ. ހަލީމާއަށް ބަލާކަށް ނޯވެވުނެވެ. އަވަހަށްގޮސް އޭނާ ހޮޑު މަނާ ކުރެވޭތޯ ބެލިއެވެ. ހަލީނާގެ ހޮޑު މަނާ ވެއްޖެއެވެ. ” ހަލީ ކޮބައި ބަތްކޮޅު ގެނޭ އަވަހަށް. ” ސިނާ ގޮވައިލި އަޑު ދެމައިންނަށް އިވުނެވެ. ” މަންމަ ދޭބަލަ އެ ބަތްކޮޅު ހިފައިގެން. އަހަންނަކަށް ނުވާނެ. ” ހަލީނާ ބުންޏެވެ. ހަލީމާ އެބަތްކޮޅު ގެންގޮސް ދިނުމުން ސިނާ ކައްކާނިންމާލިއެވެ. އަދި އެއަށްފަހު މޭޒުމައްޗަށް ބިރިޔާނި ގެނައެވެ. އެވަގުތު ހުކުރު ނަމާދަށް ދިޔަ މީހުން ނަމާދުކޮށްގެން ގެއަށް އައިސްފިއެވެ. ކައި ނިމުމަށްފަހު އަރަޝް ވަރަށް އުފާވެރި ހަބަރެއް ދިނެވެ. ” މަންމާ. މަންމަ މުސްކުޅި ވެއްޖެ. ” އަރަޝް މިހެން ބުންޏެވެ. “އައިން. ކީކޭ ދަރިފުޅާ؟؟. ހަލީ ބަލިވެ؟؟” ހަލީމާ ބުންޏެވެ. “އާން މަންމާ. މިހާރު ހަތަރުވަނަ މަސް މި ފެށުނީ.” އަރަޝް ބުންޏެވެ.
މި އުފާވެރި ހަބަރު ގާތްތިމާގެ ހުރިހާ އެންމެނަށް އެދުވަހު ހަވީރު ހަލީމާ ދިނެވެ. އާއިލާ އެންމެންވެސް ވަރަށް އުފަލުން ކެތްކުރަމުން ދިޔައީ އާއިލާއަށް އަލަށް އަންނަން އުޅޭ ތުއްތު ތުއްތު މެހެމާނު އަންނަ ދުވަހަކަށެވެ. ނަމަވެސް ތަޤުދީރުގައި ވަނީ މިހެނެއް ނޫނެވެ. ޖެހިގެން އައި އާދިއްތަ ދުވަސް ވެގެން ދިޔައީ މި އުފާވެރި ދިރިއުޅުމަށް ވަރަށް ބޮޑު އަޑިގަނޑެއް އައެވެ.
ފަހު ބައި ސެޕްޓެމްބަރު 17 ގައި.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.


vv reethi..??
V salhi???
Mi fahe koacheh tha?? Bolah thuraa.. miyekey 7 aharuge kuhjaku liyaa vaahaka ekey ehvaru…
Vaahaka liyaa meeha vaahaka liyun huttaalaafa furathama liyan dhaskurey
Asluves. V hadi.. kudakudhin liyaa gothah thi liyaneee
Mi dhn kuda kujjeh liyaa vaahaka eh hen heevany. Liyan neygenya nulie hurebala. Noony liyan dhaskohfa liyebala.
avas aruvaalaafa oiyy ehchehtha me….hyvany thaakahdhaa gadijehenyhen…?
boa halaak
Manma baalivegn dhehkee… Report ga othy haleenaa balive in vaahaka… Maidhaitha baliveema preg kan igeny lhee dhari…. Alhe fahe myhaku ajaibeh nuvaanetha…
Pakaaaaaas
Hehehe. Aharen vaa moya vejje.. mi dhen kohcheh… saharo heevey.. aharen nuves kiyan mathi mathin balaalee. Mee dhen ehves ehcheh noonenneu. Thelhi folhi folhi… chi.
Pakaas vv hadi vahakaeh liyan daskurey furatama mulhin foohi
Vvvv hadi bo halaku ,
Stry is nice…bt thannkolheh avahy scene thah ninnmaaleh…maahil u can do better than this…manzaru thah sifakohdhinunn ithuru kohlaafa thankolheh scene dhigu kohli nama mi stry v v v reethi vees…n dont be sad for those useless comments…aee libey hiyyvareh kamah balaigemm kuri ah dhey…in sha allah ragalhuvaane…kiyunntherunge faadu kiyumaky liyunn therinnge kurierunn…gud luk???
V reethi kuh hurikan faahaga kohlan
thanaku madu madun isheendhe idhegen vaahaka liyebala
ey kihineh mi v?? haleemaa dhahkan dhiyaee ekamaku haleenaa ge report libuny..hama vaanuvaa neynge.
This is sick. Kihineh miv? Maidhaatha doc ah dhahkaafa test hedhy. report miaee halynaage. What is this? Thankolheh details koh mi story genes dheyn vehje. Avas aruvaalafa liyefa miothy. V baivaru mistakes eba huri. Vaahaka liyahnna thankloheh hama jehey gothah liyeba. ???
I love you mahil
Maahil! Plz furathama vaahaka yakee kohcheh kan dhaskohbala.
Gein nukume badhigeyah vadhefa, badhigein nukume faahaanaayah gohsa dhen holhu ahtah gohsa geyah ai vaahaka liyuneemaa e vaahaka liyevunee eh noon dho?
Haadhisaa eh hingaa kanthah gandakaa kurimathi veema, hurasthakaai dhathithah kurimathi veema vaahakaigai asaru hunnaanaanee.
Dhakkaa vaahakaves eyna bunee meena bunee hehn liyuneemaa assreh nuhunnaane. Hunnaanee vaahakain beyrah nukumefai. Heevaanee kudakudhin liyaa vaahaka hen. Mivaahaka huree egothah liyefai.
V foohi gotakah interest neh vahaka kiyaa iru kuhliakah kankah vany v fake ahsulhu
Maahil kn rasheh??
konthaakah dhaan kamah tha thiulheny avas aruvaalaigen. mi vaahakaige suruhee rythi kamun mi read kuree vx.
pis pis. mi vaahaka thankolheh detail koh gendhaa nama varah rythi vaane. hyvany hulaasaa eh hen