Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ނުހައްޤު ލޯބި (13 ވަނަ ބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
September 11, 2016 8 Mins Read
26 Comments

މިޔަދު އޭނާގެ އަބުރާ ޢިއްޒަތް މި ސަލާމަތްވީ ރާހުލް ގެ ސަބަބުންނެވެ. އެންމެ ފަހަރަކު ނަމަވެސް އެ ނިކަމެތި ބަންގްލަދޭޝް މީހާ އުޅޭ ގޮތާމެދު އޭނާއަށް ވިސްނާލަން މަޖުބޫރުވިއެވެ.

ފުރަތަމަ އަންޖޫދާއަށް ވިސްނާލެވުނީ އެ ނިކަމެތި ބަންގްލަދޭޝް މީހާ އެ އުޅޭ ތަނާ މެދުގައެވެ. އޭނާ އަރާމުގައި ފިނި އޭސީ ތެރޭގައ ބޮޑު އެނދުގައި މަޑު ބާލީސްތަކާއެކު ނިދާއިރު ރާހުލް އެ ނިދާ ގޮތް ނިކަން ދެކިބަލާށެވެ. އެއްވެސް މަޑުކަމެއް ނެތް ފަތްޖެހި އެނދުގަނޑެއްގައެވެ. އެއީ މީދާތައް ވަދެ އުޅޭ ކުޑަކުޑަ ގުދަން ގަނޑެކެވެ. ރޭގަނޑު އަންޖޫދާ އެކަނި އެތަނުގައި އޮންނަން ވެއްޖެ ނަމަ އޭނާ ބިރުން ހަލާކުވާނެއެވެ. އެހެން ނޫނަސް އެތަނުގެ ހޫނު ކަމުން އޭނާއަށް އެތަން އެތެރޭގައި ނުވެސް ނިދޭނެއެވެ. ނަމަވެސް ރާހުލް ކިހާ ކެތް ގަދަ ހެއްޔެވެ؟ ގައިމު އެއީ ވެސް ހަމަ އޭނާ އެކޭ އެއްފަދަ އިންސާނެއް ވިއްޔާއެވެ. އެއީ ވެސް ހަމަ ކޮންމެވެސް މަންމަ އަކާ ބައްޕައެއްގެ ދަރިއެކެވެ. ރާހުލްގެ މަންމަމެން އަނެއްކާ ދުނިޔޭގައި އެބަހުރިބާވައެވެ؟ ރާހުލް ދިވެހިރާއްޖެއަށް މަސައްކަތްކުރަން އެއައީ ކީއްވެބާވައެވެ؟ އާމިނާ ރާހުލް އާ ދިމާއަށް އެހާ އިހާނެތި ބަސް ބުނެލާއިރުވެސް އޭނާ މިގޭގައި އެ ކެތް ކުރަނީ ކީއްވެބާވައެވެ؟ ރާހުލްގެ މަޤާމުގައި އޭނާ ހުރި ނަމަ އޭނާ މިހާރު މިގެއިން ދާނެތާ ކިތަންމެ ދުވަހެކެވެ. ހެނދުނު ހޭލީއްސުރެ ރޭގަނޑު ވަންދެން ރާހުލް ކުރާ ބުރަ މަސައްކަތް ހިތަށް އެރުމާއެކު އަންޖޫދާގެ ހިތުގައި ކުޑަކޮށް ރިއްސާލީ ކީއްވެކަމެއް އޭނާއަކަށް ނޭނގުނެވެ.

***

ގޭގައި ކުރަންޖެހޭ ބައެއް ކަންތައް ކޮށް ނިންމާލުމަށްފަހު ރާހުލް ގިފިއްޔަށް ވަދެ ފެންވަރާލިއެވެ. އަދި މަޑު ފިޔަވަޅުތަކެއްގައި އޭނާ ގޮސް ކޮޓަރިގަނޑަށް ވަދެ ފަތްޖެހި އެނދުގައި އޮށޯވެލިއެވެ. އޭރުވެސް އޭނާގެ ހިޔާލުގައި ރަނިކަން ކުރަމުން ދިއައީ އަންޖޫދާއެވެ. އަންޖޫދާ އެފަދަ މަޅިއަކުން ސަލާމަތްވީތީ އޭނާ އުފާކުރިއެވެ. މިރޭ އަންޖޫދާއަށް ކަމެއްވީ ނަމަ އޭނާ ދުވަހަކުވެސް އަމިއްލަ ނަފްސަށް މާފެއް ނުކުރާނެއެވެ. އެހާ ވެސް އޭނާ އަންޖޫދާ ދެކެ ލޯބި ވެއެވެ.

ރާހުލް ކަނާއަތުން އޭނާގެ ވާއަތުގައި މަޑުމަޑުން ފިރުމާލިއިރު އެ މޫނުމަތީގައި ވަނީ ފަނޑު ހިނިތުންވުމެކެވެ. އެއީ މިރޭ އަންޖޫދާ އޭނާގެ އަތުގައި ހިފެހެއްޓި އަތެވެ. އަންޖުދާ ދެކެ ލޯބިވީ ނަމަވެސް ކުރިން އޭނާ ގަސްދުކޮށްގެން ހުރީ އޭނާގެ އިހުސާސްތައް އެންމެންނަށް ކަޝްފުކުރުމަށެވެ. ދުވަހަކުވެސް އަންޖޫދާއަށް އޭނާ އަންޖޫދާ ދެކެ ލޯބިވާކަން ހާމަ ނުކުރުމަށެވެ. ނަމަވެސް އަންޖޫދާ އޭނާއާ ރޭގައި ގާތްކަން ބޭއްވި ގޮތަށް ބާއްވާނަމަ އިސާހިތަކު އޭނާގެެ އިހުސާސްތައް އަންޖޫދާގެ ކުރިމަތީގައި ހާމަވެދާނެވެ. އަންޖޫދާ އޭނާ ދެކެ ލޯބި ނުވާ ނަމަ އެހެން ވާކަށް އޭނާ ބޭނުމެއް ނުވެެއެވެ. އެހެން ވެއްޖެ ނަމަ އަންޖޫދާ އޭނާއަށް ނަފުރަތު ކޮށްފާނެތީއެވެ. އަންޖޫދާ ފަދަ ކުއްޖަކު އޭނާ ކަހަލަ ނިކަމެތި މީހެއް ދެކެ ލޯބި ނުވާނެކަން އޭނާ އަމިއްލަ ނަފްސަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ހިތް ބުނަނީ އެހެން ވާހަަކައެކެވެ. އޭނާގެ ހިތް ބުނަނީ އަންޖޫދާ އޭނާ ދެކެ ލޯބިވާ ކަމަށެވެ. ރޭގައި އޭނާއަށް އަންޖޫދާގެ ދެލޮލުން ފެނުނީ ލޯބިކަމުގައި އޭނާގެ ހިތް ކެނޑިނޭޅި ބުނަމުން ދިޔަ ނަމަވެސް އޭނާގެ ސިކުނޑި އެކަމަށް އެއްބަހެއް ނުވިއެވެ.

ރާހުލް ދެއަތައް ފުރޮޅެލުމަށްފަހު ލޯމަރާލީ ނިދަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ރޭގައިވެސް އޭނާއަށް ހަމަ ނިދި ނުލިބުނެވެ. އަނެއްކާ އޭނާ ލަހުން ހޭލައިގެން އާމިނާ ހަޅޭއްލަވައިފާނެތީވެ އޭނާ ބިރުގަތެވެ. އެހެންކަމުން ޝަހާދަތް ކިޔައިގެން އޭނާ ދެލޯ މަރައި ތަގުޅިކޮށްލީ އަންޖޫދާގެ ހިޔާލުތަކުން އެ ސިކުނޑި މިންޖުކުރެވޭތޯއެވެ.

***

އަރައިގެން އައި އިރާ އެކު ނަޝްފާ ތެދުވެ މޯޅިއަކަށް ދެމެލިއެވެ. އޭނާ ފެންވަރައި ތާޒާވެލައިގެން ނިކުތް އިރު ޞާބިރާ ހެނދުނުގެ ނާސްތާ ތައްޔާރުކުރަނީއެވެ. ނަޝްފާ ގޮސް ޞާބިރާއަށް އެހީވެދޭން އުޅުނެވެ. ޞާބިރާ ނަޝްފާގެ ކޮންމެ ހަރަކާތެއް ވަރަށް ގާތުން ބަލަމުން ދިއައެވެ. މިހާރަކަށް އައިސް ނަޝްފާ އުޅޭ ގޮތް ވަރަށް ތަފާތުކަން އޭނާއަށް ޔަޤީންވެއެވެ. ނަޝްފާގެ އެ މޫނުމަތި މިލާ މޯޅިވެފައި ވީއިރު މީހުންނާ ވާހަކަ ދައްކައި ވެސް އުޅެނީ ވަަރަށް މަދުންނެވެ. ހަމައެހެންމެ އޭނާ މިހާރު ކެއުމާ ވެސް ނުލާހިކު ދުރުވެއްޖެއެވެ. މިކަންތައް ދިމާވާ ސަބަބު ޞާބިރާއަށް ނޭނގުނެއް ކަމަކު އޭނާގެ ހުރި ހަމައެކަނި ދަރިފުޅު އެއުޅެނީ ބޮޑު ހިތާމައެއްގައި ކަން އެނގި އެ ހިތަށް ވަރަށް އަސަރު ކުރެއެވެ.

ސައި ތައްޔާރުކޮށް ނިމުމާއެކު ދެމައިން ކާމޭޒު ދޮށުގައި އިށީނެވެ. ޞާބިރާގެ ކަޅި އޭރުވެސް އަމާޒުވެފައި ވަނީ ކާ ތަށި ހާވާލަ ހާވާލަ އިން ނަޝްފާއަށެވެ.

“ދަރިފުޅާ… ކީއްވެތަ ތި ތަށި ހާވަނީ… ތި ކައި ބަލަ..” ޞާބިރާއަށް ނުހުރެވިގެން ބުނެވުނެވެ. އެ ވަގުތު ނަޝްފާ ޞާބިރާއަށް ބަލާލީ މާޔޫސީ ނަޒަރަކުންނެވެ. އޭނާގެ ހިތާމަތައް ޞާބިރާއާ ހިއްސާކުރަން ކިތަންމެ ބޭނުންވި ނަމަވެސް އޭނާއަށް އެކަން ކުރާކަށް ލާހިކެއް ނޫނެވެ. އޭނާ ލޯބިވަނީ ރާހުލް ދެކެ ކަން އިނގެއްޖެ ނަމަ އޭނާގެ މަންމަ ކަންތައް ކުރާނީ ކިހިނެއް ކަމެއް ވެސް ނޭނގެއެވެ. މިހާރުވެސް ޞާބިރާ ރާހުލްއަށް ނަފްރަތު ކުރާ ވަރު ކުޑައެއް ނޫނެވެ.

“ކަމެއް ނުވެ މަންމާ… ކާހިތް ނުވަނީ..” ނަޝްފާ ތަށިތެރެއަށް ބަލާލަމުން މަޑުމަޑުން ބުނެލިއެވެ. ރާހުލްގެ ލޯބި ނުލިބޭނެކަން ޔަޤީންވީ ދުވަހުން ފެށިގެން ނަޝްފާގެ ހިތް ވަނީ މުޅިން ހަލާކުވެފައެވެ. އަނެއްކޮޅުން މިހާރު ރާހުލް އޭނާ ފެންނަ ހިސާބަށް ނާންނަތާ ދެދުވަސް ވެއްޖެއެވެ. ރާހުލްގެ ސޫރަ އެންމެ ފަހަރަކު ނަމަވެސް ދެކިލަން އޭނާ ބޭނުންވެއެވެ.

“އެކަމަކު ނަޝްފާ… މަންމައަށް އެނގޭ ނަޝްފާ އަށް ކޮންމެވެސް ކަމެއް ވެއްޖެ ކަން… ނުބުނާނަންތަ މަންމަ ގާތު؟” ޞާބިރާ އަހާލިއެވެ.

“ކަމެއް ނުވެއޭ މަންމާ….” ނަޝްފާ ކުރު ޖަވާބަކުން އެކަން ފުއްދާލިއެވެ. އަދި ކާ ތަށިވެސް އެ ހުރ ގޮތަށް ބެހެއްޓުމަށްފަހު ތެދުވެގެން ގޮސް ގެއިން ނިކުތެވެ. ޞާބިރާ އެދިމާ ބަލަން ހުރެ ބޯ ހޫރާލިއެވެ.

ނަޝްފާ ގެއިން ނިކުމެގެން އެގެއާ ޖެހިގެން ހުންނަ އެމީހުންގެ ފިހާރަ ދޮރުމަތީގައި ހުއްޓެލިއެވެ. އަދި ޖީބުން ތަޅުދަނޑިފަތި ނެގުމަށްފަހު ފިހާރަ ދޮރު ހުޅުވައި އެތެރެއަށް ވަދެ ކައުންޓަރު ދޮށުގައި ހުންނަ ގޮނޑީގައި ޖައްސާލީ ފުން ހިޔާލެއްގައި ހުރެއެވެ.

ރާހުލް މިހާރު ފިހާރައަށް އޭނާ ދެކިލަން ނާންނާތީ އެ ހިތް ވަނީ ރާހުލްއަށްޓަކައި ޝަކުވާއިން ފުރިފައެވެ. ރާހުލް މިހާރު އޭނާ އާ ވާހަކަ ދައްކާލަން ނާންނަނީ ކީއްވެބާވައެވެ؟ ރާހުލް ވެސް މިހާރު އެހެން މީހުން ގޮތަށް އޭނާގެ އެކުވެރިއެއްގެ މަޤާމުގައި ހުންނަން ފޫހިވީ ބާވައެވެ؟ އެކަމަކު ރާހުލް އަބަދުވެސްް ބުނާ ގޮތުގައި އޭނާއަށް ވުރެ ހެޔޮ އިންސާނަކު އަދި މިރަށަކުންވެސް ނުދެކެއެވެ. އެހެންވުމާއެކުވެސް ރާހުލް އޭނާ ދެކިލަން ވެސް ނާންނަނީ ހެއްޔެވެ؟ އަނެއްކާ…. އަނެއްކާ ރާހުލް އަންޖޫދާ އާ ހެދި މޮޔަވެގެން އަބަދު އަންޖޫދާގެ ފަސްފަހަތުން ދުވަނީ ހެއްޔެވެ؟ ނަޝްފާ ދެއަތަށް ބޯ ހޫރާލިއެވެ. ނޫނެކެވެ. އެހެންނެއް ނުވާނެއެވެ. ރާހުލް އޮތީ އޭނާ ގާތު އަންޖޫދާ ދެކެ ލޯބިވީ ނަމަވެސް އަންޖޫދާ ގެ ލޯބި ހާސިލްކުރުމަށްޓަކައޭ ކިޔައިފައި އެއްވެސް ކަމެއް ނުކުރާނަމޭ ބުނެފައެވެ. އެހެން ނޫނަސް އަންޖޫދާ ކަހަލަ މީހަކު ރާހުލް ކަހަލަ ބަންގާޅިއެއް ދެކެ ލޯބިވާނީވެސް ކިހިނަކުން ހެއްޔެވެ؟ ނަމަވެސް ރާހުލް އަންޖޫދާމެން ގޭގައި އުޅޭހާ ހިނދަކު އޭނާއަށް އަންޖޫދާ އަބަދުވެސް ފެންނާނެތާއޭ ނަޝްފާގެ ހިތަށްއެރިއެވެ. އޭނާއަށް ނުފެނި އަންޖޫދާއަށް ރާހުލް އަބަދު ފެންނާނެކަން އެނގުމުން އެ ހިތުގައި ރިއްސާލިއެވެ.

ހެނދުނު ތެދުވެގެން ބައެއް މަސައްކަތް ނިންމާލިތަނާ އާމިނާ އައިސް ރާހުލް ގާތު ފިހާރައަށް ދިއުމަށް އެދުނެވެ. ރާހުލް އެއްވެސް ޝަކުވާއެއް ނެތި އަވަސް ފިޔަވަޅުތަކެއްގައި ނަޝްފާމެންގޭ ފިހާރައާ ދިމާއަށް ހިނގަމުން ދިއައީ ނަޝްފާ އާ ވާހަކަ ދައްކާލެވޭނެ ކަމުގެ ފޮނި އުންމީދުގައެވެ. އޭނާ ހިނގާފައި ގޮސް ފިހާރައަށް ވަތް އިރުވެސް ނަޝްފާ އިނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. އެތަނަށް މީހަކު އައި ކަން ވެސް ނަޝްފާއަކަށް ނޭނގުނެވެ.

ނަޝްފާ ސިހިގެން ދިއައީ ކުރިމައްޗަށް މީހަކު އެރުމަށްފަހު އޭނާގެ މޫނުކައިރީގައި ދެއަތް ހޫރާލުމުންނެވެ. ސިހިފައި އޭނާ ބަލާލިއިރު ކުރިމަތީގައި ހުރީ އޭނާ މި ދުނިޔެމަތިން ލޯބިވި ހަމައެކަނި އިންސާނާއެވެ. ފުޅާ ހިނިތުންވުމެއްގައި ރާހުލް އެތާ ހުއްޓި ހުރި އިރު ނަޝްފާ އިނީ ގަނޑުވެފައި އެ ދިމާއަށް ބަލަހައްޓައިގެންނެެވެ. ރާހުލްގެ ކަޅުކަން ގަދަ އިސްތަށިގަނޑު ހޭވިފައި ވީއިރު ބޮލުން ނިތްކުރިމައްޗަށް ދާތިކިތައް ފައިބައިފައި ހުރުމުން އޭނާ އެއައީ ވަރަށް ބުރަކޮށް މަސައްކަތެއްގައި އުޅެފައިކަން ނަޝްފާއަށް އެނގުނެވެ. އެ ތޫނު ދެލޯ ނަޝްފާއާ ދިމާއަށް އަމާޒުވެފައި ވީއިރު ނަޝްފާ ބޭނުންވީ އެ ދެލޮލުގެ ތެރެއަށް ގެނބިގެން ދާށެވެ.

“ކޮން ފިކުރެއްގަ؟” ރާހުލް ނަޝްފާގެ ލޯ ކުރިމަތީގައި ފުށްޓަތްކެއް ޖަހާލަމުން އެހެން ބުނެލި ވަގުތު ނަޝްފާ އަނެއްކާ ވެސް ސިއްސައިގެން ދިއައެވެ. އޭނާ އެވަގުތު ގަދަކަމުން އެ މިލާފައިވާ މޫނުމައްޗަށް ހިނިތުންވުމެއް ގެނެވޭތޯ މަސައްތަކަތް ކުރިއެވެ.

“މީނަ ކޮންވަައްތަރު ހުންނަނީތަ؟ އަބަދު ސިއްސައިގެން ދަނީނު؟” ރާހުލް ހެވިފައި އެހެން ބުނެލުމުން ނަޝްފާއަށް ވެސް ބޭއިޚްތިޔާރުގައި ހީލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ ހިނިތުންވުން ފަނޑުވެގެން ދިއައީ އެ ހިތުގައިވާ ޝަކުވާތައް އުތުރި އަރަން ފެށުމުންނެވެ. އޭނާ ދެބުމަ ގޮށް ޖަހާލުމަށްފަހު ހަރަން ބަނދެލީ ތުން އަނބުރާލުމަށް ފަހުގައެވެ.

“ރާހުލް ތީ ވަރަށް ދޮގު ހަދާ މީހެއް…” ނަޝްފާ ރުޅިއަންނަ ކަމަށް ހަދާފައި ބުނެލިއެވެ. އެވަގުތު ރާހުލްގެ މޫނުމަތީގައިވާ ހިނިތުންވެސް ކުޑަ ހިނދުކޮޅަކަށް ފަނޑުވެގެން ދިއައެވެ.

“ކޮން ދޮގު؟” ކުޑަކޮށް ވިސްނާލުމަށްފަހު ރާހުލް އަހާލީ ސުވާލުން ފުރިގެންވާ ނަޒަރަކުން ނަޝްފާ އާ ދިމާއަށް ބަލާލަމުންނެވެ.

“ރާހުލް ބުނީމެއްނު މި ރަށުގައި އުޅޭ ރާހުލް އަށް ހަމައެކަނި ހެޔޮއެދޭ މީހަކީ އަހަންނޭ..؟.” ނަޝްފާ ހަރަން ބަނދެގެން ހުރެ އަހާލިއެވެ.

“އެއީ ދޮގު ނޫނޭ.. އެއީ ހަމަ ތެދު..” ރާހުލް ހީލަމުން ބުނެލިއެވެ. ނަމަވެސް ނަޝްފާ ހަަމަ ހިނިތުންވެސް ނުވިއެވެ.

“އެއީ ތެދެއް ކަމަށް އަހަންނެއް ގަބޫލެއް ނުކުރާނަން…. އަހަރެންމީ ރާހުލް އަށް އެންމެ ރަނގަޅު މީހާ ނަމަ އަހަރެން ދެކިލަން އަންނާނެ ދޯ ދުވާލަކު އެއްފަހަރު ނަމަވެސް…” ނަޝްފާ ތުންގަނޑު އިހުނަށްވުރެ ދިގުކޮށްލަމުން ބުނެލިއެވެ.

“އޯހް…” ރާހުލް ބޮލުގައި އަތް ކާއްތާލަމުން ބުނެލިއެވެ. ” އަހަރެން ބިޒީ ވީމަ ނާދެވެނީ… ނަޝްފާ އަށް ވެސް އިނގެނީނުމ އާމިނާ ދައްތަގެ ވައްތަރު؟” ރާހުލް ދެރަވެލާފައި ނަޝްފާއަށް ބަލާލަމުން ބުނެލިއެވެ. ރާހުލްގެ ދެރަވެފައިވާ މޫނު ފެނި ނަޝްފާގެ މޫނުގެ ކުލަވަރު މުޅިން ބަދަލުވިއެވެ. ރާހުލްގެ އެ ހިތާމަވެރި މޫނު ފެނި އެ ހިތުގައި ރިއްސާލިއެވެ.

“އޯ… އަހަރެން މީ ހާދަ…” ނަޝްފާ އެ ހިސާބަށް ބުނެފައި ހުއްޓުން އެރިއެވެ.

“އަހަރެންނަށް އިނގެން ޖެހޭނެ ދޯ ރާހުލް ބިޒީ ކަމުން ކަން ނާދެވުނީ…” ކުޑަ އިރުކޮޅެއް ފަހުން ނަޝްފާ ހިނިތުންވެލާފައި ބުނެލިއެވެ. އަދި ރާހުލް އެ ފިހާރައަށް ގަންނަން އައި ތަކެތި އަވަސް އަވަހަށް ނަގައިދީ އަގު ކަނޑައިދިނެވެ.

“ދެން ވެސް އަވަހަށް ދޭ … މިހާރު އެއްކަލަ އާމިނާ ހުންނާނެ ރުޅިއައިސްފަ..” ނަޝްފާ އެއެއްޗެހި ކޮތަޅަކަށް އަޅައި ރާހުލް އަށް ދިއްކޮށްލަމުން ބުނެލިއެވެ. ރާހުލް ނަޝްފާ އާ ދިމާ ބަލާލިއެވެ. އެ މޫނުމަތީގައި އޭރު ފުޅާ ހިނިތުންވުމެއް ވިއެވެ. ރާހުލް ވެސް ނަޝްފާއަށް އަގު އަދާކުރުމަށްފަހު ކޮތަޅުގައި ހިފަމުން ހީލިއެވެ. އަދި އަވަސް ފިޔަވަޅުތަކަކާއެކު ފިހާރައިން ނިކުމެގެން ދިއައެވެ.

ނަޝްފާ އަށް ކެތް ކުރެވުނީ ރާހުލް އެ ފިހާރައިން ނިކުންނަން ދެނެވެ. އެ ދެލޮލުގައި ރައްކާކޮށްފައި ހުރި ކަރުނަތައް ހޯސްލާފައި ދެ ކޯތާފަތް މައްޗަށް ފައިބައިގެން އައެވެ. އޭނާ އެންމެ ލޯބިވާ މީހާގެ ލޯބި އޭނާއަށް ހަމަ ނުލިބޭނެ ހެއްޔެވެ؟ ރާހުލްއަށް އެ ހިތުގެ ހާލު އަންގަންވީ ބާވައެވެ؟ ނަމަވެސް އެ ހިތުގެ ހާލު އެންގިޔަސް ވަކި ވާނީ ކޮން ކަމެއް ހެއްޔެވެ؟ ރާހުލް ލޯބިވަނީ އަންޖޫދާ ދެކެއެވެ. ނަޝްފާ އުނދަގުލާއެކު ކޯތާފަތް މަތީގައިވާ ކަރުނަތައް ފުހެލިއެވެ. އަދި މޭޒުގައި ހުރި ވަތްގަނޑު ހުޅުވާލާ އެއިން ފޮތެއް ނެގިއެވެ. އެއީ އޭނާގެ ޝަކުވާތައް ހިއްސާކުރާ ހަމައެކަނި ބައިވެރިޔާއެވެ. އޭނާ ފޮތުގެ ދެތިން ގަނޑު އެއްލުމަށްފަހު ގަލަމަކުން ހަލުވިކަމާއެކު ލިޔަން ފެށިއިރު އެ ދެލޯ އަނެއްކާ ވެސް ފެންކަޅިވާން ފަށައިފިއެވެ.

ރާހުލް އަވަސް ފިޔަވަޅުތަކެއްގައި ހިނގާފައި ގޮސް ގެއަށް ވަތް އިރު އާމިނާ ރުޅިއައިސް ރަތްވެފައިވާ ތަން ފެނި އޭނާގެ ފިޔަވަޅުތަށް މަޑު ޖެހުނެވެ. އުނަގަނޑުގައި ދެއަތް ވިއްދައިގެން އާމިނާ އޭނާއާ ދިމާއަށް ބަލަން ހުރި ގޮތުން ރާހުލް އަށް ހިން ދިރުވާލެވުނެވެ.

“ފިހާރައަކަށޭ ކިޔާފަ ގޮސް ފިހާރައެއް ރާނައިގެންތަ ތިޔަ އައީ؟” އާމިނާ އޭނާގެ ޒީލަގަދަ އަޑުން ރާހުލް އާ ދިމާއަށް އެއްޗެހި ގޮވަން ފެށިއެވެ. “އާނ… އެހެންޏާ… މިހާރު ކޮން އިރެއްތަ؟” އާމިނާ އައިސް ރާހުލް އަތުގައި އޮތް ކޮތަޅި ޖަހައިގަތެވެ. ” އެ ނަޝްފާ އާ އެކީ މާ ފޮޅުވަ ފޮޅުވާފަ ދޯ ތިޔަ އައީ؟ އަދިވެސް މަސައްކަތް މަދީ ދޯ އޭނާއާ ވާހަކަ ދައްކާނެ ވަގުުތު ތި ވަނީ؟؟” އާމިނާ ބާރަކަށް އެހެން ބުނުމަށްފަހު ގެއަށް ވަންނަން ހިނގައިގަތެވެ.

ރާހުލް އިރުކޮޅެއް ވަންދެން އިސްޖަހައިގެން ހުއްޓެވެ. އާމިނާގެ އެ ރުޅިވެރި ބަސްތަކާ ކޮންމެ ދުވަހަކު ވެސް އޭނާ ކުރިމަތިލާންޖެހޭ އިރު އެއިން ކޮންމެ ފަހަރަކު ވެސް އޭނާގެ ހިތަށް ނުލާހިކު އަސަރުކުރެއެވެ. ރާހުލް ދެން ހުރި މަސައްކަތް ކުރުމައްޓަކާ ހިނގައިގަންނަން އުޅުނު ވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ގޭތެރެއަށް ވަންނަ ދޮރު ކައިރީގައި އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި އަންޖޫދާއެވެ. ނަމަވެސް އެ ގަޑީގައި ވެފައިވާ ދެރައާއެކު ރާހުލް އަންޖޫދާ އަށް އެއްވެސް ސަމާލުކަމެއް ނުދީ ދުރަށް ދާން ހިނގައިގަތެވެ.

އާމިނާ ރާހުލް އާ ދިމާއަށް އެއްޗެހި ކީ އިރު ވެސް އަންޖޫދާ އެ ހުރިހާ މަންޒަރެއް ބަލަން ހުއްޓެވެ. އޭރު އެ ހިތުގައ ހިނގަމުން ދިއައީ މުޅިން ތަފާތު ޝުޢޫރުތަކެކެވެ. ރާހުލްގެ މަޤާމުގައި އޭނާ ހުރި ނަމަ ވެސް އާމިނާ އޭނާ އާ ދިމާއަށް އެވަރަށް އެއްޗެހި ކިޔާނެކަން ޔަޤީނެވެ. އޭރުން އޭނާގެ ހިތަށް ކުރާނީ ކޮންކަހަލަ އަސަރެއް ކަމެއް ވެސް ނޭނގެއެވެ. ރާހުލް އަށް ކުރާނެ އަސަރު އޭނާއަށް މިހާރު ކޮންމެވެސް ވަރަކަށް އެބަ އިހުސާސްވެއެވެ. ނަމަވެސް އޭނާއަށް އެ ބަންގާޅީ މީހާ އާ މެދު އެވަރަކަށް އެ ވިސްނެނީ ކީއްވެގެން ހެއްޔެވެ؟ އެއީ މިގޭގައި ގެންގުޅޭ ނޯކަރެއް ނޫން ހެއްޔެވެ؟ އަންޖޫދާ ދެއަތުން ބޮލުގައި ހިފަހައްޓާލުމަށްފަހު ބޯ ހޫރާލިއެވެ. އަދި އަވަސް ފިިޔަވަޅުތަކެއްގައި ގޭތެރެއަށް ވަދެގެން ދިއައެވެ.

***

ރޭގަނޑުގެ ހިތްގައިމު ވަގުތު އަންޖޫދާ އެކަނި މާއެކަނި އިނީ އެގޭ ގޯތި ތެރޭގައި ހުރި ޖޭމު ގަސް ދޮށުގައި ހުންނަ ޖޯލިފަތީގައެވެ. ނިތްކުރީގައި ބޭސްގަނޑެއް އެޅިފައިވީއިރު އޭނާގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެެވެ. ދެން ވިޝާންގެ އުނދަގުލެއް އޭނާއަށް ނުފޯރާނެކަން އޭނާއަށް އެނގުނު ނަމަވެސް އެ ހިތަށް ހަމަޖެހުމެއް ނުލިބެނީ ކީއްވެގެން ހެއްޔެވެ؟ މިޔަދު އާމިނާ ގޮސް ވިޝާން އަންޖޫދާއަށް ހަދަން އުޅުނު ގޮތުގެ ވާހަކަ ވިޝާންގެ މައިންބަފައިން ގާތު ދެއްކުމުން އެމީހުން ވަނީ އާމިނާ އާއި އޭނާ ގާތުން ވިޝާންގެ އެ ކުށަށް މާފަށް އެދިފައެވެ. އަދި އެމީހުން މިޔަދު  ފުރި ބޯޓުން ވިޝާން މާލެއަށް ފޮނުވާލީ ވިޝާން ގެ އުނދަގުލެއް ދެން ނުވާނެ ކަމަށް ބުނެފައެވެ.

އަންޖޫދާ އެހެން އޮވެ އޮވެ ފޫހިވުމުން އޭނާ ފޯނު ނަގައި އާޔާ އަށް ގުޅާލިއެވެ. މާ ގިނައިރުތަކެއް ނުވަނީސް އާޔާ ހުރީ އޭނާ ގާތުގައި ހުރި ޖޯލީގައި އިށީންދެގެންނެވެ.

“މިއައީ ނަވީން އާ އެކު ސައިކުގަ..” އާޔާ ފޮނުވެލާފައި ބުނެލިއެވެ. ނަވީން އަކީ އާޔާ ރައްޓެހިވެގެން އުޅޭ ކުއްޖާއެވެ.

“އަންޖޫ ވެސް ވީނު ސައިކު ގެންގުޅޭ ބިޓެއް ހޯދަން..؟” އާޔާ އެހެން ބުނެލި ނަމަވެސް އަންޖޫދާއަށް އޭނާ އެކިޔާ އެއްވެސް އެއްޗެއް އަޑު ނީވޭ ކަހަލައެވެ. އަންޖޫދާގެ ހިޔާލާއި ފިކުރު ވަނީ މުޅިން އެހެން ތަނެއްގައެވެ.

“އޭތް!!” އަންޖޫދާގެ މޫނު ކުރިމަތީގައި ފުއްޓަތްކެއް ޖަހާލަމުން އާޔާ ގޮވާލި ވަގުތު އަންޖޫދާ ދިއައީ ސިއްސައިގެންނެވެ.

“ކީކޭ އާޔާ؟” ވަރުބަލި ގޮތަކަށް އަންޖޫދާ އަހާލިއެވެ. އާޔާ ތުން ދިގުކޮށްލީ ދެންމެ އޭނާ އެކީ އެއްެވެސް އެއްޗެއް އަންޖޫދާއަށް ނީވޭކަން އެނގުމުންނެވެ.

” އޭ… ވިޝާން ކަންތަކާތަ  ތި ވިސްނަނީ… އައމް އޯލްސޯ ސޮރީ އޭނަ އެހެން ހެދީމަ… ބަޓް ޔޫ ޝުޑް ބީ ހެޕީ.. އެކަހަލަ މީހަކު ކިބައިން ސަލާމަތް ވީމަ އުފާވާންވީ..” އާޔާ ބުނެލިއެވެ. ނަމަވެސް އަންޖޫދާ އެއްވެސް ބަހެއް ނުބުނެ ބޯޖަހާލިއެވެ.

“އޭ… އެއްކަލަ ކަންތައް މިހާރު ކިހާ ހިސާބެއްގަ އޮތީ؟” އުޅަނބޮށިން އަންޖޫދާގެ ކޮނޑުގަައި ކޮށްޓާލަމުން އާޔާ އަހާލިއެވެ.

“ކޮންކަމެއް؟” އަންޖޫދާއަށް އާޔާ އެ ދައްކަނީ ކޮން ވާހަކައެއްކަން ނޭނގޭ ހާލު އަހާލިއެވެ.

“ނޭނގޭ ކަމަށް އެބަ ހަދައެއްނު؟” އާޔާ ހަރަން ބަނދެލަމުން ބުނެލިއެވެ.” އެއްކަލަ ނަޝްފާގެ ކަންތައް…” އާޔާ އެހެން ބުނެލުމުން އަންޖޫދާ އާނ ދޯ އޭ ބުނެލިއެވެ.

“މިހާރު ރާހުލް ހައްލާލެވިއްޖެތަ؟” އާޔާ އަހާލިއެވެ.

“ތިކަމުގަ މި އުޅެނީ..” އަންޖޫދާ އާޔާ އާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.

“އެކަމް ތިހެން އުޅެމުން އަންޖޫ އޭނާ އަށް ފޯލް ނުވާތި އިނގޭ….” އާޔާ ވަރަށް ސީރިއަސްކަމާއެކު އެހެން ބުނެލުމުން އަންޖޫދާ ޖަހާލީ ހިނިގަނޑެކެވެ.

“ހެހެ… މި އަންޖޫދާ ދެން އެކަހަލަ މީހަކާ ފޯލް ވާނެތަ؟” އަންޖޫދާ އަނގައިން އެހެން ބުނެލި ނަމަވެސް އޭނާގެ ހިތުގައި ވާ އެއްޗެކާ މެދު ޝައްކުވިއެވެ. އޭނާ ހަމަ އަސްލުވެސް ރާހުލް ކަހަލަ މީހަކާ އެ ފަދަ ނަޒަރަކުން ނުދެކޭނެ ހެއްޔެވެ؟

11 ޖެހުމުން އާޔާ ވެސް ގެއަށް ދިއައެވެ. ނަމަވެސް އަންޖޫދާ އެއިން ގޮތަށް އިނީއެވެ. ތެދުވަން ފޫހިވެފައެވެ. އެހެން އިންދައި އޭނާގެ ލޮލުގައި އަޅައިގަތީ ގޭތެރެއަށް ވަތް ރާހުލްއެވެ. ރާހުލް ހުރީ ޑަސްބިން ބާލިދީ ހިފައިގެން ކަމުން އޭނާ އެއައީ މޫދު ދޮށަށް ގޮސް ޑަސްބިން އުކާލާފައިކަން އަންޖޫދާއަށް އެނގުނެވެ. ރާހުލް ގޮސް ބަދިގޭގައި ޑަސްބިން ބެހެއްޓި ތަނާ ހެން ސައްތާރު އައިސް ގެއަށް ވަދެއްޖެއެވެ. އޭރު ސައްތާރު އަތުގައި ތިން ފަލަ ގޮދާ އޮތެވެ. އޭނާ އައިސް ބޭރުގައި ހުންނަ މަސްގޮނޑީގައި އެ ތިން މަސް ބޭއްވުމަށްފަހު ބޭރުގައި ހުންނަ އިސްކުރުން އަތް ދޮވެލިއެވެ.

“އާމިނާ! މިއޮތީ މަސްތަކެއް ގެނެސްފަ..” ސައްތާރު އެހެން ގޮވާލުމާއެކު އާމިނާ ބޭރަށް ނިކުތެވެ. ސައްތާރު ގާތު ފެންވަރަން ދާށޭ ކިޔާފައި އާމިނާ ރާހުލް އަށް ގޮވާލިއެވެ.

“މިހިރަ މަސްތަށް ކަނޑަން ދޭބަލަ އަތިރި މައްޗަށް… ޑަސްބިން އުކާލީމަ އަނެއްކާ ހަޑި އެއްޗެސްތައް ޑަސްބިނަކަށް ނޭޅޭނެ… ދޭ… އަވަހަށް ދޭ.. މަސްތަކާ މަސްގޮނޑިއާ ހިފައިގެން ދޭ!” ރާހުލް އައުމުން އާމިނާ ބުނެލިއެވެ. ވަރުބަލި ކަމުގެ އިތުރުން ބަނޑުހައިކަމުގެ އިންތިހާ އިހުސާސްކުރެވެމުން ދިޔަ ރާހުލް އެއްވެސް ޝަކުވާއެއް ނެތި އެއެއްޗެހި ހިފައިގެން އަނެއްކާވެސް އަތިރިމައްޗަށް ދާން ނިކުތެވެ. މި މަންޒަރު ބަލަން އިން އަންޖޫދާގެ މޫނުގެ ކުލަވަރު ވަނީ އޮއްސިފައެވެ. ރާހުލް ކިހާ ރަނގަޅު ހެއްޔެވެ؟ މިހާ ލަސްވީމައި ވެސް އޭނާ އާމިނާ ބުނި ކަންތައް ކުރަން އެ ދިއައީ އެއްވެސް ޝަކުވާއެއް ނެތިއެވެ.

“އަންޖޫ…” އާމިނާގެ އަޑަށް ސިހިފައި އަންޖޫދާ އެދިމާ ބަލާލިއެވެ.

“ނިދަން ހިނގާ…” އާމިނާ އެހެން ބުނެލުމަށްފަހު އެތެރެއަށް ވަދެގެން ދިއައެވެ. ފަހަތުން އަންޖޫދާ ވެސް ދިއައީ އެއްފަހަރު ރާހުލް ނިކުމެގެން ދިޔަ ދޮރާ ދިމާއަށް ބަލާލުމަށްފަހު ގައެވެ.

#ނުނިމޭ#

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

އުމުރަށް ތިޔަނަމުގައި……………(ހަތަރު ވަނަބައި)

Next

އުމުރަށް ތިޔަނަމުގައި………………(ފަސްވަނަ ބައި)

Next
September 11, 2016

އުމުރަށް ތިޔަނަމުގައި………………(ފަސްވަނަ ބައި)

Previews
September 10, 2016

އުމުރަށް ތިޔަނަމުގައި……………(ހަތަރު ވަނަބައި)

26 Comments!

  1. Liaa says:
    September 11, 2016 at 4:24 pm

    Hii guys 🙂
    HURIHAA KUDHINNAH VES EID MUBAARIK 🙂
    Eid namaadhah dhaan vaane ingey hurrihaa kudhin
    Loves <3

  2. aik says:
    September 11, 2016 at 4:34 pm

    vv reethi..??
    Eid Mubarak.☺

  3. Mimmi says:
    September 11, 2016 at 4:39 pm

    Wow lia. Mi story is the best ekm daily koh up kohdheynama hama gatha waane ngey. Upload the story ?. N eid mubarak to yuh too loves yaah❤❤???
    ?❤❤❤❤

  4. Bad girl says:
    September 11, 2016 at 4:49 pm

    Eid mubarik….

  5. shimaaa says:
    September 11, 2016 at 4:49 pm

    Eid mubarik all… Alhe konme Wes kuhjeh benedheefaanan tha fonun wahaka liye weyne gotheh… I mean dhivehi phone root nukoh… anw liaa wahaka v Salhi. .

    1. Admin says:
      September 12, 2016 at 12:16 am

      Shimaa we are currently working on this. in the mean time you can install a dhivehi key board. here is for android. https://play.google.com/store/apps/details?id=mv.purple.android.thaanakeyboardV2MNU&hl=en

  6. Madhy says:
    September 11, 2016 at 5:03 pm

    V touching. And v salhi story. Eid mubaarak ???

  7. thaana says:
    September 11, 2016 at 5:11 pm

    Kashfukurumaky haamakurun

  8. Rafa says:
    September 11, 2016 at 5:12 pm

    Hi liaaaa mi partvx nice….eid mubaarak??

  9. sha.sha says:
    September 11, 2016 at 5:23 pm

    varah reethi mi part vx ..love ur stories..eid mubarak

  10. Shaa says:
    September 11, 2016 at 5:31 pm

    Eid mubaarak .. v reethi mibaives

  11. Sabeeha says:
    September 11, 2016 at 5:40 pm

    vv reethi..??….EID MUBAARIK to all ?????

  12. Same says:
    September 11, 2016 at 8:01 pm

    V nice. Next part konirakun? Eid mubaarak to all… ??

  13. Hmmm says:
    September 11, 2016 at 8:03 pm

    ????????
    ????????
    ??Eid Mubarik??
    ????????
    。* ”;  ???, ‘: 、’
    +  *. 、’??。* ”  ∴
    ∴ 。”  : *,? . *.. 、; 。
    ??✨’~??✨??

  14. Appy says:
    September 11, 2016 at 8:44 pm

    Waiting. …dhn in bayahh …eid mubarak liaaaa …..n hurihaa readers ah vx

  15. Love says:
    September 11, 2016 at 9:31 pm

    Nice. Eid Mubarak. ?❤❤

  16. lai says:
    September 11, 2016 at 9:49 pm

    Vv reethi next part konirakun EID MUBARIK TO ALL

  17. Ree says:
    September 11, 2016 at 10:56 pm

    Varah reethi mi part…… and BYE eid mukaarik to all of you???

    1. Ree says:
      September 11, 2016 at 10:58 pm

      BTW*

  18. saaraa says:
    September 12, 2016 at 1:40 am

    mashah heevany adhi aaminaa ah vess raahul kamudhaanehen

  19. Rifa says:
    September 12, 2016 at 7:11 am

    Kashfu kurumaky haama kurun liaa☺

  20. reality says:
    September 12, 2016 at 12:23 pm

    Vv reethi maigandu haadhisaa….ekam vv hadi mi story….bangaalhi story eh v ma ehnoon….but thi liyaa basthakuge ethurumaai sufakurunthah ehhothakahves nethi….vaahaka kiyamun dhaa iru sifa kurun nethyma ehves ehcheh sifa eh nuvey…anjooodhaa aa eynage bitge bai genesdhyfa hurigoiy kamaku nudhey..hama nujehey….. v hadi….nashfaage baithah reethi kudakoh…

  21. Munchkin ? says:
    September 13, 2016 at 2:51 am

    Liaa ?
    Avahah up kohlla next part ☺
    Salhi mi bai ?

  22. Liaa says:
    September 13, 2016 at 4:14 pm

    “kashfu kurun” eiy kusheh… sorry fr that 🙁
    Thankyw all fr the comments… 🙂

  23. Ushaa says:
    September 14, 2016 at 12:15 pm

    Vvvv gina dhuvas koffa dw mi cmmnteh kollevunii.. Bxy kamun adhi kiriyaaa mi kiyaa levunii.. Bt asluvx itxx gorgeous.. Liaa ur one of de bxt autor.. Luv r stwriixxx.. Waitin 4 de nxt ep..

  24. Same says:
    September 15, 2016 at 12:35 pm

    Next part konirakun?

Comments are closed.

Next Episodeނުހައްޤު ލޯބި (14 ވަނަ ބައި)←


All Right Reserved!