“ތަޒްކީ އޯ ވަޓް އެވާރ… ކޮންމެހެން މަށަށް ތި ބޭސް ދޭނެ ކަމެއް ނެތް؟… އަހަންނަށް ތިބޭހާ ނުލާވެސް މިކުއްޖާ ވިހޭނެ… ކަލޭ ތިއައި ތާކަށްދޭ… އަދި ޒިބާން ކައިރީ ބުނޭ އަހަރެން މިއުޅެނީ އަޒީމާ އެކީ ވަރަށް ހެޕީކޮށޭ…” މިހެން ބުނެ މަންޝާ ބެލްކަނި ދޮރު ހުޅުވާ ކޮޓަރިއަށް ނުކުތެވެ.
މަންޝާއަށް ހަމައަށް އައި އިރު ތަޒްކިޔާ ހުރީ އެހާ ބިރުގަނެ ޖެހިލުންވެފައެވެ. ނަމަވެސް މަންޝާ ކަންތައް ކުރި ގޮތުން މަންޝާ ގާތަށް އައުމުގެ ބޭނުމަކީ ކޮބައިބާވައޭ ތަޒްކިޔާގެ ހިތަށް އެރިއެވެ. ކިބުރުވެރިކަން ބޮޑު އެ އަންހެންކުއްޖާ އެބޭހުގައި ނުހިފުމުން މަންޝާ ދެކެ ތަޒްކިޔާ ފޫހިވިއެވެ. ބޭކާރު ދަތުރެއް ކުރެވުނީތީ ތަޒްކިޔާ ހުރީ ރުޅިއައިސްފައެވެ. މަންޝާއަކީ ޒިބާނާ އެކަށީގެންވާ ކަހަލަ އަންހެން ކުއްޖެއް ނޫނެވެ.
އަލިގުޅައެއްގެ ސިފައަށް ބަދަލުވެގެން ޒިބާން ގާތަށް ދާން ތަޒްކިޔާ ދަތުރު ފެއްޓިއެވެ.
*** *** *** *** *** ***
އަފްނާން ކޮބާތޯ ބަލާލަން އެ ކޮޓަރީގެ ދޮރުގެ ތަޅުގައި މަދީހާ ހިފާލިއެވެ. ކޮޓަރި ހުރީ އެތެރެއިން ތަޅުލާފައިކަމުން މަދީހާ ޓަކި ޖާހާލިއެވެ. ނަމަވެސް ޚަބަރެއް ނުވުމުން އަދި އަފްނާނަށް ނުހޭލެވެނީ ކަމަށް ނިންމާ މަދީހާ ގެއިން ނުކުތުމަށް ހިނގައިގަތީ އަމާނާ އީމާން ސްކޫލަށް ދާން ގަޑި ޖެހިދާނެތީއެވެ. ފޯނު އަތަށް ލައިގެން ނުކުތުމުގެ ކުރިން ގަޑި ބަލާލީ މުނީރާ އަންނާނެތީއާވެސް އެކީގައެވެ.
ގެއިން ބޭރަށް ނުކުތް އިރު އަމާނާ އީމާނާ ދެކުދިން ތިބީ މަދީހާ އަންނަން ދެން މަޑުކޮށްގެންނެވެ. ގޭގެ ދޮރު ތަޅުލުމަށްފަހު ސްކޫލާ ދިމާއަށް ދާން ހިނގައިގަތް ވަގުތު މަދީހާގެ ފިޔަވަޅު މަޑުކޮށްލީ މުނީރާގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ފަސް އެބުރި އަޑު އައި ދިމާއަށް ބަލާލިއިރު މުނީރާ ޓެކްސީގެ ދޮރު ލައްޕާލަމުން ގެއާ ދިމާއަށް ހިނގައިގަތެވެ. މުނީރާ އަތަށް ތަޅުދަނޑި ހަވާލުކުރުުމަށްފަހު މަދީހާ ސްކޫލްދޮށަށް ދާން އަވަސް ވެގަތެވެ.
ގެއަށް ވަދެ މުޅި ގޭތެރެއަށް މުނީރާ ނަޒަރު ހިންގާލިއެވެ. ގޭތެރެއިން މީހެއްގެ ހިލަމެއް ނުވާތީ މިވަގުތު އަފްނާން އޮންނާނީ ނިދާފަ ކަން އެނގުނެވެ. އެހެންކަމުން މުނީރާ ވަނީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރީގައި މުނީރާގެ މަންމައެއްވެސް ނެތެވެ. މަންމަ ވީ ކޮންތާކު ބާވައޭ ހިތަށް އެރިއެވެ. ނަމަވެސް މިވަގުތު މުނީރާ ބޭނުންވީ ފެންވަރާލާށެވެ. ފެންވަރައިގެން ނުކުތް އިރު މަދީހާ ގޭގައި އުޅޭކަން އެނގުނެވެ. ތުވާލީން އިސްތަށިގަނޑު ހިއްކާލައިގެން މުނީރާ ބޭރަށް ނުކުތީ އިސްތަށިގަނޑު ހާވާލައިގެންނެވެ. ބަދިގެ ފަރާތުގައި މަދީހާ އުޅޭކަން އެނގުނީ ތެލި ތަށިތައް ތަޅުވާ އަޑު އިވޭތީއެވެ.
“ދައްތާ.. ކޮބާތަ މަންމަ؟… މަންމަ ކޮންތާކަށް ދިއައީ؟..” ގޭގައި ހަދީޖާ ނެތުމުން މުނީރާ ސުވާލުކުރީ މަދިހާއާއެވެ.
“މަންމަ ވީ ސަފިއްޔައްތަމެން ގޭގަ… ރޭގަ ސަފިއްޔައްތަ އައިސް އެގެއަށް ހިނގާށޭ ބުނީމަ ދިޔައީ.. ދެތިން ހެދުމެއް ހިފައިގެން އަމާ ދިޔައީ… އަހަރެންވެސް ބުނިން މުނީރާ އައިމަ ދާނަމޭ… ހުޅުމާލެ ނުލާހިކު ހިތްފަސޭހަ ވާނެ… ދެދުވަހަށް ޖައްސާލަން ރަނގަޅެއްނު…” އަމާނާ އިމާމެން ސައިބުއި ތަށިތައް ނަގާ ސިންކު ދޮށާ ގާތްވަމުން މަދީހާ ވާހަކަ ދެއްކިއެވެ.
“އަހަރެން ނުދާނަން… ހަސަނު މަރުވީމަވެސް ރަށު މީހުންނަށް ކުށްވެރި ކުރަން އެނގުނީ އަހަރެންވިއްޔަ.. އެ އުޅޭ ފާތުމަ މެންނަށް ހީވަނީ އީދެއް އައިސްގެން އުޅޭހެން… ދޯނި މަތީވެސް އެ ދައިތަގަނޑުގެ އަނގަ ދެވަރެއް ނުވެ… މަހިތަށް އަރާ މީހުންގެ ދިރިއުޅުމުގެ ވާހަކަ ދައްކައިގެން އަޅެ އެމީހުންނަށް ވަނީ ކޮން އުފަލެއްބާއޭ؟… ވަރަށް ފޫހިވޭ…” ބަދިގެ ތެރޭ މަދީހާއާ ވާހަކަދައްކަން ހުއްޓާ ކުއްލިއަކަށް މަޖުދީ ހަވާލުކުރި ފޯނު މަތިން މުނީރާ ހަނދާންވިއެވެ.
އެނބުރި ކޮޓަރިއާ ދިމާއަށް އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަތެވެ. އެނދުމަތީ ބާއްވާފަ އޮތް އަތްދަބަސް ނަގާ އޭގެ އަރިމަތީ ޖީބަށް އަތްކޮށްޕާލީ ހަސަނުގެ ފޯނު ނަގާށެވެ. ފޯނު އަތު ޖެހުމާއެކީ އަވަހަށް ފޯނު ނަގާ އޮން ކޮށްލިއެވެ. ނިއުޅުވާލާފައި އޮތް މުނީރާގެ އިސްތަށގަނޑުގެ ތެރެއަށް އެއް އަތުގެ އިނގިލިތައް މަހާލަމުން ފޯނަށް ބަލަމުން ދިޔައެވެ. ފޯނުގެ ކޯލްސްތަކާ މެސެޖް ބައެވެ. އެއަށް ފަހު ފޯނުގެ ގެލެރީ ބައެވެ. އެފޯނުގައި އަފްނާނާ ހަސަނުގެ އެތައް ފޮޓޯއަކާ ވީޑިއޯއެއް ހުއްޓެވެ. މުނީރާއަށް އެމަންޒަރު ފެނުމުން އެނދުމައްޗަށް ތިރި ވެވުނެވެ. ވީޑިއޯގައި އަފްނާން ޖައްސަމުން ދިޔަ ވައްތަރު ފެނި މުނީރާ އަންތަރީސް ވިއެވެ. މިއީ އޭނާ ބަނޑުއަޅާ ވިހޭ ދަރި ބަވައޭ ހިތަށް އެރިއެވެ.
އަފްނާން ލައިގެން ހުރި ކުރު ހެދުމުގައި އަރިއަރިއަށް މޮޑެލްކޮށް ނަށަމުން ދިޔައެވެ. ހެމުން ހަސަނު އެ މަންޒަރު ވީޑިއޯ ކުރަމުން ދިޔައެވެ. އަފްނާން އޭނާގެ ބައްޕަ ހިތްހަމަޖައްސައިދޭން ޖައްސަމުން ދިޔަ ވައްތަރުތައް ފެނި މުނީރާގެ ރުޅި އިންތިހާއަށް އެރިއެވެ. އެ ރުޅިގަނޑު މަތީގައި ހުރެ ގައި ހުރި ބާރެއްލާ އެ ފޯނު ތަޅުގަނޑުމަތީ ޖެހިއެވެ. ޖެހުމާއެކީ އެފޯނުގެ ޑިސްޕްލޭ އެކީ ކުދިކުދިވިއެވެ.
ކޮޓަރީގެ ދޮރުހުޅުވާފަ މުނީރާ ނުކުތް އިރު ހިވަނީ މޮޔަވެފަ އިން މީހެއްހެންނެވެ. އޭނާގެ ހޭވިފައިވާ ކިސުޅި އިސްތަށިގަނޑުގައި ތެޔޮނުލާ އޮތުމުގެ ސަބަބުން ވަނީ ފުއްޕާފައެވެ. ދެލޯ ބޮޑުކޮށްގެން ހުރި އިރު އޭނާގެ މޫނު ވަނީ ރަތްވެފައެވެ. އަފްނާނުގެ ކޮޓަރީގެ ދޮރު ކުރިމައްޗަށް ހުއްޓުމަށްފަހު އޭނާ އެ ކޮޓަރީގެ ދޮރުގައި މުށްކަވާލަމުން ބަންބަންލާފައި ޖަހާލިއެވެ. “އޭ އަފްނާނޫ.. ކަލޭ ކޮންމެހެން މަށަށް ފިލައިގެން އޮންނާނެ ކަމެއް ނެތް.. އަދި ލަދެއްވެސް ނުގަނެ އެއްނު މިތާ އުޅޭކަށް.. ކަލޭ ތިތަނުން ނުކުމޭ…”
އަޑުގެ ނެތް ތަނަށް ހަޅޭއްލަވަނުން ދިޔަ މުނީރާގެ އަޑަށް ދުމެއް ޖަހާފަ މަދީހާ ނުކުތީ ވެގެން އުޅޭ ގޮތެއް ބަލާށެވެ. އޭރުވެސް މުނީރާ ހުރީ އަފްނާންގެ ކޮޓަރި ކުރިމަތީގައެވެ.
“ކިހާ ދެރަވެއްޖެ ކަމެއްތަ؟ މިކޮޓަރި ހުޅުވާށޭ… ކަލޭގެ ނުލަފާކަމުން ވީ ކަންތައް މީ… ކަލެއާ ހެދި ކަލޭ ބަފާ މަރުވީވެސް… އެކަމުގެ ބަދުނާމު އަހަރެންގެ ބޮލުގަ މީހުން އަޅުވާއިރު ލަދު ގަންނަން މި ޖެހުނީ އަހަރެންނަށް… އަހަރެން ހިތަށް އަރާ އަހަރެން ކީއްކުރަން ވިހޭ ދަރިއެއް ބާވައޭ މީ… މީތިގަނޑު މަރާލަންވީ…” މުނީރާ އެނބުރިލީ ބަދިގެއާ ދިމާއަށެވެ. މުނީރާ ހުރި ގޮތް ފެނި މަދީހާވެސް ހުރީ ޖެހިލުން ވެފައެވެ. އޭނާގެ ބަރު ވަރުގަދަ އަޑުން ހަޅޭއްލަވާ އިރު އޭނާ ހިވާނީ ދުނިޔޭން މޮޔަވެފައިވާ މީހެއް ހެންނެވެ. އެއް އަރިއަކަށް މަދީހާ ޖެހިގެންހުރީ އެ ހަނި ގޯޅި ތެރެއިން މުނިރާއަށް ދާން ތަން ދައްކާށެވެ.
މުނީރާ ބަދިގެއިން ނުކުތީ ބޮޑު ވަޅިއެއް ހިފައިގެންނެވެ. މުނީރާގެ އަމަލު ހުރި ގޮތުން އޭނާ ކުރަން އެ އުޅެނީ ކިހާވަރެއްގެ ކަމެއްކަން މަދީހާއަށް ނަގައިގަނެވުމުން އޭނާއަކަށް ހިމޭނަކުން ނުހުރެވުނެވެ.” މުނީރާ ބަލަ ހަމަޖެހިބަލަ…އޭއި…”
“ދައްތަ ހިމޭނުން ހުރޭ.. މިކަމުގެ ތެރެއަށް ވަންނާނެ ކަމެއް ނެތް.. މަންޝާ މިފަދަ ކަމެއް ކުރިނަމަ އިނގޭނީ އަންނަ ރުޅިއަކާ ވާ ގޮތެއް…” މުނީރާ އެދިޔަ ބާރު މިނުގަ ގޮސް އަނެއްކާ ދޮރުގަ ތަޅަން ފެށިއެވެ.
“އަފްނާނު… ކަލޭ މިދޮރު ހުޅުވާނީތަ.. ނޫނީ މަ ދޮރު ވައްޓާލަންވީތަ؟…” މުނީރާގެ އަޑު ދިޔައީ އެއް ފަހަރެށްވުރެ އަނެއް ފަހަރު ގަދަ ވަމުންނެވެ.
މަދީހާ އަނެއްކާވެސް މަސައްކަތް ކުރީ މުނީރާއަށް ވިސްނައިދެވޭތޯއެވެ. “މުނީރާ.. އިހަށް ތި ރުޅި މަޑުކޮށްބަލަ… ހެޔޮ ނުވާނެ… ތިހެން އުޅެންޏާ އެމަންޖެ ބިރުންވެސް ދޮރު ނުހުޅުވާނެދޯ…”
“މަގޭ ދެކެ އޭނަ މިއަދު ބިރުގަންނަން ޖެހޭތަ.. އެކުރިކަމެއް ކުރި އިރަކު ހެއްދެވި ފަރާތް ދެކެ ބިރެއް ނުގަނޭތަ…” މުނީރާ ވާހަކަ ދެއްކިއިރު މުޅި މީހާ ރޫރޫ އަޅަމުން ދިޔައެވެ.
“އަފްނާން.. ދަރިފުޅާ ތި ދޮރު ހުޅުވަބަލަ…” އަފްނާން ކޮޓަރި ދޮރުގައި މަދީހާ ޓަކި ޖެހިއެވެ. ނަމަވެސް އެތެރެއިން އެއްވެސް ޖަވާބެއް ނުލިބުނެވެ. މުނީރާ އޭނާގެ ކޮޓަރިއަށް ދިޔައެވެ. އަދި އެނބުރި އައީ ތަޅުދަނޑި ފައްޗެއް ހިފައިގެންނެވެ. އޭނާ އެ އައި ގޮތަށް އައިސް އޭގެން ތަޅުދަނޑިއެއް ތަޅަށް ލައްވާލުމަށްފަހު ތަޅު އަނބުރާލިއެވެ. ދޮރު ހުޅުވުމާއި އެކީ މުނީރާއަށާ މަދީހާއަށް ބަލާލެވުނީ މުޅި ކޮޓަރި ތެރެއަށެވެ. ކޮޓަރި ތެރެ އަނދިރިކަމުން ތަނެއް ދޮރެއް ފެންނަ ވަރެއް ނޫނެވެ. އެހެންކަމުން ބޮކި ދިއްލާލިއެވެ.
*** *** *** *** *** ***
ބޮކި ނިއްވާލަމުން ފާޚާނާއިން ނުކުމެ އަޒީމް ރީތި ވާ މޭޒާ ގާތްވެލިއެވެ. އިސްތަށިގަނޑުން ފެން ހިއްކާލަމުން ރީތިވާ މޭޒުމަތީ ބޭއްވި ފޯނަށް އަޒީމް ބަލާލީ މިސްޑް ކޯލެއް އައިސްފައި ވޭތޯއެވެ. ކޯލެއް އައިސްފައިވާތަން ފެނުމުން އަޒީމް ފޯނު ނަގާ ބަލާލީ ކޮނޑުމަތީގައި ތުވާލި އަޅުވާލަމުންނެވެ. އަޒީމްގެ ފޯނަށް ގުޅާފައިވަނީ އޭނާގެ މަންމައެވެ. އެހެންކަމުން އަޒީމް މަންމައަށް އަވަހަށް ގުޅާލިއެވެ.
“ހަލޯ.. އެކަލޯ ޑިއުޓީއިން ދީ ތެއައީ… މިކޯ ނިދާށް ދީ ތެހިނގަނީ…” (ހަލޯ… ދަރިފުޅާ ޑިއުޓީއިން ދޯ ތި އައީ… މިހާރު ނިދަން ދޯ ތި އުޅެނީ…) އިބްޒީމާ ވާހަކަ ދެއްކީ ވަރަށް ލޯތްބާ އެކީގައެވެ.
“ދެނަކަށް ހަނަގެން މިނުކުތީ… ކިހެނަކަށްވީ… މަންމާ ގުޅަފެއި ހިންމެއި މި ގުޅީ…” (ދެންމެ ފެންވަރައިގެން މި ނުތީ… ކިހިނެއްވީ.. މަންމަ ގުޅާފަ އޮތީމަ މި ގުޅީ…) އަޒީމް ވާހަކަ ދައްކަމުން ލޯގަނޑުން އަޒީމްގެ މޫނަށް ބަލާލިއެވެ.
“އާއްސެލަ މިގެ… އެކަލޯއަށް ދޭއްވެފެއި އޮއް އެއްތަކަސް ތެބޮށް.. އަދި ދައްކާވެފެއި އޮށް ވާހަކާއަކަސް ތެބޮށް…” (އާދެބަލަ މިގެއަށް… ދަރިފުޅަށް ދޭންވެފަ އޮތް އެއްޗެއްވެސް އެބަ އޮތް… އަދި ދައްކަންވެފައޮތް ވާހަކައެއްވެސް އެބައޮތް…) އިބްޒީމާގެ އެދުމަށް އަޒީމް އާއެކޭ ބުނަމުން އިރުކޮޅަކުން ދާނަމޭ ބުނެ މަންމަ ކައިރިއަށް ދާން ގަމީހަކާ ޖިންސެއްނެގިއެވެ. މަންމަ ކައިރިއަށް ނުގޮސްފިއްޔާ ދެން ނުނިދޭ ވަރަށް ގުޅާނެކަން އެނގޭތީ އަވަހަށް ތައްޔާރު ވިއެވެ.
ކޮޓަރިން ބޭރަށް އަޒީމް ނުކުތް އިރު މަންޝާ އުޅުނީ ރެހިތައް ތެލުލައެވެ. “އަޒީމް.. މީތަ ގެނައި ރެހި ކޮޅަކީ.. އަދި މިރުސްވެސްލާފަ ދޯ ބެހެއްޓީ…” އަޒީމް ފާޚާނާއަށް ވަންނަން ދިޔައީ ގެނައި ރެހި ކޮތަޅުން ބައެއްގަ ލޮނު މިރުސް އުނގުޅާ ދީފައެވެ.
“އާން މަންޝާއަށް ފަސޭހަކޮށްދޭންވެގެން އެހެން ހެދީ… ތީ އަދި އެއްބައި.. އަނެއް ބައި ހުންނާނެ އައިސް އަލަމާރީގަ… މަންމަ ގުޅައިގެން މިދަނީ…. ލަހެއް ނުވާނެ… މެންދުރު ކައިގެން ދެން ނިދާނީ… ވަރަށް ވަސްގަނޑު މީރު… ދަނީ އިނގޭ…” ބޭރު ދޮރުން ނުކުންނަމުން އެއް ފައްޗަކަށް އަޒީމް ވާހަކަ ދައްކާ ނިންމާލަމުން ގޭގެ މައިދޮރު ލައްޕާ ތަޅުލިއެވެ.
އަޒީމް އެ ދިޔައީ އެ ސިހުރުވެރި އިބްޒީމާ ކައިރިއަށް ކަން އެނގުމުން މަންޝާ ދެލޯ އަޅާލިއެވެ. އަދި ތެލުލަން އަޅާފަހުރި ރެހިތައް އުނދުޅިން ހަލުވާލިއެވެ. އަދި ތެލު ނުލެވި އެއްބައި ހުރުމުން އެބަަޔަށް މަންޝާ ބަލާލީ ދަހިވެތި ނަޒަރަކުންނެވެ. މުށް ޖަހާފައި ލޮނު މިރުސް ހާކާފަ ހުރި ރޯ ރެހިތައް ނަގާ އަނގަފުރާ އަޅާލި އިރު ހީވަނީ މިއިން ދުވަހަކު ކާން ނުލިބި ހުރި މީހެއް ހެނެވެ. މަންޝާގެ އަނގައިގެ ދެމިޔަ ކަނުގައި ލޮނު މިރުސްތައް ހޭކިފަ ހުއްޓެވެ. އަނގަ ފުރާ އަޅާފަ ހުރި މަސްތައް ހަފަމުން ދިޔަ އިރު އެއްމިޔަކަނުން މަހުގެ ލެއާއެކީ ސޮނި ފައިބަމުން ދިޔައެެވެ. އޭރު މަންޝާގެ ދެލޯ ވަނީ މެރިފައެވެ. ތުންފަތަށް ވެރިވެފައިވާ ހިނިތުންވުމުން އޭނާއަށް އެރޯމަސް ކެއުމުން ލިބެމުންދިޔަ ހިތްހަމަޖެހުން ހާމަވެއެވެ.
*** *** *** *** *** ***
ގޭތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޒިބާނަށް އިރުއިރުކޮޅާ ބެލެމުން ދިޔައީ އެގޭ ދޮރާ ދިމާއަށެވެ. ތަޒްކިޔާ އަންނާނެ ވަގުތެއްގެ އިންތިޒާރުގައި ޒިބާން އެހެން އިންނަތާ ކޮން އިރެއް ހެއްޔެވެ. ފަތިސްނަމާދަށް ފަހު ދުނިޔެމައްޗަށް އަލިވީފަހުން ދުނިޔެއަށް ފޭބި ތަޒްކިޔާގެ ޚަބަރެއް ނުވުމުން ޒިބާން ހުރީ ހިތް ނުތަނަވަސް ވެފައެވެ. ތަޒްކިޔާ ލަސްވާންވީ ސަބަބެއް އޭނާ އެނގެން ބޭނުންވިއެވެ.
ޒިބާން ކުރަމުން ދިޔަ އިންތިޒާރަށް ނިމުމެއް އައިސްފިއެވެ. ތަޒްކީ އެނބުރި އެގެއަށް އައުމުންނެވެ. މޭޒު ކައިރީ މަސައްކަތެއްގައި އަވަދިނެތި ހުރި ސަކޭރާވެސް ޒިބާން ގާތަށް ޖެހިލިއެވެ. ތަޒްކިޔާގެ ފަރާތުން މަންޝާގެ ޚަބަރު ދަބަރު އޮޅުން ފިލުވަން ޒިބާން ހުރީ ކެތްމަދުވެފައެވެ.
“ކޮބާ ކެހެނަކަށްވީ؟… މަންޝާ ރަނގަޅީ؟… ބެނިންދީ ތަޒްކީ ގެއީ މަ ފެނޑުވިމެއިޔައު… ކިއަންކައު އެއަ ބެނީ؟.. ތަޒް… ތަޒް.. ވާހަކަ ދައްކަފެލަ…” (ކޮބާ ކިހިނެއްވީ؟… މަންޝާ ރަނގަޅުތަ؟… ބުނިންދޯ ތަޒްކީ އައީ އަހަރެން ފޮނުވައިގެންނޭ.. ކީކޭތަ އޭނަ ބުނީ… ތަޒް… ތަޒް.. ވާހަކަ ދައްކަބަލަ…)
ތަޒްކިޔާ ހިމޭނުން ހުރުމުން ޒިބާނަށް އެތައް އުނދަގޫތަކެއް ވިއެވެ. ނަމަވެސް ތަޒްކީ ހުރީ ޒިބާންގެ ހަރަކާތްތަކަށް ގެއްލިފައެވެ. ޒިބާނަށް ވެފައި ހުރި ގޮތުން އޭނާ މަންޝާ ދެކެ ލޯބިވާ ވަރު ތަޒްކިޔާއަށް އެނގޭތީ ހިތުގައި ޖެހުނެވެ. ޒިބާންގެ ތެދުވެރި ލޯތްބަށް މަންޝާ އެވަނީ ކިހާ ބޮޑު ބޭވަފާތެރިކަމެއް ހެއްޔެވެ. ތަޒްކީ އަނގައިން ބަހެއް ނުބުނެ ހުރެ ޒިބާނާ ދިމާއަށް ދިއްކޮށްލީ އޭނާގެ އަތެވެ. ޒިބާން ކުރިއަށް ޖެހި ތަޒްކިޔާގެ އަތުގައި އަތް ޖައްސާލަމުން އެއީ ކޮން އެއްޗެއްތޯ ސުވާލު ކޮށްލީ ވާނުވާ ނޭނގޭ ހާލުގައެވެ. ތަޒްކިޔާގެ އަތުގެ އިނގިލިތައް ހުޅުވާލިއެވެ. އެއާއެކު ޒިބާންގެ މޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ.
“ނިވޭހެއްކަން އިނގޭކޯ ކިއެންވީ އަމެއްލާ އެތާން އޭށުމައު ބެނީ… އެހެއި ލަސްވީމެއިއަސް ހިތަށް އެރިއޭ ކެހެނަކަށް ވީބާއު… ތަޒް.. ދެން ކެހެނަކަށް އެއަށް އެ ބޭސް މަ ފެނޑުވާނެއި…” (ނުވާނެކަން އިނގޭއިރު ކީއްވެތަ އަމިއްލައަކަށް އެތަނަށް ހިނގައިދާނަމޭ ބުނީ… އެހާ ލަސްވީމަވެސް ހިތަށް އެރިއޭ ކިހިނެއްވީ ބާވައޭ… ތަޒް… ދެން ކިހިނެއްތަ އޭނައަށް އެބޭސް އަހަރެން ފޮނުވާނީ…) ޒިބާން ރުޅި ގަދަވާ ގޮތްވިއެވެ. އަޑުބާރު ވަމުން ދިޔައެވެ. ޒިބާންގެ އަނގައިިން ނުކުންނަމުން ދިޔަ ކޮންމެ ބަހެއް ތަޒްކިޔާއަށް އަޑުއަހަން އުނދަގޫ ވިއެވެ.
“ޒިބާން… ހުއްޓަލަ.. ތެ މަންޝާ ހިނގަނީ ޒިބާނާއި ހެދިއަށްނޫން.. މަ އެތާން ގޭކޯ އެއަހިށީ ކޮންމެސް ފިރިހެނަކާއި ތައްވެގަނެގެން… މަންޝާ އަމެއްލާ އެއައި ގައިގޯޅިވެމުންގެއި… މަ އެވަރުނަސް މަޑޮކޮށްގެން ހިށީ… ގޭ އެތެރަށް ވަންނަށް މަސައްކައް ކެރިން… އެކަމަކި މަށް ނިވެދެނެ… ދެން އެއަ އަމެއްލާ މަ ފެނިގެން ބޭރަށް ނިކުތީ… އެއަ ބެނީ ޒިބާން އެކެހި ބެނާށް ކެނައު… އެޔަ ވޭނޑެނީ ވަަރަށް އުފަލިޔައު… ބޭހާއި ނިލާއިއަސް ވިހޭށިއައު… މަ އާތާކަށް އެބޭއް ކެނައު…” (ޒިބާން.. ހުއްޓާލާ… ތި މަންޝާ އުޅެނީ ޒިބާނާ ހެދިއެއް ނޫން.. އަހަރެން އެތަނަށް ދިޔައިރު އޭނާ ހުރީ ކޮންމެވެސް ފިރިހެނަކާ ތަތްވެގެން… މަންޝާ އަމިއްލައަށް އޭނަޔާ ގައިގޯޅިވަމުން ދިޔައީ.. އަހަރެން އެވަރުންވެސް މަޑުކޮށްގެން ހުރީ… ގޭތެރެއަށް ވަންނަން މަސައްކަތް ކުރިން.. އެކަމަކު އަހަންނަކަށް ނުވަދެވުނު… ދެން އޭނަ އަމިއްލައަށް އަހަރެން ފެނިގެން ބޭރަށް ނުކުތީ… އޭނަ ބުނީ ޒިބާން ކައިރީ ބުނާށޯ.. އޭނަ އުޅެނީ ވަރަށް އުފަލުގަޔޯ…ބޭހާ ނުލާވެސް ވިހޭނެޔޯ… އަހަރެން އައިތާކަށް ދާށޯ…)
“މަންޝާ އެހެނެއް ނިބެނާހަށް… މަ ގަބޫލައް ނިކެރާށުން.. ތޭ ހުސް ދޮގޮ…. މަންޝާކީ ތެހެއި ފޮނިބޮޑޮ ކޫދަށް ނޫން…” ( މަންޝާ އެހެނެއް ނުބާނެ… އަހަރެް ގަބޫލެއް ނުކުރާނަން… ތީހުސް ދޮގު… މަންޝާއަކީ އެހާ ފޮނި ބޮޑު ކުއްޖެއް ނޫން…) ތަޒްކިޔާ ދެއްކި އެއްވެސް ވާހަކައެއް ޒިބާން ގަބޫލެއް ނުކުރިއެވެ.
“އެކަމަކި ޒިބާން… ތަޒްކީ ދޮގަށް ނިހަދާހެއް…” (އެކަމަކު ޒިބާޏް.. ތަޒްކިޔާ ދޮގެއް ނުހަދާނެ…) ސަކޭރާ ތަޒްކިޔާއާ ގާތްވަމުން އޭނާގެ އަތުގައި އޮތް ބޭސް ފުޅި ނެގިއެވެ.
“ހުވާކޮށްފެއި މި ބެނަނީ… މަބެނީ ހުސް ތެދެ… ޒިބާން އަމެއްލާ ގޮސް އަހާއްވީނު… މަ މި ބެނަނީ ތެދެތޯ ނޫނީ ދޮގޮތޯ..” (ހުވާކޮށްފަ މި ބުނަނީ… އަހަރެން ބުނީ ހުސް ތެދު… ޒިބާޏް އަމިއްލައަށް ގޮސް އަހަންވީނުން… އަހަރެން މި ބުނީ ތެދުތޯ ނޫނީ ދޮގުތޯ…) ތަޒްކިޔާއަށް ރަނގަޅަށް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. އޭނާއަށް ރޮވެން ފެށުނެވެ. އެހެންކަމުން އިތުރު ވާހަކައެއް ނުދައްކާ އެތަނުން ދާން އޭނާ އެނބުރުނެވެ.
“ތަޒްކީ… ތަޒް…” ތަޒްކިޔާ ހިފަހައްޓާން ސަކޭރާ މަސައްކަތް ކުރިއެވެ. ސަކޭރާ ގޮވުމުންވެސް ތަޒްކިޔާ ބަލާވެސް ނުލާ އެތަނުން ދިޔައީއެވެ. ތަޒްކިޔާއަކީ މިހުންނަށް ދޮގުހަދާ ކުއްޖެއް ނޫންކަން ސަކޭރާއަށް އެނގެއެވެ. އޭނާއަކީ ނުބައި ހުރިހާ ކަންތައްތަކާ ދުރުގައި އުޅޭ ކުއްޖެކެވެ. އަދި ޒިބާން ދެކެ ނުލާހިކު ގަޔާވާ ކުއްޖެކެވެ. ޒިބާންގެ ހަރުކަށި ބަސްތަކުން އޭނާގެ ހިތް ކުދިކުދި ވެއްޖެކަން ސަކޭރާއަށް އެނގުނެވެ.
ގޮތް ހުސްވެފައިވާ ޒިބާނަށް ބާކީ އޮތީ އެއްދުވަސްކަން ހަނދާންކޮށްދީ ކެތްކުރަން ނަސޭހަތް ދީ އެނޫން ގޮތެއް ދެން ނެތްކަމުގައި ސަކޭރާ ބުންޏެވެ. ޒިބާން ރުޅި ގަދަވިއެވެ. އޭނާގެ ލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ. މަަންޝާގެ ހަށިގަނޑުގައި އަޅަމުންދާ ވޭނާއި ރިހުން އޭނާއަށް އިހްސާސް ކުރެވޭތީ އެކަމާ އޭނަހުރީ ދެރަވެފައެވެ. މަންޝާއަށް އެހީވާން ބޭނުންވި ނަމަވެސް ޒިބާން ބަންދުކުރުމުން ސައިބްރޯތު ދެކެވެސް އިންތިހާއަށް ރުޅި އާދެވުނެވެ.
*** *** *** *** *** ***
އަފްނާނުގެ ކޮޓަރި ތެރެއަށް މުނިރާއާ މަދީހާގެ ނަޒަރު ހުއްޓިފައި ހުރިއިރު އެ މުޅި ކޮޓަރިވަނީ އެބަޑިބަޑިން ޖަހާފައެވެ. މުޅި ކޮޓަރީގައިވަނީ ފޮތްތަކާއި ގަނޑުތަކެވެ. އަލަމާރި ކައިރީގައި އަފްނާންގެ ހެދުންތައް އުކާލާފައި ހުއްޓެވެ. ކޮޓަރިތެރޭގައި ވާ ހުރިހާ އެއްޗެއްވަނީ ތަޅުން މައްޗަށް އުކާލާފައެވެ. މުނީރާ ކޮޓަރި ތެރެއަށް ވަނެވެ.
އެ ކޮޓަރި ތެރެއިން އަފްނާން ފެންނާކަށް ނެތެވެ. މުނިރާގެ ފަހަތުން އެތެރެއަށް ވަތް މަދީހާއަށް ދޮރު ބިއްދަށް ބަލާލެވުނީ އަފްނާން ފިލާ ހުރެދާނެތީއެވެ. މުނީރާގެ ބަސްތަކާއި އަމަލު ހުރިގޮތުން ޚުދު އޭނާވެސް އެހުރީ ބިރުގެންފައެވެ. ދޮރު ބިއްދަށުގައިވެސް އަފްނާން ނެތުމުން މަދީހާ ކޮޓަރިތެރެއަށް ވަނެވެ. ބިންމަތީގައި ހުރި ކަރުދާސްތަަކަށް ނަޒަރު ހިންގާލިއަސް މުޅިންވެސް ފެންނަނީ “އައިމް ސޮރީ” ޖަހާފައިވާ ގަނޑުތަކެވެ.
މަދީހާ ގޮސް އެކޮޓަރީގައި ހުރި ސިންގަލް އެނދު ކައިރިއަށް ހުއްޓިލިއެވެ. “ކޮބާ އަފްނާން؟..” ފުން ނޭވާއެއް ބޭރުކުރަމުން މަދީހާ އަހާލިއެވެ. އެވަގުތު މުނީރާގެ ކަޅި އަަމާޒްވީ ބޮކި ދިއްލާފަ ހުރި ފާޚާނާއާ ދިމާއަށެވެ. ފާޚާނާ ދޮރުގައި އަތް ޖައްސާލުމާއި އެކީ އެ ދޮރު ވަރަށް ފަސޭހައިން ހުޅުވުނެވެ. އެތެރެއަށް ބޯ އަރިކޮށްލަމުން މުނީރާ ބަލާލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
23 Comments!
Comments are closed.





vv reethi..??
Balan indha thi up kuree.. Thnkzz… And shax ah Eid Mubaarak .. ??????
Haadha kurey☹️
Eid mubarak…thnkz eid special akah mi story ge part ei kiyan libunyma..but heevanee kuruhen…waiting 4 Thursday….?
Haadha kurey aekam v nice
Mre upload kuri enme kuru bai. Varah kada
wooowww!!!salhi eyyy…btt eww mansha eyo roa mas kei gotheii… sifa kuruntha vara varah superrbb.. eid hadhiyaa e gotha maadhan ves story upp kuran vee ennu..readerss kihaa happy vaane…. ?love this storyyy waittin to c wot will happn to afnan
V nice. Next part avahah up kurachcheyy
Vaahaka varah salhi ❤
Afoo ves amillayah maruvee baa?? V habeys story.. Thnx for the story shaz
Shakeyra menge vaahaka thah liyaairu ves dhebahun nuliye ehbahakun liun kihineh vaanee. Eyrun thankolheh dhigu vaane ehnnu. E komme meehaku bunaa ehcheh dhebahun liyan kihaa bodu baeh e dhanee
V v v reethi ekamu maakurukoh mifaharu up kohlaafa otheema varah dhera … When next part up load kohlaanee… Eid mubaarik shax?
Dear shaaz,
When you upload a story in a series like this, it is always better if you finish the whole story before you start uploading. Would surely be beneficial.
Then you wouldn’t have to make any excuse saying that you are busy, it’s eid, kids unwell or whatever. Then you wouldn’t even have to upload short episodes like this too.
Try and have a limitation of lines for every episode too. Then the readers wouldn’t surely complain about an episode being short.
You’re an awesome writer. Hoping to see more stories like this in future. Insha Allah. Keep shining. 🙂
sorry readers… yaa I knw its short…. next episode is going to be a long one…. EID MUBARAK to ALL…. 🙂
Shaz.
Haadha kurukoh episode thah thi genesdheny nowadays. Kiyaa hithun indhaa mihaaru abadhu nimeny.
But positively Shaz ge story thah varah teethi. I read a lot of stories. Both Dhivehi and English. This is the best so far. ?
Hope you’ll lengthen the next episodes. ?
ThankYou so much for this story.
Keep up the good work. ?
alhey afoo maruveetha. and zeban is so hyper.. thazz dheke rulhi naadhe she tried her best.
afoo is pragnant and foanuga inee eyna prag kamuge msg eh eyna bappayah fonuvaafa… ehenve eyna suicide kurany… :p
Koba next parrrt???
Kobaa tha next part.bunaadhuvaha up koh dheyn vaanenu.dhw.
Alhey aneh part up kohdheeba plxxxx
Mee thursday ey..
Wat is mean by ebadi badin
shax anehhen rangalhu dho vaahaka liyefa huri goiiy
ekam Addu bas beynunkuraairu baeh faharu nubai koh beynun kurevifa eba huri misaalakah ingey ah aslu Addu myhun kiyaany engei ang neygey kiyaa iru kiyaany niengei ……and banduga rissa irukiyaany bandah thadho vei a bando rihei ekey nun
adhives baeh thanthankolhu hurey dho alhai ganna gotheiy
ekamakuves bunelan othy dhebasbeynun kohgen Shax thikuraa hiiyvarah hama assari baha saabahey …best of luck kuriah oiiy thanuga vaahaka liyumah