“މޭމް އެހުރީ އެމީހާ..” ދޮރުމަތީގައި ހުރި މީހާ ދައްކާލަމުން ގާސިމް ބުންޏެވެ. އަލީޝާ ފަރުވާތެރި ކަމާއިއެކު އެމީހާއާއި ދިމާލަށް ބަލައިލި ވަގުތު ހީވީ އޭނާގެ ކަންކަށިމަތީގައި ވަރަށް ބާރަށް މީހަކު ޖަހައިލިހެންނެވެ. ބުނާނެ އެއްޗެއް ނޭނގި އެމީހާއާއި ދިމާލަށް ބަލަން ހުރެވުނީއެވެ. ލޮލުން ކަރުނަ އޮހޮރެން ފެށީވެސް ބޭއިހްތިޔާރުގައެވެ. ބޮލުން ސްކާފު ވެއްޓި ހުރިހާ އެންމެންގެ ކުރިމަތީގައި އަލީޝާ ބޭޒާރުވިއެވެ. އެމީހާއަށްވެސް ވީ އެފަދަ ގޮތެކެވެ. އަލީޝާގެ މޫނު ފެނުމުން ބަލަހައްޓައިގެން ހުރެވުނީ ބުނާނެ ވަކި އެއްޗެއް ނޭނގިފައެވެ.
” މޭމް. އެއީ ކާކު؟” އަލީޝާގެ ލޮލުން ހުއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނަތަށް ފެނިފައި ރައުޝާއަށް މިހެން އަހައިލެވުނީވެސް ޖެހިލުންވެ ހުރެއެވެ. އަލީޝާއަށް ހަމަހޭވީދެނެވެ. އޭނާއަށް ވަގުތުން އަތުގައި އޮތް ސްކާފުން ކަރުނަތައް ފޮހެލެވުނީއެވެ.
” ގާދިރު. އޭނަ ކައިރީގަ ބުނޭ އަތުގަ ހިފާ ބޭރަށް ނުނެރެނީސް ހަމަ މިހާރު.. މިވަގުތު މިތަނުން ރައްކާވާށޭ.” އަލީޝާއަށް މިހެން ބުނެވުނީވެސް ވަރަށް އުނދަގުލުންނެވެ. ހިތުގައި އުފެދިފައިވާ ރިހުން އެއަޑުންވެސް ކިތަންމެ ރީއްޗެއްކޮއްވެސް ހާމަވެއެވެ. އޭނާ މިވަގުތު އެމީހަކާއި ކުޑަކޮށްވެސް ވާހަކަ ދައްކާ ހިތެއް ނުވާކަން އޭނާ ބުނެލި ގޮތުންވެސް އެނގިގެން ދިޔައެވެ.
” އަލީޝާ. އަޑުއަހާބަލަ. އަލީޝާ ޕްލީޒް އެންމެ ފުރުސަތެއް ދީ މާފަށް އެދެން. ހަމަ އެންމެ ފަހަރަކު މާފް ކޮށްދީ. އިންސާނަކަށް ވީތީ ކުށްވެސް ކުރެވޭނެ. މާފް ކޮށްދީ އަލީޝާ. މާފްކޮށްދީ. ކުރީގެ އުފާވެރި ދިރިއުޅުމަށް ރުޖޫޢަ ވާން ހިނގާ. ޕްލީޒް.” ދެން އިވެގެން ދިޔައީ އެމީހާގެ ވޭނީ އާދޭހުގެ އަޑެވެ. އަލީޝާ މޫނު އަނެއްފަރާތަށް އަނބުރައިލިއެވެ. އޭނާއަށް ކެތް ކުރަން ނުކުޅަދާނަވީއެވެ. ކޮންމެ ގޮތެއްވިޔަސް އެވޭނީ އަޑު އަހާކަށް އޭނާގެ ހިތަކަށް ކެތެއް ނުވާނެއެވެ.
” ގާދިރު. އޭނަ ހަމަ މިހާރު ބޭރަށް ނެރެ އެއްލާލާ. ދެން ފަހަރަކުން އޭނަ މިގެޔާ ވައި އެޅެލިޔަވެސް ދީގެން ނުވާނެ.” އެހުރި ގޮތަށް ހުރެ އަލީޝާއަށް މިހެން ބުނެވުނީ ގަދަކަމުން އަޑު ނެރެގެންނެވެ. އޭނާގެ އެތެރޭގައި ފޮރުވިފައިވާ މޫނު އެހެން މީހަކަށް ދައްކާކަށް އޭނާ ބޭނުމެއް ނޫނެވެ. މިހާރު އޭނާއަކީ އައިޝަތު އަލީޝާ ޖަމްހަރެއް ނޫނެވެ. މިހާރު އޭނާއަކީ ސާރާ އަލީޝާއެވެ. އަދި ސާރާ އަލީޝާއަކީ އެއްވެސް މީހަކަށް ހެޔޮކޮށް ހިތައިގެން އުޅެގެން ވާނެ މީހެއް ނޫނެވެ. އަދި އަމުދުން އޭނާއަށް ގޯސްކޮށް ހިތައިފި މީހަކަށް އޭނާވެސް ހިތާނީ ގޯސްކޮށްށެވެ.
“އަލީޝާ. ޕްލީޒް. އައިޝާ….” އަލީޝާއަށް ފަސް އެނބުރި ބަލައިލެވުނީ އެމީހާ އެބުނި އެއްޗަކުންނެވެ. އެމީހާއަށްވެސް ދުލުގައި ދަތްއަޅާލެވުނީއެވެ.
” ހަބަރު ދާރު. އަހަންނަކަށް ތިނަމެއް ނުކިޔާ. އަދި ނުވެސް ކިޔާނެ. ގާދިރު ތަންކޮޅެއް އަވަހަށް އޭނާ މިތަނުން ދުރަށް އެއްލާލެވިދާނެތަ؟” ފާއިތުވެގެން ދިޔަ ކޮންމެ ސިކުންތެއްގައިވެސް އަލީޝާގެ ހިތަށް އުދަގޫވަމުން ދިއުމުން އޭނާއަށް ބުނެވުނެވެ. އަދި ވަރަށް ބާރަކަށް ދުއްވައިގަތީ އެމީހާ ރޯއަޑު އަހަން ކެތްނުވާނެތީއެވެ. އޭރު ގާދިރު އާއި ގާދިރުގެ އިތުރުން ހުރި ގޭޓް ބަލަހައްޓާ މީހާ އެތާނގައި ހުރި މީހާގެ އަތު ކުރީގައި ހިފާ ބޭރަށްލަމުން ދިޔައެވެ. އޭރުވެސް އެމީހާ އާދޭސް ކުރަމުން ދިޔައީ ރޮވިފައި ހުރެއެވެ.
ދުވެފައި ގޮސް އަލީޝާ ކޮޓަރީގެ ދޮރު ޖަހާ ތަޅުލިއެވެ. އޭނާއަށް ކެތްކުރެވުނީ އެހައި ހިސާބަށްށެވެ. ބަޑި ފަޅައިގެން ގޮސް ދެލޯ ފެންކަޅިވާކަށް ހަމަ އެންމެ ސިކުންތެއްވެސް ނުނަގާނެއެވެ. އޭނާގެ ހަޔާތުގައި ކަންތައް މިވަނީ ކިހިނެއް ހެއްޔެވެ؟ އޭނާ ބޭނުންވާ ގޮތަށް އެއްކަމެއްވެސް ނުވަނީ ކީއްވެ ހެއްޔެވެ؟ ކިތަންމެ ބޭނުންވިޔަސް އޭނާގެ ފޮރުވިފައިވާ މޫނު ފަނާނުވަނީ ކީއްވެ ހެއްޔެވެ؟ އަބަދު އެހިތި މާޒީ އޭނާގެ ފަހަތުން ދުވަނީ ކީއްވެ ހެއްޔެވެ؟ އެއަނިޔާތަކާއި ހިތާމަވެރި ހަޔާތް އޭނާގެ ހިތުން ފިލައިގެން ނުދަނީ ކީއްވެ ހެއްޔެވެ؟ އަލީޝާ އޭނާގެ ކޮޓަރީގެ ދޮރު ދަށުގައި އިށީނދެލި އެވެ. އަދި މޫނު ފޮރުވައިލާ ބޮލުގައި އަތް އަޅައިގެން ހުރެ އޭނާގެ މާޒީގެ ސަފުހާތަކުގެ ގަނޑުތައް އުކަން ފެށިއެވެ.
***
ގަނޑިން ދަންވަރު 2 ޖަހައިފިއެވެ. ހޮސްޕިޓަލުގެ އެނދެއްމަތީގައި އެޑްމިޑް ކުރެވިފައިވާ މާޝަލް އޮތީ އެކަނި މާއެކަނިއެވެ. ކިތަންމެ އެކަނި ވެރިވިޔަސް ފޫހިވެލާނެ ފުރުސަތެއްވެސް އޭނާއަކަށް ނުލިބެއެވެ. ސިކުނޑީގައި އެނބުރެމުން ދިޔަ އެކި ހިޔާލުތަކުގައި ނިދިވެސް ނައިސްފައި މާޝަލް އޮތީ އޭނާގެ އިއްޔަ ރޭގައި ކަންތައް ވަމުން ދިޔަ ގޮތާއިމެދު ވިސްނާންށެވެ.
އެންމެ ފުރަތަމަ އޭނާގެ ހިތްއެދި ގޮވަމުން ދިޔަ ރަނިކަމަނާއާއި ބައްދަލު ވުމެވެ. ދެން އޭނާއަށް ފެނިގެން ދިޔަ އަލީޝާގެ ކިބުރުވެރި މޫނެވެ. އެއަށްފަހު ލުފްޝާން އައިސް ތަޅައިގަތް ގޮތެވެ. ” ދޮންބެ؟؟؟ ކޮބާ އޭނަ؟؟ އަނެއްކާ މަންމަ އޭނަ ފުލުހުންނާ ހަވާލު ކުރީތަ؟” މާޝަލްއަށް ބޯ ހޫރައިލެވުނެވެ. ނޫނެކެވެ. އެހެނެއް ނުވާނެއެވެ.
މާ ދޮން ނުވިޔަސް އަލި އަންހެން ކުއްޖެކެވެ. ބުރުގަލަކާއި ކަކުލާއި ހަމައަށް އަރާ އަރި ފެޅިއަކުން ހަށިގަނޑު ނިވާކޮށްގެން ހުރި ކުރު އިސްކޮޅެއްގެ ވެރިއެކެވެ. ހޮސްޕިޓަލުގެ ދޮރާއި ހަމައަށް އެކަނި މާއެކަނި އަންނަމުން ދިޔައިރު ތުންފަތުގައި ދުވެލަ ދުވެލާ ހުރީ މައުސޫމް ހިނިތުން ވުމެކެވެ.
” މާޝަލް.” ވޯޑްގެ ދޮރުން ވަދެގެން އައި އަންހެން ކުއްޖެއް މާޝަލްގެ ނަމުން ގޮވައިލިއެވެ. ނަމަވެސް މާޝަލްއަށް އަޑު އިވޭ ގޮތެއް ނުވިއެވެ. އޭނާގެ ވިސްނުން ވަނީ އެހެން އެއްވެސް ކަމަކާއިމެދު ފިކުރު ކުރެވޭވަރަށް ވުރެ ބޮޑަށް އެހެން ކަމަކަށް ގެއްލިފައެވެ. އެއަންހެން ކުއްޖާ މާޝަލްއާއި ދާދި ކައިރީގައި މަޑު ކޮށްލިއެވެ. ނަމަވެސް މާޝަލް ހަމަ އެހުރި ގޮތަށް ހުރީއެވެ. އޭނާއަށް ކައިރީގައި މީހަކު ހުރި ކަމުގެ އިހުސާސްވެސް ނުވެއެވެ.
” އޭ! އޯއި މާޝަލް.” މާޝަލްއަށް ތަދު ނުވާނެހެން އެއަންހެން ކުއްޖާ މާޝަލްގެ ބުރަކަށީގައި ހިފައި ކުޑަކޮށް ތަޅުވައިލިއެވެ.
” ޔާޝާ؟” ސިއްސައިގެން ގޮސް މާޝަލްއަށް ބަލައިލެވުނީ ކައިރީގައި ހުއްޓިލައިގެން ހުރި ޔާޝާއާއި ދިމާލަށްށެވެ.
” އުހުން. ޖިންނިއެއް. އަބަދު އަބަދު ކޮންމެސް ހިޔާލެއްގަ. ޕިސް. ޕިސް. ” ޔާޝާ މާޝަލްގެ ކައިރީގައި އެނދުގައި އިށީނދެލިއެވެ.
” ޔާޝާ؟ އެކަމް މިގަޑީގަ؟” މާޝަލްއަށް ކުޑަކޮށް ބުރަކަށި ބާލިހުގައި ވިއްދާލެވުނީ ހައިރާންވެހުރެއެވެ.
” ކިހިނެއްވީ؟ އަހަރެން ލަސްވީމަ ދޯ މިރޭގަ އަންނަން އުޅެފަ. މާފްކުރޭ! ދެން ކޮންމެސް ސަބަބަކާ ހުރެ ނާދެވުނީ.” ޔާޝާއަށް މާޝަލްގެ ބަސްތައް މާނަ ކުރެވުނީ އެހެން ގޮތަކަށްށެވެ.
” ނޫން. އެހެން ވެޔެއް ނޫން. މިހާ ދަންގަޑި އެއްގަ އައީމަ. ޔާޝާ މަންމަޔަށް އިނގޭތަ ޔާޝާ މިތަނަށް އައިކަން.” މާޝަލް އޮޅުން ފިލުވައިދިނެވެ.
” ދެން މާޝަލް ދައްކާ ވާހަކަ. މަންމަޔާ ހެދިއޭ ދަންކޮށް އަންނަން ޖެހުނީވެސް. އިނގެޔެއްނު ގޭގެ މަސައްކަތް ނުކޮށް އަހަންނަށް ނާދެވޭނެކަން. ރޭގަނޑު ކައްކާ އެމީހުންނަށް ކާންދީ ހަދާފަ އަހަރެން މަންމަ ނުނިދައިގެން މިޔޮއް ހުރިހާއިރު ހުންނަން ޖެހުނީ. 1 ޖެހިފަހުން މަންމަ ނިދީވެސް. އަހަރެން މިއައީ މުފީދައްތަމެންގެ ހާލު ބަލާލަން ތިގެޔަށްވެސް ގޮއްސަ. އެކަމް ދޮރު ހުރީ ތަޅުލާފަ. ސޯ މިއައީ މާޝަލްގެ ފޫހި ފިލުވަން. ދެން ހެނދުނު ހޭލާފަ ސައިކޮޅު ހަދައި ދިނީމަ މަންމަ އޯކޭ ވެދާނެ.” ޔާޝާ ހާމަ ކުރީ ހަގީގަތެވެ.
” ޔާޝާ. އަހަރެން ވާހަކައެއް އަހާލަންތަ؟” ޔާޝާގެ ވާހަކަ އަޑުއަހަން ހުރެފަިއ މާޝަލް އަހައިލިއެވެ. ޔާޝާ ބޯޖަހައިލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.
” ޔާޝާ ބުނީމެއްނު ދުވަހަކުވެސް އަހަންނަށް ދޮގެއް ނަހަދާނަމޭ. ޓްރަސްޓް ކުރާނަމޭ އަބަދުވެސް. އަދި އަހަރެންވެސް ޔާޝާއަށް ޓްރަސްޓް ކުރާށޭ. ދެން ބުނެބަލަ. ކީއްވެތަ އަސްލު ޔާޝާ އަހަންނާ އަހަރެންގެ އާއިލާއަށްޓަކައި ތިހާ ރަނގަޅީ.” މާޝަލް ކޮށްލީ އޭނާ އަދައިގެ މަތިން ކޮށް އުޅޭ އަދި އެސުވާލެއްގެ ޖަވާބަށް މިއޮއް ހުރިހާ ދުވަހު އޭނާ އިންތިޒާރު ކުރަމުންދާ ސުވާލެވެ.
” އެއީ އަހަރެންނަކީ ކަތީބުގެ ދަރި ދޮންއާދަނާއި ބޮޑުގޯތީ ހަރީރާގެ ކުއްޖަކަށްވެފައި އެދެމީހުން ގޯސްވީމަ. 2 ނެގެޓިވް އިޒް އީކުއަލް ޓު އަ ޕޮޒިޓިވް. ގެޓް ވެއްޖެ؟” މިފަހަރުވެސް ޔާޝާގެ ފަރާތުން ލިބުނީ ހަމަ އެޖަވާބެވެ. މާޝަލް ފަރުވާކުޑަ ގޮތަކަށް ހީލިއެވެ. ކޮންމެ ހެނެއްވިޔަސް ޔާޝާ އެހަދަނީ ދޮގޭ އޭނާއަށް ހީވަނީ ކީއްވެ ހެއްޔެވެ؟
” ހޭ ބަލާބަ! އަލީޝާގެ ނިއު ސޯންގެއް.” މާޝަލްއަށް އަމިއްލަ ދުނިޔެއިން ބޭރުވެވުނީ ފޯނު ދައްކާލަމުން ޔާޝާ މިހެން ބުނުމުންނެވެ. މާޝަލް ޝައުގުވެރިކަމާއިއެކު ޔާޝާގެ ފޯނަށް ބަލަހައްޓައިގެން ހުއްޓެވެ. އެދެ ޒަމާންވީ އެކުވެރިން އެކިއެކި ވާހަކަތަކެއްގައި ތިބެ ޔާޝާގެ ފޯނުން ލަވަ އަޑު އަހަމުން ދިޔައެވެ. ހީ ސަކަރާތުގައި ރޭ އެކީ ހޭދަވިގޮތެއްވެސް ޔާޝާ އަކަށް ނޭނގުނެވެ.
” އޯ ގޯޑް. ކަޑައެއްނު މާޝަލް. އެވީ ބެޓެރީ ލޯ. ސޮރީ.” ފޯނުގެ ސްކްރީނަށް ބެޓްރީލޯ ވެއްޖެކަމުގެ ނިޝާން އެރުމާއިއެކު ޔާޝާއަށް ބުނެވުނެވެ.
” ހާސްނުވޭ މާޝަލް. އަހަރެން ޖޯކެއް.. މާޝަލް؟” ވާހަކަ ދައްކަމުން ޔާޝާ މާޝަލްއާއި ދިމާލަށް ބަލައިލި ވަގުތު ގުގުރިދަމާފައި ނިދަން އޮތް މާޝަލް ފެނިފައި ޔާޝާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ނަމަވެސް ދެވަނަ ސުކުންތުގައި ޖާދުއެއްގައި ޖެހިފައިވާ ހެން މާޝަލްއާއި ދިމާލަށް ބަލަން ހުރެވުނީއެވެ. އެއްމިޔަކުން ހީލައިގެން އިނދެ މާޝަލްއާއި ދިމާލަށް ބަލަން ހުރެވުނީ މާޝަލްގެ ލޯއްބަށް ބޭގަރާރު ވެފައެވެ.
އާނއެކެވެ. އެންމެ ފުރަތަމަ އެދުރު ދައިތާމެންގެއިން މާޝަލް ފެނުނު ދުވަހުން ފަށައިގެން އޭނާގެ ހިތުގައި މާޝަލްގެ ނަން ފަވާލެވިއްޖެއެވެ. އެދުވަހުން ފެށިގެން މާޝަލްގެ އެކުވެރިއެއްގެ ގޮތުގައި ހުއްޓަސް އޭނާގެ ހިތުގައި މާޝަލްއަށްޓަކައި ރައްކާކުރެވިފައިވަނީ އެހެން މަގާމެކެވެ.
ޔާޝާ ލުއި ހިނިތުންވުމެއްގައި ހުރެ މާޝަލް ރީއްޗަށް ބާލިހުގައި ބާއްވައި ގައި މަތީގައި ހުދު ބެޑްޝީޓެއް އަޅައި ދިނެވެ. އޭނާ ގޮސް މާޝަލްގެ ބޯލާ ކޮޅުގައި މަޑުކޮށްލިއެވެ. އަދި ވަރަށް މަޑުމަޑުން މާޝަލްގެ އެދިގު ފަން އިސްތަށިގަނޑުގައި އަތް ކާތާލީ ކޮންމެސް ވަރަކަށް ޖެހިލުންވެސް ހުރެއެވެ. މާޝަލްއަށް އޮޅެގެންވެސް ހޭލެވިއްޖެނަމަ އޭނާގެ ދުވަސް ދިޔައިއްޔޭއެވެ. އޭރު އޭނާގެ ކަންފަތުގައި ގުގުމަން ފެށީ އަބަދުމެ މާޝަލް ކުރާ ސުވާލެވެ.
“ދެން ބުނެބަލަ. ކީއްވެތަ އަސްލު ޔާޝާ އަހަންނާ އަހަރެންގެ އާއިލާއަށްޓަކައި ތިހާ ރަނގަޅީ.”
” ހަމަ ނޭނގޭތީތަ އަބަދު ތި ސުވާލު ކުރަނީ؟ ނޫނީ ގަދަކަމުން އެސުވާލުގެ ޖަވާބު ހޯދަން ބޭނުން ވަނީތަ؟ އަހަރެން ކުޑައިރުއްސުރެ މާޝަލްއަށް އެހީ ވަނީ ކީއްވެކަން އަދިވެސް ނޭނގޭތަ؟ އެންމެ ކުޑައިރުއްސުރެ މާޝަލްއަށް ކުރިމަތިވާ ރައްޓެހިންގެ މަލާމާތްތަކަށް އަހަރެން ޖަވާބެއް ދެނީ ކީއްވެކަން ވެސް ނުވިސްނޭތަ؟ އަހަރެންގެ ހުރިހާ އުފާތަކެއް ގުރުބާން ކޮށްފައި މާޝަލް އާ އެކު އުޅެނީ އަހަރެންގެ އުފަލަކީ މާޝަލްކަމުގައި ވާތީކަންވެސް ނޭނގޭތަ؟
އައި އެމް ޝުއާ ދެޓް މާޝަލްވެސް އަހަރެންދެކެ ވަރަށް ލޯބިވޭ. ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ލޯބިވޭ. އެކަމް މާޝަލްވެސް ތިއުޅެނީ އަހަރެން ގޮތަށް ބުނަން ނުކެރިގެންނެއްނު؟ އުހުން. އަސްލު ވާގޮތަކީ އެޔެއް ނޫން. މާޝަލް ހީކުރަނީ މާޝަލްއަށް ލޯބިވެވެނީ އަލީޝާ ދެކެހެން. އެކަމް ބުނަން. މާޝަލްއަށް ހަގީގަތުގަ ލޯބިވެވެނީ އަހަރެންދެކެ. ޔޫ ޖަސްޓް ލައިކް އަލީޝާ. ބަޓް ޔޫ ނޯ އަސްލު މާޝަލްގެ ހިތުގަ އޮތީ ހަމައެކަނި އަހަރެންގެ ނަން. ރައިޓް؟
އެންޑް ހަނދާންވޭތަ؟ މުފީދާދައްތަ ބުންޏެއްނު އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއްގެ ދެމެދުގައި ރަހުމަތްތެރިކަން ވާނަމަ ކޮންމެސް އެހެން ގުޅުމެއްވެސް ވާނެޔޭ. މާޝަލް ނުބުންޏަސް އަހަންނަށް އެނގޭ މާޝަލް އަހަރެންދެކެ ލޯބިވާކަން. އެކަމް އަހަރެން ނުރުހިދާނެތީ ބުނަން ނުކެރެނީ އެއްނު؟ އެއީ އަހަންނަށްވެސް ވާގޮތޭ. ހާސްނުވޭ މާޝަލް. މާޝަލްއަށް އަހަރެންދެކެ ލޯބިވެވޭކަން އަމިއްލަޔަށް އިހުސާސް ކުރެވެންދެން އަހަރެން މާޝަލްއަށް އިންތިޒާރު ކުރާނަން. އުމުރަށްވެސް.. ” މާޝަލްގެ އިސްތަށިގަނޑުގައި އަތްކާތަމުން ޔާޝާ ބަޔާން ކުރަމުން ދިޔައީ އޭނާ މާޝަލްއަށް ކިޔައިދޭން ބޭނުންވާ ހުރިހާ އެއްޗެކެވެ. ނަމަވެސް ނިދީގައި އޮތް މާޝަލްގެ ކަންފަތާއި ހަމައަށް މިއިން އެއްވެސް އެއްޗެއް ނުފޯރައެވެ.
ޔާޝާއަށް އަނެއްކާވެސް ހިނިތުންވެވުނީއެވެ. އަދި މާޝަލްއާއި ތަންކޮޅެއް ކައިރިއަށް ގޮނޑި ޖައްސާލައިގެން އޮތް އިރު އޭނާގެ ލޮލުން ހާމަވަމުން ދިޔައީ ލޯއްބެވެ. އެގޮތަށް މާޝަލްގެ މޫނަށް ބަލަން އޮވެ ނިދުނު އިރެއްވެސް ޔާޝާއަކަށް ނޭނގުނެވެ.
****
” ހޭ ބަލާބަ މިއޮއް ދައްކާ ވާހަކައެއް. ފިލައިފިޔޯ އެނދުމަތި ކޮށްފަ އޮތް މީހާ. ނޭނގެޔޯ ދިޔަ ތަނެއްވެސް. ރޭގަ އޭނަ ބޭބެ ތަޅާ ގަތިއްޔޯ އޭނަ ގައިގަ. ޑޮކްޓަރވެސް ބިރުން ނޯ އުޅެނީ.”
” އާން އަދި ބުނި އޭނަ ކައިރީ ޑޮކްޓަރ ބުންޏޯ މާގިނައިން ހިނގާ ނޫޅޭށޯ. ބަރު އެއްޗެއްވެސް ނުއުފުއްލާށޭ. މިއަދު ދޫކޮށްލާ ގޮތަށްށޯ އޮތީވެސް. އެކަމްވެސް އައިވީ ނައްޓާލާފަ ފިލިއްޔޯ. މިތާ ހުންނަ ނަރުސް ގަމާރަށްވެސް ނޭނގެ ބަލިމީހާ ފިލާއިރުވެސް.”
” އޭ. އޭގަ ނަރުސް މީހާގެ ކުށެއް އެބަ އޮތްތަ؟ ނަރުސް މީހާ ކައުންޓަރ ގަ އިންދާ މީނަ ކުޑަދޮރުން ފުންމައިލިއްޔޭ.”
ޔާޝާއަށް ކުޑަކޮށް ދެލޯ ހަނިކޮށްލެވުނު ގަޑީގައި އިވިގެން ދިޔައީ މިފަދަ އަޑުތަކެކެވެ. އޭނާ ކަންނެތް ގޮތަކަށް އާފުރެލަމުން މާހައުލަށް ނަޒަރު ހިންގާލިއެވެ. ކުއްލިއަކަށް ޔާޝާއަށް ފުންމައިގެން ތެދުވެވުނީ މުޅި ހޮސްޕިޓަލަސް އެއްވެފައިވާ މީހުންތައް ފެނިފައެވެ. އޭނާއަށް ދެން ބަލައިލެވުނީ މާޝަލް އެޑްމިޓް ކުރެވިފައި އޮތް އެނދަށްށެވެ. އެވަގުތު އެއެނދުވެސް ހުސްކޮށް ހުރުމުން ޔާޝާގެ ދެލޯ ވީ ބޮޑެވެ.
” ބޭބޭ. ކިހިނެއްވީ؟ ކޮބާ މާޝަލް؟ ކާކު ކީއް ކުރީ؟ ބޭބެމެން މިތާ ކީއް ކުރަނީ؟ ” ޔާޝާއަށް އެތާނގައި ހުރި މުސްކުޅި އުމުރުފުރައެއްގެ މީހަކާއި ދިމާލަށް އެތައް ސުވާލުތަކެއް އެއްފަހަރާ ކޮށްލެވުނެވެ.
” ބަލަ. މިތާ އޮތް މީހާއަށްވެސް ނޭނގެ ވީގޮތް. ދެން އަހަރެމެން ނަށް ކިހިނެއްތަ އިނގޭނީ؟ މިއުޅެނީ މިތާ އެނދުމަތިކޮށްފަ އޮތް މުފީދާގެ ސޮރު ފިލައިގެން. ބުނީ ނަރުސް މީހާ ބޭސްދެން އައިއިރު އޭނާއެއް ނެތޭ. ބަލި މީހަކު އެގޮތަށް ފިލަިއގެން ދިޔައީމަ އެންމެން ކަންބޮޑު ވެފަ މިތިބީ. ” އެމީހާ ޖަވާބު ދިނެވެ.
” ކީކޭ؟ މާޝަލް ފިލިއްޔޭ؟ ނޯ. ނޮޓް އެގޭން.” ޔާޝާއަށް ބާރަކަށް ދުއްވައިގަނެވުނީ މާޝަލްމެން ގެޔަށް މިސްރާބު ޖަހައިގެންނެވެ.
މާޝަލްމެންގެޔާއި ހަމައަށް އެރުނު އިރު ގޭގައި ބަބުކެޔޮ ގަހެއްގައި އެލުވާފައިވާ ޖޯއްޔެއް ހެއްލަން މުފީދާ އޮތީ ކަމަަކަށް ގެއްލިފައެވެ.
” މުފީދާ ދައްތާ.” ޔާޝާ އޭނާގެ ނަމުން ގޮވާލުމުން މުފީދާ ޔާޝާއާއި ދިމާލަށް ބަލައިލިއެވެ.
” ދައްތާ. މާޝަލް އައިތަ؟ މާޝަލް ފިލައިގެން އެބަ އުޅޭ.” ހާސްވެފައި ހުރެ ޔާޝާ މިހެން ބުންޏެއްކަމަކު މުފީދާ އަނގައިން ބަހެއްވެސް ނުކިޔައެވެ. އޭނާއަށް ހުރިހާ އެއްޗެއް އެނގޭ ފަދައެވެ.
” މާޝަލް އައި ދޯ ގެޔަށް.” މުފީދާ ހަމަ ޖެހިލައިގެން ހުރުމުން ޔާޝާއަށް ދޭހަވީ އެހެން މާނައެކެވެ.
” ނޫން. މާޝަލްއެއް ނެތް.” ޔާޝާ ގޭތެރެއާއި ދިމާލަށް އަޅައިލި ފިޔަވަޅު މަޑުޖެހިލީ މުފީދާ މިހެން ބުނެލުމުންނެވެ.
” ނާދެޔޭ؟ އޯކޭ ދައްތާ. ދައްތަ ހާސް ނުވޭ އަހަރެން މާޝަލް ހޯދާނަން. އޭނާއަކަށް އެގޮތަކަށް ނުފިލޭނެ. ” ޔާޝާ ދެން ހިނގައިގަތީ މާޝަލް ހޯދަން ދެވޭތޯއެވެ. ނަމަވެސް މިފަހަރުވެސް އެހުރި ގޮތަށް ހުރެ މުފީދާ ” އޭނަ ވީ ތަން އަހަންނަށް އެނގޭ” ޔޭ ބުނެލުމުން އަނެއްކާވެސް ހުއްޓުން އަރާފައި ހުރެވުނީ މުފީދާއާއި ދިމާލަށް ބަލާންށެވެ. މުފީދާ މިއަދު ވާހަކަ ދައްކަމުން ދިޔަ ރާގުން ޔާޝާއަށް ކުރެވެމުން ދިޔައީ އެހެެން ކަހަލަ އިހުސާސެކެވެ. ކޮންމެސް ކަމެއް ގޯސް ވެއްޖެކަން އޭނާއަށް ނަގައިގަންނާކަށް އުނދަގުލެއް ނުވިއެވެ.
” އޭނަ ގޮއްސި އޭނަގެ މައްޗަށް އެއްވެސް ރަހުމެއް ނެތް އޭނާއަށް އަނިޔާކުރާ ނުލަފާ ދޮންބެ ސަލާމަތް ކުރަން.” އެހުރި ގޮތަށް ހުރެ މުފީދާ ބުނި އެއްޗަކުން ޔާޝާއަށް ބުމަ ގޮއްޖަހާލައިގެން މުފީދާއާއި ދިމާލަށް ބަލަން ހުރެވުނީ ” ވަޓް” އޭ ބުނަންވެސް ނޭނގިފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
35 Comments!
Comments are closed.




Assalam alykum.. Tell hw u fyl fast.. Nxt prt Insha allah Mondayga… Hwp u ill lyk thix prt too.. Haapyy friday..
V hadi vaahaka eh ???
thnkyw.. ill try to write a nyc 1..
Vaahaka kuriyah dhaa goiyh v salhi. And ehn story thakaa alhaa balaa iru v thafaathu story eh. So im really interested by reading this story. And this part is nice. Keep going on. Good luck ??
Thnkxx Maadhyy…
Ushaa.. This is really amazing… Maashal is a really good boy.. I also want someone like him… Your stories are really nice.. Keep up your hard work ushaa.. Waiting for the next part.. But please upload it soon.. ???
Hehehe.. Amee ah maashal ingey… Btw thnkxx a lot..
Nycc
V hadi vaahaka eh ???
Thnk yw
Hey usha. Its not maadhy. Its me madhy. Heheheh ????
Oww swrii Madhy..
Kihineii mi vaniiii…
Neigey ehcheh othiyya ahaalaa.. Eyrun kiyaidheynan insha allah..
Vaanuvaa eh neyge….
Thnkxx…
V nice keep it up
Thnkxxx…
Hiii ushaa..stwrii mihaaru rethi vaahenn eba heevey?maashal libeynii kaakahh tho balaalaa hiyy vehjje?
lets c.. thnkyw..
Varah sali an keep going like this…
Thnkyw. Insha allah,,
Wowowowoowwoow
Thnkxxx..
Varah reethi mi bay ves!
thnkyw..
Mivaahaka v hadi ,v fooohi thankolheh reethi vahakaeh genesdhyba
Nice story …
vv reethi..??
I hate youre storys
Thnkyw..
Ushaaa hama molhu …. salhi meethi
Thnkxxx..
V v v rythi story . Maashaa allah . Mihaaru next part up nukoh gn keimadhu vefa mi hunnany kiyaa hithun. ?Pls pls avahah up kh dhybaa ushaa ?. I really like your stories.?? Ushaa is the best???. Story hama varah salhi. Waiting 4 the next part?????
Thnkyw..Kyp waitin..