ސިގިރެޓެއް ނަގާ ރޮއެކޮށްލަމުން ޝާރިމް ބުންޏެވެ. “އާނ. ޝަރީފައްތަ. ވަރަށް މީރުކޮށް ކައްކާނެ. އެގޭ ކުދިން ވެސް” ލޫކް ހިޔާލަކަށް ގެއްލިފައި އިނދެ ބުންޏެވެ. “އޭނ! ކޮންގެއަކު މީހެއް އެއީ” ޝާރިމް ސުވާލުކުރިއެވެ. “އެއީ ތ.ގުރައިދޫ ޕޮލިސް ސްޓޭޝަނަށް ކާން ގެންނަ ދައްތަ” އަތުގައި އޮތް މޯބައިލް ފޯނުގެ ޑިސްޕްލޭގައި އިނގިލިން މަޑުމަޑުން ތަޅާލަ ތަޅާލަ އިން ލޫކް ބުންޏެވެ. “ކީކޭ! ކައެ ހަމަތަ ބުރޯ. ޝަރީފައްތަ ވީ ކޮންމެ ގަޑިއަކު ކައްކައިގެން މިރަށަށް ކާން ގެންނަން. […]
“ނޫނޭ ރަނގަޅޭ…މަންމާ ދޭބަލަ ތަންމަތި އަޅާދޭން… އަޔާނާ ބޭއްވޭނީ އޭރުން…” މަނިކު ނިދާފައި އޮތް އަޔާނާއަށް ބަލާލަމުން ބުނެލިއެވެ. “ނޫނޭ އަހަރެން އަންނާނަން” ލައިލާ ކައިރީގައި ބަނދެފައި އޮތް ތަންމަތި ބޮނޑި ހިފައިގެން އެތަނުން އެއްކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަދެ ދޮރުޖެހުމަށްފަހު ލައިލާ ފުންނޭވާއެއްލިއެވެ. ބަނދަރުން ފަށައިގެން ގެއާހަމައަށްވެސް އެންމެ ފަހަރަކުވެސް ނަދީމް ލައިލާއާއި ދިމާލަށް ބަލާނުލައެވެ. “އަނެއްކާ ނަދީމް މީހަކާ އިނީތަ.. ނޫން ނުވާނެ… މަނިކު ބުނީސް އޭނަ އިންނަމަ.. އަނެއްކާ ކުއްޖަކާ ރައްޓެހިވީބާ.. ” […]
ހިތް ބޭނުމޭ..1 އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި މާރިއާ ހުރީ 22 އަހަރުގެ ދަރިފުޅު ޒެއިން ގެ އިންތިޒާރުގައެވެ. ޒެއިން ލޮލަށް ނުފެންނަތާ މިވީ 5 އަހަރު މާާރިއާ އަށް ހީވީ ފަސް ގަރުނުހެންނެވެ. ފިރިމީހާގެ ކުއްލި މަރަށް ފަހު މާރިއާ އިތުރަށް އެކަނިވެރިވީ ޒެއިން ކިޔަވަން އިނގިރޭސިވިލާތަށް ދިއުމުން ނެވެ. ފިރިމީހާ ހިންގަމުން ދިޔަ ބޮޑު ވިޔަފާރި ހިންގާނެހާ ތަޖުުރިބާ ޒެއިންގެ ނުހުންނާނެތީ މާރިއާއަށް ވަގުތީ ގޮތުން ވިޔަފާރި ހާވާލު ކުރަން ޖެހުނީ ޒެއިން އަށް […]
ދޮރާއި ހަމައަށް ދެވުނުތަނާ ޝިފާން ލައިގަތީ އެތެރެއިން ނުކުތް މީހެއްގެ ގައިގައެވެ. ޝިފާންއަށް އަވަސްއަވަހަށް އެމީހާއަށް ބަލާލެވުނެވެ. ޝިފާންއަށް ބަލާލެވުނުއިރު އެމީހާ ހިފައިގެން ހުރި އަސާގަނޑު ނަގަން ގުދުވަނީއެވެ. ޝިފާން އަވަސްއަވަހަށް ގުދުވެ އަސާގަނޑު ނަގައިދިން ވަގުތު އެމީހާގެ މޫނު ފެނުމުން “އަޔާ” ބުނެލެވުނެވެ. “ޝިފާން!” އަޔާޒަށްވެސް ބުނެވުނެވެ. ލިބުނު އުފާވެރިކަމަކުން އަޔާޒަށް ޝިފާންގެ ގައިގައި ބައްދާލެވުނެވެ. ޝިފާން ހުރީ ހަރަކާތެއްވެސް ނުގެނެވިފައެވެ. ޝިފާންގެ އެ ދުރުކަމުން އަޔާޒްގެ ހިތަށް ތަދުވިއެވެ. ދުވަސްތަކެއް ވަންދެން ދުރުގައި އުޅުމަށްފަހު […]
ކާމިޔާބު އަންހެނާ 11 “އެހެންވީމާ ތާނިޔާ އަހަރެން ފިލްމު ކުޅުމަށް ޤަބޫލް ނޫނީތަ؟” “ނޫން އަޅުގަނޑަށް ހީވަނީ އޭނާ ހީނާ ފިލްމު ކުޅޭކަށް ނުގަބޫލެއް ނޫންހެން. އޭނާވެސް ވަރަށް ޝައުގުވެރިކަމާއެކު ހީނާގެ ފިލްމުތައް ބަލާވިއްޔާ. ހީވަނީ ހަމައެކަނި އޭނާ ބޭނުންވަނީ ހީނާގެ ވަގުތު ހެން.ނޫނީ ވެދާނެ އޭނާ އޭރު މާކުޑައީ ކަމަށްވެސް” “އަހަރެން ގޭގަ ކުދިންނާ އެކު ގިނަ ވަގުތު ހޭދަ ކުރެވުނު ނަމަ ފިލްމު ކުޅުމަށް ވުރެ މާރަނގަޅުވީސް ހެން ހީވޭތަ؟” “އެއީ ދެން ތިޔަ […]
އަބަދުވެސް އޮފީހުގައި މީހުން ބުނަނީ މާޒް އަކީ ވަރަށް “ސްމާޓް އެންޑް އިންޓެލިޖެންޓް” މީހެކެވެ. ނަމަވެސް ތާޝާ އަހަރެންނަށް ކުރި ފުރަތަމަ ތައުރީފަކީ އެއީއެވެ. ތާޝާ ބުނެފިނަމަ ގަމާރަކަށް ވެގެންވެސް އަހަރެން އުޅެފާނަމެވެ. އަނެއްދުވަހު އަހަރެންނަށް ހޭލެވުނީ 11ވެސް ޖެހިފަހުންނެވެ. ޗުއްޓީ ނެގި ފަހުން އަހަރެންނަށް ހޭލެވެނީ ވަރަށްވެސް ލަހުންނެވެ. އަނެއްކާ މާދަން އޮފީހަށްވެސް ނިކުންނަންޖެހޭނެއެވެ. މިއަދުވެސް މިހޭލެވުނީ ދެތިންފަހަރު މަންމަ ގޮވުމުންނެވެ. ތެދުވެގެން އަހަރެން ފެންވަރާލައިގެން ކޮޓަރިން ނިކުތްއިރު މަންމަހުރީ އަހަރެންނަށް ސައި ހަދާފައެވެ. ސައިބޮއެގެން […]
ފަތިސްނަމާދުގެ ބަންގިޔާއެކީ އަނިލް ހޭލިއެވެ. ނަމާދުކޮށްގެން އައިސް ސިޓިންރޫމުގައި ކޮފީއެއް ހިފައިގެން ޖައްސާލިއެވެ. އިރުކޮޅެއްފަހުން މާމައާއި ކާފަ ދަނޑަށް ހިނގައްޖެއެވެ. ނަރުގިސްވެސް ސައިހެދުމަށްފަހު ދަނޑަށްދިޔައެވެ. އަނިލް ކޮޓަރިއަށްވަދެ ބަލާލިއިރު ނީލާމެންގެ ދެމައިން އަދިވެސް ތިބީ ނިދާފައެވެ. އަނިލް ނީލާގެ ފޯނުހިފައިގެން މަޑުމަޑުން ނުކުތެވެ. އިންތިޒާރުގެ ވަގުތުތަކަކަށްފަހު ނީލާގެ ފޯނު ވައިބުރޭޓްވާން ފެށިއެވެ. އަނިލް ބަލާލިއިރު އެއްކަލަ މީހާގެ މެސެޖެކެވެ. ” އަހަރެން މިހުރީ އައިސް…..ކިހިނެއް ހަދަންވީ؟” އަނިލް މެސެޖް ކިޔާލުމަށްފަހު ޖަވާބު ލިޔެލިއެވެ. ” ޖޯލީގަ މަޑުކޮށްލާ….މައެބަދާން…” […]
ފައިލުތައް ހާވަމުން ގޮސް ސީގެ ފައިލު ފެނުމުން އޭނާ އެ ހުޅުވާލާ އެތެރެ ބަލާލިއެވެ. ރިޝްކާގެ މަޢުލޫމާތު އިން ގަނޑު ފެނުމުން ހަލުވިކަމާއެކު އޭނާގެ ދެލޯ ހޯދަމުން ދިއައީ ރިޝްކާގެ ބައްޕައަށް ކިޔާ ނަމެވެ. “ރާހުލް މުހައްމަދު؟” އެ ނަން ކިޔާލުމާއެކު ނަޝްފާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ރިޝްކާ އަކީ ހަމަ އަސްލުވެސް ރާހުލްގެ ދަރިއެއް ހެއްޔެވެ؟ ވީ ހައިރާނެއްގެ ބޮޑުކަމުން އޭނާއަށް ދެފައިކޮޅުން ވާގިދާ ކަމުގެ އިހުސާސެއް ކުރެވެން ފެށިއެވެ. އަރި އަޅާލި ގަޑީގައި އޭނާއަށް […]
ޓިނުން ހިޔާކޮށްފައި ހުރި ކޮޓަރީގައި އެނބުރެމުން ދިޔަ ފަންކާއިން ދިލަ ހޫނެއް އަރަމުންދިޔައެވެ. މެންދުރުގެ ގަދަ އަވިން ކޮޓަރިއަށް ވަނީ އާވިކަމެއް ފެތުރިފައެވެ. އެނދުމަތީގައި ހުރި ބާލިސްތައް އެތަށް މިތަނަށް އުކާލެވިފައި ވާއިރު ބައެއް އަންނައުނުތައް ކައިރީގައި ހުއްޓެވެ. ބިންމަތީގައި އޮތް ފަޓުލޫނު ނަގައި ހޭވަރު ކޮށްލުމަށްފަހު ޒުބޭރު ބެލްޓު އަޅާލަމުން ފުންނޭވާއެއް ލިއެވެ. އޭރު އޭނާގެ ނިއްކުރިން އޮށްދާ ހިއްލަމުން ދިޔައިރު އެނދުގެ މަގަތުގައި އޮތް ޓީޝާޓުނަގައި ކަރުދަށް ފޮހެލަމުން އޭތި ގަޔަށް މަހާލިއެވެ. “އޭތް! […]