Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެ ލޯބި އަސްލު ހައްޤޭ (4 ވަނަ ބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
November 4, 2016 8 Mins Read
25 Comments

ފައިލުތައް ހާވަމުން ގޮސް ސީގެ ފައިލު ފެނުމުން އޭނާ އެ ހުޅުވާލާ އެތެރެ ބަލާލިއެވެ. ރިޝްކާގެ މަޢުލޫމާތު އިން ގަނޑު ފެނުމުން ހަލުވިކަމާއެކު އޭނާގެ ދެލޯ ހޯދަމުން ދިއައީ ރިޝްކާގެ ބައްޕައަށް ކިޔާ ނަމެވެ.

“ރާހުލް މުހައްމަދު؟” އެ ނަން ކިޔާލުމާއެކު ނަޝްފާއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ރިޝްކާ އަކީ ހަމަ އަސްލުވެސް ރާހުލްގެ ދަރިއެއް ހެއްޔެވެ؟ ވީ ހައިރާނެއްގެ ބޮޑުކަމުން އޭނާއަށް ދެފައިކޮޅުން ވާގިދާ ކަމުގެ އިހުސާސެއް ކުރެވެން ފެށިއެވެ. އަރި އަޅާލި ގަޑީގައި އޭނާއަށް އެތާހުރި މޭޒުގައި ހިފެހެއްޓުނެވެ. އިތުރު މީހަކަށް ފެނުމުގެ ކުރިން އޭނާ ބޭނުންވީ އެތަނުން ނިކުންނާށެވެ. އަވަސް އަވަހަށް ފައިލު ލައްޕާލުމަށްފަހު އޭނާ އެތަނުން ނިކުތް އިރު ވެސް އެ ބޮލުގައި ކޮންމެވެސް ވަރެއްގެ ރިހުމެއް ހުއްޓެވެ.

ސްޓާފްރޫމުގައި އޭނާ އިންނަ ތަނުގައި އިނދެގެން ނަޝްފާ ވިސްނަމުން ދިޔައެވެ. ރާހުލް ފެނިފައި އަންޖޫދާ އެހާ އަވަހަށް އެތަނުން ދިއައީ އެހެންވެތާއޭ އޭނާގެ ހިތަށް އެރިއެވެ. ރާހުލްއާ އަންޖޫދާގެ ދެމެދުގައި ހަމަ އެހާ ބޮޑު ގުޅުމެއް އޭރު ހިނގީބާއޭ ނަޝްފާގެ ހިތަށް އަރަމުން ދިއައެވެ. ގައިމުވެސް ރާހުލްއަށް އަންޖޫދާ ބަނޑުބޮޑުކަން އެނގުނު ނަމަ އެހާލުގައި އަންޖޫދާ ދޫކޮށް ނުދާނެކަން ނަޝްފާއަށް އެނގެއެވެ. ދެން ހަދާނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އަރަމުން ދިއައެވެ. ނަމަވެސް ރާހުލް ގާތު އެވާހަކަ ދައްކަން އޭނާ ބޭނުންވީ އޭނާ އަމިއްލައަށް އަންޖޫދާ އާ ވާހަކަ ދެއްކުމަށްފަހުގައެވެ.

ގެއަށް ދެވުނު އިރު ނަޝްފާގެ ބޮލުގައި ވަރަށް ގަދަޔަަށް ރިއްސައެވެ. މިޔަދު އޭނާއަށް އެ އެނގުނު ހަޤީޤަތަކުގެ ސަބަބުން އޭނާގެ މުޅި ތަބީއަތް ގޯސް ވެއްޖެއެވެ. ކޮޓަރިއަށް ވަދެ ދޮރު ޖެހުމާއެކު ބާރުގަދަ ދެއަތުން އޭނާގެ އުނަގަނޑު ވަށާލި ކަމުގެ އިހުސާސް ކުރެވިގެން ދިއައެވެ.

“އައިމް ސޮރީ ނަޝް..” ރާހުލްގެ އަޑު ކަންފަތުގައި ޖެހުމުން ނަޝްފާ ހިނިތުންވާން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ސިކުނޑީގައި އެނބުރެމުން ދިއައީ މުޅިން ތަފާތު ހިޔާލުތަކެކެވެ.

“އިޓްސް އޯކޭ… އަސްލު އަހަރެން ނުވާނެ ރާހުލް ގާތު އެކަހަލަ ވާހަކައެެއް ދައްކައިގެނެއް…” ނަޝްފާ އަނެއް ފަރާތަށް އެނބުރި ދެއަތުން ރާހުލްގެ ކަރުގައި ވަށާލިއެވެ.

“ނޫން.. އަހަރެން ނުވާނެ ހިތްހަމަނުޖެހުނަސް ނަޝް އެކަނި އެތަނަށް ދޫކޮށްލާފަ އަންނާކަށް…” ރާހުލް ދެރަވެލާފައި ބުނެލިއެވެ. ނަޝްފާ ރާހުލްގެ ތުންފަތުގައި އޭނާގެ ޝަހާދަތް އިނގިލި ޖައްސާލިއެވެ.

“ޝްޝްޝް… އިޓްސް އޮކޭ…” ނަޝްފާ އެހެން ބުނެލުމުން ރާހުލް އޭނާގެ އަތްދަނޑި މައްޗަށް ނަޝްފާގެ ހަށިގަނޑު އުފުލާލައިގެން ގެންގޮސް އެނދުގައި ބާއްވާލިއެވެ. ނަޝްފާގެ ބުރުގަލުގައި ހަރުކޮށްފައިވާ ދަތިތައް ފަރިތަކަމާއެކު ރާހުލް ނައްޓަމުން ގެންދިއައިރު ނަޝްފާއަށް އޮވެވުނީ ހިނިތުންވެލައިގެންނެވެ. އިރުއިރުކޮޅާ ނަޝްފާގެ ހިތަށް އަންޖޫދާ އާ ރިޝްކާގެ ހިޔާލުތަށް އުނދަގޫކުރަމުން ދިޔަ ނަމަވެސް ދެން އެދެމެދުގައި ހިނގައި ދިޔައީ ލޯބީގެ ވަގުތުކޮޅުގެ ސަބަބުން އޭނާގެ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބިގެން ދިޔައެވެ.

** ** **

ހަވީރުގެ ވަގުތު ރިޔާ އާއި ޞާބިރާ ދިއައީ ހިނގާލާށެވެ. ހުޅުމާލޭގެ ހިތްގައިމު އަތިރިމަތީގައި ކުދިންތައް މޫދަށް އެރެ އުޅޭ މަންޒަރު ބަލާލަން އެ ދެމީހުން އެތާ ހުރި ބެންޗެއްގައި އިށީނެވެ. އިރުއިރުކޮޅާ ރިޔާއަށް އޭނާގެ ފަޔަށް ބަލާލެވެއެވެ. ވިޝާން އޭނާއަށް ގަނެދިން ބޫޓަށް އަަރައިގެން ހުރުމުންނެވެ.

“ލޭކޮކަލެއް…” ޞާބިރާ އެހެން ބުނެލުމުން ރިޔާ ކޮބާހޭ ކިޔާފައި ޞާބިރާ އަތް ދިއްކޮށްގެން ހުރި ދިމާއަށް ބަލާލިއެވެ. އޭރު ކަޅާއި ރަތް ކުލަ ހުރި ބޮޑު ކޮކާލެއް ތަންކޮޅެއް ދުރުގައި ހުރި ގަސްތަކުގެ ކައިރީގައި އުދުހި އުދުހިފައި އުޅެއެވެ.

“ލޭ ކޮކާ އެކޭ؟ ކީއްވެތަ ލޭ ކޮކާ ކިޔަނީ؟” ރިޔާ ހައިރާންވެ ހުރެ އަހާލިއެވެ. ރާއްޖޭގައި މިވީހާ ދުވަހުގެ ތެރޭގައި ވެސް މީހަކު ލޭކޮކާލެކޭ ބުނި އަޑު އޭނާއަށް އިވުނު މިއީ ފުރަތަމަ ފަހަރެވެ.

“އެއީ މިހާރު ވަރަށް މަދުން ނޫނީ ނުފެންނަ ވައްތަރުގެ ކޮކާލެއް…” ޞާބިރާ އެހެން ބުނުމުން ރިޔާ ތެދުވެ އެ ކޮކާލާ ދިމާއަށް ހިނގައިގަތެވެ.

“އަންނާނަން އިނގޭ ފޮޓޯއެއް ނަގާލާފަ އެހެންވިއްޔާ…” ފޯނު ނަގައި ކެމެރާ ހުޅުވާލަމުން ޞާބިރާ ގާތު އެހެން ބުނެލުމަށްފަހު ރިޔާ އެ ގަސްތަކުގެ ކައިރިއަށް ދިއައެވެ. އޭރު އެ ކޮކާ ފެންނަން ނެތުމުން އޭނާ ތުންގަނޑު ބޮޑުކޮށްލިއެވެ. އަދި ގަސްތަކުގެ އަނެއްފަރާތައް ގޮސް އެ ކޮކާ ހޯދަން އުޅުނެވެ. ގަސްތަކުގެ ތެރެ ހޭވުމުންވެސް އޭނާއަށް އެ ކޮކާ ފެންނަ ގޮތެއް ނުވިއެވެ. ތުން އަނބުރާލަމުން ޞާބިރާ އިން ކޮޅަށް ދާން އުޅުނުތަނާ ތަންކޮޅެއް ދުރުގައި ހުރި ވިނަގަސްތަކެއްގެ ތެރެއިން އޭނާއަށް އެކޮކާ ފެނުނެވެ. ފޯނު ދިއްކޮށްގެން ހުރެ ދުވެލާފައި އޭނާ އެ ދިމާއަށް ދިއައީ ހިނިތުންވެ ހުރެއެވެ. ނަމަވެސް ހަމަ އެހިސާބާ އަރާ ހަމަވީ ތަނާހެން ކޮންމެވެސް މީހަކު ގައިގައި އޭނާ ލައިގަތެވެ. ދުވެފައި ދިޔަލެއް ބާރުކަމުން ހަށިގަނޑު ބެލެންސް ނުވެގެން ދެމީހުންވެސް ވިނަގަނޑު މައްޗަށް ވެއްޓުނީއެވެ. އުއްޑުން އޮވެ ރިޔާ މައްޗަށް ނަޒަރު ހިންގާލި ގަޑީގައި އެއްކަލަ ލޭކޮކާ އުދުހިލާފައި މައްޗަށް އަރައިގެން ދިޔަ ތަން ފެނުނެވެ.

“ލޭކޮކާ!” ޝަހާދަތް އިނގިލި އެދިމާއަށް ދިއްކޮށްލަމުން ރިޔާއަށް ބާރަކަށް ބުނެލެވުނެވެ. އަދި އަތުގައި އޮތް ފޯނު ނަަގައި އެ ދިމާއަށް ދިއްކޮށްލިއެވެ. ނަމަވެސް އޭރު އެ ކޮކާ ދިޔަ ނުދިޔަތަނެއް ނޭނގި ގެއްލިިިއްޖެއެވެ. ރުޅިއައިސްގެން އޭނާއަށް މުއްކެވި އަތުން ވިނަގަނޑު މަތީގައި ޖަހާލެވުނެވެ.

“ސޮރީ..” ރިޔާ އާ ދިމާއަށް އަތް ދިއްކޮށްލަމުން އެހެން ބުނެލި މީހާ އާ ދިމާއަށް ބަލާވެސްނުލާ ރިޔާ އެ އަތުގައި ހިފައިގެން ތެދުވިއެވެ. އޭނާ އަދިވެސް ހުރީ އެހާ ވަރުން އުޅުމުންވެސް އެ ކޮކާލުގެ ފޮޓޯއެއް ނުނެގުނީތީ ރުޅިގަަދަވެފައެވެ. އޭނާއަށް އެ މީހާގެ މޫނަށް ރަނގަޅަށް ބަލާލެވުނީ ތެދުވުމަށްފަހުގައެވެ.

“ޔޫ؟” އެ މީހާ އެހެން ބުނެލި ގަޑީގައި ރިޔާގެ މޫނު ރަތް ވެގެން ދިއައެވެ. އެއީ ކުރީ ދުވަހު އޭނާއަށް ބޫޓު ގަނެދިން މީހާއެވެ. ރިޔާއަށް ވީ ގޮތް ފެނިފައި ވިޝާން ގާތަށް ހިނިއައެވެ.

“ތީ ހާދަ ވަރަކަށް މީހުންނާ އެކްސިޑެންޓް ވާ ކުއްޖެކޭ ދޯ…” ލާނެތް ގޮތަަކަށް ހީލައިގެން ހުރެ ވިޝާން ބުނެލިއެވެ. ނަމަވެސް ރިޔާ އެއްވެސް އެއްޗެކޭ ނުބުނެ އިސްޖަހާލިއެވެ.

“ސޯ…. އެ ދުވަހު އަހަރެން ދިން ބޫޓު ކަމުދޭތަ؟” ވިޝާން އެހެން އަހާލުމުން ރިޔާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އޭނާގެ ހަޔާތުގައި ވެސް އަދި އެހާ ކަމުދާ ބޫޓެއް މީހަކު ހަދިޔާކޮށްފައެއް ނުވެއެވެ.

“އާނ…. ނޫން!” ރިޔާ ވަގުތުން ނޫނެކޭ ބުނުމުން ވިޝާންގެ ހިނިތުންވުން ފުންވިއެވެ. އަދި ރިޔާގެ ފައިތިލައަށް ނަޒަރު ހިންގާލިއެވެ.

“އެނގެއޭ ކަމުނުދާކަން… މިހާރުވެސް ތި ހުރީ އެ ބޫޓަށް އަރައިގެން ވިއްޔަ…” ވިޝާން އެހެން ބުނެލުމުން ރިޔާ ރަކިވިއެވެ. ވަގުތުން އެ މޫނަށް ޖަންބު ކުލަ އަރައިގެން ދިޔައެވެ.

“ދެން ކޮންނަމެއްތަ ކިޔަނީ؟” ވިޝާން ނަން އެހުމުން ރިޔާ ދެލޯ ހަނިކޮށްލިއެވެ. މިއުޅޭ ފިރިހެނުން ފެންނަ ކޮންމެ އަންހެން ކުއްޖެއް ގާތު ނަން އަހާނެއެވެ. ތުން އަނބުރާލުމަށްފަހު ރިޔާ އެތަނުން ދާން ހިނގައިގަތެވެ. ނަމަވެސް ކުރީ ދުވަހެކޭ އެއްގޮތަކަށް ވިޝާން އޭނާގެ އަތުގައި ހިފެހެއްޓިއެވެ. ރިޔާގެ ހަރަކާތައް ހުއްޓުން އެރުމާއެކު އެ ތުންފަތުގައި ލަދުރަކި ހިނިތުންވުމެއް ދުވެލީ ކީއްވެކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގުނެވެ. ކުއްލިއަކަށް ވިޝާން ގެނައި ހަރަކާތާއެކު އޭނާ ގޮސް ލައްވީ ވިޝާންގެ ތަނަވަސް މޭމަތީގައެވެ.

“ލޭކޮކާ…” ރިޔާގެ މޫނު މައްޗަށް އެޅިފައިވީ އިސްތަށިކޮޅު އެއްފަރާތް ކޮށްލަމުން ވިޝާން ބުނެލިއެވެ. އެ ލަކުނެއް ނުވާ އޮމާން ދޮން މޫނަށް އޭނާ ފަރުވާތެރިކަމާއެކު ބަލާލިއެވެ. އެވަގުތުކޮޅު ރިޔާއަށް ހުރެވުނީ އެއްވެސް ހަރަކާތެއް ނުކޮށް ގަނޑުވެފައެވެ.

“އަހަރެން ދެން ތި ކުއްޖާއަށް ކިޔާނީ ލޭކޮކާ… ނަމެއް ނުބުނީމެއްނު…” ރިޔާގެ ކަންފަތް ދޮށުގައި ވައި އަޑުން ވިޝާން އެހެން ބުނެލުމުން ރިޔާއަށް ކުރީ ތަފާތު އިހުސާސެކެެެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ވިޝާންގެ ހަށިގަނޑުގައި އަޅައި ދުރަށް ކޮއްޕާލިއެވެ.

“ރިޔާ… ރިޔާ ކިޔަނީ….” ހަރުކަށިކަމާއެކު ރިޔާ ބުނެލިއެވެ. މި ފިރިހެނުންނަށް އެމީހުން ބޭނުންވީމަ ބޭނުން ނަމަކުން އަންހެން ކުދިންނަށް ގޮވަންވީއޭ ހެއްޔެވެ؟ އަދި ބޭނުންވީމަ އަންހެން ކުދިންގެ ގައިގައި އަތްލަންވީ ހެއްޔެވެ؟ އެ ފިރިހެންމިހާ ދެކެ ރިޔާ އިންތިހާއަށް ރުޅިއައި ނަމަވެސް އޭނާއަށް އެތަނުން ދުރަށް ނުދެވިގެން އެއުޅެނީ ކީއްވެގެން ހެއްޔެވެ؟ ޞާބިރާ ވެސް މިހާރު ހުންނާނީ ލަސްވެފައެވެ.

ރިޔާ ނަން ބުނުމުން ވިޝާން އެއްމިޔަކުން ހީލިއެވެ. އަދި އަނެއްކާވެސް ރިޔާ އާ އިތުރަށް ގާތްވާން ފެށިއެވެ. އަވަހަށް އެތަނުން ދުއްވައިގަންނަން ރިޔާ ބޭނުންވި ނަމަވެސް އޭނާގެ ހިތް ވިޝާންގެ ބީހުންތަކަށް އެދެނީ ކީއްވެގެން ހެއްޔެވެ؟ ވިޝާން އައިސް އޭނާގެ ދެކޮނޑުގައި ހިފާލިއިރުވެސް ރިޔާއަށް އިސްޖަހައިގެން ހުރި ތަނުގައި ހުރެވުނީއެވެ. ވިޝާން ރިޔާގެ ދަތްދޮޅީގައި ހިފައި އިސްއުފުލާލިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައިރު އެ ދެމީހުންގެ ހިތަށްވެސް ކުރަމުން ދިއައީ ތަފާތު އިހުސާސެކެވެ.

ވިޝާން އޭނާގެ ކުރިމަތީގައި ހުރި އަންހެން ކުއްޖާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ބަލާލީ ދަހިވެތިކަމާއެކުގައެވެ. އާދައިގެ ދިވެހި ކުދިންނަށް ވުރެ މި އަންހެން ކުއްޖާގެ ހަންގަނޑު ދޮންވެފައި އޮމާނެވެ. ފޫކޮޅުން ތިރިއަށް ފައިބާ އެ ކަޅުކަން ގަދަ އިސްތަށިގަނޑު ވަޔާ ވިިހުރެމުން ދިޔައިރު އެ އިސްތަށިގަނޑުގެ ތެރެއިން އެ ދޮން މޫނު ފެންނަލެއް ނުހަނު ހިތްގައިމެވެ. ލައިގެން ހުރި ފިޔާތޮށި ކުލައިގެ ކަކުލާ ހަމައަށް އަރާ ޕާކިސްތާނު ހެދުން ގަޔަށް ހިފާފައި ނުވިޔަސް އެ ރީތި ބައްޓަން ކޮންމެވެސް ވަރަށް އެނގެއެވެ. މި އަންހެން ކުއްޖާ އޭނާއަށް މި ޖެއްސީ ކޮންފަދަ ޖާދުލެއްބާއޭ ހިތަށް އެރި ވަގުތު ވިޝާން ގާތަށް ކުޑަކޮށް ހިނިވެސް އައެވެ.

ކުއްލިއަކަށް ވިޝާން ރިޔާގެ އަތުގައި ހިފައިގެން ދުއްވައިގަތެވެ. ރިޔާ ވެސް ވިޝާން އާއެކު ދުވަމުން ދިޔައީ އޭނާގެ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ. ހަމައެކަނި ނަން އެނގޭ އެ ބީރައްޓެހި މީހާ ދެފަހަރަކު ފެނިލުމުން އޭނާގެ ހިތް އަތުލައިފިއެވެ. ވިޝާން ރިޔާ ގޮވައިގެން ވަނީ މީހުން ދިރިނޫޅޭ ފަޅު ގެއެއްގެ ތެރެއަށެވެ. ކުޑަކޮށް ބިރުގަންފައި ހުރެ ރިޔާ ވަށައިގެން ހޯދާލިއެވެ. އެތަަށް އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. މިއީ ކޮންތަނެއްތޯ އަހާލަން ރިޔާއަށް އަނގަހުޅުވުމުގެ ކުރިން ވިޝާން ކޮށްލި ކަމަކުން އޭނާއަށް ހުއްޓެން މަޖުބޫރުވިއެވެ. އޭނާގެ ތުންފަތުގައި ވިޝާން ބޮސްދެމުން ދިޔައިރު އޭނާއަށްވެސް އެކަމަށް އިޖާބަދެވެނީ ކީއްވެެގެން ހެއްޔެވެ؟ އޭނާ އަކީ ކުރިން މިހާ ބަލިކަށި އަންހެން ކުއްޖެއް ނޫނެވެ. ވިޝާން ކުރަމުން ދިޔަ ކޮންމެ ކަމަކަށް މަރުހަބާ ކިޔަމުން ދިޔައިރު އޭނާއަށް ވެސް ފޮނި ފޮނި އުފަލެއް އިހުސާސްކުރެވެމުން ދިޔައެވެ.

ވިޝާން ދުރަށް ޖެެހެލިއިރު ދެމީހުންނަށް ވެސް މައިނޭވާ ލެވެއެވެ. ކުރެވުނު ކަންތައް ވިސްނުމުން ރިޔާއަށް އޭނާގެ ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ. ނުވެސް ދަންނަ މީހަކާއެކު އެފަދަ ގޮތަކަށް އުޅެވުނީތީ އޭނާ ލަދުގަތެވެ. އޭނާ ބޭނުންވީ ވީހާވެސް އަވަހަށް އެތަނުން ދާށެވެ. ނިކުންނަން ހިނގައިގަތް ތަނާ ވިޝާން ފުރަގަހުން އައިސް އޭނާގެ ތުނި ހަށިގަނޑުގައި ބައްދާލިއެވެ.

“އައި ލަވް ޔޫ…” ވިޝާން އެހެން ބުނެލުމުން ރިޔާގެ ހިތަށް އުފަލެއް ލިބުނީ ކީއްވެކަމެއް އޭނާއަކަށް ނޭނގުނެވެ. ވިޝާން އާ ދިމާއަށް އެނބުރުމަށްފަހު އޭނާވެސް ލޯބިވާކަމަށް ދުލުން އިޤުރާރުވެވުން އިރު މި ކުރެވުނީ ކިހާ ބޮޑުކަމެއް ކަމެއް އޭނާއަކަށް ނޭނގުނެވެ.

ދެމީހުން އެތަނުން ވަކިވީ އެކަކު އަނެކަކަށް ފޯނު ނަންބަރު ބަދަލުކުރުމަށްފަހުގައެވެ. އޭރު އެދެމެދުގައި ވަރަށް ގާތް ގުޅުމެއް އުފެދިފައިވިއެވެ. ނަމަވެސް ރިޔާއަށް އެ ހުރެވެނީ އޮޅުން ބޮޅުން ގަނޑެއްގެ ތެރޭގައި ކަމަށް އޭނާއަށް އިހުސާސްކުރެވެނީ ކީއްވެ ހެއްޔެވެ؟ އޭނާއަށް އެހާ ފަސޭހައިން ފިރިހެނަކު ދެކެ ލޯބިވެވުނީތީ އޭނާ ހުރީ ހައިރާންވެފައެވެ. ގެއަށް ގޮސްފައިވެސް އޭނާ އެތަށް ފަހަރަކު އެއީ ހުވަފެނެއް ނޫންބާއޭ އަމިއްލަ ނަފުސާ ސުވާލުކުރިއެވެ. ނަމަވެސް އެއީ ހަމަ ހަޤީޤަތްކަން އޭނާއަށް ގަބޫލުކުރަން މަޖުބޫރުވީ އެރޭ ވިޝާން އޭނާއަށް ގުޅުމުންނެވެ. ލޯބީގެ ތަފާތު ވާހަކަތައް ދެއްކުމުގައި އެރޭ ހޭދަވެގެން ދިޔައިރު އެކަމުގެ ސަބަބުން ރިޔާގެ ހިތަށް ބަޔާންކުރަން ދަތި އުފަލެއް ލިބެމުން ދިޔައެވެ.

** ** **

އަންޖޫދާއަށް އެރެއަކު ނުނިދެއެވެ. ރާހުލްގެ ހަނދާންތަކުން އޭނާގެ މުޅި ސިކުނޑި ވަނީ ފުރިފައެވެ. ރާހުލްއަށް ރިޝްކާއަކީ އޭނާގެ ދަރިއެއްކަން އެނގޭ ދުވަހު ވާނީ ކިހިނެއްބާއޭ އަންޖޫދާގެ ހިތަށް އަރަމުން ދިޔައެވެ. އަނެއްކާ ރާހުލް ރިޝްކާ ބަލައިގަންނާނެބާވައެވެ؟ ރާހުލްއަކީ އެހާ ހިތްހަރު މީހެއް ނޫންކަން އަންޖޫދާއަށް އެނގެއެވެ. ނަމަވެސް އޭނާ ކަންބޮޑުވަނީ ރިޝްކާގެ ސަބަބުން ރާހުލްއާ ނަޝްފާއާ ދެމެދު މައްސަލައެއް ޖެހިދާނެތީއެވެ.

ނިދާފައި އޮތް ރިޝްކާ ކުޑަކޮށް ފުރޮޅިލުމާއެކު އަންޖޫދާ އެދިމާއަށް އެނބުރެލިއެވެ. އަދި ރިޝްކާގެ ފަންއިސްތަށިގަނޑުގައި މަޑުމަޑުން ފިރުމާލިއެވެ. ބޮޑުވަމުން އަންނަ ވަރަށް ރިޝްކާ ރާހުލްއާ ވައްތަރުވަމުން އަންނަކަން އޭނާއަށް ފާހަގަކުރެވެއެވެ. އޭނާ އެއްއަތުން ރިޝްކާގެ ކުޑަ ބުމައިގައި ފިރުމާލިއެވެ.  އެއީ ހަމަ ރާހުލްގެ ބުމައެވެ. އެވަގުތު އަންޖޫދާގެ ލޮލުން ކަރުނަ ހިލުނީ އޭނާ ރާހުލްއަށް އޮޅުވާލި އޮޅުވާލުމުގެ މަތިން ހަނދާންވެފައެވެ. ރަށު އެންެމެން ކުރިމަތީގައި ރާހުލް ލަދުގަންނަވާލުމުން ރާހުލް ވާނެ ދެރަ އިހުސާސްކުރެވެއެވެ. ނަމަވެސް އެދުވަހު އޭނާއަށް އެ ނޫން ގޮތެއް ނެތީއެވެ. އެކަމުގެ ހަޤީޤަތް މިހާރު ރާހުލްއަށް ކިޔައިދިނަސް އޭނާ ޤަބޫލުކުރާނެކަމެއް ވެސް ނޭނގެއެވެ.

ހެނދުނު ތެދުވެގެން ރިޝްކާ ސްކޫލަށް ދާން ތައްޔާރުކުރި އިރުވެސް އަންޖޫދާ އިނީ ފިކުރެއްގެ ތެރޭގައެވެ. ނަޝްފާ އަށާ ރާހުލްއަށް އޭނާ ފެންނާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް ނަޝްފާ އަކީ ރިޝްކާ ދާ ސްކޫލުގެ ޓީޗަރެއްކަމުން ނަޝްފާއަށް އޭނާ ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ރިޝްކާ އެ ސްކޫލުން ވަކިކުރުމަށްވެސް އޭނާގެ ސިކުނޑި އެތަށް ފަހަރަކު ގޮވާލާފިއެވެ. ނަމަވެސް ރިޝްކާ ސްކޫލަށް ދާންފެށިތާ ވެސް މިވީ އަދި ކުޑަ ދުވަސްކޮޅެކެވެ. އެހާ އަވަހަށް ސްކޫލުން ކަނޑާލުމުން ރިޝްކާގެ ސުވާލުތަކާވެސް ކުރިމަތިވާނެކަން އޭނާއަށް އެނގެއެވެ.

ރިޝްކާ ގޮވައިގެން ހުޅުމާލެ ފެރީ ޓާމިނަލްއަށް ދިޔައިރުވެސް އަންޖޫދާގެ އަތްފައި ފިނިވާހެން އޭނާއަށް ހީވިއެވެ. ރާހުލް ނުވަތަ ނަޝްފާގެ ކުރިމައްޗަށް އެރިދާނެތީ އޭނާ ހުރީ ވަރަށް ވެސް ބިރުންނެވެ. އެކަހަލަ ހިޔާލުތަކަކަށް ގެއްލިފައި އޭނާ ހުއްޓާ ރިޝްކާ އޭނާގެ އަތަށް ދަމާލިއެވެ.

“މަންމީ… އެ ހުރީ އިއްޔެ ރިޝްކޮ އާ ވާހަކަ ދެއްކި ބޭބެ..” ފެރީ އިން ފައިބައިގެން ނިކުތް މީހަކާ ދިމާއަށް އިޝާރާތްކޮށްލަމުން ރިޝްކާ ބުނެލިއެވެ. އަންޖޫދާ އެ ދިމާއަށް ބަލާލިހިނދު އޭނާގެ މުޅި ގައިން ހީބިހި ނަގައިގަތެވެ. ރިޝްކާ އެ އިނގިލި ދިއްކުރި މީހަކީ ރާހުލް ނޫން ދެވަނަ މީހެއް ނޫނެވެ. އަންޖޫދާއަށް ހަރަކާތެއް ކޮށް ނުލެވިގެން އުޅެނިކޮށް ރިޝްކާ ރާހުލް އާ ދިމާއަށް ދުއްވައިގަތެވެ. ހަދާނެގޮތް ހުސްވެފައި އަންޖޫދާއަށް ހުރި ފިޔަވަޅު މަތީ ހުރެވުނީއެވެ.

ފެރީއިން ފައިބައިގެން ރާހުލްއަށް މާ ދުރަށް ނުދެވިގެން އުޅެނިކޮށް ކުޑަ ކުޑަ އަތަކުން އޭނާގެ އިނގިލީގައި ހިފި ކަމުގެ އިހުސާސްކުރެވުނެވެ. ތިރި ބަލާލިހިނދު އޭނާއަށް ބަލަހައްޓައިގެން ހެވިފައި ހުރި ރިޝްކާ ފެނި އޭނާ ވެސް ހިނިތުންވެލިއެވެ.

“އެއްކަލަ އަނގަގަދަ މިތުރު ދޯ މިއޮައް އައީ…” ރިޝްކާ އާ ދިމާއަށް ގުދުވެލަމުން ރާހުލް ރިޝްކޭގެ ނޭފަތުގައި ހިފާލަމުން ބުނެލިއެވެ. ރާހުލްގެ މިއަމަލުން ރިޝްކާއަށް ހެވުނެވެ. އެ ހުދު ކުދި ކުދި ދަތްތައް ފެނި ރާހުލްގެ ހިނިތުންވުން ފުންވިއެވެ.

“ކޮބާތަ ރިޝްކޮގެ މަންމަ؟ އެކަނިތަ ތިއުޅެނީ؟” ރާހުލް އެހެން ބުނުމުން ރިޝްކާ ދެއަތަށް ބޯ ހޫރާލިއެވެ.

“އެހުރި ރިޝްކޮގެ މަންމި..” ތަންކޮޅެއް ދުރުގައި ހުރި އަންޖޫދާ ދައްކާލަމުން ރިޝްކާ ބުނެލިއެވެ. ރާހުލް އެދިމާ ބަލާލިހިނދު ހިނދުކޮޅަކަށް އޭނާގެ ނޭވާވެސް ހުއްޓުނެވެ. ލޮލަށް ނުފެންނަތާ 7 އަހަރު ވީ ނަމަވެސް އެއީ ރާހުލްގެ ހިތުން އެންެމެ ހިނދުކޮޅަކަށްވެސް ފުހެ ނުލެވުނު ސޫރައެވެ. ރެޔާ ދުވާލު އެ ސޫރައެއް މަތިން ހަނދާން ނައްތާލަން މަސައްކަތްލުރި ސޫރައެވެ.

ރާހުލް ބަލާލުމުން އަންޖޫދާ އަވަސް އަވަހަށް އިސްޖަހާލިއެވެ. އަދި ބާރުބާރަށް ހިނގާފައި އައިސް ރިޝްކާގެ އަތުގައި ހިފައިގެން ފެރީއާ ދިމާއަށް ދިއައެވެ. ދަމުން ވެސް ރިޝްކާ ރާހުލްއާ ދިމާއަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. ނަމަވެސް ރާހުލްއަށް އެވަގުތު ހިނިތުންވާކަށް ވެސް ނޭނގުނެވެ. އެތަށް ދުވަހެއް ފަހުން އަންޖޫދާގެ ސޫރަ ފެނުނު އިރުވެސް ރާހުލްގެ ހިތަށް އެވީ ހަމަ 7 އަހަރު ކުރިންވެސް ވީ ގޮތެވެ. އަންޖޫދާ އޭނާއާ މެދު ކަންތައް ކުރި ގޮތް އެ ހިތުން އެންމެ ހިނދުކޮޅަކަށް ނުފިލާހިނދުވެސް އޭނާއަށް އަންޖޫދާއަށް ނަފުރަތު ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟ އަންޖޫދާ ވެސް އޭނާގެ އަމިއްލަ ދިރިއުޅުމާއިގެން ކުރިއަށް އެބަދޭތާއޭ ރާހުލްގެ ހިތަށް އެރިއެވެ. މިހާރު މީހަކާ އިނދެގެން ދަރިންވެސް ހޯދައިފިއެވެ. އެހެން ހިތަށް އެރުމާއެކު ރާހުލްގެ ދެލޯ ފެންކަޅިވެގެން ދިއައެވެ. އޭނާ ވެސް އަންޖޫދާ އާއެކު އުފާވެރި އާއިލާއެއް ބިނާ ކުރުމަށް ކިހާ އުންމީދެއް ކުރި ހެއްޔެވެ؟ ނަމަވެސް އެ ހުރިހާ އުންމީދެއް ފެނަށް ވެގެން ދިއައީއެވެ. ދެލޮލުން ފޭބި ކަރުނަތައް ފުހެލަމުން ރާހުލް މަޑު ހިނގުމެއްގައި ފެރީ ޓާމިނަލުން ނިކުތެވެ. މާޒީގެ ހަނދާންތައް އޭނާގެ ސިކުނޑީގައި އޭރުވެސް އާ ވަމުން ދިޔައެވެ.

** ** **

ސްކޫލަށް ވަންނަ ބެލް ޖެހިއިރު ނަޝްފާ ހުރީ ގްރޭޑް 1 ސީ ގެ ކުލާސް ކައިރީގައެވެ. ރިޝްކާގެ ގޮވައިގެން އަންޖޫދާ އަންނާނެ އިރަކަށް އޭނާ އިންތިޒާރު ކުރަމުން ދިޔައީ ކެތްމަދުވެފައި ހުރެއެވެ. ކޮންމެ ގޮތެއް ވިޔަސް ރިޝްކާގެ ހަޤީޤަތް މިޔަދުން މިޔަދަށް ހޯދަން އޭނާ ބޭނުންވެއެވެ. އެއްލި ކަޅިއަކުން އޭނާއަށް ފެނުނީ އޮފީސް ދޮރުމަތީގައި ބެލެނިވެރިންތަކާ ދިމާއަށް ބަލަހައްޓައިގެން ހުރި މާހިންއެވެ. އޭނާގެ ދެލޯ ވެސް ކެތްތެރިކަމެއް ނެތި ހޯދަމުން އެދަނީ އަންޖޫދާގެ ސޫރަކަން ނަޝްފާއަށް ޔަޤީންވިއެވެ.

އިރުކޮޅެއް ނުވެ ރިޝްކާގެ އަތުގައި ހިފައިގެން އަންޖޫދާ ސްކޫލަށް ވަންނަ ތަން ފެނުނެވެ. ރިޝްކާ ކުލާހަށް ވެއްދުމަށްފަހު އަންޖޫދާ ދާން އުޅުނު ގަޑީގައި އޭނާއާ ދިމާއަށް ހަރުކޮށް ހިނގާފައި އައި ނަޝްފާ ފެނުމުން އަންޖޫދާ ހާސްވިއެވެ. ނަޝްފާ އެއަންނަނީ އޭނާއާ ސުވާލުތައް ކުރިމަތިކުރަންކަން އެނގުނު ހިނދު އޭނާއަށް ބޭއިޚްތިޔާރުގައި ދުރަށް ހިނގައިގަތެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލުމަށްފަހު އޭނާ ސްކޫލުން ނިކުމެގެން ދިޔައެވެ. އަންޖޫދާ އެހާ ބާރަށް އެދަނީ ނަޝްފާގެ ސުވާލުތަކުން ސަލާމަތްވާންކަން އޭނާއަށް ވިސްނުނެވެ. ނަމަވެސް ނަޝްފާވެސް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.

“އަންޖޫދާ…! މަޑުކޮށްބަލަ… އަހަރެން ނޫޅެމޭ އަންޖޫދާ އަށް ކަމެއް ކުރާކަށް!” އަންޖޫދާއަށް އަޑުއިވޭ ވަރަށް ނަޝްފާ ގޮވާލުމުން އަންޖޫދާ އަށް ހުއްޓެން މަޖުބޫރުވިއެވެ. ނަޝްފާ ގެ ކިބައިން ވެސް އަބަދަކަށް ނުފިލޭނެކަން އޭނާއަށް ވިސްނުނެވެ.

“ހިނގާބަލަ މިތާ ކައިރި ބީޗަށް…” އަންޖޫދާ ގާތަށް އާދެވުމާއެކު ނަޝްފާ ބުނެލިއެވެ. އެއްވެސް ބަހެއް ބުނުމެއް ނެތި އަންޖޫދާ ބޯ ޖަހާލިއެވެ. ނަޝްފާގެ ކުރިމަތީގައި މިޔަދު އޭނާއަށް ހާމަކުރަންޖެހޭ ހަޤީޤަތާމެދު ކަންބޮޑުވުމުން އެ ނިތްކުރިމަތިން ދާ ތިކިތައް ވިދަން ފެށިއެވެ.

ދެމީހުން ހިނގަމުން ގޮސް އިށީނީ މޫދުކައިރީގައި ހުރި ބެންޗެއްގައެެވެ. އޭރު ހާސްވެގެން ގޮސް އަންޖޫދާގެ ހަތަރެސްފައި ވަނީ ފިނިވެފައެވެ. ނަޝްފާ ވެސް އެންމެ ފުރަތަމަ ދައްކާނެ ވާހަކައަކާ މެދު ވިސްނަން ހިނދުކޮޅެއް ވަންދެން އިނެވެ.

“އެއީ އަންޖޫދާގެ ކުއްޖެއްތަ؟” ނަޝްފާއަށް އެންމެ ފުރަތަމަ ވެސް އަހާލެވުނީ އެހެންނެވެ. އޭނާގެ ހިޔާލުގައި އެ ނޫން ސުވާލެއް ނެތެވެ.

“ރިޝްކާތަ؟ އާން…” ކުރު ޖަވާބަކުން އަންޖޫދާ ފުއްދާލިއެވެ.

“މީހަކާ އިނދެގެންތަ އުޅެނީ؟” ނަޝްފާ އެ ކޮށްލި ސުވާލުން އަންޖޫދާއަށް ހިން ދިރުވާލެވުނެވެ. މީހަކާ އިނދެގެންނޭ އުޅެނީ ކިޔާފައި ދޮގެއް ހަދަންވެސް އޭނާގެ ހިތަށް އެތަށް ފަހަރަކު އެރިއެވެ. ނަމަވެސް އެއްވެސް ކަމެއް އަބަދަކު ސިއްރު ނުކުރެވޭނެކަން އެނގޭތީ އޭނާ ގަސްދުކުރީ ތެދުތެދަށް ހުރިހާ ވާހަކައެއް ބުނާށެވެ. އެންމެ ވާހަކައެއް ފިޔަވައެވެ. އެއީ އޭނާ ރާހުލް އާ ދުރުވި ސަބަބެވެ. އެ ސަބަބު އެނގިއްޖެ ނަމަ ރާހުލް އަނެއްކާ އަލުން އޭނާ ކައިރިއަށް އައިސްދާނެކަމަށް އެ ހިތް ބުނަމުން ދިޔައީތީއެވެ. އެހެން ވެއްޖެނަމަ އޭނާއަށް އެވަދެވުނީ ރާހުލްއާ ނަޝްފާގެ ދޭތެރެއަށެވެ.

“ނޫން… ނަޝްފާ… އަހަރެން ބޭނުން  ނަޝްފާއަށް ހުރިހާ އެއްޗެއް ކިޔައިދޭން.. އެކަމަކު….” އަންޖޫދާ ނަޝްފާއަށް ބަލާލަމުން ބުނެލިއެވެ. އަންޖޫދާ ދައްކަން އެއުޅޭ ވާހަކަ ކަނުލާ އަޑުއެހުމަށް ނަޝްފާ އިނެވެ.

**ނުުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ވަންހަނާ (1)

Next

އެފިނިމެންދަން 20

Next
November 4, 2016

އެފިނިމެންދަން 20

Previews
November 4, 2016

ވަންހަނާ (1)

25 Comments!

  1. LiaaSher says:
    November 4, 2016 at 4:20 pm

    މި ބައި ވެސް ހުރިހާ ކުދިންނަށް ކަމުދާނެކަމަށް އުންމީދުކުރަން 🙂

  2. aik says:
    November 4, 2016 at 4:25 pm

    Wow!! v nice story..?

  3. Zeena says:
    November 4, 2016 at 4:38 pm

    Haadha kurrey dhooooow

  4. xenn says:
    November 4, 2016 at 4:41 pm

    Rythi

  5. ~minty~ says:
    November 4, 2016 at 4:54 pm

    Alhey enme salhi hisaabun e nimunee ?…waiting for the next part ?

  6. Aishu says:
    November 4, 2016 at 4:56 pm

    Wow. V thihthi. Next part mirey plz

  7. LiaaSher says:
    November 4, 2016 at 5:06 pm

    Hii guys.. Liaa nimmaafa innaanee dhe dhuvahun eh dhuvahu part eh genasdhey gothah…. so, next part SUNDAY ga… Keep waiting… And thankyw fr ur support 🙂

  8. Yash says:
    November 4, 2016 at 5:13 pm

    Haadha avas khlaignney thiulheny….ehaa avahah kyhkuran kiyaa dheny…..??

  9. Inee says:
    November 4, 2016 at 6:12 pm

    Nice

  10. shelly says:
    November 4, 2016 at 7:01 pm

    maa kuru nuhagu loabi ge part tha vess dhigenun ekam story varah salhi

  11. Fahana trhashi says:
    November 4, 2016 at 10:05 pm

    Story salhi

  12. Andhu says:
    November 4, 2016 at 11:03 pm

    ♡♡♡♡

  13. Yoyo says:
    November 5, 2016 at 9:50 am

    Vvvvvv reeethi…. vvvv kiyaa hih vey

  14. Xu says:
    November 5, 2016 at 10:44 am

    Varah reethi story, waiting for next part

    1. LiaaSher says:
      November 5, 2016 at 12:27 pm

      Thankyw all 🙂

  15. muslim says:
    November 5, 2016 at 3:12 pm

    V v v nice.

  16. Xu says:
    November 6, 2016 at 3:59 pm

    Kon Sunday aku tha…….

  17. LiaaSher says:
    November 6, 2016 at 6:24 pm

    Guys… Liaa ge lap liaa athun vehti halaaku vejje…. m soo sad…. lap nuhedhejjiyaa story ge liyefa in part thah ves gehleyne….. wat should i doo? ???????

    1. s....f says:
      November 7, 2016 at 7:10 pm

      dhen thi vaahaka nunimunee dho thi

  18. Fin says:
    November 7, 2016 at 1:26 pm

    Oh!! Don’t worry.. Inshallah avahah hedheynunho..Lap hedhunyma alun liyan fashaa.. It’s ok.. We can wait bt inform us abt its repair

  19. Fin says:
    November 7, 2016 at 1:27 pm

    Avahah hedheyne *

  20. Neesh says:
    November 8, 2016 at 11:00 am

    Alhey eyoh kiyaahithun huhtaaaa…

  21. Yash says:
    November 9, 2016 at 11:02 am

    Haadhalahey ……avahah vaahaka up khladhybala….

  22. Yash says:
    November 11, 2016 at 1:52 pm

    Kivey tha miharu mivahaka genes nudhey nee anekah mi vahaka liun huttalitha umidhu kuraa vahaka genes dheney kama

  23. malee says:
    December 25, 2016 at 11:43 am

    Aslu rahul ge nameh naannaane fahathakah ae bappa neyy kujjehnu

Comments are closed.

Next Episodeއެ ލޯބި އަސްލު ހައްޤޭ (5 ވަނަ ބައި)←


All Right Reserved!