ޓިނުން ހިޔާކޮށްފައި ހުރި ކޮޓަރީގައި އެނބުރެމުން ދިޔަ ފަންކާއިން ދިލަ ހޫނެއް އަރަމުންދިޔައެވެ. މެންދުރުގެ ގަދަ އަވިން ކޮޓަރިއަށް ވަނީ އާވިކަމެއް ފެތުރިފައެވެ. އެނދުމަތީގައި ހުރި ބާލިސްތައް އެތަށް މިތަނަށް އުކާލެވިފައި ވާއިރު ބައެއް އަންނައުނުތައް ކައިރީގައި ހުއްޓެވެ.
ބިންމަތީގައި އޮތް ފަޓުލޫނު ނަގައި ހޭވަރު ކޮށްލުމަށްފަހު ޒުބޭރު ބެލްޓު އަޅާލަމުން ފުންނޭވާއެއް ލިއެވެ. އޭރު އޭނާގެ ނިއްކުރިން އޮށްދާ ހިއްލަމުން ދިޔައިރު އެނދުގެ މަގަތުގައި އޮތް ޓީޝާޓުނަގައި ކަރުދަށް ފޮހެލަމުން އޭތި ގަޔަށް މަހާލިއެވެ. “އޭތް! ތެދުވެގެން ދޭ ބަދިގެ ފަރާތަށް ކާން ހަދަން.. ވަރަށް ހައިވެއްޖެ.” ޒުބޭރު ހަރުކަށި ގޮތަކަށް މިހެން ބުނެފައި އެނދުގައި އޮތް ރަޖާގަނޑަށް ދަމައިގަތެވެ.
ގައި ނިވާކުރަން އެޅި ރަޖާގަނޑު ދަމައި ގަތުމާއި އެކީ ރިއުމާން ބޭއިޚްތިޔާރުގައި ދެއަތުން ބަރަހަނާކަން ފޮރުވަން މަސައްކަތް ކުރިއެވެ. ހޭވިފައި އޮތް އިސްތަށި ގަނޑު ދަލުން ކަރުދޮށުގައި ތަތްވެފައި ވީއިރު އެލޮލުގައި ކަރުނައިގެ ތެތްކަން ވިއެވެ. “މާ ތުއި ދެއްކޭނެ ކަމެއް ނެތް. ކޯއްޗެއް ފޮރުވާކަށް ތިއަތް އަޅަނީ!” ޒުބޭރު މިހެން ބުނެފައި ފަޓުލޫނުގެ ޒިބު ދަމާލަމުން ކޮޓަރިން ނިކުމެ ބަން ލާފައި ދޮރުޖެހިއެވެ.
ޒުބޭރު ދިއުމާއިއެކު ކައިރީގައި އޮތް ބާލިސް ނަގައި މޭމަތީގައި އަޅާލަމުން ރިއުމާން ދެލޯ މަރާލިއެވެ. މެރުނު އެސްފިޔަތަށް ފޫއަޅުވާލާފައި ހޫނުކަރުނަތަށް އޮހިގެން ދިޔައިރު ތުންފަތުގައި ދަތްއަޅާލެވުނެވެ. އަޑެއް ނުނިކުތެއް ކަމަކު އެހަށިގަނޑުގެ އެތަށް މިތަނުގައި ވޭން އަޅަމުންދިޔައެވެ. އުމުރުން ބާރަ އަހަރު ވީއިރު މިވޭން ނާޅާ ދުވަހެއް ހަނދާނަކު ނުވެއެވެ.
އެނބުރެމުން ދިޔަ ފަންކާއަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު އޮތުމަށްފަހު ރިއުމާން ތެދުވެ ބިންމަތީގައި އޮތް ހެދުމާއި ޖިންސު ނަގައިގެން ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓެލިއެވެ. ޖަންބެއްފަދަ ދޮން އެމޫނުމަތި ވަނީ މިލާފައެވެ. ލޯކައިރި ވަޅުވަދެފައި ވީއިރު ގައިގައި އެކިތަންތަން ރަތްވެ ހަން ނޮޅިފައި ހުއްޓެވެ. އެ ތުންފަތް ހިކިފައި ވީއިރު ކަރުދޮށުގައި އިނގިލި ތަކުގެ ނިޝާންވެއެވެ.
ރިއުމާން އަވަސްއަވަހަށް ހެދުންލައި އުނަގަނޑާއި ހަމައަށް އަރައި އެ ބޯ އިސްތަށިގަނޑު މައްޗަށް ނަގައި ހުޅިއެއް ޖަހާލިއެވެ. ތެމިފައިވި ދެލޯ ފޮހެލަމުން ދުލުން ހިކިފައިވީ ތުންފަތް ތެތްމާލިއެވެ. އެއަށްފަހު އެނދުމަތީގައި އޮތް ކަޅު ބުރުގާ ނަގައި ބޮލަށް މަހާލަމުން ބިންމަތީގައި އޮތް ރަޖާގަނޑާއި ބާލިސްތައް ނަގައި އެނދު ތަންމަތި އަޅާލިއެވެ.
****
ބަދިގެ ފަރާތުގައި ހުރި ބޮޑު ބަނބުކެޔޮ ގަސްދޮށުގައި އެލުވާފައި ހުރި އުނދޯލީގައި ހާޖަރާ ހަނޑޫ ހޮވަން އިނެވެ. މެންދުރުގެ އަވިން ވަމުންދިޔަ ދިލަ ހޫނު ޖެހެމުންދިޔަ މަޑު ވައިރޯޅިތަކުން ލުއިކުރުވައެވެ. ގޭގެ ފެންޑާ ކައިރީގައި މަސް ކަނޑާ ތަނުގައި ދެތިން މަސްބުރި ފެންނަށް ލާފައި އޮތްއިރު ދޭތެރެއިން ކާޅެއް ކައިރިވާއިރަށް ހާޖަރާ އެ ފައްސާލައެވެ.
“ޒުބޭރު އެ މަސްކޮޅު ކޮށާލަބަލަ..” ގޭތެރެއިން ނިކުއިން ޒުބޭރު ފެނި ހާޖަރާ ބުނެލިއެވެ. “ބަލަ މަސް ކަނޑާފައި ދޯ ބެހެއްޓީ.. ބުނީމެއްނުން ކޮށާށޭ އަންނަން ވާއިރަށް. އަދިވެސް ކާން ހެދޭ ކަމަކަށް ނުވޭ ވިއްޔަ.” ޒުބޭރު މިހެން ބުނެފައި ރޯނަށް އެއްލާފައި އޮތް ތުވާލި ހިފައިގެން ދާން އެނބުރުނު ތަނާ ރިއުމާން ބޭރަށް ނިކުތެވެ.
“ދަރިފުޅާ ދޭބަލަ އެހެރަ މަސްކޮޅު ކޮށާލަން ކާޅު އައިސް ނުގެންދަނީސް.” ޒުބޭރު މިހެން ބުނެފައި ދަމުން ދިޔައީ ރިއުމާންގެ ގައިގައި ހޭކިގެންފައެވެ. މިމަންޒަރު ބަލަން އިން ހާޖަރާ ނުފެންނަ ކަމަށްހަދައި ހަނޑޫ ހޮވަމުން ދިޔައެވެ. ކޮންމެ ދުވަހަކަ މިފަދަ އެތަށް މަންޒަރެއް ލޮލަށް ފެނުނު ކަމުގައި ވިޔަސް ހަމަ ލޯ މަރާލަނީއެވެ. ދުރުގައި ހުރި ރިއުމާންއަށް މަންމަ އެއްޗެކޭ ނުބުނާނެކަން އިނގެއެވެ.
އަޅައިގެން ހުރި ބުރުގާ ގޮށްޖަހާލުމަށްފަހު ކޮނޑަށް އެއްލަމުން މަސްކޮށަން ކުޑަ ގޮނޑިއެއް ހިފައިގެން އައިސް ރިއުމާން އިށީނދެލިއެވެ. ދެމައިން އަނގައިން ބަހެއް ނުބުނެ ތިބިއިރު އެދެމެދުގައި ނުފެންނަ ފާރެއް ލެވިފައިވާ ކަހަލައެވެ. މަސްފޮތީގައި ޅީ އަޅަމުން ދިޔައިރު ރިއުމާންއަށް ހީވީ އެހިތުގައި ވެސް ޅީ އެޅޭ ހެންނެވެ.
“އައްސާމް އަލައިކުމް..” ގޭގެ ދޮރާށިން ސަލާމް ގޮވާލުމަށްފަހު އެތެރެއަށް ވައިން ނަފީސާ ފެނުމުން ހާޖަރާ ހިނިތުންވެލިއެވެ. “އަހާ.. ހާދަ ނުގަޑިއެއްގައި ތިއައީ.” ހަނޑޫ ހޮވަން އިން ދޮލަނގު ހިފައިގެން ތެދުވަމުން ހާޖަރާ ބުނެލިއެވެ. ނަފީސާ އަކީ ހާޖަރާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ.
“މިއައީ މިއަދު ގޭގެ ބަނބުކެޔޮ ބަތް ހެދީމަ އެތިކޮޅެއް ހިފައިގެން. މިގޭ ގަހުން ގެންދިޔަ ބަނބުކެޔޮ ވިއްޔަ.” ނަފީސާ އައިސް ދުރުގައި ހުރި ޖޯލީގައި އިށީނދެލަމުން ބުނެލިއެވެ . އޭރު ހާޖަރާ އެކޮތަޅު ހިފައިގެން ކާގެއަށް ވައިން އިރު މަސްކޮށަން އިން ރިއުމާން ފެނި ނަފީސާ އޭނާއަށް ގޮވާލިއެވެ.
“އެކޮއެ ހާދަ މޮޅޭ މަސް ކޮށަން ވެސް. އެކަމު އަދި ނުވެއެއްނުން ތިކަން ކުރާކަށް.” ނަފީސާ ވާހަކަދެއްކި ނަމަވެސް ރިއުމާން އަނގަޔަކުން ނުބުންޏެވެ. އިސްޖަހައިގެން އިނދެ މަސް ކޮށަމުން ދިޔައިރު އެހިތުގައި އެމީހުންނާއި މެދު ޝަކުވާ އުފެދުނެވެ. “އެއީ ދެން.. ދަސްކުރަން ވެސް ވާނުން.” ހާޖަރާ މިހެން ބުނުމުން ނަފީސާ މޫނު ކުނިކޮށްލިއެވެ.
“ތިއެއްނޫން ވެގެން އުޅޭގޮތަކީ.. އެ ޒުބޭރުގެ ކަންތައް މިއީ ވެސް. ކިހާ ދުވަހަކު ތިކަން ފޮރުވާނީ.” ނަފީސާ ނިކަން މަޑުން ހާޖަރާއަށް އިވޭވަރަށް ބުނެލިއެވެ. “ކޮންކަމެއް؟” ހަނޑޫ ތެލި ހިފައިގެން އެދޮންނަށް ހިނގައި ގަންނަމުން ވަރަށް ނޭނގޭ ކަމަށް ހަދާފައި ހާޖަރާ ބުނެލިއެވެ. ނަފީސާ ވަގުތުން ތެދެވެގެން ހާޖަރާ ކައިރިއަށް ގޮސް ހުއްޓެލިއެވެ.
“ކޮންކަމެއްހޭ؟ ހަމަ ނޭގޭތީ ތިބުނަނީ.. އެ ޒުބޭރުގެ ގޮތް އެންމެންނަށް އިނގޭ. ރިއުމާންއަށް އެކުރާ ކަންތައް.. ޗީ. މަ ލަދުވެސް ގަނޭ މިވާހަކަ ދައްކަން..” ނަފީސާ މީހަކަށް އަޑު އިވިދާނެތީ ނިކަން ސިއްރުން ވާހަކަދެއްކިއެވެ. އޭރުވެސް އިސްކޫރު ދޫކޮށްގެން ހުރެ ހާޖަރާ ހަނޑޫ ދޮންނަމުން ދިޔައެވެ.
“ދެން ތިވާހަކަ ނުދެއްކީމަ ވީއެއްނުން.” ހާޖަރާ އެއްވެސް ޖެހިލުމެއްނެތި މިހެން ބުނުމުން ނަފީސާ ހުރީ ހައިރާންވެފައެވެ. “އަހަރެން ބުނާނަން ޒުބޭރު އެމަންޖެއަށް..” ނަފީސާ މިހާ ހިސާބަށް ބުނިތަނާ ހާޖަރާ އެވާހަކަ މެދު ކަނޑާލިއެވެ. “ބުނާނަމޭ؟ އޭރުންނޯ؟ މުޅި އާއިލާ ރަށުތެރެއަށް ބަދުނާމު ވާނީ.. ޒުބޭރު އަހަރެން ވަރިކޮށްފައި އެއްލާލީމަ ކޮންތާކަށް ވަންނަން ދަނީ؟ ދެން ރިއުމާން.. އެފަކީރަށް ވާނެގޮތް.. ބުނަން ނަފީސާ ނުބެހޭ ކަންތަކާ ނުބެހޭ. ޒުބޭރުގެ ގޮތް ރަނގަޅަށް އިނގެއެއްނުން.” ހާޖަރާ އެއްފަހަރާ ހުރިހާ ވާހަކައެއް އަމުނާލުމަށްފަހު ހަނޑޫ ތެލި ހިފައިގެން އެ އުދަން ދިޔައެވެ.
ނަފީސާ އިތުރު އެއްޗެކޭ ބުނުމުގެ ކުރިން ގޭތެރެއިން ނިކުއިން ޒުބޭރު ފެނި އޭނާ ދޫ ބަންދުވިއެވެ. “ނަފީސާ.. ކިހިނެތް ކިހިނެތް؟” ރޯނަށް ތެތް ތުވާލި އެއްލަމުން ޒުބޭރު އަހާލިއެވެ. “ބޭބެ.. މިދެން ބަތްކޮޅެއް ހިފައިގެން އައިސްލީ.” ނަފީސާ ހިނިތުންވެލަމުން ބުނެލިއެވެ. “ކޮބާ ކުދިން ކޮޅު ކިހިނެތް؟” ކާގޭގެ ދޮރު ކަނީގައި ލެނގިލަމުން ޒުބޭރު ވާހަކަދެއްކިއެވެ.
“ރަނގަޅު ހަމަ. ދެން ދަނިއްޔޭ. ދަނީ ދޮންތާ..” ނަފީސާ މިހެން ބުނެފައި އަވަސް އަވަހަށް ފައިވާނަށް އަރައިގެން ކާގެއިން ނިކުތެވެ. އެދިޔަ ވަގުތު މަސްކޮށާ ނިމެގެން ތެދުވި ރިއުމާން އާއި ހަތަރުކަޅި ހަމަވުމުން އޭނާ ހުއްޓުނެވެ. އަދި ރަނގަޅަށް ފުރާވަރަށް ނާރާ ރިއުމާންގެ މޫނުމަތިން ފާޅުވި ވޭނާއި ހިތާމަ ފެނި އޭނާއަށް ހިންދިރުވާލަން ވެސް އުނދަގޫ ވިއެވެ. ކޮންފަދަ އަނިޔާއެއް ހެއްޔެވެ.
ނަފީސާ ދިޔަތަން ބަލަން ހުރި ރިއުމާން ކޮށާފައި ހުރި މަސްތަށި ހިފައިގެން ބަދިގެއަށް ވަނެވެ. އޭނާއަށް އަޑު ނީވުނެއް ކަމަކު ނަފީސާމެން އެދެއްކީ އޭނާގެ ވާހަކަކަން އިނގެއެވެ. މިއީ އަބަދުވެސް އާދައެވެ. އާކަމެއް ނޫނެވެ. މިހެން އުޅެއުޅެ ރިއުމާންއަށް މިހާރު މިހާލުގައި ދިރިއުޅެން އާދަވެއްޖެއެވެ. މީހަކު ބުނާނެ ހިތްވަރުގެ ބަހަކުން ނުވަތަ ފާޅުކުރާނެ ހަމްދަރުދީއަކުން މިއަދު އެ ހިތަކަށް އަސަރެއް ނުކުރާނެއެވެ.
****
ކޮޓަރީގައި އެކަނި އިން ރިއުމާން ދިޔައީ ހިސާބު ފިލާވަޅެއް ހަދަމުންނެވެ. ހާޖަރާ މަޑުމަޑުން ކޮޓަރިއަށް ވަދެ އަތުގައި ފަތް ޖަހާފައި ހުރި އަންނައުނުތައް ހިފައިގެން ގޮސް އަލަމާރިއަށް ލަމުން ދިޔައެވެ. ނަމަވެސް ރިއުމާން އިސްއުފުލާ ބަލާވެސް ނުލައެވެ. “ދަރިފުޅާ.. ކޮބާ ހުރިހާ ފިލާވަޅެއް ހަދާ ނިމުނީތަ؟” ޖާޖަރާ އައިސް ރިއުމާންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
“މި ނިމެނީ..” ފޮތުގައި ލިޔަން އިން ރިއުމާން ކުރުގޮތަކަށް ބުނެލިއެވެ. އިސްތަށިގަނޑު ނަގައި ހުޅިއެއްޖަހާފައި ވީއިރު އެ ދޮން ކަރުގައި ވީ ނިޝާންތައް ފެނި ހާޖަރާ ހިތުގައި ޖެހުނެވެ. ދެލޯ ކަރުނުން ފުސްވިއިރު އެދަރިފުޅުގެ ހާލާއި މެދު ހަމްދަރުދީވިއެވެ. ކިތަންމެ ވަރަކަށް އެވާހަކަ ދައްކަން އުޅުނު ނަމަވެސް ނުކެރެއެވެ. އަޑު ބެދެނީއެވެ. މީހުންގެ ލޯތަކަށް އެކަން ފޮރުވަން މަޖުބޫރު ވީއެވެ.
އިތުރަށް އެތަނުގައި މަޑު ކުރާނެހައި ހިތްވަރު ނެތުމުން އޭނާ އަވަސް އަވަހަށް އެތަނުން ނިކުމެގެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ކޮޓަރިއަށް ވަނެވެ. ދޮރު ކަނީގައި ލެނގިގެން ހުރެ ގިސްލަ ގިސްލާފައި ރޮމުން ދިޔައިރު އެމައި ލަނގޮޑިއަށް ކެތެއް ނުވިއެވެ. ޒުބޭރު އެކުރާ މުޑުދާރު އަމަލު އިނގޭތާ ކިތަންމެ ދުވަހެކެވެ.
ރިއުމާންގެ އުމުރުން އެންމެ ހަތް އަހަރުގައި ހީސް ލަންވަންށޭ ކިޔާފައި ފާޚާނާއަށް ވެއްދި ދުވަހު އެފަކީރު ރުއިމުގެ އަޑު މުޅި ގޭގައި ހިފާލިއެވެ. އެއަށްފަހު އެއަޑު ނީވޭ އެންމެ ދުވަހެއް ވެސް ނުދެއެވެ. އެކަން ވީ ފުރަތަމަ ދުވަހު އެއްޗެކޭ ނުބުނުމުން ޒުބޭރުއަށް އެކަން ކުރުމަށް ފުރުސަތު ދެވުނީއެވެ. ފަހުން ހަމަ ފާޅުގައި ހާޖަރާއަށް އިނގޭކަން އެނގި ހުރެވެސް އެކަން ކުރަނީއެވެ.
އަނގަމަތީގައި އަތް އަޅައިގެން އިނދެ ރޮމުން ދިޔައިރު މާޒީގެ ޞަފްހާތަށް ލެއްޕުނީ ގޭގެ މައި ދޮރު ހުޅުވުނު އަޑަށްށެވެ. ހާޖަރާ އަވަސް އަވަހަށް ތެދުވެގެން ގޮސް މޫނު ދޮވެލައި ހަމައަކަށް އެޅިލިއެވެ. ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުން ނުބަލާން އަނެއް ފަރާތައް އެނބުރުނެވެ. އޭނާއަކީ ކިހައި ހިތްވަރެއް ނެތް މީހެއް ހެއްޔެވެ. އަމިއްލަ ދަރި ރޮލާ ކާލާ އިރުވެސް އަނގައިން ޗުއްޕޭ ވެސް ނުބުނެ ހުރެވޭތީ ލަދުގަތެވެ.
ހާޖަރާ ފާޚާނާއިން ނިކުއިން އިރު އެނދުމަތީގައި މުންޑު އަނދެގެން ޒުބޭރު ފޯނާއި ކުޅެން އިނެވެ. “އާޒިމު ގުޅި މިރޭ..” ޒުބޭރު މިހެން ބުނުމުން ހާޖަރާ ހިނިތުން ވެލަމުން އައިސް އެނދުގެ ބިއްދޮށުގައި އޮށޯތެވެ. “އެހެންތަ.” ހާޖަރާ ބުނެލިއެވެ. “ހޫމް.. އޭނަ އެއުޅެނީ އަމިއްލަ ވިޔަފާރިއެއް ފަށައިގެންނުން މާލޭގެ. ބުނި ދޭތެރެއަކުން ޖައްސާލައްޗޯ..” ޒުބޭރު ވާހަކަ ކުރިއަށް ގެންދިޔައެވެ.
“އަނާ ދޯ އެ ކުޑަ މަންޖެއަށް ކިޔަނީ.. ދޮށީ ސޮރަށް ކިޔަނީ ކޮން ނަމެއްތަ؟” ހާޖަރާ ވިސްނާލަން އޮވެފައި އަހާލިއެވެ. “އެއީ އައްޔާދް.. ރިއުމާންއަށް ވުރެ ދެއަހަރު ދޮށި ވާނެ. މިފަހަރު ބޮޑު އީދަށް އެމީހުން އަންނާނަމޯ..” ޒުބޭރު ހެވިފައި އިނދެ ބުނެލިއެވެ. އިތުރަށް އެއްޗެކޭ ނުބުނެ ހާޖަރާ އަނެއް ފަރާތަށް އެނބުރުނެވެ.
ކޮޓަރީގެ ހުދު ލައިޓް ނިއްވާލުމުން ވެރިވީ ނިދާ ބޮކީގެ ފަނޑު އައްޔެވެ. ދެލޯ މަރައިގެން ނުނިދިފައި އެތަށް އިރަކު އޮއްވާ ޒުބޭރު އެނދުން ތެދުވި އިހުސާސްވިއެވެ. އިރުކޮޅަކުން އެ ކޮޓަރިން ނިކުމެގެން ގޮސް ރިއުމާންގެ ކޮޓަރީގެ ދޮރު ލައްޕާލި އަޑު އިވިގެން ދިއުމާޢި އެކު ހާޖަރާ ދެލޯ މަރާލިއެވެ. ލޮލުން ހޯސްލާފައި ކަރުނަތައް ފޭބި އިރު އޮތް ތަނުން އޭނާ ގުޑާ ވެސް ނުލިއެވެ.
****
މަދަރުސާ ބޭރުގައި ކުދިންތައް އެއްވެފައި ތިބިއިރު ރިއުމާން ތަންކޮޅެއް ދުރުގައި އޭނާގެ ފޮތްތަށް ގެނެސް މޭގައި ޖައްސާލައިގެން ހުއްޓެވެ. ރަނގަބީލު ޖެހުމާއި އެކު ހުރިހާ ކުދިންތައް އެއްފަހަރާ ގޭޓުން އެތެރެއަށް ހިނގައިގަތެވެ. ކުލާހުގައި ގޮސް ރިއުމާން އިށީނދެލީ ވަކިންނެވެ. ދެކުދިން ދެކުދިން ކައިރީގައި ތިބި އިރު ރިއުމާން ކައިރީގައި އިންނަނީ ހަމްނާއެވެ.
ކުލާހުގެ ގިނަ ކުދިން އޭނާއާއި ވާހަކަ ނުދައްކާ އިރު ހަމްނާ ނޫނީ ރަހުމަތްރިއެއް ނުހުރެއެވެ. އުމުރުން ދިހަ އަހަރުގައި ބުރުގާ އެޅުމުން ކުދިން ދިމާ ކުރިއެވެ. އެހާ ކުޑައިރު ކުދިން ބުރުގާ ނާޅާތީ އެކި ނަންނަމުން ގޮވާ މޮށެ ހަދައެވެ. ނަމަވެސް އެކުދިންނަށް ނޭނގެނީ އެބުރުގާގެ ނިވަލުގައި ވީ ހިތްދަތި ސިއްރެވެ.
ކޮށްފައި ހުރި އަނިޔާގެ ނިޝާންތަކާއި ނޫފައި ގައިންފައިވާ ތަންތަން މުޅި ދުނިޔެއަށް ފޮރުވުމުގެ މަޤްސަދުގައި މަންމަ ބުރުގާ އެޅުވީއެވެ. މީހުން ކިޔާނެ އެއްޗެއްސަށް ލަދުންނެވެ. ފަޟީހަތްވެ ރަށުމެދަށް ގިނަ ވެދާނެތީއެވެ. ޚިޔާލުތަކަށް ގެއްލިފައި އިން ރިއުމާން ދިޔައީ ޔުނީފޯމްގެ އަތު ކުރިޔާ ކުޅެމުންނެވެ. އެ ދޮން މޫނު މިލާފައި ވީއިރު އެ ނަޒަރު ވަނީ ބޭރަށް ހުއްޓިފައެވެ.
“ހާއި.. އެއްކަލަ ހިސާބު ފިލާވަޅު ހެދިންތަ؟ ދީބަ ޖަވާބުތައް ދިމާވިތޯ ބަލާލަން..” ހަމްނާ އައިސް ކައިރީގައި އިށީނދެލަމުން ބުނެލިއެވެ. ރިއުމާން ލުއި ގޮތަކަށް ހީލުމަށްފަހު ފޮތް ނަގައި ދިނެވެ. އޭނާއަކީ އެހެން ނޫނަސް މަޑު މައިތިރިކޮން އިންނަން ކުއްޖެއް ކަމުން ކަމެއް ގޯސް ކަން ދެނެގަންނާން މީހުންނަށް ނޭނގެނީއެވެ.
“ދީބަލަ މިފޮތް!” މޭޒުމަތީގައި އޮތް ރިއުމާންގެ ފޮތް ދަމައި ގަންނަމުން ޔައިޝް ބުނެލިއެވެ. ޔައިޝްއަކީ އެންމެންގެ ތެރެއިން ވެސް ރިއުމާންއާއި އެންމެ ދިމާ ކުރާ އެކަކެވެ. “ޔައިޝް.. ތީ ކޮންކަމެއް. ކީއްވެގެން ފިލާވަޅު ނަހަދަ އައިސް ކޮޕީ ކުރަނީތި؟” ހަމްނާ ހިތްހަމަ ނުޖެހިފައި އިނދެ ބުނެލިއެވެ.
“ކިހިނެތްވީ؟ އާ ކަމެއްތަ.. އެހެން ނޫނަސް ރިއުމާން އޯކޭ ވާނެޔޭ ދޯ.. މަންމަނެއްހެން އިންނާނެ ވާހަކަ ވެސް ނުދައްކާ..” ޔައިޝް ފިލާވަޅު ކޮޕީ ކުރަމުން ބުނެލިއެވެ. އޭރު ރިއުމާން ދިފާއުގައި އެއްވެސް އެއްޗެކޭ ނުބުނެ އިނެވެ. “ތޭންކް ފޮތި މާލި..” ޔައިޝް މިހެން ބުނެފައި ހިނިގަނޑެއް ޖަހާލުމުން އެހެން ކުދިންތައް ވެސް ހޭން ފެށިއެވެ.
ރިއުމާންގެ ލޯ ކަރުނުން ފުސްވި ނަމަވެސް ހިންދިރުވާލިއެވެ. އިސްޖަހައިގެން އިންއިރު އޭނާ އަމިއްލަ ހާލާއި މެދު ހިތާމަ ކުރިއެވެ. އޭރު ހަމްނާ ރުޅި އައިސް ދެބުމަ ގޮށްޖަހައިގެން އިނެވެ. މިއީ ހަމަ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. ރިއުމާން އެއީ އެއްވެސް ކަމެއް ނޫން ކަމަށް ބުނެ ހަމްނާ ހަމައަކަށް އެޅުވުމަށްފަހު މުދައްރިސް އައުމުން އެންމެން ކޮޅަށް ތެދުވިއެވެ.
****
ރޭގަނޑުގެ ކެއުން ނިންމާލުމަފަހު އަތް ދޮންނަން ހުރި ރިއުމާންއަށް ނަޒަރު ހުއްޓާލައިގެން ޒުބޭރު އިނެވެ. ބަނބުކެޔޮ ގަހުގައި އެލުވާފައިން އުނދޯލީގައި އޭނާ ދުފަން އިންއިރު ބަދިގޭގެ ހުޅުވާފައި ހުރި ކުޑަދޮރުތަކުން ރިއުމާންގެ ހަރަކާތްތަށް ފެނެއެވެ. އޭރު ހާޖަރާ ވީ ގޭތެރޭގައި ކަމުން ޒުބޭރު ތެދުވެ ދުފާ ތަބަށް ހިފައިގެން ބަދިގެ ފަރާތުން އެތެރެއަށް ވަނެވެ.
ދުފާ ރަތްކޮށްލާފައި ހުރިއިރު އޭނާ އެއްއަތުން އަނދެގެން ހުރި މުންޑު މަތި ކޮށްލިއެވެ. އޭރު ތަށިތައް ދޮންނަން ހުރި ރިއުމާންގެ އިސްތަށިގަނޑުވަނީ ދޫކޮށް އައްސާލެވިފައެވެ. ޒުބޭރު މަޑުމަޑުން ފަހަތުން ގޮސް ރިއުމާންގެ ބުޑުގައި އަތް ލުމާއިއެކީ އޭނާ ސިހިފައި އަތުން ތަށި ދޫވެ ސިންކު ތެރެއަށް ވެއްޓުނެވެ.
ރިއުމާން ދެލޯ ބޮޑުކޮށް ފަސް އެނބުރި ބަލާލިއިރު މޫނުގައި ޖެހޭ ނުޖެހޭ ހިސާބުގައި ހުރި ޒުބޭރު ފެނި ހީވީ މެޔަށް ފެންއެއްޗެއް އޮއްސާލި ހެންނެވެ. “ބަ.. ބައްޕާ.” ރިއުމާން ހިންދިރުވާލަމުން މިހެން ބުނިއިރު ގޭތެރެއިން ނިކުއިން ހާޖަރާއަށް މި މަންޒަރު ނިކަން ރީއްޗަށް ފެނުނެވެ.
ރިއުމާންގެ އިސްތަށިގަނޑު ކަރުދޮށުން ދުރުކޮށްލަމުން ޒުބޭރު އެ ދޮން ކަރުގައި އަތް ހާކާލިތަން ފެނުމާއިއެކު ހާޖަރާ ހަމައިން ނެއްޓިއެވެ. ދެން އިތުރަކަށް ކެތެއް ނުވާނެޔޭ ހިތާ ލައިގެން ހުރި ހެދުން އަރުވާ ޖަހާލަމުން އަވަސް ފިޔަވަޅު ތަކެއްގައި ބަދިގެއަށް ވަނެވެ. “އޭތް!” ހާޖަރާގެ އަޑު އިވުމާއި އެކު ޒުބޭރު ފަސް އެނބުރި ބަލާލިއެވެ.
“ރިއުމާން ހަމަ މިހާރު ތިތަނުން ދުރަށް ދޭ! ދޭ ދުރަށް!” ހާޖަރާ ހަރުކަށި ކަމާއިއެކު މިހެން ބުނުމުން ރިއުމާން ތެޅިގެންފައި އެތަނުން ދުރަށް ގޮސް ދެތިން ފިޔަޅު ފަސްޖެހުނެވެ. އޭރު ވެސް ސިންކު ކައިރީގައި ޒުބޭރު ފާޑަކަށް ހެވިފައި ހުއްޓެވެ. “ކަލޭ ބޮޑު މުޑުދާރު!!” ހާޖަރާ އަޑުގެ ކޮޅަށް ހަޅޭލަވައިގެންފައި މޭޒުމައްޗަށް ނަޒަރު ހިންގާލަމުން އެންމެ އަވަހަށް ލޮލުގައި އަޅައިގެން ރޮށިފިހޭ ތަވާ ނަގައި ޒުބޭރުއާއި ދިމާއަށް މަޅާލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
39 Comments!
Comments are closed.



V reethi.
v shaufuverivehjje me story ah… vvvvvv nice…. daily koh upload kohdheynan tha
Aaahchaa… Warah reethi.. Hope awahah next part wes kiyaalsn libeyne kamahh.. ❤
Niuma ge copy aky tha? Varah vahtharu ?
really?? dhen hama abuse kuraa konme story eh ei niuma. mi site ga abadhuves shakuvaa kurun noon kame noavey. adhi enme episode eh mi up ekamu mihiri mihaaru ves vaa varu. pis pis ?
True Nunnu.. dhen varah bolah undhagoovey.
faadu kiyumaky ves onna kameh.ekam mimeehun thibeny over vefa.
bala liyuntheriyaa ashey ingeyny eyna evaahaka liyan kuraa masakkai.
kiyan fashaafa konme meehaku kurey anekahchekey minakahchekey kiyain shakuvaa kurany.
Wow wow v reethi..
Wooowwww!!!! Vvvv reethi.. Alhe 6 aharu vanden dhariyakah jinsee aniya libemun dhaakan engihure mayakah keiykurevuneethee hama ajaibu vejjaeen.
Vvv salhi ingey..????
Thee haadha go as mother ejey dhw………..ajaab vejje……haadhahaavaa kei gada yey. Adi that e iguni rulhi annanan.huh……vvvvvvvvv reethi…….reumaan ah dhera goteh nahadachey
V v reethi
Varah salhi
sifakurun hama obi! zubeyru hey arauvaalathi thavaa in! lyaa your so good
Shara nama mihaaru 6 aharuga thavaage huri varu dhehky must?????? firiyakah viyas nubalaanan!!! V v reethi!! Keep it!!
different story layaa. as usal sifakurun on point hama. and riuman vvvv reethi name eh. ❤️❤️
Wow.. its awesome.. when is next part?
Eiee mammaehttha
V reethi n hiyy dhevihhje mi storry ah vx
Layaa keehve aneh storry nunimee v waitting ga mihunanee “dheynan hithaa kaanaa” koba
it’s already completed. click on my name you’ll get it there. ?
Sorry “Deynan hithaa jaana”
v.v salhi dhevana bayah inthizaar kuran
Varh kamu gossi mi feshun. different from normal abuse stories. Waiting for a the next. Zubeyru is so disgusting. ekahala meehun aslu ves ulhey hama
V reethi . huh…… Vvvvvvv foohivey haaharaa dheke . e vany kehtheri ehnoon , v vureh rahum Kuda v ma vaagoi. Pis pis pis … He he waiting for next part. Kon irakuntha up kurany..
woww.. haadha reethi vaahaka ekey.. plx up kohdhee avahah
dhen e ves bahppainna mamma inno hama. huh…. laya story v salhi. waitin for da next part….
dhen e haajaraa eh noon riumaan v e zubeyrah hey aruvaalan. v foohivey…..
Mi Hama ekani story eh nun. Hama hageegathuga ves mifadha kanthah higamun dhey. Dhera ee egey meehun ves alhaa nulaakan. Story varah reethi. Sifakurun varah furihama.
? reethi story.. don’t tell me this is real. It hurts alot
wow ?
Wow.nice story.next part up kohdheeba varah avahah
When is the next part Layaaa!
This story is awesome.. liked it
v thafaathu vaahaka eh 🙂
hama grossed out ekahala meehun ulheythi..ekam ekahalameehun ulheyne..e aa dhekohlhah baheh nubunaane ingey meehunves..aslu nubune ekan sihrru kohggen hunna meeha ladhuves gannanjeheyne..anyves..i always love ur stories n hope mikahala vaahaka thakun iburai libeyne kamah..good luck layaaa <3 <3 <3
Wow.. ? Masha allah vvvv obi mi storyvx… Plx up soon layaa… Best of luck… ? waiting….
varah interesting.
Dhen kondhuvahakun upkoh dheny?!?
next part tuesday ga dhw
kin dhuvahakun updates vanee
Mi story ge 2 part keevve tha upload nukurany adhives.anehka ninmaalytha