Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާއަށް އާދޭސް 14…

kamana Level 310 Stories500 Comments100 Comments
November 5, 2016 5 Mins Read
12 Comments

“ނޫނޭ ރަނގަޅޭ…މަންމާ ދޭބަލަ ތަންމަތި އަޅާދޭން… އަޔާނާ ބޭއްވޭނީ އޭރުން…” މަނިކު ނިދާފައި އޮތް އަޔާނާއަށް ބަލާލަމުން ބުނެލިއެވެ. “ނޫނޭ އަހަރެން އަންނާނަން” ލައިލާ ކައިރީގައި ބަނދެފައި އޮތް ތަންމަތި ބޮނޑި ހިފައިގެން އެތަނުން އެއްކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަދެ ދޮރުޖެހުމަށްފަހު ލައިލާ ފުންނޭވާއެއްލިއެވެ. ބަނދަރުން ފަށައިގެން ގެއާހަމައަށްވެސް އެންމެ ފަހަރަކުވެސް ނަދީމް ލައިލާއާއި ދިމާލަށް ބަލާނުލައެވެ. “އަނެއްކާ ނަދީމް މީހަކާ އިނީތަ.. ނޫން ނުވާނެ… މަނިކު ބުނީސް އޭނަ އިންނަމަ.. އަނެއްކާ ކުއްޖަކާ ރައްޓެހިވީބާ.. ” ލައިލާ އަމިއްލަ ހިތާ އެތަކެއް ސުވާލެއް ކުރަމުން ދިޔައީ އެ ހިތަށް ފިނިކަމެއް ލިބޭތޯއެވެ. އެހެން ނަމަވެސް މޭމަތީގައި އަތްއަޅައިގެން އިން ލައިލާ ސިހުނީ ލައިލާއަށް ގޮވަމުން ކޮޓަރިއަށް ވަތްމީހާ ފެނިއެވެ.

“ލައީ… އަދިވެސް ނުނިމޭތަ…” އަޔާނާ ކޮނޑަށް ލައިގެން ކޮޓަރިއަށް ވަތް މަނިކު އަހާލީ ލައިލާގެ ހަބަރެއް ނުވެ ލަސްވުމުންނެވެ. “ނޫނޭ މި ނިމުނީ….. ” ލައިލާ އަތްމަތި އަަވަސް ކޮއްލަމުން ތަންމަތި އަޅާނިންމާލިއެެވެ.

“ލައީ…” އަޔާނާ ތަންމަތީ ބާއްވައި ރީތިކޮއްލަމުން މަނިކު ލައިލާއަށް ގޮވާލިއެވެ. “ހޫމް..” ލައިލާ އަޔާނާގެ ބުޅި އިސްތަށި ކޮޅާ ކުޅެލަމުން ހޫމް އަޅުވާލިއެވެ. “ކިހިނެއްވެފަ ތީނީ…. ނަދީމްއާއި ވާހަކަ ނުދައްކަންތަ ތީނީ..” މަނިކު ލައިލާގެ މޫނަަށް ވަރަށް ފުންކޮށް ބަލާލިއެެވެ. “ނޫން… ނަދީމް ވާހަކަ ނުދައްކާތީ.. ލައީއަކަށް ނުކެރޭނެ…” ލައިލާގެ މޫނުމަތިން ފެނުނު ކުލަވަރުން މަނިކުގެ ހިތުގައި ރިއްސާލިއެވެ. އެހެން ނަމަވެސް ހިނިތުންވެލީ އެކަން ލައިލާއަށް ނުދެއްކުމަށެވެ. “އަހަރެން ނަދީމްއާއި ވާހަކަ ދައްކަންތަ..” މަނިކަށް އެހެން ބުނެވުނީ ހިތާ ދެކޮޅަށެެވެ. “ނޫން… އޯކޭ ވާނެ…. ” ލައިލާ އިތުރަަށް އެވާހަކަ ދައްކަން ބޭނުން ނުވުމުން ކޮޓަރިން ނިކުތީ މަނިކުއާއި ދިމާލަށް ބަލާވެސް ނުލައެވެ.

…………..

އިރު އެރުމާއެކު މަނިކު އަވަސްވެގަތީ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ އިޔާޒްއަށް އެޕޮއިންޓްމެންޓެއް ހެއްދޭތޯއެވެ. އެންމެ އަވަހަށް އެޕޮއިންޓްމެންޓް ލިބުނީ ކުރިއަށް އޮތް ހަފްތާއަށެވެ. ހުރިހާ ކަމެއްގައިވެސް މަނިކަށް ފަސޭހަވެގެން ދިޔައީ ނަދީމްގެ އެހީ ލިބުމުންނެވެ. ދާންޖެހޭ ތަންތަނަށް ދަތުރުކޮށް ހަދައި އުޅުނީ ނަދީމްގެ ސައިކަލު ފަހަތުގައެވެ.

“ހިނގާ ކޮފީއަކަށް…” ހުޅުމާލެ ފެރީޓަރމިނަލް ކައިރިއަށް ސައިކަލު ޕާރކް ކޮއްލަމުން ނަދީމް ބުނެލީ އެގޮތަށް ދުއްވާތާ ގިނަ އިރު ވުމުންނެވެ.

“ކަޅު ކޮފީއެއް” ސީހައުސްއަށް އަރާ ހަމަޖެހިލަމުން ދެމީހުންވެސް އޯޑަރު ދިނީ ކޮފީއަކަށެެވެ. “ނަދީމް…” މަނިކު ފެންފޮދެއް ތައްޓަށް އަޅަމުން ނަދީމްއަށް ގޮވާލީ ވާހަކައެއް ދައްކަން ބޭނުންވާ މީހެއްފަދައިންނެެވެ. “ކިޔާބަލަ…” ނަދީމްއަށްވެސް މަނިކު ދައްކަން އުޅޭވާހަކަ އެނގޭކަހަލައެެވެ. “ލައީއާއި ވާހަަކަ ނުދައްކަންތަ ތި ހުންނަނީ… އެކަމަކު ހާދަ ދުވަހެއް    މިހާރު ވެއްޖޭ..” މަނިކު ސީދާ މައުލޫއަށް ދިޔައީ އެވާހަކަތަށް ދިގު ނުކުރުމަށެވެ. އެހެނީ އެވާހަކަ ތަކަކީ މަނިކަށް ދައްކަން އެހާ ފަސޭހަ ވާހަކަތަކެއް ނޫންކަމުގައި ވުމުންނެވެ.

“ނޭނގެ… ލައީވެސް މިހާރު ބޭނުމެއް ނުވާނެ… މަނިކު ލައީގެ ލައިފްގަ އަހަރެން މީ އެހާ މުހިންމު މީހެއް ނޫނޭ… ލައީއަށް އެނގޭނެ އަހަރެންެގެ ހިތުގެ ހާލު،… އެހެންވީމަ ދެން ނޭނގެ… ލައީ ފެނުނީމަވެސް ހިތުގަ ރިއްސާ… ވަރަށް ދެރަވޭ… ލައީ ބޭނުންވިޔަސް އަހަރެންނަށް ލައީ އާއި މެދުގަ ރައްޓެއްސެއްގެ ގޮތުގަ ދެކެވުން އެއީ ނުވާނެ ކަމެއް…. އެހެންވެ…” ނަދީމް އިތުރަށް އެވާހަ ދައްކަން ބޭނުންނުވިއެވެ. ލައިލާ ލޯބިވަނީ މަނިކު ދެކެއޭ ބުނަންވެސް އެވަގުތު ނަދީމްގެ ހިތަށްއެރިއެވެ. އެހެން ނަމަވެސް ދުލާ ހަމައަށް އެ ލަފްޒުތަކެއް ނައެވެ. ނަދީމް އެވާހަަކަތަށް ކުރިއަށް ގެންދަން ބޭނުންނުވުމުން މަނިކަށްވެސް އިތުރަށް އެވާހަކަތަށް ދައްކާކަށް ނުކެރުނެވެ.

………….

މަޖީދީ މަގުން މަޑު ހިނގުމެއްގައި ލައިލާއާއި ޝީރީން ހިނގާފައި ދިޔައީ ގެއަށް ގަންނަންޖެހޭ ބައެއްތަކެތި ގަތުމަށެވެ. ލައިލާ އިރު އިރުކޮޅާ ޝީރީންއާއި ވާހަކަ ދައްކާއިރުވެސް ޝީރީންގެ ފަރާތުން ޖާވާބެއް ނުލިބުމުން ލައިލާއަށް އިތުރަށް ވާހަކަ ދައްކާކަށް ނުކެރުނެވެ.

ހަގީގީ ބޮޑު ސޭލްއަށް ދެމީހުން ވަނުމައްފަހު މިސްރާބު ޖެހީ ބަނދިގެއަށް ބޭނުންވާ ބައެއް ސާމާނު ގަތުމަށެވެ. އެހެންނަމަވެސް ޝީރީން ލައިލާއާއި އެއްވަރަށް އަޅަމުން ދިޔަ ފިޔަވަޅުތައް ހުއްޓުނީ ކުރިމަތިން ފެނުނު މީހާ ފެނިއެވެ. ފިހާރައިން ނިކުތް އެމީހާގެ ފަހަތުން ޝީރީންއަށް ދުއްވައިގަނެވުނީ އެ ހިތް އެމޫނަކަށް އެދި ގޮވަމުންދާ ސޫރަ ފެނުމުންނެވެ.

“މޯންޑޭ..” ފިހާރައިން ނިކުތުމާއެކު ޝީރީންއަށް އަޑުގެ ނެތް ތަނަށް ގޮވާލެވުނެވެ. ސައިކަލު ސްޓާރޓް ކޮއްލަން ރެޑީވި މޯންޑޭއަށް ޝީރީންގެ އަޑުއިވި އެދިމާ ބަލާލީ ހައިރާންވެ ހުރެއެވެ.

“ޝީރީން” މޯންޑޭއާއި އަރާ ހަމަކުރި ޝީރީންއަަށް މޯންޑޭ ގޮވާލީ ހީލަމުންނެވެ. ޝީރީންގެ އެފުރިހަމަ ހަށިގަނޑަށް މޯންޑޭއަށް ބަލާލެވުނީ އާޝޯހުވެ ހުރެއެވެ. މިހާރު ކުރިއަށްވުރެއް ޝީރީންގެ ހަށިގަނޑު ފުރިހަމައެވެ. “ކީއްވެ ނުގުޅީ” ޝީރިން ކުޑަކޮށް މޯންޑޭ ގައިގަ ބައްދާލަމުން ޝަކުވާކޮއްލީ ކުޑަކުއްޖެއް ފަދައިންނެެވެ. “ސޮރީ ބޭބީ…. އިއްޔެ ހަމަ ސަލާމަތް ވެވުނީ… ބޭބީއަށް ގުޅަން މިހުންނަނީ…. ” ޝީރީންގެ އެ ފުރިހަމަ އުނަގަނޑުގައި ފިރުމާލަމުން މޯންޑޭ ވާހަކަދެއްކިއެވެ. “އެހެންތަ… މިރޭ ގުޅައްޗޭ… ގޭ ކުއްޖަކާ އެކީ މިއުޅެނީ… ލަވްޔޫ” ޝީރީން އެހެން ބުނުމުން މޯންޑޭވެސް ގުޅާނެ ކަމަށް އެއްބަސްވިއެވެ.

ގެއާ ދިމާލަށް މިސްރާބުޖެހީއްސުރެން ލައިލާއަށް ޝީރިންގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމެއް ސިއްރެއްނުވިއެވެ. “ޝީރީން ހާދަ އުފާވެފަ.. ކިހިނެއްވީ..” ލައިލާއަށް ނާހައި ކެއްނުވެގެން އެންމެ ފަހުން އަހާލިއެވެ. ނަމަވެސް ޝީރީން ފަރާތުން ޖަވާބެއް ލިބޭނެ ކަމުގެ އުންމީދުގައެއް ނޫނެވެ. “އާން… ލައީ ވަރަށް އުފާވެފަ މިހުންނަނީ… މާލެ އަދެވުނީމަ އަސްލު މިހާރު ވަރަށް ހެޕީ…” ސަބަބު ނުބުންޏަސް ކުޑަކޮށް ޝީރީން އެވާހަކަ ހިއްސާކޮއްލިއެވެ. ލައިލާވެސް ހިނިތުންވެލީ ޝީރީން އުފާވެފައި ހުންނަތަން ނުފެންނަތާ ދުވަސްވުމުން އެކަމާ އުފާވުމުންނެވެ.

“ދަރިފުޅާ ބަސްއަހައިގެން އިނދެބަަލަ.. އައްދޯ ވެދާނެ.” ސިޓިން ރޫމްގައި ދެކޮޅަށް ދުވަމުން ދުވަމުން ދިޔަ އަޔާނާ އާއި ދިމާލަށް ޝީޔާމާއަށް އެހެން ބުނެވުނު އަދަދު ނޭނގެއެެވެ. އެެހެން ނަމަވެސް މާހައުލުގެ ތަފަތުކަމުން އަޔާނާ ދިޔައީ އެކަނި މަޖާކޮށް ސަކަރާތް ޖަހަމުންނެވެ. ޝިޔަމާ އެހެން ބުނެލާ ކޮންމެ ވަގުތަކު އަޔާނާގެ ކުޑަ ހިނިގަނޑު މުޅި ގޭގައި ގުގުމާލަނީ އަޔާނާއަށް މަޖާވުމުންނެވެ. އެގޮތަށް އަޔާނާ ޖަހާލާ ކޮންމެ ހިނިގަނޑާއެކު ޝިޔާމާއަށްވެސް ހެވެނީ ލޯބިކަމުންނެވެ. ދުވަމުން ދުވަމުން ދިޔަ އަޔާނާ ވެއްޓުނީ ގެއަށް ވަދެގެން އައި ޝީރީންގެ ގައިގަ ޖެހިއެެވެ. ޖެހުނުލެއް ބާރުކަމުން އަޔާނާގޮސް ވެއްޓުނީ ޓައިލްސްތަކުގެ މައްޗަށެވެ.

“ޔާޔާ…. އައްދޯ ވީތަ..” އަޔާނާ ނަގަމުން ލައިލާ އުރާލީ ބުރަކަށީގައި ފިރުމާލަމުންނެވެ.  “ޝީރީން ދަރިފުޅާ ގުޅާބަލަ މަނިކުއަށް… މަގޭ އަޔާނާ” ޝިޔާމާއަށް އަޔާނާގެ ފައިގެ ކަކޫކައިރިން ނެގިފައި އިން ބޮޑު މަސްގަނޑެއް ފެނި ތެޅިގަނެވުނެވެ. ޝިޔާމާ އެހެން ބުނުމުން ލައިލާވެސް ބަލާލިއެވެ. އޭރު ލައިލާ ލައިގެން އިން ނޫ ހެދުމުގެ ފަސްބައިން ލޭގެ ރޮނގެއް ފާއްދާލައިފައި ހުއްޓެވެ. ހުއްޓާނުލާ އަޔާނާ ދިޔައީ ރޮއި ގިސްލަމުންނެވެ.

“އަން…” އަތުގައި އޮތް ފޯނު ޝަޔާމާއަތަށް ދިއްކޮއްލުމައްފަހު ޝީރީން މިސްރާބު ޖެހީ ކޮޓަރިއާ ދިމާލަށެވެ. ޝިޔާމާ އެވަގުތު ޝިރީންއަށް ގޮވަން ހިތައް އަރާފައިވެސް އަވަސްކޮށް މަނިކުއާ ވާހަކަދެއްކީ އަޔާނާގެ ހަބަރު ދިނުމަށެވެ.

“މަންމާ އަވަހަށް ޓެކްސީއަކަށް އަރައިގެން ދޭ އޭޑީކޭއަށް.. އަޅުގަނޑުވެސް މިދަނީ… ” މަނިކު އެހެން ބުނުމުން ޝިޔާމާ ދިޔައީ ޝީރީންއަށް ގޮވުމަށެވެ. “ދަރިފުޅާ ހިނގާދާން މަންމަމެންނާއެކު އޭޑީކޭއަށް… އޭރުން އަޔާނާވެސް ހިތްހަމަ ޖެހޭނީ…” ޝިޔާމާ އެހެން ބުނުމުން ޝީރީން ދެހިޔާލެއްގައި އިނދެ ހިނގައިގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ. އޭރު ޝިޔާމާގެ މޫނުމަތިން ހިނިތުންވުން ފާޅުވެއެވެ.

ހޮސްޕިޓަލްއަށް ދެވުމާއެކު އަޔާނާ ގެންދެވުނީ އެމެންޖެންސީ ރޫމަށެވެ. ކަންދިމާކުރި ގޮތުން އެވަގުތު ޑިއުޓީގައި ހުންނެވީ ޑރ އިޔާޒްއެވެ.

އެމެޖެންސީ ރޫމް ދޮރުމަތީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި މަނިކުގެ މޫނުމަތިން ފެނިގެންދަނީ ހާސްކަމެވެ. ދެންތިބި އެންމެން ގޮނޑިބަރީގައި އިށީދެގެން އިން އިރު ޝިރީން އިނީ ގެއަށްދާން ބޭނުންވެފައެވެ. ލައިލާވެސް އިރު އިރުކޮޅާ ނަދީމްއަަށް ބަލާލަނީ ވާހަކަދައްކަން ބޭނުންވެފަވާލެއް ބޮޑުކަމުންނެވެ.

“ޑޮކްޓަރ” އެމެޖެންސީ ރޫމްއިން ނިކުތް ޑރ އިޔާޒް ފެނި މަނިކު ގޮވާލީ ވެގެން އުޅޭގޮތެއް އެނގެން ބޭނުންވާ ހާލުގައެވެ. “މިހާރު ބޭސްއަޅާފަ އިންނާނީ.. އެކަމަކު އަދި އިރުކޮޅަކު އެބަޖެހޭ ބާއްވާލަން… ޓެސްޓްތަކެއް ހެދީމަ އެނގޭނީ ވާނުވާއެއް… ވޯޑަށް އިރުކޮޅަކުން ބަދަލް ކުރާނެ… ” އެހެން ބުނެ ޑޮކްޓަރ މިސްރާބު ޖެހީ ޑޮކްޓަރުންގެ ކޮަޓަރިއާ ދިމާލަށެވެ.

“މަންމާ…” ވަރުބަލިކަން އެކުލެވިގެންވާ އަޑަކުން މަނިކު ޝިޔާމާއަށް ގޮވާލިއިރު އެ އަޑުގައި ރިހުމެއްވިއެވެ. ޝީޔާމާއަށް މަނިކުގެ ހާލަތު އެނގޭކަަލައެވެ. ހުރިހާކަމެއްވެސް ރަނގަޅުވާނޭ ބުނެ މަނިކުގެ ބުރަކަށީގައި ފިރުމާލިއެވެ.

“ދަރިފުޅުމެން ދާންވީނުދެން ފަހުން އަންނަން… މަންމައާއި މަނިކު މަޑުކުރާނަން” ޝިޔާމާ އެހެން ބުނުމުން ޝީރީންއަށް ހިނތުންވެވުނީ ދަތްތަށް ފެންނަވަރަށެވެ. “ޝިޔާމައްތާ އަޅުގަނޑު މަޑުކުރާނަން…” ލައިލާ އެހެން ބުނެ ނަދީމްއާއި ދިމާލަށް ބަލާލި ވަގުތަކީ ނަދީމްވެސް ލައިލާއާއި ދިމާލަށް ބަލާލި ވަގުތެވެ. “އޭރުން ޝީރީންދާންޖެހޭނީ އެކަންޏެއްނު… ދެން ލައިލާވެސް ދޭ…” ޝިޔާމާއަށް ލައިލާ އެދޭގޮަތަށް އެއްބަސް ނުވެވުނެވެ. ހުރިހާއެންެމެން ހޮސްޕިޓަލްގައި ތިބުން ރަނގަޅެއް ނުވާނޭ ޝީޔާމާ ބުންޏެވެ.

“މަންމާ އަޅުގަނޑު ދާނީ ކާރުގަ… ފެންވެސްވަރަން ބޭނުން..” ޝީރީން ގެއަށް ދާންބޭނުންވާ ސަބަބުތަށް ކިޔަދިނެވެ. ޝިޔާމާ ބޯޖަލާމުން ޝީރީން އަވަސް އަަވަހަށް ހޮސްޕިޓަލްއިން ނިކުތީ ގެއާ ދިމާލަށް ދިޔުމަށެވެ.

“ލައިލާވެސް ދޭ… ހެނދުނު ބާޒާރަށް ނިކުތް ގޮތަށް ތީނީ.. ވަރުބަލިވެސް ވާނެ…” ޝިޔާމާ ކުރުނުކުރުމުން އެންމެފަހުން ލައިލާ އެއްބަސްވިއެވެ. މަޑު ހިނގުމެއްގައި ހޮސްޕިޓަލްއިން ނިކުތް ލައިލާގެ ފަހަތުން ނަދީމް އައީ ލައިލާއަށް ނޭނގޭނެހެންނެވެ. ލައިލާއާއި ނަދީމް ދިޔަ ދިމާލަށް މަނިކު ބަލަން ހުރެ ފުންނޭވާއެއް ދޫކޮއްލީ ހިނިތުންވެލަމުންނެވެ.

“ނަދީމް….” ހޮސްޕިޓަލްއިން ބޭރަށް ނިކުމެވުމާއެކު ލައިލާ ފަސްއެނބުރުނީ ނަދީމްއާއި އާއި ދިމާލަށް ބަލަމުންނެވެ. ލައިލާއަށް ނަދީމް ހުރިކަން އެނގުމުން ނަދީމްއަށް ލިބިގެން ދިޔަ ހައިރާންކަން ލައިލާއަށްވެސް ފާހަގަ ކުރެވުނެވެ. “ލޯގަނޑުން ފެނުނީ…. ނަދީމް ތިހުންނަނީ ލައީއާއި ވާހަކަ ނުދައްކަން ހުވާ ކޮއްގެންތަ..” މަގުގެ އެއްފަރާތަކަށް ހުއްޓެމުން ލައިލާ ނަދީމްގެ ލޮލާ ހަތަރުކަޅި ހަމަކޮއްލިއެވެ. “ލައީވެސް ބޭނުމެއްނުވެ އެއްނު… ދެން ކޮބާ ވާހަކަ ދެއްކުމުގެ ބޭނުމެއް…” ލަައިގެން އިން ސޯޓުގެ ޖީބަށް އަތްޖަހާލަމުން ނަދީމް ދުރަށް ބަލާލިއެވެ. “އެހެންތަ.. ނަދީމްއަށް ދޯ އެނގޭނީ…” ލައިލާއަަށް ނަދީމްދެކެ ރުޅިއާދެވުނެވެ. “ލައީ…. ހިނގާ އަަރެން ގެއަށް ލައިދޭނަން…” ރުޅިވެރިކަމާއެކު ހިނގައިގަތް ލައިލާގެ އަތުގައު ނަދީމް ހިފިއެވެ. ” އެކަނި ގޮސްދާނަން…” ނަދީމްގެ އަތް ފޮޅުވާލަމުން ލައިލާ ކުރިއަށް ހިނގައިގަތެވެ. ލައިލާގެ ފަހަތުން އޭރުވެސް ނަދީމް އާދެއެވެ.

…….

“ބޭބީ ހީނުކުރަން ގުޅާލާއިރަށް އަންނާނެކަމަކަށް… ” މޯންޑޭގެ އެ ތަނަވަސް މޭމަތީގައި ބޯއަޅާލަމުން ޝީރީން އެ ހަށިގަނޑިގައި ބައްދާލިއެވެ. “ހީވޭތަ ނާންނާނެހެން.. ތީ އަހަރެންގެ ޖާނާ ފުރާނައެއްނު… އައި ލަވްޔޫ އޭ…. މިހާރު ވަރަށް ލޯބި އެނގޭ…” ޝީރީންގެ ހާމައަށް އޮތް ބުރަކަށީގައި ފިރުމާލަމުން މޯންޑޭ ޝީރީންގެ އެ ކަނދުރާއިން ވަސްގަނެލިއެވެ.އަދި ހީލިކަރުވާލީ އިތުރަށް އެ ވަގުތުކޮޅަށް ފުރިހަމަކަމެއް ގެނުވުމަށެވެ. ދެން އިވިގެން ދިޔައީ މުޅި ކޮޓަރިން ދެ ޒުވާނުންގެ ހުނުމުގެ އަޑެއެެވެ.

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ހިތް ބޭނުމޭ….1

Next

ވާލޯބި އެނގޭނަމަ… 9

Next
November 5, 2016

ވާލޯބި އެނގޭނަމަ… 9

Previews
November 5, 2016

ހިތް ބޭނުމޭ….1

12 Comments!

  1. kamana says:
    November 5, 2016 at 3:16 pm

    heyyy guyxxx… here is the next part… hope mi pArt ves kamudAane kamah… :* :*

  2. Luyuna says:
    November 5, 2016 at 3:32 pm

    vvvv reethi

  3. Inee says:
    November 5, 2016 at 3:36 pm

    Varah varah reethi

  4. Shaa says:
    November 5, 2016 at 4:45 pm

    reethi ekam kuru

  5. ₩ says:
    November 5, 2016 at 5:49 pm

    Kamudhiya ekamak maakuree

  6. ₩ says:
    November 5, 2016 at 5:51 pm

    Dhen konirakun next part othee

  7. Qeen says:
    November 5, 2016 at 6:44 pm

    Kamana haadha Kurey

  8. Aik says:
    November 7, 2016 at 2:55 pm

    Pls up kohdybala

  9. Mai says:
    November 14, 2016 at 3:51 pm

    Vaahakaige half liyanyaa vaahaka nuliye huhtaalaa

  10. Sim says:
    November 24, 2016 at 7:00 pm

    Hey kamana koba nxt part?avahah up kohdhybala

  11. ~Angel says:
    November 30, 2016 at 7:00 pm

    When Nxt part…Pls Avahah Up kohbala………

  12. Butterfly says:
    August 9, 2019 at 10:22 pm

    WOW

Comments are closed.

Next Episodeއިންތިހާއަށް އާދޭސް 15…←


All Right Reserved!