ސިގިރެޓެއް ނަގާ ރޮއެކޮށްލަމުން ޝާރިމް ބުންޏެވެ. “އާނ. ޝަރީފައްތަ. ވަރަށް މީރުކޮށް ކައްކާނެ. އެގޭ ކުދިން ވެސް” ލޫކް ހިޔާލަކަށް ގެއްލިފައި އިނދެ ބުންޏެވެ. “އޭނ! ކޮންގެއަކު މީހެއް އެއީ” ޝާރިމް ސުވާލުކުރިއެވެ. “އެއީ ތ.ގުރައިދޫ ޕޮލިސް ސްޓޭޝަނަށް ކާން ގެންނަ ދައްތަ” އަތުގައި އޮތް މޯބައިލް ފޯނުގެ ޑިސްޕްލޭގައި އިނގިލިން މަޑުމަޑުން ތަޅާލަ ތަޅާލަ އިން ލޫކް ބުންޏެވެ. “ކީކޭ! ކައެ ހަމަތަ ބުރޯ. ޝަރީފައްތަ ވީ ކޮންމެ ގަޑިއަކު ކައްކައިގެން މިރަށަށް ކާން ގެންނަން. އެވެސް ފެރީގަ. ކޮންކަމަކާ ކައެ ކަޓާފަ ތީނީ” ލޫކް އިން ގޮތުން ޝާރިމް އަހާލިއެވެ.
“އަނެއްކާ އެމަންޖެ އެއީ އެރަށު…..” އެއްޗެއް ހަނދާންވާ ކަހަލަ ގޮތަކަށް ޝާރިމް ބުންޏެވެ. “ޔެސް…ވަރަށް ވަރަށް ބޮޑަށް ހަނދާން އެބަވޭ” ލޫކް މޭޒުގައި ބޯޖެހިއެވެ. އެކުވެރިޔާގެ ހާލު ފެނިފައި ޝާރިމް ދެރަވިިއެވެ. ނަމަވެސް މިވަގުތު ޝައިމް އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ލޫކްގެ ކޮނޑުގައި ޖަހާލީ ހިތްވަރު ދެމުންނެވެ. “ދެން ކިހިނެއް ހަދަން ތިވިސްނަނީ” ޝާރިމް ވާހަކަދެއްކިއެވެ. “ކިހިނެއް ހެދޭނީ. ލައި މަތިން ހަނދާން ނައްތާލުން ނޫން ކޮން ގޮތެއް މަށަށް އޮތީ. ބުނެބަލަ ވަރަށް ފަސޭހައިން މިކަން ކުރާނެ ގޮތެއް ” މޭޒުމަތިން ބޯ އުފުލާލަމުން ލޫކް ބުންޏެވެ. “ކީކޭ ބުނާނީ. ތިދިރިއުޅުމާއިގެން ކައެ ކުރިއަށް ދާން ބޭނުންވަންޏާ މިހާރުގެ އަންހެނުންނަށް ލޯބިދީގެން ހަމަޖެހިގެން ނޯމަލް ލައިފެއް އުޅެވޭތޯ ބަލާ. ކައިވެނިކުރިތާ ހަފްތާއެއް ވީއިރު އަނބި މަންޖެއަށް އަދި ކައިވެނީގެ ފުރަތަމަ ރެއެއް ނާދޭ. އެހެންވެސް ނުވާނެ ދޯ ހަދާކަށް. އޭނާގެ ވެސް ހައްގުތަކެއް ވާނެ. ނަސީބެއް ފިރިމީހާގެ ހައްގު ހޯދަންށޭ ކިޔާފަ އެމަންޖެ ކޯރޓަށް ނުދާކަން ވެސް. ހެހެހެ… ” ޝާރިމްގެ ބާރު އަޑުން ހިނިގަނޑެއް ޖަހާލުމުން ލޫކް އަށް ވެސް ހެވުނެވެ.
އޮއޭސިސްގޭ ދޮރުމަތީގައި ހުރި އަލްޔާ އިންތިޒާރުއެކުރަނީ ޝައިމް އަންނާނަމޭ ބުނެފައި އޮތީމައެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާލަމުން ހިނގައިގަތްތަނާ އަތުގައި އޮތް ފޯނު ބިންމައްޗަށް ވެއްޓުމުން ނަގަން ތިރިވެލި އަލްޔާގެ ނަޒަރު ހުއްޓުނީ ބިންމަތިން ފެނުނު ކެޝުއަލް ބޫޓަކަށެވެ. އިސްއުފުލާ އަލްޔާ ބަލާލިއެވެ. ކުރިމަތިން އަލްޔާ އަށް ޝައިމް ފެނުމުން އަވަސް އަވަހަށް ފޯނު ހިފައިގެން ތެދުވިއެވެ. ޝައިމް ބަހެއް ނުބުނާތީ ދެވަނަ ފަހަރަށް އަލްޔާ ޝައިމް އަށް ބަލާލިއެވެ. ޝައިމް އަލްޔާ އަށް ބަލަހައްޓައިގެން ހުރިތަން ފެނުމުން އަލްޔާ ހީލެވޭތޯ ބެލިއެވެ. ހިތްބުނި ކަހަލައެވެ. އެއީ ވާންއުޅޭ ފިރިމީހާއެވެ. ޝައިމް ލައިގެން ހުރި ގަދަ ފިޔާތޮށީކުލައިގެ އަތްކުރު ޓީޝާޓުން ވެސް ބާމަތިފުޅާ ހަށިގަނޑަށް ސާބަސްދޭހާ ވެއެވެ.
މާދޮންނޫން މޫނުމަތީގައިވާ ތުންފަތްމައްޗަށް ވެރިވެފައިވާ ހިނިތުންވުން އަލްޔާ ރަކިކޮށްލަން އުޅޭ ކަހަލައެވެ. އިސްޖަހާލި އަލްޔާގެ ތުންފަތް ރަކިގޮތަކަށް ހަރަކާތްކޮށްލިތަން ފެނުމުން ޝައިމް ހީލިއެވެ. ކޮންފަދަ ފުރިހަމަކަމެއް ހެއްޔެވެ؟ “އަމްމްމްމ…. ފުރިހަމަ ކަމުގެ ހައްދެއް ނެތް…މާޝާﷲ” އިސްޖަހާލައިގެން ހުރި އަލްޔާގެ މޫނަށް ޝައިމްގެ ނަޒަރު އަމާޒުވެފައިވިޔަސް އަލްޔާ ބަލާލުމުގެ ކުރިން އުޑުމައްޗަށް ބަލަން ފެށިއެވެ. “ވަޓް…މިބުނީ… އާނ..ވަރަށް ފުރިހަމަ” އަލްޔާ ވެސް އެއްޗެއް ބުނެލެވޭތޯ މަސައްކަތްކޮށްލިއެވެ. “އެހެންތަ؟ ކޯއްޗެއް ލައި އަށް ފުރިހަމަވީ. މަށަށް ފުރިަހަމަވީ ފެންނަން ހުރި” އަލްޔާ ފުރަގަހަށް އެނބުރިލީ ލަދުގަތް ވަރުންނެވެ.
އަލްޔާ ފެނިއްޖިއްޔާ ޝައިމްގެ އަބަދުގެ ވެސް އާދައަކީ އެއީ އެއީއެވެ. އަލްޔާ އަށް ތައުރީފް ކުރުމުން ޝައިމްގެ ހިތަށް އާދަޔާހިލާފަށް އުފާވެރިކަން އިހުސާސް ކުރެވެނީއެވެ. ނަމަވެސް އަލްޔާ އަށް އުނދަގުވަނީއެވެ. އެލަފްޒުތައް އަޑުއަހަން އަލްޔާ ބޭނުންވަނީ ޝައިމްގެ ފަރާތަކުން ނޫނެވެ. އެދެވެނީ ލޫކަށެވެ. “މިރޭގެ ހަނދު ފުރިހަމަ ވާހަކައޭ ބުނަން އުޅުނީ. ލައިގެ ވާހަކައެއް ނޫން” އަލްޔާ ކުރިމައްޗަށް އަރަމުން ޝައިމް ބުންޏެވެ. އަލްޔާ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. ޝައިމް ދިއްކޮށްލި އަތުގައި އަލްޔާ ހިފާލީ އެއީ މުސްތަގުބަލުގައި އަލްޔާގެ ފިރިމީހާ ކަމުގައި ހަނދާންވުމުންނެވެ. ކިތަންމެ ނޫން ކަމަށް ހެދިޔަސް ހަގީގަތަކީ އެއީ އެވެ. އަލްޔާ އަށް އޮތް ގޮތަކީ ލޫކް މަތިން ހަނދާން ނައްތާލުމަށްފަހު ޝައިމްގެ އަތުގައި ހިފައިގެން ކުރިއަށް ދިއުމެވެ. ކުރިއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއިއެކު އަލްޔާ ހިތަށް ނުތަނަވަސްކަން ލިބެމުން ދިޔައެވެ. ސުވާލަކީ އަލްޔާ އަށް ލޫކް މަތިން ހަނދާން ނައްތާލެވިދާނެތޯއެވެ.
ވޭތުވަމުންދާ ކޮންމެ ދުވަހެއްގައި ލޫކްގެ ހަނދާންތަކާއި ދުރުވެވޭތޯ އަލްޔާ ކުރަމުންދާ މަސައްކަތް ދަނީ ނާކާމިޔާބު ވަމުންނެވެ. އެކަމާއި އަލްޔާ ހިޔާލު ބަދަލުކުރީ ސަޖޫލާއެވެ. ސަޖޫލް އަލްޔާ އަށް ނަސޭހަހްތެރިވީ ހިތްވަރާއެކު ކުރިއަށް ދިއުމަށެވެ. ކޮންމެ ކަމެއް ވެސް ކާމިޔާބުވާން ވަގުތު ނަގާނެކަމުގައި ބުނެ އަލްޔާގެ އުއްމީދުތައް އާކޮށްދިނެވެ.
ސްކޫލްގެ ޕްރިންސިޕަލްގެ ބާތްޑޭ ޓްރީޓަށް ފަހު ގެއަށް ދާން ނިކުތްއިރު ކުޑަކުޑަކޮށް ވާރޭތިކި ޖަހަމުން ދިޔައެވެ. ސްކޫލްގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ވެސް އަލްޔާ އާއި ޝައިމް ކައިވެނިކުރަން އުޅޭކަން ވަނީ އެނގިފައެވެ. ހުރިހާ މީހުންވެސް އެދެމީހުންނަށް މަރުހަބާ ކިޔާ އެދުވަހަށް އިންތިޒާރުކުރާ ކަމަށް ވަނީ ބުނެފައެވެ. އެކަނި ހިނގާލާފައި ގެއަށް ދާން އަލްޔާ ބޭނުންވިޔަސް އެކުގައި ދާން ޝައިމް ބޭނުންވާ ކަމަށް ބުނުމުން އަލްޔާ އަށް ދެކޮޅަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. މަގުގެ އެއްފަރާތުން ހިނގާފައި ދެމީހުން އެކުގައި އައިރު ގިނައިން ވާހަކަދެއްކީ ޝައިމް އެވެ. އަލްޔާގެ މަޑުމައިތިރި ކަމާއި ލަދުރަކިކަން ފެނި ޝައިމް ހުރީ ދީވާނާވާވަރު ވެފައެވެ. ގެ ހުންނަ މަގަށް އެޅުމާއެކު ވާރޭ ބޯކޮށްލިއެވެ. އަލްޔާގެ އަތުގައި ހިފައިގެން ޝައިމް ދުވެލާފައި އެގޭ ދޯރާށްޓަށް ވަދެވުނުއިރު ކޮންމެވެސް ވަރަކަށް ދެމީހުން ވަނީ ތެމިފައެވެ.
މަގުމަތިން މީހެއްގެ ހިލަމެއް ވެސް ނުވާއިރު ޝައިމްގެ ދެލޯ ވަނީ ކުރިމަތިން ފެންނަން ހުރި ގުދުރަތުގެ އަޖައިބެއް ފަދަ ނިޔަނެތި އަލްޔާ އަށް އަމާޒުވެފައެވެ. މެއާއި ދިމާލުން ދެއަތް ހުރަސްކޮށްލައިގެން ހުރި އަލްޔާ އަށް ހުރީ ވަރަށް ބޮޑަށް ފިނިވެފައެވެ. އޮރެންޖް ކުލައިގެ ކަކުލާއި ހަމައަށް އަރާ ކުރުތާ ހެދުމުގައި އަލްޔާ ކިތަންމެހާ ވެސް ރީއްޗެވެ. ވަޔާއެކު ވާރޭތިކިތައް އަލްޔާގެ ހަށިގަނޑަށް ގޯނާ ކުރަން ފެށުމާއެކު ހީކަރުވައި ގަނެގެން ދަތްދޮޅި ތުރުތުރުލާން ފެށިއެވެ. ދޮރާއްޓާއި ހަމައިން ގޭ މައިދޮރާއި ހަމައަށް ދިޔަސް މީހާ އެއްކޮށް ތެމޭނެއެވެ. ވިދާލި ވިދުވަރާއެކު ޝައިމް އަށް އަލްޔާގެ މޫނަށް ބަލާލެވުނެވެ. އެހިނދު އަލްޔާގެ ފިޔާތޮށިކުލައިގެ ތުންފަތް ތުރުތުރުލާ މަންޒަރު ފެނުމުން ހުރިހާ ކަމެއް މަތިން ހަނދާން ނެތުނު ކަހަލައެވެެ. އަލްޔާ އާއި ކައިރިއަށް ޖެހިލާ ދަތްދޮޅިދަށަށް ޝައިމްގެ އެތް އިނގިލި ލައްވާލުމަށްފަހު މައްޗަށް ހިއްލާލިއެވެ.
އަލްޔާގެ ލޯ ޝައިމްގެ ދެލޮލާއި އަމާޒުވި ވަގުތު ޝައިމް މޫނު ކައިރިކޮށްލީ އެހަށިގަނޑުގައި އުފެދިފައިވާ ހައިޖާނުގަނޑު މަތަކޮށްލުމުގެ ބޭނުމުގައެވެ. އަލްޔާގެ މޫނަށް ޝައިމްގެ ނޭވާގެ ހޫނުކަން އިހުސާސްވި ހިނދު ދެލޯ މަރާލެވުނު އިރު ހިތުގެ ތެޅުން ދަނީ ހިނދުކޮޅަކަށް ވުރެ ހިނދުކޮޅެއް ބާރު ވަމުންނެވެ. ދެއަތުން ހެދުމުގެ ދެއަރިމަތީގައި ބާރަކަށް ހިފަހައްޓާލއިގެން ހުރިއިރު އެފުރުސަތު އަލްޔާގެ ފަރާތުން ޝައިމް އަށް ދެވިދާނެކަމާމެދު ޝައްކެވެ. ސަބަބަކީ މިވަގުތުކޮޅުގައި ވެސް އަލްޔާގެ ސިކުނޑީގައި ރޯލްވަމުންދަނީ އެފަދަ ވަގުތުތަކުގައި ލޫކްް އަލްޔާ އަށް ދީފައިވާ ލޯބިވެތި ހަނދާންތަކެވެ. ދެލޯމަރާ ބާރުކޮށްގެން ހުރި އަލްޔާ ސިކުނޑިއަށް އެތައް ބާރެއްލުމުން ވެސް ސިކުނޑީގައި އެނބުރެމުންދިޔަ ލޫކް ގެ ތަސްވީރު ނެރެލެވޭ ގޮތެއް ނުވިއެވެ.
ބަދަލުގައި ލޫކް ގެ ހިތްގައިމު ސޫރަ ހިޔާލަށް ފެންނަން ފެށުމުން ތެޅިގަނެފައި ދެލޯ ހުޅުވާލިއެވެ. އަލްޔ އަށް ޝައިމްގެ މޫނު އެހާ ކައިރިން ފެނުމުން ވީގޮތެއް ވެސް ނޭނގުނެވެ. ޝައިމްގެ މޭގައި އަތްއަޅާ ދުރަށް ކޮށްޕާލެވުނެވެ. ޝައިމް ސިހިފައި ފަހަތަށް އަރިއަޅާ ނުލީ ޓައިމަށް ބެލެންސް ކޮށްލެވުމުންނެވެ. ކުރެވުނު ކަންތައް ހިތަށް އެރުމުން އަލްޔާ ދެރަވިއެވެ. އެއީ އަލްޔާ ކަންތައް ކޮށްގެންވާނެ ގޮތެއް ނޫނޭ ހިތަށް އެރިއެވެ. ޝައިމް އަށް ބަލާލަން ވެސް އަލްޔާ އަށް ނުކެރުނެވެ. ވާރޭ ތެރޭގައި ދުވެފައި ގޮސް ގެއަށް ވަދެ ދޮރުލައްޕާލީ އިރު ޝައިމް ހުރީ ހަމަ އެފިޔަވަޅުމަތީގައި އަމިއްލަ ނަފްސު ކުށްވެރިކޮށްގެންނެވެ. ނަފްސް ކޮންޓްރޯލް ނުކުރެވުނީތީ އިންތިހާ އަށް ރުޅިއައިއްސައެވެ. ކައިވެނީގެ ފަހުން އެކަހަލަ އެތައް ފުރުސަތު ތަކެއް ލިބިގެންދާނެކަން އެނގޭ އިރު ވެސް އަލްޔާ ކަންތައް ކުރި ގޮތުން ދެރަވެސް ވެފައެވެ.
ނިދަން އެނދަށް އެރި އަލްޔާ ގައިމަތީގައި ރަޖާގަނޑު އަޅާ ދެލޯމެރީ ހިތަށް ހަމަޖެހުމެއް ހޯދާދިނުމުގެ މަގްސަދުގައެވެ. ޝައިމް އާއި މެދު ކަންތައް ކުރެވުނު ގޮތުން އަލްޔާ ކަންތައްބޮޑު ވިޔަސް މެސެޖެއް ވެސް ކޮށްލާކަށް ނުކެރުނެވެ. ރޮވެން އުޅޭ ކަހަލަ އިހުސާސެއް ކުރެވުމުން ރަޖާ ބޮލުގަޔާއި އެއްކޮށް އަޅާލީއެވެ. ނަތީޖާއަކަށްވީ ލޫކްގެ ހަނދާންތަކުން އަނެއްކާ ވެސް އަލްޔާ އަޑުވީއްލާ ގިސްލެވެން ފެށުމުންނެވެ. ހަޔާތުގެ ބައިވެރިޔާ އާއި އެކީގައި ލޫކް އުފަލާއި މަޖަލުގައި ދުވަސްތައް ގުނަމުންދާއިރު އެފަދަ ދުވަސްތަކެއް އަލްޔާ އަށް ނެތީބާއޭ ހިތަށް އަރަމުން ދިޔައެވެ. ލޫކްގެ ހަނދާންތައް ދުވަހަކު ވެސް އަލްޔާގެ ހިތުން ނުފިލާނީ ހެއްޔެވެ؟ މަޑުމަޑުން ނިދެމުން ދިޔައިއރު ފޯނަށް މެސެޖެއް އައިކަން އެނގުމުން ބަލާލިއިރު މާފަށް އެދިފައި ޝައިމް ފޮނުވާފައިވާ އިބާރާތްކޮޅު ވަރަށް ފަނޑުކޮށް އަލްޔާ އަށް ފެނުނެވެ.
ރޭގަނޑު ބާރަ ޖެހިއިރު ޑިއުޓީ ނިންމާލާފައި ކޮޓަރިއަށް ވަން ލޫކަށް އާދައިގެ ޑަބަލް ބެޑެއްގައި ނިދާފައި އޮތް މިކްހާ ފެނުނެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ ފަނޑުއަލިން މިކްހާގެ މޫނު ރަނގަޅަށް ނުފެންނާތީ އަލަމާރި ކައިރީގައި ހުރެ ޕޮލިސް ޔުނީފޯރމް ބޭލުމަށްފަހު ޓީޝާޓެއް ލިއެވެ. އަދި އެނދާއި ނިވާވެގެން ހުރެ ފަޓްލޫން ވެސް ބަދަލުކޮށްލިއެވެ. “ކެއިންތަ” ލޫކް ސިހުނީ މިކްހާގެ އަޑުންނެވެ. މިކްހާ އަދި ނުނިދަނީބާއޭ ހިތަށް އެރިއެވެ. “ހޫމް. ނުނިދަނީތަ” ލޫކް އަހާލިއެވެ. “އަދި ނާދޭ ނިންޖެއް” މިކްހާ ތެދުވެ އެނދުގައި އިށީނދެލިއެވެ. އަލަމާރި ކައިރީގައި މިކްހާ އަށް ބަލަން ހުރި ލޫކްގެ ސިކުނޑީގައި އެނބުރެމުން ދަނީ މިރޭ އެކުވެރި ޝާރިމް ދެއްކި ވާހަކަތަކެވެ.
“އަޅެ މިރޭ ގޮސް ވައިފްއާއި މިކަމާއި ބެހޭ ގޮތުން ވާހަކަދައްކަބަލަ. ވެދާނެއްނު ކައެގެ އިޝާރާތަކަށް އެމަންޖެ ބަލަބަލާ ހުންނަކަމަށް ވެސް. އެހެންނޫނަސް ތިގޮތަށް ކަންތައް ކުރުމުން ފާފަވެރިވާނީ ކައެ. އޭނާ އާއެކު އުފާވެރި ލައިފެއް އުޅޭށޭ މަގޭ ނަސޭހަތަކީ. ދެން ގޮތެއް ނިންމާނީ ކައެ” މަޑުމަޑުން ކުރިއަށް ފިޔަވަޅެއް އަޅާލި ލޫކް ގޮސް އިށީނީ މިކްހާ ކައިރީގައެވެ. އެންމެ ކައިރީގައި ހުރި ސްވިޗް ޖައްސާލުމާއެކު ކޮޓަރިތެރެ ހުދު އައްޔަކުން އަލިވެގެން ދިޔައެވެ.
“މިކް ކައިރީގައި ވާހަކައެއް ބުނަންވެގެން” މިކްހާގެ މޫނަށް ބަލާލަމުން ލޫކް ބުންޏެވެ. މިކްހާ ހީލިއެވެ. “މިއަންނަނީ ފާހާނާ އަށް ވަދެލާފަ” ލޫކް މީހަކާއި އިންނަން ވާއިރަށް އެކޮޓަރިއާއި އިންވެގެން ހަދާފައި ހުރި ވަގުތީ ފާހާނާ އަށް މިކްހާ ދިޔަ މަންޒަރު ބަލަން ލޫކް އިނެވެ. މިކްހާ އަކީ ވެސް ބަލާލަން ހުތުރު ކުއްޖެއް ނޫންެވެ. މުއްސަނދި ބައްޕައެއްގެ ހުރި ހަމައެކަނި ދަރިފުޅަށް ވިޔަސް ބޮޑާ ކަމާއި ކިބުރުވެރިކަން މޫނު މަތީގައި ނުވެއެވެ.
ލޫކާއި އެއްވަރުގެ އިސްކޮޅެއް މިކްހާ އަށް ލިބިފައިވާއިރު އިސްތަށިކޮޅު ވެސް ހުރީ ކަނދުރާއާއި ހަމައިގައެވެ. މިކްހާ އާއި ލޫކް އަކީ ތަންކޮޅެއް ކުރިން ދިމާވެފައި ތިބި ދެމީހުންނަށް ވުމުން އެކަކަށް ވެސް ބީރައްޓެހި ކަމެއް އިހުސާސެއް ނުކުރެވެއެވެ. މިކްހާ ފާހާނާ އަށް ވަދެ ދޮރު ކައިރިކޮށްލުމާއެކު ލޫކް ވިިސްނަންފެށިއެވެ. އަލްޔާ އާއި ވަކިން މި ދިރިއުޅުން ކުރިއަށް ގެންދެވިދާނެބާއެވެ؟ ލޫކްގެ ފަރާތުން ފިރިއެއްގެ ލޯބި އުނިނުކޮށް މިކްހާ އަށް ދެވިދާނެބާއެވެ؟ ކުރެވެން މިއުޅެނީ ރަނގަޅުކަމެއް ބާއެވެ؟ ކައިރީގައި މިކްހާ އިށީނުމުން ލޫކް ހީލިއެވެ. “ހޫމް.. ދެން ބުނެބަލަ ތިބުނަން އުޅޭ އެއްޗެއް” މިކްހާ އެނދަށް އަރާ އުނގަށް ބާލީސް ލަމުން ބުންޏެވެ. “މަށަށް އެނގޭ ކައިވެނީގެ ފަހުން އަދި މިގޮތަށް ވާހަކަދައްކާލަން ވެސް މިކް ކައިރީގައި ނީނދެވޭކަން. އެއީ ސަބަބެއް ނެތިއެއް ނޫން. މަށާ ދޭތެރެ ގޯސް ގޮތަކަށް ނުދެކުން ރަނގަޅު. އަސްލު ކުއްލިއަކަށް މިގޮތަށް ކައިވެނިކުރަން ޖެހުނީމަ.
ބުނަން މިއުޅޭ އެއްޗަކީ އަންބެއްގެ މަގާމުު މިކް އަށް ދޭން އަހަރެން ބޭނުން. މިގުޅުން ކުރިއަށް ގެންދަން ބޭނުން. މިކް ތެދުވެރިކަމާއެކު އުޅެން ހުރިހާ ދުވަހަކު ހަމަ އެގޮތުގައި އަހަރެން ވެސް ހުންނާނަން” މިކްހާގެ އަތް ތިލައިގާ ހިފާލަމުން ލޫކް ބުންޏެވެ. މިކްހާ ސިހިފައި ލޫކަށް ބަލާލިއިރު އެދެލޯ ވަނީ ކަރުނައިން ބަރާވެފައެވެ.
“ލޫކް ތިގޮތަށް ވާހަކަދެއްކީތީ އަހަރެން ވެސް ބުނެފާނަން ހަގީގަތެއް. އަހަރެން ލޫކާއި ކައިވެނި ކުރީ ލޯތްބަކުން ނޫން. އެންޑް މަށަށް އެނގޭ ލޫކް ވެސް ލޯބިން ނޫންކަން އިނީ. އެކަމަކު އެހެނޭ ކިޔާފައި އަހަރެން ބޭވަފާތެރިއެއް ނުވާނަން. މި ކައިވެންޏަށް މަށަށް މަޖުބޫރު ކުރީ ބައްޕަ. އަހަރެން ރައްޓެހިވެގެން އުޅުނު ފަރާން އާއި ބައްޕަ މަގާޔާ ނުވާތީ. ދުވަހެއްގައި ވެސް ހިއެއް ނުކުރަން ފަރާން ނޫން އެހެން މީހެއްގެ އަންބަކަށް ވާންޖެހިދާނެ ކަމަކަށް. އެކަމަކު ވެދިޔަ ކަމެއް ބަދަލެއް ނުކުރެވޭނެ. ފަހަރެއްގައި ލޫކް ވެސް ލޯބިވާ ނުވަތަ ގަޔާވާ ކުއްޖަކު ހުރެދާނެ” މިކްހާ ވާހަކަދައްކާ ނިމެންދެން ކަނުލާ އަޑު އަހަން އިން ލޫކް ހިތާ ހިތުން މިކްހާ އަށް ތައުރީފު ކުރިއެވެ.
“ޔެސް މަގޭ ވެސް ހުރޭ. ބަޓް މިކައިވެންޏަށް ފަހު އެކަން ނިމިއްޖެ” ލޫކް ވެސް ބުނެލިއެވެ. އެދެމެދުގައި ބަހެއް ނުކިޔާ މިނިޓްކޮޅެއް ވޭތުވުމަށްފަހު ލޫކް އިސްއުފުލާ މިކްހާ އަށް ބަލާލިއެވެ. “އެހެންވީމާ އަހަރެމެންގެ މިގުޅުމަށް އަދި ވަގުތު ބޭނުންވާނެ ދޯ. ހިނގާ އެހާ ތަނަށް ފްރެޑުންގެ ގޮތުގައި ތިބެން” ލޫކް ހީލާފައި މިކްހާ އާއި ސަލާންކޮށްލިއެވެ. މިކްހާ ވެސް ހީލަމުން ބޯޖަހާލިއެވެ.
ކުރިއަށް އޮތް ދުވަހަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަށް ވުމާއެކު މިޔާނާ ހާރަށް ރަނގަޅު އެއްޗެއް ކެއްކުމަށްޓަކައި ބަދިގެ ތެރޭގައި ހަރަކާތްތެރި ވަމުން ދިޔައެވެ. އަލްޔާ ވެސް މަންމަ އަށް އެހީވެދިނުމުގެ ގޮތުން މިރުސް ލާފައި އޮތް ރަތްމަހެއް އަވަނަށް ލާދިނެވެ. “މަންމާ! ޖޫނީ ކޮއްކޮއަށް ހުރިހާ ރޯދަތަކެއް ހިފޭނެ ދޯ މިފަހަރު” އަލްޔާ މިޔާނާ އާއި ވާހަކަދައްކަމުން ކާމޭޒު ކައިރީގައި ހުރި ގޮނޑިދަމާލާފައި އިށީނެވެ. “އިންޝާﷲ. ހިފޭނެ. އެކަމަކު ފުރަތަމަ ރޯދަވެސް ދަރިފުޅު ނުހިފަމެއްނު. ދަރިފުޅާ! ރޯދަ ނުހިފިޔަސް ރަނގަޅަށް ކައިގެން ހުންނައްޗެ. އަދި ބުނަން. އަޅުކަން ކުރެވޭނީ ހަމައެކަނި ރޯދަވެރިންނަކަށް ނޫން. ޤުރުޢާން ފޮތުގައި އަތް ނުލެވުނަސް ފޯނުން ބަލައިގެން ކިޔެވޭނެ. ޒިކުރު ވެސް ކިޔޭނެ. މިކަހަލަ ކަންތަކަށް ފަރުވާކުޑަ ނުކުރައްޗޭ. މަންމަ އަށް އެނގޭ މިހެން ބުނާ އިރު ވެސް ދަރިފުޅު ފަރުވާކުޑަ ނުކުރާނެކަން” މިޔާނާ ލޯތްބާއެކު އޭނާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ވިސްނާދިނެވެ. އަލްޔާ ވެސް މިޔާނާ ކޮށަމުން ދިޔަ ކެރެޓުން ފަހަރަކު ފޮއްޗެއްނަގާ ކަމުން ދިޔައިރު މަންމަގެ ވާހަކަތައް އަޑު އަހަމުން ދިޔައެވެ.
ރެއަކީ ވިއްސާރަ ރެއެއްކަމުން ސަޖޫލް ނިދުމަށްޓަކައި ރޭގަނޑު އެގާރަ ޖެހިއިރު ކޮޓަރިއަށް ވަދެއްޖެއެވެ. ޝަރީފާ ކުޑަކޮށް ބަލިކޮށް އުޅޭތީ ހާރަށް ކައްކާ ޕޮލިސް ސްޓޭޝަނަށް ވެސް ކައްކާ ހެދީ ސަޖޫލް އެކަންޏެވެ. ރޯދަމަހަށް ސްކޫލްތައް ބަންދުކޮށްފައި ވާތީ ބަތޫލް ވެސް ހުރީ ރަށަށް އައިހެވެ. ސަޖޫލް ރައްޓެހިވެގެން އުޅޭ ޒިލާލަށް ގުޅުމަށްޓަކައި ފޯނު ހުޅުވާލި ވަގުތު ކޮޓަރީ ދޮރުގައި ޓަކި ދޭ އަޑު އިވުނެވެ. ސަޖޫލް ދޮރު ހުޅުވާލިއިރު ކުރިމަތީ ހުރި އާދަނު ފެނުމުން ސަޖޫލް ހީލިއެވެ. “ބައްޕަތަ؟ އަޅުގަނޑު ހުންނާނީ ބަރޯއަށް ހުރިހާ އެއްޗެއް އަރުވާފައި. މަންމަ ނިދާފަދޯ” އާދަނު ބޯޖަހާލުމުން ސަޖޫލް އަނެއްކާ ވެސް ކޮޓަރި ތަޅުލާ އެނދަށް އަރާ ހަމަޖެހިލިތަނާ ތަޅުގައި ތަޅާލިއެވެ.
“މަންމާ! ކިހިނެއްވީ؟ މާބޮޑަށް ތަދުވަނީތަ ފަޔަށް” ޝަރީފާ ފެނުމުން އަލްޔާ ކަންބޮޑުވިއެވެ. “ނޫނޭ ދަރިފުޅާ މަންމަ ކޮޓަރީގައި އެކަނި އޮތީމަ. ބައްޕަ އަދިވެސް ނާދޭ ފުލުހުންނަށް ކާންދީފަ. ގުގުރިއެއް ޖަހާފާނެތީ މިއައީ” ޝަރީފާ ބުނެލި އެއްޗަކުން ސަޖޫލް ހިނިއައެވެ. “މަންމާ އެކަމަކު… ދެން އާދޭ ބައްޕަ އަންނަން ދެން މިތާ އޮންނަން. އެކަމު ބަތޫލް ވެސް އެކަންޏެއްނު އޮތީ” ސަޖޫލްް ބުނުމުން ވެސް ޝަރީފާ އެކޮޓަރިއަށް ވަންނާކަށް ނޫޅުނެވެ.
“ނޫނޭ ދަރިފުޅާ! އަސްލު ވީގޮތަކީ މިރޭ ކުމްކުމް ބާގީ އައީ މަންމަ އަށް ނިދިފައި އޮތް ގަޑީގައި. މިގަޑީގައި އަންނާނެ ރިޕީޓް. އެހެންވެ އެބަލަން މިދަނީ” ޝަރީފާ ސަޖޫލްގެ އަތުގައި ހިފައިގެން ހުރެ ބުންޏެވެ. “އެކަމަކު މަންމާ!.. މަންމަ ދޭ ސިޓިންގްރޫމު ސޯފާގައި ތިބުނާ އެއްޗެއް ބަލަން އޮންނަން” ޝަރީފާ ބަލިކޮށް އުޅޭތީ އެއްޗެއް ބުނަން ސަޖޫލް ބޭނުމެއް ނުވިއެވެ. “ދަރިފުޅު ވެސް ހިނގާ…. މިރޭ ތަންނު އަށް ވަރަށް ވަރުދައްކާނެ އަބީ. ސަޖޫލް ވާނެ މިރޭ މަންމަ އަށް ފެށިގެން ނިމެންދެން އެމީހުން ދައްކާ ވާހަކަ ކިޔާދޭން. އެމީހުން ވެސް ދިވެހިން ވާހަކަދައްކާނަމަ މަންމަ އަށް އެނގުނީހެއްނު. އެމީހުން އެބަހުން އައުގުރާނު ގޮވިޔަސް މަންމައަކަށް ނޭނގޭނެ” ސަޖޫލް ދެފަރާތަށް ބޯތަޅުވާލުމަށްފަހު ޝަރީފާ އާއިއެކު ހިނގައިގަތީ އެނޫން ގޮތެއް ނެތީމައެވެ.
ގަޑިން މެންދުރުން އަނބުރާ ދޭއް ޖެހިއިރު ވަގުތު އެއީ މިޔާނާ ބަދިގެއަށް ވަން ވަގުތެވެ. ޓީވީއެމުން ދައްކާ މިވަގުތު ޝޯވް ބަލަން ތައްޔާރުވެގެން ޖުނާލް ސޯފާގައި އޮތެވެ. ޢަބްދުއްޝަކޫރު ޚަތިިމު ހިފައިގެން ގޯތި ތެރޭގައި ހުރި ޖަނބުރޯލު ގަސްދޮށު އިނެވެ. ބާޒާރުކޮށްގެން ގެއަށް އައިސް ވަން އަލްޔާ ބައްޕަ އަށް ހީލުމަށްފަހު ބަދިގެއަށް ވަދެގެން ދިޔައެވެ.
“މަންމާ! މިއަދު ކޯއްޗެއް ތައްޔާރުކުރަން ތިއުޅެނީ” ހުނިގާނަމުން ދިޔަ މިޔާނާ ކުރެން އަލްޔާ އަހާލިއެވެ. “ގެރިކިރު ބޯކިބާ ދަރިފުޅު އަޅާނަން ދޯ. މަންމަ މިއުޅެނީ ޕިއްޒާއެއް އަޅަންކަމަށް. ދެން ޖޫނީ ބުނި ހަނޑުލު ގުޅަ ހަދަން. ކީއްކުރަން މާބައިވަރު ހަދަނީ. ކުޑަ އެތިކޮޅެއް ހަދާނީ” މިޔާނާ ހުނިގޮނޑި ކަބަޑު ތެރެއަށް ވައްދާލަމުން ހުނިތަށި މޭޒުމަތީގައި ބެހެއްޓިއެވެ.
“މަންމަ އެހާ ބުރަކޮށް އުޅޭނެކަމެއް ނެތް. އަޅުގަނޑު ބޯކިބާ އަޅާފައި ރޮށިފިހަން ފަށާނީ. ރިހަ ވެސް ކައްކާލަފާނަން އަޅުގަނޑު” އަލްޔާ އޭނާގެ މަންމަ އަށް އަތް ގާތްކޮށްދެމުން ބުންޏެވެ. “ދަރިފުޅާ! މިގޭ ހުރިހާ އެންމެން ތާރާވީހަށް ނަމާދަށް ދިޔާމަ އެކަނި ގޭގައި އޮންނަން ފޫހިވަންޏާ ބޮއްތަގެއަށް ދޭ އެނގޭ. މަންމަ އައިއްސަ ގުޅީމަ އާދޭ” ކަބަޑުދަށުގައި ހުރި ފޮށިގަނޑަކުން ހައެއްކަ ބިސް ނަގާ ތައްޓަކަށް ލަމުން މިޔާނާ ބުންޏެވެ. “އަޅުގަނޑު ފޫއްސެއް ނުވާނެ މަންމާ” އަލްޔާ ގެރިކިރު ދަޅު ކަނޑަން ހުރެ ވާހަކަދެއްކިއެވެ. ގޭގައި މީހަކު ނޫޅޭ ވަގުތު ތަކުގައި ގެއަށް ޝައިމް ނުގެންނަން މިޔާނާ އަލްޔާ އަށް ވިސްނާދިނެވެ. “ދަރިފުޅަށް ވަރަށް އިތުބާރު ކުރަން. އެކަމަކު މަންމަ އަށް ރީތިގޮތެއް ނޫން އެއީ” ތަޅާފައި ހުރި ބިސްތޮށިތައް އެއްކޮށްލައިގެން ޑަސްބިނަށް އަޅާލަމުން މިޔާނާ ބުންޏެވެ. ޖަވާބުގައި އަލްޔާ ބުނި އެއްޗަކުން މިޔާނާ ސިހުންވިއެވެ. “މަންމާ! އަޅުގަނޑު ބޭނުމެއްނުވޭ ޝައިމް އާއި އެހާ ގިނައިން ވާހަކަދައްކާ ހަދާކަށް. އަޅުގަނޑު މާގަޔާވާ ކަމެއް ނޫން އެއީ. ދެން ކައިވެނި ކުރެވުނީމަ ކުރާނެ ކަމެއް ނޯންނާނެއް ނޫންތޯ” އަލްޔާ ގެ ވާހަކަތައް ހުރި ގޮތުން މިޔާނާ އަލްޔާ އަށް ބަލާލީ ތަފާތު ނަޒަރަކުންނެވެ. އެކަން އަލްޔާ އަށް އިހުސާސް ކުރެވުމުން އަވަހަށް ވާހަކައިގެ މިސްރާބު އެހެން ދިމާލަކަށް ބަދަލުކޮށްލިއެވެ.
ރޯދަމަސް ފަހުން އަންނަ ޝައްވާލުމަސް ތެރޭގައި އަލްޔާ އާއި ޝައިމްގެ ކައިވެނި ހަމަޖެހިފައިވާއިރު އެދެމީހުންނަކީ ދެއެކުވެރިންނަށް ވެ ނިމިއްޖެއެވެ. އަލްޔާ ވެސް ޝައިމް އާއި ކުދިކުދި ސަމާސާތައް ކުރެއެވެ. ނަމަވެސް ޝައިމް ލޯބިން ސަމާސާއެއް ކޮށްލިނަމަ އަލްޔާ މޫނުމަތިން ލަދުވެތިކަން ނޫން އެއްޗެއް ނުފެނެއެވެ. އަލްޔާ އާއި ބައްދަލުކުރުމަށްޓަކައި ކޮންމެރެއަކު ޝައިމް އޮއޭސިސް އަށް ދޭއެވެ. މިޔާނާ އާއި އަބްދުއްޝަކޫރު ޝައިމް ދެކެ އަމިއްލަ ދަރިއެއް ފަދައިން ލޯބިވެއެވެ. ޝައިމްގެ އަންބެއްގެ ގޮތުގައި ޝައިމްގެ ބާރުގެ ދަށަށް ދާންޖެހޭ ދުވަސް ކައިރިވާ ވަރަކަށް އަލްޔާ އަށް ދިޔައީ ނޭނގޭ އިހުސާސެއް ކުރުވަމުންނެވެ. ލޫކް އެނބުރި އަންނާނެ ދުވަހަކަށް މިހާރުވެސް އިންތިޒާރު ކުރެވޭ އިރު ޝައިމް އާއި އިނުމަށްފަހު މުޅިން ޖަލެއްގައި ހައްޔަރު ކުރެވުނީއެވެ. ކޮންމެގޮތެއް ވިޔަސް ފިރިމހާ އަށް ވަފާތެރި ކިޔަމަންތެރި އަންބަކަށްވާން އަލްޔާ ކުރެވުނުހާ މަސައްކަތެއް ކުރާނެއެވެ. ދެރައީ ލޫކް މަތިން ހަނދާންވުމާއެކު އަލްޔާގެ ހިތް ރޮށްވާލާތީއެވެ.
ލޫކް އަކީ ހާދަ އަނިޔާވެރި އިންސާނެކޭ އަލްޔާ ހިތަށް އަރައެވެ. ޒަހަމަކީ ހުސްއެކަނި ބޭރުން ފުށުން ފެންނަން ހުންނަ އެއްޗެއް ނޫން ކަން މިހާރު އަލްޔާ އަށް ވިސްނެއެވެ. ހަށިގަނޑުގެ ބޭރު ފުށުން ލަކުނެއްހާ ހިސާބު ނެތްއިރުގައި ވެސް އަލްޔާގެ ހިތް ވަނީ ލޫކްގެ ލޯތްބަށްޓަކައި ފަޅިފަޅި ވެފައެވެ. އެކަން ލޫކަށް އެނގޭ އިރު ވެސް ފަރުވާއެއް ދޭން ނާންނަނީ ކީއްވެގެން ހެއްޔެވެ؟
އެނދުގައި ފޯނުން ލޫކްގެ ފޮޓޯތަކަށް ބަލަން އޮތް އަލްޔާގެ ލޮލުން ކަރުނަ ހިލުނު ވަގުތު ސިހުނީ ފޯނަށް އައި ވައިބަރ މެސެޖަކުންނެވެ. ސަޖޫލް ކުރި ސުވާލަށް ޖަވާބު ދިނުމަށްފަހު ފޭސްބުކަށް ވަދެ ލޫކްގެ ޕްރޮފައިލް ހާވާލިތަނާ ފެނުނު ފޮޓޯއަކުން އަމިއްލަ ނަފްސުދެކެ އިންތިހާ އަށް ރުޅިއާދެވި އަތުގައި އޮތް ފޯނު ހޫރާލެވުނީ ކޮޓަރީގެ ފާރަށެވެ. މީހަކު ހޭލައިގެން އަޔަސް އަލްޔާގެ އެއްވެސް ފަރުވާލެއް ނެތެވެ. އިސާހިތަކު އަލްޔާ އަށް ގިސްލެވެން ފެށުނެވެ. ދުވަހަކު ވެސް ލޫކަށް މާފުނުކުރާނަމޭ ހިތަށް އަރަމުން ދިޔައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
35 Comments!
Comments are closed.





ކޮބާ ހުރިހާ ކުދިންގެ ހާލު ކިހިނެއްތަ؟ މިއޮތީ ނުވަވަނަ ބައި. ހުރިހާ ކުދިންނަށް ވެސް ކަމުދާނެ ކަމަށް ހީކުރަން. ވާހަކައިގާ ކުދިން ހިތްހަމަނުޖެހޭ ގޮތަށް ކަންތައްތައް ވަމުން ދިޔަސް ކުރިއަށް އޮތްތަނުގައި ވާހަކަ ވަރަށް ރީތިވާނެ އެނގޭ… 🙂 🙂 🙂
Vrh reethi story ingey…ekm Lai r look r gulhuvaathi?
thanx minty 🙂
Story hama v habeyzz ❤
thanx madhy 🙂
Masha allah v reethi lai n looku gulhuvah chay.
thanx shahina 🙂
Haadha furihama ey
thanx saadhu 🙂
Vvv reethi mibaives ❤
thanx Navya 🙂
V v reethi ..???
thanx nikyy 🙂
Vvv rythi.. exam ah ready vamun dhiya iruvx hithah ery miadhu up vaaney.. so nuhurevign mi kiyaaly.. v rythi.. waiting waiting..
Alhe alyaaha thihaa aniyaa nudhiba …anekaa fb ga inanee alyaa and look kiss kuri pic aneege …varah dheravee …alyaa aa look aa guluvachey
thanx Windy. luke ekahala photo eh nulaane kannenge dhw 🙂
thanx Ushaali story v reethi…ekamu look n lai nugulhuvaathy v dheravey..
thanx Dhondhooni 🙂 keikolla adhi rangalhu gotheh vaane kannenge 🙂
Kum kum baagy hahah shareefahtha evaarah balaa iru vx ehenmyhun dhw mijeheny translate kohdheyn. …vv rythi mi bai vX ….
hehehe… thanx Appy 🙂 ehcheh neyngunas shreefahtha varah balaahiy vey drma
V salhi
thanx alf 🙂
Vaahakaiga kae beynun kuraathy v huthuru kykey bunany kudhin
ohhhh.. so sorry Thaathi…. 🙁 aslu eynage style ga vahaka dhakka goi genesdheynvegen ehen liyunee. 🙂
Nice
thanx mari 🙂
V v reethi..v avaha looku n alyaa gulhuvahchey…
alhey dhn ehn nuhadhaba e kuhjaa fakyrah. bt story hama eh vana…..
Aslu mihen dhiyaimaey salhivaneeves. Story is awesome.
Wow stry v habeys ekam lai ah ehen nahadhabala aharen my lainama mihaaru onnaane haalevves neynge so sad n thanks mikahala thafaathu rom stry eh genesdheythy
Varah rythi story eh mee waiting for next part. N look aai alyaa aa gulhuvahchey. Plx..???
Varah reeethi vaaahaka..kohn iraku next part
ވަރަށް ރީތި މިބައިވެސް… ހީވަނީ ވާހަކަ ނިމޭއިރު ލޫކްއާއި އަލްޔާ ގުޅިގެންހެން ނިމޭނީ… 10ވަނަ ބަޔަށް އެބަ ވަރަށް އިންތިޒާރު ކުރެވޭ… 10ވަނަ ބައިވެސް އަވަސްކޮށްލައްޗޭ
nice
Plx avahah up kohdybala