Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތާޝަ (ދިހަވަނަ ބައި)

Ifaau Level 210 Stories
November 4, 2016 6 Mins Read
20 Comments

އަބަދުވެސް އޮފީހުގައި މީހުން ބުނަނީ މާޒް އަކީ ވަރަށް “ސްމާޓް އެންޑް އިންޓެލިޖެންޓް” މީހެކެވެ. ނަމަވެސް ތާޝާ އަހަރެންނަށް ކުރި ފުރަތަމަ ތައުރީފަކީ އެއީއެވެ. ތާޝާ ބުނެފިނަމަ ގަމާރަކަށް ވެގެންވެސް އަހަރެން އުޅެފާނަމެވެ.

އަނެއްދުވަހު އަހަރެންނަށް ހޭލެވުނީ 11ވެސް ޖެހިފަހުންނެވެ. ޗުއްޓީ ނެގި ފަހުން އަހަރެންނަށް ހޭލެވެނީ ވަރަށްވެސް ލަހުންނެވެ. އަނެއްކާ މާދަން އޮފީހަށްވެސް ނިކުންނަންޖެހޭނެއެވެ. މިއަދުވެސް މިހޭލެވުނީ ދެތިންފަހަރު މަންމަ ގޮވުމުންނެވެ. ތެދުވެގެން އަހަރެން ފެންވަރާލައިގެން ކޮޓަރިން ނިކުތްއިރު މަންމަހުރީ އަހަރެންނަށް ސައި ހަދާފައެވެ. ސައިބޮއެގެން އަހަރެން ނިކުތީ އޮފީސްކުއްޖެއް ގުޅުމުން ކޮފީއަކަށް ދާށެވެ. ނަމަވެސް އަހަރެން ލޮލުގައި އަޅައިގަތީ ހުޅުވިފައިހުރި އިލްޔާސްގެ ގޭގެ ދޮރެވެ. އަހަރެން މަޑުމަޑުން ހުޅުވިފައިހުރި ދޮރުން ގޭގެ އެތެރެޔަށް ބޯދިއްކޮށްލީމެވެ. އަހަރެންގެ ދެލޯ ބޮޑުވެގެންދިޔައީ ގޭގެ ސޯފާ ކައިރިޔަށް ވެއްޓިފައި އޮތް ތާޝާ ފެނުމުންނެވެ. ބަނޑުވަތަށް ވެއްޓިފައި އޮތްއިރު ހީވަނީ މީހަކު ކޮށްޕާލައިގެން ވެއްޓިފައި އޮތް ހެންނެވެ. ހައިރާންވެފައި އަހަރެން ބަލަން ހުރީ ތާޝާ އެއްގޮތަކަށް ތެދުވާން ނޫޅުމުންނެވެ. ހަމަ އެއޮތްގޮތަށް އޮވެގެން ގިސްލަ ގިސްލާފައި ރޮނީއެވެ. ހީވާގޮތުން ކޮންމެވެސް މީހަކު އޭނައަށް އަނިޔާއެއް ދިނީއެވެ. ކުއްލިޔަކަށް އަހަރެން ސިއްސައިގެން ދިޔައީ އަހަރެންގެ ފޯނު ރިންގުވާން ފެށުމުންނެވެ. ނަބީލް ލަސްވެގެން އަހަރެންނަށް ގުޅަނީއެވެ. އެވަގުތު އެއަޑަށް ތާޝާވެސް ބަލައިލިއެވެ. އަހަރެން އެތާ ހުއްޓައި ތާޝާއަށް ފެނުމުން އެނބުރުނީ އަނެއް ފަރާތަށެވެ. އަހަރެން ފޯނު ނުގުމަށްފަހު މިގަޑީގައި ދެވެން ނެތްކަމަށް ނަބީލް ކައިރީ ބުނެފައި ފޯނު ބޭއްވީމެވެ. އަހަރެން ފޯނު ބޭއްވުމުން އަނެއްކާވެސް ތާޝާ އަހަރެންނާއި ދިމަޔަށް ބަލައިލިއެވެ. އަހަރެން ވަންނަން އުޅުމުން ތާޝާ ބޯހޫރާލިއެވެ. އެބުނީ ނުވަންނާށޭކަން އަހަރެންނަށް ވިސްނުނެވެ. ނަމަވެސް ތާޝާ އެކަހަލަ ގޮތަކަށް އޮންނަންވީ ކީއްވެގެން ހެއްޔެވެ؟ ދެން އަހަރެންނަށް ފެނުނީ މަޑުމަޑުން ތާޝާ ތެދުވާތަނެވެ. ސޯފާގައި ހިފަހައްޓައިގެން ކޮޅަށް ތެދުވީ ވަރަށްވެސް އުނދަގުލުންނެވެ. ތާޝާ އުޅުން ހާލު ފެނިފައި އަހަރެންގެ އެއްއަތް އިޚްރިޔާރަކާ ނުލައި ތާޝާއާއި ދިމަޔަށް ދިއްކޮށްލެވުނެވެ. ކޮޅަށް ތެދުވުމަށްފަހު ތާޝާ އަންނަންފެށީ އަހަރެންނާއި ދިމާލަށެވެ. އޭރުވެސް ހޯސްލާފައި އެދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ތާޝާ އައިސް އެގޭގެ ދޮރު އެކީ ހުޅުވާލިއެވެ. އަދި އަހަރެންގެ އަތުގައި ހިފައިގެން އެގޭތެރެޔަށް ވެއްދިއެވެ. ގަނޑުފެން ކޮޅެއްހައި ފިނި އެއަތް އަހަރެންގެ އަތުގައި ބީހުމުން ބުނެދޭން ނޭންގޭ ކަހަލަ އޮއިވަރެއް އަހަރެންގެ ހިތުގައި އުފެދުނެވެ. އަހަރެންގެ އަތުގައި ހިފައިގެން ތާޝާ ވަނީ އޭނާ އުޅޭ ކޮޓަރިއަށެވެ. އަދި ދޮރު ޖެހުމަށްފަހު ތަޅުވެސްލިއެވެ. އަހަރެން ހުރީ ހަމަ ތާޝާ ހަދާނެ އެއްޗެއް ހަދަންދެން ބަލާށެވެ.
“ކިހާ ހިސާބަކުން ފެނުނީ؟” ފުރަތަމަވެސް އަހަރެންގެ މޫނަށް ބަލަންހުރެފައި ތާޝާ އަހައިލީ މިހެންނެވެ. އަދި އެއައްފަހު ނޭފަތް އެތެރެޔަށް ދަމައިލިއެވެ. މިއީ އަހަރެންނަށް ތާޝާގެ ފަރާތުން ފެންނަ އެންމެ ހިތްގައިމު އެއް މަންޒަރެވެ. ނޭފަތް ދަމާލާ ކޮންމެފަހަރަކު އަނގަޔަށް ވެގެންދާ ގޮތުން އަހަރެން އެ ތުންފަތުގައި ބޮސްދޭންވެސް ހިތަށްއަރަޔެވެ.
“ކޯންޗެއް؟” އަހަރެންނަށް ތާޝާ ކުރި ސުވާލު ނުވިސްނިގެން އަހައިލީމެވެ. “އެމަންޒަރު…” އަނެއްކާވެސް ތާޝާ ބުނެލިއެވެ. “ކޮން މަންޒަރެއް؟” އަދިވެސް އަހަރެންނަކަށް ތާޝާ މިކިޔާ އެއްޗެއް ނުވިސްނުނެވެ. “އެތާ ދޮރުމަތީ ހުރިއިރު ފެނުނީ ކޯންޗެއް؟” އަހަރެންނަށް ތާޝާ ކިޔާއެއްޗެއް ރޭކާލީ ދެނެވެ. “ފެނުނީ އެތަނަށް ވެއްޓިފަ އޮއްވަ..” އަހަރެންނާއި ތާޝާ ކުރި ސުވާލުގެ ޖަވާބު އަހަރެން އިއްވާލީމެވެ. “ކީއްކުރަން މިގޭ ދޮރުމަތީ ހުރީ؟” އަނެއްކާވެސް ތާޝާ ކޮށްލީ އިތުރު ސުވާލެކެވެ. އެއިރު ތާޝާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ވަނީ ހުއްޓިފައެވެ. ނަމަވެސް މުޅި މޫނުމަތިވަނީ ތެތްވެފައެވެ. “ދޮރު ހުޅުވިފަ ހުރީމަ ބަލާލީ.. އެހެންޏަކާ ނުހުރޭ ދޮރު ހުޅުވާފައެއް..” އަހަރެން ބުނެލީމެވެ. ދެން ތާޝާ އެނބުރެލީ އަނެއް ފަރާތަށެވެ. “ކީއްވެގެން އެތަނަށް ވެއްޓިފަ އެއޮތީ؟” އަހަރެންނަށް އުނދަގޫ ކުރަމުން ދިޔަ ސުވާލު އަހަރެން ކޮށްލީމެވެ. އަހަރެން މިސުވާލު ކުރުމުން ތާޝާ އަނެއްކާވެސް ރޯންފެށިއެވެ. ވީދެރައިން ތާޝާ އިށީންދެލީ އެނދުމަތީއެވެ. ހީވާގޮތުން ކޮޅަށް ހުންނާނެ ވަރުވެސް އެދެފައިގައި ނެތީއެވެ. އެނދުމަތީ ދެއަތް ވިއްދައިގެން އިސްޖަހާލައިގެން އިނދެ ހަމަ ރޮނީއެވެ. އެންމެފަހުން އަހަރެންނަށް ކެތް ނުވެެގެން ތާޝާ ކައިރީ އިށީންދެލީމެވެ. އަދި މަޑުމަޑުން ތާޝާގެ އަތުގައި ހިފާލީމެވެ. އެވަގުތު ތާޝާގެ އަތަށް ހީވީ ކަރަންޓެއް އައި ހެންނެވެ. ވަގުތުން އޭނާގެ އަތް ދަމައިގަތުމަށްފަހު އަހަރެންނާއި ދިމާލަށް ބަލައިލިއެވެ. އެ ދެލޮލުން އަހަރެނަށް ފެނުނީ ބިރުވެރިކަމެވެ. “ސޮރީ” އަހަރެން މަޑުމަޑުން ބުނެލީމެވެ. “ތިހާ ބިރުން އުޅޭ މީހެއް ކީއްކުރަން އަހަރެން މިކޮޓަރިޔަށް ތި ވެއްދީ؟” އަހަރެން އަހައިލީމެވެ. “މިދުނިޔޭގަ ފުރަތަމަ ފަހަރަށް އަހަރެންނަށް ހެޔޮއެދޭ މީހެއް ފެނުނީމަ.. އެކަމަކު އަހަރެން މާޒް އަކަށްވެސް އިތުބާރެއް ނުކުރަން..” މިހެން ބުނުމަށްފަހު އަނެއްކާވެސް ތާޝާ އަހަރެންގެ މޫނަށް ބަލައިލިއެވެ. “މާޒް އަހަރެން ކިހިނެއް އިތުބާރު ކުރާނީވެސް.. މިނޫން ގޮތެއް އަހަރެންނަކަށް ނެތް ވިއްޔަ..” މިހެން ބުނުމަށްފަހު އަނެއްކާވެސް ތާޝާ އިސްޖަހައިލިއެވެ. “ކޮން ގޮތެއް؟” އަހަރެން އަހައިލީމެވެ. “މިއަދުވެސް އަހަރެންނަށް އޭނަ ގޮވީމަ އަޑު ނީވެގެންނޯ އަހަރެން ކޮޓަރީގަ ހުއްޓަ ދަމާ ނެރެފަ… ކޮއްޕާލީ..” ވީގޮތް ތާޝާ ކިޔައިދިނެވެ. އަހަރެން އިނީ ހަމަ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. “ކޮޓަރީގެ ދޮރު ޖަހާފަ ހުންނަންޏާ އަޑުވެސް ނީވެދާނެ ދޯ!” އަހަރެންގެ ލޮލަށް ބަލައިލަމުން ތާޝާ ބުނެލިއެވެ. އަހަރެން އަވަހަށް ބޯޖަހައިލިއެވެ. ތާޝާގެ ހިތުގައި ހުރި ހުރިހާ އެއްޗެއް އަހަރެންނަށް ކިޔައިދޭނެ ނަމައެވެ. “ތާޝާއަށް އިލްޔާސް އަނިޔާ ކުރޭތަ؟” ތާޝާ ދެން ދޭނީ ކޮން ޖަވާބެއްބާއެވެ.
“އިނގުނަސް މާޒްއަށް ކުރެވެނެ އެއްވެސް ކަމެއް ނޯންނާނެ!” ވަރަށް ޔަގީން ކާމާއިއެކު ތާޝާ ބުނެލިއެވެ. “އަހަރެން ކައިރީ ކިޔައިދީބަލަ ހުރިހާ އެއްޗެއްވެސް.. އަހަރެން މިހުރީ ތާޝާއަށް އެހީވާށޭ! ތާޝާއަކަށް ނޭންގޭނެ ތާޝާ ހޯދަން އަަހަރެން އުޅުނު ގޮތެއްވެސް!” އަހަރެންވެސް އަހަރެންގެ ހިތުގައި އަނދަމުންދިޔަ އަލިފާންގަނޑު ނިއްވައިލީމެވެ. “ކީއްވެގެން؟” އެނދުން ތެދުވެލަމުން ތާޝާ ބުނެލިއެވެ. “އަހަރެންނަށް ތާޝާ ރޯ މަންޒަރު ބަލަން ކެތް ނުވާތީ!” އަހަރެން ތެދުވެގެން ގޮސް ތާޝާގެ ފަހަތުގައި މަޑުކޮށްލަމުން ބުނެލީމެވެ. “މާޒް އިލްޔާސް އަހަރެންނަށް ވަރަށް އަނިޔާކުރޭ!” އަހަރެންނާއި ދިމާލަށް އެނބުރެލަމުން ތާޝާ މިހެން ބުނެލިއިރު، އެދެލޮލުން ފައިބަން ގާތްވެފައިހުރި ކަރުނަތަށް ފޮރުވަން މަސައްކަތް ކުރަމުން ދިޔައެވެ. އަހަރެން ތާޝާގެ މޫނުގައި ދެއަތުން ހިފައިލީމެވެ. “ދެން ލޮލަށް ޖަމާވެފަ ހުއްޓަ ކީއްވެގެން ތި ފޮރުވަން އުޅެނީ.. ރޯލާ!” އަހަރެން މިހެން ހަމަ ބުނުމާއި އެކު ހޯސްލާފައި ތާޝާގެ ކަރުނަތަށް އޭއްޗިހީގެ މަގާމު ދޫކޮށް ފައިބަންފެށިއެވެ. “ހިނގާ އަހަރެންނާއި އެކު ދާން!” ކުއްލިއަކަށް އަހަރެންގެ ހިތަށްއައި ހިޔާލެއް ބުނެލީމެވެ. އަހަރެން މިހެން ބުނުމުން ތާޝާ އަހަރެންގެ ލޮލަށް ބަލައިލިއެވެ. “ނުކެރޭނެ!” މިހެން ބުނުމަށްފަހު އަހަރެންގެ އަތް ފޮޅުވައިލުމަށްފަހު އަނެއްކާވެސް އަނެއްފަރާތަށް އެނބުރެލިއެވެ. “ކީއްވެގެން؟ ތާޝާ ބޭނުންވަނީ އިލްޔާސް ހެދިގޮތަކަށް ހެދިގެން ހުންނަންތަ؟ ބިރުން އުޅޭ ވަރަކަށް ބިރުގަންނަވާނީ.. އަހަރެން މިބުނީނު އަހަރެން ތާޝާއަކަށް ދެރަގޮތެއް ނަހަދާނަން.. ތާޝާގެ ނުރުހުމުގައި ތާޝާގެ ގަޔަކު އަތެއްވެސް ނުލާނަން.. ހިނގާދާން.. އަހަރެންގެ މަންމަ ތާޝާ ބަލައިގަންނާނެ އަހަރެންނަށް ޔަގީން..” އަހަރެން މިހެން ބުނުމުން ތާޝާ އަނެއްކާވެސް އަހަރެންނާއި ދިމާލަށް އެނބުރެލިއެވެ. “ދެން އަހަރެންގެ ބައްޕަޔޯ؟ ބައްޕައާ މާމައަށް ލާރިފޮނުވަނީ އިލްޔާސްއޭ! އަހަރެން ދިޔައީމަ އެމީހުން ކިހާ ނިކަމެތިވާނެ؟” ތާޝާ މިހެން ބުނުމުން އަހަރެންނަށް މިވާގޮތް ވަރަށް ރަނގަލަށް ވިސްނިއްޖެއެވެ. މާލޭގެ މުއްސަނދި މީހަކަށް އަންހެންދަރި ވިއްކައިލުމަށްފަހު ބައްޕަ ފައިސާމަތީގައި ފަތަނީއެވެ. ބަޔެއް އިންސާނުންގެ ނިޔަތް ހާދަ ނުބަޔެވެ. ދުނިޔޭގެ ދަޅަތަކަށް ހެއްލިގެން އަމިއްޔަ ދަރިންނާއި އާއިލާގެ މީހުންވެސް ނީލަންކުރަނީއެވެ. އަހަރެން ތާޝާގެ އަތުގައި ހިފައިލީމެވެ. “ތާޝާ! ކޮންމެ ކަމެއްގަވެސް އަހަރެން މިހުރީ ތާޝާއަށް އހީތެރިވާށޭ!” މިފަހަރު އަހަރެންގެ އަތް ފޮޅުވާލާކަށް ތާޝާ ނޫޅުނެވެ.

“ތާޝާ!” އަހަރެންނާއި ތާޝާ ސިއްސައިގެންދިޔައީ ކޮޓަރީގެ ދޮރުގައި މީހަކު ތަޅައިގަތުމުންނެވެ. “އެއައީ އިލްޔާސް!” ތާޝާ ވަރަށް ބިރުންހުރެ ވަނީ އަހަރެންގެ ފުރަގަހަށެވެ. އެއީ އަދި ކޮޓަރީގެ ބޭރުގައި އިލްޔާސް ހުރެގެން ގޮވާލުމުން ތާޝާއަށް ވީވަރެވެ. ކުރިމައްޗައް އެރުމުން އަދި ކިހާ ބިރުގަންނާނެ ހެއްޔެވެ. “މާޒް ވެދެ އަލަމާރި ތެރެޔަށް ލަސްވަންޏާ ރުޅި އަންނާނެ!” މިހެން ބުނުމަށްފަހު އަލަމާރީގެ ދޮރު ތާޝާ ހުޅުވައިލިއެވެ. އޭނަގެ ހަރަކާތްތައް ވަރަށްވެސް އަވަހެވެ. އަހަރެން އަލަމާރި ތެރެޔަށް ވަދުމުން ތާޝާ ދޮރު ލައްޕައިލިއެވެ. އަލަމާރީގެ ދޮރު ކުޑަކޮށް ހުޅުވިފައި ހުރުމުން އަހަރެންނަށް ތާޝާ ކޮޓަރީގެ ދޮރު ހުޅުވައިލި މަންޒަރު ވަރަށް ރީތިކޮށް ފެނުނެވެ. ހަމަ ދޮރު ހުޅުވުމާއިއެކު އިލްޔާސް ކޮޓަރިތެރެޔަށް ވެނެވެ. “ކީއްތިކުރީ؟ އަހަރެން ގޮވާ އަޑު ނީވެނީތަ؟” މިހެން ބުނުމައްފަހު އިލްޔާސް ހިފައިލީ ތާޝާގެ އެއް ކަންފަތުގައެވެ. “އާހް” އޭ ކިޔާފައި ތާޝާ އިލްޔާސްގެ އަތް އޭނަގެ ކަންފަތުން ނެއްޓުވޭތޯ އުޅުނެވެ. ދެން ވަރަށް ފަސޭހައިން އޭނާ ތާޝާގެ ކަންފަތުން އަތް ނައްޓުވައިލިއެވެ. ދެން އަހަރެންނަށް ފެނުނީ ތާޝާ އޭނަގެ ކަންފަތުގައި އަތް ހާކައިލި މަންޒަރެވެ. އަހަރެންނަށް އަލަމާރިތެރޭ ހުރެވެނީއެއް ނޫނެވެ. ނިކުމެގެން ގޮސް އިލްޔާސްގެ ކަންފަތްމަތީ ޖަހާންވެސް ހިތައްއެރިއެވެ. ނަމަވެސް މަންޒަރު ބަލައިލަން އަހަރެން ކެތްކޮަށްލައިގެން ހުރީއެވެ. “ކީއްވެގެން މެންދުރު ނުކައްކާ ތިހުރީ؟ މިއަދި ވެއްޓުނީމަ ކޮންތާކަށް ތަދުވީ؟” މިހެން ބުނުމަށްފަހު އިލަޔާސް ތާޝާގެ އުނުގަނޑުގައި އަތް އަޅުވައިލިއެވެ. މިފަހަރު އޭނާ ވާހަކަ ދެއްކީވެސް ވަރަށް އޯގާތެރިކަމާއި އެކީއެވެ. ތާޝާ އޭނަގެ އަތް ފޮޅުވަލިއެވެ. އަހަރެންނަށްވެސް މުއްކަވާލެވުނެވެ. ތާޝާ އިލްޔާސްގެ އަތް ފޮޅުވާލުމުން އޭނަ ކައިރިޔަށް ރުޅިއައީކަން އޭނަގެ ދެލޮލުން އަހަރެންނަށް އިނގުނެވެ. ކުއްލިޔަކަށް އިލްޔާސް ތާޝާގެ އިސްތަށިގަނޑުގައި ހިފާ އަނެއްފަރާތަށް އަނބުރާލުމަށްފަހު އައިސް ތަތްކޮށްލީ އަހަރެންހުރި އަލަމާރީގައެވެ. “އައްދޯތް!!” އަލަމާރިން ހުޅުވިފައި ހުރި ތަންކޮޅުން ތާޝާގެ މޫނު އަހަރެންނަށް ފެނުނެވެ. ދެލޯ ތަގުޑި ކޮށްލައިގެން ހުރެ ރޮމުންދިޔައެވެ. އަނގަހުރީ ހުޅުވިފައެވެ. އިލްޔާސްވެސް ހުރީ އޭނަގެ ފުރަގަހުން ތަތްވެގަނެގެންނެވެ. އަހަރެންގެ ކެތްރެތިކަން ކޮޅުންލާން އުޅޭހެން އަހަރެންނަށް ހީވިއެވެ. “އާހް… އަހަރެންނަށް ތަދުވެޔޭ އެބަ!” ތާޝާ ރޮއެގަތުމަށްފަހު ބުނެލިއެވެ. އޭރު އިލްޔާސް ތާޝާގެ ކަރުދޮށުގައި އަތް ހާކަމުންދިޔައެވެ. ތާޝާ މަސައްކަތް ކުރަމުން ދިޔައީ އިލަޔާސްގެ އަތް އޭނަގެ ބޮލުން ނެއްޓުވޭތޯއެވެ. މިހެން އުޅެނިކޮށް އެއްލި ކަޅިއަކުން އިލްޔާސްއަށް އަހަރެން ފެނުނީ ކަަމަށްވެސް ވެދާނެއެވެ. އަލަމާރީގެ ފޭވެފައި ހުރިތަނުން އެތެރެޔަށް ބަލައިލުމަށްފަހު ތާޝާގެ ބޮލުން ކުއްލިއަކަށް ދޫކޮށްލިއެވެ. އަދި ބާރުބާރަށް އަލަމާރީގެ ދޮރު ހުޅުވާލިއެވެ. އަހަރެންގެ ހިތް ތެޅިލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ތާޝާއަށް ކުރަމުންދިޔަ އަނިޔާ ހުއްޓުމުން އުފާވިއެވެ. އަހަރެން މަޑުމަޑުން އަލަމާރިން ނިކުތީމެވެ. “ކަލޭ މި އަލަމާރީގަ ކީއްތިކުރަނީ؟” އަލަމާރިއާއި ދިމާލަށް އަތް ދިއްކޮށްލަމުން އިލްޔާސް އަހައިލީ ވަރަށްވެސް ބާރަށެވެ. ތާޝާހުރީ ބިރުން ވިރިވިރިއެވެ. އަހަރެން ވަކި އެއްޗެއް ނުބުނުމުން އިލްޔާސް އައިސް އަހަރެންގެ ގަމީހުގެ ގިރުވާނުގައި ހިފައިލިއެވެ. “އަޑެއް ނީވޭތަ؟” އިލްޔާސްގެ ދެލޮލުން ކަނިބުރާ ކަހަލައެވެ. އެވަގުތު ތާޝާ އައިސް އިލްޔާސްގެ އަތް އަހަރެންެގެ ގައިން ނެއްޓުވޭތޯ އުޅުނެވެ. އަހަރެން ތާޝާއާއި ދިމަޔަށް ބަލައިލުމުން އޭނާ ދުރަށް ޖެހިލިއެވެ. އަހަރެން ބަލާކަށް ނުހުރެ އިލްޔާސްގެ އަތް ނައްޓުވާލުމަށްފަހު އޭނާ ކޮއްޕައިލީމެވެ. އަހަރެންމީ ޒުވާނެކެވެ. އޭނާ އެއީ އަދި ގައި ބާރު ދެރަވަމުން އަންނަ މެދު އުމުރުގެ މީހެކެވެ. އަހަރެނަށްވުރެ އިލްޔާސްއަކަށް ވަރުގަދައެއް ނުވެވޭނެއެވެ. ހަމަ ތަޅަމުގައި ޖެހުނުހެންނެއް ނުހީނެ އިލްޔާސް ކޮޅަށް ތެދުވިއެވެ. ދެން އޭނާ ދިޔައީ ތާޝާއާއި ދިމާލަށެވެ. “މީ ކޮންކަމެއް؟” އިލްޔާސް ހަޅޭތްލަަވައިގަތުމުން ތާޝާ ދިޔައީ ބިރުން އެއްލިގެންނެނެވެ. އިސްޖަހާލައިގެން ހުރިއިރު ގިސްލާ އަޑު އަހަރެންނަށް އިވެމުން ދިޔައެވެ. “ބަލަ ކަލެޔަކަށް އަޑެއް ނީވޭތާ؟” މިހެން ކިޔާފައި ހަޅޭތްލަވާގަތުމަށްފަހު އިލްޔާސް ތާޝާ ގައިގައި ޖަހާން ނެގި އަތުގައި އަހަރެން ހިފަހައްޓާލީމެވެ. އިލްޔާސް ދިޔައީ ސިއްސައިގެންނެވެ.

“އޭނަ ގައިގަ އަތްވެސް ނުލާތި!” މިހެން ބުނުމަށްފަހު އަހަރެން އިލްޔާސްގެ އަތް ފޮޅުވާލީމެވެ. ތާޝާ ވަގުތުން އަހަރެންގެ ފުރަގަހަށް ވަނެވެ. ފުރަތަމަ ފަހަރަށް އަހަރެންގެ ފަރާތުން ތާޝާއަށް ހިމާޔަތްތެރިކަން ލިބިގެން ދިޔައެވެ. މިހެން ހިތަށްއެރުމުން އަހަރެންގެ ހިތް އުފަލުން ނަށާލިއެވެ. “ކަލޭ ތީ ކާކު މިގޭތެރޭގަ ހިނގާ ކަންތަކަށް އަތް ގަދަކުރާން.. ރަގަޅުވާނީ މިގެއިން ނިކުމެގެން ދިޔައްޔާ!” އިލްޔާސްގެ ދެލޯ ހުރީ ރަތް ލޭކޮަޅަކަށް ވެފައެވެ. “އަހަރެން މިގެއިން ދަންޏާ ދާނީ ތާޝާ ގޮވައިގެން..” އަހަރެން މިހެން ބުނުމަށްފަހު އަހަރެންގެ ފުރަގަހުން ތާޝާ ނެރުނީމެވެ. އަދި އޭނަގެ އަތުގައި ހިފައިލީމެވެ. ތާޝާ އަހަރެންގެ މޫަނަށް ބަލައިލުމަށަފަހު އަހަރެންގެ އަތައް ފިތާލިއެވެ. އެއިރު ފަނޑު ހިނިތުންވުމެއް ތާޝާގެ މޫނުމަތީ ދުވެލިއެވެ. އަހަރެން ތާޝާގެ އަތުގައި ހިފައިގެން ދާން ހިނގައިގަތުމުން އިލްޔާސް ތާޝާގެ އަތުގައި ހިފެހެއްޓިއެވެ. “ދޫކުރޭ” މިހެން ބުނުމަށްފަހު އިލްޔާސްގެ އަތް ތާޝާގެ އަތުން ނައްޓުވާލުމަށްފަހު އަހަރެން ތާޝާ ގޮވައިގެން ދާން ހިނގައިގަތީމެވެ. ހަމަ ހުރި ފިޔަވަޅުމަތީ އަހަރެމެން ނިކުމެގެން އައި ދިމާލަށް ބަލަން އިލްޔާސް ހުއްޓެވެ.

އަހަރެން ތާޝާގެ އަތުގައި ހިފައިގެން ދިޔައީ އަހަރެން އުޅޭ ބަޔަށެވެ. ގޭތެރޭގައި އެކަކުވެސް ފެންނަން ނެތުމުން އަހަރެން އަވަސް އަވަހަށް ތާޝާ ގޮވައިގެން ވަނީ އަހަރެންގެ ކޮޓަރިއަށެެވެ. ކޮޓަރި ދޮރު ޖެހުމަށްފަހު އަހަރެން ތާޝާ އެދުމަތީ ބޭންދީމެވެ. “ދެން ހުރިހާ ކަމެއްވެސް އޯކޭ ވެދާނެ!” އަހަރެން ތާޝާ ކައިރީ އިށީންދެލަމުން ބުނެލީމެވެ. “އެކަމަކު އިލްޔާސް ނުހުންނާނެ މަޑުންނެއް… އޭނަ މިގެޔަށްވެސް އަންނާނެ!” ތާޝާ އަދިވެސް އިނީ ބިރުންނެވެ.
“މާޒް ކޮބާ ދޮންނަން……..” އަހަރެން އެއްޗެއް ބުނަން އަނގަ ހުޅުވައިލި ވަގުތު ކޮޓަރިޔަށް ވަދެގެން އައި މަންމަވެސް ދިޔައީ ސިއްސައިގެންނެވެ. “ހުރި އެއްޗެހި…” މަންމަ މެދުކަނޑައިލި ޖުމްލަ ވަރަށް ލަސްލަހުން ފުރިހަމަ ކޮށްލިއެވެ. އަދި އަހަރެމެން ކައިރީ އައިސް ހުއްޓުމުން އަހަރެންނާއި ތާޝާއަށް ކޮޅަށްތެދުވެވުނެވެ. މަންމަ އަހަރެމެން ދެމީހުންނާއި ދިމާލަށް ބަލަންހުރީ ސުވާލުގެ ނަޒަރަކުންނެވެ. “ކަމެއް ކުރީތަ ތި؟” ތާޝާގެ ހޭވިފައި ހުރި އިސްތަށިގަނޑުގައި މަޑުމަޑުން އަތް ހާކާލަމުން މަންމަ މިހެން ބުނެލުމުނެ ތާޝާ ލަދުން އިސްޖަހާލިއެވެ. މަންމަގެ ވިސްނުންވެސް މިހުރީ އާސްމާނުގައެވެ. އަހަރެންނަށް ހެވުނެވެ.

“މަންމާ މީ ތާޝާ” އަހަރެން މިހެން ބުނެލުމުން މަންމަ ހައިރާންވިއެވެ. “ތާޝާ” އެއްޗެއް ހަނދާންވާ ކަހަލަ ގޮތަކަށް މަންމަ ތާޝާގެ ނަން ކިޔާލިއެވެ. މަންމަ އަހަރެންނަށް ފާޑާކަށް ބަލައިލިއެވެ. “ކިހިނެއް މާޒްއަށް…” މަންމަ އަހަން އުޅުން ސުވާލު އަހަރެންނަށް އިނގުނެވެ. އަހަރެން މަންމަ ކައިރީ ތާޝާ ވީތަނެއް ނޭންގޭ ކަމަށް ބުނި ހަނދާންވިއެވެ. އަހަރެން ކަންތައްތައް ހިނގައިދިޔަގަތް މަންމައަށް ކިޔައިދިނީމެވެ. އަހަރެން ކިޔައިދީ ނިމުންއިރު މަންމައަށްވެސް ރޮވެއްޖެއެވެ. “މަންމާ އަހަރެން ތާޝާ މިގޭގައި ބެހެއްޓިޔަސް އޯކޭ ދޯ؟” އަހަރެން މިހެން ބުނުމުން މަންމަ ވަގުތުން ބޯ ޖަހައިލިއެވެ. “އެކަމަކު މިކޮޓަރިޔަކު ނުހުރެވޭނެ!” މަންމަ މިހެން ބުނުމުން އަނެއްކާވެސް އަަހަރެންނަށް ހެވުނެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ifaau

Level 210 Stories

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

އެފިނިމެންދަން 20

Next

ކާމިޔާބު އަންހެނާ 11

Next
November 5, 2016

ކާމިޔާބު އަންހެނާ 11

Previews
November 4, 2016

އެފިނިމެންދަން 20

20 Comments!

  1. Ifaau says:
    November 4, 2016 at 7:15 pm

    Sorry for the late update. Hope you guys will enjoy this part.?❤

  2. Navya says:
    November 4, 2016 at 7:30 pm

    Vvv reethi ? ??

  3. GORGEOUS says:
    November 4, 2016 at 7:50 pm

    Wow!! Varah Varah salhi..

  4. Aishu says:
    November 4, 2016 at 8:09 pm

    Vvvvv reethi. Den ilyas gandu kihinehbaa hadhaany. Anekka ilyas aa thaashaa marry koggen tha ulheny?

  5. Shahina says:
    November 4, 2016 at 9:13 pm

    Masha allah v reethi.

  6. Pop says:
    November 4, 2016 at 9:57 pm

    Alhey miharu mi fesheny dhw thasha nd maaz ge rom part.. Aslu mi hisaabun knme story eh vx rythi vany

  7. Fahana thashi says:
    November 4, 2016 at 10:03 pm

    Story varah nice hama.. Ekm tonight ge part ah fahu miahvure vx reethi vane hen hyvany.. I have been eagerly waiting for thasha to get freed

  8. Fin says:
    November 4, 2016 at 10:14 pm

    Story hadha salhi hisabakunney thi ninmaly… Madhan vx up kohdheche without delay my dear writer.. Thy varah trust kurevey writer eh

  9. Fin says:
    November 4, 2016 at 10:15 pm

    Btw are you a male or a female?!?

    1. Ifaau says:
      November 4, 2016 at 11:50 pm

      It’s a female.? And thank you.❤

  10. Hope says:
    November 4, 2016 at 10:54 pm

    V v Nice… Avahah next part up kohdheche..

  11. Qeen says:
    November 4, 2016 at 11:30 pm

    V reethi

  12. Khajja says:
    November 5, 2016 at 1:12 am

    Masha allah stry v ves furihama n allah thibaage visnun thoonukoh dhevvaashi

  13. Moonlight says:
    November 5, 2016 at 3:59 pm

    Varah salhi.. Avahah upkoh dheche

  14. Val says:
    November 5, 2016 at 4:21 pm

    Nice work!!

  15. Qeen says:
    November 5, 2016 at 6:49 pm

    ifaau dhen konirakutha up kuranee

  16. Qeen says:
    November 5, 2016 at 6:50 pm

    Mivaahaka nimeneetha mihaar

  17. Fin says:
    November 5, 2016 at 6:57 pm

    Mirey upkoh dhanan dhw 😉 plx.. Varah inthizaaru kurevey

  18. Val says:
    November 5, 2016 at 7:25 pm

    Koba story ifaau

  19. GORGEOUS says:
    November 5, 2016 at 9:59 pm

    Mirey upnukuranytha? 🙁

Comments are closed.

Next Episodeތާޝާ (11ވަނަ ބައި)←


All Right Reserved!