އަހަރެންނަކަށް ތާޝާގެ ގައިގައި އަތްލާކަށްވެސް ނުކެރޭނެއެވެ. ކުރީފަހަރުވެސް އަތުގައި ހިފާލުމުން އަހަރެންނާއި ދިމާލަށް ބަލައިލީ ފިސާރި ރުޅިންނެވެ. “ތާޝާ ޕްލީސް ހުއްޓާލާފަ ވީގޮތެއް ބުނެބަލަ!” އަހަރެން މިހެން ބުނުމުން ތާޝާ ވަރަށް ފަސޭހައިން ހުއްޓައިލިއެވެ. ނަމަވެސް މަޑު ގިސްލުމެއްގެ އަޑު އޭރުވެސް އިވެމުންދިޔައެވެ. އަމިއްލަ އަތުން ކަރުނަތަށް ފުލެލަމުން ނޭފަތްވެސް ދެތިންފަހަރު އެތެރެޔަށް ދަމައިލިއެވެ. އެކަރުނަތަށް އަހަރެންގެ އަތުން ފުހެލަދޭން އަހަރެން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް އެކަމާ ތާޝާ ރުހޭނެހެއްޔެވެ. “މާޒް ހުކުރަކަށް ނުދަންތަ؟” ހަމަޖެހިލަމުން ތާޝާ […]
މިކްޔާ އޭނާގެ އަތް އައުފްގެ ކޯމަތިން ނެގުމަށްފަހު އަނެއް ފަރާތައް އެނބުރުނު ނަމަވެސް ލިބިފައިވާ ސިހުން ފިލައިގެން ނުދެއެވެ. ” އައުފް ކީކޭބާ ހިތައް އަރާނީ؟..އަހަރެންނަށް ކިހިނެއްތަ މިވަނީ..؟ ” ކައިރީގައި އޮތް ބާލީހުގައި ބައްދާލަމުން މިކްޔާ އަމިއްލަ ނަފުސައް އަޑުލިއެވެ. ފާއިތުވާ ކޮންމެ ދުވަހެއް މިދަނީ އޭނާ އައުފް އާއި އިތުރައް ކައިރި ކުރަމުންނެވެ. އާދަޔާ ޚިލާފު ދަމާ ބާރަކުން އެދެމީހުންގެ މެދުގައިވާ ދާއިރާ ހަނިކުރަމުން ދަނީ ދެމީހުން ވެސް އެކަމަށް ބޭނުންވެފައި ވަނިކޮށެވެ. ނަމަވެސް […]
ގެއަށް އާދެވުމާއެކު ރިޔާ ހުޅުވާލީ މިޔަދު އެއްކަލަ ނުދަންނަ މީހާ ގަނެދިން ބޫޓު އޮތް ކޮތަޅެވެ. ލޯގަނޑުގެ ކުރިމަތީގައި ހުއްޓިހުރެ އޭނާ އެ ބޫޓަށް އަރައި ފަރިބަލާލިއެވެ. ކަޅުކުލައިގެ އެ ހާފް ޝޫޒްގައި ހުދު ކުލައިގެ އެސްތަކެއް ޖަހާފައިވީއިރު ރިޔާގެ ފަޔާއި އެ ބޫޓު ނުހަނު ގުޅެއެވެ. “ކޮބާތަ އޭނާގެ ނަމަކީ؟ ކޮން ނަމެކޭތަ ބުނީ…؟ އާން… ވިޝާން…” ރިޔާ އެއްޗެއް ހަނދާންކުރާ ފަދައިން އަމިއްލަ ނަފުސާ ވާހަކަ ދެއްކިއެވެ. “ތޭންކްސް ވިޝާން…” ރިޔާ ލޯގަނޑާ ދިމާއަށް […]
ރިޔާޝާ އެއްޗެކޭ ބުނަން އުޅެނިކޮށް ވެއިޓަރ ޕިއްޒާއާއި ދެ ކޯކްފުޅި ބެހެއްޓުމުން ފަޔާޒް “ތޭންކްސް” އޭ ބުނެލިއެވެ. “އަދި އަހަރެންނަށް އެނގިފައި އޮތްގޮތުން ރިޔާޝާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެން. އެހެންވީމަ ރިޔާޝާއަށް އަހަރެންނާ ގުޅެން އުނދަގޫވާނެކަންވެސް އެނގޭ. އެކަމަކު އަހަރެން ހީކުރަން ރިޔާޝާ މިކައިވެންޏާ ދެކޮޅު ނުހަދާނެކަމަށް. އަދި އެއްވާހަކަ. ރިޔާޝާގެ ނުރުހުމުގައި އަހަރެން ރިޔާޝާގެ ގައިގައި އިނގިލި ކުރިވެސް ޖައްސާނުލާނަން.” ފަޔާޒް ރިޔާޝާއަށް ބަލާލަމުން ހިނިތުންވެލިއެވެ. ރިޔާޝާ ފަޔާޒަށް ބަލާލީ ހައިރާންވެފައި އިނދެއެވެ. ފަޔާޒް ބޯޖަހާލީ […]
އޭގެ ފަހުން އެދެމީހުން ތިބެނީ އަބްޔާންއަށް ޓަކައި ކޮންމެ ކަމެއް ވެސް ކޮށްދޭން ތައްޔާރަށެވެ. އެހެން ކަމުން ކަންތައްތައް ބަލަހައްޓަން އަބްޔާންއަށް ވެސް ފަސޭހަވެގެން ދިޔަ އެވެ. ޒައިދާން އާއި އެކު ވަގުތުތައް ހޭދަކުރަމުން އަބްޔާން ދިޔަ އެވެ. ދެމީހުން ރާވައިގެން ގުރޫޕު އެއްކޮން މަހަށް ދިއުމާއި ދަތުރުގޮސް މަޖާނެގުމުގައި އުޅެމުން ގޮސް ޒައިދާން ފުރާދުވަސް ގާތް ވެއްޖެ އެވެ. ޒައީމާ މެންގޭގައި ހަދިޔާއަށް ތަފާތު ވައްތަރުގެ ދިވެހި ލުއިކާނާގެ ބާވަތްތައް ހެދުން ކުރިއަށް ދިޔައިރު އަބްޔާން […]
ނޭގިނަމަވެސް އިވާންގެ އަތުން އޭނާގެ ހިތްދޫވެ ހިނގައްޖެއެވެ. އެރީތި ސާދާ އަންހެން ކުއްޖާގެ އެންމެ ބެލާލުމަކުން އެހިތް ތެޅިގެން ދިޔައީ އޭގެ އެންމެ އިންތިހާ އަށެވެ. މައިރާ ޝަންހާއީގައި މަސައްކަތްކުރާތާ މަސްދުވަސް ވެއްޖެއެވެ. ޢުބައިދުﷲ އާއި އިމްޔާން ފިޔަވާ އެންމެންވެސް އޭނާއާއި ވާހަކަ ދައްކާ އުޅެއެވެ. ހެނދުނުގެ ވަގުތެވެ. ހެނދުނުގެ ސަޔަށް އެންމެން ހަމަވުމާއެކު މައިރާ އެންމެންނަށް އަތްގާތްކޮށްދޭން ފެށިއެވެ. އެހެން އުޅުމުގެ ތެރޭގައި މައިރާގެ އަތުންޖެހި އިމްޔާންގެ ގަޔަށް ޖޫސްތަށްޓެއް ބަންޑުންވިއެވެ. އިމްޔާން ވަރަށް ރުޅިއައިސްފައި […]
ލެޕްޓޮޕްގެ ސްކްރީން ސޭވަރގެ ގޮތުގައި ދުވެލަދުވެލާ ހުރީ ނީލާގެ ފޮޓޯތަކެކެވެ. ދަތުރުދިޔަ ދުވަހުގެ ފޮޓޯއާއި އަދި އެހެންބައެއް ފޮޓޯވެސް ހުއްޓެވެ. އިޝާންގެ ލެޕްޓޮޕްގައި ނީލާގެ ފޮޓޯ ހުންނަންވީ ކީއްވެގެން ހެއްޔެވެ؟ ހަމައެކަނި ނީލާގެ ފޮޓޯ އިޝާން ފޮރުވައިގެން ގެންގުޅުމުންވެސް ދޭހަވަނީ އިޝާންގެ ނިޔަތް ނީލާއާމެދު ރަނގަޅު ނޫންކަމެވެ. އަނިލްގެ އަންބެއްގެ ގޮތުގައި ނީލާހުރިއިރު އިޝާން ނީލާއާމެދު އެފަދަ ނަޒަރަކުން ބަލަންވީވެސް ކީއްކުރަން ހެއްޔެވެ؟ އިޝާން އަކީ ހަމަ ހަގީގަތުގައިވެސް ނީލާއާ ހިތާވެގެން އެއުޅޭ މީހާކަން އަނިލްއަށް ޔަގީން […]
ރިޔާޝާ އެނދުމަތީގައި ބަންޑުން ރޯން އޮއްވާ ދޮރު ހުޅުވާލި އަޑަށް ސިހިފައި ރިޔާޝާ ދެލޯ ފޮހެލިއެވެ. އަދި އަވަސްއަވަހަށް ދޮރާއި ދިމާއަށް ބަލާލިއެވެ. އެއާއެކު އޭނާއަށް ލިބުނު ހައިރާންކަމުގައި “އަޔާ” އޭ ބުނެލެވުނެވެ. ދޮރުމަތީގައި އެހުރީ ހަމަ އަޔާޒްގެ ސޫރައެވެ. ރިޔާޝާއަށް ބޭއިޚްތިޔާރުގައި ދުވެފައިގޮސް އެޒުވާނާ ގައިގައި ބައްދާލިއެވެ. އަދި ރޯން ފެށިއެވެ. ރިޔާޝާއަށް ވީގޮތް ފެނިފައި އެޒުވާނާ ހުރީ ހައިރާންވެފައެވެ. އަދި އޭނާއަށް “އަޔާ” އޭ ކިޔާ މުޚާތަބުކުރުމުން އޭނާގެ ހައިރާންކަން ދެގުނައަށް އިތުރުވިއެވެ. އެޒުވާނާ […]
ރޭ މެންދަމުން ފެށިގެން ވެހެންފެށި ވާރޭ އަދިވެސް ހުއްޓާނުލައެވެ. މެދުކެނޑުމެއްނެތި ޖެހެމުންދިޔަ ގަދަ ވަޔާއެކު ވެހެމުންދިޔަ ބޯ ވާރޭގެ ސަބަބުން މަގުތަށް ވަނީ ފެނުގެ ކޯރުތަކުން ފުރިފައެވެ. އަވަސް އަރުވާލައިގެން ތައްޔާރުވެގެން ކޮޓަރިން ނިކުތް ޒަކުވާނަށް ފުރަތަމަވެސް ބަލައިލެވުނީ ބޭރަށެވެ. އަތުކުރީ އޮތް ގަޑިއަށް ބަލައިލިއިރު ނުވައެއް ޖަހަން އިނީ ފަނަރަ މިނެޓެވެ. މިވާރޭގެ ސަބަބުން މިއަދު ގަޑި ނުޖެހި ކޮލެޖަށް ދެވިދާނެކަމާމެދު ޝައްކު ވިއެވެ. ލެޕްޓޮޕާއި ދެތިން ފޮތް ލާފައި އޮތް ބެކްޕެކް ގެންގޮސް […]