ޖެހިގެންއައި ދުވަހު ހެނދު ހެނދުނާ އިމާދު އާއި އިޝާން އަނިލްމެން ގެޔަށް ދިޔައެވެ. ކާފައާއި މާމައާއި އެންމެންގެ ހާޒިރުގައި އިމާދު ނިންމާފައިވާގޮތް ހާމަކުރިއެވެ. ” އަނިލް ދަރިފުޅާ….ދަރިފުޅު ކީކޭބުނަނީ މިކަމާ….ބައްޕަހީކުރަން ދަރިފުޅު ބައްޕައާމެދު ދުރުގޮތަކަށް ނުދެކޭނެކަމަށް……އިރާދަކުރެއްވިތީ ބައްޕައަށް ތަނަވަސްކަން ލިބިފައެބަހުރި….މިހާރު ބައްޕަ ދެކެނީ އިޝާންއެކޭ އެއްފަދައިން އަނިލްއަކީވެސް ބައްޕަގެ ދަރިއެއްގެ ގޮތުގަ….ތިދެބޭން ގުޅިގެން އެކީ އުފާވެރި ދިރިއުޅުމެއް އުޅޭތަން ދުށުން އެއީ ބައްޕަގެ އުއްމީދަކީ….ބައްޕައަށް އެނގޭ މަންމައާ ވަކީން އަނިލްއަކަށް ނޫޅެވޭނެކަން….ތިދެމައިން ވަކިކޮށްގެން މާޒީގާ ހެދިކަހަލަ ގޯހެއްހަދާކަށް […]
އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެވެ. ޝަންހާއީގެ ހުރިހާ ދިމާލަކުންވެސް ފެންނަނީ އާރޯކަމެވެ. ހޭލަމޭލައަށް އެންމެންވެސް ތައްޔާރުވަމުންދަނީ މިރޭ އެގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރޭގަނޑުގެ ކެއުމަށެވެ. މައިރާ ބަދިގޭގައި މަސައްކަތް ހިނަގމުންދާގޮތް ބަލާލުމަށް ބަދިގޭގައި ޙަރަކާތްތެރިވަމުން ދަނިކޮށް މޫމިނާ ގޮވާލި އަޑު އިވުނެވެ. ކަންކުރަންވީގޮތް ކިޔައިދިނުމަށްފަހު މައިރާ މިސްރާބުޖެހީ މޫމިނާ ކައިރިއަށެވެ. މައިރާ ފެނުމާއެކު އިށީނުމަށް މޫމިނާ އެދުނެވެ. ކައިރީގައި ބަހައްޓާފައި ހުރި ފޮށިން ކޮތަޅެއް ނެގުމަށްފަހު މައިރާއާއި ދިމާލަށް ދިއްކޮށްލުމުން ކޯޗެއްހޭ އަހާލާފަދަގޮތަކަށް މައިރާ އިޝާރާތްކޮށްލިއެވެ. “މިއީ […]
“މަންމާ އަހަރެން ތާޝާ މިގޭގައި ބެހެއްޓިޔަސް އޯކޭ ދޯ؟” އަހަރެން މިހެން ބުނުމުން މަންމަ ވަގުތުން ބޯ ޖަހައިލިއެވެ. “އެކަމަކު މިކޮޓަރިޔަކު ނުހުރެވޭނެ!” މަންމަ މިހެން ބުނުމުން އަނެއްކާވެސް އަަހަރެންނަށް ހެވުނެވެ. “މަންމަ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރީގައޭ… ސާބަސް މަންމައަށް!” އަހަރެން ހެމުން ހެމުން އިއްވާލީމެވެ. “އޯކޭ އެބަ އަންނަން ކުޑަކޮށް ސާފު ކޮށްލާފަ..” މިހެން ބުނުމަށްފަހު މަންމަ އަހަރެންގެ ކޮޓަރިން ނިކުމެގެން ދިޔައެވެ. އަހަރެން ތާޝާގެ މޫނަށް ބަލައިލުމަށްފަހު ހީލީމެވެ. “މާޒް އަހަރެން ދެން […]
ހިތް ބޭނުމޭ 2 “ހޫމް. މާރިއާ އާންޓީގެ ސަން.” ޒެއިން ފާޑަކަށް ހީގަނެގެން ހުރުމުން ލިލިއަން އިތުރަށް ލަދު ގަތެވެ. “ސޮރީ.. އަސްލު ތީ ޒެއިން ކަމެއް ނޭނގެ. ވަރަށް ބޮޑަށް ސޮރީ. އައި އެމް ލިލިއަން. ލިލީ” ލިލިއަން ތުންފަތުގައި ދަތް އަޅައިލަމުން ޒެއިން އަށް އަތް ދިއްކޮށްލިއެވެ. “އޯހް. ލިލިއަން. ފަލަ ފެޓް މިހާރު އެކަމް ހާދަ ސްލިމް ވީ. އަނެއްކާ ޖަބީން އާންޓީ ކާން ނުދެނީ ތަ؟” ޒެއިންގެ ޖުމްލަ އިން ލިލިއަންގެ […]
“ޝިފާން! ކީކޭ ތި ކިޔަނީ؟ ތިކިޔާ އެއްޗެއް ސާފުކޮށް ކިޔާބަލަ. ރިޔާއަށް ކަމެއްވީތަ؟ ކީއްވެ އަހަރެންނާހެދި؟” އަޔާޒް ހުރިހާ ސުވާލެއް އެއްފަހަރާ ކޮށްލިއެވެ. “ރިޔާ މެރީކޮށްފި.” “ކީކޭ؟” އަޔާޒް ޔަޤީން ނުވެފައި އަހާލިއެވެ. “އާނ އަޔާ. ރިޔާ މެރީކޮށްފި.” ޝިފާން ވަރަށް ސީރިއަސްވެފައި ބުނެލިއެވެ. “ޝިފާން! ތީ ސަމާސާއެއް ދޯ؟ ތިކަހަލަ ސަމާސާ ނުކުރޭ. އަހަރެންނަށް ކޮންމެފަދަ ގޮތެއްވެސް ވެދާނެ.” އަޔާޒް ޝިފާންގެ ކޮނޑުގައި ހިފާ ތަޅުވައިގަންނަމުން ބުނެލިއެވެ. “ނޫން އަޔާ. މީ ސަމާސާއެއް ނޫން. މީ […]
އުމުރުން 15 އަހަރުގެ އާނާ އަކީ ސީނާ އާއި އަލީގެ ހުރި ހަމައެކަނި ‘ސޯ ކޯލްޑް’ ދަރިފުޅެވެ . ސީނާ އާއި އަލީ އަކީ ދޮން މީހުން ނޫން ކަމުގައި ވިއަސް އާނާ އަކީ ޔޫރަޕްގެ ކުދިން ހާ ދޮން ކުއްޖެކެވެ . ހަމަ އެހެންމެ އާނާގެ އިންނަނީ ވެސް އާންމުކޮށް ރާއްޖެ ކުދިން ނުހުންނަ ، ނޫ ކުލައިގެ ކަޅިއެކެވެ. ލޮލުގެ ވަށައިގެންވާ ބޯ ދިގުދިގު އެސްފިޔަ ތަކުގެ ސަބަބުން ބަލާ މީހުން އާޝޯހު ކުރުވާހާ ވެއެވެ . […]
އެއްފަހަރު އައުފަށް އަނެއްފަހަރު އެނދުގައި އޮތް ޒީޝާއަށް ބަލާލަމުން އަތުގައި އޮތް ފައިލުތައް ސޯފާމައްޗައް ހޫރުވާލުމަށްފަހު ކޮޓަރީގެ ދޮރު ބަންލާފައި ޖެހުމަށްފަހު ނިކުމެގެން ހިނގައްޖއެވެ. އައުފް އޭނާގެ އިސްތަށިގަނޑަށް އަތް މަހާލުމަށްފަހު ބޮލުގެ ދެފާރަތުން ހިފެހެއްޓުމަށްފަހު އެނދު ކައިރީގައި އިށީނެވެ. އެނދުގައި ލޯމަރައިގެން އޮތް ޒީޝާގެ ތުންފަތްމަތީގައި ވަނީ ކާމިޔާބުގެ ހިނިތުންވުމެވެ. ** އައުފް އަވަސް އަވަހާ ގަޔަށް އަންނައުނުތައް މަހާލަމުން ބޭރަށް ނިކުތެވެ. އޭނާގެ މިސްރާބު ހުރީ ގޭގެ މަސައްކަތް ކުރަން އުޅޭ މީހުން ދިރިއުޅޭ […]
އަހުނަފް އައުމާއެކީ ގޭތެރޭގެ ހަލަބޮލިކަން އިތުރުވެގެން ދިޔައެވެ. އިޝާންއާއި އަހުސަންއަށްވުރެ ދެއަހަރު ދުވަސް ހަގުކަމުގައިވިޔަސް ފެންނަފެނުމަށް އަހުނަފް އެމީހުނާ ދާދި އެއްވަރެވެ. މިޖާޒުގައި ހަލަބޮލިކަން ހަރުލާފައިވާ އަހުނަފްގެ ސަބަބުން އޭނާއާއެކުގައި އުޅޭއެހެންމީހުންނަށްވެސް މަޑުންތިބުމަކީ އުނދަގޫކަމެކެވެ. ހުރިހާ އެންމެންވެގެން ފޯރީގައި ސަކަރާތް ޖަހަޖަހާފައި އުޅުނުނަމަވެސް އިޝާންގެ ހިތުގެ އެއްކަނެއްގައި ނުފިލާރިހުމެއްވަނީ އުފެދިފައެވެ. އެއީ އޭނާ އެންމެލޯބިވާ މީހުންނާ ވަކިވާން ޖެހޭތީ ރިހޭރިހުމެވެ. މިފަސްގަނޑު ދޫކޮށް ދާންޖެހުމުން ހިތަށް ކުރާއަސަރެވެ. އޭނާ މިރަށަށް އައީ ކިހާފޮނި އުއްމީދަކާއެކީ ހެއްޔެވެ؟ އޭނާގެ […]
އެގޮތަށް ޒައިދާން ބަލާތީ ގަތް ލަދުން ޖަންނަތު އަވަހަށް ތެދުވެ އެތަނުން ދާން އުޅުނެވެ. ނަމަވެސް ކުއްލިއަކަށް ހުށިޔާރު ކަމާ އެކު ޒައިދާން ޖަންނަތުގެ އަތުގައި ހިފެހެއްޓި އެވެ. ޖަންނަތު ފަހަތަށް ބަލައިލި އެވެ. “މީ ހުވަފެނެއްތަ؟” ޒައިދާންއަށް މަޑުމަޑުން އަހާލެ ވުނެވެ. ޒައިދާން ބަލަން އޮތް ގޮތުން ޖަންނަތު ކައިރިއަށް ހިނިވެސް އައެވެ. “މީ ހުވަފެނެއް ނޫން.” ޒައިދާންގެ ބޮލުގައި ޖަންނަތު އަނެއް އަތުން ޖަހާލަމުން ބުނެލި އެވެ. ޒައިދާންއަށް ހަމަހޭވެރިކަން ވީ ދެނެވެ. އަވަހަށް […]