ހިތް ބޭނުމޭ..4 ބޭނުން ނުވިޔަސް ލިލީ ޖެހޭނީ އެކަން ކުރަން. ނޫނީ ކަންތައްކުރާނޭ ގޮތް ގޮތް މަންމަ މެނަށްވެސް އިނގޭ” ލިލިއަން އަށް އިންޒާރެއް ދެމުން ޖަބީންވެސް ޑައިނިންގް ރޫމުން ނުކުތީ ހިތްހަމަނުޖެހިފައި ހުރެއެވެ.ރުޅި އައިސް ރަތް ވެފައި ލިލިއަން އަށް އޭނާގެ ކުރިމަތީ ހުރި ތަށިތައް ބުރުވައިލެވުނެވެ. ރުޅި ގަދަ ވެފައި ހުރި ވަރުން ލިލިއަންގެ ލޮލުގައި ކަރުނަތައް ވިދަވިދާ ހުއްޓެވެ. ދެ ދުވަސް ތެރޭ މީރާން އާއި އާނާ މެލޭޝިއާ އަށް ފުރައިފިއެވެ. އެލީން […]
ތެޅިތެޅި އޮތްހިތަކާއެކު އިޝާން ކާކޮޓަރިއަށް ވަނެވެ. އެތެރެއަށް ވަނުމާއެކީ އޭނާގެ ފިޔަވަޅުތައް ގަނޑުވީ ކާމޭޒުކައިރީގައި އިން ނީލާ ފެނުމުންނެވެ. ނީލާއާ އަނިލްއާއި ކާފައާއި މާމަގެ އިތުރުން ނީލާގެ މަންމައާއި ބައްޕަވެސް ތިއްބެވެ. މަންމަހުރީ އޭނާގެ ލޯބި ލޯބިދަރިފުޅު އިއާން އުރާލައިގެންނެވެ. އޭނާގެ ދަރިފުޅު މިހާރު އަދި ކުރިއަށްވުރެވެސް އޭނާއާ ވައްތަރެވެ. އަދި އެހާމެ ލޯތްބެވެ. ކުއްލިއަކަށް ނީލާމެން ފެނުމުން ހައިރާންވެގެން ވިސްނަންވީ އެއްޗެއްވެސް ނޭނގިފައި އިޝާންއަށް ހުރެވުނެވެ. ” އިޝާން ދަރިފުޅާ…އަވަހަށް އާދޭ” އިޝާން ފެނުމާއެކު ކާފައުފަލުން […]
އެގެއިން އަޔާޒް ނުކުތްއިރު ހުރީ ވަރަށް ހައިރާންވެސް ވެފައެވެ. އަމީނާ އޭނާއާއި ފަޔާޒްގެ ނަމުން މުޚާތަބުކުރީ ކީއްވެބާވައެވެ. އެބުނާ ފަޔާޒަކާއި އޭނާ ވައްތަރީ ހެއްޔެވެ؟ އަނެއްކާ އެބުނާ ފަޔާޒަކީ ރިޔާޝާގެ ފިރިމީހާ ހެއްޔެވެ؟ ޔަޤީނެވެ. އެހެންނޫންނަމަ ރިޔާޝާ ވީތަނެއް އެނގޭނީ ފަޔާޒަކަށް ނޫންހޭއެކޭ އެ އަންހެންމީހާއެއް ނުބުނީހެވެ. އެ އަންހެންމީހާއަކީ ރިޔާޝާގެ މަންމަބާވައެވެ. އެހެންކަމަށްވާނަމަ އޭނާއަށް ރިޔާޝާ ވީތަން ނޭނގެންވީ ކީއްވެ ހެއްޔެވެ؟ ދެން ރިޔާޝާ ވީތަނެއް ހޯދަން އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ؟ މިފަދަ ޚިޔާލުތަކެއްގައި […]
“ސާބަސް އިނގޭ..އެކަމަކު ބުނާނެ މަށެއް ރާއްޖޭ ކުއްޖަކާ ނީންނާމޭ..މިހާރު ތިހުރީ ކިޔާ އެއްޗެހި…ސީމާ އަށް ވާވަރަކީ ތީދޯ؟ އެނީވޭސް ދެން ފްރެންޑްވެސް ވާނެތާ ދޯ..ތީ މަގޭ އެސިސްޓެންޓް ވިއްޔާ..ހެހެހެ..އަހަރެން ވަރަށް އަވަހަށް ރާއްޖެ ދާނަން އޭނަ އާ މީޓް ކޮށް ކަންތައްތައް ނިންމާލާން..އަދި ސީމާ އަށް ސަޕްރައިސް އެއްވެސް އޮންނާނެ..” އައުފް ގެ އަޑުގައި ވަނީ ހިތްހަމަ ޖެހުމެވެ. ** މިކްޔާ އިނީ މުސައްލަ މަތީގައެވެ. ކަލާނގެ ހަސްރަތުގައި ޝުކުރު ދެންނެވުނު އަދަދެއްވެސް މިކްޔާއަށް ނޭނގެއެވެ. ގެއަށް […]
ކުއްލިއަކަށް ޖެހިގެން އޮތް ގޯޅިން ބާރަށް ނުކުތީ ކާރެކެވެ. ޒައިދާން ވެސް ސިއްސައިގެން ދިއުމާއި އެކު ކާރުގެ ބުރަކި ޖައްސަން ޒައިދާން އުޅުނެވެ. ޒައިދާންއަށް ބުރަކި ޖެއްސުނީ ކިރިޔާ އެވެ. ނޫންނަމަ އެކާރުގައި ޖެހި ނުރައްކާ ތެރި ކާރިސާއެއް އެރޭ ހިގީ ހެވެ. ބުރަކި ޖެއްސި ގޮތަށް ގުޑިވެސް ނުލާ ޒައިދާންއަށް އިރުކޮޅަކު އިނދެވުނީ އެވެ. އޭނާ ފުން ނޭވާއެއް ލިއެވެ. އަދި ސަލާމަތް ވީތީ ހިތާހިތާ ދުޢާ ކޮށްލަމުން ކާރު ދުއްވާލި އެވެ. ކުރިއަށް ވުރެން […]
6 މަސް ފަސް…… އަހަރުގެ ފުރަތަމަ ސެމެސްޓަރގެ ކިޔެވުންނިމި ޗުއްޓީ ވެއްޖެއެވެ. އަހުސަންއާއި އަހުނަފްއާ ދެމީހުން މާލެ ނުދެވިގެން ތެޅިފޮޅެނީއެވެ. އަހުސަންގެ ކަންތައް ވަކީންބޮޑެވެ. އޭނާގެ ހަރަކާތްތައްހުރިގޮތުން އިޝާންހުރީ ހައިރާންވެފައެވެ. ހަމަގައިމުވެސް މަންމައާއި ބައްޕަ ދެކޭހިތުންނެއް އަހުސަންއަކަށް އެވަރެއް ނުވާނެކަން އިޝާންއަށް އެނގެއެވެ. ކޮންމެވެސް އެހެންކަމެއް އެބައުޅެއޭ އިޝާންގެ ހިތަށް އެރިއެވެ. ” ހޭ ބުރޯ! ހާދަކެތްމަދުވެގެން ތިއުޅެނީ…އަނެއްކާ އެކޮޅުގަ މީހަކު އިންތިޒާރުކުރަނީތަ؟…” ޝައްކުގެ ނަޒަރަކުން ބަލާލަމުން އިޝާން ކޮށްލިސުވާލުން އަހުސަން ކަންބޮޑުވެފައި އިޝާންގެ މޫނަށް ބަލާލިއެވެ. […]
ލޫކް އަކީ ހާދަ އަނިޔާވެރި އިންސާނެކޭ އަލްޔާ ހިތަށް އަރައެވެ. ޒަހަމަކީ ހުސްއެކަނި ބޭރުން ފުށުން ފެންނަން ހުންނަ އެއްޗެއް ނޫން ކަން މިހާރު އަލްޔާ އަށް ވިސްނެއެވެ. ހަށިގަނޑުގެ ބޭރު ފުށުން ލަކުނެއްހާ ހިސާބު ނެތްއިރުގައި ވެސް އަލްޔާގެ ހިތް ވަނީ ލޫކްގެ ލޯތްބަށްޓަކައި ފަޅިފަޅި ވެފައެވެ. އެކަން ލޫކް އަށް އެނގޭ އިރު ވެސް ފަރުވާއެއް ދޭން ނާންނަނީ ކީއްވެގެން ބާއެވެ؟ ގަޑިން ބާރަޖެހިއިރު މިޔާނާ ބަދިގެއަށް ދިޔައީ ޢަބްދުއްޝަކޫރު ކޮފީ ތައްޓަކަށް […]
ހިތް ބޭނުމޭ…3 “އަހަރެން ދަނީ. ނޫނީ މީރާން އަށް އަހަރެން މިކޮޓަރިއަށް އައި ކަން ބަސްޓް ވެދާނެ. އަހަރެން ނަށް އިންތިޒާރު ކުރާނެ ކަމަށް ހީކުރަން” ޒެއިން އެއްލޯ މަރައިލަމުން އެ ކޮޓަރިން ނުކުތް މަންޒަރު ބަލަން ހުރި އެލީން އަށް ހަމަހޭވެރިކަން ވުމުން ބޮލުގައި އަތް އަޅައިލަމުން އެނދުމައްޗަށް ވެއްޓިގަނެވުނެވެ. ޒެއިން އެ ބުނި ބަސްތަކުގެ ސަބަބުން މި ހުރިހައި ދުވަހު އޭނާގެ ހިތުގައި ލެވިފައިވި ޒަހަމް ތައް ފަސޭހަވެގެން ދިޔަ ފަދައެވެ. ******************* އެލީން […]
ކާމިޔާބު އަންހެނާ 12 ކޮންމެ ގޮތެއްވިޔަސް ހީނާ އަސްލަމް މަތިންވެސް ހުންނާނީ ހަނދާންނެތިފައެވެ. މިވާހަކަ އުލްފަތު އަސްލަމް ކާރީ ހޮސްޕިޓަލަށް ދިޔުމުގެ ކުރިން ބުންޏެވެ ފޯނުން ކޮންމެ ދުވަހަކު އޭނާ ހީނާގެ ހާލު ބަލާ ހަދައެވެ. އަސްލަމް އާއި އުލްފަތު އެކުގައި ހީނާއޮތް ކޮޓަރިއަށް ވަނެވެ. އުލްފަތު ހީނާއަށް އަސްލަމް ތަޢާރަފް ކޮށްދިނެވެ. އަސްލަމް އާއި ހީނާ ސަލާމް ކޮށްލިއެވެ. “އަހަރުމެން އެކުގަ ވާނެ ވަރަށް ގިނަ މަސައްކަތް ކޮށްފަ ހީނާ ކުޑަކޮށް ހަނދާންވޭތަ؟” އަސްލަމް އަހާލިއެވެ […]