ޝިޔާޒްމެން ހުޅުމާލެއަށް ބަދަލުވުމުން ސަމީރާ މުޅިން އެކަނިވެ، ގޭތެރެއަށް ފަޅުކަން ވެރިވިއެވެ. އެފަޅުކަމާއި އެކަނިވެރިކަމަށް ކެތްކުރަން ސަމީރާއަށް ނުހަނު އުނދަގޫވިއެވެ. ޝެލީންއާއި ޝިޔާޒް ޝާމިންއާއެކު އުޅޭނެ އުފާވެރިކަން ހިތަށްއަރާ ކޮންމެ ފަހަރަކު އޭނާގެ ހިތުގައި ރޯވެފައިވާ ހަސަދައިގެ ހުޅުގަނޑު ބޮޑުވެގެން ދެއެވެ. އޭނާގެ ދިރިއުޅުން ވީރާނާ ކޮށްލާފައި ޝެލީން އުފަލުގައި އުޅޭ މަންޒަރުބަލަން އޭނާއަކަށް ކެތެއް ނުވާނެއެވެ. މިވީހާތަނަށްވެސް އޭނާބޭނުންވި ކޮންމެ ކަމެއްވަނީ ހާސިލްކޮށްފައެވެ. ވީއިރު އޭނާގެ ދިރިއުޅުން ޝެލީންފަދަ އާދައިގެ ނިކަމެތި އަންހެނެއްގެ ހިޔަނި އެޅިގެން […]
“މާހިނު އެނގޭތަ؟ އެއީ ރިޝްކާ ދާ ސްކޫލުގެ ޕްރިންސިޕަލް… އޭނަ މިގެއަށް އައިސް އަންޖޫދާ ކަމުދާ ވާހަކަ ދެއްކީ… އަންޖޫ ވިސްނާލަބަލަ.. މާލޭގަ އޭނާގެ ގެދޮރު އެބަހުރި.. އޭނަ ތަނަވަސް… އަނެއްކާ އޭނާ އެހުރީ ރިޝްކާ އަށް ވެސް ބައްޕައެއްގެ ލޯބި ދޭގޮތަށް… މިފަދަ ފުރުސަތެއް ދެން އަންޖޫއަަށް ލިބޭނެތަ؟ އެހެންވެ އަހަރެން މާހިން ގާތު ބުނެފިން އަންޖޫ ވެސް އޭނާއާ އިންނަން ރުހި ގަބޫލޭ…” އާމިނާ އަންޖޫދާއަށް ވިސްނައިދޭން މަަސައްކަތް ކުރާ ފަދަ ގޮތަކަށް ބުނެލިއެވެ. […]
ޑރ. ކަޕޫރާއި ހަސީނާއާއި ރިޔާޝާއާއި ތިން މީހުން ވެގެން އަޔާޒް އެއްގަމަށް އެރުވިއެވެ. ދެން ރިޔާޝާ އެއްވެސް އެއްޗެކޭ ނުބުނެ ހިނގައިގަތީ އެތެރެއަށެވެ. ރިޔާޝާ ދާތަން ބަލަން ތިންމީހުން ހައިރާންވެފައި ތިއްބެވެ. އެވަގުތު އަޔާޒަށް ރިޔާޝާގެ ނަން ކިޔާލެވުނެވެ. ޖެހިގެން އައި ދުވަހެވެ. ހަސީނާ ޑރ. ކަޕޫރާއި ވާހަކަދައްކަމުން ދިޔައީ އަޔާޒްގެ ހާލަތާއި މެދުގައެވެ. ޑރ. ކަޕޫރު ބުނިގޮތުން އަޔާޒްގެ ހާލަތު އައީ މަޑުމަޑުން ރަނގަޅުވަމުން ކަމަށާއި ރިޔާޝާ އަޔާޒް ފެންގަނޑަށް ވައްޓާލުމުން ލިބުނު ޝޮކްގައި އޭނާގެ […]
ކެތްތެރިކަން ކޮޅުންލައިގެން ގޮސް އެންމެފަހުން އަހަރެން ތާޝާގެ މަޑު ތުންފަތުގައި ބޮސްދިނީމެވެ. ތާޝާވެސް އަހަރެންގެ ހަރަކާތުގައި ބައިވެރިވެލިއެވެ. ކުޑައިރުކޮޅަކު އެގޮތުގައި ތިބުމަށްފަހު އަހަރެން ތާޝާއާއި ދުރުވެލީމެވެ. އަހަރެންގެ އަމަލުތައް މިޔަށްވުރެ މައްޗައް ހިނގައްޖެނަމަ ތާޝާ އަހަރެން ދެކެ ބިރުގަނެފާނެއެވެ. އަދި އަހަރެންނަށް ކުރާ އިތުބާރު ގެއްލިދާނެއެވެ. އަހަރެންގެ ނަފްސު ހަމަޔަކަށް އަޅުވައިލީމެވެ. އަހަރެން ބަލައިލިއިރު ތާޝާ އިނީ އިސްޖަހައިގެންނެވެ. “ބަނޑުހައިތަ؟” ތަނަށް ވެރިވެފައިވި ފަޅުކަން ފިލުވައިލަން އަހަރެން ބުނެލީމެވެ. އެވަގުތު އަހަރެންނަށް ބަނޑުހައި ހޫނުކަން އިހުސާސް ކުރެވުނެވެ. […]
ް ބޭނުމޭ…12 “ބޭބޭ..” ފުރަގަސް ދީގެން އިން އެޒިލް އަށް އެލީން ގޮވައިލުމުން ތެދުވެ އެމީހުން ނަށް ކުރިމަތި ލީ އިރު އެ ތުންފަތްމަތީ ވި ހިނިތުންވުން ފަނޑުވެގެން ދިޔައީ ޒެއިން ގާތު ހުރި ލިލިއަން ފެނިފައެވެ. ލިލިއަންގެ މޫނުމަތިން ވެސް ހައިރާންކަން ފެނިގެން ދިއުމުން ޒެއިން އަށް އެއީ އޭނާ ހޯދަމުން ދާ އެޒިލް ކަން ގާތް ގަނޑަކަށް ޔަގީން ވިއެވެ. ޒެއިންގެ މަގުޞަދު ލިލިއަން އަށް ކޮންމެވެސް ވަރަކަށް ޔަގީން ވެގެން ދިޔައެވެ. އެހެން […]
އިރުކޮޅަކު ކޮޓަރީގައި އިނުމަށްފަހު އާމިނާ ފޯނު ހުޅުވާލައި މާހިންގެ ނަމްބަރު ހޯދާލީ ސިކުނޑިއަށް އައި މޮޅު ހިޔާލެއްގެ ސަބަބުންނެވެ. އެއްމިޔަކުން ހިނިތުންވެ ހުރެ އާމިނާ މާހިންގެ ނަމްބަރަށް ގުޅާލިއެވެ. “ހަލޯ… ކައިވެނީގެ ކަންތައް ވީހާވެސް އަވަހަކަށް ކުރަންވީ..” މާހިން ފޯނު ނެގުމާއެކު އާމިނާ ބުނެލިއެވެ. “އަންޖޫދާ އެއްބަސްވީތަ؟” މާހިން އުފަލުން ހުރެ އަހާލިއެވެ. “އާނ.. އަންޖޫދާ ހަމަ އެއްބަސް… އެހެންވީމަ މިކަމާ އުޅެންވީ ހަމަ އަވަހަށް…” އާމިނާ އެހެން ބުނެލިއިރު މާހިން އަށް ހީވީ ދުނިޔޭގެ ހުރިހާ […]
ޝެލީން ފޫހިގޮތަކަށް ދޮރާދިމާއަށް އެނބުރުނު ވަގުތު ސްކުރީންއިން ސަމީރާ ފެނިފައި ލޯލިތައް ކޮޅަށް ޖެހުނެވެ. ސަމީރާ އައީއެވެ. ދެން ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ ދޮރު ނުހުޅުވާ ޝިޔާޒްއަށް ގުޅަންވީބާއެވެ. ނޫނީ ދޮރުހުޅުވަން ވީބާއެވެ. ޝެލީންއަށް ހަދާނެގޮތް ބޮޑުވިއެވެ. އެހެން ހުއްޓައި ތަކުރާރުކޮށް އެލާރމް އަޅަން ފެށުމުން ހާސްވެގެން ޝެލީން ދޮރުހުޅުވާލިއެވެ. ” އެހުރިހާއިރު ނަގާތަ ދޮރުހުޅުވަންވެސް…..ކޮންތާކަށް ވަދެއޮވެފަތަ ތިއައީ؟…” ޝެލީން ދޮރުހުޅުވިލެއް ލަސްކަމުން ސަމީރާހުރީ ރުޅިގަދަވެފައެވެ. ޝެލީން އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލިއެވެ. ސަމީރާ ފެންނަނިކޮށް ޝެލީން […]
އަހަންނަށް ކިޔަނީ އައިރީން އެވެ. އަހަރެން މީ އަހަރެންގެ މަންމަގެ އެއްމެ ދޮށީ އަންހެން ދަރިފުޅެވެ. އުމުރުން 16 އަހަރު އަހަންނަކީ އަކީ އައްޑޫ އަތޮޅު ސުކޫލުގައި ގްރޭޑް 10 ކިޔަވަމުން އަންނަ ކުއްޖަކީމެވެ.. އަހަންނަކީ ވަރަށް ކުދިންނާ ރައްޓެހި ވަރަށް މަޖާމިޒާޖެއް ކުއްޖަކީމެވެ. ދުވަސް ތައް ގުނަމުން ގުނަމުން ގޮސް މިހާރު އަހަރެންގެ ޖީ ސީ އީ އޯލެވެލް ފަށްޓަން ވަރަށް ކާރިވެއްޖެއެވެ. މިކަމާ އެންމެ ބޮޑަށް ކަންބޮޑުވަނީ އަހަރެންގެ މަންމަ ވަދީފާ އެވެ. ބައްޕައަކީ، […]
“ބޭބީ ހީނުކުރަން ގުޅާލާއިރަށް އަންނާނެކަމަކަށް…” މޯންޑޭގެ ތަނަވަސް މޭމަތީގައި ބޯއަޅާލަމުން ޝީރީން އެ ހަށިގަނޑުގައި ބައްދާލިއެވެ. “ހީވޭތަ ނާންނާނެހެން… ތީ އަހަރެންގެ ޖާނާ ފުރާނައެއްނު… އައި ލަވް ޔޫ އޭ… މިހާރު ވަރަށް ލޯބި އެނގޭ…” ޝީރީންގެ ހާމައަށް އޮތް ބުރަކަށީގައި ފިރުމާލަމުން މޯންޑޭ ޝީރީންގެ އެ ކަނދުރާގައި ވަސްގަނެލިއެވެ. އަދި ހީލިކަރިވާލީ އިތުރަށް އެ ވަގުތުކޮޅަށް ފުރިހަމަކަމެއް ގެނައުމަށެވެ. ދެން އިވިގެން ދިޔައީ މުޅި ކޮޓަރިން ދެ ޒުވާނުންގެ ހުނުމުގެ އަޑެވެ. “ދަރިފުޅާ ދާންވީނު ފެންވަރާ […]