“ސިއާން. އަދިވެސް ނިދަން އޮތީތަ. ޔަގީން މިއަދަކު ޗެކިން އަކަށް ލައްވާ ނުލާނެކަން. ސިއާން. ” ދޮރުގައި ތަޅައިގަތީ މަންމައެވެ. އަހަރެން ނުހޭލަނީ ކަމަށް ހީކޮށެވެ. އެކަމަކު އަހަރެންނަށް ވުރެ ކުރިން ހޭލި މީހަކު ހުންނާނެހެނެއް ހިޔެއް ނުވެއެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ އޮސްޓްރޭލިޔާއިން އަހަރެންގެ ކިޔެވުން ނިމިގެން މާލެ އައިސް މިވީ ހަފްތާއެއްގެ ތެރޭގައި އަހަރެން މޮޔަވާން ކައިރި ނުވީ ކިރިޔާއެވެ. ކުޑައިރުއްސުރެ އުޅެ ބޮޑުވީ އޮސްޓްރޭލިޔާގައި ކަމުން އަހަރެން ދަންނަ ރަހުމަތްތެރިއަކުވެސް ޒާނިޝް އާއި […]
ސިޓީ ކިޔަމުން ދިޔަ އިރު އަހަރެންގެ ދެލޯ ވަނީ ކަރުނައިން ފުރިފައެވެ. އަހަރެން ކުރަމުން އައި ފޮނި އުންމީދުތައް ފުޑުފުޑު ވީއެވެ. މުޅިދުނިޔެއިން ބާކީވީއެވެ. ‘ އަހަރެން އެނބުރި އަޒްރަކް ކައިރިއަށް ދާކަށް ބޭނުމެއްނުވެއެވެ…، ދުވަސްތަކެއް ވެތުވެގެން ހިނގައްޖެއެވެ. ހިސާހިތަކު އަހަރެންގެ އޯލެވެލް ވެސް ފެއްޓިއްޖެއެވެ. އޯލެވެލްގެ ނަތީޖާ ލިބުމާ އެކީ، ރަށް ދޫކޮށް މާލެ އަށް ދާން އަހަރެން މަންމަ ގާތުގަ އެދުނީ މެއެވެ. އަޒްރަކް ގެ ޙިޔާލުތަކާ އަހަރެން ދުރަށް ދާން ބޭނުންވާތިވެއެވެ.. މަންމަ […]
އަހަންނަށް ހުރެވުނީ ހަމަ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. ކިހިނެއް އަހަރެންގެ ނަން އެގުނީ؟ މިހެން އަހަރެން ބުނުމާއެކު އެޒުވާނާ އަހަރެންގެ ގައިގައި އޮޅުލައި ގަތެވެ..’ އައިރީން! އަހަރެން އައިރީން ދެކެ ވަރަށް ބޮޑަށް ލޯބިވޭ ! މީގެ ދެއަހަރު ކުރިން ފެށިގެން އަހަރެން އައިރީން ދަންނަން” އެއީ ކިހިނެއް އަޒްރަކް އަަހަރެން ދަންނަނީ؟ ” އެކަމަކު އަހަރެން ދުވަހަކުވެސް އަޒްރަކް ނުދެކެން ” އަހަންނަށް ސުވާލަކަށްފަހު ސުވާލެއް ކުރެވެންފެށުނެވެ. “އަހަނަނަށް ، އައިރީން ފެނުނީ މީގެ ދެއަހަރު […]
އަހަންނަށް ކިޔަނީ އައިރީން އެވެ. އަހަރެން މީ އަހަރެންގެ މަންމަގެ އެއްމެ ދޮށީ އަންހެން ދަރިފުޅެވެ. އުމުރުން 16 އަހަރު އަހަންނަކީ އަކީ އައްޑޫ އަތޮޅު ސުކޫލުގައި ގްރޭޑް 10 ކިޔަވަމުން އަންނަ ކުއްޖަކީމެވެ.. އަހަންނަކީ ވަރަށް ކުދިންނާ ރައްޓެހި ވަރަށް މަޖާމިޒާޖެއް ކުއްޖަކީމެވެ. ދުވަސް ތައް ގުނަމުން ގުނަމުން ގޮސް މިހާރު އަހަރެންގެ ޖީ ސީ އީ އޯލެވެލް ފަށްޓަން ވަރަށް ކާރިވެއްޖެއެވެ. މިކަމާ އެންމެ ބޮޑަށް ކަންބޮޑުވަނީ އަހަރެންގެ މަންމަ ވަދީފާ އެވެ. ބައްޕައަކީ، […]