Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަލޯބި

ރިޔާޝާ (ފަހުބައި)

Saandy Level 1010 Stories1K Comments500 Comments100 Comments100 Stories
December 7, 2016 9 Mins Read
61 Comments

ޑރ. ކަޕޫރާއި ހަސީނާއާއި ރިޔާޝާއާއި ތިން މީހުން ވެގެން އަޔާޒް އެއްގަމަށް އެރުވިއެވެ. ދެން ރިޔާޝާ އެއްވެސް އެއްޗެކޭ ނުބުނެ ހިނގައިގަތީ އެތެރެއަށެވެ. ރިޔާޝާ ދާތަން ބަލަން ތިންމީހުން ހައިރާންވެފައި ތިއްބެވެ. އެވަގުތު އަޔާޒަށް ރިޔާޝާގެ ނަން ކިޔާލެވުނެވެ.

ޖެހިގެން އައި ދުވަހެވެ. ހަސީނާ ޑރ. ކަޕޫރާއި ވާހަކަދައްކަމުން ދިޔައީ އަޔާޒްގެ ހާލަތާއި މެދުގައެވެ. ޑރ. ކަޕޫރު ބުނިގޮތުން އަޔާޒްގެ ހާލަތު އައީ މަޑުމަޑުން ރަނގަޅުވަމުން ކަމަށާއި ރިޔާޝާ އަޔާޒް ފެންގަނޑަށް ވައްޓާލުމުން ލިބުނު ޝޮކްގައި އޭނާގެ ހަރަކާތް އެނބުރި އައީ ކަމަށެވެ. “ﷲއަށް ޙަމްދުހުރި. އަހަންނަށް ރިޔާޝާއާ ދޭތެރޭ ވިސްނުނީ ހާދަ ނުބައިކޮށޭ. އެކަމަކު އޭނަ އަހަރެންގެ ދަރިފުޅަށް އާ ދިރިއުޅުމެއް އެހޯދައިދިނީ. އޭނާގެ އެ އިޙްސާންތެރިކަމުގެ ބަދަލު ދޭނެ ގޮތެއްވެސް އަހަންނަކަށް ނޭނގެ.” ހަސީނާ ބުނެލިއެވެ. “އަޔާޒް!” ޑރ. ކަޕޫރަށް އަޔާޒް ފެނުމުން ގޮވާލިއެވެ. “ދަރިފުޅާ އަޔާޒް! ދަރިފުޅު ރަނގަޅު ދޯ؟” އަޔާޒް ބޯ ޖަހާލާފައި ރިޔާޝާ ކޮބައިތޯ އަހާލިއެވެ. “ރިޔާޝާ މިދިމާލުން ބޭރަށް ނުކުތްތަން ފެނުނު.” ޑރ. ކަޕޫރް ބުނެލިއެވެ. “ދޭ ގޮސް ރިޔާޝާ ގޮވައިގެން އަންނަން.” ހަސީނާ އުފަލުން ފުރިފައި ހުރެ ބުނެލިއެވެ. ހަސީނާއަށް ބަލާލާފައި ހިނިތުންވެލަމުން އަޔާޒް ބޭރަށް ހިނގައިގަތެވެ.

އަޔާޒް ހޮސްޕިޓަލުގެ ގޯތި ތެރެއިން ނުކުމެ ދެކޮޅު ބަލާލިއިރު މާދުރު ނޫން ހިސާބެއްގައި ހަދަން ފަށާފައިވާ ދިހަ ބުރީގެ އިމާރާތަކަށް ރިޔާޝާ ވަންނަނިކޮށް ފެނުނެވެ. އޭނާ ބާރުބާރަށް ދުވެފައި ގޮސް އެއިމާރާތަށް ވަނީ ރިޔާޝާއަށް ގޮވަމުންނެވެ. ރިޔާޝާއަށް އަޔާޒް ގޮވި އަޑު އިވުނު ނަމަވެސް އަޑު އިވޭކަމަށް ނުހަދާ ސިޑިން އަރައިގެން ދިޔައީ އެންމެ މަތީ ބުރިއަށެވެ. އަޔާޒް އޭނާގެ ފަހަތުން އަންނާނެކަން ރިޔާޝާއަށް ޔަޤީންވެއެވެ. ރިޔާޝާ ގޮސް އެންމެ މަތީ ބުރީގައި ބަހައްޓާފައި ހުރި ލަކުޑި ދިގު ގޮނޑީގައި އިށީނދެލިއެވެ. އިރުކޮޅެއް ވީތަނާ އަޔާޒް އައިސް ރިޔާޝާގެ ގާތުގައި އިށީނެވެ. “ރިޔާޝާ! އިނގޭތަ އަހަރެންގެ މަންމަމެން ހީކޮށްގެން އުޅޭ ގޮތް؟ އުނ. މަންމަމެން ހީކޮށްގެން އުޅެނީ ރިޔާ އަހަންނަށް އާ ދިރިއުޅުމެއް ހޯދައިދިނުން އެއީ ރިޔާ އަހަންނަށް ކޮށްދިން ވަރަށް ބޮޑު ހެޔޮކަމެއްކަމަށް. އަހަންނަށް ވެދިން ވަރަށް ބޮޑު އިޙުސާންތެރިކަމެއް ކަމަށް. ހެހެހެ. އެކަމަކު އެމީހުންނަށް ނޭނގޭ ކަމަކީ އެއީ ރިޔާގެ އަމިއްލަ ފައިދާއަކަށް ކުރިކަމެއްކަން.” އަޔާޒް އެހެން ބުނުމާއެކު ރިޔާޝާ އަޔާޒަށް ބަލާލިއެވެ.

“ރިޔާގެ ދިރިއުޅުމުގައި އެންމެ މަގެއް ފިޔަވައި ހުރިހާ މަގެއް ބަންދުވެފައި. އެމަގުން ހިނގޭނީ ހަމައެކަނި އަހަންނާއެކު. ރިޔާޝާ! ތީ މިހާރު ވަރަށް ބޮޑު އެކަނިވެރިއެއް. އެއްވެސް މީހަކަށް އެކަނިމާއެކަނި ދިރިއުޅުން ވޭތިއެއް ނުކުރެވޭނެ. އެންމެ ފަހަރަކު އަހަރެންދެކެ ލޯބިވެޔޭ ބުނޭ. އަހަރެން މިހިރީ ރިޔާޝާއާ ކައިވެނިކޮށްގެން މުޅި އުމުރަށް އުޅެން ތައްޔާރަށް.” އަޔާޒް ރިޔާޝާއަށް ބަލަން އިނދެ ބުނެލިއެވެ. އޭރު ރިޔާޝާވެސް އިނީ އަޔާޒަށް ބަލާށެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ރިޔާޝާ ތެދުވެ ހިނގައިގަތީ ބެލްކަންޏާއި ދިމާއަށެވެ. “ރިޔާޝާ! އަހަރެން މިކަމަށް މިއެދެނީ ހަމައެކަނި އަހަރެންގެ އުފަލަކަށް ނޫން. ރިޔާޝާގެވެސް އުފަލަށް. އަހަރެން މުޅި އުމުރަށްވެސް ރިޔާޝާ އުފަލުގައި ގެންގުޅޭނަން. ހަމަ އެންމެ ފަހަރަކު އަހަރެންދެކެ ލޯބިވެޔޭ ބުނޭ.” އަޔާޒް ދީވާނާއެއް ފަދައިން ބުނަމުން ދިޔައެވެ. އަޔާޒްގެ އަޑަށް ރިޔާޝާ ހުއްޓިފައި އަޔާޒާއި ދިމާއަށް އެނބުރުނެވެ. އަދި ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން އަޔާޒާއި ދިމާއަށް ދެއަތް ދިއްކޮށްލިއެވެ. އަޔާޒް އުފަލުން ފުރިފައިހުރެ އައިސް ރިޔާޝާގެ ގައިގައި ބައްދާލިއެވެ.

ރިޔާޝާ މަޑުމަޑުން އޭނާގެ ހެދުން ތެރެއަށް އަތް ކޮއްޕާލާފައި ވަޅި ނެގިއެވެ. އޭނާ މަޑުމަޑުން އަޔާޒާއި ދުރުވެލިއެވެ. ހަމަ އެސިކުންތުގައި އަޔާޒްގެ ބަނޑަށް ވަޅި ހަރާލިއެވެ. “ރިޔާޝާ!” އަޔާޒަށް ހަޅޭއްލަވައިގަނެވުނެވެ. “އާނ އަޔާޒް! އަހަރެން ކަލޭއަށް އާ ދިރިއުޅުމެއް ހޯދައިދިނީ މިދުވަސް ކަލޭއަށް ދައްކަންވެގެން. ކަލޭ އެހާލުގައި އިންދާވެސް އަހަރެން ބޭނުން ކަމެއް ކަލޭއަށް ކުރެވުނީސް. އެކަމަކު އަހަރެން ބޭނުންވީ އަހަރެންގެ ހަށިގަނޑުގައި އެޅި ވޭންތައް ކަލޭއަށްވެސް އިހުސާސްވާން. އެއީ ކަލޭ ރަނގަޅުކުރި ސަބަބަކީ.” ރިޔާޝާ ރުޅިވެރިކަމާއެކު ބުނެލިއެވެ. އަދި އޭނާ ވާހަކަދައްކަމުން ގޮސް ތަނބެއްގެ ކައިރީ ލައްގާފައިހުރި އުލެއްގެ ބައްޓަމަށް ހުރި ދަތި ނެގިއެވެ. އޭނާ އެވަނީ މާ ކުރީއްސުރެ އެކަމަށް ތައްޔާރުވެފައެވެ. “ކަލޭ ކަހަލަ އަމިއްލަ އެދުމުން ފޯވެފައި ތިބޭ ފިރިހެނުން އަހަރެމެން އަންހެނުންނަށް ހަދަނީ ހަދާނެ ގޮތެއް. ކަލޭމެންނަށް ނުވިސްނޭ ކަމަކީ ކަލޭމެން އަހަރެމެންގެ ހިތުގައި ޖައްސާ ކޮންމެ ފަހަރަކު އަހަރެމެންގެ ހިތުގައި ލޯތްބެއް އުފެދިފައިވާނަމަ އެލޯތްބެއް ބަދަލުވަމުން ގޮސް ނަފުރަތަށް ބަދަލުވާކަން. އެއީ ކަލޭމެންގެ މޮޔަކަން.” ރިޔާޝާ އެހެން ބުނެފައި އަޔާޒްގެ މޫނާއި ދިމާއަށް ދަތި މަޅާލިއެވެ. އަދި އަޔާޒްގެ ގައިގައި އެދަތިން ހައެއްކަ ބޮނޑި އެޅިއެވެ. އޭރު އެމީހުންނަށް ވަނީ ބެލްކަންޏަށް ނުކުމެވިފައެވެ.

“އަހަރެންގެ ފިރިމީހާ މަރާލި ގޮތް ހަނދާންކޮށްބަލަ.” ރިޔާޝާ އެހެން ބުނެގފައި އަނެއްކާވެސް އަޔާޒްގެ މޫނުގައި އެދަތިން ބޮނޑިއެއް އެޅިއެވެ. އެއާއެކު އަޔާޒަށް ރިޔާޝާއަށް ފުރަގަސް ދެވުނެވެ. “ހަނދާންކޮށްބަލަ އަހަރެންނާ އަހަރެންގެ ދަރިފުޅު ވަކިކުރި ގޮތް.” ރިޔާޝާ އެހެން ބުނެފައި އަޔާޒްގެ ބުރަކަށްޓަށް ދަތި ހަރާލިއެވެ. އެއާއެކު އަޔާޒް ތިރިވިއެވެ. “ހަނދާންކޮށްބަލަ އަހަރެންގެ ދިރިއުޅުން ބަރުބާދުކޮށްލި ގޮތް. މިއަދު އަހަރެންގެ ޒަޚަމްތަކުގެ ފަރުވާއަކީ ހަމައެކަނި ކަލޭގެ މަރު.” ރިޔާޝާ އެހެން ބުނެފައި ދަތި މަޅާލިތަނާ އަޔާޒް އޭގައި ހިފެހެއްޓިއެވެ. “ރިޔާޝާ! ކަލޭ އަހަރެން އެހާލުގައި އިންދާ ރަނގަޅުކޮށްފައި މަރާލީމަ މީހުން ކިޔާނީ ކީކޭ؟ އަހަރެން މަރާނުލާ.” “ކާކަށް ކީކޭ ކިޔޭނީ؟ އެއްވެސް މީހަކަށް ބުނެވޭނެތަ އަހަރެން މިމަރާލީ ކުށެއްނެތް މައުސޫމު އިންސާނެކޭ. ތީ އިންސާނެއްގެ ސިފައިގައި ހުރި ޖަނަވާރެއް.” ރިޔާޝާ އެހެން ބުނެފައި އަޔާޒްގެ އެންމެ ނާޒުކު ހިސާބުގައި ފައިން ޖެހިއެވެ. އެއާއެކު އަޔާޒަށް ދަތިން ދޫކޮށްލެވުނެވެ. ރިޔާޝާ މިފަހަރުގެ ހަމަލާ އައީ މާބާރަށެވެ. އެއާއެކު އަޔާޒްއަށް އޭނާގެ ހަށިގަނޑު ބެލެންސް ނުކުރެވި ބެލްކަނިން ބޭރަށް އަރިއަޅާލިއެވެ. އޭނާ ތިރިއަށް ވެއްޓެންދިޔަ ވަގުތު ރެއިލިން ޖަހަންވެގެން އެއްފޫޓަށް އުސްކޮށް ރާނާފައިވާ ފާރުބުރީގައި ހިފެހެއްޓުނީ ކިރިޔާއެވެ. އޭރު އޭނާ އޮތީ ދިހަވަނަ ބުރިން މަގުމައްޗަށް ވާގޮތަށް އެލިފައެވެ.

“ރިޔާޝާ! އަހަރެން މަރުވުމުގެ ކުރިން ހަމަ އެންމެ ފަހަރަކު އަހަރެންދެކެ ލޯބިވެޔޭ ބުނޭ.” އަޔާޒް އެ ނާޒުކު ދަނޑިވަޅުގައިވެސް އެދުނީ އޭނާދެކެ ލޯބިވެޔޭ ބުނުމަށެވެ. “އަހަރެން ކަލޭއަށް ނަފުރަތުކުރަން.” ރިޔާޝާ އެހެން ބުނެފައި އަޔާޒްގެ އަތަށް ދަތި ޖެހުމާއެކު އަޔާޒަށް އެއަތް ދޫކޮށްލެވުނެވެ. ވަގުތު ބަލާ ރިޔާޝާ އަޔާޒްގެ އަނެއް އަތަށް ފައިން އެރިއެވެ. އެއާއެކު އަޔާޒްގެ ދެއަތް ދޫވެގެން ތިރިއަށް ވެއްޓެން ފެށުމާއެކު އޭނާގެ ހަޅޭކުގެ އަޑު ފަޒާގައި ގުގުމާލިއެވެ. ރިޔާޝާ އަވަސްއަވަހަށް އެތެރެއަށް ދެމިގަތީ މީހަކަށް އޭނާ ފެނިދާނެތީއެވެ. އޭރު އޭނާގެ މޫނުމަތީގައިވަނީ އުފާވެރި ހިނިތުންވުމެކެވެ. އެތަނުން ވެއްޓިގެން ހަމަ ގައިމުވެސް އަޔާޒް ސަލާމަތެއް ނުވާނެއެވެ. ރިޔާޝާ އެއިމާރާތުން ނުކުތްއިރު އެގޭގެ ބިއްދަށު ފަޅިއަށް މީހުންތައް ޖަމާވަމުން ދިޔައެވެ. މުޅި އެހިސާބުގައި ވަނީ ލޭގެ ކޯރެއް ދަމާލާފައެވެ. އޭނާ އަވަސްއަވަހަށް ގޮސްވަނީ މާދުރު ނޫން ހިސާބުގައިހުރި ހޮސްޕިޓަލަށެވެ.

ރިޔާޝާ ވަށައިގެން ހޯދާލީ ހަސީނާ ފެނޭތޯއެވެ. އޭރު ހަސީނާ ޑރ. ކަޕޫރްއާ ވާހަކަދައްކަން ދުރުގައި ތިއްބެވެ. އޭނާއަށް ހަސީނާ ފެނުމާއެކު އެދިމާއަށް ދުއްވައިގަތެވެ. އޭނާ ހަސީނާގެ ގާތުގައި މޮޅު ޑްރާމާއެއް ޖައްސާލަން ޖެހޭނެއެވެ. އެހެންނޫނީ އޭނާއާމެދު ހަސީނާ ޝައްކު ކުރާނެކަން ގައިމެވެ. ހަސީނާމެންނަށް ރިޔާޝާ އެހާ ބާރަށް ދުވެފައި އަންނަތަން ފެނުމުން ހާސްވާގޮތްވިއެވެ. “ކިހިނެއްވީ؟” ރިޔާޝާ އައިސް އެމީހުންނާ އަރާ ހަމަވުމުން ހަސީނާ ހާސްވެފައި އަހާލިއެވެ. “އަޔާޒް…” ރިޔާޝާއަށް މާނޭވާލަމުން ރިޔާޝާއަށް އެހެން ބުނެވުމާއެކު ހަސީނާ ކިހިނެއްވީތޯ އެހިއެވެ. “އަޔާޒް… ވެއްޓުނީ.” “ކޮންތާކުން؟” ހަސީނާ އަހާލިއެވެ. “އެތާ… އެތާ… އެންމެ މަތިން.” ރިޔާޝާ އެބޮޑު އިމާރާތް ދައްކާލަމުން ބުނެލިއެވެ. އޭނާގެ ލޮލުން ކަރުނަތައް ބޭލީ ހަސީނާއަށް އޭނާއާމެދު ޝައްކެއް ވެދާނެތީއެވެ. ހަސީނާއަށް ވީގޮތެއްވެސް ނޭނގުނެވެ. އެހާ މަތިން މީހަކު ވެއްޓިގެން ސަލާމަތެއް ނުވާނެކަން އޭނާއަށް ޔަޤީނެވެ. އޭނާ އެދިމާއަށް ދާން އުޅުމުން ރިޔާޝާ އޭނާ ހިފެހެއްޓިއެވެ.

“ނޫން ދައްތާ. އެތަނަށް ދާނެ ކަމެއްނެތް. އަހަރެން އައިއިރު މީހުން ކިޔާ އަޑު އިވޭ އޮތީ ފިސްފިސްވެފައޭ. މުޅި ތަނުގައި އޮތީ ލޭ. މީހުންތަކުގެ ތެރެއިން ހައެއްކަ މީހުން އަނބުރައިގަނެގެންވެސް ނެރެފި.” ރިޔާޝާއާއި ޑރ. ކަޕޫރް އެތައް ވާހަކައެއް ދެއްކުމުން ހަސީނާ އެންމެފަހުން އެތަނަށްދާ ޚިޔާލެއް ނުކުރިއެވެ. އަޔާޒް އެމެޖެންސީގައި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައެވެ. އޭނާގެ މޫނު ދައްކާތަނަށް ހަސީނާ ގޮވައިގެން ދިޔައީ ރިޔާޝާއެވެ. ރިޔާޝާ މޫނުމަތިން ދެރަވާކަން ދައްކައިގެން އިންނަމަވެސް އޭނާ އިނީ އެތެރެއިން ހީލަހީލައެވެ. އޭނާގެ ދިރިއުޅުން ބަރުބާދުކޮށްލި އަނިޔާވެރިޔާގެ ކިބައިން އޭނާ ހިތްހަމަޖެހޭވަރުގެ ބަދަލެއް ހިފިއްޖެއެވެ. ހަމަ ޔަޤީނުންވެސް ދެން އޭނާގެ ހަޔާތަކަށް އަޔާޒްގެ ހިޔަންޏެއް ނޭޅޭނެއެވެ. އޭނާއަށް ދެން ފަޔާޒްގެ ހަނދާންތަކާއެކު ހިތްހަމަޖެހިލައިގެން އުޅެވިދާނެއެވެ.

މަންޒަރު ދުށް ފަރާތްތަކުން ބުނާގޮތުން އަޔާޒް ސީދާ ވެއްޓެން ދިމާވި ސަބަބެއް އެމީހުންނަކަށްވެސް ނޭނގެއެވެ. އެމީހުންނަށްވެސް ފެނިފައިވަނީ އަޔާޒް ވެއްޓެނިކޮށެވެ. އެހާ މަތިން ތިރި ބަލާލުމުން ބޮލަށް އެނބުރުން އަރައިގެން ވެއްޓުނީކަމަށް ޤަބޫލުކުރެވޭކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. ނަމަވެސް ފުލުހުން ބުނެފައިވަނީ އަޔާޒް އެތަނުން ވެއްޓުނީކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ. އަޔާޒްގެ ހަށިގަނޑުން އޭނާއަށް މީހަކު ހަމަލާ ދީފައި ހުރިކަމުގެ ނިޝާންތައް އެބަހުރި ކަމަށް ފުލުހުން ބުންޏެވެ. ތަހުގީގުގައި އެތަނުން ބައެއް ސާމާނު ފެނިފައިވީ ނަމަވެސް އެއިން އެއްވެސް އެއްޗަކުން ފިންގަރ ޕްރިންޓް ފެނިފައި ނުވާތީ ފުލުހުން ބުނީ އަޔާޒްގެ ޤާތިލު ހޯދޭނީ ޕޯސްޓް މޯޓަމް ހަދައިގެން ކަމަށެވެ. ނަމަވެސް ހަސީނާ އެކަމާ ވަގުތުން އިންކާރުކުރީ އޭނާގެ ލޯބިވާ ދަރިފުޅުގެ ހަށިގަނޑަށް އިތުރު އަނިޔާއެއް ދޭން ނޭދޭތީއެވެ. ހަސީނާ ގެއަށް އައިސްވެސް ވަރަށް ރުޔެވެ. “ދައްތާ! ކޮބާ ވަޙީދުބެ؟” ގެއަށް އައިސް ހަސީނާގެ ރުއިންވެސް ހުއްޓުނު ވަގުތު ރިޔާޝާގެ ހިތުގައި އުފެދިފައިވާ ސުވާލެއް ކޮށްލިއެވެ.

“ނޭނގެ ވީތަނެއް. ދައްތަ ނުވެސް ބަލަން.” ހަސީނާ އެހެން ބުނެލުމުން ރިޔާޝާއަށް ހައިރާންކަމާއެކު އެއީ ކީއްވެތޯ އަހާލެވުނެވެ. “އެއީ އަޔާޒް އެކްސިޑެންޓްވީ ރޭ. ދައްތަ ސިޓިންގރޫމްގައި އިންދާ އައީ ކޯލެއް. ބަލާލިއިރު އިންޑިޔާ ނަންބަރެއް. ނޭނގޭ ނަންބަރަކަށްވީމަ ދައްތަ ފުރަތަމަ ފޯނެއް ނުނަގަން. އެކަމަކު ތަކުރާރުކޮށް ގުޅަން ފެށީމަ ދައްތަ ފޯނު ނެގީ. ފޯނު ނެގުމާއެކު އެކޮޅުން ވާހަކަދެއްކީ ރަތީބާ. އޭނަ ބުނީ އަޔާޒް އެކްސިޑެންޓްވީ ވާހަކަ. އަޔާޒްއަށް އަވަހަށް ރަނގަޅު ފަރުވާ ބޭނުންވާކަމަށް އޭނާ ބުނީ. އޭނާއަށް އެކަނި އެހުރިހާ ކަމެއް ކުރެވެން ނެތް ވާހަކަ ބުނި. އޭނަ އެދުނީ ވީހާވެސް އަވަހަކަށް އެކޮޅަށް އައިސްދިނުމަށް. ދައްތަ ވަރަށް ހައިރާންވި އަޔާޒް އިންޑިޔާގަ އެކްސިޑެންޓްވީ ވާހަކަ ބުނީމަ. އޭނަ ދިޔައީ ރާއްޖެއަށް ވިއްޔަ. ދެން އެހެން ހުއްޓާ އިންޑިޔާގައި އެކްސިޑެންޓްވީ ވާހަކަ ބުނީމަ ކިހާ ހައިރާންވާނެ. އެކަމަކު ރަތީބާ އެވަރުގެ ބޮޑު ދޮގެއް ނުހަދާނެކަން ދައްތައަށް އެނގުނު. އެހެންވެ ހަމަ އެރޭ ދައްތަމެން އިންޑިޔާއަށް ދިޔައިން. އިންޑިޔާއަށް ގޮސް އަޔާޒް ގޮވައިގެން މިކޮޅަށް އައީ. އެއައިސް އަޔާޒް ހަތަރުމަސް ވަންދެން ހޭނާރާ އޮވެފައި ހޭއެރީ އެއްރޭ ދަންވަރު. ހޭއެރުމާއެކު އޭނާގެ ދުލުން ފުރަތަމަވެސް ކީ ރިޔާޝާގެ ނަން.” ހަސީނާ ވާހަކަ މެދުކަނޑާލާފައި ރިޔާޝާއަށް ބަލާލިއެވެ. ރިޔާޝާ އިނީ އެވާހަކަ ކަނުލާ އަޑުއަހާށެވެ.

“އޭގެ ފަހުން އޭނާ އިންނަނީ ހިމޭންވެފައި. މީހަކާ އަނގައިން ނުބުނާތާ ބަލައެއްވެސްނުލާ. ޑޮކްޓަރަށް ދެއްކީމަ ބުނީ އޭނަގެ ސިކުނޑިއަށް ލިބުނު ގެއްލުމަކުން ޝޮކެއް ޖެހުނީއޭ. އެކަން ރަނގަޅުވާނީ އަނެއްކާވެސް ޝޮކެއް ލިބުނީމައޭ. ދެން ދައްތަމެން އަޔާޒަށް ފަރުވާދޭން ޚާއްސަ ޑޮކްޓަރެއް ހަމަޖެއްސިން. އޭނަ ކައިރީ ދެއަހަރު ބަހައްޓައިގެންވެސް ނަތީޖާ ހަމަ ސުމެއް. ދެން އަޔާޒަށް ފަރުވާދޭން ހަމަޖެއްސީ ޑރ. ކަޕޫރް. އަޔާޒް ހޮސްޕިޓަލަށް ބަދަލުކުރި ފަހުން ދައްތަ އޭނަ ގާތަށް ދަނީ މަހަކު އެއްފަހަރު. އެއީ ގެއާއި ހޮސްޕިޓަލާއި ދުރުކަމުން އެހާ ގިނައިން ދަތުރުކުރުން އުނދަގޫވާތީ. އެކަމަކު ކޮންމެ ދުވަހަކުވެސް ޑރ. ކަޕޫރަށް ގުޅައިގެން އަޔާޒްގެ ހާލަތު އޮޅުންފިލުވަން. އެއްރޭ ދައްތަ އަޔާޒްއާއި ބައްދަލުކުރަން ގޮސްފައި ގެއަށް އައިއިރު އިވުނީ ކޮޓަރިން ވަޙީދު ވާހަކަދައްކާ އަޑު. ފުރަތަމަ ދައްތަ ހީކުރީ އޭނަ ފޯނުން މީހަކާ ވާހަކަދައްކަނީ ކަމަށް. އެކަމަކު ގޮސް ކޮޓަރި ދޮރު ހުޅުވާލިއިރު ފެނުނު މަންޒަރު ދައްތައަކަށް ޤަބޫލެއް ނުކުރެވުނު. ހިލޭ އަންހެނެއް ގޮވައިގެން އޭނަ އެނދުމަތީ އޮތްގޮތް ފެނިފައި ދައްތަވެސް ލަދުގަތް. ވީދެރަޔާއެކު ރުޅިވެސް އާދެވުނު. އެރޭ ނޫނީ ދައްތައާއި ވަޙީދު ޒުވާބުކުރާކަށް ނުޖެހޭ. އެރޭ ޒުވާބުކޮށްފައި ނުކުމެގެން ދިޔައީ ދައްތަ ވަރިކޮށްފައި. އޭގެފަހުން އޭނާގެ ޚަބަރެއްނުވޭ. ދައްތަވެސް ނުބަލަން.” ހަސީނާ ކަންތައް ވީގޮތް ކިޔައިދިނެވެ.

ރިޔާޝާއަށް ބޯހޫރާލެވުނީ ކަންތައްތައް ވަމުންދާ ގޮތުންނެވެ. ފިރިހެނުންގެ މަކަރުވެރިކަމާހެދި އަޖައިބުވާހާވެއެވެ. މުޅިންވެސް ކެހިވެރިންނެވެ. މަކަރުހަދާ އޮޅުވާލާ މީހުންނެވެ. ފަޔާޒް ފިޔަވައެވެ. ފަޔާޒްއަކީ ދުނިޔެމަތީގައި އަންހެނަކަށް ލިބޭނެ އެންމެ ރަނގަޅު ފިރިއެވެ. ނަމަވެސް އެމާތް އިންސާނާވެސް އެވަނީ އަމިއްލަ އެދުމުން ފޯވެފައިވާ އެއްމާބަނޑު ކޮއްކޮގެ އަތުން މަރާލާފައެވެ. “ދައްތައަށް އަޔާޒް އެނގެނީ ކިހާ ވަރަކަށް؟” ރިޔާޝާ ވިސްނުމެއްގައި އިނދެފައި ކުއްލިއަކަށް ކޮށްލި ސުވާލުން ހަސީނާއަށް ހައިރާންކަން ލިބުނެވެ. “ދައްތަ މީ އޭނަގެ އުފަން މަންމަ. އެހެންވިއްޔާ ދައްތައަށްވުރެ ބޮޑަށް އޭނަ އިނގޭނީ ކާކަށް؟” ހަސީނާ ހީލާފައި ބުނެލިއެވެ. ހަސީނާ އެހެން ބުނެލުމުން އޭނާއަށް އަދިވެސް އަޔާޒްގެ ޙަޤީޤަތް ނޭނގޭކަން ރިޔާޝާއަށް އެނގުނެވެ. އެހެންކަމުން އޭނާ އެކަން ހަސީނާއަށް އަންގާލަން ބޭނުންވިއެވެ. “އަހަންނަށް އިނގެޔޭ ބުނެފިއްޔާ؟” ރިޔާޝާ އެހެން ބުނެލުމުން ހަސީނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. “އާނ. ދައްތައަށް ސިއްރުކުރެވިފައި އޮތް ވަރަށް ބޮޑު ޙަޤީޤަތެއް އަހަންނަށް އިނގޭ.” ރިޔާޝާގެ ކޮންމެ ޖުމްލައަކުން ހަސީނާގެ ހައިރާންކަން އިތުރުވަމުން ދިޔައެވެ. “ކީކޭ ކިޔަން ތިއުޅެނީ؟” ހަސީނާއަށް އެހެން އަހާލެވުނީ ތަންކޮޅެއް ބާރަށެވެ.

“އަޔާޒަކީ ދައްތަގެ ދަރިއެއް ނޫން.” ރިޔާޝާ އެހެން ބުނެލުމާއެކު ހަސީނާ ފުންމައިގެން ތެދުވިއެވެ. “ކީކޭ ކިޔާނަމޭ ހިތާ ތިއުޅެނީ؟” ހަސީނާ ރުޅިވެރިކަމާއެކު ބުނެލިއެވެ. “އަހަރެން މިކިޔަނީ ހަމަ ރަނގަޅު ވާހަކައެއް. އަޔާޒަކީ ދައްތަގެ ދަރިއެއް ނޫން. އެއީ އަހަރެންގެ މައިދައިތަ ރަތީބާގެ ދަރިއެއް.” ރިޔާޝާ އެހެން ބުނެފައި އެކަން ހިނގާދިޔަ ގޮތް ކިޔައިދިނެވެ. ހަސީނާ އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. މިހާ ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރޭގައި އޭނާ މިހުރިހާ ދުވަހަކު ހުރީ ކީއްވެ ހެއްޔެވެ؟ “އަހަންނަކަށް ތިވާހަކަ ޤަބޫލެއް ނުކުރެވޭނެ.” ހަސީނާ އެވާހަކަ ޤަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. “ދައްތަ ޤަބޫލު ނުކުރަންޏާ ރަތީބާ ގާތުގައި އަހާ.” ދެން އެދެމެދުގައި ދިޔައީ ހިމޭން ވަގުތުކޮޅެކެވެ. “އަހަރެން އައީ އަޔާއާ ގުޅެން. އެކަމަކު ތަޤުދީރުގައި އަހަރެމެން ދެމީހުންނަށް ގުޅެވޭކަށް ނެތް. މިތާ ހުންނަންޏާ އަހަރެންނަށް ދުވަހަކުވެސް އަޔާގެ ހަނދާންތަކަކާ ދުރަކަށް ނުދެވޭނެ. އެހަނދާންތަކުން ހިތަށް ތަދުވުން ނޫންކަމެއް ނުވާނެ. އެހެންވީމަ އަހަރެން މިއުޅެނީ މާދަމާ ފުރަން. އަހަރެން ފުރުމުގެ ކުރިން ދައްތައަށް އަޔާގެ ޙަޤީޤަތް މިއަންގާލީ ދައްތަ އޮޅުމެއްގެ ތެރޭ ނުބަހައްޓަންވެގެން. ދެން ދަނީ. ހިތްހެޔޮކުރާތި!” ރިޔާޝާ އެހެން ބުނެ ހަސީނާގެ ގައިގައި ބައްދާލާފައި އޭނާ ހުންނަ ގެއަށް ދިއުމަށް ހިނގައިގަތެވެ.

ޖެހިގެން އައި ދުވަހެވެ. ރިޔާޝާ އިންޑިޔާއަށް ފުރީ އޭނާގެ މަޤްސަދު ހާސިލްވުމުންނެވެ. އެއަރޕޯޓުން ނުކުމެގެން އޭނާ ގުޅާލީ ޖުމާނަށެވެ. ޖުމާން އައުމުން އޭނާ ޖުމާންއާއެކު މިސްރާބުޖެހީ އޭނާގެ ގެއަށެވެ. ދިޔަ މަގުމަތިން ޖުމާން އޭނާގެ ގާތުގައި އޭނާ ސިންގަޕޫރަށް ދިޔަ ސަބަބު އެހިއެވެ. ރިޔާޝާ ބުނީ އޭނާ ދިޔައީ އަޔާޒާއި ބައްދަލުކުރަން ކަމަށެވެ. އަޔާޒާއި ބައްދަލުވި ނަމަވެސް އޭނާ އެތަނަށް ދިޔައިރު ވަގުތު ފާއިތުވެއްޖެކަމަށެވެ. އޭނާ އަޔާޒްއާއި ދިމާވިއިރު އަޔާޒް އިނީ ދުނިޔޭން މޮޔަވެފައި ކަމަށާއި އޭނާ ފެނުމުން އަޔާޒް ބިރުގަތީ ކަމަށެވެ. އޭނާ ބިރުން ގޮސް ދިހަ ބުރީގެ އިމާރާތަކުން ވެއްޓި މަރުވީކަމަށް ރިޔާޝާ ބުންޏެވެ. އޭނާ އެވާހަކަތައް ކިޔައިދިންއިރު އަޑަށް މޮޅިވެރިކަން ގެނައެވެ. އޭނާއާމެދު އެއްވެސް މީހަކަށް ޝައްކެއް ވެދާނެތީއެވެ. އަދި އޭނާ ސިންގަޕޫރަށް ދިޔައީ އަޔާޒްއާއި ބައްދަލުކުރަންކަން ރަތީބާއަށް ސިއްރުކޮށްދިނުމަށް އެދުނެވެ. ޖުމާންވެސް ރިޔާޝާ އެދުނު ގޮތާއި އެއްބަސްވިއެވެ.

ރިޔާޝާ އެތެރެއަށް ވަދެ ގޭގެ ބެލް ޖަހާލުމާއެކު ދޮރު ހުޅުވާލީ ފިޔާޒާއެވެ. “މަންމީ!” ފިޔާޒާގެ އަޑަށް ރަތީބާ ބަދިގެ ތެރޭގައި އުޅެފައި ނުކުތެވެ. “ދަރިފުޅާ!” ރަތީބާ އައިސް ރިޔާޝާ ގައިގައި ބައްދާލިއެވެ. “މާމާ! މަންމި މިހާރު ފަލަވެއްޖެ ދޯ ކުރިއަށްވުރެ. މިހާރު މަންމި ތިހިރީ އެންމެ ރީތިވަރަށް.” ފިޔާޒާ އުފަލުން ހުރެފައި ބުނެލިއެވެ. ރިޔާޝާ ހީލާފައި އޭނާގެ ލޯބިވާ ދަރިފުޅުގެ ގައިގައި ބައްދާލިއެވެ. “މަންމާ! އަހަރެން ބޭނުން މަންމަ ކައިރީ ވާހަކައެއް ބުނަން. ފަހަރެއްގައި މަންމަ އެގޮތް ބޭނުން ނުވެދާނެ.” ރިޔާޝާ ސޯފާގައި އިށީންނަމުން ރަތީބާއާ މުޚާތަބުކޮށް ބުންޏެވެ. “އެއީ ކޮން ވާހަކައެއް؟” ރަތީބާވެސް އައިސް ސޯފާގައި އިށީންދެލީ ރިޔާޝާ ދައްކަން އުޅޭ ވާހަކައަކާ ސަމާލުވެލަމުންނެވެ. “އަހަރެން ބޭނުމީ ރާއްޖެ ދާން. އެއްކޮށް.” ރިޔާޝާ އެހެން ބުނެލުމުން ރަތީބާއަށް އެކީއްވެތޯ އަހާލެވުނެވެ. “މަންމާ! މިތާ ހުރެގެން ފަޔާގެ ހަނދާންތައް އާވެ އިތުރު ހިތްދަތިކަމެއް ލިބުން ނޫންކަމެއް ނުވާނެ. އަނެއްކޮޅުން މި ދިރިއުޅުން ކިހާ އެކަނިވެރި.” ރިޔާޝާގެ ވާހަކައަށް ރަތީބާވެސް އެއްބަސްވިއެވެ. އަދި އޭނާވެސް އެކަމާ ވިސްނަމުންދާކަމަށް ބުންޏެވެ.

އެއްމަސް ފަހެވެ. ހެނދުނު ހެނދުނާ ރިޔާޝާއާއި ރަތީބާ ފިޔާޒާ ގޮވައިގެން އެއަރޕޯޓަށް ދާން އެނުކުތީ ރާއްޖެ ދިއުމަށެވެ. އަބަދުގެ އަބަދަށެވެ. ފަނަރަ އަހަރު ވަންދެން ދިރިއުޅުނު ގެ ދޫކޮށްލާފައި ދާން ޖެހުމުން ރަތީބާއަށް އުނދަގޫވިއެވެ. ނަމަވެސް އޭނާގެ ދެދަރިންނަށްޓަކައި އޭނާ އެގޮތަށްވެސް ނިންމީއެވެ. ރިޔާޝާއަށްވެސް ގެއިން ނުކުމެފައި ބަލަހައްޓައިގެން ހުރެވުނީ ދެރަވެފައެވެ. އެއީ އޭނާގެ އެތައް ހަނދާނެއް ރައްކާކުރެވިފައިވާ ގެއެކެވެ. ފިޔާޒާވެސް ކަރުނަވީ ދެލޮލުން ބަލަހައްޓައިގެން ހުރީ އުމުރުން ހަތް އަހަރު ވަންދެން އުޅުނު ގެއާއި އެތާގައިވި ހުރިހާ ހަނދާނެއް ދޫކޮށްފައި ދާން ޖެހުމުންނެވެ. ތިންމީހުންވެސް ދެރަވެފައިތިބެ ކާރުގައި އެއަރޕޯޓަށް މިސްރާބު ޖެހިއެވެ. އެއަރޕޯޓަށް އެމީހުން އައިއިރު ޖުމާންއާއި ޒީނާވެސް އައެވެ. އެމީހުން އައީ ސައިކަލުގައެވެ. އެދެމީހުންނާއި ވަދާޢީ ސަލާމް ކޮށްފައި އެތެރެއަށް ވަދެގެން ތިންމީހުންވެސް ދިޔައީއެވެ.

އެތައް ދުވަހަކަށްފަހު އަމިއްލަ ވަޒަނަށް އާދެވުމުން ރިޔާޝާއަށް އާދަޔާ ޚިލާފު ހިތްހަމަޖެހުމެއް ލިބުނެވެ. މާލެއަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވެއެވެ. އޭނާ ރަތީބާގެ ގާތުގައި ބުނެގެން ދިޔައީ އޭނާގެ އަމިއްލަ ގެއަށެވެ. ރަތީބާވެސް އެއްވެސް ދެބަހެއްނެތި އެގޭގައި ދިރިއުޅޭގޮތަށް ހަމަޖެއްސިއެވެ. އެމީހުންނަށް އެގެއަށް ދިޔަގޮތަށް ފުރަތަމަވެސް ޖެހުނީ ގޭތެރެ ފޮޅާ ސާފުކުރާށެވެ. އެކަން ކޮށް ނިމުނުއިރު ހުރީ އިރުއޮއްސެން ކައިރިވެފައެވެ. ރޭގަނޑުގެ ކެއުން ގެނައީ ހޮޓަލަކުން އޯޑަރ ކޮށްގެންނެވެ. ކައިގެން އަވަހަށް އޮށޯތީ ވެފައިވާ ވަރުބައްޔާއެކު ރޯގާގެ އަސަރުވެސް ހުރުމުންނެވެ.

ޖެހިގެން އައި ދުވަހުގެ މެންދުރެވެ. އޭނާ ކައިރީގައި ހުރި ފިހާރައަށް ދިޔައީ ތަރުކާރީކޮޅެއް ގަންނާށެވެ. އޭނާ ފިހާރައިން އައިސް ދިޔާނާމެންގެ ގެއާއި އަރާ ހަމަވިތަނާ އެގެއިން ނުކުތް ދެމީހުން ފެނިފައި އޭނާއަށް ހައިރާންވެފައި ބަލަން ހުރެވުނެވެ. “ޝިފާން!” ރިޔާޝާއަށް ޝިފާން އެނގުނު ނަމަވެސް ދެންހުރީ ކާކުކަމެއް ނޭނގުނެވެ. އޭނާ ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓާ އެއަންހެންމީހާ އޭނާގެ އޭނާއަށް ގޮވާލިއެވެ. “ޢައިޝާ!” ރިޔާޝާއަށް ޤަބޫލެއް ނުކުރެވުނެވެ. ކުރިން އެއޮއް ހިކިކޮށް ހުރި ކުއްޖާ މިހާރު މިހާރު އެހުރީ ވަރަށް ފަލަވެފައެވެ. ބުރުގާ އަޅާފައި ހުރުމުގެ ސަބަބުން ވަކިކުރަން ނޭނގުނީއެވެ. ރިޔާޝާގެ ލޮލުން ކަރުނަ ހިލުނީ ލިބުނު އުފަލަކުންނެވެ. އޭނާ ޢައިޝާގެ ގައިގައި ކުޑަ ގޮތަކަށް ބައްދާލިއެވެ. “މީ…” “އަހަރެމެންގެ ދަރިފުޅު ޝިޔާން.” ޢައިޝާ ބުނެލިއެވެ. “ކޮންއިރަކު ތިދެމީހުން މެރީކުރީ؟” ރިޔާޝާ ހައިރާންވެފައި އަހާލިއެވެ. “މިހާރު ހަތަރު އަހަރު ވަނީ. ރިޔާ! މިވަގުތު ނެތޭ ހުރެވޭކަށް. އަންނާނަން ފަހުން އަނގަ ތަޅާލަން.” ޢައިޝާ އެހެން ބުނުމުން ރިޔާޝާވެސް އެންމެ ރަނގަޅޭ ބުނެފައި ހިނގައިގަތީ ގެއަށެވެ.

ހަވީރުގެ ވަގުތުގައި ޢައިޝާއާއި ޝިފާން އައީ ރިޔާޝާގެ ހާލު ދެކިލާށެވެ. އެމީހުން އައިއިރު ގޭގައި އުޅެނީ ރިޔާޝާއާއި ފިޔާޒާ އެކަންޏެވެ. އޭރު ރަތީބާ ވީ އޭނާގެ ރައްޓެއްސަކާއެކު ބޭރަށް ގޮހެވެ. “ރިޔާ! ކިހިނެއްތަ ކަންތައްތައް؟” ޢައިޝާ އަހާލިއެވެ. “ރަނގަޅު ދެން.” “ކޮބައިތަ ފަޔާ؟ ގޭގައި ނޫޅެނީތަ؟” ޝިފާން އެހެން އަހާލުމުން ރިޔާޝާ ހިމޭންވިއެވެ. “ކިހިނެއްވީ؟ ކަމެއް ގޯސްވީތަ؟” ރިޔާޝާއަށް ވީގޮތުން ކަންބޮޑުވެފައި ޝިފާން އެހިއެވެ. ރިޔާޝާ އެމީހުންނަށް ކަންތައް ވީގޮތް ކިޔައިދިނެވެ. އަދި މިހާރު އަޔާޒްވެސް ދުނިޔޭގައި ނެތް ވާހަކަ ބުންޏެވެ. “ހާދަ ދެރަ ގޮތެކޭ ތިވީ. ކޮބައިތަ ދަރިފުޅު؟” ޢައިޝާ އަހާލިއެވެ. “ދަރިފުޅާ ފިޔާޒާ! އާދެބަލަ.” ރިޔާޝާ ގޮވާލުމުން ފިޔާޒާ އައެވެ. “ދަރިފުޅާ! މީ ޝިފާން ބޭބެ. ދެން މީ ޢައިޝާ ދައްތަ. މަންމިގެ ބެސްޓް ފްރެންޑްސް.” ރިޔާޝާ ބުނެލިއެވެ. ފިޔާޒާ އެމީހުންނާ ސަލާމްކޮށްލާފައި އެތެރެއަށް ދާން ފެށުމުން ޝިޔާން ގޮވައިގެން ކުޅެލަން ދާން ބުންޏެވެ. ފިޔާޒާ ޝިޔާން ގޮވައިގެން ދިޔުމުން ޢައިޝާވެސް އެދެމީހުންގެ ކައިވެނި ކުރެވުނު ގޮޓާއި މިހާރު ދިރިއުޅުމުގެ ހާލަތު ހުރިގޮތް ބުނެދިނެވެ. އެކުވެރިޔާގެ ދިރިއުޅުން އުފާވެރިވީތީ ރިޔާޝާ އުފާވިއެވެ. އެތައް އިރަކު ވާހަކައިގައި ތިބުމަށްފަހު ޝިފާންމެން ގެއަށް ދިޔައިރު އިރުވެސް އޮއްސިއްޖެއެވެ.

އަމީނާއާއި ރިޔާޝާ ބައްދަލުވީ ރިޔާޝާ ރާއްޖެ އައިތާ މަހެއް ވަނިކޮށް ފިހާރައެއްގެ ތެރެއިންނެވެ. އެހާ ދުވަސްވެފައި ފެނުމުން ރިޔާޝާއަކަށް އަމީނާއާ ވާހަކަ ނުދައްކައެއް ނުހުރެވުނެވެ. އޭނާ އިސްވެ އަމީނާއާއި ވާހަކަދެއްކުމުން އަމީނާ ނުހަނު އުފާވިއެވެ. އޭނާ ދެރަވެ ދެރަވެފައި މާފަށް އެދުނެވެ. ރިޔާޝާ ހެޔޮހިތުން އަމީނާއަށް މާފުކުރިއެވެ. އަމީޏާ ބުނިގޮތުން އޭނާ ރިޔާޝާ ހޯދަން ވަރަށް މަސައްކަތްކުރިއެވެ. އޭނާ އިމާދަށް އެތައް ފަހަރަކު ފޯނު ކުރުމުންވެސް ފޯނަކަށް ޖަވާބެއް ނުދެއެވެ. ރިޔާޝާ ބުނީ އިމާދު މަރުވިތާ މިހާރު ހަތަރު އަހަރު ވަނީކަމަށެވެ. އިމާދު މަރުވިކަން އެނގުމުން އަމީނާ ދެރަވިއެވެ. އަދި އިމާދަށް ސުވަރުގެ ދެއްވުން އެދި ހެޔޮދުޢާ ކުރިއެވެ. ރިޔާޝާ އަމީނާ ގާތު އޭނާ އުޅެނީ ކޮންތާކުތޯ އެހިއެވެ. އަމީނާ އޭނާގެ މިހާރުގެ ހާލަތު ބުނެދިނެވެ. އަމީނާ އުފަލުގައި އުޅުނީތީ ރިޔާޝާ ހިތްހަމަޖެހުނެވެ. އޭނާ އަމީނާ ގާތު އެގެއަށް އައުމަށް އެދުނެވެ. އަމީނާ އެކަމާ ދެކޮޅެއް ނުހަދައެވެ. ނަމަވެސް އޭނާ ހުންނަ ގޭ މީހުންނާ ވާހަކަދައްކާލާފައި ގޮތެއް ނިންމާނެކަމަށް ބުންޏެވެ. އޭނާ ރިޔާޝާއާ ވަކިވީ އޭނާގެ ފޯނު ނަންބަރު ރިޔާޝާއަށް ދީފައެވެ.

އަމީނާ ރިޔާޝާއަށް ގުޅީ އޭގެ ދެދުވަސް ފަހުންނެވެ. އަދި އޭނާ ގެއަށް ދާ ވާހަކަ ބުނުމުން ރިޔާޝާ ވަރަށް އުފަލުން އެވާހަކަ ރަތީބާ ގާތުގައި ބުންޏެވެ. ރަތީބާވެސް އެކަމާ ވަރަށް އުފާވިއެވެ. ރިޔާޝާއަށް އޭނާގެ އުފަން މަންމަގެ ލޯބި ލިބޭނެތީއެވެ. އަމީނާ އައުމުން ގޭތެރެއަށް ބަހާރު މޫސުން އައިފަދައެވެ. ފިޔާޒާވެސް އަމީނާގެ ފަހަތުން ނުނެއްޓެއެވެ. އަމީނާވެސް އޭނާއަށް ކުރިން ރިޔާޝާއަށް ނުދެވުނު ލޯބި ފިޔާޒާއަށް ދޭން އަޒުމު ކަނޑައެޅިއެވެ. ރިޔާޝާއަށްވެސް އުނިނުވާނެ ފަދައިންނެވެ. އެތައް ދުވަހެއްގެ އިންތިޒާރަށްފަހު ރިޔާޝާއަށް އޭނާގެ މަންމަގެ ލޯބި ލިބިއްޖެއެވެ. ދެން އޭނާ މިދުނިޔޭން އިތުރަށް ބޭނުންވާ އެކައްޗެއްވެސް ނެތެވެ. ދެން އޭނާ ފަޔާޒްގެ ހަނދާންތަކުގައި އުފަލާއެކު އުޅެވިދާނެއެވެ. އެއްވެސް އިންސާނަކަށް އަބަދު ހިތާމައިގައި އުޅޭކަށް ނުޖެހޭނެއެވެ. އެފަދައިން މިއަދު ރިޔާޝާއަށް އުފާވެރިކަން ލިބިއްޖެއެވެ.

(ނިމުނީ)

Share Article

Follow Me Written By

Saandy

Level 1010 Stories1K Comments500 Comments100 Comments100 Stories

ވާހަކަ ލިޔާހިތްވާ އަދި ވާހަކަ ކިޔާހިތްވާ މީހަކީމެވެ... އަދި ކޮމެންޓް ކިޔާހިތްވާ މީހަކީމެވެ https://web.facebook.com/SaandyStories/?ref=page_internal

Other Articles

Previous

ތާޝާ (23ވަނަ ބައި)

Next

އެ ލޯބި އަސްލު ހައްޤޭ (7 ވަނަ ބައި)

Next
December 7, 2016

އެ ލޯބި އަސްލު ހައްޤޭ (7 ވަނަ ބައި)

Previews
December 6, 2016

ތާޝާ (23ވަނަ ބައި)

61 Comments!

  1. Saandy says:
    December 7, 2016 at 5:26 am

    މިއޮތީ ވާހަކައިގެ ފަހުބައި… އުންމީދުކުރަން ވާހަކަ ނިމުނުގޮތް ކުދިންނަށް ކަމުދާނެކަމަށް
    ވާހަކަޔާ ދޭތެރޭ ކިޔުންތެރިންގެ ޚިޔާލުތައް ހުށަހަޅާލުން އެދެން… އަދި ރަނގަޅުކޮށްލަން ޖެހޭ ކަންތައްތައް ބުނެލަދިނިއްޔާ ވަރަށް އުފާވާނެ… އޭރުން ކުރިއަށް ހުރި ވާހަކަތަކުގަ އެކަންކަން ރަނގަޅުކޮށްލަން އިނގޭނީ

  2. Kiyaa Meehaa says:
    December 7, 2016 at 5:57 am

    WOW!! V v salhi… Saandy!! V ufaavejje vaahaka nimunu iru Riyaashaage kolhu gadha veema… adhi kudhin kiyaa ehchakah nubalaa mi vaahaka ekkoh ninmaaleethy… Saandy ge ithuru vaahakathakeh fennaane kamah ummeedhu kuran… kihaa thaaku aa vaahakaeh kiyaalan libeyny??

    1. Ayanii says:
      December 7, 2016 at 9:34 am

      LOL

    2. Xp says:
      December 7, 2016 at 9:36 am

      Mee hama e filmgavxx vaagoiy…

      Copycat

    3. Saandy says:
      December 7, 2016 at 7:21 pm

      ޝުކުރިއްޔާ ކިޔާމީހާ! އިރާދަކުރެއްވިއްޔާ އިތުރު ވާހަކަތައް ކިޔާލަން ލިބޭނެ… އެކަމަކު ކިހާ ތާކުކަން ބުނަން ދަތި

    4. Saandy says:
      December 7, 2016 at 7:23 pm

      އެކްސްޕީ! އެފިލްމުގަ ރިޔާޝާ މަރުވާނެ… ޕްލަސް އޭނަ އާއިލާގަ ދައްތަ ނޫން އެކަކުވެސް ނުހުންނާނެ… އޭނަވެސް މަރުވާނެ

  3. Ais says:
    December 7, 2016 at 6:15 am

    Nimunima ragalhah warahreethi ok

    1. Saandy says:
      December 7, 2016 at 7:23 pm

      ޝުކުރިއްޔާ އައިސް

  4. Ekkala kujjaa says:
    December 7, 2016 at 7:08 am

    Aslu vrhakaa ga ves vany mihen thr? E grl boy maraalany?? ??

    1. Saandy says:
      December 7, 2016 at 7:25 pm

      ޔެސް! ހަމަ އެ ގާލް ބޯއީ މަރާލާ

  5. 我 says:
    December 7, 2016 at 7:13 am

    Mee koacheh… maaraamaareenu hahthahaa ves… gaathil akah nu evy… riyaasha ah ves eyna kuhthakuge adhabu liben jeheyne aslu… ehves meehakah meeheh merumuge haggeh neenaanee… gisaas hifeyny ves islaamy shareeatha ehgothah… kamunudhey mi vaahaka eh…riyaasha ufaluga ulhun aslu haggeh noon…she is more like a villian now…

    1. Shaa says:
      December 7, 2016 at 11:54 am

      aan dhw assu ves.. mi story ge fahubai ehaa kamaku nudhey..mulhin ves fight and violence.. real life ga meehaku egothah maraalaafa ehaa salhi koh noolheveyne.. hithah hama biruveri kameh ves nuvannany dhw 3 meehun viyya maraalaafa aiss ehury .. story is very unreal ?

    2. Saandy says:
      December 7, 2016 at 7:28 pm

      ޝުކުރިއްޔާ ތިޔަ ޚިޔާލަށް
      މިވާހަކައަކީ ޙަޤީޤަތުގައި ހިނގާފަ އޮތް ހާދިސާއެއް… އެކަމަކު ދެން ކޮންމެ ކަމަކަށްވެސް ނިމުމެއް އަންނާނެތާ… މިހާދިސާ ދިމާވި އަސްލު ކުއްޖާ އަދިވެސް ގަދަވެ ސަލާމަތުން ދުނިޔޭގައި އެބަހުރި… އެހެންވީމަ އޭނަގެ ލައިފްގެ ހުރިހާ ކަމެއް ގެންނަންޏާ ވާހަކަ ޖެހޭނީ އޭނަގެ މަރު ދުވަހާ ހަމައަށް ކުރިއަށް ގެންދަން… އެކަމު ވިސްނާލީމަވެސް އިނގޭނެ އެއީ ވާނެކަމެއް ނޫންކަން

  6. Xoom says:
    December 7, 2016 at 7:21 am

    Vara vara reethi

    1. Saandy says:
      December 7, 2016 at 7:28 pm

      ޝުކުރިއްޔާ ޒޫމް

  7. ?mixoo says:
    December 7, 2016 at 8:03 am

    varah reethi vaahaka eh mee..

    1. Saandy says:
      December 7, 2016 at 7:29 pm

      ޝުކުރިއްޔާ މިޒޫ

  8. rish says:
    December 7, 2016 at 8:30 am

    shifaange dharifulhu maa gadhayah roe sababakee kobaa.. ebaeh netheh nu….

    1. Saandy says:
      December 7, 2016 at 7:32 pm

      ޝުކުރިއްޔާ ރިޝް! ތި ފާހަގަކުރީ ވަރަށް މުހިންމު ޕޮއިންޓެއް… އަސްލު ހަނދާނުން ކައްސާލާފަ އިން ތަންކޮޅެއް އެއީ

  9. Ami says:
    December 7, 2016 at 8:37 am

    Story v reethi. Hykuran lasthakeh nuve saandy ge new story eh kiyaalan libeyne kamah. Adhi mi story genes dhin gothah 2dhuvahun noony komme dhuvahaku genesdheyne kamah. Adhi kudhin ge comment thakah saandy thibahattaa gaai kamah v bodah sukururiyya..

    1. Saandy says:
      December 7, 2016 at 7:33 pm

      ޝުކުރިއްޔާ އަމީ! އިރާދަކުރެއްވިއްޔާ އެހާ ލަހެއްނުވެ އާ ވާހަކައެއް ގެނެސްދޭނަން

  10. ??? says:
    December 7, 2016 at 8:45 am

    Vaahaka varah reethi mahsala aky riyaashaa 3 meehuh maraali iruves meehakan neygunukan

    1. Saandy says:
      December 7, 2016 at 7:33 pm

      ޝުކުރިއްޔާ

  11. Anonymous says:
    December 7, 2016 at 9:21 am

    Vaahaka rythi bt riyasha meehun meryma kada e

    1. Saandy says:
      December 7, 2016 at 7:34 pm

      ޝުކުރިއްޔާ އެނޮނީމަސް

  12. Naadhee says:
    December 7, 2016 at 9:25 am

    Vaahaka v reethi dhen kon vaahaka eh kuriyah othee

    1. Saandy says:
      December 7, 2016 at 7:35 pm

      ޝުކުރިއްޔާ ނާދީ! އަދި ނޭނގެ ކޮން ވާހަކައެއް ކަމެއް ކުރިއަށް އޮތީ… އިރާދަކުރެއްވިއްޔާ އެހާ ލަސްނުވެ އާ ވާހަކައެއް ގެނެސްދޭނަން

  13. Dhiraasaa says:
    December 7, 2016 at 9:42 am

    Vaahakaiga bunanee hageegaiykamah ehenveema nimunugoiyves Rangalhu vaan vaanethaa

    1. Saandy says:
      December 7, 2016 at 7:36 pm

      ޝުކުރިއްޔާ ދިރާސާ

  14. Anonymous says:
    December 7, 2016 at 9:50 am

    Haaadha gina meehun maraafa , badhalu hifan ves meehun maraneetha? Then dhuvehi angen kon kujjaka nuves gulhe, e film meehunge nan laagen vahaka genai nama dhoooo

    1. Saandy says:
      December 7, 2016 at 7:37 pm

      ޝުކުރިއްޔާ އެނޮނީމަސް! ޔެސް ދެޓްސް ދަ ޓްރުތް… މީ ހަމަ ޙަޤީޤަތެއް… އެފިލްމުން ބައެއް އައިމަ މިވާހަކަ ޤަބޫލު ނުކުރެވިގެން ކުދިންނަށް އުޅެނީ

  15. Anonymous says:
    December 7, 2016 at 9:51 am

    Vvv kada

    1. Saandy says:
      December 7, 2016 at 7:38 pm

      ޝުކުރިއްޔާ އެނޮނީމަސް

  16. Siya says:
    December 7, 2016 at 10:02 am

    Dn liyaa vaahaka angaalabala

    1. Saandy says:
      December 7, 2016 at 7:39 pm

      ސިޔާ! އަދި ނޭނގެ ކޮން ވާހަކައެއްކަމެއް ދެން ލިޔާނީ… އެކަމު އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަންގާލަދޭނަން

  17. Rsy says:
    December 7, 2016 at 10:46 am

    VVVVV reethi…

    1. Saandy says:
      December 7, 2016 at 7:39 pm

      ޝުކުރިއްޔާ

  18. raasi says:
    December 7, 2016 at 10:54 am

    Vvvvvvvvvvreethi saandy u re the besr

    1. Saandy says:
      December 7, 2016 at 7:40 pm

      ޝުކުރިއްޔާ ރާސި

  19. m says:
    December 7, 2016 at 1:24 pm

    not good

    1. Saandy says:
      December 7, 2016 at 7:40 pm

      ޝުކުރިއްޔާ އެމް

  20. shooty says:
    December 7, 2016 at 1:33 pm

    mi vaahaka r vahthary kon filmeh tha kudhinney???

    1. Saandy says:
      December 7, 2016 at 7:41 pm

      ހިންދީ ފިލްމް އަންޖާމް

  21. Herrr says:
    December 7, 2016 at 1:49 pm

    Nimunu goiy varah reethi. Waiiting for a new story of sandy

    1. Saandy says:
      December 7, 2016 at 7:42 pm

      ޝުކުރިއްޔާ ހަރ! އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އާ ވާހަކައެއް ގެނެސްދޭނަން

  22. Anonymous says:
    December 7, 2016 at 3:03 pm

    Gadhaingey saandy v reethi nimunves

    1. Saandy says:
      December 7, 2016 at 7:43 pm

      ޝުކުރިއްޔާ އެނޮނީމަސް

  23. NISH says:
    December 7, 2016 at 5:02 pm

    shooyt a filmakee anjaam

    1. Saandy says:
      December 7, 2016 at 7:44 pm

      ޔެސް ނިޝް

  24. Saandy says:
    December 7, 2016 at 7:46 pm

    މިވާހަކައަކީ ޙަޤީޤީ ހާދިސާއަކަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. ނަމަވެސް މިވާހަކައަށް އަޅުގަނޑުގެ އަމިއްލަ ޚިޔާލު ގިނަ އަދަދަކަށް ހިމަނާފައިވާނެއެވެ. އަދި މިވާޙަކައިގެ ފަހުބައި ނަގާފައިވާނީ 1994ވަނަ އަހަރުގެ ހިންދީ ފިލްމު “އަންޖާމް” އިންނެވެ
    = ޝުކުރިއްޔާ =

  25. Ishu says:
    December 7, 2016 at 8:13 pm

    I like this story ☺☺
    well done ????

    1. Saandy says:
      December 7, 2016 at 11:58 pm

      ޝުކުރިއްޔާ އިޝޫ

  26. Take it positive says:
    December 8, 2016 at 1:16 pm

    Alhugandakee varah ginain vaahaka kiyaameheh ekam varah comment nukuran Aslu vaahakaige kuree kolhu varah reethi. Varah kiyaahithun kee. Ekam Vaki hisaabakun film eh ge copy baeh aeema varah hadi kama bunelan beynun. Dhen furathama massa jehunee Ayaaz ge bappa sababun ekam vaahaka nimunu iruves emeeha ah eves adhabeh ehche ves nulibun. Dhen hageegatheh kamah kiyaafa film eh ge copy bayeh aeema varah ajaibuves vejje. Ummmeedhu kuran saandy ge faraathun Miyah vuren reethi vaahaka kiyan libeyne kamah. Kuree bai varah salhi ekam fahu bayaa hedhi vaahaka hadivefa miyothee

    1. Saandy says:
      December 9, 2016 at 3:25 am

      ޝުކުރިއްޔާ ޓޭކް އިޓް ޕޮޒިޓިވް… އިރާދަކުރެއްވިއްޔާ ރީތި ވާހަކައެއް ގެނެސްދޭނަން

  27. azoo says:
    December 9, 2016 at 12:21 am

    v v v v reethi vaahakaehh…i luvv thiss storyyy…

    1. Saandy says:
      December 9, 2016 at 3:26 am

      ޝުކުރިއްޔާ އަޒޫ

  28. Nain says:
    December 13, 2016 at 12:29 am

    vaahaka aa medhu bunaanee varah salhiey…adhi film copy nukoh liyelinama vakin furihama veehey…adhi bunelan beynumee fashaa kolhumathee massalathah hunnaane ey…hiyyvaru eluvaa nulaa kuriyah dhaashey….dhen mi vaahakaiga faahaga kurevey kame….vaahaka nimunu iruves shifaanuge love story ending neikan.. saandy dhen liyaa story eh miavvure furihama vaane kamah ummeedhu kuran.

    1. Saandy says:
      December 13, 2016 at 3:12 am

      ޝުކުރިއްޔާ ނެއިން!! އިރާދަކުރެއްވިއްޔާ ދެން ލިޔާ ވާހަކައެއް މިއަށްވުރެ ފުރިހަމަ ކުރެވޭތޯ މަސައްކަތް ކުރާނަން

  29. raf says:
    December 14, 2016 at 5:01 pm

    Ohhh gada saandy v salhi mi vaahaka online ko kee vaahaka thakutheren rfa ah enme reethi vaahaka mee but plex plex saandy ge biruveri vaahaka e v v v beynun hope v v v avaha vaahaka genes deyne kama…….raf ah ingry vaahaka niminukan kodako buxy veema vaahaka nukiyunii ur one of my favourit writter……… 🙂 🙂 good luck and keep it up …..

    1. Saandy says:
      December 14, 2016 at 10:21 pm

      ވަރަށް ބޮޑަށް ޝުކުރިއްޔާ ރަފްއަށް… އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ވާހަކައެއް ގެނެސްދޭނަން… އިރާދަކުރެއްވިއްޔާ ބިރުވެރި ވާހަކައެއްވެސް ގެނެސްދޭނަން އަދި

  30. Karam says:
    September 29, 2019 at 11:05 pm

    Eheh… Hessa drama bodu vaahaka eh ekm salhi varah baivaru meehun maru ves vi mi story ga nice one….. ??❤️?☺️☺️

Comments are closed.



All Right Reserved!