އެރޭ ބަތޫގެ ކޮޓަރީ އެނދުގައި އަހަރެންގެ އަތުތެރޭގައި އޮތް އަންހެންކުއްޖާ މަތިން ކިހިނެއް އަހަރެން ހަނދާންނެތޭނީ…..” ލޫކް ގެ މެސެޖުން އަލްޔާގެ މޫނަށް ރަތްކުލަ ވެރިވެގެން ދިޔައެވެ. އަހަރެން ލަދުނުގަންނާނޭ ގޮތަކަށް ހަމަ އެއްޗެއް ބުނަން ލޫކަށް ނޭނގެނީ ހެއްޔެވެ؟ އަލްޔާ ތުން އަނބުރާލިއެވެ. ނަމަވެސް ހިނިތުންވުމަކާ އެކުުގައެވެ. “ލޫކް ބުނޭ” އަލްޔާގެ މެސެޖްތައް ކިޔަމުން ދަިޔއިރު ލޫކަށް އަލްޔާ އޭނާގެ މެސެޖްތަކަށް ރިޕްލައި ކުރަމުން ދާއިރު އަލްޔާގެ މޫނަށް އަރަމުންދާ ލަދުވެތި ހީލުން ބަލާލަން ބޭނުންވިއެވެ. […]
ދޮރުކައިރީ ހުރި ސްކުރީން އަށް ބަލާލުމާއެކީ ފެނުނު މީހެއްގެ ސަބަބުން ހައިރާންވެފައި ޝެލީންއަށް ބަލަން ހުރެވުނީއެވެ.ދެވަނަ ފަހަރަށް ސިސްޓަމުން އެލާރމް އެޅުމާއެކު ޝެލީން ސިހުނެވެ. ” ސާރާ!” ހައިރާންވެފައި ޝެލީންއަށް މަޑުމަޑުން ކިޔާލެވުނެވެ. ނަމަވެސް ސާރާ އެގެއަށް އަންނަންވީ ކީއްކުރަން ބާއެވެ؟ މިއީ އަނެއްކާ އޭނާއަށް ހީވި ގޮތެއްބާއެވެ. ނޫނީ ހަޤީޤަތުގައިވެސް ސާރާއާ އަލަމް އެގެއަށް އައީބާއެވެ؟ އެކަމަކު އެމީހުން އެގެއަށް އަންނަންވީވެސް ކީއްވެގެން ހެއްޔެވެ؟ މިހާރު އައުމުގެ އޮތީވެސް ކޮންބޭނުމެއް ހެއްޔެވެ؟ ޝެލީން ވިސްނަން ހުއްޓާ […]
” އަހަރެންނަށް އެނގޭ މަންމަ ހައިރާންވާނެކަން….އެކަމު އަހަރެންނަށް ހަޤީޤަތް އެނގިއްޖެ…..ތިއީ އަހަރެންގެ އަސްލު މަންމަކަންވެސް އެނގިއްޖެ…..އަދި މަންމަގެ ހަޔާތުގާ ހިނގާދިޔަ ހުރިހާ ހިތާމަވެރިކަމެއްވެސް އަހަރެންނަށް އެނގޭ…..މަންމަގެ އުމުރުން ސާދަ އަހަރުން ފެށިގެން މިހާތަނަށް ހިނގި ހުރިހާކަމެއް އަހަރެންނަށް އެނގޭ…..މަންމަގެ ހުއްދަނެތި އަހަރެން މަންމަގެ ޑައިރީކީ…..އެކަމަށްޓަކާ އަހަރެން މިމާފަށް އެދުނީވެސް…..މަންމަ އަހަރެންދެކެ ވާލޯބިން ކުރިކުށެއްވެސް އެނގުމަކާނުލާ މާފުތިކުރީ…..އެކަމު ބައްޕަގެ ފަރާތުން ވެވުނު އެންމެ ކުށަކަށް މުޅި އުމުރުގަ ބައްޕަ މާފަށް އެދެމުންދާއިރު މަންމަ ތިހުންނަނީ މާފު ނުކުރަން….އަހަރެން ނުބުނަން […]
“ވިސާމްގެ މަންމަ.” ރަޝީދާ ޝަފަޤްގެ ޖުމްލަ ފުރިހަމަ ކޮށްދިނެވެ. އެއާއެކު ޝަފަޤަށް ހީވީ މުޅި ދުނިޔެ ހުއްޓުމަކަށް އައީހެންނެވެ. އޭނަގެ ދެލޯ ބޮޑުވެގެން ދިޔަ ވަގުތު އޭނަގެ ނޭވާވެސް ކަރުގައި ތާށިވިއެވެ. އޭނަގެ ލޮލަށް ސިފަވާންފެށީ ވިސާމް އެގޭގައި ހުއްޓާ ރަޝީދާ އައި ދުވަހު ކަންތައްވީ ގޮތެވެ. އެދެމީހުންނަކީ ބީރައްޓެހިން ހީނުވީ ކީއްވެކަން މި އެނގުނީތާއެވެ. “އެދުވަހު ދައްތަ މިގެއަށް ކޭކުތައް ނަގަން އައީ މީހެއްގެ ފަރާތުން ވިސާމް ހުރީ މިގޭގަކަން އެނގިގެން އޭނަ ދެކިލާ […]
ލޫކް ހަމަ ނިކުތުމާއެކު އަލްޔާ ސިހުނީ ނުވިިސްނާ ހުއްޓާ ޝައިމް ކޮށްލި ކަމަކުންނެވެ. އަލްޔާ އަތުގައި ހިފާ ދަމަމުން ކޮޓަރިއަށް ވަދެފައި އެތެރެއިން ތަޅުލިއެވެ. ކޮޓަރި މެދަށް އަލްޔާ ހޫރާލުމަށްފަހު ޝައިމް އަލްޔާ އަށް ބަލާލީ ރުޅިވެރި ލޮލަކުންނެވެ. އަލްޔާގެ ހަށިގަނޑުގައި ރޫރުއަޅައިގަތީ މިވަގުތު ޝައިމް އޭނާ އަށް ކޮންމެފަދަ ގޮތެއް ވެސް ހަދާފަނެތީއެވެ. “ބުނޭ! ލޫކް އެއީ ކަލޭގެ ކާކު؟ ހަރުކަށިކަމާއެކު ޝައިމް އަލްޔާ އާއި ސުވާލުކުރިއެވެ. މިވަގުތު ފިނޑިވެ ޝައިމް ކުރިމަތީގައި ކުޑަވާން އަލްޔާ […]
ފަތިސްނަމާދުގެ ބަންގިގޮވީވެސް ޝާމިން އޭނާގެ މަންމައާމެދު ވިސްނަން އިންދައެވެ. ޝާމިން ތެދުވެ ފާޚާނާއަށް ވަދެ އަތްފައިދޮވެ މޫނު ދޮވެލިއެވެ. ގިނައިރުތަކެއް ވާންދެން ރުއިމުގެ ސަބަބުން އޭނާގެ ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. އަދިވެސް އޭނާގެ ލޮލަށް ޖަމާވަމުންދާ ކަރުނަތައްދަނީ އިތުރުވަމުންނެވެ. ޝާމިން ވުޟޫކޮށްލައިގެން ނުކުމެ ކޮޓަރިތެރޭގައި ނަމާދުކުރިއެވެ. އޭނާ އެފަދަ ހާލުގައި މިސްކިތަށްދާން ބޭނުންނުވީއެވެ. ނަމާދަށްފަހު ދެއަތް އުފުލައިގެން އިނދެ ރޮއެ ރޮއެފައި އޭނާދުޢާ ދެންނެވިއެވެ. ނޭނގުމުގެ ތެރޭގައިވެސް އޭނާއަށް މަންމަގެ ހިތުގެ ޖެއްސިފައިވީތީއެވެ. ނަމާދުކޮށް ނިމިގެން ޝާމިން […]
ރިޔާޝާ ގޮސްވަނީ ޖުމާންގެ ގެއާއި މާދުރު ނޫން ހިސާބެއްގައި ހުރި ސަހަރާ ތެރެއަށެވެ. އެތާގައި ރަސްކަން ކުރަމުން ދަނީ ހަމހިމޭންކަމާއި ފަޅުކަމެވެ. އޭނާ ގޮސް ފަޔާޒްގެ މަހާނަ ކައިރީ މަތީ އިށީނެވެ. އޭނާ އެމަހާނައިގެ ވެލިތައް އޮމާންކޮށްލިއެވެ. އަދި މަތީގައި ހުރި ގާކޮޅުތައް ހޮވާލާފައި އެއްލާލިއެވެ. އޭނާ އަނެއްކާވެސް ވެލިގަނޑު އޮމާންކޮށްލާފައި ވެލިމުށެއް ނެގިތަނާ އޭނާގެ އަތްތިލައަށް މީހަކު ފައިން އެރިއެވެ. ރިޔާޝާ ސިހިފައި ބަލާލިއިރު އަރުޖުން ސިންގ ހުރީ ނުބައި ފާޑަކަށް ހީފައެވެ. “އަރުޖުން ސިންގ! […]
“އައި ކާންޓް މެރީ ޔޫ…” ތުރުތުރުލަމުން ދިޔަ އަޑަކުން މިކްޔާއަށް އެހެން ބުނެވުނީ ނުހަނު އުނދަގުލުންނެވެ. އެވަގުތު ޝަމާންގެ އަތް މިކްޔާގެ އަތުން ދޫވި ކަމުގެ އިހުސާސްވުމާއެކު އިސްއުފުލާ މިކްޔާ ބަލާލިއެވެ. އެދެމީހުންގެ ފަހަތުގައި އެކޮޓަރީގައި ހުރި ސީމާގެ އަތުގައި ހުރި ފައިލްތައްވެސް ބިންމައްޗައް ވެރުނީ ހަމަ އެވަގުތުއެވެ. މިކްޔާއާއި ޝާމާން އަށް އެކުއެކީ ސީމާއާއި ދިމާއަށް ބަލާލެވުނެވެ. ސީމާ ހުރީ ހަދާނެގޮތެއް ނޭނގިފައި އެދެމީހުންނާ ދިމާއަށް ބަލހައްޓާއިގެންނެވެ. ދާދި ދެންމެ މިކްޔާބުނި އެއްޗަކުން ހައިރާންވީނަމަވެސް ސީމާގެ […]
ޝިޔާޒްގެ ވާހަކަތައް ނިމުނުއިރު އަހަރެންނަށްވަނީ ގިސްލެވިފައެވެ. އޭނާ ދެއްކި ވާހަކަތަކަކީ ހަޤީޤަތެއް ކަމުގައިވިޔަސް އަހަރެން އެކަން ގަބޫކުރާކަށް ބޭނުމެއްނޫނެވެ. ” ހުސްދޮގު….ތީހަމަ ހުސްދޮގު…..އަލަމް ދުވަހަކުވެސް އެކަހަލަ ކަމެއްނުކުރާނެ….އަލަމް ލޯބިވާނީ ހަމައެކަނި އަހަރެންދެކެ….ތިއުޅެނީ އަލަމް ނެތް ދުނިޔޭގަ އޭނަގެ ބޮލުގަ އިލްޒާމެއް އަޅުވައިގެން އަހަރެންގެ ހިތް ލަންބުވަންތަ؟….ޝިޔާޒް ބިރެއްވެސް ނުގަނޭތަ ތިހާބޮޑު ދޮގެއް ހަދާކަށް…އަލަމް މަރުވީމަ އެކަމުންވެސް ފައިދާއެއް ނެގޭތޯތަ ތިއުޅެނީ؟..” ރޮމުން ރޮމުން އަހަރެން ޝިޔާޒްއަށް އެއްޗެހިކީމެވެ. ” ޝެލީން…އަހަރެންނަށް އެނގޭ ޝެލީން ވިސްނާނީ ތިގޮތަށްކަން….ޝެލީން! ޝެލީން […]