Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ބޭނުމޭ..12

shooty Level 210 Stories100 Comments
December 6, 2016 7 Mins Read
45 Comments

ް ބޭނުމޭ…12

“ބޭބޭ..” ފުރަގަސް ދީގެން އިން އެޒިލް އަށް އެލީން ގޮވައިލުމުން ތެދުވެ އެމީހުން ނަށް ކުރިމަތި ލީ އިރު އެ ތުންފަތްމަތީ ވި ހިނިތުންވުން ފަނޑުވެގެން ދިޔައީ ޒެއިން ގާތު ހުރި ލިލިއަން ފެނިފައެވެ. ލިލިއަންގެ މޫނުމަތިން ވެސް ހައިރާންކަން ފެނިގެން ދިއުމުން ޒެއިން އަށް އެއީ އޭނާ ހޯދަމުން ދާ އެޒިލް ކަން ގާތް ގަނޑަކަށް ޔަގީން ވިއެވެ.

ޒެއިންގެ މަގުޞަދު ލިލިއަން އަށް ކޮންމެވެސް ވަރަކަށް ޔަގީން ވެގެން ދިޔައެވެ. އެހެން ކަމުން މޫނުމަތީގައި ވާ ހައިރާންކަން ނެތިކޮށްލުމަށް ޓަކައި ހިނިތުންވެލިއެވެ.

“ބޭބޭ މީ ޒެއިން. ދޮންބެގެ ބެސްޓް ފްރެންޑް” އެޒިލް ހިނިތުން ވެލަމުން ސަލާމަށް އަތް ދިއްކޮށްލިއެވެ.

“އަޅުގަނޑަކީ އެލީންގެ ބޮސް ވެސް މެ. އަދި މީރާން އަންނަންދެކަށް އެލީން ގެ ހުރިހައި ކަމެއް ބެލުންވެސް އެއީ އަޅުގަނޑުގެ ޒިންމާއެއް” އެޒިލް އާއި ސަލާމް ކޮށްލުމަށް ފަހުގައި ޒެއިން އިއްވައިލިއެވެ.

“އާދޭ އިށީންނަން…” ސޯފާއަށް އިޝާރާތް ކުރަމުން އެޒިލް އެދުނެވެ. އެލީން ގޮސް ވަނީ ބަދިގެއަށެވެ.

“އަޅުގަނޑުވެސް އުޅެނީ ތި އޮފީހުގަ.” އެޒިލް ވާހަކަ ދެއްކީ ޒެއިން އާ ކަމުގަ ވިޔަސް އޭނާ އަށް ސިއްރު ސިއްރުން ބެލެމުން ދިޔައީ ލިލިއަން ގެ މޫނަށެވެ. އެޒިލްގެ އެ ބެލުންތަކުން ލިލިއަން އިނީ އިސް ޖަހާލައިގެން ނެވެ. ޒެއިން މިފަދަ ގޮތަކަށް އެޒިލްގެ ކުރިމައްޗަށް އޭނާ ގެންނާނޭ ކަމަކަށް ލިލިއަން ހިއެއް ނުކުރެއެވެ.

“ކުރިން ވެސް ފެނުން ވައްތަރު ޖަހާ. އެކަމު ކޮންތާކުން ކަމެއް ނޭނގެ. އެހެން ވީމަ އޮފީހުންތާ އެފެނުނީ.. އޯހް އަދި މީ ކާކުކަމެއް ނުބުނެވޭދޯ.. މީ ލިލިއަން. މައި ފިއާންސޭ” ޒެއިންގެ ޖުމްލައިން އެޒިލް އަށް ލިލިއަންގެ މޫނަށް ބަލައިލެވުނީ ހައިރާން ކަމާއިއެކުއެވެ. ހަމަ އެހައި އަވަހަށް ލިލިއަން ހުރިހައި ކަމެއް ހަނދާން ނައްތައިލީހެއްޔެވެ؟ ހިތަށް ކިތަންމެ އަސަރެއް ކުރި ކަމުގައި ވީނަމަވެސް އެޒިލް ހިނިތުންވެލަމުން މަރުހަބާ ކިއެވެ.

ޖޫސް ތަބައް ހިފައިގެން އައި އެލީން ގެ ގައިގައި މިލީނާ ޖެހިގަތީ ގަސްތުގައެވެ. އަތުން ތަބައް ދޫ ވުމާއި އެކު އިވިގެން ދިޔަ އަޑުފަށް ގަނޑުން އެޒިލް މެނަށް ބަލައިލެވުން އިރު އެލީން ތަޅައިގެން ގޮސްފައިވާ ބިއްލޫރި ކޮޅުތައް ނަގަނީއެވެ. ނުލަފާ ގޮތަކަށް ހީލައިގެން ހުރި މިލީނާ ފެނުމުން އެއީ އޭނާގެ ކަމެއްކަން އެޒިލް އަށް އިނގުނެވެ. މިލީނާ އަށް ބަލައިލުމަށް ފަހު އެޒިލް އަށް ބަލައިލެވުނީ ލިލިއަން އާއި ދިމާލަށެވެ.

“އެލީ އޯކޭ ތަ؟” ދުރުގައި ބަލަން ނުހުރެ ޒެއިން ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް އެލީން ކައިރިއަށް ހުއްޓެމުން ގުދުވެލިއެވެ. އެލީން ހަމަ އެކަނި ބޯ ޖަހައިލީއެވެ. މިލީނާ އަށް އެޒިލް ބަލައިލީ އިންޒާރުގެ ނަޒަރަކުންނެވެ.

“މި ކުއްޖާ ކައިރީ ބުނެބަލަ ތަންކޮޅެއް ބަލައިލައިގެން އުޅެބަލާށޭ!! ކިރިޔާ މީހެއްގެ ގައިގަ ޖެހިލިޔަސް ރޫޅިގެން ފައިބަން ވެފަ ވިއްޔަ ހުންނަނީ” މިލީނާ ގެ ޖުމްލައިން ޒެއިން އަށް ބަލައިލެވުނީ ހިތްހަމަ ނުޖެހިފައެވެ.

“މިލީނާ… ހަމަ މިހާރު އާދޭ އަހަރެންނާއި އެކު” އެންމެންގެ މޫނަށް ބަލައިލަމުން އެޒިލް ގެ ފަހަތުން މިލީނާ ހިނގައިގަތް މަންޒަރު ބަލަން ހުރި ލިލިއަންގެ ލޮލުގައި ކަރުނަ ވިދަންފެށިއެވެ. އެޒިލްގެ އަންހެނުންނަކީ މިހައި ގޮތްކުޑަ މީހެއްކަމަކަށް ލިލިއަން ހިއެއް ނުކުރެއެވެ.

އެތަން ސާފު ކޮށްލަމުން އެލީން ފުޅިތޮށިތައް ޑަސްބިނަށް އަޅައިލިއެވެ.

“އަހަރެންނަށް ވަގުތުކޮޅެއް ދީފާނަންތަ އެލީ؟” ޒެއިން އާދޭހާއި އެކު އަހައިލިއެވެ. ކުޑަ އިރުކޮޅަކު ވިސްނާލުމަށް ފަހުގައި އެލީން ބޯ ޖަހައިލަމުން އޭނާ އާއި އެކު އައުމަށް ބުންޏެވެ. އެލީން ގެ ކޮޓަރިއަށް އެލީންގެ ފަހަތުން ގޮސް ޒެއިން ވަދެ ދޮރު ލައްޕައިލިއެވެ.

“އެލީ… ހަމަ ކުޑަ ކުޑަ މިސް އަންޑަސްޓޭންޑިންގް އެއްގެ ސަބަބުން މިވަރު އަރުވައިލަން ޖެހޭ ތަ؟” ހިތްހަމަ ނުޖެހިފައި ޒެއިން އަހައިލިއެވެ.

“އަހަރެން ވަރެއް އަރުވައިފިން ތަ؟” އެލީން ނޭނގޭ ކަމަށް ހަދަމުން ވާހަކަ ދެއްކި ރާގުން ޒެއިންގެ ހިތްހަމަ ނުޖެހުން ވީ އިތުރެވެ. ދުރުގައި ނުހުރެ ދިޔަ ގޮތަށް ގޮސް އެލީންގެ އަތު މުލައްދަނޑީގައި ހިފަމުން ވާހަކަ ދެއްކިއެވެ.

“އާނ.. އެކަމެއް ނޭނގޭ ތަ؟ އެލީން ހީ ކުރަނީތަ އަހަރެން ނަށް ވަރަށް ފަސޭހަވެގެން ކަމަށް ލިލިއަން އާ މެރީ ކުރަން މި އުޅެނީ؟” ޒެއިން ގެ އެ ރުޅި ފެނިފައި ނުވުމުން އެލީން ކުޑަކޮށް ޖެހިލުން ވާން ފެށިއެވެ.

“ދޫކޮށްބަލަ އަތުން… ޒެއިން… ތަދުވެއޭ އެބަ..” އެލީން ގެ ލޮލަށް ކަރުނަ ޖަމާވީ އަތަށް ވީ ތަދަށް ވުރެ ހިތަށް ވީ ތަދުންނެވެ. ޒެއިން ކިޔައި އެއްޗިހީގައި އެއްވެސް ބުރަދަނެއް ނުވެއެވެ. ލިލިއަން އާއި ކައިވެނި ކުރަން ބޭނުން ނުވާ އިރު އޭނާ އަށް އެ ފެނުނީ ކޮން މަންޒަރެއް ހެއްޔެވެ؟

“ޒެއިން ތިހާވަރަށް ޝޯ އޮފް ނުކުރިޔަސް ވެދާނެ… އަހަރެން ދެރަ ނުވާތީ އެއް ނޫނޭ މި އައީ ކީ.. ޒެއިން އާއި ލިލިއަން އެއްކޮށް ފެނުނީމަ އަހަރެންގެ ހިތަށް ވެސް ވަރަށް އަސަރު ކުރެއޭ.. ތިހާވަރުން އަހަރެން ދެކެ ލޯބިވާ ނަމަ ކީއްކުރަންތަ ލިލިއަން އާއި އެކު ތި އައީ؟” އައި ރުޅީގައި ޒެއިންގެ އަތް ނައްޓުވަމުން އެލީން ވަހަކަ ދެއްކީ ފުދޭވަރަކަށް ބާރަށެވެ. އެހައި މަޑުމައިތިރި ކުއްޖެއް އެގޮތަށް ވާހަކަ ދެއްކުމުން ޒެއިން އަށް އެލީން ދެރަވެފައި ހުރި މިންވަރު އިހްސާސް ވިއެވެ.

“ތި ވާހަކަ ދައްކާށެއްނު މި އައީ.. ފުރަތަމަ އަހަރެން ނަށް ޗާންސެއް ދީބަލަ. އެލީން އެގޮތަށް އަހަރެންނަށް ނާންގާ އައިމަ އަހަރެން ހާދަ ހާސްވިއޭ.. އަހަރެންގެ ހިތުގައި އެލީން އަށް ޓަކައިވާ ލޯބި އެލީން އަށް އިހުސާސް ނުވިޔަސް އެކަމަށް ހެކިވާނެ ފަރާތެއް ވޭ” ޒެއިން ވެސް މަޑުން ވާހަކަ ދައްކާކަށް ނުވިސްނިއެވެ. އެލީން އަށް ވުރެންވެސް ބާރަށް ވާހަކަ ދެއްކި އިރު ހީވަނީ ދެމީހުން ވާދަވެރި މުބާރާތެއްގައި ބައިވެރި ވެގެން އުޅޭ ހެންނެވެ.

“ދެން ތި ކިޔަން އުޅޭ އެއްޗެއް ކިޔާބަލަ” އެލީން ތަންކޮޅެއް މައިތިރި ކޮށް ބުނެލިއެވެ.

“އަހަރެން ލިލިއަން ގޮވައިގެން މި އައީ އޭނާ އަށް ދައްކަންް ބޭނުން ވާ މީހެއް މިގޭގަ އުޅޭތީވެ.. އަހަރެންނާ ކައިވެނި ކުރަން އޭނަ އެދުނު އަސްލު ހަގީގީ ރީޒަން އެލީން އަށް ކިޔައިދޭން” ހަމަ ޖެހިލަމުން އެލީންގެ އަތުގައި ޒެއިން ހިފައިލަމުން ގޮސް އެތާ އިން ކްއީން ސައިޒް އެނދުގައި އިށީނެވެ.

“މިގޭގަ ކާކު ތަ އުޅެނީ ޒެއިން އެ އަންހެން ކުއްޖާ އަށް ދައްކަން ބޭނުން ވާ؟” ހައިރާންވެފައި އިނދެ އެލީން ސުވާލުކޮށްލިއެވެ.

“އެހަށް އެވާހަކަ ބާއްވަބަލަ.. އަހަރެން ލިލިއަން އާ ހަގް ކޮށްލިތަން ފެނުނީމަ އެލީ އެކަމުން ނެގީ ކޮން މާނައެއް؟” ޒެއިން ސީދާ އެލީންގެ ލޮލަށް ބަލަން އިނދެ ސުވާލު ކޮށްލިއެވެ.

“އަހަ…އަހަރެން ނަށް ފެނުނީ އެކަނި އެ މަންޒަރެއް ނޫން.. ޔޫ ކިސްޑް ހާރ” އެލީން އިސް ޖަހައިލިއެވެ.

“ގޯޑް.. އެލީ ހާދަ މޮޔައޭ ދޯ.. ފްރެންޑްލީ ކިސް އެއް ވެސް އެލީ އަކަށް ވަކި ކުރާކަށް ނޭނގޭ ތަ؟ ހަމަ އެހައިވެސް މޮޔަ ސިކުނޑި އެއްތަ މި ބޮލުގަ އިނީ؟” އެލީން ގެ ބޮލުގައި އިނގިލި ޖައްސައި ފިއްތައިލަމުން ޒެއިން ބުނެލި އެއްޗަކުން އެލީން އަށް ހީލެވުނީ ބޭއިހްތިޔާރުގައެވެ.

“އިނގޭތަ… ލިލިއަން ބަނޑުބޮޑު” ޒެއިން އެ ބުނި ޖުމްލަ އެލީންގެ ކަންފަތަކަށް ޔަގީނެއް ނުކުރެވުނެވެ. ހައިރާން ވެފައި ޒެއިންގެ މޫނަށް ބަލަން އިނުމުން ދެވަނަ ފަހަރަށް ވެސް ޒެއިން ހަމަ އެހެން ބުނެލިއެވެ.

“އެއީ އެ އަންހެން ކުއްޖާ އަހަރެން ގާތަށް ސަލާން ޖަހަން އައި ސަބަބު.. މިހެން ބުނީމަ އެލީ ހިތަށް އަރާ ފާނެ އަހަރެން ނުކުރާ ކަމެއް އަހަރެންގެ ބޮލުގަ އެޅުވީމަ އޭގެން ވާނީ ކޮން ފައިދާ އެއް ބާއޭ….. އަސްލު ލިލިއަން އަށް ވެސް ވެވުނީ ލޯބި… އެކަމުގެ ސަބަބުން މިސްޓޭކެއް ހެދުނީ.. އެކަމާ މިހާރު ލިލިއަން ރިގްރެޓް ކުރޭ.. އަހަރެން ލިލިއަން އަށް އެހީ ވާން ނިންމީ ލިލިއަން އަށް ޓަކައެއް ނޫން.. އެކަމަކު އިންސާނިއްޔަތު ކަމަށްޓަކައި.. އެ ކުއްޖާގެ ޕޭރެންޓްސް އަށް ވެދާނެ ގޮތަކާމެދު ވިސްނާފަ..” ޒެއިން ގެ ވާހަކަ އަޑު އަހަން އިން އެލީންގެ ހިތުގައި ރިއްސައިލިއެވެ.

“އެކަމަކު ރިގްރެޓް ކުރާ ނަމަ ކީއްވެ އެކަން ސިއްރު ކޮށްގެން އެ އުޅެނީ؟ ތައުބާ ވީ ކަމަށް ވާނީ އެކަން ހާމަ ކޮށް އަދަބު ލިބިގަތީމަ އެއްނު” އެލީން ގެ ވާހަކައަށް ޒެއިން ބޯ ޖަހައިލިއެވެ.

“ތިކަންވެސް ލިލިއަން ލައްވާ އަހަރެން ކުރުވާނަން.. އެކަމަކު އޭނަގެ ލޯބި އޭނަ އަށް ހޯދަދީފަ..” އެލީންގެ މޫނުގައި ފިރުމައިލަމުން ޒެއިން ބުންޏެވެ.

“އެއީ ކާކު؟ އެވަރުގެ ލަނޑެއް ލިލިއަން އަށް ދިނީ ކާކު؟” އެލީން އަހައިލިއެވެ.

“އެ..އެމީހަކީ… އެއީ އެލީގެ ބޭބެ.. އެޒިލް.. އެޒިލް އަކަށް ނޭނގެ ލިލިއަން ޕްރެގް ކަމެއް.. އެހެން ވީމަ ޕްލީސް، ޑޯންޓް ފްރީކް އައުޓް” ޒެއިން ގެ ޖުމްލައިން އެލީން އަށް ކުއްލިއަކަށް ތެދުވެވުނެވެ. އެޒިލް އެފަދަ ކަމެއް ކޮށްފަ ލިލިއަން ދޫކޮށްލީ ހެއްޔެވެ؟ އެޒިލް ހަމަ އެހެން ހަދާފާނެހެއްޔެވެ؟ ކުޑަމިނުން ލިލިއަން އިން ހާލަތު ޔަގީން ކުރި ނަމައެވެ.

“އަހަރެން.. ޒެން.. ބޭބެ..ބޭބެ ހަމަ އެ މިލީނާ އަށް ޓްރަސްޓް ކޮށްފަ ލިލިއަން ދޫ ކޮށްލީ ތަ؟” މޮޔައެއް ފަދައިން އެލީން ވާހަކަ ދެއްކިއެވެ.

“އެލީ.. ކާމް ޑައުން.. އަހަރެން މި ބުނީނު އެޒިލް އަކަށް އެކަމެއް ނޭނގެ އޭ.. އިނގުން ނަމަ އޭނަ އެހެނެއް ނުހެދީސް ކަން ޔަގީން.. ލިލިއަން ވެސް އެޒިލް ކުއްވެރިއެއް ނުކުރެ.. ސޯ ޕްލީޒް، އެލީ އަހަރުމެން ދެން ހިނގާ އެދެމީހުން ގުޅުވަން.. އޭރުން ހުރިހައި ކަމެއްވެސް ދާނީ ރަނގަޅަށް.” އެލީންގެ ކޮނޑުގައި ހިފައިލަމުން ޒެއިން އެދުނެވެ.

” މިލީނާގެ ބަނޑުގަ އޮތީ ބޭބެގެ ދަރިއެއް ނޫން.. އަހަރެންނަށް ހަމަ ޔަގީން” އެލީން އެހެން ބުނުމަށް ފަހުގައި މިއަދު މިލީނާ ގެ ކޮޓަރި އަށް ވައިން އިރު އިވުނު ވާހަކަ ތައް ޒެއިން އާއި ހިއްސާ ކުރިއެވެ.

“ދެޓްސް ގްރޭޓް.. އެކަމު އަހަރުމެން އަތަކު ނެތް ޕްރޫފެއް.. ” ޒެއިން ދެކޮޅަށް ހިނގަންފެށިއެވެ.

“މިހާރު އެކަމާ ހާސްވާކަށް ނުޖެހޭނެ.. ޑީއެންއޭ ޑެސްޓް ކުރީމަ އެކަން ޔަގީން ކުރެވޭނެ.. ބޭނުން ވާނީ މިލީނާ ގެ އާ ބޭބެ ގެ ސާމްޕަލް އެއް.. އިސްތަށި..” އެލީން ގެ ހިޔާލު ކަމު ގޮސްގެން ޒެއިން ގެ ތުންފަތްމައްޗަށް ކާމިޔާބުގެ ހިނިތުންވުމެއް ވެރިވިއެވެ.

“އެލީ ޔޫ އާ އަ ޖީނިއަސް..ހެހެ..” އެލީންގެ ގައިގައި ބައްދައިލަމުން ޒެއިން އުފާވެލާފައި ބުންޏެވެ.

“ލެޓްސް ގޯ.. އަހަރެން މި އައީ އެލީ ބަލާ.. މީރާން އަށް އިނގިއްޖެ އެލީ މިގޭގަ ހުރި ކަން” ޒެއިން ގެ ޖުމްލައިން އެލީންގެ މޫނުމަތި ބަނަވެގެން ދިޔައެވެ.

“މިގޭގަ އަހަރެން ހުރި ވާހަކަ ކީހިނެތް ދޮންބެއަށް އިނގުނީ…. ވެއިޓް، ޒެން އަށް ކިހިނެތް އިނގުނީ އަހަރެން…” އެލީން ދެބުމަ ގޮށްޖަހައިލަމުން އަހައިލިއެވެ.

“ރުޅި ނާންނައްޗޭ އެލީ.. ބަޓް.. އިވީ ގެ ފަރާތުން އެޒިލް ގެ ނަން އިނގުނީ.. އެހެންވެ އަހަރެން މީރާން އަށް ގުޅީ.. އަދި ހުރިހައި ވާހަކައެއް ވެސް ކިޔައިދިނީ.. މީރާން ހުރީ ވަރަށް ހިތްހަމަ ނުޖެހިފަ.. ބުނީ އެލީ ގޮވައިގެން އަންނާށޭ.. އެހެންވެ އެލީ ބަލާ އައި އިރު ލިލިއަން ގޮވައިގެން އައީ އޭނަގެ ބީއެފް އަށް ވެސް ކިޔަނީ އެޒިލް ވީމަ މިގޭގަ އުޅެނީ އެ އެޒިލްތޯ ޔަގީން ކުރަން.. މިހާރު ޔަގީން ވެއްޖެ.. ދެން ހިނގާ ދާން” އެލީންގެ އަތުގައި ހިފަމުން އަނެއްކާ ވެސް ޒެއިން ހިނގައިގަތުމުން އެލީން އެ އަތް ފޮޅުވައިލިއެވެ.

“ދޮންބެ އަށް ނޭނގޭ ގޮތަށް ދުވަސްކޮޅަކު އަހަރެން މިގޭގަ ހުރިޔަދީ ޒެން.. އެހެން ނޫނީ ކިހިނެއް ޕްލޭން ކާމިޔާބު ކުރާނީ؟” އެލީން ހަނދާން ކޮށްލަދިނެވެ. ތެދެކެވެ. މިލީނާ އާއި އެޒިލްގެ ސާމްޕަލް އެއް ބޭނުން ނަމަ ކޮންމެވެސް މީހަކު އެކަން ކުރަން އެބަ މަޑުކުރަންޖެހެއެވެ.

“އެކަމު މީރާން ބުނީ އެލީ ނައިސްފިއްޔާ މީރާން އަކީ ދޮންބެ ކަން ހަނދާން ނައްތައިލަން” ޒެއިން ގެ ޖުމްލައިން އެލީން ދެރަވިއެވެ. މީރާން އެޒިލް ދެކެ ހަމަ އެހައި ރުޅި އާދޭ ހެއްޔެވެ؟ ނަމަވެސް ޒެއިން އާއި އޭނާ އަށް ކާމިޔާބު ވާން އޮތީ ލިލިއަން އަށް އެހީ ވެދީގެން އޭނާ އާއި އެޒިލް ގުޅުވައިގެނެވެ.

“ޒެން އަހަރުމެންގެ ލޯތްބައްޓަކައި ދޮންބެ އަށް ސިއްރު ކޮށްދީ.. އިރާދަކުރެއްވިއްޔާ ދެދުވަސްތެރޭ ސާމްޕަލް ހޯދާނަން.. އެކަން ނިމުނީމަ އަހަރެން ޒެން އާ އެކީ ދާނަން.. ޕްރޮމިސް މީ” އެލީ ޒެއިންގެ މޫނުގައި ދެއަތުން ހިފައިލަމުން އެލޮލަށް ބަލަން ހުރެ އެދުނެވެ.

“އައި ޕްރޮމިސް…” ޒެއިން އެލީން އެ އަތުތެރެ އަށް ގެންނަމުން ވައުދުވިއެވެ.

މިލީނާ އާ ދިމާލަށް އެޒިލް ވަރަށް އެއްޗިހި ކިއުމަށް ފަހުގައި ކޮޓަރިން ނުކުމެ ދޮރު ޖެހީ ފުދޭވަރަކަށް ބާރަށެވެ. އެ ހުރިހައި އެއްޗެއް އަޑު އަހަން ހުރި ސިޓިންގް ރޫމް ގައި ހުރި ލިލިއަން ސިހިގެން ދިޔައީ އެޒިލް އައިސް ކުރިމައްޗަށް ހުއްޓުމުންނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވީ ހިނދު ލިލިއަން އަށްވެސް އެޒިލްގެ ފުން ދެލޮލަށް ބަލަން ހުރެވުނީއެވެ. އެލޮލުގައި ވަނީ ވޭނެވެ. އެވޭނާއި އެކު ވެގެން ވަނީ ލިލިއަން ދެކެ ވާ ލޯތްބެވެ. އިރުކޮޅަކު އެހެން ހުރުމަށް ފަހު އިސް އޮބައިލަމުން އެޒިލް ހިނގައިގަތީ ލިލިއަން އާއި ދުރަށް ދިއުމަށެވެ. ނަމަވެސް އެކަމަށް ހުރަސް އެޅީ ލިލިއަން އެވެ.

“ޒިލް… އައި އެމް ސޮރީ..” ލިލިއަން ބުނެލިއެވެ.

“ކޮންކަމަކަށް ތަ؟” އިސްޖަހައިގެން ހުރިގޮތަށް ހުރެ އެޒިލް އަހައިލިއެވެ.

“އަހަރެން ޒެއިން އާ މެރީ ކުރަނީ މަޖުބޫރު ވެގެން” ލިލިއަން ހިތްވަރުކޮށްލަމުން ބުންޏެވެ.

“އެކަމާތަ ތި މާފަށް އެދެނީ؟ އަހަރެން ވަރަށް އުފާވޭ ލިލިއަން އަށް ރަނގަޅު ފިރިޔަކު ލިބެން އުޅޭތީ.. ޑޯންޓް ބީ ސޮރީ.. އެކަހަލަ ރަނގަޅު މީހެއް ލިލީ އާ ގުޅެނީ.. އައި ޑޯންޓް ޑިޒާވް ޔޫ..” ލިލިއަންގެ މޫނުގައި މަޑުމަޑުން އެޒިލް ފިރުމައިލިއެވެ. އޭރު ލިލިއަންގެ ލޯ ކަރުނުން ފުރެމުން ދިޔައެވެ. އެހައި ބޮޑު ކަމެއް އެޒިލް އަށް ސިއްރު ކުރިކަން އިނގުމުން އެޒިލް އޭނާ އަށް މާފު ކުރާނެ ބާއެވެ.

“އައި ޑޯންޓް ޑިޒާވް ޒެއިން އީދާރ.. އަހަރެން ލޯބިވަނީ އެޒިލް ދެކެ.. އަހަރެން ބޭނުންން ވަނީ ވެސް…..” ލިލިއަންގެ ޖުމްލަ ހުއްޓުވީ އެޒިލް އެވެ.

“ޝްޝްޝް… އަހަރެން ނަކަށް ތި ބަސްތައް އަޑު އަހާކަށް ފަސޭހައެއް ނޫން.. އަހަރުމެން ދެމީހުނަށް ވެސް މަޖުބޫރު.. އެހެން ވީމަ ލެޓްސް އެކްސެޕްޓް އިޓް.. އެހެން ނޫނީ ހަމަ މި ވަގުތު ވެސް އަހަރެންނަށް އަމިއްލަ ނަފްސުގެ ކޮންޓްރޯލް ލިލިއަންއާ ހަވާލު ކުރެވިދާނެ” އެޒިލް މަޑުމަޑުން އެހެން ބުނެލީ ލިލިއަންގެ ގެ ކަރުނަތައް ފޮހެދެމުންނެވެ،

“އެކަމު ޒިލް.. މިލީނާ.. ޝީ ޑޯންޓް ޑިޒާވް ޔޫ.. މިއަދު ޒެއިން ނެތް ނަމަ އަހަރެންގެ މި ދޫ ހިމޭނުންނެއް ނޯތީސް.. މިހެން ބުނަން ބޭނުން ނުވިޔަސް.. އައި ހޭޓް ހާ.. ” ހުއްޓަ ހުއްޓަމުން ލިލިއަން ވާހަކަދެއްކިއެވެ. އޭނާ ހުރީ އެޒިލްގެ އަތުގެ ހިމާޔަތަށް ވަރަށް ބޭނުން ވެފައެވެ. ނަމަވެސް އެކަން އެހެން ވާކަށް ނެތެވެ. ދެމީހުނަށް ވެސް މަޖުބޫރެވެ.

ސޯފާ މަތީ ބާއްވާލެވިފައި އޮތް ލިލިއަން ގެ އަތް ދަބަސް ތެރެއިން ފޯނު ރިންގު ވާ އަޑު އިވެން ފެށިއެވެ. އެހެން ކަމުން ލޯ ފުހެލަމުން ސޯފާ އާއި ދިމާލަށް ލިލިއަން ހިނގައިގަތެވެ. ގުދެވަލާފައި ދަބަސް ނަގަމުން ފޯނު ނެގި އިރު ގުޅަނީ މާރިއާއެވެ. މިވަގުތު މާރިއާ އަނެއްކާ އެ ގުޅަނީ ކޮން ކަމަކު ބާއެވެ؟

“ހެލޯ އާންޓީ؟” ލިލިއަން ފޯނު ނަގައި ކަންފަތުގައި ޖަހައިލަމުން ވާހަކަ ދެއްކިއެވެ.

“ދަރިފުޅާ ލިލީ.. ލިލީ.. ޒަ.. ޒަހީން…” މާރިއާ ރޮމުން ޒަހީންގެ ނަން ބުނުމުން ލިލިއަން ގެ މެއަށް ފިނިވެގެން ދިޔައެވެ.

“ބައްޕަ އަށް ކިހިނެތް ވީތަ އާންޓީ؟ ކޮބާ މަންމަ” ލިލިއަން އަށް ބާރު ބާރަށް އަހައިލެވުނެވެ. ލިލިއަން އާ ތަންކޮޅެއް ދުރުގައި ހުރި އެޒިލް އަށް ވެސް ކަމެއް ގޯސް ވެއްޖެހެން ހީވުމުން ލިލިއަން އާ ގާތަށް ޖެހިލިއެވެ.

“ޒަހީން ނިޔާ ވެއްޖެ.. މަންމަ.. އެ..އެބެން.. ޒެއިން ގޮވައިގެން އަވަ….” މާރިއާގެ ޖުމްލަ ނިމުމުގެ ކުރިން ލިލިއަން އަތުން ފޯނު ދޫވުމާއި އެކު ކައިރީގައި ހުރި އެޒިލްގެ އަތުތެރެއަށް ވެއްޓިއްޖެއެވެ. ލިލިއަން އަށް ވީގޮތް ފެނި އެޒިލް ހާސްވިއެވެ. އަޑަށް ލެވުނުހާ ބާރެއް ލަމުން އެލީން އަށް ގޮވައިލިއެވެ.

ނުނިމޭ

Share Article

Follow Me Written By

shooty

Level 210 Stories100 Comments

I like writing stories and reading comments ? I also love reading every kind of stories...

Other Articles

Previous

އެ ލޯބި އަސްލު ހައްޤޭ (6 ވަނަ ބައި)

Next

ތާޝާ (23ވަނަ ބައި)

Next
December 6, 2016

ތާޝާ (23ވަނަ ބައި)

Previews
December 6, 2016

އެ ލޯބި އަސްލު ހައްޤޭ (6 ވަނަ ބައި)

45 Comments!

  1. Shiya says:
    December 6, 2016 at 11:34 pm

    Haadha dhuvahe koffa.
    Thihen nahadhabala..

  2. Aminath Ramziyya says:
    December 6, 2016 at 11:38 pm

    Ardhii Mahmoodh

  3. Ardhii Mahmoodh says:
    December 6, 2016 at 11:39 pm

    Thank you ?

  4. shooty says:
    December 6, 2016 at 11:49 pm

    Sorry guys for late update.. mifaharu hama nuhurevigen mi ooredoo package eh nagain up kohlly . ehn v ma package husvandhen upload kohdheynan, insha allah.. Thank you all for waiting ingey.. I really appreciate your support… Next part ves v avahah kiyaalan libeyne.. insha allah..And one again sorry and thank you for understanding.. love u alllll ??????

  5. Sofy says:
    December 6, 2016 at 11:51 pm

    V inthizaaru kurevijje mi vaahaka ah… V reethi..

  6. Shafu says:
    December 7, 2016 at 12:12 am

    Thankolheh dhigukoh geness dheeba Shooty☺
    Waiting for next part ??

  7. Luba says:
    December 7, 2016 at 12:33 am

    Wow… Thankyou shooty. Dhuvas thakakahfahu story kiyaalan libunyma v ufaavejje. But thankolheh kuree…

  8. Anonymous says:
    December 7, 2016 at 2:01 am

    Aharen v hithaamakohfin shooty gehlligen vv reethi

  9. Anonymous says:
    December 7, 2016 at 2:08 am

    Shooty ulhenee konthaaku hulhumale ga ulhenyaa ma dhee faanan WiFi kolhe

  10. raasi says:
    December 7, 2016 at 2:50 am

    V reethi shooty you re the best vvvvvvvvvvv reethi

  11. Appy says:
    December 7, 2016 at 8:39 am

    V rythi mi bai vx v inthixaaru vz kurevihje mi vaahaka ah

  12. nonnx says:
    December 7, 2016 at 9:45 am

    ummeedhukuran vrh avahah dhn inbaivz libeyne kamah kiyaalan..v v nice mi part vz…dail up kohdhehchey???

  13. Depika says:
    December 7, 2016 at 10:43 am

    Vahaka up kureyy haradhu kohdheynan thikolhun beynumiya v reethi mi partves

  14. Rsy says:
    December 7, 2016 at 10:47 am

    its k i understand…
    VVVVV reethi mi baivas …

  15. Addu manje says:
    December 7, 2016 at 11:08 am

    Yah!! finally shooty is back!!Eagerly waiting for the next part..
    And thank you soooo much for uploading this part..
    🙂

  16. Shaa says:
    December 7, 2016 at 12:00 pm

    oh god.. finally shooty.. varah wait kuri story eh meii.. evves kujjakah ingeytha loabeega hayyaruvefa2 story ah vy gotheh ??

    1. Kalhu handi says:
      December 28, 2016 at 2:39 am

      Neynge v gotheh.. V dheravey v gotheh neyngeythy adhi huhtifa inyves v rythi hisaabakun..

  17. Anonymous says:
    December 7, 2016 at 6:49 pm

    flower hodha ey run thikan vaanee gahehgga indhedhaane hama gaimuves mi gey gahaku neh

  18. Mary says:
    December 7, 2016 at 11:19 pm

    Mi bai vvv reethi… Waiting 4 the next part… N next part dhigukoh gennas dhehchey….

  19. nonnx says:
    December 8, 2016 at 4:30 pm

    were’s the next part??

  20. hih beynumey says:
    December 9, 2016 at 3:49 pm

    shootyyyyyyy…
    package husveetha? shoooty number dheeba package alhaidheyn. vaahaka next part kiyaa hithun kei madhuvani. shootyy dhn thivarun vaahaka nuliyebaa.. 🙁 🙁 🙁

  21. zulfigzzru says:
    December 9, 2016 at 5:44 pm

    shooty kihineh thihadhani …. eh part up kohfa masdhuvas fahn aneh part…. ehn ve buneveni mahah dhashey vahaka nuliye

  22. Nuxuhath Sameem says:
    December 9, 2016 at 9:50 pm

    Haadha lahunney up kuranee.

  23. Leen says:
    December 10, 2016 at 10:36 am

    Shoooty kyvetha kuryga up kuraagothah up nukurany??? ?Now you are like other writers..,,, ?

  24. Kalhu handi says:
    December 11, 2016 at 12:10 am

    Next part plx

  25. Andhu says:
    December 12, 2016 at 7:39 am

    Ey kudhinney… Ketherivey… Shooty bunyeynu eyna ge haal… So just shut up and support kurey…

  26. Mary says:
    December 13, 2016 at 10:43 pm

    Kobaa tha story???

  27. shenax says:
    December 14, 2016 at 9:01 pm

    Dhan v foohi eh part genes dheefiyya anehpart aneh garunuga..dhan evarun story nuliyaanama….

    1. Andhu says:
      December 15, 2016 at 2:54 pm

      Foohi vanya vaahaka nukiyaanee OK… thivatharah faadukiyanyaa emmenves Foohi vaane. … no offense just an advice

  28. Aakee says:
    December 15, 2016 at 9:36 pm

    vaahaka kiyaahithun hureveneekynoon pls pls next episode up kohla dheebaa…. ummeedhu kuran tonight ga up kohla dheyne kama

  29. Kalhu handi says:
    December 18, 2016 at 9:37 pm

    Kobaatha aneh part.. Comment thakah ryply kuraanama dho

  30. Aisho says:
    December 19, 2016 at 10:56 am

    Vaahaka liyun huttaalaa nuliye veynama

  31. Faiha says:
    December 21, 2016 at 3:29 pm

    Alhey mivaahaka ves huhtifa huri ehn vaahaka thakah v gothah vefatha miothy….

  32. Fat says:
    December 21, 2016 at 7:40 pm

    Koba next part waiting

  33. zulfigzzru says:
    December 22, 2016 at 12:17 pm

    adhu rulhi ayas hama feyku bahanaa shooty dhahkany ehn hadhaa meehunge storys thah liyun huhtuvahveee.. hus dhogu hadhaafa reason dhahkaane kameh thedhah buneema veenu dhen…

  34. Fin says:
    December 23, 2016 at 9:07 am

    Shooty.. Plx next part avas kohlache

  35. Nina says:
    December 25, 2016 at 1:49 am

    ??? when are u gonna up next part ???

  36. Flower says:
    December 25, 2016 at 6:00 pm

    Shoooootyyyy…alhe kobaatha storyyy….ehn vaahaka gothah mi vx stop vy dhwww

  37. muxoo says:
    December 26, 2016 at 5:30 pm

    Alhe haadha dhuvagekay vanee. Kobaatha next part please avaskoh ap kohdheeba. Abadhu thihen nuhadha bala

  38. zulfigzzru says:
    December 27, 2016 at 5:05 pm

    nuliye venyaaa keeehkurantha fuhpaafa vaahaka liyan fashany… dhen dhuvahakuves shooty liyaa vaahakaeh nukiyaanah

  39. Kalhu handi says:
    December 28, 2016 at 2:36 am

    Shooty thihen nahadhaa miee v rythi vaahakeh.. Migothah huhtifa vejje v baivaru vaahaka kuryga shooty mivaahaka up kurihen up kuran fashaabala plx.. We will always support you… Plx plx….. Ehn noony comment thakah ryply kohbala…

  40. leen says:
    December 29, 2016 at 3:05 pm

    alhey mivaahka dhnn hama up nukurany tha? Shooty where are You???????
    Readers are witing for your story.. ehn nuny readers ah bunedheyn v nun mi story dhnn up kurannyaa vx nukuraanyaa vx.. let us know shooty

  41. silly says:
    December 29, 2016 at 11:47 pm

    Aslu shootyge vaahaka kiyanfeshy v kiyaahithun. N I just love ur stories ..Kuryga heevi daily up nukurevunas at least story ninmaalaane kamah..but u are also a fake writer…esfiya in story ninmaa nulevey writer’s ah furusathu hanikuran feney…

    1. Lai says:
      January 8, 2017 at 2:23 pm

      Silly thibuny hama rangalhah.. Vaahaka up kuran faruvaa kuda kuraa myhunnah konmes gotheh hadhan vejje

  42. Mary says:
    January 8, 2017 at 8:19 am

    Kobaa tha vaahaka…. Avahah up kohdheebala…

Comments are closed.


All Right Reserved!