“ދެކުދިން ނުނިމޭތަ؟ އަވަސްކޮށްބަލަ..އަވަހަށް ނިކުތީމަ ދެވޭނީވެސް މަގުތަކުގައި އެހާވަރަށް ސްނޯ ފައިބާފަ އޮންނާނީވެސް..” ސިޓިން ރޫމްގައި ހުރި ސޮފިއްޔާ ގޮވާލިއަޑު އިވުމާއެކު މިކްޔާއަވަސްވެލީ ތިރިއަށް ދިޔުމަށެވެ. ** މިކްޔާ ލައިގެން ހުރި ހުދުކުލައިގެ ދިގު ވެޑިންޑްރެސް ކުޑަކޮށް އުފުއްލައިލަމުން ސިޑީގެ ހަރުފަތްތަށް ގިރާކުރީ ވަރަށް ބަލައިގެންނެވެ. ފަހަތުން މިޝްޔާވެސް އޭނަލައިގެން ހުރި އަކުއާ ބްލޫ ކުލައިގެ ދިގު މެކްސީއިން ބައެއް ހިއްލާލަމުން އާދެއެވެ. ސިޑީގެ ފަސްވަނަ ހަރުފަތަށް ފައި އެޅުމާއިއެކު މިކްޔާގެ ފައިކައްސާލީ އެތާނގައި ހުރި ތެޔޮތަކެއްމައްޗަށް […]
އިކާންގެ މޭގައި ބޯ އަޅައިގެން އޮތް ތާރާއަށް އެހިތުގެ ވިންދު އިހްސާސް ވަމުން ދިޔައެވެ. އެ ހަމަހިމޭން މާހައުލު ފަޅު ފިލުވައިދެމުން ދިޔަ ވާރޭގެ ހިތްގައިިމު މިއުޒިކީ އަޑަށް ގެނބެމުން އިކާންގެ ދެލޯ މަރާލީ އޭނާގެ އަޑުން ރީތި ރާގަކަށް ހޫން ލައްވަމުންނެވެ. އެ އަޑުއަހަން އޮތް ތާރާ ގެނބިގެން ދިޔައީ އިކާންގެ މަސްތީ އަޑުގެ ޖާދޫގައި ޖެހުމުންނެވެ. *** *** *** *** *** *** ދެފަރާތަށް ފުރޮޅުން ނޫންކަމެއް ޒިވީ ނުކުރެއެވެ. އެނދުގެ ހެޑްބޯޑް […]
ދެއަހަރުފަސް……. ހަނިމާދޫ ރަންވޭއަށް ބޯޓު ޖެއްސުމާއެކު، ޝިޔާޒް އޭނާގެ އެއްއަހަރަށްދާ ކުޑަދަރިފުޅު ޝެރީން އުރާލައިގެން ބޯޓުން ފޭބުމަށް ހިނގައިގަތެވެ. ޝާމިންވެސް އޭނާގެ މަންމަގެ އަތުގައި ހިފައިގެން ބޯޓުން ބޭލިއެވެ. ރަށުގެ ފަސްގަނޑަށް އެޅި ފުރަތަމަ ފިޔަވަޅާއި އެކު ޝެލީންއަށް ތަފާތު އިހުސާސެއް ކުރެވުނެވެ. ހެނދުނުގެ ފިނި ފިނި ރޯޅިތައް މޫނުގައި ބީހިލުމުން ހަށިގަނޑާއި ހިތަށް އަރާމުކަމެއް ގެނުވައިފިއެވެ. ޓާރމިނަލް ތެރެއަށްވަދެ، ފުންނޭވާއެއް ދޫކޮށްލަމުން ޝެލީން ވަށައިގެން ނަޒަރު ހިންގާލިއެވެ. އެތަނަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ޝެލީންއަށް ފާހަގަ […]
“ހުދާ މިކަހަލަ ވާހަކަތަކުގެ ތެރެއަށް އަނގަބާނާނެ ކަމެއްނެތް. ދޭ ކޮޓަރިއަށް!” ޒަމީނާ އައި ރުޅީގައި އަންގާލިއެވެ. ހުދާ ފައިންއޭ ކިޔައި ކާގެއިން ނިކުމެގެން ދިޔައެއްކަމަކު ހުދާ ބުނި ވާހަކައާ ދޭތެރޭ ޝަފަޤަށް ވިސްނުނެވެ. ވިސާމްގެ ޚިޔާލުވެސް ހުންނާނީ އެހެންތޯ އޭނަގެ ހިތަށްއެރިއެވެ. އޭނަގެ މަންމަ ބުނިގޮތުން އޭނަ އަބަދުވެސް ހުންނަނީ ދީނަށް ފާޑު ކިޔޭނެ ގޮތެއް ބަލަބަލައެވެ. އެހެންކަމުން އޭނަގެ ނަޒަރިއްޔާތުވެސް އެހެން ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ހުދާ ދެންމެ ބުނީ ޙަޤީޤަތެއްނޫނެވެ. އެއީ ރަސޫލާ […]
“ލައީ އަހަރެން ހާދަ ހިތައް އަރައޭ ޝިރީންގެ ބަދަލުގައި ލައީ ހުރިނަމައޭ…” މަނިކުގެ ކޮނޑުމަތިން ލައިލާއަށް ތެދުވެވުނީ ކުއްލިއަކަށެވެ. ލައިލާގެ ދެލޮލުގައި ވީ ކަރުނަތައްވެސް އެވަގުތަށް ހުއްޓުންއައި ކަހަލައެވެ. “ލައީ..” ދެލޯ ބޮޑުކޮއްގެން އިން ލައިލާގެ ދެކޮނޑުގައި ހިފާ ތަޅުވާލަމުން މަނިކު ތަންކޮޅެއް ބާރަށް ގޮވާލިއެވެ. “ކީކޭ…” ލައިލާއަަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. “ހެހެހ ލައީ.. ސާބަސް… މިބުނީ ލައީ ކަހަލަ އަބަދު ކާއެއްޗެހި ގެނެސްދީ، އަނގަތަޅާނެ މީހަކަށް ޝީރީން ވިނަމައޭ…. ހެހެހ” މަނިކު އަވަހަށް ވާހަކަ […]
” އޯވް.. ހެލޯ ގާލްސް… ގުޑްޑްޑް މޯރރރނިން….. ވާވް.. ލަކީ މީ.. އަދިވެސް މޭމް ނާދެ…”އާލިޔާ ދަބަސް ގޮނޑީގައި ބައިންދާލަމުން ކުލާސް ހުރިހާ ކުދިންނަށް ރީތި ހިނިތުންވުމަކާއި އެކު ހެނދުނުގެ ސަލާމްގޮވާލިއެވެ. “މޭމް އެއްނޫން.. ސަރ އޭ .. ސްޓުޕިޑް…” އާލިޔާ ގޮނޑީގައި އިށީނދެ ހަމަޖެހިލުމާއި އެކު އޭނާގެ އެންމެ ގާތްއެކުވެރިޔާ އަދި އޭނާއާއި ޖެހިގެން އިންނަ މައިޝާ ބުނެލިއެވެ. އާލިޔާ ނިތްކުރީގައި ޖަހާލީ އޭނާގެ ހަނދާންބަލިކަމާއި މެދުހިތަށް އަރާފައެވެ. “ހަމަ މިއަދުވެސް އެލީ ލަހުން.. ކީއްވެތަ […]
އައުފް އޭނާގެ ހިތުގެ އެދުމަށް އިޖާބަދިނީ މިކްޔާގެ ފަރާތުން ލިބުނު ޖަވާބުންނެވެ. ހިނދުކޮޅަކަށް ދެމިގެންދިޔަ ވަގުތުކޮޅުގެ ފޮނި މީރުކަން އެންމެ ފުރިހަމަ ގޮތުގައި ލިބިގަތީ ދެހިތެއް އެކަމަށް އެދި ގޮވަމުންދާ ހާލުގައެވެ. މިކްޔާގެ ހިތުގައިވެސް އައުފަށް ޖާގައެއް ދެވިފައިވާކަން އެވަގުތު ޔަޤީންވިއެވެ. ނަމަވެސް ޝަމާން މަތިން ހަނދާންވުމާއިއެކު އައުފަށް މިކްޔާއާއި ދުރަށް ޖެހިލެވުނެވެ. އެވަގުތު އެމޫނުމަތިން ފެނުނު މާޔޫސްކަން މިކްޔާއަށް ސިއްރު ނުކުރެވުނެވެ. މިކްޔާހަށިގަނޑު ދެތުކޮށްލަމުން ހެޑްބޯޑްގައި ލެނގިލިއެވެ. އޭރު އައުފް އިނީ އެނދުގައި މިކްޔާ އަށް […]
އަހަންނަށް ހުރެވުނީ ހަމަ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. ކިހިނެއް އަހަރެންގެ ނަން އެގުނީ؟ މިހެން އަހަރެން ބުނުމާއެކު އެޒުވާނާ އަހަރެންގެ ގައިގައި އޮޅުލައި ގަތެވެ..’ އައިރީން! އަހަރެން އައިރީން ދެކެ ވަރަށް ބޮޑަށް ލޯބިވޭ ! މީގެ ދެއަހަރު ކުރިން ފެށިގެން އަހަރެން އައިރީން ދަންނަން” އެއީ ކިހިނެއް އަޒްރަކް އަަހަރެން ދަންނަނީ؟ ” އެކަމަކު އަހަރެން ދުވަހަކުވެސް އަޒްރަކް ނުދެކެން ” އަހަންނަށް ސުވާލަކަށްފަހު ސުވާލެއް ކުރެވެންފެށުނެވެ. “އަހަނަނަށް ، އައިރީން ފެނުނީ މީގެ ދެއަހަރު […]
” މީ އަހަރެންނާ އެއްވެސް ގުޅުމެއް އޮތް މީހެން ނޫން. މީނާގެ ކަމަކު ދެން އަހަރެން ނުހޯދާތި. މީ މަންމައެއް ބައްޕައެއް ނެތް ޔަތީމެއް. ކަލޭމެން ދެން މީނައަށް ހަދާގޮތެށް ހަދާ” ޑޮކްޓަރ ކުރިމަތީ މަންމަ އެފާޑަށް ވާހަކަ ދެއްކުމުން އަހަރެން ދެރަވެ ލަދުވެސް ގަތެވެ. ” މަންމާ” އަހަރެންނަށް އެހެން ބުނެވުމާއެކު ރޮވުނެވެ. “ހަބަރު ދާރު މަށަށް ދެން މަންމަ ނުކިޔާތި. ތީ އަހަރެން ބަނޑުގަ އަޅާ ވިހޭ މީހެއްނޫން” އެހެން ބުނުމަށް ފަހު […]