Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތާޝާ (23ވަނަ ބައި)

Ifaau Level 210 Stories
December 6, 2016 7 Mins Read
22 Comments

ކެތްތެރިކަން ކޮޅުންލައިގެން ގޮސް އެންމެފަހުން އަހަރެން ތާޝާގެ މަޑު ތުންފަތުގައި ބޮސްދިނީމެވެ. ތާޝާވެސް އަހަރެންގެ ހަރަކާތުގައި ބައިވެރިވެލިއެވެ. ކުޑައިރުކޮޅަކު އެގޮތުގައި ތިބުމަށްފަހު އަހަރެން ތާޝާއާއި ދުރުވެލީމެވެ. އަހަރެންގެ އަމަލުތައް މިޔަށްވުރެ މައްޗައް ހިނގައްޖެނަމަ ތާޝާ އަހަރެން ދެކެ ބިރުގަނެފާނެއެވެ. އަދި އަހަރެންނަށް ކުރާ އިތުބާރު ގެއްލިދާނެއެވެ. އަހަރެންގެ ނަފްސު ހަމަޔަކަށް އަޅުވައިލީމެވެ. އަހަރެން ބަލައިލިއިރު ތާޝާ އިނީ އިސްޖަހައިގެންނެވެ.

“ބަނޑުހައިތަ؟” ތަނަށް ވެރިވެފައިވި ފަޅުކަން ފިލުވައިލަން އަހަރެން ބުނެލީމެވެ. އެވަގުތު އަހަރެންނަށް ބަނޑުހައި ހޫނުކަން އިހުސާސް ކުރެވުނެވެ.

“މާޒް ތީނީ ނުވެސް ކައި ދޯ؟ އަހަރެން ކާ އެއްޗެއް ހަދަންތަ؟” ތާޝާ އަހަރެންނަށް ބަލައިލަމުން ބުނެލިއެވެ. ނަމަވެސް އަހަރެން އެކަމާ ދެކޮޅު ހެދީމެވެ. އަދި ފޯނުނެގުމަށްފަހު ޕިއްޒާ އަކަށް އޯޑަރުދިނީމެވެ. ވިއްސަކަށް މިނެޓުފަހުން ޕިއްޒާ އައުމުން އަހަރެން ތާޝާއާއި އެކު ކެއީމެވެ. ކައި ނިމުނުތަނާހެން އިޔާޒް ގުޅުމުން އަހަރެންނަށް ޖެހުނީ ދާށެވެ. ތާޝާ ހުރީ އެކަނި ގޭގައި ހުންނަން ޖެހުމުން ވަރަށް ޖެހިލުންވެފައެވެ. ނަމަވެސް އަހަރެން އެކި ވާހަކަ ދައްކައިގެން ތާޝާ ހަމަޔަކަށް އެޅުވުމަށްފަހު ތާޝާ އެކަނި ބަލައްޓާފައި ދިޔައީމެވެ. ތާޝާ އެކަނި ކޮށްލާފައިދާން އަހަރެންވެސް ވަރަށް ހިތްހަމަ ނުޖެހުނެވެ. ނޭންގޭ ބިރުވެރިކަމެއް އަހަރެންގެ ހިތުގައި އުފެދުނެވެ. އަހަރެން އައީ ކަމެއް ވެއްޖެނަމަ ގޭ ފޯނުން އަހަރެންނަށް ގުޅަން ބުނެފައެވެ. މިހާރު އަހަރެން ތާޝާ އެކަނި ބަހައްޓާފައި އެއްވެސް ތާކަށް ދާކަށް ބޭނުމެއްނޫނެވެ. އަބަދުވެސް އަހަރެންގެ ލޯކުރިމަތީ ތާޝާ ހުރުމީ މިހާރު އަހަރެންގެ ހިތުގެ ގޮވުމެވެ. ނަމަވެސް ހާލަތު ކޮންމެފަހަރަކު ހިތުގެ އެދުމުގައި ކޮޅުފައިން ޖަހަނީއެވެ.

އަހަރެން ގެޔަށް އައިއިރު އިޔާޒް ހުރީ އަހަރެންގެ އިންތިޒާރުގައެވެ. އަހަރެން އިޔާޒްއާއި އެކު ހުޅުލެއަށް ދިޔައީ މިއަދު އިޔާޒްގެ އިތުރުން އަހަރެންގެވެސް ވަރަށް ގާތް އެކުވެރިޔެއް މެލޭޝިޔާއިން އަންނާތީއެވެ. އެއީ އަހަރެންގެ މަންމަ ރަށު ކުއްޖެކެވެ. ނަމަވެސް އިޝާން އުޅެ ބޮޑުވީ މާލޭގައެވެ. އިޝާން މެލޭޝިޔާއަށް ބަދަލުވީ އޭނަގެ އާއިލާ އެކީ އެކޮޅަށް ބަދަލުވުމުން އެކަނި މާލޭގައި ނުހުންނަން ވެގެންނެވެ.

ޕެސެންޖަރުންގެ އިންތިޒާރުގައި ތިބި މީހުންގެ ތެރޭގައި އަހަރެންނާއި އިޔާޒްވެސް އިޝާން ފެންނާނެ އިރެއްގެ އިންތިޒާރުގައި ތިބީމެެވެ. އަހަރެން ކޮޅުކޮޅަށް ބަލަން ހުއްޓައި ލޮލުގައި އަޅައިގަތީ މީހުންތަކުގެ ތެރެއިން ޓުރޮލީ ކޮއްޕަމުން އައި ޒުވާނާ ފެނުމުންނެވެ. އަހަރެން އިޔާޒް ގައިގައި ކޮށްޓާލައިފައި އިޝާން ދައްކައިލީމެވެ. އަހަރެމެންނާއި އިޝާން ވަކިވެގެންދިޔައިރާއި މިހާރު ވަރަށް ތަފާތެވެ. އިޝާންއަކީ ހަމުގެ ކުލަ ކަޅު ކުއްޖެކެވެ. ނަމަވެސް މިހާރު ހުރީ ވަރަށް ދޮންވެފައެވެ. އަދި ކުރިޔަށްވުރެ ދިގުވެފައި ހަށިގަނޑުވެސް ފުދޭވަރަކަށް ވަރުގަދަހެން ހީވެއެވެ. މޫނުމަތީގެ ރީތިކަން ހާމަކޮށްދެނީ ކުޑަކޮށް ދިގުކޮށްފައި ހުރި ތުނބުޅިއާއި މަތިމަހުންނެވެ. ލައިފައި ހުރި ގަމީހާއި ޖިންސްއިންވެސް މީހާގެ ހިތްގައިމުކަން އިތުރުކޮށްދެއެވެ. އިޝާން އަށް އައިސްފައިހުރި ބަދަލުތަކުން އަހަރެންނާއި އިޔާޒް ތިބީ އަޖައިބުވެ ބުނާނެ އެއްޗެއް ނޭންގިފައެވެ.

“އޭ މާޒޫ މަމީ އަންހެން ކުއްޖެއްތަ؟” އަހަރެން މިހެން ބަލަން ހުއްޓައި އިޝާން އައިސް އަހަރެމެން ކައިރީ ހުއްޓެލިއެވެ.

“ބުރޯ ހާދަ ސަޅިއޭ! މަ ހިތް ކިޔައިފި މިހާރު..” އިޔާޒް އިޝާންގެ ގައިގައި އޮޅުލައިގަންނަމުން ބުނެލިއެވެ. ހަމަ އެޔާއިއެކު ތިންމީހުންނަށް އެކީ ހެވިއްޖެއެވެ. އަހަރެންވެސް އިޝާންގެ ގައިގައި އޮޅުލައިގަތީމެވެ. ހައަހަރު ފަހުން ތިންމީހުން އެއްތަން ވުމުން އެންމެންވެސް ތިބީ ވަރަށް އުފާވެފައެވެ. އިޝާން އެއައީ ޗުއްޓީއެއްގައި އިޔާޒް އަންނާށޭ ކިޔާވަރުންނެވެ. އަހަރެންވެސް އިޝާން ދެކިލަން ހުރީ ވަރަށް ބޭނުންވެފައެވެ. ނަމަވެސް މިދުވަސްކޮޅު އެހެން ކަމަކާދޭތެރޭ މާބޮޑަށް ވިސްނޭތީ އިޝާންއާ ގުޅަން އަހަރެންނަށް ނޫޅެވުނީއެވެ. އެހާ ގިނަދުވަސްކޮށްފައި އިޝާން ފެނުމުން އަހަރެން ހުރީ ވަރަށް އުފާވެފައެވެ. އަހަރެމެން މާލެ އައިއިރު ހުރީ ހަވީރުވެ އިރުއަޮއްސެން ކައިރިވެފައެވެ. އިޝާން ގޮވައިގެން އަހަރެމެން ދިޔައީ އަހަރެން ކުރިން އުޅުން ގެޔަށެވެ. އެއީ އަހަރެން ތާޝާ ގެންދިޔަ ގެއެވެ. އަހަރެމެން އުޅޭ ގެޔަށް އިޝާން ނުގެންދެވުނީ ގޭގައި ތަން ނެތީމައެވެ. އެކަމާ އިޝާން ވަރަށް ޝަކުވާވެސް ކުރިއެވެ. އެހެންކަމުން އިޝާން ދަންދެން އަހަރެންވެސް އެގެޔަށް ބަދަލުވާގޮތައް ނިންމީމެވެ. އޭރުން އަހަރެންނަށް އަބަދު ތާޝާވެސް ފެންނާނެއެވެ. ކޮންމެއަަކަސް ކަންތައް ނިމުންގޮތާއި މެދު އަހަރެން ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.

ގެޔަށް އައިސް އަހަރެން ބެލް އަޅާލުމުން އިޔާޒްގެ އިތުރުން އިޝާންވެސް ހުރީ ހައިރާންވެފައެވެ.

“އޭތް ކީ ކޮބާ؟ މީހަކު އުޅެނީތަ ތި ބެލް އަޅާނީ؟” އިޔާޒް ބުނެލިއެެވެ. ތާޝާގެ ހަބަރެއް ނުވުމުން އަހަރެން ދެން އިތުރަށް ބެލް ނާޅާ ތަޅުދަނޑިން ދޮރު ހުޅުވައިލީމެވެ. އެތެރެޔަށް ވަތްއިރު ފެނުން ހިތްގައިމު މަންޒަރުން އަހަރެންނަށް ހުއްޓުންއެރިއެވެ. ތާޝާ އޮތީ ޓީވީ އަޅުވައިގެން ސޯފާމަތީ އަރާމުކޮށް ނިދާލާފައެވެ. ތާޝާ އެގޮތަށް އޮއްވައި ފެނުމުން އަހަރެންނަށް ބުނެދެން ނޭންގޭ ހިތްހަމަ ޖެހުމެއް ލިބުނެވެ. ދުވަހަކުވެސް ގެޔަށް ވަދެގެން އަންނައިރު މިކަހަލަ ހިތްގައިމު މަންޒަރެއް މިނޫނީ ނުދެކެމެވެ. އަހަރެން ސިއްސައިގެން ދިޔައީ އިޔާޒް ކަރުކެހިލިމުންނެވެ. އަހަރެން ދެކޮޅު ބަލައިލިއިރު އިޝާން ވެސް ހުރީ އަނގަ ހުޅުވިފައި ތާޝާއަށް ބަލާށެވެ. އެވަގުތު އަަހަަރެންނަށް ވަރަށް އުނދަގޫވިއެވެ. އަހަރެން ފިޔަވައި އެގޮތަށް ތާޝާއަށް އެެހެން މީހަކު ބެލުމަކީ އަހަރެންނަށް ކެތްވާނެ ކަމެއްނޫނެވެ.

“އޭތް!” އަހަރެންނަށް ނުހުރެވިގެން އިޝާން ގައިގައި ކޮށްޓައިލީމެެވެ.

“މާޒޫ! މީ ދުނިޔެމަތީ ކަމެއްތަ؟” އިޝާން ހައިރާން ކަންމަތީ ހުރެ ބުނެލިއެވެ. އިޔާޒްވެސް ހުރީ ކުއްލިޔަކަށް ތާޝާ ފެނުމުން ހައިރާންވެފައެވެ.

“އޭ! ތި އަނގަ ލައްޕަބަލަ…” އަހަރެން އިޝާންގެ ދަތްދޮޅީގައި ހިފާ އުފުއްލައިލީމެވެ. އެޔާއިއެކު އިޝާންގެ ދޫ ފިތިގެން ހަޅޭތްލަވައިގަތެވެ. އެއަޑަށް ސިއްސައިގެން ގޮސް ނިދާފައި އޮތް ތާޝާއަށްވެސް ހޭލެވުނެވެ. ތިން ފިރިހިނުން ބަލަން ތިބުމުން ތާޝާ ލަދުގަތެވެ. އަވަސް އަވަހަށް ސޯފާއިން ތެދުވެެ ކޮޓަރިޔަށް ދާން ހިނގައިގަތެވެ. ނަމަވެސް އަހަރެން ތާޝާއަށް ގޮވާ ހުއްޓުވީމެވެ.

“ތާޝް! މީ އިޝާން އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް… އިޝާން މީ ތާޝާ އަހަރެންގެ ޓު ބީ…” އިޝާން ތާޝާއާއި ދޭތެރޭ ގޮތަކަށް ވިސްނަފާނެތީ އަހަރެން އަވަހަަށް އިޝާންއަށް އެއީ ކާކުކަން ބުނެދިނީމެވެ.

“އޯހ ފަހަރި ދޯ!” އަހަރެން އެހެން ބުނުމުން ކުރިން އިޝާން ތާޝާއަށް ބަލަމުންދިޔަ ނަޒަރު ބަދަލުކޮށްލިއެވެ. އެވަގުތު އިޔާޒް ދިޔައީ ގޭގައި ކެއްކޭނެގޮތައް އެއްޗެހި ގަންނަން ފިހާރައަކަށެވެ. އަހަރެންވެސް އިޝާންއަށް މަންމަމެން އުޅުން ކޮޓަރި ހުޅުވާދިނުމަށްފަހު ދިޔައީ ދެތިން ހެދުމެއް ބަލައެވެ.

ގެއިން އެއްޗެހި ހިފައިގެން އައިއިރު އިޔާޒްއާއި ތާޝާ ބަދިގޭގައި ޕާސްޓާ ހަދަން އުޅުނެވެ. އޭރު އިޝާންވެސް ފެންވަރައިގެން އަންނަނީއެވެ. ކައްކައި ނިމުމުން އެންމެން ކެއީ އެކީގައެވެ. ކެއުމުގެ ތެރެއިން އިޔާޒް ތާޝާ އެގެޔަށް އައިގޮތް އޮޅުންފިލުވިއެވެ. އަހަރެން ވީގޮތް ކިޔައިދިނުމުން އިޝާންއާއި އިޔާޒްފެށީ ހޭށެވެ. ތާޝާ އިނީ ލަދުން ކާންވެސް ނުކެރިފައެވެ.

“މަ ނަމަ މުސްކުޅިއަކަސް ފައިސާ ހުރިއްޔާ ވަގުތުން އިންނާނަން…” ހުނުމުގެ ތެރެއިން އިޝާން ބުނެލިއެވެ.

“އަހަރެމެން ގޭ މާޒްއަށް ހިތްކިޔަނީ މުސްކުޅިން ވިއްޔަ!” އިޔާޒް އެހެން ބުނެލުމުން ތާޝާވެސް ކުޑަކޮށް ހީލިއެވެ.

“ސާބަސް.. އަހަރެންނަށް އިންނާނެ މީހެއް ލިބިއްޖެޔޭ!” އަހަރެންނަށް މަލާމަތް ކުރަން ފެށުމުން އެންމެފަހުން އަހަރެން ބުނެލީމެވެ. އެހާ ހިސާބުން ދެކެވުނީ އަހަރެންގެ ކައިވެނީގެ ވާހަކައެވެ. ހަގީގަތުގައި އަހަރެން ބޭނުމީ ވީ އެންމެ އަވަހަކަށް ތާޝާއާއި ކައިވެނިކުރާށެވެ. މިހާރު ލައްކަ ދުވަހު ދުރުގައި އުޅެވިއްޖެއެވެ. މިހާރު އަހަރެން ބޭނުމީ ތާޝާ އަހަރެންގެ މީހެއްގެ ގޮތުގައި ހުންނާށެވެ.

ކައިނިމިގެން އިޝާން ދިޔައީ އިޔާޒްއާއި އެކީ އަހަރެމެން އުޅޭ ގަޔަށެވެ. އަހަރެން މަޑުކޮށްލީ ތާޝާ ކައިރީގައެވެ. އިޝާނަމާދަށް ގޮވުމުން އަހަރެން ދިޔައީ ނަމާދަށެވެ. ނަމާދުން އައިގޮތައް އަހަރެން ގެޔަށް އައިސް ފެންވަރައިގެން ދިޔައީ ތާޝާ ގޮވައިގެން ސައިކަލު ދުއްވައިލާށެވެ. 9 ޖެހުމުން އިޔާޒްއާއި އިޝާންވެސް އަހަރެމެންނާއި ބައިވެރިވެލިއެވެ. އެމީހުން ތިބީ އިޔާޒްގެ ބައްޕަ ސައިކަލުގައެވެ. އެރޭ އެގޮތުގައި އަހަރެމެން ހޭދަކޮށްލީ މަޖާ ކުރުމުގައެވެ. އިސާހިތަކު ތާޝާގެ ބީރައްޓެހިކަންވެސް ފިލައިގެން ހިނގައްޖެއެވެ. މިހާރު ތާޝާ އިޔާޒްގެ އިތުރުން އިޝާންއާއިވެސް ވަރަށް އެކުވެރިއެވެ. ދެމީހުންވެސް ތާޝާއާއި މުޚާތަބް ކުރަނީ “ފަހަރި” ކިޔައިގެންނެވެ. އެނަމުން އެމީހުން ތާޝާއަށް ގޮވައިލާ ކޮންމެ ފަހަރަކު އަހަރެންނަށް ބުނެދެން ނޭންގޭ އުފާވެރިކަމެއް ލިބިގެންދެއެވެ.

އޭގެ އަނެއްދުވަހު އަހަރެމެން ދިޔައީ ހުޅުމާލެއަށެވެ. މާޔާ ކުޑަކޮށް ބަލިވެ އުޅޭތީ އިޔާޒްއަކަށް މިދަތުރަކު ނުދެވުނެވެ. އެހެންކަމުން އަހަރެމެން ދިޔައީ އިނާޝާ ގޮވައިގެންނެވެ. ދަތުރުގައި ބައިވެރިވަން އަހަރެން އިނާޝާއަށް ދައުވަތުދިނީ ތާޝާ އެކަނި އަންހެން ކުއްޖަކަށް ހުރީމައެވެ. ހުޅުމާލެއަށް ގޮސް މޫދަށްއެރި މަޖާ ކުރީމެވެ. ތާޝާ ހުރީ ވަރަށް އުފާވެފައެވެ. މިއީ ތާޝާ މިފަދަ ގޮތަކަށް ދަތުރަކު އައިސް މޫދަށްއެރި މަޖާ ކުރި ފުރަތަމަ ފަހަރެެވެ. އަހަރެން އެންމެ ފަހަރަކުވެސް ތާޝާ ލޯމަތިން ގެއްލުނަކަ ނުދެމެވެ. އަބަދުވެސް އަހަރެން އުޅެނީ ތާޝާއާއި އެކީގައެވެ. އަހަރެމެންނަށް ސިއްރުން އިޝާންއާއި އިނާޝާ ދިޔައީ ގުޅުން ބަދަހި ކުރަމުންނެވެ. ކިތަންމެ ވަގަށް ކުރިޔަސް އަހަރެންގެ ލޮލަކުން ސަލާމަތެއް ނުވެވޭނެއެވެ. އަހަރެން ހުރީ އެހުރިހާކަމެއް ނޭންގޭ ކަމަށް ހަދައިގެންނެވެ.

ވަރަށް މަޖާ ދަތުރަކަށްފަހު އަހަރެމެން މާލެ އައިއިރު އިރުއޮއްސިއްޖެއެވެ. އެރޭ އަހަރެމެން އެއްވެސް ތާކަށް ދާކަށް ނުވިސްނަމެވެ. ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުން ފެންވަރައިގެން އައިސް ހަމަ ޖައްސާލިބާރަށް އަހަރެންނަށް ނިދިއްޖެއެވެ. ދެން އަހަރެންނަށް ހޭލެވުނީ ހޫނު އަރައިގަނެގެންނެވެ. ތެދުވެ އޭސީ ޖައްސާލުމަށްފަހު އަހަރެން ގަޑި ބަލައިލީމެވެ. އޭރު ދަންވަރު 2 ޖަހަނީއެވެ. ކަރު ހިއްކާގަނެގެން އަހަރެން ބޭރަށް ނިކުތްވަގުތު އަހަރެން ސިއްސައިގެން ދިޔައީ ސޯފާގައި ފޯނަކު އިން އިޝާން ފެނުމުންނެވެ.

“މިގަޑީގަ ކޮން ބިޓަކަށް ގުޅައިގެން؟” އަހަރެންގެ އަޑު ޖެހުމުން އިޝާންްވެސް ދިޔައީ ސިއްސައިގެންނެވެ. އަހަރެން ފެނުމުން ފާޑަކަށް ހީލުމަށްފަހު އިޝާން ދައްކަމުންދިޔަ ވާހަކައެއް ކުރިޔަށް ގެންދިޔައެވެ. އަހަރެން ފެންފޮދެއް ބޮއެގެން އައިސް އިޝާން ކައިރީ އިށީންދެލާ ގުޅައިގެން ހުރީ ކާކަަށްހޭ އަނެއްކާވެސް އަހައިލީމެވެ. އެވަގުތު އިޝާން ފޯނު ކަންފަތާ ދުރުކޮށްލާފައި ފޯނުގެ ޑިސްޕްލޭ ދައްކައިލިއެވެ. “އިނާ” އަހަރެން ފޯނު ޑިސްޕްލޭގައި އިން ނަން ކިޔައިލީމެވެ.

“އަދި މިއުޅެނީ ދިމާވިތާ 24 ގަޑިއިރު ނުވެގެން… ތި ދެން ބޮޑުވަރު!” ހިނިގަނޑެއް ޖަހައިލުމަށްފަހު މިހެން ބުނުމަށްފަހު އަހަރެން ކޮޓަރިޔަށް ދިޔައީ އަވަހަށް ނިދާށެވެ. މާދަން ހެނދުނާ ހޭލަންވެސް ޖެހޭނެއެވެ.

އާދީއްތަ ދުވަސްކަމުން އަހަރެން ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. މިހާރު އޮފީހަށް ދިއުމަކީވެސް އަހަރެންނަށް ބޮޑުކަމެކެވެ. ނަމަވެސް ފައިސާ ބޭނުމިއްޔާ މަސައްކަތެއް ނުކޮށް އުޅެވޭކަށްނެތެވެ. ތާޝާގެ އަތުން ހަދާފައި ދިން ނާޝްތާ ކައިގެން އަހަރެން އަވަހަށް ދިޔައީ އޮފީހަށެވެ. ހިތްހަމަ ޖެހިލައިގެން އޮފީހަށް ވަދެވަދެ ހުއްޓައި އަހަރެން ހުއްޓުން އެރީ މެނޭޖަރާ ވާހަކަ ދައްކަމުން އަޮފީހަށް ވަންނަން އައި ރިޒާނާ ފެނުމުންނެވެ. އަހަރެން ފެނުމުން ރިޒާނާ އަހަރެންނަށް ވަރަށް ފުންކޮށް ބަލައިލިއެވެ. އަދި ނުބައި ގޮތަކަށް ހީލުމަށްފަހު އޮފީސްތެރެއަށް ވެދެގެން ދިޔައެވެ. އަހަރެން ހުރީ އެމީހުން ވަދެ ގެއްލެންދެންނެވެ. އަހަރެން އެތާ ހުއްޓައި އިނާޝާ އައިސް އަހަރެން ކައިރީ ހުއްޓުނެވެ. އިއްޔަ އަހަރެންނާއި އިނާޝާ ކުރިޔެކޭ އެއްގޮތައް ވަރަށް ރީތިކޮށް ވާހަކަ ދެއްކީމެވެ. ނަމަވެސް މީގެ އިރުކޮޅެއް ކުރިން ފެނުން މޫނެއްގެ ސަބަބުން އަހަރެންގެ މޫޑު އެކީ ސަކަރާތް ވެއްޖެއެވެ. އިނާޝާ އައިސް ހުއްޓުމުން ބަލައިލުމަށްފަހު އަހަރެން އަވަަހަށް އޮފީހަށްވަދެ އަހަރެންގެ ކެބިންގައި ހަމަޖެހިލީމެވެ.

“މާޒް މެނޭޖާރ ރޫމްއަށް އަންނާށޯ!” އަހަރެން މިހެން އިންދައި އިނާޝާ އައިސް ބުނެލިއެވެ. އިނާޝާގެ މޫނުމަތިން ފެނުނީ ހާސްކަމެވެ. އިނާޝާގެ އޮއްސިފައިވާ މޫނު ފެނުމުން ކަމެއް ގޯސްވެއްޖެކަން އަހަރެންނަށް އިނގުނެވެ. ލަސްނުކޮށް އަހަރެން މެނޭޖަރު އިންނަ ކެބިންއަށް ދިޔައީމެވެ. މެނޭޖާރ އާދިލް އިނީ ވަރަށް ފުން ހިޔާލަކަށް ގެއްލިފައެވެ. އަހަރެން ފެނުމުން ސިހިފައި އަހަރެންނަށް ބަލައިލިގޮތުން އަހަރެންގެ ހިތް ތެޅެލިއެވެ. އަނެއްކާ އަހަރެންނަށް ކަމެއް ގޯސްކޮށް ކުރެވުނީ ހެއްޔެވެ؟

“މާޒް! ވަރަށް ހިތާމަޔާއި އެކު އަހަރެން މާޒްއާ މި ސިޓީ އުރަ ހަވާލުމިކުރަނީ!” ކުޑައިރުކޮޅަކު ވިސްނަން އިނދެފައި އާދިލް އަހަރެންނަށް ސިޓީ އުރައެއް ދިއްކޮށްލިއެވެ. އަހަރެން އޭގައި ހިފުމަށްފަހު ކަނޑައިލީމެވެ. އޭގައިވާ ސިޓީ ނިއުޅާލުމަށްފަހު އަހަރެން ބަލައިލިވަގުތު ދެލޯ ބޮޑުވެގެން ދިޔައެވެ.

“ވަޒީފާއިން ވަކިކުރިކަމުގެ ލިޔުން!” އަަރެން ބާރަށް ކިޔައިލުމަށްފަހު އާދިލްއަށް ބަލައިލީމެވެ.

“އެކަމަކު ކީއްވެގެން؟” ހައިރާންވިވަރުން އަހަރެން ސިޓީ މޭޒުމައްޗައް ޖެހީމެވެ. އަދިލްވެސް އެވަގުތު ސިހުނެވެ.

“މާފްކުރޭ މާޒް! މާޒްތީ މި އޮފީހުގެ އެންގެ ރަގަޅު އެކަކު.. މާޒްގެ މަސައްކަތުން މިކުންފުނި މިހާ ހިސާބަށް އައީވެސް… އަހަރެން ވަރަށް ދެރަވެއްޖެ ކަންތައް މިގޮތައްވީމަ… އެކަމަކު އޯޑަރު އަންނަނީ މަތިން! ތިކަމުގަ އަހަރެންނަށް ކުރެވޭނެ ކަމެއް ނެތް….” އާދިލްގެ ވާހަކަތަކުން އަހަރެން އިތުރަށް މާޔޫސްކުރުވިއެވެ. އެއްވެސް ކުށެއްނެތި ކުއްލިއަކަށް އަހަރެން ވަޒީފާއިން ވަކިކުރަންވީ ކީއްވެގެން ހެއްޔެވެ؟ މިއޮފީހަކީ އަހަރެންގެ ދެވަނަ ގެއެވެ. އަހަރެންގެ އެންމެ ގާތް މީހުން އުޅޭ އެއްތަނަކީ މިއެވެ. މިއޮފީހާ ވަކިވެގެން ދާނަމޭ ދުވަހަކުވެސް އަހަރެންގެ ހިތަކު ނެތެވެ. ނަމަވެސް މިއަދު އަހަރެންގެ އަތައް ވަޒީފާއިން ވަކިކުރި ލިޔުން ލިބުމުން ބަޔާންކުރަން ދަތި ހިތްދަތިކަމެއް ލިބިގެންދިޔައެވެ.

އަހަރެން ވަޒީފާއިން ވަކިކުރުން ވެގެންދިޔައީ އޮފީސް ހުރިހާ ކުދިންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްދަތިކަމެކެވެ. ގިނަ މުވައްޒަފުންތަކެއް އެކަމާ އެންމެ މަތީ ފަރާތައް ޝަކުވާވެސް ހުށައެޅިއެވެ. ނަމަވެސް އެމީހުންނަށް ލިބުނީ އެކަމާ ބަހުސްކުރާނަމަ ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރެވެ. އަހަރެން ވަކި ކުރުމުން ލީނާ އޮފީހުން ކެނޑުނެވެ. އަހަރެން ނޫޅޭތާކު އުޅެން ބޭނުން ނޫން ކަމަށް ބުނެފައެވެ. އަހަރެން ލީނާއަށް ވަރަށް ވިސްނައިދޭން އުޅުނީމެވެ. ނަމަވެސް ވިހަން ކައިރިވާތީއާ އެކީ އޭނަދެން ވަޒީފާއަށް ދާން ބޭނުން ނުވީއެވެ.

އޮފީހަށް ނުގޮސް ގޭގައި އިންނަން ޖެހުމުން އަހަރެން ވަރަށް ފޫހިވާން ފަށައިފިއެވެ. އަދިވެސް އަހަރެން ވަޒީފާއިން ވަކިކުރި ސަބަބެއް ނޭންގެއެވެ. އެއީ ކިހިނެއް ވީކަމެއްތޯ ބަލައިދޭށޭ އަހަރެން މިހާރު އެކީ މަސައްކަތް ކުރި ދެތިން ކުއްޖެއް ކައިރީ ބުނެފީމެވެ. އެހެން ވަޒީފާއެއް ލިބޭތޯ އެތައް ތަނަކަށް ވަޒީފާޔަށް އެދި ހުށައަޅައިފީމެވެ. އަހަރެން އުޅޭ ހާލު ފެނިފައި ތާޝާވެސް ވަރަށް ދެރަވެގެން އުޅެއެވެ. އަހަރެންނަށް ވަޒީފާއެއް ލިބޭތޯ އިޝާންގެ އިތުރުން އިޔާޒްވެސް ވަރަށް މަސައްކަތް ކުރަމުންދެއެވެ. މިޒަމާނަކީ ވަޒީފާޔަށް ސަލާމް ޖަހަން ޖެހޭ ޒަމާނެކެވެ. ދެތިން ތަނަކަށް އިންޓަވިއުއަށް ވެސް ދެވިއްޖެއެވެ. “އެމް ބީ އޭ” ސެޓްފިކެޓާއި ތިންއަހަރުގެ ތަޖުރިބާއާއި އެކުވެސް އަހަރެންނަކަށް އެދެވޭ ޖަވާބެއް އެއްވެސް އޮފީހަކުން ލިބޭގޮތެއް ނުވިއެވެ.

ކުރާނެ ކަމެއް ނެތިފައި ސޯފާމަތީ އަހަރެން އޮށޯވެލައިގެން އަހަރެންގެ ދިރިއުޅުމާއި ދޭތެރޭ ކުޑަކޮށް ވިސްނާލަން އޮތީމެވެ. އޭރު އިޝާންވީ ބޭރަށް ގޮހެވެ. ތާޝާ އުޅުނީ ބަދިގޭގައި ރެޔަށް ކައްކާށެވެ. މިހެން އޮއްވައި އަހަރެންނަށް ސިހުމެއް ލިބުނީ އަސީލް އަހަރެންނަށް ގުޅުމުންނެވެ.

“މާޒް! އަހަރެމެން ކުންފުނީގެ ބެވަރެޖް ސަޕްލަޔާސްގެ އޯނާރ ރިޒާނާއާ މާޒްއާ އޮތީ ކޮން ގުޅުމެއް؟” އަސީލްގެ ސުވާލުން އަހަރެން ހައިރާންވިއެވެ.

“ކިހިނެއްވީ؟” ހައިރާންވިވަރުން އަހަރެންނަށް ބުނެވުނީ އެހެންނެވެ.

“އަހަރެންނަށް އިނގޭ ކޮންމެވެސް ކަމެއް އެބައުޅޭކަން… މާޒް އަހަރެން އަތުން ރިޒާނާ ނަމްބަރުވެސް ހޯދީމެއްނު!” ވަރަށް ޔަގީން ކަމާއި އެކު އަސީލް ވާހަކަ ދައްކަމުންދިޔައެވެ. ނަމަވެސް އަހަރެން ހުރީ އަސީލް ދައްކަންފެށި ވާހަކައަކުން ހަމަ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ.

“ހޫނ ދެން އިހަށް ބުނެބަލަ ތިވާހަކަ ދައްކަން ތިގުޅީ ކީއްވެޔޯ؟” ހިތްއަވަސްވެފައި ހުރި ހާލު އަހަރެން އަހައިލީމެވެ.

“މާޒް! އަހަރެންނަށް ހީވަނީ މާޒް ވަޒީފާއިން ވަކިކުރުމުގަ ރިޒާނާގެ އަތެއް ވާހެން…” އަސީލް ފުން ނޭވަޔެއް ލަމުން ބުނެލިއެވެ.

“އެމީހުން ވަރަށް ޕަވަރފުލް އަސްލު… ދުވަސްކޮޅަކުން އަހަރެމެން ކުންފުނިވެސް އޭނަގެ މުށުތެރެޔަށް ލައިފާނެ… އެވަރުގެ ނުފޫޒުގަދަ އަންހެނެއް އެއީ!” އަސީލް މިހިސާބަށް ބުނުމުން އަހަރެން ފޯނު ކަނޑައިލީމެވެ. މިހާރު އަހަރެންނަށް ހުރިހާ ކަމެއްވެސް ވިސްނިއްޖެއެވެ. އަހަރެންގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ރިޒާނާ އަހަރެންގެ އަތުން އެފޭރިގަތީ އަހަރެންގެ ދިރިއުޅުމުގައި އަހަރެންނަށް ކުރިއެރުން ލިބުން އެންމެ ބޮޑު އެއް ހިއްސާއެވެ. އަހަރެންގެ ރުޅިގަނޑު ފަޅައިގެން ދާން އުޅޭހެން ހީވިއެވެ. ރުޅިއައިސްގެން ކައިރީހުރި މޭޒުގައި ފައިން ޖެހުމާއިއެކު މޭޒު ވިއްޖައިގެން ގޮސް ފާރުގައި ވަރަށް ބާރަށް ޖެހުނެވެ. އަޑެއް އިވިގެން ތާޝާވެސް ކާކޮޓަރިން ނިކުމެގެން ބޭރަށް އައެވެ. އެވަގުތު އިޝާންވެސް އިޔާޒްއާއި އެކީ ގެޔަށް އައިސްވަނެވެ.

“ކިހިނެއްވީ؟” ތާޝާ ހާސްވެފައިހުރެ އަހަރެން ކައިރީ އަހައިލިއެވެ.

“އަހަރެން ރިޒާނާ މަރާލާނަން!” އައިސްފައި ހުރި ރުޅިން އަހަރެންނަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. (ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ifaau

Level 210 Stories

Story writing is one of the best thing I wanna do always. Thank you all❤ Check me out in Facebook- Iphaa / Instagaram- iiiphoooo

Other Articles

Previous

ހިތް ބޭނުމޭ..12

Next

ރިޔާޝާ (ފަހުބައި)

Next
December 7, 2016

ރިޔާޝާ (ފަހުބައި)

Previews
December 6, 2016

ހިތް ބޭނުމޭ..12

22 Comments!

  1. QueenBee says:
    December 6, 2016 at 11:47 pm

    Yay me first?

  2. Rizaana says:
    December 6, 2016 at 11:50 pm

    Ey maazooo..thiyaheneh mara eh nuleveyne..kulhi dhahkaalanamey..

    1. Avy says:
      December 6, 2016 at 11:52 pm

      Eyyy maaz ah ehves kameh nukureveyney.??

    2. Maaz says:
      December 7, 2016 at 1:05 am

      Kanfathuga hifaa anburaalaafa maraalaanyves.thihen rizaana akah mashakaa nukulheveyne dheneh.

    3. Thaasha says:
      December 7, 2016 at 10:55 am

      Ey rizaanaa kaley thy magey mamma viyas ma mi faharu hunnaanee maaz ge kolhah. Aa ehenyaa ei magey wud be huz viyyaa.. Rizaana kaley maa nufupachey. ???

    4. Ifaau says:
      December 7, 2016 at 12:15 pm

      Haha??

    5. Ifaau says:
      December 7, 2016 at 12:17 pm

      Thank you all. Comment thah kiyaafa varah hevihjje?❤

  3. Avy says:
    December 6, 2016 at 11:51 pm

    Alhey maaz ah kihineh thi hadhanee? Vvvvvv reethi. Ekm v inthixaaru kurevey mihaaru maa lasvanee up load kuraaleh??

  4. Ssss says:
    December 6, 2016 at 11:56 pm

    Haudha inthixaareh kohffeemey. Aharen mi vaahaka fashaign kiyan ekamaku comenteh nukuran. Mihaaru las vaathee mi comenteh kollee avas koh dheebala pleeex

  5. Maai says:
    December 7, 2016 at 12:00 am

    Salhiyey. Rizaana maraalaa maaz. Maai mihuree maaz kolhah.

  6. Kummii says:
    December 7, 2016 at 12:10 am

    Sad maax is jobless?

  7. sam says:
    December 7, 2016 at 12:25 am

    Very nice this part keep it up

  8. Herrr says:
    December 7, 2016 at 1:11 am

    Varah salhi mi part..

  9. yxan says:
    December 7, 2016 at 1:22 am

    Maz jobless ???

  10. Anonymous says:
    December 7, 2016 at 1:55 am

    Uhu adhi maraanulaathi VVV reeethi

  11. Akoo says:
    December 7, 2016 at 9:38 am

    Wow wow v reethi

  12. mary says:
    December 7, 2016 at 10:32 am

    vaahaka v reethi…eyna maraanulaa thi. vaahaka nimey hisaabun viyas eyna ah eyna kuri kushuge adhabehge gothun ehmen ge thereyga eyna faleehai kohlaa varuge kameh kohlaa

  13. yax says:
    December 7, 2016 at 11:03 am

    rizaanaa sycho dhoa
    ???? thimaa ah vureh kudha kuhjakaa inan????
    maxooo ey na maa fuhpanyaa guraidhuah fonuvaalhaa!!!
    ifaau I ❤ ? ? ? ? your story????

  14. Gorgeous says:
    December 7, 2016 at 4:50 pm

    Varah salhi ifaau.. Next part vx avahah upkohdheveytho balache

  15. asdey says:
    December 7, 2016 at 11:17 pm

    vrh reethi mi part vx

  16. SAMAA says:
    December 11, 2016 at 3:34 pm

    WHEN THA NEXT PART UPLOAD KURANYYY CANT WAIT A

  17. GORGEOUS says:
    December 11, 2016 at 5:59 pm

    Kn irakun upkurany??

Comments are closed.

Next Episodeތާޝާ (24ވަނަ ބައި)←


All Right Reserved!