Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ޝެލީން 22

Shine
December 6, 2016
7 Mins Read
78 Views
19 Comments

ޝެލީން ފޫހިގޮތަކަށް ދޮރާދިމާއަށް އެނބުރުނު ވަގުތު ސްކުރީންއިން ސަމީރާ ފެނިފައި ލޯލިތައް ކޮޅަށް ޖެހުނެވެ. ސަމީރާ އައީއެވެ. ދެން ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ ދޮރު ނުހުޅުވާ ޝިޔާޒްއަށް ގުޅަންވީބާއެވެ. ނޫނީ ދޮރުހުޅުވަން ވީބާއެވެ. ޝެލީންއަށް ހަދާނެގޮތް ބޮޑުވިއެވެ. އެހެން ހުއްޓައި ތަކުރާރުކޮށް އެލާރމް އަޅަން ފެށުމުން ހާސްވެގެން ޝެލީން ދޮރުހުޅުވާލިއެވެ.

” އެހުރިހާއިރު ނަގާތަ ދޮރުހުޅުވަންވެސް…..ކޮންތާކަށް ވަދެއޮވެފަތަ ތިއައީ؟…” ޝެލީން ދޮރުހުޅުވިލެއް ލަސްކަމުން ސަމީރާހުރީ ރުޅިގަދަވެފައެވެ. ޝެލީން އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލިއެވެ. ސަމީރާ ފެންނަނިކޮށް ޝެލީން އަދިވެސް ބިރުގަނެއެވެ. އަދި އަމުދުން މިހާރު އޭނާއާ ޝިޔާޒްގެ ގުޅުން ސަމީރާއަށް އެނގިއްޖެނަމަ ވަގުތުން އޭނަ އެގެއިންވެސް ނެރެލާނެކަން ޔަޤީނެވެ. ސަމީރާ ޝެލީންއަށް ލޯއަޅާލުމަށްފަހު ދަބަސްތައް ހިފައިގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. ހިތްނުތަނަވަސް ވެފައިވާ ހާލު ޝެލީން އެނބުރި އޭނާގެ ކޮޓަރިއަށް ދިޔައެވެ.

ސަމީރާ ފެންވަރާލައިގެން ސިޓިންރޫމަށް ނުކުތެވެ. އޭރު ޝެލީން އުޅެނީ މެންދުރަށް ކައްކާށެވެ. ސަމީރާ ފޯނު ކައިރިއަށް ޖެހިލުމަށްފަހު ޝިޔާޒްގެ ނަމްބަރަކަށް ގުޅާލިއެވެ. ހަމަ ރިންގް ވުމާއެކީ އެކޮޅުން ފޯނު ނަގައިފިއެވެ.

” ހެލޯ ލޯބީ…..މިސްވީތަ މާބޮޑަށް….އައި މިސްޔޫ ޓޫ….ހަމަ ވަރަށް އަވަހަށް އެބަދާން…..ތިލޯބި ދެއަތުން ހަދާ މީރުއެއްޗެހި ކާހިތުން އޮފީހުގަވެސް އިނދެވޭވަރެއްނޫން….ހެލޯ….ހެލޯ ކީއްވެ ބަހެއް ނުކިޔާ ތިހުރީ؟…” ސަމީރާގެ ކަންފަތަށް އިވެމުންދިޔަ ބަސްތަކުން އެތެރެހަށީގައި ހުޅުރޯވި ކަހަލައެވެ. އައި ރުޅިން ފޯނު ކަނޑާލުމަށްފަހު ފޯނުގެ ނަރުވެސް ދަމައިގަތެވެ. ދެން ސަމީރާ މިސްރާބުޖެހީ ކާކޮޓަރިއަށެވެ.

” ކާއެއްޗެއް އެބަހުރިތަ؟….ހުރިއްޔާ ކާން ހަދާލަބަލަ!…ވަރަށް ބަނޑުހައި ވެއްޖެ..” ކާކޮޓަރިއަށް ވަތްގޮތަށް ސަމީރާ އަމުރުކޮށްލިއެވެ. ޝެލީން ކުރަންހުރި މަސައްކަތް ބަހައްޓާފައި ސަމީރާއަށް ކާން ތައްޔާރުކޮށްދިނެވެ.

” ޝެލީން!…އާދެބަލަ މިތާ އިށީއްނަން..” ސާމީރާ ތަންކޮޅެއް މަޑުމައިތިރި ކަމާއެކު ޝެލީންއަށް ގޮވާލިއެވެ. އެވަގުތު ޝެލީންގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. ސަމީރާ އެހާ ރީތިކޮށް އޭނާއާ ވާހަކަ ދައްކާނީ ކޮންމެވެސް ބޭނުމެއްގައިކަން ގައިމެވެ. ޝެލީން މަޑުމަޑުން ގޮސް ސަމީރާ ދެއްކި ގޮނޑީގައި އިށީނެވެ.

” މިގޭ ފޯނު ހަލާކުވެފަތަހުރީ؟…” އާދައިގެ ގޮތަކަށް ސަމީރާ އަހާލިއެވެ.

” ނޫން..” ޖެހިލުންވެ އިނދެ ޝެލީން ޖަވާބުދިނެވެ.

” ދެން ކީއްވެ މިހުރިހާ ދުވަހު އަހަރެން ގުޅިއިރު ކަލޭ ފޯނު ނުނެގީ؟….ކަލޭހީކުރީ ފޯނު ނުގަނާހުރީމަ ކަލޭކުރާ ކަމެއް މަށަށް ނޭނގޭނެ ކަމަށްތަ؟….މަށަށް އެނގިއްޖެ ހުރިހާ އެއްޗެއްވެސް…..މިގަޑީގައި ފެންވަރާ ރީތިވެގެން ތިހުރީ ޝިޔާޒްގެ އިންތިޒާރުގައެއްނު…..މަނެތި ދުވަސްކޮޅެއްވެލީމަ އުޅެގަތް ވައްތަރު ބަލާބަލަ!….ލަދެއްވެސް ނުގަތެއްނު މަގޭ ފިރިމީހާއާ ތަތްވާކަށް…..ކަލޭ ހީނުކުރާތި ކަލޭގެ ތިރީތިކަމާއި މައުސޫމުކަން ދައްކައިގެން ޝިޔާޒް ހާސިލް ކުރެވޭނެކަމަށް…..އަހަރެން ދުނިޔޭގަ ހުއްޓަކާ އެކަން ވިޔަކަ ނުދޭނަން….ކަލޭ ހަމަ މިހާރު ޖެހޭނީ މިގެއިން ނުކުންނަން….ހަމަ މިހާރު މިވަގުތު ކަލޭގެ އެއްޗެހިތައް ހިފައިގެން ނުކުމޭ މިގެއިން….ޝިޔާޒް އައުމުގެ ކުރިން ނުކުންނަން ޖެހޭނެ…” ސަމީރާ ޝެލީންގެ އަތުގައި ހިފައި ދަމަމުން ކާކޮޓަރިން ނެރުނެވެ. ޝެލީން ކަންބޮޑުވެފައި ސަމީރާގެ މޫނަށް ބަލާލިއެވެ.

” ނޫން ސަމީރާ….ޝިޔާޒް އަންނަންދެން އަހަރެން ބަހައްޓަދީ….އޭނަ އައީމަ އަހަރެން ހިނގައިދާނަން..” ޝެލީން އާދޭސްކުރިއެވެ.

” ހުއް…އެހެންތަ ހީކުރީ….އޭނަ އެއީ ކަލޭގެ ކާކުތަ؟….އެއީ މަގޭ ފިރިމީހާއޭ….އޭނަ އަޔަސް ނަޔަސް ކަލެއަކަށް ދެން މިގެޔަކު ނުހުރެވޭނެ….އޭނަ އައީމަ އޭނާވެސް ގޮވައިގެން ދާންކަމަށްތަ ތިހީކުރީ….ހަމަ ހިލާ އެހެނެއް ނުވާނެ..” ހިނދެއް ހިނދަކަށް ސަމީރާގެ އަޑު ބާރުވަމުން ދިޔައެވެ.

” ޝިޔާޒް އަހަރެން މިގެޔަށް ގެނައީވެސް….އެހެންވީމަ ޝިޔާޒްއަށް އެނގިފަ އަހަރެންދާނީ…” ޝެލީން ބުންޏެވެ.

” ޝިޔާޒް މިގެޔަށް ކަލޭ ގެނަޔަސް މިއީ އަހަރެންގެ ގެ….އަހަރެން ބުނީމަ ޖެހޭނީ ނުކުންނަން…..އެހެން ނޫނަސް ކަލޭ އުޅޭ ނޫޅޭގޮތެއް ބަލާކަށް ޝިޔާޒްއަކަށް ނުޖެހޭނެ…..އެއީ އަހަރެންގެ ފިރިމީހާއޭ ބުނެފީމެއްނު…..ދޭ ހަމަމިހާރު ނުކުމޭ….އެއްޗެހިވެސް ގެންދާނެ ކަމެއްނެތް….ކަލޭއައީވެސް ހުސްއަތާ…އެހެންވީމަ ނުކުމެގެން ދާންޖެހޭނީވެސް ހުސްއަތާ….” ޝެލީންގެ އަތުގައި ހިފައިގެން ދޮރާދިމާއަށް ދަމުން ސަމީރާ ބުނަންފެށިއެވެ.

” އެކަމު އަހަރެން ދާނެ ތަނެއް ނެތް….ޕްލީޒް އަދި ކުޑައިރުކޮޅެއް ވާންދެން އަހަރެން ބަހައްޓަދީ…..” ޝެލީން އަނެއްކާވެސް އާދޭސްކުރިއެވެ.

” ކަލޭގެ އުފަން ރަށް އަދިވެސް ފެންމަތީގަ އެބައޮތެއްނު….އެރަށަށްދޭ!….އެންމެ ހިނދުކޮޅަކުވެސް ކަލޭ މިގޭގަ ބަހައްޓާކަށް ބޭނުމެއްނޫން…” ދޮރު ހުޅުވާފައި ޝެލީން ބޭރަށް ކޮށްޕާލުމަށްފަހު ސަމީރާ ދޮރުލެއްޕިއެވެ. ޝެލީން ދޮރުކައިރީ މަޑުކޮށްލައިގެން ޝިޔާޒް އަންނާނެ އިރަކަށް އިންތިޒާރު ކުރަން ފެށިއެވެ. މާގިނައިރުތަކެއް ނުވެ ދޮރާށި ހުޅުވާލާފައި ޝިޔާޒް ވަނެވެ.

” ހޭއި…އެންމެ ފަހުން ކެތްނުވެގެން ބޭރަށްވެސް ނުކުތީތަ؟…” ލާނެއްގޮތަކަށް ހީލަމުން ޝިޔާޒް އަހާލިއެވެ.

” ސަމީރާ އައިސްފި…..އޭނަ އަހަރެން ބޭރުކޮށްލީ…” ކަންބޮޑުވެފައި ޝެލީން ޖަވާބުދިނެވެ.

” އޯހް!….އަހަރެންގެ އިންތިޒާރުގެ ނިމުން އައީދޯ….ކަންބޮޑު ނުވޭ!….ހުރިހާކަމެއްވެސް މިއަދު ނިމޭނީ އަހަރެން ބޭނުންވާ ގޮތަށް….” ޝިޔާޒް ޝެލީންގެ ހިތްހަމަ ޖައްސައިދިނެވެ. ޝިޔާޒް އެލާރމްކޮށްލުމާއެކު ސަމީރާ ދޮރުހުޅުވިއެވެ.

” މިކޮންކަމެއް ސަމީ….ކީއްވެ ޝެލީން ބޭރުގަ އެހުރީ..” އެއްވެސް ކަމެއް ނޭނގޭކަމަށް ހަދާލަމުން ޝިޔާޒް އަހާލިއެވެ.

” ދާށޭ ބުނީމަ ނުގޮސް އަދިވެސް ހުރީތަ؟….ޝިޔާޒްވެސް ކޮންމެހެން ނޭނގޭކަމަށް ހަދާނެކަމެއް ނެތް…..މަށަށް މިހާރު ހުރިހާ އެއްޗެއްވެސް އެނގިއްޖެ….އަހަރެން ނެތީސް ތިދެމީހުން ގަތްގަނޑުވެސް އެނގިއްޖެ….ޝިޔާޒްވެސް ލަދެއްވެސް ނުގަތެއްނު ތިމާގެ ދަރިފުޅުގެ ކުރިމަތީގަ ހިލޭ އަންހެނަކާ އެކު ފާޑު ފާޑަށް އުޅޭކަށް…އަހަރެން އެވަރަށް ގުޅިއިރުވެސް ފޯނު ނަގާނެ ވަގުތުވެސް ނުވީދޯ……އަހަރެންނާމެދު ވިސްނާނުލިއިރު ޝާމިންއާމެދު ވިސްނާލިނަމަ…” ސަމީރާ ރުޅިއައިސްފައި ޝިޔާޒްއާ ދިމާއަށް އެއްޗެހި ކިޔަމުން ދިޔައެވެ.

” ސަމީ….އަހަރެން ޝާމިންއާމެދު ނުވިސްނި ވަރަކަށް ސަމީއަކަށްވެސް ނުވިސްނޭނެ…އެހެން ނޫނަސް ޝެލީންއާ އަހަރެންނާ ދެމެދުގަ ގުޅުމެއް އުފެދުނަސް ކޮބާ މައްސަލައަކީ….އެއީ އަހަރެންގެ ދަރިފުޅުގެ މަންމަ….އަހަރެމެންގެ ގުޅުމެއް އުފެދުނީ މިއަދަކު ނޫނެއްނު….ގުޅުމެއް އޮވެގެނެއްނު އޭނައަކީ އަހަރެންގެ ދަރިފުޅުގެ މަންމައަކަށްވީ….ސަމީވެސް ހާދަ މޮޔައޭދޯ….ހުރިހާ އެއްޗެއް އެނގިހުރެ އަހަރެންގެ އަނގައިން އެއްޗެއް ބުނުވަންތަ ތިއުޅެނީ؟…ދެން މައްސަލައެއް ނެތް އަހަރެން އިޢުތިރާފުވާން ހިލޭ އަންހެނަކާ ގުޅުމެއް ބޭއްވިއްޖެކަމަށް….އެކަމު މާގިނަ ދުވަހެއްނުވެ ޝެލީން އަހަރެންގެ އަންބަކަށްވާނެ…އޭރުން ސަމީއެކޭ ޝެލީން އެކޭ އަހަރެންނަށްވާނީ ހަމަހަމަދޯ….ނޫން…ހަމަ ހަމައެއް ނުވާނެ…ޝެލީންއަކީ ދަރިފުޅުގެ މަންމަވީމަ ޚާއްސަވާނެދޯ…” ޝިޔާޒް ރައްދުދިން ގޮތުން ސަމީރާގެ ލޭހޫނުވިއެވެ.

” އަހަރެން ދިރިހުއްޓާ ލާހިކެއްނޫން ޝިޔާޒްއަކަށް ޝެލީންއަކާ އިންނާކަށް…..އަހަރެން ދުވަހަކުވެސް ޤަބޫލެއްނުވާނަން….ޝިޔާޒް ހަނދާންނެތުނީތަ އަހަރެންގެ ބައްޕަގެ ގާތުގަ ވީ ވަޢުދުމަތިން….އެބައްޕަ ޝިޔާޒްއަށްވީ އިހުސާންތެރިކަން މަތިން….މިހާއަވަހަށް ހުރިހާކަމެއް ހަނދާން ނެތުނީތަ؟….ޝިޔާޒް މީހަކަށް ހެދިމީހަކީ އަހަރެންގެ ބައްޕަ….ޝިޔާޒް ތީ ބައްޕަގެ ދަރަނިވެރިއެއް….ޝިޔާޒްއަށް އަހަރެންނޫން އެހެންމީހަކާ ނީދެވޭނެ….އިނަކަ ނުވެސް ދޭނަން..” ސަމީރާ ބޮޑާވެލާފައި ބުނިގޮތުން ހީވީ ޝިޔާޒްއަކީ އޭނާގެ ބާރުގެ ދަށުގައިހުރި މީހެއް ހެންނެވެ.

” ތީ ކުއްހީއެއް ސަމީ….އަހަރެން ސަމީގެ ބައްޕައަށް ވީ ވަޢުދު ފުއްދައިފިން….އަދި އެބައްޕަގެ އިހުސާންތެރިކަމަށްޓަކާ ވަރަށް ދުވަހު ކެތްކޮށްފިން….އެކަމަކު އެއްވެސް މީހަކީ އަނެކާގެ އަޅެއްނޫން…..ތާއަބަދު އެހެންމީހަކު ޖަހާބެރަކަށް ނަށާކަށް އަހަރެންނަކަށް ނުޖެހޭނެ…ސަމީގެ ބައްޕަ ދުނިޔޭގަ ހުރިހާ ދުވަހު އެބައްޕަގެ ހިތުގަ ޖެހޭފަދަ ކަމެއް ނުކޮށް އަހަރެން އުޅުނިން….ސަމީއަށްވެސް އަހަރެންގެ ފަރާތުން ފިރިޔެއްގެ ލޯބިދިނިން….އެލޯބި ބަލައިގަންނަން ނޭނގުނީވެސް ސަމީއަށް….ސަމީގެ ބައްޕަގެ ވިޔަފާރި ބަނގުރޫޓްވެގެން ދަރަނީގެ ތެރޭގަ އޮއްވާ، އެދަރަނިވެސް ދައްކާ ހަމަކޮށްފަ ބައްޕަގެ ގެވެސް މިހާރު އެހުރީ އަނބުރާ ހޯދާފަ….އަހަރެން މިހާރު މިދިރިއުޅެނީ އަހަރެން އަމިއްލަ މަސައްކަތުން ހޯދާ ލާރިން….މިއަދު އަހަރެން ސަމީގެ ގެދޮރުދޫކޮށް ދާންޖެހުނަސް ޖެހިލުމެއްނުވޭ….އަހަރެންގެ އަމިއްލަ ގޯއްޗެއް ހުޅުމާލޭގަ އެބައޮތް….އަމިއްލަ މަސައްކަތުން ދިރިއުޅެވެން އެބައޮތް…..ސަމީއަށް ސަމީގެ ބައްޕަގެ މުދަލާ ގެދޮރު އަހަރެން ދީފިން….އެކަމު ދެން އިތުރަށް ސަމީގެ ދިރިއުޅުމުގެ ހިއްސާއަކަށް ވެގެން ހުންނާކަށް އަހަރެން ނެތިން….ހީނުކުރާތި، މިހުރިހާ ދުވަހު ސަމީ ބޭނުންގޮތަކަށް އަހަރެން އުޅުނީމަ މިއަދުވެސް އެހެންވާނެއޭ….” ޝިޔާޒް ސަމީރާއަށް އިންޒާރެއް ދިނުމަށްފަހު ޝެލީންގެ އަތުގައި ހިފައިގެން އެތެރެއަށް ވެއްދިއެވެ.

” ކަލޭ ވަދެގެން ނުވާނެ މިގެޔަށް…..ކަލެއަށް މިގެއަށް ވަނުމުގެ އެއްވެސް ހައްޤެއްނެތް….މިހުރިހާ ދުވަހު އަހަރެންގެ ތައްޕާހުގަ އުޅެފަ އަޑިއަޑިން އަހަރެންގެ ހުރިހާ އެއްޗެއް ކަލޭ ފޭރިގަތީ…ނުބައި އަންހެނާ..” ސަމީރާ ރުޅިއައިސް ފުފިގެން ގޮސް ޝެލީންގެ ގައިގާ ހިފައިގަތެވެ. ޝިޔާޒް އަވަސް އަވަހަށް ސަމީރާ ދުރުކުރިއެވެ.

” ސަމީރާ!…މޮޔަނުވޭ!…އަހަރެން ނުވެސް އުޅެން ޝެލީން މިގޭގަ ބަހައްޓާކަށް….ހަމަ މިއަދު މިހާރު ޝެލީން ގޮވައިގެން އަހަރެންދާނަން….ސަމީރާގެ ހުރިހާ މުދަލަކާ މިގޭގެ ހުރިހާ ލިޔެކިޔުމެއް ސަމީރާއާ މިއަދު ހަވާލުކުރާނަން….މިއަދަށްފަހު ސަމީރާ ބޭނުންގޮތަކަށް އުޅެންވީ….ބޭނުންކަމެއް ކުރަންވީ….އަހަރެންނެއް އަދި ޝެލީންއެއްވެސް ސަމީރާގެ ދިރިއުޅުމުގެ އެއްވެސް ކަމަކާ ނުބެހޭނެ…އަހަރެންނަށް ވީ އެންމެ އަވަހަކަށް ސަމީރާ މިނިވަން ކޮށްދޭނަން…އާދޭ ޝެލީން..ޝެލީން ގެންދަން ހުރި އެއްޗެއް ވިއްޔާ ޕެކްކޮށް ތައްޔާރުވޭ!…ދެން މިގޭގަ ޝެލީން ހުރުމުގެ ބޭނުމެއްނެތް…” ޝިޔާޒް ޝެލީންގެ އަތުގައި ހިފައިގެން ގޮސް ޝެލީންގެ ކޮޓަރިއަށް ވަނެވެ. ސަމީރާއަށް ބުނާނެ އެއްޗެއްވެސް ނޭނގިފައި ބަލަން ހުރެވުނީއެވެ. ޝިޔާޒް ހާދަބޮޑަކަށް ބަދަލުވެއްޖެއޭ އޭނާގެ ހިތަށްއެރިއެވެ. ޝެލީންގެ ލޯބީގާ ޝިޔާޒް ދީވާނާވެފައި އެހުރީ މާވަރަކަށެވެ. އޭނާ ދޫކޮށްލަންވެސް ޝިޔާޒް އެހުރީ ތައްޔާރަށެވެ. ދެން އޭނާ ހަދާނީވެސް ކިހިނެއް ހެއްޔެވެ؟

ސިޓިންރޫމުގެ ސޯފާގައި ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އިން ސަމީރާ ސިހުނީ ބޭރުން ޝާމިން އެލާރމް އަޅާލުމުންނެވެ. ސަމީރާ ތެދުވެގެން ގޮސް ދޮރުހުޅުވާލިއެވެ.

” މޮމް ހާދަލަހުންތި…” ސަމީރާ ފެނުމާއެކު ޝާމިން ބުނަން އުޅުނު ޖުމްލަވެސް ހުއްޓުނެވެ.

” މޮމް!..” ހައިރާންވެފައި ޝާމިންއަށް ބުނެވުނެވެ.

” އަނހަ ދަރިފުޅާ…ތިއައީދޯ….މަންމަ މިހާރު ދަރިފުޅު ނައިސްގެން މިހުރީ..” ސަމީރާ ހަމަޖެހޭ ގޮތްދައްކަމުން ވާހަކަ ދެއްކިއެވެ. ގޭތެރެއަށް ވަންނަމުން ގޭގެ މާހައުލާމެދު ޝާމިން ވިސްނާލިއެވެ.

” މަންމަ ކިހިނެއްތަ؟…ބައްޕަ ނާންނަނީތަ؟..” ޝާމިންވެސް ހަމަޖެހިލަމުން އަހާލިއެވެ. ބައްޕައާއި މަންމަވެސް ފެންނަން ނެތުމުން ޝާމިން ވަށައިގެން ހޯދާލިއެވެ.

” އެބައުޅޭ….ޝެލީންގެ ކޮޓަރީގަ ކުޑަކަމެއްގަ އުޅެނީ…ދަރިފުޅު ޔުނީފޯމް ބަދަލުކޮށްގެން ކާން އަންނަންވީނު…” ޝާމިންއަށް ހަޤީޤަތް ހާމަވިޔަ ނުދޭން ސަމީރާ މަސައްކަތް ކުރިއެވެ. ސަމީރާ އެހާލޯބިން ވާހަކަ ދެއްކިއިރުވެސް މިއަދު ޝާމިން އުފަލެއް ނުވިއެވެ. އޭނާ ބޭނުންވަނީ އެންމެ އަވަހަށް އޭނަގެ މަންމަ ކޮބައިތޯ ބެލުމަށެވެ. ނަމަވެސް ސަމީރާ ހުރުމުން ޝެލީންގެ ކޮޓަރިއަށް ނުގޮސް ޝާމިން އޭނާގެ ކޮޓަރިއަށް ދިޔައެވެ.

******

ޝިޔާޒްއާއި ޝެލީންތިބީ ޝެލީންގެ ކޮޓަރީގައެވެ. ސަމީރާ އައުމުން ޝެލީން ހުރީ އިންތިހާއަށް ކަންބޮޑުވެ ހާސްވެފައެވެ.

” ޝިޔާޒް! އަހަރެން ވަރަށް ކަންބޮޑުވޭ!….އަހަރެމެން މިގެއިން ދިޔައީމަ ހުރިހާކަމެއް ހައްލުވާނެތަ؟….ސަމީރާ އަޅާވެސް ނުލާ މަޑުން ހުންނާނެތަ؟….އޭނާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ…ޝާމިން ދިޔަނުދީ ހިފަހައްޓަފާނެ….އަހަރެންނަށް ޝާމިންއާ ދުރުގައެއް ނޫޅެވޭނެ….ވިސްނާނުލާ އަހަރެމެން ކުރާކަމަކުން ޝާމިންއަށް ދެރައެއް ލިބިދާނެ…” ޝެލީން ކަންބޮޑުވެފައި ބުންޏެވެ.

” ރިލެކްސް….އެހާ ކަންބޮޑު ނުވެބަލަ!…އަހަރެން ހުއްޓާވެސް ތިހާކަންބޮޑުވަނީ ކީއްވެތަ؟…ޝާމިންއަކީ އަހަރެންގެ ވެސް ދަރިއެއްނު….އަހަރެންނަށް ކޮންމެގޮތެއް ހެދިޔަސް ޝާމިންއަށް އޭނާ ބޭނުންހާ ގޮތެއް ނުހެދޭނެ…..އެއީ މިހާރު ކުޑަކުއްޖެއްނޫން….އަނެއްކޮޅުން ހުރިހާ ހަޤީޤަތެއް ޝާމިންއަށްވެސް މިހާރު އެވަނީ އެނގިފަ…ދެން ސަމީރާއަށް ހެދޭނެގޮތެއް އޮންނާނެތަ؟…އަހަރެން މިދަނީ ޝެލީން ދާންވާއިރަށް ހުޅުމާލެއަށް ގޮސް ގެސާފްކޮށްލާ ތައްޔާރުކޮށްލަން….ހުރިހާކަމެއް ހަމަޖެހުނީމަ އަންނާނަން ބަލާ!….ގުޅާލީމަ ނުކުމޭ އިނގޭ!…ފަހުން ޝާމިންއާވެސް ވާހަކަ ދައްކައިގެން ގޮތެއް ނިންމާނީ….ޖަސްޓް ރިލެކްސް..އޯކޭ..”ޝެލީންގެ މޫނުގައި ދެފަރާތުން ހިފަހައްޓާލުމަށްފަހު ނިތްކުރިއަށް ދޮނެއްދެމުން ޝިޔާޒް ހިނިތުންވެލިއެވެ. ޝެލީންވެސް ހިތްހަމަ ޖެހުމުގެ ނޭވާއެއް ލުމަށްފަހު އޭނާގެ އެއްޗެހިތައް ދަބަހަށް އަޅަންފެށިއެވެ.

ސިޓިން ރޫމުގެ ސޯފާގައި ޓީވީ ބަލަންއިން ޝާމިންއަށް،ޝެލީން ދަބަސް ހިފައިގެން ނުކުތް މަންޒަރު ފެނިފައި ހައިރާންވެފައި ކޮޅަށް ތެދުވެވުނެވެ.

” ކޮންތާކަށްދަނީ؟…” އަވަސް އަވަހަށް ޝެލީންގެ ގާތަށް އަންނަމުން ޝާމިން އަހާލިއެވެ.

” މިގޭން ދާންވެގެން…ސަމީރާބުނެފި މިގޭންދާށޭ..” ޝެލީން މަޑުމަޑުން ބުނެލިއެވެ.

” ނޫން…މޮމް ނުދޭ ޕްލީޒް….މޮމް ނޫޅެންޏާ އަހަރެންވެސް މިގޭގަ އުޅޭކަށް ބޭނުމެއްނޫން….މޮމް ތިދާތާކަށް އަހަރެންވެސް ގެންދޭ!” ޝާމިން ދެރަވެލާފައި ބުނި ޖުމްލަ އަޑުއިވިފައި ކޮޓަރިން ނުކުމެ ނުކުމެ ހުރި ސަމީރާގެ ފިޔަވަޅުތައް ގަނޑުވިއެވެ. އޭނާގެ ކަންފަތަށް އެއިވުނީ ރަނގަޅަށްބާއޭ ހިތަށްއެރިއެވެ.

” ކީކޭ ދަރިފުޅާ؟!” ކަންބޮޑުވެގެން ސަމީރާއަށް އެހެން އަހާލެވުނީވެސް ބޭއިޚުތިޔާރުގައެވެ.

” އަހަރެން މިބުނީ އަހަރެންގެ މަންމަ ނޫޅޭތާކު އަހަރެންވެސް ނޫޅޭނަމޭ…” ޝާމިން ޖެހިލުމެއްނެތި ބުނިގޮތުން ސަމީރާގެ ދެލޯބޮޑުވިއެވެ. ޝާމިންއަށް ހަޤީޤަތް އެނގުނީ ހެއްޔެވެ؟ އޭނާ މެލޭޝިއާއަށް ދިޔަކަމުގެ ނާޖާއިޒް ފައިދާ ހަމަ ރަނގަޅަށްވެސް ޝެލީން ނަގައިފިއެވެ.

” ކޮންކަހަލަ ވާހަކައެއް ދަރިފުޅު ތިދައްކަނީ؟….މަންމަ މިހުރީނު….މަންމަ ތަނަކަށް ނުދަމެއްނު..” އޮޅުވާލުމަށް ސަމީރާ މަސައްކަތް ކުރިއެވެ.

” ނޫން….ތިއެއްނޫން އަހަރެންގެ މަންމައަކީ….މިއީ އަހަރެންގެ މަންމަ….އަހަރެންނަށް މިހާރު ހުރިހާ އެއްޗެއްވެސް އެނގިއްޖެ….ދެން އިތުރަށް އޮޅުވާލަން މަސައްކަތް ނުކުރޭ!” ޝެލީންގެ އަތުގައި ހިފާލަމުން ޝާމިން ޖަވާބުދިނެވެ. ބުނާނެ އެއްޗެއް ނޭނގިފައި ޝާމިންގެ މޫނަށް ބަލަން ސަމީރާއަށް ހުރެވުނެވެ.

” ނޫން ދަރިފުޅާ!….މިއޭ ދަރިފުޅުގެ މަންމައަކީ….މިހުރިހާ ދުވަހުވެސް ދަރިފުޅު މަންމަކީ އަހަރެންނަކަށްނު….މިއެއްނު ދަރިފުޅުގެ މަންމައަކީ….ދަރިފުޅުގެ އުފަންދުވަހުގެ ސެޓްފިކެޓްގަވެސް މަންމަގެ ނަމަކަށް އޮންނާނީ ސަމީރާ….” ސަމީރާއަކީ ޝާމިންގެ މަންމަކަން ސާބިތުކޮށްދެވޭތޯ އޭނާ މަސައްކަތް ކުރިއެވެ.

” ސެޓްފިކެޓްގަ ކޮންމެ އެއްޗެއް އޮތަސް ހަޤީޤަތް ބަދަލެއް ނުވާނެ….އަހަރެންގެ ހަށިގަނޑުގާ ހިނގަނީ މިމަންމަގެ ލޭ….” ޝާމިން ހަޤީޤަތް ހާމަކޮށްލިއެވެ.

” މިހިރަ ނުބައި އަންހެނާ ދެއްކި ވާހަކައެއްދޯ ތީ…..އޭނަ ކޮންމެފަދަ އެއްޗެއްވެސް ކިޔާފާނެ…އޭނަ އެއުޅެނީ ދަރިފުޅުގެ ބައްޕައާ ހިތާވެގެން….އެހެންވެ އެކަހަލަ ވިޔާނުދާ ވާހަކަ އެދައްކަނީ…މީ ފިސާރި ނުބައި ސުންޕާ އަންހެނެއް..”

” ހުއްޓާލާ!….އަހަރެންގެ މަންމައާ ދިމާއަށް އިތުރަށް އެންމެ ލަފްޒެއްވެސް ބުނެގެން ނުވާނެ!…..ނުބައި އަންހެނަކީ އަހަރެންގެ މަންމައެއްނޫން….ނުބައި އަންހެނަކީތީ….ކިރުބޯ ޅަދަރިއަކާ މަޔަކާ ވަކިކުރީ ތިއަންހެނާ….އަހަރެންގެ މަންމަ އަހަރެންގެ ނޯކަރަކަށް ހަދައިގެން މިހުރިހާ ދުވަހު ބެހެއްޓީވެސް ތިއަންހެނާ….އަހަރެންގެ މަންމަގެ ހުރިހާ އުފާތަކެއް ނިގުޅައިގަތީވެސް ތިނުލަފާމީހާ….މަންމަގެ ދަރިއަތުލާފަ ހިތްހަމަ ނުޖެހިގެން މަންމަގެ އިއްފަތް ނަގާލަން މީހަކު ފޮނުވީވެސް ތިއަންހެނާ…ބުނެބަލަ! ކާކުތަ ނުބައީ؟…އަހަރެން މިހުރިހާ ދުވަހު މަންމަ ކިޔާ އެހާލޯބިން އުޅުނީ ތިހާނުބައިމީހަކަށް ކަމެއް ހިޔެއްނުކުރަން…..އަހަރެން ފަޚުރުވެރިވެފަ ރައްޓެހިންގާތު ތިމަންމަގެ ރަނގަޅު ވާހަކަ ދެއްކިން….އެކަމަކު އަހަރެންނަށް ކިހިނެއް އެނގޭނީ ތީއެހާ އަމިއްލަ އެނދުންބޮޑު ނުލަފާ މީހެއްކަމެއް…..މިއަދު އަހަރެންނަށް ހަޤީޤަތް އެނގުނީމަ ދެންވެސް އަހަރެންވީ ނޭނގޭކަމަށް ހެދެންތަ؟…..މިހުރިހާ ދުވަހު އަހަރެންނަށް ދިން ލޯތްބާއި އަޅާލުމަށް އަހަރެންގެ ހިތުގެ އަޑިން ޝުކުރުވެރިވާން….އެކަމު އަހަރެންގެ މަންމައަށްދިން ހިތާމަތަކަށް މާފެއް ނުދެވޭނެ….” ޝާމިން ކަރުނަ ފުހެލަމުން ސަމީރާގެ މޫނަށް ބަލާލިއެވެ.

ސަމީރާ ގަނޑުވެފައި ބުދެއްފަދައިން ހުރިއިރު ލޮލުން ހުއްޓުމެއްނެތި ކަރުނަތައް އޮހޮރެމުން ދިޔައެވެ. ސަމީރާ ހުރިގޮތުން ޝާމިން ދެރަވިއެވެ. ސަމީރާ ރޯމަންޒަރުބަލަން ހިތަށް އަސަރުކުރިއެވެ. މިހުރިހާ ދުވަހު މަންމަގެ މަޤާމުގައި ހުރިމީހަކީ އެއީއެވެ. ސަމީރާއަށް އޭނަ ޤަދަރުކުރިއެވެ. ލޯބިވިއެވެ. ނަމަވެސް މިއަދު އޭނާއަށް މުހިއްމުވީ އޭނާގެ އަސްލު މަންމައެވެ. ޝާމިންވެސް ދަބަހަކަށް އެއްޗެހި އަޅައިގެން ޝެލީންއާ އެކު އެގެއިން ނުކުތެވެ.

ސަމީރާގެ ހިތަށް ކުރި އަސަރުން ހުރިދިމާއަށް ސޯފާމައްޗަށް ތިރިވަމުން އަޑުން އަޑުނަގާ ރޯންފެށިއެވެ. މިއަދު އޭނާ މުޅިން ބާކީ ވެއްޖެއެވެ. ޝިޔާޒްގެ ލޯބިން އޭނާ މަޙުރޫމްވިތާ ކިތަންމެ ދުވަހެކެވެ. އެންމެފަހުން ޝާމިންވެސް އޭނާ ދޫކޮށްލީއެވެ. މިއޮއްބޮޑު ދުނިޔޭގައި އޭނާ މުޅިން އެކަނިވީއެވެ. އަމިއްލަ އެއްޗެކޭ ހިތައި މީހެއްގެ ގަހަކަށް ކިތަންމެ ޒަމާނެއް ވާންދެން ފެންދީ ހެއްދިޔަސް އާޙިރުގައި އޭގެ މޭވާ ލިބޭނީ ގަސްވެރިޔާއަށްކަން މިއަދު އޭނާއަށް ޔަޤީން ވެއްޖެއެވެ. މީހެއްގެ ހައްޤެއް ފޭރިގަނެގެން އުމުރު ދުވަހު އުޅުނަސް އެއީ ތިމާގެ މިލްކަކަށް ނުވާނޭކަންވެސް ކުރިން އޭނާއަށް ނޭނގުނީއެވެ. ސަމީރާ އެއިން ގޮތަށް ރޮއެ ރޮއެ އިންދައި ޝިޔާޒް އައިސް ވަނެވެ.

” ސަމީރާ!…. މިހުރީ ސަމީރާ ބައްޕަގެ މުދަލާއި ގޯތީގެ ލިޔެކިޔުންތައް….ތިޔައިން އެކައްޗެއްވެސް އަހަރެން ބޭނުމެއްނޫން…..ޝާމިންއާއި ޝެލީންއާއެކު އަހަރެންވެސް ހުޅުމާލެއަށް ބަދަލުވާން މިއުޅެނީ….ސަމީރާ ކަމެއް ބޭނުން ވެއްޖެއްޔާ އަދިވެސް އަހަރެންނަށް ގުޅިދާނެ…..އެކަމު ދެން އިތުރަށް އަހަރެމެންނަށް އެކީގަ އުޅެވޭކަށް ނެތް….ޝާމިންއަށްވެސް އެވަނީ ހަޤީޤަތް އެނގިފަ….ދެން މިހާރު ސަމީރާ ކޮންމެ ވާހަކައެއް ދެއްކިޔަސް އޭނާ ގަބޫލެއް ނުކުރާނެ…..އަދި ޝެލީންއަށް ނޫނީ އަހަރެންނަށް ބިރުދައްކަން މަސައްކަތް ކުރުމުގެ ބޭނުމެއްވެސް ނެތް….ދުނިޔެއާ ކުރިމަތިލާން އަހަރެން މިހުރީ ތައްޔާރަށް…..ސަމީރާއަށްވެސް އެންމެ ރަނގަޅުވާނީ ހަޤީޤަތާ ކުރިމަތިލުން….އަހަރެން ދެންދަނީ..” ޝިޔާޒް އޭނާ ބުނަން ބޭނުން އެއްޗެއް ބުނުމަށްފަހު ދާން ހިނގައިގަތެވެ.

” ނޫން….ޝިޔާޒް….އަހަރެން ދޫކޮށްފަ ނުދޭ!….އަހަރެން ކިހިނެއް އެކަނި އުޅޭނީ….ޝެލީންގާތު ބުނޭ ޝާމިން ފޮނުވަދޭށޭ….އޭރުން އަހަރެން ތިދެމީހުންގެ ކައިވެންޏާވެސް ހިތުން ރުހުމުން ގަބޫލުވާނަން….ޕްލީޒް ޝިޔާޒް!” ޝިޔާޒްގެ އަތުގައި ހިފައި ރޮމުން ސަމީރާ އާދޭސްކުރިއެވެ. ޝިޔާޒް ހައިރާންވެފައި ސަމީރާއަށް ބަލާލިއެވެ. ސަމީރާ މިހާ ފިނޑިވެދާނެ ކަމަކަށް ފަހަރެއްގައިވެސް އޭނާ ހިއެއް ނުކުރެއެވެ.

” ސަމީރާ ގަބޫލަސް ނުވަތަ ނުގަބޫލަސް އަހަރެން ޝެލީންއާ އިންނާނަން…..ދެން ޝާމިންއަކީ މިހާރު ކުޑަކުއްޖެއްނޫން…..އޭނަ މިގެއިން ދިޔައީ އަމިއްލައަށް ވިސްނިގެން….އޭނާ ބޭނުމިއްޔާ ނޫނީ އަހަރެންނަކަށް އޭނައެއް ނުގެނެވޭނެ….އަދި ބުނަން….ޝެލީންވެސް މިހުރިހާ ދުވަހު އުޅުނީ ވަރަށް އެކަނިވެރި ކަމުގަ….ވަރަށް ހިތާމައިގަ….އެކަމު ސަމީރާއަކަށް އެކަމެއް ނުވިސްނުނެއްނު….އެއްވެސް މީހަކަށް މުޅި އުމުރުގަ ހިތާމަ ނުވަތަ އުފަލުގަވެސް ނޫޅެވޭނެ….ހާލަތު ބަދަލުވެސް ވާނެ….އެކަން ޖެހޭނީ ގަބޫލުކުރަން….” ޝިޔާޒް ސަމީރާގެ އަތްދުރުކޮށްލަމުން ދާން ހިނގައިގަތެވެ.

” ޝިޔާޒް!…ޝިޔާޒް!..” ސަމީރާ ގޮވަ ގޮވާ ހުއްޓައި އަޅާވެސްނުލާ ޝިޔާޒް ނުކުމެގެން ދިޔައެވެ. ސަމީރާ ކަރުނަ ފުހެލަމުން ދަތްކުނޑި ވިކާލިއެވެ. އަދިވެސް އޭނާ ދެރަގަބޫލުކުރާކަށް ބޭނުމެއްނޫނެވެ. އެއްގޮތުން ނުވިއްޔާ އަނެއްގޮތަކުންވެސް ޝެލީންގެ ހަޔާތް އޭނާ ބަރުބާދުކޮށްލާނެއެވެ. އޭނައަށް ނުލިބުނު އުފަލެއް އެހެން މީހަކަށްވެސް ލިބުނަކަ ނުދޭނެއެވެ.

46
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Shine

ވާހަކަ ލިޔާހިތްވާ އަދި ކޮމެންޓްސް ކިޔާހިތްވާ މީހަކީމެވެ.

Other Articles

Previous

ވަންހަނާ

Next

އެ ލޯބި އަސްލު ހައްޤޭ (6 ވަނަ ބައި)

Next
December 6, 2016

އެ ލޯބި އަސްލު ހައްޤޭ (6 ވަނަ ބައި)

Previews
December 6, 2016

ވަންހަނާ

19 Comments

  1. Ram says:
    December 6, 2016 at 9:35 pm

    V salhi

  2. azuha says:
    December 6, 2016 at 9:35 pm

    Thanks shine loabi. I love you

  3. Rehendhi says:
    December 6, 2016 at 9:38 pm

    Haadha kurey

  4. ❤Ifa❤ says:
    December 6, 2016 at 9:41 pm

    VvvNice…. can’t wait for nxt part……knirakun next part up kurany……..waiting ……….☺??

  5. Luba says:
    December 6, 2016 at 10:15 pm

    Hyvey kameh henn.. Myhakah dhera eh dhyfa vaki ufaluga ulhevunutha? Waiting for the next part..

  6. Anonymous says:
    December 6, 2016 at 10:20 pm

    VV reethi

  7. Zyth says:
    December 6, 2016 at 10:35 pm

    wow vvv reethi adhi vx sameera gandu rangalheh nuvey

  8. Me ? says:
    December 6, 2016 at 10:55 pm

    V nice..
    Waiting..

  9. Aish says:
    December 6, 2016 at 11:13 pm

    Vvvv salhi

  10. maiha says:
    December 6, 2016 at 11:43 pm

    wooow… v v interesting…?

  11. Hany says:
    December 6, 2016 at 11:49 pm

    V v v reethi. waiting….

  12. Naadhee says:
    December 6, 2016 at 11:51 pm

    V reethi vaahaka eh. rovijje

  13. Herrr says:
    December 7, 2016 at 12:31 am

    Oww haadha reechey.. avahsh up kohlachey loabivaa shine

    1. Shine says:
      December 7, 2016 at 12:34 am

      dhen maadhan dho loabiva herrr….OK sweetie..

  14. ?mixoo says:
    December 7, 2016 at 7:53 am

    love it shine?

  15. xaf says:
    December 7, 2016 at 8:26 am

    wow….
    haadha reechey mi part vex….
    varah inthixaaru kurevey nxt part ah….
    shine dhn new story eh neytha…. mihaaru moya hiyy mageay vex nimuny nu eh…

  16. Ely says:
    December 7, 2016 at 8:53 am

    Shine boss vaaahaka kn irakun… E story vx ehbai genessa huttaalee nu.. Dhn start kuraanee boss vaaahaka dw… Pls Pls shine… Mi story vx v reethi… E sameeraa ah landeh dhehchey varugadha.. Waiting for “boss” story..

  17. yax says:
    December 7, 2016 at 10:36 am

    eh hitilar samiraa ge theneh nubindhenies maathi ri eh nuvaaneh
    !!!
    adolf hitler ah vureh maa nubai miyhah gandheh! sahaadheh!!!
    Shine thi samiraa sizeah kandhaa labala???
    I love love love love love love your story shine????
    oxoxoxoxoxoxox

  18. Mode says:
    December 7, 2016 at 11:29 am

    Shine…. inaaz dheke loabi vey dhw… mashakah dhen julienne shine eh… ????

Comments are closed.

All Right Reserved!