Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެ ލޯބި އަސްލު ހައްޤޭ (6 ވަނަ ބައި)

Liaa
December 6, 2016
7 Mins Read
69 Views
14 Comments

އިރުކޮޅަކު ކޮޓަރީގައި އިނުމަށްފަހު އާމިނާ ފޯނު ހުޅުވާލައި މާހިންގެ ނަމްބަރު ހޯދާލީ ސިކުނޑިއަށް އައި މޮޅު ހިޔާލެއްގެ ސަބަބުންނެވެ. އެއްމިޔަކުން ހިނިތުންވެ ހުރެ އާމިނާ މާހިންގެ ނަމްބަރަށް ގުޅާލިއެވެ.

“ހަލޯ… ކައިވެނީގެ ކަންތައް ވީހާވެސް އަވަހަކަށް ކުރަންވީ..” މާހިން ފޯނު ނެގުމާއެކު އާމިނާ ބުނެލިއެވެ.

“އަންޖޫދާ އެއްބަސްވީތަ؟” މާހިން އުފަލުން ހުރެ އަހާލިއެވެ.

“އާނ.. އަންޖޫދާ ހަމަ އެއްބަސް… އެހެންވީމަ މިކަމާ އުޅެންވީ ހަމަ އަވަހަށް…” އާމިނާ އެހެން ބުނެލިއިރު މާހިން އަށް ހީވީ ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނު ހެންނެވެ. އާމިނާ ފޯނު ބޭއްވުމާއެކު އޭނާ އެނދުމައްޗަށް ވެއްޓިގަތް އިރު އަނގައިގައި ހުރި ހުރިހާ ދަތެއް ފެނެއެވެ.

ފޯނު ބޭއްވުމަށްފަހު އާމިނާ ދަތްދޮޅީގައި އަތް ހާކާލިއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އޭނާ އަންޖޫދާ މި ކައިވެންޏަށް އެއްބަސްކުރުވާނެއެވެ.

** ** **

އަންޖޫދާ ކޮޓަރިއަށް ވަތް އިރު ރިޝްކާ އިނީ ފޮތެއްގައި ކުލަ ޖައްސާށެވެ. ދެއަތް ދެއަތާ މޮޑެމުން އަންޖޫދާ އައިސް ރިޝްކާ ގާތު އިށީނެވެ. ރިޝްކާއަށް ހަޤީޤަތް އެނގުމުން ރިޝްކާއަށް ވާނެ ގޮތެއް ނޭނގޭތީ އޭނާ ހުރީ ވަރަށް ވެސް ހާސްވެ ކަންބޮޑުވެފައެވެ.

“މަންމިގެ ދޫނީ.. އާދެބަލަ މަންމި ގާތަށް…” އަންޖޫދާ ލޯތްބާއެކު އެހެން ބުނުމުން ރިޝްކާ އައިސް އަންޖޫދާގެ ގާތަށް ހުއްޓުނެވެ. އަންޖޫދާ މަޑުމަޑުން ރިޝްކާ ގެނެސް އޭނާގެ އުނގަށް ލުމަށްފަހު އެ ކުޑަ ހަށިގަނޑުގައި ބަައްދާލިއެވެ.

“މަންމި މި ކިޔާ އެއްޗެއް ރަނގަޅަށް އަޑު އަހައްޗޭ އިނގޭ ރިޝްކޯ…” އަންޖޫދާ އެހެން ބުނުމުން ރިޝްކާ މަޑުމަޑުން ބޯ ޖަހާލިއެވެ.

“ދޫނި ބޭނުންތަ ދޫނިގެ ބައްޕަ ދެކެން؟” އަންޖޫދާ އެހެން އަހާލުމާއެކު ރިޝްކާ އަންޖޫދާގެ މޫނަށް ބަލާލިއެވެ. އެ މައުސޫމް މޫނުމަތީގައިވި ސުވާލުމާކުތައް ފެނި އަންޖޫދާއަށް ތުންފަތުގައި ދަތްއަޅާލެވުނެވެ.

“މަންމި ބުނީމެއްނު ބައްޕަ ވީ ވަރަށް ދުރުގައޭ… ބައްޕަ އެއް ނުވެސް އަންނާނޭ…” ރިޝްކާ ބޯ އަރިކޮށްލަމުން ބުނެލިއެވެ.

“އެކަމަކު ބައްޕަ މިހާރު އައިސްފިއޭ.. ބައްޕަ ބުނީ ރިޝްކޮ އާ ބައްދަލުކޮށްލަން ބޭނުމޯ ވަރަށް ބޮޑަށް… ރިޝްކޮ ވެސް ބޭނުމެއްނު ދޯ..؟” އަންޖޫދާ އެހެން ބުނުމުން ރިޝްކާގެ މޫނަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ.

“ލައްބަ… ރިޝްކޮ އާ މަންމި އާ ވެގެން ބައްޕަ ގެންނާނީ ދޯ މިގެއަށް… އޭރުން ރިޝްކޮ އާ މަންމި އާ ބައްޕަ އާ އެއްކޮށް އުޅޭނީ…އެހެން ކުދިންވެސް އުޅެނީ މަންމައާ ބައްޕައާ އެއްކޮށް..” ރިޝްކާ އަވަސް އަވަހަށް ބޯ ޖަހާލަމުން ބުނެލިއެެވެ. ރިޝްކާ އެ ބުނި އެއްޗެއްގެ ސަބަބުން އޭނާގެ ބޯ ސަކަރާތްވާން ފެށިއެވެ. ރާހުލްއަށް އޭނާ އާ ރިޝްކާއާ އެކީ އުޅެން ނާދެވޭނެކަން ބުނެދޭނީވެސް ކިހިނެއް ހެއްޔެވެ؟

“ދޫނީ… ބައްޕަ އަކަށް ނާދެވޭނެ މި ގެއަކަށް… ބައްޕަ އުޅެން ޖެހޭނީ އެހެން ގެއެއްގަ.. އިނގޭ… ބައްޕަ ކައިރީގަ ނުބުނައްޗޭ އަންނާށޭ… އެއީ ބައްޕައަކަށް ނާދެވޭނެ…” އަންޖޫދާ ރިޝްކާއަށް ވިސްނައިދޭން މަސައްކަތް ކުރަމުން ބުނެލިއެވެ.

“އެއީ ކީއްވެ؟” ރިޝްކާ އަނެއްކާ ވެސް އަހާލިއެވެ. އޭނާ ވެސް ބޭނުންވަނީ މަންމައާ ބައްޕައާ އެކު އެއްގެއެއްގައި އުޅޭށެވެ.

“އެއީ… އެއީ… މަންމި އަކަށް ނޭނގެ…” އަންޖޫދާ މަޑުމަޑުން އެހެން ބުނެލުމުން ރިޝްކާ ވެސް އިތުރު ސުވާލެއް ނުކުރެއެވެ.

ރިޝްކާ ފެންވަރުވައި ތައްޔާރުކުރުމަށްފަހު އަންޖޫދާ ވެސް ތައްޔާރުވިއެވެ. އޭރު އޭނާގެ ހިތް ދިއައީ ނެގިނެގިފައި ޖެހެމުންނެވެ. 7 އަހަރު ފަހުން ރާހުލްއާ ކުރިމަތިލާން ޖެހުމުން އޭނާ ހާސްވަނީއެވެ.

ކުޑަކުދިންގެ ޕާކަށް ދިއުމަށްފަހު އަންޖޫދާ ނަޝްފާގެ ނަންބަރަށް ގުޅާލިއެވެ. އެ މީހުން ތިބި ދިމާ ބުނުމުން އަންޖޫދާ ރިޝްކާގެ އަތުގައި ހިފައިގެން އެދިމާއަށް ހިނގައިގަތެވެ. ބެންޗެއްގައި އިށީންދެގެން އިން ނަޝްފާއާއި އޭގެ ކައިރީގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ރާހުލް ފެނުމުން އަންޖޫދާ އަށް ހިން ދިރުވާލެވުނެވެ.

“ދޫނީ… އެހުރީ ދޫނިގެ ބައްޕަ…” ރާހުލް ދައްކާލަމުން އަންޖޫދާ ރިޝްކާ ގާތު ބުނެލިއެވެ.

“އެއީ އެއްކަލަ ބޭބެއެއްނު؟ އެ ބޭބެ އެއީ ރިޝްކޮގެ ބައްޕަތަ؟” ރިޝްކާ އެހެން އަހާލުމުން އަންޖޫދާ  މަޑުމަޑުން ބޯ ޖަހާލިއެވެ.  ރިޝްކާ ކުޑަކޮށް ހައިރާންވެފައި ރާހުލް އާ ދިމާއަށް ބަލާލިއެވެ. ރާހުލްގެ ކައިރިއަށް ގޮސް ރާހުލް ގައިގައި ބައްދާލަން އެ ކުޑަ ހިތަށް އަރަމުން ދިޔަ ނަމަވެސް އޭނާއަށް އެހެން ހަދާކަށް ނުކެރުނެވެ.

ރިޝްކާ ގޮވައިގެން އަންޖޫދާ އަންނާނެ ކަމުގެ ފޮނި އިންތިޒާރުގައި ރާހުލް ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އިރު އޭނާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ރިޝްކާ ފެނުމުން ކަންތައްކުރާނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އަޅައިގެން ހުރި އަތުކުރި ގަޑިއަށް އަވަސް ނަޒަރެއް ހިންގާލުމަށްފަހު ރާހުލް އެއްލި ކަޅިއަކުން ތަންކޮޅެއް ދުރުގައި އަންޖޫދާގެ އަތުގައި ހިފާލައިގެން ހުރި ރިޝްކާ އަޅައިގަތެވެ. ބަލަ ބަލާ ހުއްޓާ އަންޖޫދާ ރިޝްކާ ގޮވައިގެން އެ ދިމާއަށް އަންނަން ފެށިއެވެ. ބަލަން ބޭނުން ނުވިޔަސް ރާހުލްއަށް އަންޖޫދާގެ ރީތި މޫނަށް ފުން ނަޒަރެއް ހިންގާލެވުނެވެ. އަޅާފައިވާ ކަޅު ބުރުގަލުގެ ތެރެއިން އެ ދޮން މޫނު ފެންނައިރު ކުރިއަށްވުރެ ވެސް ރީތިވެފައި ފުރިހަމަހެން ހީވެއެވެ. ރާހުލް އޭނާއާ ދިމާއަށް ބަލަން ފެށުމުން އަންޖޫދާއަށް އުނދަގޫވަމުން ދިޔަ ނަމަވެސް އޭނާގެ ދަރިފުޅުގެ ހައްޤުގައި ގޮސް ރާހުލް ގާތު މަޑުކޮށްލިއެވެ.

ރާހުލް ރިޝްކާ ގާތު އުޑުފައިން އިށީންއިރުވެސް ރިޝްކާ ރާހުލްއަށް ބަލަން ހުރީ ބީރައްޓެހި ނަޒަރަކުންނެވެ. ކުރިން ދިމާވިއިރު އެހާ ވަރަށް ވާހަކަ ދެއްކި ކުއްޖާ އެހާ މަޑުމަޑުން ހުރީތީ ރާހުލް ކުޑަކޮށް ހައިރާންވެސް ވިއެވެ. ފުންނޭވައެއް ދޫކޮށްލަމުން އޭނާ ރިޝްކާގެ ދަތްދޮޅީގައި ހިފާލިއެވެ. އެ މައުސޫމު މޫނުކޮޅު ފެނުމުން އޭނާގެ ދެލޯ ކުޑަ ހިނދުކޮޅެއްގެ ތެރޭ ފެންކަޅިވެގެން ދިޔައެވެ. ރިޝްކާއަށް އަންޖޫދާގެ ދޮންކަން ލިބިފައިވީ ނަމަވެސް އޭނާގެ ބުމަ އާއި ތުންފަތް ވައްތަރީ ރާހުލްއާއެވެ.

“ރިޝްކޯ… ރިޝްކޮއަށް އިނގޭތަ؟ މީ ރިޝްކޮގެ ބައްޕައޭ…” ރާހުލް އެހެން ބުނެލިއިރު އޭނާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އޭނާއަށް ވަމުން ދާގޮތް ފެނިފައި ރިޝްކާގެ ދެލޮލުންވެސް ކަރުނަ ނިރާލިއެވެ. އެކުޑަ ދެއަތުން ރާހުލްގެ ދެލޮލުން ފޭބި ކަރުނަތައް ފުހެލީ ލޯތްބާއި އެކުގައެވެ. ރާހުލް އެ ކުޑަ އަތުގައި ހިފާލިއެވެ. އަދި ހިިނިތުންވާން މަސައްކަތް ކުރިއެވެ. މަންޒަރު ބަލަން ހުރި ނަޝްފާ ވެސް ހުރީ ފެންކަޅިވެފައެވެ.

“ދަރިފުޅާ… ގޮވާލަބަލަ ބައްޕާ އޭ ކިޔާފަ..” ރިޝްކާގެ މަޑު އަތްތިލައަށް ބޮސް ދެމުން ރާހުލް ބުނެލިއެވެ.

“ބައްޕީ…” ރިޝްކާ އޭނާގެ ޅަ އަޑުން ރާހުލްއަށް ގޮވާލިއެވެ. އެއަޑު އިވުމުން ރާހުލްގެ ހިތަށް ކުރީ ބަޔާންކުރަން ދަތިވާ ފަދަ އަސަރެކެވެ. ވަގުތުން އޭނާ ރިޝްކާގެ ކުޑަ ހަށިގަނޑު މެޔާލާ ބޮނޑިކޮށްލިއެވެ. އެ މަންޒަރު ބަލަން ކެތް ނުވެގެން އަންޖޫދާ ދުރު ބަލާލިއެވެ. ރިޝްކާއަށް އޭނާގެ ބައްޕަގެ ލޯބި ލިބޭނެކަން އެނގުމުން އޭނާ އުފާވި ނަމަވެސް އޭނާގެ ހިތް ރޮނީއެވެ. މިހާރުވެސް އެ ހިތް އެދެމުން ދަނީ ރާހުލްގެ ލޯތްބާއި އަޅާލުމެވެ. ނަމަވެސް ތަޤުދީރުގައި އެގޮތް ލިޔެވިފައި ނެތީއޭ އޭނާގެ ހިތަށް އެރިއެވެ. ލޮލުގެ ހިމަކޮޅުން ފޭބި ކަރުނަތިކި ފުހެލަމުން އޭނާ ހަމަޖެހެން މަސައްކަތްކުރިއެވެ.

ކުޑަކޮށް ވާހަކަ ދައްކަން މަޑުކުރުމަށްފަހު ރާހުލް ރިޝްކާ ގޮވައިގެން މިސްރާބު ޖެހީ ކުރިމަތީގައި ހުރި ސީސޯ އާ ދިމާއަށެވެ. އެ މަންޒަރު ބަލަން ހުރި ނަޝްފާގެ މޫނުމަތީގައިވާ މާޔޫސްކަން އަންޖޫދާއަށް ދެނެގަނެވުނެވެ. އަންޖޫދާ މަޑުމަޑުން ގޮސް ނަޝްފާ އިން ބެންޗުގައި އިށީނެވެ.

“އެ ދެމީހުން ވަރަށް ގުޅޭ… ރާހުލް ރިޝްކާއަށް ބައްޕައެއްގެ ލޯބި ފުރިހަމައަށް ދޭނެ… އަންޖޫދާ ހާސްނުވޭ…” އަންޖޫދާ ވާހަކަ ދައްކަން އަނގަ ހުޅުވާލިތަނާ ނަޝްފާ ބުނެލިއެވެ. އެވަގުތު ތުންފަތަށް ހިނިތުންވުމެއް ގެންނަން މަސައްކަތް ކުރަމުން ނަޝްފާ އަންޖޫދާއާ ދިމާ ބަލާލިއެވެ.

“ނަޝްފާ ހީނުކުރައްޗޭ އަހަރެން ތި ދެމީހުންގެ ދޭތެރެއަށް ވަންނާނޭ… ތި ދެމީހުންގެ އުފާވެރި ދިރިއުޅުން ކުރިއަށް ގެންދޭ.. އިނގޭ ރިޝްކާ ތިދެމެދަށް ވަނީމަ އަސްލު ނަޝްފާއަށް ވެސް އުނދަގޫވާނެކަން..” އަންޖޫދާ މަޑުމަޑުން ބުނެލިއެވެ. އޭނާގެ ސަބަބުން ނަޝްފާއާ ރާހުލްގެ ދިރިއުޅުން ބަރުބާދުވާކަށް އޭނާ ނޭދެއެވެ. ރާހުލް އުފަލުގައި ހުރިހާ ހިނދެއްގައި އޭނާވެސް ރާހުލްއަށްޓަކާ އުފާކުރާނެއެވެ.

“ނޫނޭ އަންޖޫ… އެހެން ހީނުކުރައްޗޭ.. އަހަރެން ރިޝްކާއާ މެދުވެސް ދެކޭނީ ހަމަ އަމިއްލަ ދަރިއެއްގެ ގޮތުގަ… ރިޝްކާއާ ހެދި އަހަންނާ ރާހުލްއާ ދޭތެރޭގައި އެއްވެސް މައްސަލައެއް ނުޖެހޭނެ…” ނަޝްފާ ހިނިތުންވެލަމުން ބުނެލިއެވެ. ހަޤީޤަތުގައިވެސް ރިޝްކާ ރާހުލްގެ ދިރިއުޅުމަށް އައުމުން އޭނާ އުފާވިއެވެ. ރާހުލްއަށް ދަރިޔަކު ހޯދައިދޭން އޭނާއަށް ނުކުޅެދިފައިވަނިކޮށް ރިޝްކާގެ ހަޤީޤަތް އެނގުމުން ރާހުލް ވެސް އުފާވާނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް އޭނާ ވެސް އޭނާގެ ބަނޑުން ރާހުލްގެ ދަރިއެއް އުފަންކުރަން ބޭނުންެވެއެވެ. ކުރިން އެކަމަަށް އުންމީދުކުރިޔަސް މިހާރު އޭނާ އެ އުންމީދު ކަނޑާލިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި އެކަމާމެދު މާބޮޑަށް ނުވިސްނުމަށް އޭނާގެ ހިތުގައި ކަނޑައެޅިއެވެ. އަދި ރިޝްކާއާ މެދު އޭނާގެ އުފަންދަރިއެއް ފަދައިން ކަންތައް ކުރުމަށް އެ ހިތުގައި އަޒުމް ކަނޑައެޅިއެވެ.

ރިޝްކާގެ އަތުގައި ހިފައިގެން ރާހުލް ގޮސް މަޑުކޮށްލީ ބަގީޗާގައި ހުންނަ ސާމަރާދޫނި ކޮށި ކައިރީގައެވެ. ރިޝްކާ ހެވިފައި ކޮރު ޖަހަމުން ކޮށީގެ ތެރެ ފެނޭތޯ ބަލަން މަސައްކަތް ކުރާތަން ފެނުމުން ރާހުލް ރިޝްކާގެ މެދުހަށީގައި ހިފާ ހިއްލާލިއެވެ. އަދި ރިޝްކާ މައްޗައް އުފުލާލަމުން އޭނާގެ ކޮނޑުގައި ބޭންދިއެވެ. ރިޝްކާގެ މޫނުގައި އެވާ ހިނިތުންވުމުގެ ސަބަބުން ރާހުލްގެ ހިތަށް ލިބެމުން ދިޔައީ ބަޔާންކުރަން ދަތި ހިތްހަމަ ޖެހުމެކެވެ. ވޭތުވެ ދިޔަ ވަގުތު ތަކުގައި އެ ދެމެދުގައި ވަނީ ވަރުގަދަ ގުޅުމެއްގެ ބިންގަލެއް އެޅިފައެވެ.

“ބައްޕީ..” ރިޝްކާ  ގޮވާލުމާއެކު ރާހުލް ރިޝްކާ އުފުލާލުމަށްފަހު ތިރީގައި ބެހެއްޓިއެވެ.

“ކީކޭ ދަރިފުޅޫ؟” ރާހުލް ލޯތްބާއެކު ރިޝްކާގެ މޫނަށް ބަލާލަމުން އަހާލިއެވެ.

“ބައްޕި މިޔަދު ދާނަންދޯ ރިޝްކޮއާ އެކީ ގެއަށް.. މަންމިއާ ބައްޕިއާ ދެން އުޅޭނީ އެކީގަ ދޯ؟ ދޯ؟” ރިޝްކާ ވަރަށް އުފަލުން ހުރެ އަހާލިއެވެ. އެވަގުތު ރާހުލްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އުޑުފައިން ރިޝްކާ ގާތު އިށީނުމަށްފަހު އޭނާ ވާހަކަ ދައްކަން ފެށިއެވެ.

“ދަރިފުޅޫ… ބައްޕިއަކަށް ނުދެވޭނެ މަންމި އާ އެކީ އުޅޭކަށެއް….” އެވަގުތު ރިޝްކާގެ އުފާވެރި މޫނު މިލައިގެން ދިޔައީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. ދެރަވެފައި ހުރެ އޭނާ އެއީ ކީއްވެތޯ ސުވާލުކުރިއެވެ.

“ދަރިފުޅޫ.. ބައްޕި މަންމައާ އެކު ނޫޅުނަސް ބައްޕި ދަރިފުޅު ވަރަށް ގިނައިން ބައްޕިގެ ގެއަށް ގެންދާނަން… އަދި ބައްޕި ދަރިފުޅަށް ވަރަށް ބައިވަރު ހަދިޔާވެސް ގެނެސްދޭނަން… ޕާކަށް ވެސް ގެންގޮސްދޭނަން…” ރާހުލް ލޯތްބާއެކު ރިޝްކާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ރިޝްކާ ކުޑަކޮށް ހީލި ނަމަވެސް ކުރިން ފެނުނު އުފާވެރިކަމެއް އެ މޫނަކުން ނުފެނުނެވެ.

“އައިސްކުރީމް ވެސް ދޭންވާނެ…” ރިޝްކާ ތުންފިއްތާލަމުން އެހެން ބުނެލި ގޮތުން ރާހުލްއަށް ހެވުނެެވެ.

“ހޫމް… އައިސްކުރީމްވެސް ދޭނަން..” ރާހުލް ބުނެލިއެވެ. އެއާއެކު ރިޝްކާ ދަތްތައް އެއްކޮށް ފެންނަ ވަރަށް ހީލިއެވެ.

“ޕްރޮމިސް؟” ރިޝްކާ ބުނެލިއެވެ.

“ޕްރޮމިސް..” ރާހުލް ރިޝްކާގެ އަތްތިލައަށް ފިތާލަމުން ބުނެލިއެވެ. އިރުއޮއްސެން ކައިރިވުމާއެކު ރާހުލް ރިޝްކާގެ އަތުގައި ހިފައިގެން އަންޖޫދާމެން ތިބި ދިމާއަށް މިސްރާބުޖެހިއިރު އެ މޫނުމަތިން އޭނާ އުފާވެފައިވާ ވަރު ހާމަވެއެވެ. ކުރިން އޭނާ ހީކޮށްގެން ހުރީ ބައްޕާއޭ ކިޔާ ގޮވާލާނެ ދަރިޔަކު އޭނާއަށް ދުވަހަކުވެސް ނުލިބޭނެކަމަށެވެ. ނަމަވެސް އެއޮށްހާ ދުވަހު ކުރި ހިތާމަތަކަށް ރިޝްކާ ލުޔެއް ގެނަސްދީފިއެވެ. ދުވަހަކުވެސް އެ ދަރިފުޅަށް ދެރައެއް ލިބޭނެފަދަ ގޮތެއް މެދުވެރި ނުކުރެއްވުމަށް އެދި އޭނާ ހިތާހިތުން ދުޢާކޮށްލިއެވެ.

** ** **

ލޯގަނޑު ކުރިމަތީގައި ހުއްޓި ހުރި ރިޔާ އަދިވެސް އެއްފަހަރު އޭނާގެ އަމިއްލަ ސޫރައަށް ބަލާލިއެވެ.  ތުންފަތުގައި ލިޕްސްޓިކް ނުޖެއްސޭކަން ހަނދާންވުމުން އޭނާ ކަބަޑު ހުޅުވާލުމަށްފަހު އޭނާގެ މޭކަޕްސެޓް ނެގިއެވެ. ރަތް ލިޕްސްޓިކުން އޭނާގެ ތުންފަތް ރަތް ލޭކޮޅަކަށް ހަދާލެވުމުން އެ މޫނުމައްޗަށް ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ވެރިވިއެވެ. ލައިގެން ހުރި މަޑު ފެހި ކުލައިގެ ދޯބައްޓާ ހެދުމުގެ ކަނުގައި ހިފައި ކުޑަކޮށް ތިރިއަށް ދަމާލަމުން އޭނާ ކޮޓަރިން ނިކުންނަން ހިނގައިގަތެެވެ. ކޮޓަރީގެ ދޮރުފަތް ހުޅުވާލުުމާއެކު އޭނާއަށް އެރުނީ ޞާބިރާގެ ކުރިމައްޗަށެވެ.

ރިޔާ އެހާ ނަލަ ހެދިގެން ހުރުމުން ޞާބިރާ ރިޔާގެ ބޮލުން ފެށިގެން ފަޔަށް ބަލާލިއެވެ. ރިޔާ ޞާބިރާއަށް ކުޑަ ހިނިތުންވުމެއް ދެމުން އެދަނީ ބޭރަށް ގޮސްލަން ކަމުގައި ބުނެލިއެވެ. ޞާބިރާވެސް އިތުރު ބަހެއް ނުކިޔައި ރިޔާ ގެއިން ނިކުމެގެންދާތަން ބަލަން އެ ކޮޓަރި ދޮރުމަތީގައި ހުއްޓިގެން ހުރީ ވިސްނުމެއްގައެވެ. މިހާރަކަށް އައިސް ރިޔާ ވަރަށް ގިނައިން ބޭރަށް ދާކަން އޭނާއަށް ފާހަގަ ކުރެވެއެވެ. ކުރިން ޞާބިރާމެން މީހަކާ އެކު ނޫނީ ގެއިން ބޭރަށް ފިޔަވަޅެއްވެސް ނާޅާ ރިޔާއަށް އައިސްގެން އުޅޭ ކުއްލި ބަދަލާ މެދު ވިސްނާލަން އޭނާއަށް މަޖުބޫރުވިއެވެ. ރިޔާ އަކީ ރާހުލްގެ ދައްތަ ކަމުގައި ވިޔަސް އޭނާ ރިޔާއާ މެދު ދެކެނީ އަމިއްލަ ދަރިއެއް ގޮތުގައެވެ.

ސިޑިން ފައިބަމުން ރިޔާ ވިޝާންގެ ނަމްބަރަށް ގުޅާލީ ހިނިތުންވެ ހުރެއެވެ. ވިޝާން ފޯނު ނެގުމާއެކު ބަލާ އަންނާށޭ ބުނުމަށްފަހު އޭނާ ފޯނު ކަނޑާލިއެވެ. ތިރިއަށް ފޭބުމަށްފަހު އޭނާ މައްޗަށް ނަޒަރެއް ހިންގާލިއެވެ. ހީކުރިގޮތަށް ގޭގެ ބެލްކަނީގައި ޞާބިރާ އޭނާއާ ދިމާ ބަލަހައްޓައިގެން ހުއްޓެވެ. އޭނާ އާ ވިޝާންގެ ގުޅުން އަދި އެއްވެސް މީހަކަށް އަންގަން ބޭނުންނުވާތީ އޭނާ ފްލެޓްބަރިއާ ތަންކޮޅެއް ދުރަށް ދިޔައެވެ. ރޭގަނޑުގެ އެވަގުތު ހުޅުމާލޭގެ މަގުތަކުގައި ވަރަށް މަދު މީހަކު ނޫނީ ހަރަކާތްތެރިވާ ތަނެއް ނުފެނެއެވެ.

އިރުކޮޅެއްނުވެ ވިޝާން ސައިކަލުގައި އައިސް ރިޔާ އާ ދާދި ގާތުގައި ހުއްޓެލިއެވެ. ރިޔާ ރަކި ހިނިތުންވުމަކާއެކު ވިޝާންއަށް ބަލާލަމުން ގޮސް ސައިކަލު ފަހަތަށް އެރިއެެވެ.

“މައި ބޭބީ.. ހާދަ ލޯތްބޭ މިރޭ…” ވިޝާން ފަހަތަށް އެނބުރި ރިޔާ އާ ދިމާއަށް ބަލާލަމުން ބުނެލިއެވެ.

“ވިޝް ވެސް ވަރަށް ހޭންޑްސަމް..” ރިޔާ އެހެން ބުނެލުމުން ވިޝާން ވެސް ހީލުމަށްފަހު ސައިކަލު ދުއްވާލިއެވެ. ރިޔާ ވިޝާން އާ ގާތަށް ޖެހިލަމުން އެ އުނަގަނޑުގައި އޭނާގެ ދެއަތުން ވަށާލިއެވެ. ވިޝާން ގެ މިސްރާބު ހުރީ ފެރީ ޓާމިނަލްއާ ދިމާއަށެވެ. އެއީ މިހާރު ކޮންމެ ރެޔަކުވެސް އެދެމީހުންގެ އާދައެވެ. މާލެ ގޮސް ދެމީހުން އެކީ އުފާވެރި ވަގުތުތަކެއް ހޭދަނުކުރާ ރެއެއް މިހާރު މަދުވާނެއެވެ. ހީވެސް ނުކުރާހާ އަވަހަށް އެދެމީހުންގެ ގުޅުން ދިޔައީ ބަދަހިވަމުންނެވެ. ރިޔާ ވިޝާން ގާތު އޭނާއަކީ ބަންގްލަދޭޝް ކުއްޖެއް ކަމުގައި ބުނުމުންވެސް ވިޝާން އޭނާ ދޫކޮށް ނުދިއުމުން އޭނާއަށް ޔަޤީންވީ ވިޝާން އޭނާ ދެކެ ހަޤީޤަތުގައިވެސް ލޯބިވާކަމުގައެވެ. އޭނާވެސް ވިޝާން ދެކެ ވަނީ ސާފު ލޯތްބެވެ.

** ** **

އެނދުގައި އޮށޯވެގެން އޮތް އަންޖޫދާގެ ނަޒަރު ހުއްޓިފައިވަނީ އޭނާއާ ދާދި ގާތުގައި ނިދާފައި އޮތް ރިޝްކާގެ މޫނަށެވެ. ނިދާފައި އޮތް އިރުވެސް އެ މޫނުގައި ހިނިތުންވުމެއް ވާތަން ފެނި އަންޖޫދާއަށް ވެސް ބޭއިޚްތިޔާރުގައި ހީލެވުނެވެ. ގެއަށް އައިސް ހުއްޓުމެއް ނެތި ރިޝްކާ ދައްކާފައި ވަނީ ރާހުލްގެ ވާހަކައެވެ. އާމިނާއަށް އެވާހަކަތައް އަޑުއިވުމުން އެ މޫނުމަތީގައިވާ ނުރުހުުންވުން އަންޖޫދާއަކަށް ސިއްރެއް ނުވިއެވެ. ނަމަވެސް އާމިނާ ކިތަންމެ ނުރުހުނަސް އޭނާ ރިޝްކާއަށް ރާހުލްގެ ލޯބި ހޯދައިދޭނެއެވެ. އޭނާ އަބަދުވެސް ބޭނުންވަނީ ރިޝްކާ އުފަލުގައި ބަހައްޓާށެވެ. ރާހުލް ފެނުމުން އެ ހިތަށް ކިތަންމެ އަސަރެއް ކުރިޔަސް އޭނާ ރިޝްކާއަށްޓަކާ ކެތްކުރާނެއެވެ.

ނިއުޅާލާފައިވާ އިސްތަށިގަނޑުގައި ހުޅިއެއް ޖަހަމުން އަންޖޫދާ ތެދުވިއެވެ. ކޮޓަރިން ނިކުމެ ބަދިގެއާ ދިމާއަށް މިސްރާބު ޖެހީ ބާކީ ހުރި ރިހަކޮޅު ހޫނުކުރުމުގެ ބޭނުމުގައެވެ. ބަދިގެ ލައިޓު ޖައްސާލަމުން އަންޖޫދާ ގޮސް އުނދުން ކައިރީގައި ހުއްޓުނެވެ. ތެލި އުނދުނަށް ލައި ރޮއިކޮށްލަމުން އޭނާ ސިންކު ކައިރިއަށް ޖެހެލީ ހަޑިވެފައި ހުރި ތަށިތައް ދޮންނާށެވެ.

“މަ އެވަރަށް ބުނީމަ ވެސް އެ ރާހުލް ކައިރިއަށް ރިޝްކާ ގެންދިޔައީއޭ ދޯ…” އާމިނާގެ އަޑަށް އަންޖޫދާ ކުޑަކޮށް ސިހިފައި ފަހަތް ބަލާލިއެވެ. އޭރު އުނަގަނޑުގައި ދެއަތް ވިއްދައިގެން ބަދިގޭ ދޮރުމަތީގައި އާމިނާ ހުއްޓެވެ. އާމިނާ ފެނުމުން ވީ ފޫއްސެއްގެ ބޮޑުކަމުން އަންޖޫދާ އަތުގައި ހުރި ތަށިވެސް ސިންކަށް ވައްޓާލިއެވެ. އަދި ދެބުމަ ގޮށް ޖަހާލަމުން އާމިނާއާ ދިމާއަށް އެނބުރުނެެވެ.

“މަންމާ.. ޕްލީސް… މިކަމާ ނުބެހި ހުރެބަލަ.. އާދޭސް މިކުރަނީ… އަހަރެން ބޭނުމެއް ނޫނޭ ރިޝްކާ ބައްޕައެއްގެ ލޯބިން މަހުރޫމު ވާކަށް…” އަންޖޫދާ ވާހަކަ ދެއްކީ މަޑުން ނަަމަވެސް އެއަޑުގައި ނުރުހުން އެކުލެވިގެންވިއެވެ.

“ރާހުލް ނޫނަސް ރިޝްކާއަށް ބައްޕައެއްގެ ލޯބި ދޭނެ މީހުން ތިބޭނެ… އަހަރެން އަންޖޫދާގެ ކައިވެނި އެފަދަ މީހަކާ ހަމަޖައްސާފިން…” އާމިނާ އެ ބުނެލި ވާހަކައިގެ ސަބަބުން އަންޖޫދާ ސިހުންވިއެވެ. ދެލޯ ބޮޑުކޮށްގެން ހުރެ އޭނާ އާމިނާއާ ދިމާ ބަލާލިއެވެ.

“ކީކޭ؟ ކާކާ؟ މަ ނީންނާނަން މީހަކާ… މަ ބޭނުމެއް ނޫން.. މަށަށް ކެތް ވެދާނެ މީހަކާ ނީންދެ…” އަންޖޫދާ ގާތު އަހާވެސްނުލާ އާމިނާ އެފަދަ ނިންމުމެއް ނިންމީތީ ވެފައި ހުރި ދެރައިންނާއި އައިި ރުޅިން އޭނާ އަށް ވާހަކަ ދެއްކުނީ ދަތްކުނޑި ވިކައިގެން ހުރެއެވެ.

“މާހިނު އެނގޭތަ؟ އެއީ ރިޝްކާ ދާ ސްކޫލުގެ ޕްރިންސިޕަލް… އޭނަ މިގެއަށް އައިސް އަންޖޫދާ ކަމުދާ ވާހަކަ ދެއްކީ… އަންޖޫ ވިސްނާލަބަލަ.. މާލޭގަ އޭނާގެ ގެދޮރު އެބަހުރި.. އޭނަ ތަނަވަސް… އަނެއްކާ އޭނާ އެހުރީ ރިޝްކާ އަށް ވެސް ބައްޕައެއްގެ ލޯބި ދޭގޮތަށް… މިފަދަ ފުރުސަތެއް ދެން އަންޖޫއަަށް ލިބޭނެތަ؟ އެހެންވެ އަހަރެން މާހިން ގާތު ބުނެފިން އަންޖޫ ވެސް އޭނާއާ އިންނަން ރުހި ގަބޫލޭ…” އާމިނާ އަންޖޫދާއަށް ވިސްނައިދޭން މަަސައްކަތް ކުރާ ފަދަ ގޮތަކަށް ބުނެލިއެވެ. އާމިނާ ދެއްކި ވާހަކަތަކުން އަންޖޫދާ ހުރީ ރަނގަޅަށް ވެސް ކޮސްވެފައެވެ. އޭނާ ގާތު ނާހާ އެފަދަ ނިންމުމެއް އާމިނާ ނިންމަން ވެދާނެ ހެއްޔެވެ؟ އޭނާ ރާހުލް ނޫން މީހަކާ ކައިވެނި ކޮށްފި ނަމަ އެކަމުން ރިޝްކާއަށް ކުރާނެ އަސަރާމެދު އާމިނާ އެއްފަހަރުވެސް ނުވިސްނާލީ ކީއްވެގެން ހެއްޔެެވެ؟ ރިހަ ތެލި ކެކޭތަން ފެނުމާއެކު އޭނާ އަަވަސް އަވަހަށް އުނދުން ނިއްވާލުމަށްފަހު އާމިނާ ހުރަސްކޮށް ބާރު ބާރަށް ބަދިގެއިން ނިކުމެގެން ދިޔައިރު އެދެލޮލުން ކަރުނަ ހިލެފައި ވިއެވެ.

(ނުނިމޭ)

27
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Liaa

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ޝެލީން 22

Next

ހިތް ބޭނުމޭ..12

Next
December 6, 2016

ހިތް ބޭނުމޭ..12

Previews
December 6, 2016

ޝެލީން 22

14 Comments

  1. Liaa says:
    December 6, 2016 at 9:36 pm

    Hello everyone..
    It has been a long time.. I missed u all… 🙁
    Ingey stry up nuwegen gina kudhin thibeyny angry vefa kan… But Liaa lap halaaku vegen ulheythy las vanii…
    Next part veehaaves avahah genas dheynan Insha Allah
    Love u all <3
    Feel free to leave ur comments

  2. Kiyaa says:
    December 6, 2016 at 9:56 pm

    Aley v v inthizaru kohfa huhtaa
    Ummmmwah
    Mi story kiyaa hithun nunidhey hamayah…..

    1. Liaa says:
      December 6, 2016 at 10:12 pm

      Thankyw Kiyaa 🙂

  3. ~minty~ says:
    December 6, 2016 at 10:01 pm

    Alhey liaa I missed u nd this story soooo much?..i thought dhn up nukuraane kmh..but finally up kureema vrhhhh happyy?..thanksss…mi bai vx vrh reethi..next part thankolheh avahah genexdhehchey pls pls ?…

    1. Liaa says:
      December 6, 2016 at 10:13 pm

      Thankyw so much minty 🙂
      stry nunimmaa Liaa dhookosheh nulaanan…

  4. Aishu says:
    December 6, 2016 at 10:02 pm

    Haadha inthizaaru kuri fahunney thi up kury…. V reethi. Next part avas plz

  5. lee says:
    December 6, 2016 at 10:10 pm

    VVVVVVVVVVVV HADI>>>>
    Anju and raahul guluvafiyaa nukiyanan….

    1. Liaa says:
      December 6, 2016 at 10:13 pm

      Thankyw fr reading lee..

  6. Nooo says:
    December 6, 2016 at 10:34 pm

    Varah reethi…for me rythi vaane anju n rahul gulhuvyma…cox anju n rahun stil loves each other…

  7. Herrr says:
    December 7, 2016 at 1:00 am

    Haadha inthizaareh kurevijjeyea mi vaahaka ah. Finally libijje dho kiyaalan.. varah reethi… Liaa vaane ekam dhen avas kohdhean

  8. Thaany says:
    December 7, 2016 at 6:28 am

    Haadha dhigu inthixaare key mi kurevunee mi story kiyaa hithun thaany heekuree lia dhn story liun huttaalee kamah dhera vgn hutta mi up v

  9. ?mixoo says:
    December 7, 2016 at 9:12 am

    avahah upnkurahchey dhen oyy bai.
    salhi mibaives

  10. Liaa says:
    December 7, 2016 at 11:12 am

    Thankyw all for waiting patiently 🙂
    U guys are the best <3

  11. Gorgeous says:
    December 7, 2016 at 5:00 pm

    Salhi..

Comments are closed.

All Right Reserved!