Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެ ލޯބި އަސްލު ހައްޤޭ (7 ވަނަ ބައި)

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
December 7, 2016 7 Mins Read
23 Comments

“މާހިނު އެނގޭތަ؟ އެއީ ރިޝްކާ ދާ ސްކޫލުގެ ޕްރިންސިޕަލް… އޭނަ މިގެއަށް އައިސް އަންޖޫދާ ކަމުދާ ވާހަކަ ދެއްކީ… އަންޖޫ ވިސްނާލަބަލަ.. މާލޭގަ އޭނާގެ ގެދޮރު އެބަހުރި.. އޭނަ ތަނަވަސް… އަނެއްކާ އޭނާ އެހުރީ ރިޝްކާ އަށް ވެސް ބައްޕައެއްގެ ލޯބި ދޭގޮތަށް… މިފަދަ ފުރުސަތެއް ދެން އަންޖޫއަަށް ލިބޭނެތަ؟ އެހެންވެ އަހަރެން މާހިން ގާތު ބުނެފިން އަންޖޫ ވެސް އޭނާއާ އިންނަން ރުހި ގަބޫލޭ…” އާމިނާ އަންޖޫދާއަށް ވިސްނައިދޭން މަަސައްކަތް ކުރާ ފަދަ ގޮތަކަށް ބުނެލިއެވެ. އާމިނާ ދެއްކި ވާހަކަތަކުން އަންޖޫދާ ހުރީ ރަނގަޅަށް ވެސް ކޮސްވެފައެވެ. އޭނާ ގާތު ނާހާ އެފަދަ ނިންމުމެއް އާމިނާ ނިންމަން ވެދާނެ ހެއްޔެވެ؟ އޭނާ ރާހުލް ނޫން މީހަކާ ކައިވެނި ކޮށްފި ނަމަ އެކަމުން ރިޝްކާއަށް ކުރާނެ އަސަރާމެދު އާމިނާ އެއްފަހަރުވެސް ނުވިސްނާލީ ކީއްވެގެން ހެއްޔެެވެ؟ ރިހަ ތެލި ކެކޭތަން ފެނުމާއެކު އޭނާ އަަވސް އަވަހަށް އުނދުން ނިއްވާލުމަށްފަހު އާމިނާ ހުރަސްކޮށް ބާރު ބާރަށް ބަދިގެއިން ނިކުމެގެން ދިޔައިރު އެދެލޮލުން ކަރުނަ ހިލެފައި ވިއެވެ.

ކޮޓަރިއަށް ވަދެވުމާއެކު އަންޖޫދާގެ ބަޑި ފަޅައިގެން ދިޔައެވެ. ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއިރު އަޑު ބޭރުވެ ނުދިނުމަށްޓަކާ އޭނާ އެއްއަތުން އަނގަމަތީގައި އަތް އަޅާލިއެވެ. އެނދުމަތީގައި ނިދާފައި އޮތް ރިޝްކާ ފެނުމުން އޭނާ އިތުރަށް ދެރަވާ ގޮތް ވިއެވެ. ރިޝްކާއަށްޓަކާ އާމިނާގެ ހިތުގައި އެއްވެސް ލޯތްބެއް ނުވާކަން މިޔަދު އޭނާއަށް އެނގު ހާމަވެއްޖެއެވެ. ރާހުލް ނޫން އެހެން މީހަކު ރިޝްކާގެ ބައްޕަގެ މަޤާމަށް ގެންނަން އާމިނާ އުޅޭނީ އެހެންވެގެންނެވެ. ރިޝްކާގެ މައުސޫމު ކަމާ ލޯބިކަން ފެނިފައި އާމިނާގެ ހިތަށް ހަމަ އެއްވެސް އަސަރެއް ނުކުރަނީ ހެއްޔެވެ؟ ދެލޯ ފުހެލަމުން އަންޖޫދާ މަޑުމަޑުން ހިނގާފައި ގޮސް ރިޝްކާ ގާތުގައި އޮށޯވެލިއެވެ.

“މާހިން..” އަންޖޫދާއަށް މަޑުމަޑުން މާހިންގެ ނަން ކިޔާލެވުނެވެ. މާހިން އަކީ ވެސް ބަލާލަން ހުތުރު މީހެއް ނޫނެވެ. އޭނާގެ ވާހަކަ ދެއްކުމުގައި ހިތްހެޔޮަކަން އެކުލެވިގެންވެއެވެ. އަދި އޭނާ ރިޝްކާއާ ގާތް ގޮތެއް ބަހައްޓާކަން ވެސް އަންޖޫދާއަށް އެނގެއެވެ. ނަމަވެސް އޭނާ މާހިންއާ ކައިވެނިކުރާނީ ކިހިނަކުން ހެއްޔެވެ؟ މާހިން އާ ކައިވެނިކުރި ނަމަވެސް އަންބެއްގެ ފަރާތުން ދޭން ޖެހޭ ހައްޤުތައް އޭނާއަށް އަދާކުރެވޭނެ ކަމާމެދު ޝައްކެވެ. އެ ހިތުގައި އަދިވެސް ވަނީ ރާހުލްގެ ތަސްވީރެވެ. ރާހުލް ނޫން އެހެން މީހެއް ދެކެ އޭނާއަށް ދުވަހަކުވެސް ލޯތްބެއް ނުވެވޭނެއެވެ. ދެލޯ މަރާލަމުން އޭނާ ރާހުލްގެ ހިޔާލުތަކާ ދުރުވާން މަސައްކަތް ކުރިއެވެ.

** ** **

ހެނދުނު ހޭލެވުނުއިރު ރިޔާގެ ހިތް އާދަޔާ ޚިލާފަށް ބާރަށް ތެޅެމުން ދިޔައެވެ. ރޭގައި ވިޝާން އޭނާ ގާތު ދެއްކި ވާހަކަތަކާމެދު އޭނާއަށް ވިސްނެނީއެވެ. މިޔަދުގެ ވަގުތެއްގައި ވިޝާން އެގެއަށް އައިސް އޭނާއާ ވިޝާންގެ ކައިވެނީގެ ވާހަކަ ރާހުލް ގާތު ދައްކާނެކަމަށް ވިޝާން ބުނެފައިވެއެެވެ. ރިޔާ ވެސް މިހާރު ބޭނުންވަނީ ވީހާވެސް އަވަހަށް ވިޝާންއާ އިންނާށެވެ. އިތުރަށް ވިޝާންއާ ދުރުގައި ހުންނާކަށް އޭނާގެ ހިތެއް ނޭދެއެވެ. ނަމަވެސް ރާހުލް މި ކައިވެންޏާ ދޭތެރޭ ޤަބޫލުނުވެދާނެތީ އޭނާގެ ހިތް ބިރުގަންނަނީއެވެ.

ތެދުވެގެން ނިކުތް އިރު ޞާބިރާ ބަދިގޭގައި އުޅެއެވެ. ރިޔާ ވެސް ބަދިގެއަށް ވަދެ ޞާބިރާއަށް އެހީވެދޭން ފެށިއެވެ. ވިޝާން އައުމުގެ ކުރިން އޭނާ ގޭ އެންމެން ގާތު ވިޝާންގެ ވާހަކަ ބުނަން ބޭނުންވެއެެވެ. ޖެހިލުންވެ ހުރެ އޭނާ ޞާބިރާއާ ވާހަކަ ދައްކަން ފެށިއެވެ.

“ދައްތާ.. އަހަރެން މީހަކާ އިންނަން ބޭނުން..” ދެއަތް ދެއަތާ މޮޑެމުން ރިޔާ މަޑުމަޑުން ބުނެލިއެވެ. ރިޔާ ދައްކާ ވާހަކައަށް ކަންފަތް ދީގެން ހުރި ޞާބިރާ ކުރަން ހުރި ކަންތައް ހުއްޓާލުމަށްފަހު ރިޔާއާ ކުރިމަތިލިއެވެ.

“ދައްތަ ކައިރީ ހާދަލަހުންނޭ ރިޔާ ތިބުނީ… ވަރަށް ގިނަ ދުވަސް ވެއްޖެ ދޯ ތި މީހަކާ ރައްޓެހިވެގެން އުޅޭތާ؟” ކުޑަކޮށް ނުރުހިފައި ޞާބިރާ ސުވާލުކޮށްލިއެވެ.

“އުހުން.. އެހާ ގިނަ ދުވަހެއް ނުވޭ…” ޞާބިރާ ހިތްހަމަ ނުޖެހުނީކަމަށް ހީކޮށް ރިޔާ އަވަސް އަވަހަށް ބުނެލިއެވެ.

“އެއީ ކޮން ކުއްޖެއްތަ؟ ދައްތައަށް ދައްކާނީ ކޮން އިރަކުންތަ؟” މި ފަހަރު ޞާބިރާ ވާހަކަ ދެއްކީ ތަންކޮޅެއް މަޑުމައިތިރި ކަމާއެކުގައެވެ. ރިޔާ ވިޝާންއާ ބެހޭ އެކި ވާހަކަތައް ޞާބިރާއާ ހިއްސާކުރަމުން ދިޔައެވެ. އަދި ރާހުލް ގާތު އެވާހަކަ ދައްކައިދިނުމަށްވެސް އެދުނެވެ. ޞާބިރާ ހީލުމަށްފަހު އެއީ އެއްވެސް ކަމެއް ނޫނޭ ބުނެލިއެވެ. މަތިން ހިނިތުންވެލައިގެން ހުރި ނަމަވެސް ޞާބިރާގެ ހިތް ވަނީ ނުތަނަވަސް ވެފައެވެ. ކުރިން ވެސް ރިޔާ ކައިވެންޏެއް ކުރިކަން ޞާބިރާއަށް ވަނީ ރާހުލްގެ ފަރާތުން އެނގިފައެވެ. އަދި ކުރީގެ ފިރިމީހާ ރިޔާއަށް ދިން އަނިޔާތަކުގެ ވާހަކަވެސް އޭނާއަށް އެނގެއެވެ. ރިޔާގެ މިފަހަރުގެ ހޮވުން ގޯސްވެއްޖެނަމަ ވާނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ރިޔާ އެ އިންނަން އުޅޭ މީހާ އަކީ ވެސް ކުރީގެ ފިރިމީހާ ފަދަ އަނިޔާވެރިއަކަށް ވެއްޖެނަމަ ރިޔާ މުޅިން ދިރިއުޅުމުގެ މަތިން ފޫހިވާނެކަން ޔަޤީނެވެ.

** ** **

ސްކޫލު ނިންމާފައި ނިކުތް އިރު ރިޝްކާގެ މޫނުމަތީގައިވަނީ ފުޅާ ހިނިތުންވުމެކެވެ. އަންޖޫދާގެ އަތުގައި ހިފާލައިގެން އޭނާ ހިނގަމުން ދިޔައިރު ހުއްޓުމެއްނެތި ރާހުލް ކައިރިއަށް ދާން ބޭނުންވާ ވާހަކަ ބުނަމުން ދިޔައެވެ.

“މަންމީ.. ބުނީމެއްނު ބައްޕި އުޅެނީ ހުޅުމާލޭގައޭ… މިކޮޅުގައޭ… ހިނގާބަ ބައްޕިގެ ގެއަށް ދާން… ” ރިޝްކާ އާދޭސްކުރަމުން ދިޔައެވެ.

“ދޫނީ… ބައްޕި ނޭނގެއެއްނު މިގަޑީގަ ގޭގަ އުޅޭނެ ކަމެއް ވެސް…” އަންޖޫދާ އެކި ވާހަކަ ދައްކައިގެން ރިޝްކާ ފެރީ ޓާމިނަލާ ދިމާއަށް ގެންދެވޭތޯ އުޅުނެވެ. ނަމަވެސް ރިޝްކާ ބޮޑާ ހާކާލާފައި މަގުމަތީގައި ހުއްޓި ހުރީއެވެ. ރާހުލްއާ ބައްދަލުކޮށްފައި ނޫނީ މާލެ ދާކަށް އޭނާ ބޭނުމެއް ނުވެއެވެ.

ސްކޫލުގެ މަސައްކަތްތައް ނިންމާފައި ނިކުތް ނަޝްފާއަށް ސްކޫލާ މާދުރުނޫން ހިސާބެއްގައި މަޑުކޮށްލައިގެން ތިބި އަންޖޫދާ އާ ރިޝްކާ ފެނުމުން އޭނާ އެދިމާއަށް މިސްރާބުޖެހީ އެ ދެމައިންނާ ވާހަކަ ދައްކާލުމުގެ ނިޔަތުގައެވެ. އޭނާ އެދިމާއަށް އަންނަތަން ފެނުމުން ރިޝްކާ ދަތްތައް އެއްކޮށް ފެންނަ ވަރަށް ހީލިއެވެ.

“މަންމީ.. އެެއޮށް އަންނަނީ ބައްޕިއާއެކީ އުޅޭ ދައްތަ… އެ ދައްތަ ގާތު ބުނާނީ ބައްޕި ކައިރިއަށް ގެންދާށޭ… ދޯ؟” ރިޝްކާ ނިކަން އުފަލުން ހުރެ އަންޖޫދާ ގާތު ބުނެލިއެވެ.

“ރިޝްކޯ… ކީއްވެ މިތާ މަޑުކޮށްގެން ތި ހުރީ؟” ރިޝްކާމެންނާ ހިސާބަށް އައިސް ހުއްޓެލަމުން ނަޝްފާ ވާހަކަ ދެއްކީ ރިޝްކާގެ ކޮލުގައި ހިފާލަމުންނެވެ.

“ރިޝްކޮ ނުދާންވެގެން ބޮޑާ ހާކަނީއޭ ދޯ ރިޝްކޯ.. ބައްޕަ ކައިރިއަށް ގޮސްފައޯ ދާނީ ކިޔާފަ..” އަންޖޫދާ ހީލަމުން ނަޝްފާއާ ވާހަކަ ދެއްކިއެވެ.

“އެއީ ތެދެއް ރިޝްކޯ؟ މިގަޑީގަ ރިޝްކޮގެ ބައްޕި ވާނީ މަސައްކަތު ގޮސް… އެކަމުވެސް ހިނގާ ބައްޕިމެން ގެއަށް ގޮސްލާފަ ދާން..” ނަޝްފާ ރިޝްކާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ރާހުލް ނޫޅޭކަން އުޅޭތީ ރިޝްކާ ކުޑަކޮށް މާޔޫސްވި ނަމަވެސް ބައްޕަގެ ގެއަށް ދެވޭތީ އޭނާ ހުރީ ވަރަށް އުފާވެފައެވެ.

“ދައްތަ ވެސް އުޅެނީ ބައްޕިމެން ގޭގަތަ؟” ރިޝްކާ އެކޮށްލި ސުވާލުން ނަޝްފާއަށް ބަލާލެވުނީ އަންޖޫދާގެ މޫނަށެވެ. އެ މޫނުމަތިން އޭނާއަށް ކުޑަ ވަރެއްގެ ހާސްކަމެއް ފެނުނެވެ.

“ދައްތަ ނުކިޔާ… ދެން ދައްތަ ނުކިޔައްޗޭ… މީ ވެސް ރިޝްކޮގެ މަންމިއެއް ކަމަށް ހީކޮށްލާ އިނގޭ… މީގެ ފަހުން ރިޝްކޮ މި ދައްތިއާ ދިމާއަށް ކިޔާނީ ކުޑަ މަންމި… އިނގޭ..” ނަޝްފާ ލޯތްބާއެކު ރިޝްކާ ގާތު އެހެން ބުނެލުމުން ރިޝްކާ ބޯ ޖަހާލީ ކުޑަކޮށް ހައިރާންވެ ހުރެއެވެ. ރިޝްކާގެ ކުޑަ އަތުގައި ހިފައިގެން އޭނާ އުޅޭ ފުލެޓު ބަރިއާ ދިމާއަށް ހިނގައިގަންނަމުން ނަޝްފާ އަންޖޫދާއަށް ބަލާލިއެވެ. އަންޖޫދާ ހީލާފައި ބޯ ޖަހާލި ގޮތުން އެ ހިތަށް ހިތްހަމަޖެހުން ލިބުނެވެ.

ގެއަށް ވަދެފައި ނަޝްފާ ފުރަތަމަވެސް ގޮވާލީ ޞާބިރާއަށެވެ. އޭނާ އާ ރާހުލް ޞާބިރާއަށް ރިޝްކާގެ ހަޤީޤަތް ކިޔައދިނީއްސުރެ ޞާބިރާ ހުންނަނީ ރިޝްކާ ދެކިލާ ހިތުން ކެތް މަދުވެފައެވެ. ކުރިން އޭނާ ރާހުލްއާ މެދު ހިތްހަމަ ނުޖެހުނު ނަމަވެސް ނަޝްފާ ވިސްނައިދިނުމުން އޭނާ ހަމައަކަށް އެޅުނެވެ.

“މަންމާ! ބަލާބަލަ މިއޮއް އައީ ކޮން ކުއްޖެއްކަން..!” ނަޝްފާ ހެވިފައި އެހެން ގޮވާލުމާއެކީ ޞާބިރާ ކޮޓަރިން ނިކުމެގެން އައެވެ. ފަހަތުން ކަހަލަ ގޮތަކަށް ރިޔާ ވެސް އައެވެ. ނަޝްފާ ގާތުގައި އެހުރީ ކޮންބައެއްކަން ނޭނގިފައި ޞާބިރާއަށް ހިނދުކޮޅަކު ބަލަހައްޓައިގެން ހުއްޓެވެ. ނަމަވެސް އަންޖޫދާ އެނގުމާއެކު ދެން އެހުރީ ރިޝްކާ ކަން އޭނާއަށް ދެނެގަނެވުނެވެ. ހިނިތުންވެލަމުން އޭނާ ރިޝްކާއާ އަންޖޫދާ ގާތު އިށީންނަން އަންނާށޭ ބުނެލިއެވެ.

ރިޔާ ގާތު އެ މީހުންނަށް ޖޫސް ގިރަން ބުނުމަށްފަހު ޞާބިރާ އަންޖޫދާ އާ ރިޝްކާއާ ވާހަކަ ދައްކާލަން ސޯފާގައި މަޑުކޮށްލިއެވެ. ޖެހިލުންވެ ހުރެ ނަމަވެސް އަންޖޫދާ ޞާބިރާ ކުރި ހުރިހާ ސުވާލަކަށް ޖަވާބު ދެމުން ދިޔައެވެ.

“ރިޝްކާ ދަރިފުޅާ.. މީ ވެސް ދަރިފުޅުގެ މާމައެކޭ ހީކޮށްލާ އިނގޭ…” ރިޝްކާގެ ބޮލުގައި ލޯބިން ފިރުމާލަމުން ޞާބިރާ އެހެން ބުނެލި ވަގުތު އަންޖޫދާގެ ދެލޮލުން ކަރުނަ ފާއްދާލީ އެއެންމެންވެސް ރިޝްކާ ދެކެ ވާ ލޯބި ފެނިފައެވެ.

ތަބަކަކަށް ދެ ޖޫސްތަށި ލައިގެން ރިޔާ އައިސް ކުރިމަތީގައި ހުރި މޭޒުގައި ބެހެއްޓުމަށްފަހު ގޮސް ޞާބިރާ ގާތުގައި އިށީނެވެ. އެއާއެކު ޞާބިރާ ލޯތްބާއެކު ރިޝްކާގެ ތުނބުގައި ޖޫސްތަށި ޖައްސަމުން އަންޖޫދާއަށް ރިޔާ ތަޢާރަފުކޮށްދިނެވެ. ރިޔާއަށް ވެސް އެއީ ރާހުލްގެ ދަރިއެއްކަން އެނގުމުން އެ ހިތް ރިޝްކާއަށްޓަކާ ލޯބިން ފުރިފައިވިއެވެ.

އެގޭގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު އަންޖޫދާ ރިޝްކާ ގޮވައިގެން ފެރީ ޓާމިނަލާ ދިމާއަށް މިސްރާބު ޖެހިއެވެ. އެކުގައި ރިޔާއާ ނަޝްފާ ވެސް ދިޔައީ އެދެމީހުން ޓާމިނަލްއާ ހަމައަށް ލައިދިނުމަށެވެ. ފެރީއަށް އެރި އިރު ވެސް ރިޝްކާ ހުއްޓުމެއް ނެތި ނަޝްފާ އާ ޞާބިރާ އަދި ރިޔާގެ ރަނގަޅު ވާހަކަ ދައްކަމުން ދިޔައެވެ. އެ ވާހަކަތައް އަޑު އަހަން ހުރި އަންޖޫދާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އެހާ ލޯބި އާއިލާއެއް ލިބިފައި ވުމުން ރާހުލް ކިހާ ނަސީބު ގަދަހެއްޔޭ އަންޖޫދާގެ ހިތަށް އަރަމުން ދިޔައެވެ. އަބަދުވެސް ރާހުލްއަށް ރަނގަޅު ގޮތް ދެއްކެވުން އެދި އޭނާ ހިތާހިތުން ދުޢާކޮށްލިއެވެ.

** ** **

މަސައްކަތު ނިންމާފައި ރާހުލްއަށް ހުޅުމާލެ އާދެވުނީ ހަވީރު ވަނިކޮށެވެ. ހެނދުނު ޞާބިރާ ރިޔާ ކައިވެނިކުރަން ބޭނުންވާ މީހަކު ހުރިކަމަށް ބުނުމުން އޭނާ ވަނީ ރިޔާ ގާތު ހަވީރު ގަޑީގައި އެ މީހަކު އެ ގެއަށް ގެނައުމަށް ބުނެފައެވެ. ކުރިން ކުރި ކައިވެނި ކާމިޔާބު ނުވިކަމުގައި ވިޔަސް އޭނާގެ ދައްތަ މީހަކާ ނީންދެ އެގޮތުގައި މުޅި އުމުރު ހޭދަކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ.

ފެންވަރައި ތާޒާ ވެލައިގެން ރާހުލް ކޮޓަރިން ނިކުތް އިރު ޞާބިރާ އާ ނަޝްފާ ސިޓިންގރޫމު ސޯފާގައި އިނެވެ. ރިޔާ ކޮބައިތޯ އަހާލުމުން އަދި ރީތިވަނީ ކަމުގައި ޞާބިރާ ބުނީ ހެވިފައި އިނދެއެވެ. ރާހުލް ވެސް ހީލުމަށްފަހު ގޮސް ނަޝްފާ ގާތު އިށީނެވެ.

ރިޔާ ކޮޓަރިން ނިކުމެގެން އައިތަނާ ގޭގެ ބެލް ޖަހާލި އަޑު އިވިގެން ދިޔައެވެ. އެންމެންގެ މޫނަށް ބަލާލުމަށްފަހު އެއައީއޭ ބުނެ އޭނާ ގޮސް ގޭގެ ދޮރުފަތް ހުޅުވާލިއެވެ. ވިޝާންގެ އަތުގައި ހިފައިގެން ރިޔާ ގޭތެރެއަށް ވަދެ އެންމެންގެ ކުރިމަތީގައި ހުއްޓެލިއެވެ.

“މީ ވިޝާން… ވިޝް.. މީ އަހަރެންގެ ކޮއްކޮ ރާހުލް.. ދެން މީ ރާހުލްގެ އަންހެނުން ނަޝްފާ… ދެން މީ ނަޝްފާގެ މަންމަ…” ރިޔާ ފަހަރަކު މީހަކު ދައްކައި ވިޝާން އަށް ތަޢާރަފުކޮށްދިން އިރު އެ ތިން މީހުންނަށް ވެސް ހުރެވުނީ ދެލޯ ބޮޑުކޮށްގެން ވިޝާންއާ ދިމާއަށް ބަލާށެވެ. ވިޝާންއަށް ވެސް ނަޝްފާ އާ ޞާބިރާ އަދި ރާހުލް ފެނުމުން ކުޑަ ޝޮކެއް ލިބިގެން ދިޔައެވެ.

“ވިޝާން!” ނަޝްފާއަށް ވިޝާންގެ ނަމުން ގޮވާލެވުނީ ތަންކޮޅެއް ބާރަށެވެ. ރަށުގައި އުޅުނު އިރު ވިޝާން އަންޖޫދާއާ ގަދަކަމުން ބެހެން އުޅުނު ވާހަކަ އޭނާއަށް ވެސް އިވިފައިވިއެވެ. އެހެން ނޫނަސް ވިޝާން އަކީ އެރަށުގައި އުޅޭ އެންމެ ގޯސް ގުރޫޕުގަނޑާ އެކު އުޅުނު މީހެކެވެ.

ނަޝްފާ ވިޝާންއަށް ގޮވާލުމުން ރިޔާ ހައިރާންވެފައި އެއްފަހަރު ވިޝާންއަށް، އަނެއް ފަހަރު ނަޝްފާއަށް ބަލަމުން ގެންދިޔައެވެ. އަދި ރާހުލްގެ މޫނުމަތީގައިވި ރުޅިވެރިކަންވެސް ރިޔާ އަކަށް ސިއްރެއް ނުވިއެވެ. ވާނުވާ ނޭނގިފައި އޭނާ ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ގެންދިޔައެެވެ.

“ނަޝްފާ… ދަންނަންތަ ވިޝާން؟” ރިޔާ ހައިރާންވެ ހުރެ އެހެން އަހާލުމުން ނަޝްފާ ބޯ ޖަހާލިއެވެ.

“އާ.. އެއީ ރަށު މީހެއް…” ނަޝްފާ މަޑުމަޑުން ބުނެލިއެވެ. އޭރުވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އިސްޖަހައިގެން ހުރި ވިޝާން އާއެވެ.

“އެހެން ވިއްޔާ މި ވީ މާ ރަނގަޅަކަށެއްނު؟ ރާހުލް… އަހަރެން ބޭނުން ވީހާވެސް އަވަހަަށް ކައިވެނި ކުރަން..” ރިޔާ ރާހުލްއަށް ބަލާލަމުން ބުނެލިއެވެ.

“ނުވާނެ ތިކަމެއް! ތި ކައިވެނި ކޮށްގެން ނުވާނެ!” ރާހުލް އަޑަށް ބާރުލާފައި ބުނެލި އެތިން ރިޔާއަށް ސިހުން ލިބުނެވެ. އިސް ޖަހައިގެން ހުރި ވިޝާންއަށް ވެސް ހިން ދިރުވާލެވުނީ ރާހުލް ދުވަހަކުވެސް އެ ކައިވެންޏަށް ނުރުހޭނެކަން އެނގުމުންނެވެ.

“ރިޔާ… ކެން އައި ޓޯކް ޓު ޔޫ.. އެލޯން؟” ސޯފާއިން ތެދުވެ ރިޔާ ގާތަށް ޖެހިލަމުން ނަޝްފާ ބުނެލިއެެވެ.

“ނޫން… ތި އެންމެން ކިހިނެއް ވެގެންތަ ތިއުޅެނީ؟ ވިޝާން އަހަންނަށް ވަރަށް ރަނގަޅު.. ކީއްވެ މި ކައިވެންޏަށް އެއްބަސް ނޫނީ؟ ނަޝްފާ ތި ބުނަން އުޅޭ އެއްޗެއް އަހަރެމެން ދެމީހުންނަށް އަޑު އިވޭ ވަރަށް ބުނޭ….!” ވިޝާންގެ އަތުގައި ހިފާލަމުން ރިޔާ އެހެން ބުނެލިއިރު އެ އަޑުގައި ނުރުހުންވުން އެކުލެވިފައި ވެއެވެ. އެކަނި ވާހަކަ ދައްކަން ރިޔާ އެއްބަސް ނުވުމުން ނަޝްފާ ދެރަވިއެވެ. ވިޝާން އަކީ ކޮންކަހަލަ މީހެއްކަން ރިޔާއަށް އަންގައިދޭން އޭނާ ބޭނުންވެއެވެ.

“ރިޔާ ދަރިފުޅާ… ވިޝާން އަކީ ރަށުގަ އުޅުނު އިރުވެސް އެންމެ ގޯސް މީހުންނާ އެކީ އުޅުނު މީހެއް.. އޭނާ ރަށުގެ އަންހެން ކުއްޖަކާ ގަދަކަމުން ބެހެން ވެސް އުޅުނު… އަހަރެމެން އެންމެނަށް ވެސް އެކަން އެނގޭތީ ތި ކައިވެންޏަށް އެއްބަސް ނޫނީ..” ޞާބިރާ މަޑުމައިތިރިކަމާއެކު އެހެން ބުނެލީ ރިޔާއަށް ވިސްނޭތޯއެވެ.

“ދައްތާ… މީހަކު ހަމަ ބަދަލުވެސް ވެދާނެއްނު؟ ކުރިން ގޯސްކޮށް އުޅުނަސް އަހަރެންގެ ފަރުވާލެއް ނެތް.. މިހާރު އޭނާ ގޯހެއް ނޫން… އޭނާ ނުލާހިކު ރަނގަޅު…” ރިޔާ އަދިވެސް މަސައްކަތް ކުރީ ވިޝާން ދިފާޢުކުރެވޭތޯއެވެ. ނަމަވެސް އެއިން އެކަކު ވެސް ރުހުމުގެ ނަޒަރަކުން ވިޝާންއާ ދިމާ ބަލާވެސް ނުލިއެވެ. އެންމެ ލޯބިވި މީހާއާ މެދު އެ އެންމެން ނުރުހުމުން ރިޔާ ދެރަވިއެވެ. އިސާހިތަކު އެ ދެލޮލުގައި މުތީތަކެއް ފަދައިން ކަރުނަ ވިދަމުން ދިޔައެވެ.

“ރާހުލް… އަހަންނަށް ވެސް އެނގޭ އަހަންނަށް ކުރިން އުޅެވުނީ ގޯސްކޮށްކަން… އަހަރެން އަންޖޫ ގާތުން މާފަށް ވެސް އެދުނިން އެކަމާ… އަހަރެން މިހާރު އެއްވެސް ގޯސް މީހަކާ އެކީ ނޫޅެން އެގޮތަކަަށް… އޭޑީކޭ ހޮސްޕިޓަލުގަ މިހާރު ވަޒީފާ ވެސް އަދާކުރަނީ… އަހަރެން ރިޔާއާ އިންނަން ބޭނުންވަނީ ހަމަ އަސްލުވެސް ރިޔާ ދެކެ ލޯބިވާތީ… ގަބޫލުކޮށްބަލަ…” ރިޔާ ރޯން ފެށުމުން ވިޝާން ރާހުލް އާ ވާހަކަ ދެއްކިއެވެ. ނަމަވެސް ރާހުލް ވިޝާންއާ ދިމާއަށް ބަލަން ހުރީ އަލިފާނުގެ ނަޒަރަކުންނެވެ. ވިޝާން އެއުޅެނީ އޭނާގެ ދައްތަގެ ދިރިއުޅުން ހަލާކުކުރަން ކަމުގައި އޭނާގެ ހިތް ބުނަމުން ދިޔައެވެ.

“ކަލޭ ހަމަ މިހާރު މިގެއިން ނިކުމޭ!” ރާހުލް ރުޅިވެރިކަމާއެކު ވިޝާންއާ ދިމާއަށް ބުނެލިއެވެ. އޭރު ވެސް ޖެހި ބުދެއް ފަދއިން ވިޝާން އެ ހުރި ތަނުގައި ހުއްޓި ހުރީއެވެ. ވިޝާންގެ އަތުގައި ހިފައިގެން ހުރި ރިޔާ ގިސްލަ ގިސްލާފައި ރޮމުން ގެންދިޔައެވެ.

“ނިކުންނާށޭ! ކަލޭ މަގޭ ދައްތަގެ ދިރިއުޅުން ހަލާކުކުރަން ތި އުޅެނީ… ނިކުމޭ މިގެއިން!” ވިޝާން ހިރުވައިވެސް ނުލުމުން ރާހުލް ކުރިއަށް ވުރެ ބާރަށް ބުނެލިއެެވެ. އެއާއެކު ވިޝާން ރިޔާގެ އަތް ފޮޅުވާލުމަށްފަހު ބާރުބާރަށް ހިނގާފައި އެގެއިން ނިކުތެވެ. ރާހުލްވެސް ދެއަތުން މޫނުގައި ފިރުމާލުމަށްފަހު ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހީ އައިސްފައިވާ ރުޅި ފިނިކޮށްލުމުގެ ބޭނުމުގައެވެ.

ރޮމުން ގިސްލަމުން ހުރި ފިޔަވަޅު މައްޗަށް ތިރިވި ރިޔާއަށްޓަކާ ނަޝްފާގެ ހިތް ހަމްދަރުދީން ފުރިފައިވިއެވެ. އޭނާ މަޑުމަޑުން ގޮސް ރިޔާ ގާތު އިށީންދެ ރިޔާގެ ކޮނޑުގައި އޭނާގެ އަތް އަޅުވާލިއެވެ. ނަަމަވެސް ރިޔާ އޭނާގެ އަތް ފޮޅުވާލުމަށްފަހު ދުވެފައި ގޮސް ކޮޓަރިއަށް ވަނީއެވެ. ޞާބިރާ އާ ނަޝްފާ ވެސް ދެރަވެފައި ރިޔާ ދިޔަ ދިމާ ބަލަން ހުއްޓެވެ.

** ** **

ސިޓިންގރޫމު ތެރެ ކުނިކަހަން ހުރި އަަންޖޫދާގެ ކަންފަތުގައި މީހަކު ދޮރުގައި ޖަހާލި އަޑު އިވުމާއެކު ފިހިގަނޑު ފާރުގައި ލައްކޮށްލުމަށްފަހު ހިނގައިގަތީ ދޮރާ ދިމާއަށެވެ. ތަޅުގައި ހިފާ ދޮރު ހުޅުވާލުމާއެކު ކުރިމަތިން ފެނުނު މީހާ ފެނި އޭނާ މުޅިން ގަނޑުވިއެވެ.

ދަތްތައް ފެންނަ ވަރަށް ހީލައިގެން ހުރި މާހިން އަންޖޫދާއާ ދިމާއަށް ހުދާއި ފިޔާތޮށި ކުލައިގެ މާބޮނޑިއެއް ދިއްކޮށްލިއެވެ. އޭގައި ހިފަން ޖެހިލުންވެފައި އަންޖޫދާ އަށް ހުރެވުނު އިރު އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައީ ރޭގައި އާމިނާ ދެއްކި ވާހަކައެވެ. މިހާރު މާހިންއަށް ވެސް ހީވެފައި އޮންނާނީ އޭނާ މި ކައިވެންޏާ ޤަބޫލުކަމުގައެވެ. މާހިންގެ ފަހަތުގައި ވެސް އަންހެނަކާ ފިރިހެނަކު ހުރިކަން އަންޖޫދާއަށް ފާހަގަވީ ތަންކޮޅެއް ފަހުންނެވެ. އެއީ އަނެއްކާ ކޮން ބައެއް ބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

“ދެން މީގައި ހިފާބަލަ… އެހާ ލަދުން އުޅޭކަށް ނުވާނެ..”  ބޮލުގެ އިސްތަށިގަނޑުގައި އެއް އަތް ހިންގާލަމުން މާހިން ބުނެލިއެވެ. އެވަގުތު އަންޖޫދާ އެ މާބޮނޑީގައި ހިފީ ކުޑަކޮށް ހިތްހަމަ ނުޖެހިފައި ހުރެއެވެ. ނަމަވެސް އެ މޫނުމަތިން ހިނިތުންވުމެއް ދައްކައިގެން ހުއްޓެވެ.

“އަނހާ.. ތި އައީ ދޯ؟ އަވަހަށް އެތެރެއަށް ވަދޭ.. އާދޭ އިށީންނަން…” އަންޖޫދާގެ ފަހަތުން އާމިނާ އައިސް އަވަސް އަވަހަށް އެމީހުން ވަންނަން ތަން ދެއްކިއެވެ. އަންޖޫދާ ނުރުހިފައި އެމަންޒަރު ބަލަން ހުރީ ތުން ފިއްތައިގެންނެވެ.

“އަންޖޫ… މީ އަހަރެންގެ މަންމައާ ބައްޕަ…” އިށީންދެ ހަމަޖެހިލުމަށްފަހު މާހިން އަންޖޫދާއަށް އޭނާގެ މަންމައާ ބައްޕަ ތަޢާރަފުކޮށްދިނެވެ. އެ ދެމީހުންގެ މޫނުމަތިންވެސް އަންޖޫދާއަށް ފެނުނީ ހިތްހެޔޮކަމެވެ. އެހެންކަމުން އޭނާވެސް އެމީހުންނަށް ހިނިތުންވުމެއް ރައްދުކޮށްލެވޭތޯ ބެލިއެވެ.

“މަންމައަށް ހަމަ ވަރަށް ކަމުދޭ މިކުއްޖާ…” އަންޖޫދާގެ އަތުގައި ހިފާލަމުން މާހިންގެ މަންމަ، ބަޝީރާ ވާހަކަ ދެއްކިއެވެ. ހީލުން ނޫން އިތުރުކަމެއް އަންޖޫދާއަކަށް ނުކުރެވުނެވެ.

“ކޮބާ؟ އަވަހަށް ރަންކިޔަން އުޅެންވީނު؟” ކުއްލިއަކަށް ބަޝީރާ ބުނެލި އެއްޗެއްގެ ސަބަބުން އަންޖޫދާ ސިހިގެން ދިޔައެވެ. ދެލޯ ބޮޑުކޮށްގެން ހުރެ އޭނާ ބަލާލީ އާމިނާއާ ދިމާއަށެވެ.

(ނުުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ރިޔާޝާ (ފަހުބައި)

Next

ޝެލީން 23

Next
December 7, 2016

ޝެލީން 23

Previews
December 7, 2016

ރިޔާޝާ (ފަހުބައި)

23 Comments!

  1. Liaa says:
    December 7, 2016 at 11:11 am

    Hii all.. Miothy 7th part..
    Next part ves liyevunuhaa avahah up kuraanan ingey….
    Thankyw all fr ur support <3
    Feel free to leave ur comments 🙂
    Support libey varakun hama Liaa kuriyah gendhaanan mi story

  2. yax says:
    December 7, 2016 at 11:18 am

    yeay me first o

  3. yax says:
    December 7, 2016 at 11:19 am

    liaa vaahaka hama varah salhi!!!

    1. Liaa says:
      December 7, 2016 at 11:20 am

      Thakyw yax 🙂

  4. kiya kuja says:
    December 7, 2016 at 11:32 am

    Dhen avaha aju aa mahin aaa guluvaa…

  5. Addu manje says:
    December 7, 2016 at 11:33 am

    Varah reethi mibaives.. Please upload the next part soon..

  6. kkkkkkkkk says:
    December 7, 2016 at 11:34 am

    Plx Liaa Rahul and Nashfaa ge life a Anjoodhaa gadu nugenancheyy plxx

  7. plx says:
    December 7, 2016 at 11:42 am

    vvvvv reethi….
    aju dhan maahin aaa idagen happy life ever after with baby…
    nasfaa vas dhan higama jaha gen preg kolaa… nice

  8. ?mixoo says:
    December 7, 2016 at 12:36 pm

    vvv salhi

  9. Hassu says:
    December 7, 2016 at 12:48 pm

    Salhi..maahin aaa anjoodha aa gulhuvabaa..rahil aaa nasfaa aaa dhuru nukuraathi.puhlease.. Anjudhaa ey meehuhge life spoil Kuriyah nudheythii..maahin aa anjudha marry kocheh happy life eh ga ulhey goih hadhaa..nasfaa hadha kehgadha ey..nashaafa noon ehn kujjeh nama except nukuriyas kahnneyge..nashafa aee hama best ..dhn rahul ah shaa nashfa ah baby eh libeyney nama..nashfa ey huhnaanii baby eh libeyney dhuvahehge inthixaaruga ..nashafa dhera nukurahchey plxx..thankiu writer upkohdheythii thihaa Gina dhuvas kohfa..huhtaa nulahcheyy ingeyy.keep it up❤

    1. Liaa says:
      December 7, 2016 at 2:28 pm

      Thankyw Hassu 🙂
      Lets see dhw wat heppans next ..
      Yess… Liaa hama veevarakun up kuraanan…

  10. Zoyaa says:
    December 7, 2016 at 12:50 pm

    Story v salhi .. Umeedhu kuran dhn lap ah than kolheh balaagen ulheyne kamah ..

    1. Liaa says:
      December 7, 2016 at 2:29 pm

      yeah zoyaa.. now lap ge haalu varah dhera koh ulheny… varah naazuku… 🙁 V balaigen mi gengulheny….
      Thankyw 🙂

  11. Liaa says:
    December 7, 2016 at 2:30 pm

    Thankyw all 🙂
    Keep waiting fr the next part ….

  12. Lam says:
    December 8, 2016 at 11:24 am

    Reethi…waiting

  13. Thaathu says:
    December 8, 2016 at 7:27 pm

    Um waitting

  14. Pop says:
    December 9, 2016 at 1:44 pm

    Avaxxxx

  15. Impatient says:
    December 10, 2016 at 11:48 pm

    Koba tha?????!!!

  16. Ushaa says:
    December 11, 2016 at 9:58 am

    Vvvvvvvvvvvvvv salhi.. waitin..

  17. harry says:
    December 11, 2016 at 5:29 pm

    Wow… nice

  18. GORGEOUS says:
    December 11, 2016 at 5:58 pm

    :@

  19. Mop says:
    December 12, 2016 at 2:39 pm

    Waiting

  20. Khajja says:
    December 12, 2016 at 10:50 pm

    Kobaa avas

Comments are closed.

Next Episodeއެ ލޯބި އަސްލު ހައްޤޭ (8 ވަނަ ބައި)←


All Right Reserved!