އަހަންނަށް ކިޔަނީ އައިރީން އެވެ. އަހަރެން މީ އަހަރެންގެ މަންމަގެ އެއްމެ ދޮށީ އަންހެން ދަރިފުޅެވެ. އުމުރުން 16 އަހަރު އަހަންނަކީ އަކީ އައްޑޫ އަތޮޅު ސުކޫލުގައި ގްރޭޑް 10 ކިޔަވަމުން އަންނަ ކުއްޖަކީމެވެ.. އަހަންނަކީ ވަރަށް ކުދިންނާ ރައްޓެހި ވަރަށް މަޖާމިޒާޖެއް ކުއްޖަކީމެވެ.
ދުވަސް ތައް ގުނަމުން ގުނަމުން ގޮސް މިހާރު އަހަރެންގެ ޖީ ސީ އީ އޯލެވެލް ފަށްޓަން ވަރަށް ކާރިވެއްޖެއެވެ. މިކަމާ އެންމެ ބޮޑަށް ކަންބޮޑުވަނީ އަހަރެންގެ މަންމަ ވަދީފާ އެވެ. ބައްޕައަކީ، ވަރަށް ހަރުކަށި މިޒާޖެއް ހުންނަ މީހެއްކަމުން ބައްޕަ ފާރޫގް އަކާ އަހަރެން އެހާ ވާހަކަ ދައްކައި ނަހަދަމެވެ. ގިނަފަހަރަށް ބައްޕަ އަހަންނަށް ބުނަން ބޭނުންވާ އެއްޗެއްވެސް ބުނަނީ މަންމަ ( ވަދީފާ) މެދުވެރިކޮށެވެ.
އެއްދުވަހަކު ހަވީރެވެ. އަހަރެން އިނީ ގޭގެ ދޮރުމަތީގައި އިން ޖޯއްޔެއްގައި ދެފައި ވައްކޮށްގެން ވާހަކަ ފޮތެއް ކިޔާލާށެވެ. ކުއްލިއަކަށް މީހަކު ފަހަތުން އައިސް އަހަރެންގެ މޫނުމަތީގައި އަތް އެޅިއެވެ.. އަހަންނަށް ސިއްސައިގެން ގޮސް ވަރަށް ބާރަށް ހަޅޭ ލަވައި ގަނެވުނެވެ…. ހޫ!! ސާބަހޭ މީ މަށޭ މިހެންބުނެ އަހަރެން ކޮށްޕައިލީ އަހަރެންގެ އެންމެ ގާތް ރަޙްމަތްތެރިޔާ އިފާޝާ އެވެ. އިފާޝާ އަކީ ކުޑައިރުއްސުރެން ފެށިގެން ވެސް އަހަރެން އެންމެ ގާތްކޮށް ދެކޭ އަހަރެން ބެސްޓް ފްރޭންޑް އޭ ވެސް ބުނެވިދާނެވެ.. އޭ! އައިރީން ހިނގާބަލަ ކުޑަކޮށް ތުނޑިއަށް ގޮސް ފިނިވައިކޮޅެއް ޖައްސާލަން.،، އާ! ދާންވީ ހަމަ އަހަރެން އަންނާނަން މި ފޮތް ބައްވާފަ އިގޭ އައިރީން މަޑުކުރޭ ތިތާ،،، މިހެން ބުނެފަ އަހަރެން ދުވެފައި ގޮސް ކޮޓަރި މޭޒުމަތީގައި ފޮތް ބާއްވާފައި ނުކުންނަނިކޮށް މަންމަ ( ވަދީފާ) ގެ ކޮޓަރިތެރެއިން ވަރަށް ބާރަށް ހަޅޭލަވާ އަޑު އަހަންނަށް އަޑު އިވުނެވެ. އަހަރެން މަޑުމަޑުން ގޮސް ކޮޓަރި ކައިރީގައި ހުއްޓުނުތަނާ ބައްޕަ ކޮޓަރިން ނުކުމެގެން ދަނީއެވެ. އަހަރެން ކޮޓަރިއަށް ވަތްއިރު މަންމަ ރޮނީއެވެ. އަހަރެން ކިހިނެއްވީހޭ އަހާލުމުންވެސް މަންމަ އަގައިން އެއްވެސް އެއްޗެކޭ ނުބުނެ ހަމައެކަނި އަހަންނަށް ބަލަހައްޓައިގެން އިނީއެވެ… ދެން އަހަރެން ކޮޓަރިން ނުކުންނަމުން މަންމަ ގާތުގަ އަހަރެން އެބަ އަންނަން އިފާޝާ އެކީ ޓުނޑިއަށް ގޮސްލާފަ މިހެން ބުނެފަ އަހަރެން ހިނގައި ގަތީމެވެ. މަގައް ނުކުތް އިރު އިފާޝާ އަހަރެން ލަސްވެގެން ހޯދަނީ އެވެ. ކިތައްމެ ލަސްވިޔަސް ބައްޕަ ހުންނަ ގޮތުން އިފާޝާ އަކަށް އަހަރެންގެ ގެއަކަށް ވަންނާކަށް ނުކެރެއެވެ….އެކަމާ އަހަރެން ވަރަށް ދެރަވެސް ވެއެވެ.
އައިރީން ހާދަ ލަސްވީ އަ…އަ..އާ ދޯ އެއީ ކުޑަކަމެއް ކޮށްލީ ، ކިހިނެއްވީތަ؟ އަހަރެން ހިނިތުން ވެލައިފައި ކަމެއްނުވެޔޭ މިހިންބުނެ ކުރިއަށް ހިގައިގަތީ މެވެ. އިފާޝާވެސް އަހަރެންގެ ފަހަތުން ހިނގައިގަތެވެ…
ތުޑިއަށް ގޮސް އެތާަނގައި ހުރި ވަކަރު ކޮޅެއްގެ މަތީގައި ދެމީހުން ތިބިއިރު ޖެހޭ ފިނި ވައިރޯޅިން އަހަރެންގެ ކޯތާފަތުގައި ބީހެމުން ދެއެވެ. ކުއްލިއަކަށް ފިނި ފިނި ވައި ރޯޅިއާއެކީ އަހަރެންގެ ނޭފަތުގައި ޖެހުނު މީރުވަހުން އަހަންނަށް ހުއްޓިފައި އިދެވުނެވެ. އިފާޝާ! ވަރަށް މީރުވަހެއް ދުވާ ދޯ؟ ހޫން! މިތާގަ މީހުން ކައްކައި ހަދައި އުޅޭތަނެއްނޫން ދެން ކޮން މީރު ވަހެއް ދުވަންވީ އިފާޝާ ބުންޏެވެ…. ސާބަސް އިފާޝާ މީރުވަސް ދުވަނީ ހަމަ އެކަނި ކާއެއްޗެހިންނެއް ނޫނޭ ސެންޓް ވަހޭ ދުވަނީ މިހެން ބުނެފަ އަހަންނަށް އެކި ދިމަ ދިމާލަށް ބޯ ހޫރައި ބަލައި ލެވުނެވެ……….. ގޮޑު ދޮށުން ރާޅު ޖަހާ ދިމާއިން ތިން ފިރިހެންކުދިން އަންނަ ތަން އަހަންނަށް ފެނުނެވެ. އިފާޝާ ބަލާބަލަ އެއީ މިރަށުން މީގެ ކުރިން ފެނުނު ކުދިންނެއްނޫން ދޯ؟،،، އާން’ އަހަރެންވެސް ނުދެކެން މިއީ ދޯ މި ސެންޓް ވަސް ދުވާ ކަމަކީ ހިނިގަނޑެއް ޖަހާލާފަ އިފާޝާ ބުންޏެއެވެ..
އިރު އޮއްސޭ އަތަށް އެޅުމުން އަހަރެން ގެއަށް ދާން އިފާޝާ ކައިރީގައި ބުނީމެވެ.. ދެން މަޑު މަޑު ހިނގުމެއްގައި ގެއާދިމާލަށް ދަނިކޮށް ބޯކޮށް ވާރޭ ވެހެން ފަށައިގަތެވެ.. ހިނގާ ދުއްވައި ގަންނަން އަހަރެން ބުނީމެވެ. ދުއްވައި ގަންނަމުން ފަހަތް ބަލާލިއިރު އެއްކަލަ ތިން ފިރިހެން ކުދިންނެއް ފެންނާކަށް ނެތެވެ. ދެން ދުވެފައި ގޮސް އަހަރެން ގެއަށް ވަނީމެވެ. އިފާޝާގެ ގެ މި ގެއާ ޖެހިގެން ދެ ވަނަ އަށް އިންނާތީ އޭނަ ވެސް ދުވެފައި ގޮސް ގެއަށް ވަނެވެ. އަހަރެން ގެއަށް ވަތްއިރު މަންމަ އަދި ބައްޕަ ވެސް ފެންނަން ނެތުމުން ކޮޓަރިއަށް ވަދެ އެދުގައިި އޮށޯއްތަނާ ނިދިއްޖެއެވެ. ކުއްލިއަކަށް ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ. ދަރިފުޅާ ތެދުވޭ ކާން މަންމަ ގޮވާލިއެވެ. އަހަރެން ތެދުވެ މަންމަ މޫނަށް ބަލާލިއިރު މަންމަ ހުރި އަހަންނަށް ހިނިތުން ވެލައިގެންނެވެ… ކާން އާދޭ އަވަހަށް މިހެން ބުނެފައި މަންމަ ހިނގައިގަތެވެ. ދެން އަހަރެން އެދުން ފޫކޮޅު ހިއްލައިލައިގެން ފާޙާނައަށް ވަދެ މޫނު ދޮވެގެން ގަޑިބަލައިލި އިރު އޭރު ގަޑިން ރޭނގަޑު 9.30 ( ނުވަގަޑި ބައި) ވެއްޖެއެވެ. ދެން އަވަސް އަވަހަށް ބަދިގެއާ ދިމާލަށް މިސްރާބު ޖެހީއެވެ. ކާން ހުރީ ގަރުދިޔަ، އާއި ތެލުލިފަތް އަދި ބަތެވެ. އެއީ އަހަންނަށް އެންމެ މީރު ކެއުމެވެ.
ޓާރމް ޗުއްޓީ ލިބުނީމަ ހަމަ ނިދުން ނޫންކަމެއް މީނަ ނުކުރާނެ ބައްޕަ އަހަންނަށް ބުނެލިއެވެ. ކޮންމެއަކަސް ބައްޕަގެ ކުދިކިޔުން ވަނީ އަހަންނަށް އާދަޔަކަށް ވެފައެވެ. އެހެންވެ އެކަމަކާ އަހަރެން އިސްކަމެއް ނުދެމެވެ. ދެން ކޮންމެއަކަސް ރޭގނޑުގެ ކެއުން ނިންމާ ލުމަށްފަހު މަންމަ އަދި ބައްޕަ ވަނީ ނިދަން ކޮޓަރިއަށެވެ. އޭރުވެސް ވަރަށް ގަދަޔައް ވާރޭ ވެހެއެވެ. އަހަރެން ބެލްކަންޏައް ނުކުތީމެވެ،، އެއީ ވާރޭ ވެހޭތަން ބެލުމަކީ އަހަންނަށް ވަރަށް ވެސް ހިންހަމަޖެހުން ލިބޭ ކަމެކެވެ.
ވާރޭގެ ތިކި ތަކުން އަހަރެންގެ އަތް ތެންމަމުން ދަނިކޮށް އަހަރެން ކުއްލިއަކަށް ހަނދާންވީ ތުނޑި ކޮޅުން ފެނުނު ޒުވާނާގެ މަތިންނެވެ. އެ ޒުވާނާގެ ރީތިކަމާމެދު އެއްވެސް ޝައްކެއްނެތެއެވެ. ރީތި ހަށިގަނޑެއްގެ ވެރި އެ ޒުވަނާ އަށް ކޮންމެވެސް ގޮތަކުން އަހަރެންގެ ހިތުން ޖާގައެއް އަހަންނަށް ދެވެނީ ބާވައޭ! އަހަރެން ހިތަށް އެރި އެވެ. ކުއްލިއަކަށް ކުރިމަތީގައި ހުރިގޭގެ ބެލްކަނިން ފިރިހެން ކުއްޖަކު އަހަންނާ ދިމާލަށް ބަލަހަޓައިގެން ހުރިތަން އަހަންނަށް ފެނުނެވެ. އޭރު ކޮންމެވެސް ވަރަކަށް ވާރޭ ތުނި ކޮށްލައިފިއެވެ. އޭނާ އަހަންނަށް ބަލަހައްޓައިގެން ހުރިގޮތުން އޭނަ އަހަރެން ދަންނަ ކަހަލެއެވެ. އަހަންނަށް ވެސް ހުރެވުނީ ހަމަ އެސްފިޔަވެސް ޖަހައިނުލައި އެ ޒުވާނާ އަށް ބަލާށެވެ. އިރުކޮޅެއްފަހުން އެ ޒުވާނާ ބަލަން ހުރެފަ ކޮޓަރިއަށް ވަނެއެވެ. ހަމައެއާއެކު އަހަރެންގެ ފޯނަށް އިފާޝާ ގުޅުމުން އަހަރެން ވާހަކަ ދައްކަމުން ބޭރަށް( މަގަށް) ނުކުތީމެވެ. އަހަރެން އިފާޝާ އާ ވާހަކަ ދައްކާ ނިންމާލުމަށް ފަހު ގެއަށް ވަންނަން އުޅެނިކޮށް އެއްކަލަ ސެންޓް ވަސް އަހަރެންގެ ނޭފަތުގައި ބީހިލިއެވެ. ކުއްލިއަކަށް އަހަރެން ފަސް އެނބުރި ބަލާލި އިރު އެއްކަލަ ޒުވާނާ ހުރީ އަހަރެންގެ ފަހަތުގައެވެ. ބިރު ނުގަނޭ އަހަރެން ކައެއް ނުލާނަން އެ ޒުވާނާ ބުނެލިއެވެ. އަހަންނަށް ކިޔަނީ އަޒްރަކް މިހެން ބުނެފަ އަތް ދިއްކޮށްލުމުން އަހަރެން އޭނާއާ ސަލާމް ކޮށްލަމުން އަހަންނަށް ކިޔަނީ…….. އިޓްސް އޯކޭ ނަމަކީ އައިރީން ކަން އިނގޭ މިހެން ބުނުމާއެކު އަހަރެންގެ ގައިން ހީބިހި ނަގައިގެންދިއެވެ………………………………. ( ނުނިމޭ)
26 Comments!
Comments are closed.

Reethi..
V reethi vaahakaeh lasnukoh up kuraathi veehaaves dhigukoh up kuraanee
Yeah sure thanks
Hahaha
Not nice so many time us (aharen)···
mamma vadeefaa???ehaa ehaa reehchehh nunn
Its ok ekam koma koalhi use kollun edhen
mee furathama nazaruge story eh dhw
V mistakes ebahuri. Ekm v v reethi. Dhn faharakun rangalhu khlani kh ok vaane. Kn dhuvas thakaku upload vaany..
Okay dhn. Bracketga momge nan konme faharaku liyaan ekameh nethey. Liyefa recheck kohlanvaane ingey.
Will upload soon as possible insha allah n thanks all
heevey reethi vaane hen ,, daily koh up kohdheythi…:)
not bad
REETHI
Varah reethi
Vahaka liyan neygunas liyaathi kaey akah vahaka liyaakah neygey huhttaalaa meehunge malaamaai nulibenis
varah reethi …..
Heevany reethi vaane hen.. mistakes varah gina.. bunedheanan ingey… readers ge help aa ehkon thaa vaahaka kuriyah gendhaany..thankolheh reechah comment ves kureveyne… mee alsha ge first story dho.. ehenveema adhi enme episode akun ninmaa laashea bunaa kah nuvaane.. dhean vaane support.. earun dho rangalhu kureveany.. vaahakai ge enme baeh up kohlaa irah “vaahaka liyan neygengaa huttaala.” Enme part eh kiyaafa kihineh ingeny vaahaka liyan neygea kameh.. mee her ehves irehga readers ah comment kuran beanun vi gotheh nun… thi gothah comment nukoh support dhinumah her varah edhen.. I hope u will understand…
?
masha allah varah reethimi part
reethi vaanehen hiyvaniy mi vaahaka…. 🙂
VVVVVVVVVVVVVV reethi…
Waiting……
Varah reethivaanehen heevey.. And please don’t stop writing the story based on the negative comments from the readers… Believe in yourself and always remember that it’s not possible to please every one!! 🙂
thanks all my suptrs
yeah … ebuny thedheh… be confident… no one can stop u writing……
Thanks☺️
Wow I liked