އަލްޔާ ބޮލަށް އެނބުރުންއަރާ ކަހަލަ ގޮތެއްވެ އަމިއްލަ ނަފްސަށް އޮތް އިތުބާރު ކުޑަވެ ބިިރުގަތީ އެ އަންހެންކުއްޖާެ މޫނު ފެނުނު ވަގުތުގައެވެ. ލޫކަށް ބަލާލެވުނު ވަގުތުު ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެ އަންހެނާ އަށް ލޫކް ހީލައިގެން ހުރިތަން ފެނުމުން އަލްޔާ ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދި ކައިރީގައި ހުރި ގޮނޑީގައި ހިފަހައްޓާލެވުނެވެ. އެމޫނަކީ އެދުވަހަކު އަލްޔާގެ ހިތްހަލާކު ކޮށްލުމުގައި ލޫކާއި އެކުގައި ބައިވެރިވި މޫނެވެ. އެމޫނު އަލްޔާ އަށް އޮޅޭނީ ކިހިނެއް ހެއްޔެވެ؟ ތަފާތަކީ އެ […]
“މަންމާ…. ބައްޕާ….” ޝީރީންއަށް އިނދެވުނީ ފިޔަވަޅެއްވެސް ގުޑާލަން ނޭނގިފައެވެ. “ޝީރީން ހަމަ މިހާރު ދޭ ތިލައިގެން އިން އެއްޗެއް ބަދަލުކުރަން…” ސަމްސިއްޔަގެ މޫނުމަތިން ކިތައްމެހާވެސް ރުޅިވެރިކަމާއި ހިތްހަމަ ނުޖެހުން ޝީރީންއަށް ފާހަގަވިއެވެ. ސަމްސިއްޔަ އެހެން ބުނުމާއެކު ފިޔަވަޅުތަކަށް ބާރުލުމައްފަހު ޝީރީން ދުއްވައިގަތީ ކޮޓަރިއާއި ދިމާލަށެވެ. “އަފީފް…” ގޭތެރެއަށް ވަދެ އަތުރާފައި ހުރި ގޮނޑިބަރިތަކުން ގޮނޑިއެއްގައި އިށިންނަމުން ސަމްސިއްޔަ ގޮވާލީ ލަދުވެތި ކަމާއެކީގައެވެ. އެވަގުތު ސަމްސިއްޔަ ދުވަހަކުވެސް ދެރަނުވާވަރަށް އަފީފު ކުރިމަތީގައި ދެރަވެއްޖެއެވެ. ޝީރީންއަށް ދަސްކޮއްދީފައިވާ ރިވެތި އަހްލާގާއިމެދު […]
އަޔާން ބެލްކަނީގައި އިން ގޮނޑިއެއްގައި މައިޝާ އަތުން ނެގި އެކައުންޓް ފޮތާއި ސްކީމްއަށް ބަލަހައްޓައިގެން އިނދެ ކޮފީތަށިބޮމުންދިޔައެވެ. ފަހަތުން އޭނާގެ ކަރުގައި މީހަކު އަތްއޮޅާލުމުން އަޔާން ފަހަތް ބަލައިލީ ސިހިފައެވެ. އެއީ ޝާހީނާކަމުން ފުން ނޭވައެއް ދޫކޮށްލާ އަނެއްކާވެސް ކުރަން ހުރި ކަންތަކަށް ރުޖޫއަ ވިއެވެ. “ބޭބީ މިދަނީ ފިހާރައަކަށް ދާން އިނގޭ. ތަރުކާރި ހުސްވެފައި ހުރީ….” ޝާހީނާ ބުނެލިއެވެ. “އެހެންތަ އޯކޭ ހުންނާނެ ކަބަޑުގައި ލާރި ނަގައިގެން ދޭ… އެކަނިންތަ ދަނީ… ދާންވީތަ ގޮވައިގެން؟” އަޔާން […]
ސްކޫލުގައި އޮތް އިސްވެރިންގެ ބައްދަލުވުމެއް ނިންމާލުމަށްފަހު އަލްޔާ އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި ފޯނު ނަގާ ލޫކަށް މެސެޖެއް ކޮށްލީ ނިމުނު ކަމަށާއި އޭނާ ބަލާ އައުމަށް އެދިފައެވެ. އެއަށްފަހު އަލްޔާ މަސައްކަތްކުރީ ލޫކް އައުމުގެ ކުރިން ފާހާނާއަށް ވަދެލުމަށެވެ. ކޮޓަރި ތަޅުލުމަށްފަހު އަތް ދަބަސް ހިފައިގެން އަލްޔާ ސްކޫލުން ބޭރަށް ނިކުތް އިރު ލޫކް ހުރީ ދޮރުމަތީގައެވެ. އަލްޔާ އައިސް ކައިރިއަށް ހުއްޓިލުމާއެކު ލޫކް ހީލިއެވެ. އަލްޔާ ވެސް ހީލަމުން ލޫކް ގެ ފަހަތަށް އެރިއެވެ. […]
“އާދެބަލަ.” ޒުބޭރު މިހެން ބުނެފައި ރިއުމާން ގެނެސް އެ އުނގުގައި ބޭންދިއެވެ. އިސްޖަހައިގެން އިން ރިއުމާން އިނީ ޒުބޭރުގެ އުނގުގައި އިންނަން ޖެހުމުން އުނދަގޫވެފައެވެ. ދޭތެރެ ދޭތެރެއަކުން އެއަތުގައި ފިރުމާލާ ކޮންމެ ފަހަރަކު އެހިތަށް އިތުރު ވޭނެއް ލިބެއެވެ. “ފައްކާ ދޯ.” ޒުބޭރު ބުނެލި ބަހުން ރިއުމާންއަށް ބޭއިޚްތިޔާރުގައި އޭނާއަށް ނަޒަރު ހުއްޓާލެވުނެވެ. އެލޮލުން ބިރުވެރިކަން ހާމަ ވީއުރު ރިއުމާން އިނީ ޒުބޭރު ކުރަން މިއުޅޭ ކަމެއް ނޭނގި ހާސްވެފައެވެ. “ފަސް ހާސް.” ދުރުގައި އިން މީހާ […]
“ސަ..ސަރގެ ބަ..ބައްޕައަކީ… އަ.އަނީލް ސަރ؟” މައިޝާ އަށް އަހާލެވުނީ އާލިޔާ ކައިރިއެވެ. އެއަޑުގައިވަނީ ހައިރާންކަމެވެ. އެ ސިހުމުގައި މައިޝާއަށް ބުނެލެވުނީވެސް ތަންކޮޅެއް ބާރަށްކަމުން އަޔާންއަށް އެއަޑުއިވުނެވެ. “ޔެސް ޔެސް ސަރ ގެ ބައްޕައަކީ އަނީލް ސަރ. ދެން ވައްތަރު ނުވެދާނެ.. އެކަމްވެސް ބައްޕަ ވާނީ ބައްޕައަށް ދޯ” އަޔާން މައިޝާއަށް ޖަވާބުދިނެވެ. އެއާއި އެކު މައިޝާއަށް އޭނާ ބުނިއެތި އަޔާންއަށް އަޑުއިވުނުކަން އިނގި ލަދުގަތެވެ. އާލިޔާ އަޔާންއާއި ދިމާ ބަލަން އިނުމަށްފަހު އިސްޖަހާލިއެވެ. އޭނާއަށް އެ ކުރެވުނީ […]
ވިސާމް ޝަފަޤަށް ބަލަން ހުރެފައި ޝަފަޤްގެ އެ އަތަށް ބަލާލިއެވެ. އޭނަ އެހެން ހުއްޓާ ޝަފަޤް ލަސްލަހުން އޭނަގެ މޭމަތީގައި ބޯއަޅާލަމުން އޭނަގެ ގައިގައި ބައްދާލިއެވެ. މިފަހަރު ޝަފަޤްގެ ޙަރަކާތުން ވިސާމް އެއްވެސް ޙައިރާނެއްނުވީ އޭނަގެ ހިތަށްކޮށްފައިވި އަސަރެއްގެ ބޮޑުކަމުންނެވެ. އޭނަ ދެލޯ މަރާލަމުން ޝަފަޤްގެ ބޮލުގައި ދަތްދޮޅި ޖައްސައި އެ ތުނި ހަށިގަނޑުގައި އޭނަގެ ބާރުގަދަ އަތް ވަށާލިއެވެ. ވިސާމްގެ އެ ދެއަތަށް އޭނަ އަމިއްލަ ނަފްސު ދޫކޮށްލި ޝަފަޤަށް، އޭނައަށް ދުވަހަކުވެސް ނުކުރެވޭ ފަދަ […]
މައިޝާ ފޮތްނަގަން ހުއްޓާ އާލިޔާ ދަބަސް ކޮނޑުގައި އަޅުވާލަމުން ތެދުވެލިއެވެ. މައިޝާ ވެސް އޭނާގެ ދަބަސް ކޮނޑުގައި އަޅުވާލީ އެކައުންޓް ފޮތް އަތަށް ނެގުމަށްފަހުގައެވެ. އާލިޔާ އިސްޖަހާލައިގެން ހުރެ ދޮރާއި ދިމާލަށް ފިޔަވަޅު އަޅަމުން ދިޔައިރު އޭނާގެ ހިތްބާރަކަށް ތެޅެމުންދިޔައެވެ. ނޭނގޭ އެތަކެއް ސަބަބުތަކާއި ހެދިއެވެ. އެ ހުރިހާ އިރު އާޔަންގެ ނަޒަރު ހުރީ ހަމައެކަނި އާލިޔާއަށެވެ. އާލިޔާގެ ފަހަތުން މައިޝާ އައެވެ. އަޔާންއާއި ހަމާއަށް އެރުމާއި އެކު އާލިޔާ އަށް ލޯމަރާލެވުނެވެ. މިވާގޮތް ހުދު އޭނާއަށް […]
ގަސްތަކާއި ދާދިި ކައިރީގައި ގިޓާ ހިފައިގެން އިށިން ލޫކްގެ ތުންފަތްމަތީގައި ވަނީ ލާނެއް ހިނިތުންވުމެެވެ. ލޯމަރާލައިގެން ގުޑިވެސް ނުލާ އިން އަލްޔާ އަށް އޭނާ ބަލާލީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. ލޫކާއި އަލްޔާ އަށް ބަލާލަމުން ބޮޑުުވާ އިނގިިލި ލޫކަށް އިޝާރާތްކޮށް ދިއްކޮށްލުމަށްފަހު އެތަނުގައި ތިބި ޕޮލިސް ކުދިން ދުރުގައި ހުރި ގޮނޑިތަކުގައި އިށީނެވެ. އެމީހުން އަދި ތިބީ ލޫކް ކޮށްލާނެ އިޝާރާތެއްގެ އިންތިޒާރުގައެވެ. ގިޓާގެ ނަރުތަކާއި ކުޅެލަމުން ލޫކް ‘ވާލޯބި އެނގޭނަމަ’ ލަވަ ފެށުމާއެކު އަލްޔާ […]