ކުއްލކިއަކަށް ޝައިމް ކޮށްލިކަމަކުން އަލްޔާ ސިހުނެވެ. ހަމައެހާ ބާރަށް ރޮއެ ވެސް ގަތެވެ. ދެން އޭނާ އަށް ކުރެވޭނެ ކަމެއް ނެތެވެ. ޝައިމް އަށް މޮޅު ލިބެނީއެވެ. އޭނާގެ އަތެއް ފައެއް ގުޑާވެސް ނުލިއެވެ. ވީތަދުން އަލްޔާ އަށް ހީވީ އޭނާގެ ކަރު ހަށިގަނޑާއި ވަކިވި ހެންނެވެ. ހަރުވާޅު އަލްޔާގެ ހަށިގަނޑާއި ވަކި ކުރުމަށްޓަކައި އެވަގުތު ޝައިމް ބޭނުންކުރީ ކައިރީގައި ބާއްވާފައި އޮތް ކަތުރެވެ. ހަރުވާޅުގެ ނާޑުވާއާއި ހިސާބުން ކަފާލުމުގެ ތެރޭގައި ދިޔައީ އަލްޔާގެ ބަނޑާއި ވެސް […]
“ކީއްވެ ތާރާއާ މެރީ ކުރީ؟… ވައި ތާރާ…” ދެ އަތުން މޫނު ފޮހެލުމަށްފަހު ޒިވީ ނޭފަތް ދަމާލިއެވެ. އެއަށްފަހު އަލަމާރި މަތީބައިގައި ފަތް ޖަހާފައި އޮތް ގަމީހެއް ނެގިއެވެ. ގޮޅިޖެހި ރަތްކުލައިގެ ގަމީހެކެވެ. އެ ގަމީހުން ވަސް ބަލާލީ އަދިވެސް އޭގައި އިކާންގެ ވަސް ހުރިތޯއެވެ. ގަމީހާއެކު ގޮސް އެނދުމައްޗަށް ވެއްޓިގެން އޮވެ ޒިވީގެ ލޮލުން ފައިބަމުން ދިޔަ ހޫނު ކަރުނަތަކުން އެ ގަމީސް ތެތްމަމުން ދިޔައެވެ. އޭރު ޒިވީގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އިކާނާ […]
ސިޔާޒް ބުނި އެއްޗެއް ގަބޫލު ނުކުރެވިފައި އޭނާގެ މޫނަށް ބަލަން އަހަރެންނަށް ހުރެވުނީއެވެ. ކުއްލިއަކަށް ޝިޔާޒްއައިސް އަހަރެންގެ އަތުގައި އޮތްވަޅި އަތުލިއެވެ. އަދި އަހަރެންގެ އަތުގައި ހިފައިގެން ގޮސް ސިޓިންރޫމުގައިހުރި ސޯފާގައި ބޭންދިއެވެ. ” އަލަމް މަރެއްނުވޭތަ؟…އަލަމް މަރެއްނުވޭތަ؟..” ތަކުރާރުކޮށް އަހަރެންނަށް އެސުވާލުކޮށްލެވުނެވެ. ” އާނ..ޝެލީން….އަލަމް މަރެއްނުވޭ!” އަނެއްކާވެސް ޝިޔާޒްބުންޏެވެ. ” އަލަމް މަރުނުވޭތަ؟…އަލަމް ދިރިއެބަހުރިތަ؟…ކޮބާ އަލަމް؟….ކޮބާ؟….އަލަމް ކޮބާހޭ މިހައަނީ!” ސޯފާއިން ފުންމައިގެން ތެދުވެ ޝިޔާޒްގެ ގަމީހު ގިރުވާނުގައި ހިފައި ލަތްކެއް ޖަހަމުން އަހަރެން ހަޅޭއްލަވައިގަތީމެވެ. އެވަގުތު […]
…. ………. އާލިޔާ އިސްއުފުލާ ސަރ އަށް ބަލައިލިއެވެ. ތެދެކެވެ. އެއީ ރީތި ޒުވާނެކެވެ. ލާފައިހުރި އޯޝަންބުލޫ ގަމިހާއި ކަޅު ފަޓުލޫނުގައި އެ ކަސްރަތީ ހަށިގަނޑު ފެންނަލެއް ވަރަށް ހިތްގައިމެވެ. އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އޮޅާލާފައިވާ އަތްކުރިއާއި ކުޑަކޮށް ހިއްލާލާފައި އިން އޭނާގެ އިސްތަށިގަނޑެވެ. އާލިޔާއަށް އިތުރު ދިމާލަކަށް ބަލަންވެސް އުނދަގޫވިއެވެ. އެހާވެސް ބޮޑަށް އެ ޒުވާންސަރ ގެ ރީތިކަމަށް އޭނާ ހުރީ ހުސްވެފައެވެ. ނަމަވެސް ހިތުގައި އުފެދެމުން އައި އެ ގޮތްނޭނގޭ އިހްސާސްތަށް ފޮރުވާލީ ދެފަރާތަށް […]
އަހަރެންނަށް ހޭލެވުނީ ބަޔަކު ވާހަކަ ދައްކާ އަޑަށެވެ. ނަމަވެސް މުޅިތަނަށް ވެރިވެފައިވަނީ އަނދިރިކަމެވެ. އަހަންނަށް އެއްވެސް ތަނެއް ފެންނަވަރެއް ނުވެއެވެ. ކުޑަވެސް އަލި ކަމެއް ފެންނާކަށް ނެތެވެ. އަހަރެން ހިތް ބިރުގަންނަން ފެށިއެވެ. ދުރުން މަންމަގެ އަޑުއިވުނުހެން ހީވެފަ އަހަރެން މަންމައަށް ގޮވާލީމެވެ. ” މަންމާ، ކީއްވެ މިތާ ލައިޓް ނުޖައްސާއެއްކޮށް އަދިރީގަ ތިހިރީ. އަހަރެންނަކަށް އެއްވެސް ތަނެއް ނުފެނޭ. ޕްލީސް ލައިޓް ޖައްސަބަ” އަހަރެން އަދިރީގަ އޮންނަން ބޭނުން ނުވާތީ މަންމަ ކައިރީ ބުނެލީމެވެ. ” […]
ވިލިމާލެ ބަނދަރަށް ދާ މަގު ހަދާފައިވަނީ ހިތްގައިމު ގޮތަކަށެވެ. ދޭތެރެއަކުން ތާޒާ ގޮތަކަށް ހެދިފައިވާ ގަސްގަހަށް ވައިރޯޅި ވެލައެވެ. ސާދަ ފަނަރައިގެ ބުރަހަމަ ހަނދާ އެކު ކަޅު ސާލެއްފަދަ އުޑުމަތީ ވިދުންގަދަ ތަރިތަކެއްވެއެވެ. މި މަންޒަރު ބަލަންތިބި ހިތްތަކަށް އުފާވެރިކަން ލިއްބައިދިނުން ގައިމެވެ. ނަމަވެސް ބަނދަރުގައި ވާ ހިލަތަށް މަތީ އިށީންދެގެން އިން ކައިސަންގެ ހިތުގައި މިއިންއެއްވެސް ކަމަކުން ހިތްހަމަޖެހުން ލިއްބައި ނުދޭ ފަދައެވެ. އޭނާގެ ނަޒަރުު ހުއްޓިފައި ވަނީ………. ވަރަށް އަވަހަށް އަންނަނީ… ކޮންމެ ހޮނިހިރު […]
އައިސްލީން މިގަސްތުކުރަނީ ވާހަކަ ތިން އެޕިސޯޑަކަށް ބަހާލުމަށްފަހު ގެނެސްދިނުމަށް. މިގޮތަށް ނިންމީ ވާހަކަ އަވަހަށް ނިންމާލުމަށާއި ކިޔުންތެރިންގެ އިންތިޒާރަށް އަވަސް ނިމުމެއް ގެނެސްދިނުމަށް. މިވާހަކައިގެ އާބައެއް ވަރަށް އަވަހަށް ގެނެސްދެވޭނެ.
“މާޒްއަށް ތި އިވުނީ ހަމަ ރަގަޅަށް… އަހަރެން މާޒް ދެކެ ވަރަށް ލޯބިވޭ!” ރިޒާނާގެ އެޖުމްލައިން އަހަރެންގެ މޭ ނުބައި ކުރަން ފެށިއެވެ. މިއީ މޮޔަ އަންހެނެއް ހެއްޔެވެ؟ “ކަލޭ މޮޔަވީތަ؟” އަހަރެންނަށް ނުބައި ގޮތެއް ވަމުންދިޔައެވެ. “މާޒް އަކަށް ނޭންގޭނެ އަހަރެން މާޒް ދެކެ ލޯބިވާ ވަރެއް!” ރިޒާނާ އައިސް އަހަރެންގެ ގައިގައި އޮޅުލައިގެތެވެ. ލިބުނު ސިހުމުމާއި އެކު އަހަރެންނަށް ފަހަތައް ޖެހިލެވުނެވެ. ނަމަވެސް ރިޒާނާ އަހަރެންގެ ގައިގައި ހިފަހައްޓާފައި ހުރީ ވަރަށް ބާރަށެވެ. ހައިރާންކަންމަތީ […]
ދެމީހުން ވަރުބަލިވެގެން ދުރަށް ޖެހުނު ވަގުތު އަންހެންކުއްޖާގެ މޫނު ލޫކަށް ހާމަވެގެން ދިޔައެވެ. ކިޔާނެ ބަހެއް ނޭނގި ލޫކް އަނގަ ހުޅުވުނެވެ. ޔަގީންކޮށްލުމަށްޓަކައި ދެލޯމަރާލުމަށްފަހު އަނެއްކާ ވެސް ބަލާލިއެވެ. ލޫކަށް ހީވީ މޫނުމަތީގައި މީހަކު އެތިފަހަރެއް އަޅުވާލި ހެންނެވެ. “ޒީޝާން އެންޑް ޝައިމް” ލޫކަށް މަޑުމަޑުން ބުނެވުނެވެ. ލޫކަށް ގަބޫލެއްވެސް ނުކުރެވުނެވެ. ޝައިމް އަކީ ހަމަ އެހާ ނުލަފާ އިންސާނަކީ ހެއްޔެވެ؟ ލައި އަށް އެހެން ހަދަން ޝައިމް އަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ އަނެއްކާ […]