އައުފް އޭނާގެ ހިތުގެ އެދުމަށް އިޖާބަދިނީ މިކްޔާގެ ފަރާތުން ލިބުނު ޖަވާބުންނެވެ. ހިނދުކޮޅަކަށް ދެމިގެންދިޔަ ވަގުތުކޮޅުގެ ފޮނި މީރުކަން އެންމެ ފުރިހަމަ ގޮތުގައި ލިބިގަތީ ދެހިތެއް އެކަމަށް އެދި ގޮވަމުންދާ ހާލުގައެވެ. މިކްޔާގެ ހިތުގައިވެސް އައުފަށް ޖާގައެއް ދެވިފައިވާކަން އެވަގުތު ޔަޤީންވިއެވެ. ނަމަވެސް ޝަމާން މަތިން ހަނދާންވުމާއިއެކު އައުފަށް މިކްޔާއާއި ދުރަށް ޖެހިލެވުނެވެ. އެވަގުތު އެމޫނުމަތިން ފެނުނު މާޔޫސްކަން މިކްޔާއަށް ސިއްރު ނުކުރެވުނެވެ. މިކްޔާހަށިގަނޑު ދެތުކޮށްލަމުން ހެޑްބޯޑްގައި ލެނގިލިއެވެ. އޭރު އައުފް އިނީ އެނދުގައި މިކްޔާ އަށް ފުރަގަސްދީގެން އިށީނދެގެންނެވެ.
” ސޮރީ…” އައުފްގެ އަޑުގައި ވަނީ ހިތާމަވެރިކަމެވެ. ހަޤީގަތް ޤަބޫލުކުރަން އައުފްގެ ހިތެއް ނޭދެއެވެ. މިކްޔާ އެހެންމީހެއްގެ ހައްޤަކަށްވާތަން ދެކެން އެހިތައް ކުޅަދާނަވެގެން ނުވެއެވެ. އައުފް ނިންމީ ވީހާވެސް އަވަހަށް ލަންޑަނަށް ފުރުމަށެވެ. ހުރިހާކަމެއް ނިމުމުން އެނބުރި އަންނާނީ އެވެ. އެންމެ އަވަހަށް ލިބޭ ފްލައިޓަކުން ޓިކެޓް ބުކް ކުރަން އައުފް ބޭނުންވިއެވެ. އެކޮޓަރިން ނިކުންނަންވެގެން ހިނގައިގަތް އައުފްގެ ފިޔަވަޅުތައް ގަނޑުވީ މިކްޔާގެ ދުލުން ބުނެލި ވާހަކައަކުންނެވެ.
“އައި ލަވް ޔޫ..” މިކްޔާ އެހެން ބުނެލީ ކިތައްމެ މަޑުން ނަމަވެސް އައުފަށް އެއަޑު އިވުނެވެ. އެވަގުތު އައުފް ޤަބޫލު ނުކުރެވޭފަދަ ބެލުމަކުން މިކްޔާއާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އައުފްގެ ކަންފަތައް އެއިވުނީ އޭނަ އަބަދުވެސް އިންތިޒާރު ކުރަމުން އައި ބަސް ކޮޅެކެވެ.
“ކީކޭ…އަދި އެއްފަހަރު ބުނެބަލަ…އަނެއްކާ އަހަރެންނަށް ދެންމެގަ އެއިވުނީ ރަނގަޅަށްތަ؟” މިކްޔާގެ ދުލުން ހާމަކުރި ބަސްތައް އައުފަށް ޤަބޫލު ނުކުރެވެނީއެވެ.
“ތި އިވުނީ ހަމަ ރަނގަޅަށް..އަހރެން ލޯބިވޭ އައުފް ދެކެ.. ބޭނުންވަނީ އައުފްގެ ދިރިއުޅުމުގެ އެއްބައި ކަމުގައި ވާން..ވިލް ޔޫ މެރީ މީ؟ އެނދުން ތެދުވެގެން އައުފްގެ ކުރިމައއްޗަށް ހުއްޓެމުން މިކްޔާ ބުނެލިއެވެ. އެވަގުތު އައުފްގެ މޫނުމަތީގައިވާ ހައިރާންކަމުގެ ކުލަވަރު ފަނޑުވެގެން ގޮސް ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.
އައުފްގެ އަތުތެރެއަށް މިކްޔާ ގެންނަމުން އެހަށިގަނޑު މެއާލާ ފިއްތާލިއެވެ. ދުވަހަކުވެސް ދޫނުކޮށްލާނަމޭ ބުނާ ކަހަލައެވެ. އައުފްގެ ލޮލުން އުފާވެރި ކަރުނަ ފާޅުވާން ހުރިއިރު މިކްޔާގެވެސް ހާލަކީ އެއީއެވެ.
“ތި އުޅެނީ އަހަރެން މަރާލަންތަ؟ ނޭވާވެސް ނުލެވެޔޭ…” އުނދަގުލުންކަހަލަގޮތަކަށް މިކްޔާ އެހެން ބުނެލީ އައުފަށް ޖެއްސުން ކޮށްލުމަށެވެ. ހަޤީޣަތުގައިވެސް އައުފް ހުރީ މިކްޔާ އަށް ނޭވާލާން ދަތިވާހާ ބާރަށް ބައްދާލައިގެންނެވެ.
” އޯހް…ސޮރީ އަގައިން…އައި އޭމް ސޯ ހެޕީ..އަސްލު ހިޔެއްވެސް ނުކުރަން މިކްޔާގެ ހިތުން އަހަރެންނަށް ޖާގައެއް ލިބިދާނެ ކަމަށް..ބައިދަވޭ މެރީ ކުރަން ޕްރޮޕޯސް ކުރާނީ ބޯއީ ކުދިންނޭ..ސިލީ ގާރލް..” މިކްޔާގެ ނިތުގައި އަތުން ޖަހާލަމުން އައުފް ބުނެލިއެވެ. މިކްޔާއަށްވެސް ހިނިތުން ވެވުނީ ދާދި ދެންމެއަކު އޭނާއަށް ބުނެވުނު އެއްޗެހި ހިތައް އެރުމުންނެވެ. އެވަގުތު ކޯތާފަތަށް ޖަންބު ކުލައަރައިގެން ދިޔައެވެ. މިކްޔާ ތިރީ ތުންފަތުގައި ދަތް އަޅައިގެން ހުރީ ލަދުންކަމެއް ނުވަތަ ހިތައް އެރި އެއްޗަކުންކަމެއް ނޭނގެއެވެ.
މިކްޔާގެ އެލަދުވެތި އަދާތައް އައުފަށް ނުހަނު ކަމުދިޔައެވެ. އަންހެންކުދިންގެ ލަދުވެތި ކަމަކީ އައުފް ވަރަށް ގަޔާވާ ސިފައެކެވެ.
” ތި ލިޕްސް ކޮޅު ކާލަންތަ ތިއުޅެނީ؟ ދީބަލަ އަހރެން ތިކަން ކޮށްދީފާނަން..” މިކްޔާ އިތުރަށް ލަދުގަންނުވާލުމުގެ ނިޔަތުގައި އައުފެ ބުނެލިއެވެ. އަދި ކުޑަކޮށް ގުދުވެލަމުން މިކްޔާ އާއި ދިމާއަށް ބޯ އަރި ކޮށްލިއެވެ.
“ދެން ނޫން…” ބެލްކަންޏާއި ދިމާއަށް މިކްޔާ ދުއްވައިގަތީ އައުފްގެ އެސަމާސާއިން އިތުރަށް ލަދުގަތުމުންނެވެ. އައުފްވެސް މިކްޔާފަހަތުން ދުއްވައިގަތެވެ.
ބެލްކަންޏަށް ނިކުމެވުމާއިއެކު ފަޒާގައި ހަރުލާފައިވާ ފިނިކަމުން ހަށިގަނޑަށް އަރާމެއް ލިބުނެވެ. އައުފް އައިސް މިކްޔާގެ ފަހަތުގައި ހުއްޓުމަށްފަހު އެހިމަ އުނަގަނޑުގައި އައުފްގެ ދެއަތުން ވަށާލުމަށްފަހު މިކްޔާގެ ކޮނޑުގައި ދަތްދޮޅިވިދެލިއެވެ.
” ހީ ފިލުވާލަދޭންވީތަ؟” އެގޮތުގައި އިރުކޮޅަކު ހުރުމަށްފަހު އައުފް ބުނެލިއެވެ. އައުފްގެ އަޑުގައިވި މަސްތީކަމުން މިކްޔާގެ ލޯލިތަށް ކޮޅަށް ޖެހުނެވެ. ލޯމަރާލައިގެން ހުރި މިކްޔާގެ ހިތް އާދަޔާ ހިލާފަށް ބާރަށް ތެޅެމުންދިޔައެވެ. އެހިތުގެ ތެޅުމުގެ އަޑު އައުފްގެ ކަންފަތާހަމަށް ފޯރާނެކަން ގައިމެވެ.
ލޯބީގައި ދިވާނާވެފައި އާޝިގެއްފަދައިން އައުފް އޭނާ މިކްޔާގެ ދެކެ ލޯބިވާ މިންވަރު އަމަލާއި ބަހުން ހާމަކުރަމުން ދިޔައެވެ. އައުފްގެ ދުލުން ބުނެލާ ކޮންމެ ބަހަކުން މިކްޔާގެ ހިތަށް ފޮނި އަސަރުތަކެއް ކުރުވައެވެ. ދެމީހުން ކުރެ އެކަކުވެސް ޝަމާންއާއި މެދު ވިސްނާހެނެއް ހިޔެއް ނުވެއެވެ. އެތައް ދަމެއް ވަންދެން ދެމީހުން އެކަކު އަނެކަނުގެ ދިރިއުޅުމުގެ ވާހަކަތައް ހިއްސާކުރަމުން ދިޔައެވެ. އެވާހަކަތަކުގެ ތެރޭން ޝަމާންގެ ނަން ގެނެވުމުން އައުފަށް ހިނދުކޮޅަކަށް މަޑުޖެހިލެވުނެވެ. މިހުރިހާއިރެއްގައި އޭނާ ޝަމާން އާއި މިކްޔާގެ ގުޅުމުގެ މަތިން އެއްގޮތަކަށްވެސް ހަނދާން ނެތެވެ. ހިތަށް ލިބުނު އުފާވެރިކަމުން އެކަންތައް ހަނދާނުން ކައްސާލީއެވެ.
” މިކް! ޝަމާންއާ މެރީ ކުރަން ރަންވެސް ކިޔާފަ ކީއްވެ މިކޮޅަށް ތިއައީ؟ އެހެން މީހަކާ މެރީ ކުރާއިރު ކީއްވެ އަހަރެންދެކެ ލޯބިވެޔޭ ބުނީ..އަހަރެންނަށް އިނގޭ ޝަމާން އަކީ މިކްގެ އަލަތު ލޯބިކަން.. އެލޯބި އެހާ ފަސޭހައިން ހަނދާން ނައްތައެއް ނުލެވޭނެ…އަހަރެން މީ އިހަކަށްދުވަހު މިކް އާ ދިމާވި މީހެއް.. ދެން ކިހިނެއް އަހަރެންދެކެ ލޯބިވެވުނީ..؟ ” ސީރިއަސް ކަމާއެކު އައުފް ސުވާލުކޮށްލިއެވެ. އެވަގުތު މިކްޔާގެ މުނުމަތީގައިވި ހިނިތުންވުން ފިލާދިޔައެވެ.
” އަހަރެންނަށް އިނގޭ ކަންތައް ވެފައިވާ ގޮތުން ޝަމާންގެ ހިތުގައިވެސް ޝަކުވާތަކެއް ވާނެކަން…އެކަމަކު އަހަރެން އޭނަކައިރީގައި ބުނިން އަހަރެން ބޭނުންވާ ގޮތް…އާނ! ޝަމާން އެއީ އެމީހަކަށްޓަކައި އަހަރެންގެ ހިތުގައި އެންމެ ފުރަތަމަ ވިންދެއް ޖަހާލި މީހަކީ އެއީ..ނަމަވެސް ތަޤްދީރުގައި ވާންހުރި ކަމެއް ނޫންވީމަ އަހަރެންގެ ދިރިއުޅުމަށް އިކުރާމުގެ ހިޔަނި އެޅުނީ…އެކަމުން ސަލާމަތް ނުވެގެން އުޅެނިކޮށް އަނެއްކާވެސް އަހަރެމެން ބައްދަލުވީ އެކަމަކު އޭރު އަހަރެންގެ ދިރިއުޅުމަށް އެޅުނު ހިޔަނީގެ ކަޅުކަން ހިތާއި ޖިސްމަށްވަނީ ކޮށްފައި..އަހަރެން ޝަމާންދެކެ އޭރުވެސް ލޯބިވިން އެކަމަކު އޭނަ އާއި ގުޅެވެން ނެތީމަ އަނެއްކާވެސް ހަމަ ތަޤދީރު އަހަރެމެން ދެމީހުން ވަކިކުރުވީވެސް…އެހިސާބުން އަހަރެންގެ ދިރިއުޅުމަށް އައި މީހަކީ ތީ…ނޭނގި ހުއްޓާ މިހިތުން ޖާގަ ހޯދި މީހަކީވެސްތީ..މިއަދު އަހަރެންގެ ދިރިއުޅުން ހިއްސާކުރަން ބޭނުންވާ މީހަކީވެސް ތީ..މިހިތުގެ ކަނެއްގައި އަދިވެސް ޝަމާންގެ ނަން ވޭ..އެކަމަކުވެސް އަހަރެންނަށް ކުރިން ވެވުނު ގޮތަށް ލޯބި ވެވިދާނެކަމާމެދު މިހާރު ޝައްކުވޭ..ސަބަބަކީ މިހިތުން އެހެންމީހަކަށް ޖާގަދެވިފައިވުމުން…އެހެންވެ އަހަރެން ވަރަށް ތަފްސީލްކޮށް މިހިތުގެ ހާލަތު ޝަމާން ކައިރީގައި ބުނެދިނިން….އޭނަވެސް ބޭނުންވަނީ އަހަރެން އައުފާއި ގުޅެން…އެހެންވެ މިކޮޅަށް މިއައީވެސް..” މިކްޔާގެ ވާހަކަތަކަށް ފުރިހަމަ ސަމާލުކަންދީގެންއިން އައުފްގެ ހިތުގައި ޝަމާންއަށްޓަކައި ހަމްދަރުދީ އުފެދުނެވެ. ޝަމާންގެ ދިރިއުޅުމަށް އޭނާދެކެ ލޯބިވާ އަޅާލާނެ ބައިވެރިއަކު އައުމަށް އައުފް ދުޢާކުރިއެވެ.
“ދެން ރަންވެސް ކިޔާފަ..ކައިވެނި ކުރަން ފޯރމާއި އެއްޗެހި ލާފަ ތިހެން ނިންމީމަ ޝަމާން ޝާކުވާއެއް ނުކުރޭތަ؟” ވިސްނުމަކަށް ގެއްލިފައި އިން އައުފް ސުވާލުކޮށްލިއެވެ.
“ރަން ކިޔަސް އެފޯރމް ކޯޓަށް ހުށައެޅުމުގެ ކުރިން އަހަރެން އެވާހަކަ ބުނިން..ދެން ފޯރމްވެސް ކެންސަލްކޮށްލީ…އަހަރެން ހީކުރިގޮތާއި ހިލާފަށް ޝަމާންގެ ފަރާތުން ލިބުނީ އެއްބާރުލުން…އެކަމުންވެސް އޭނަގެ ރަނގަޅުކަން ހާމަ ވޭ..ނުބުނި ކަމުގައި ވިޔަސް އަހަރެންދެކެ އޭނަވާ ލޯބި އެދެލޮލުން ފާޅުވޭ…” ޝަމާން އާއި މެދު ކަންތައް ކުރެވުނު ގޮތުން މިކްޔާގެ ހިތަށް އަސަރުކުރިއެވެ. އޭނަ އައުފާއި ދިމާނުވިނަމަވެސް ޝަމާން އާއި އެކު އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތެވެ. އިކުރާމްގެ ހިޔަނި އެޅޭ ހިސާބަކަށްވެސް މިކްޔާ ދާން ބޭނުމެއް ނޫނެވެ. އެކަމުގެ ސަބަބުން އޭނަގެ ހިތުގައި ލެވިފައިވާ ޒަޚަމް އިތުރަށް ތާޒާވުން ނޫންކަމެއް ނުވާނެއެވެ. މިކްޔާ އޭނާގެ ދެކުދިންގެ ހަނދާނުގައި އުޅުނު ނިކަމެތި ދުވަސްތައް މަތިން ހަނދާންވެ އެލޮލުން ކަރުނައިގެ ރޮނގެއް ކޯތާފަތުގައި ބީހިލިއެވެ.
އައުފް ނުހަނު ލޯތަބާއެކު މިކްޔާގެ ކަރުނަ ފޮހެލާފައި އެމޭގައި ފޮރުވާލީ ވައިރޯޅިއަކަށްވެސް ނުވަދެހޭ ކައިރިކޮށްލަމުންނެވެ. އައުފް މިކްޔާގެ ބޮލުގައި ފިރުމާލީ ހަމަ އެހާ ލޯބިންނެވެ. މިމައުސޫމު ކުއްޖާ ވަނީ އެތައް ހިތާމައަކާއި ވޭނެއް ތަހައްމަލުކޮށްފައެވެ. އެކަމަކު ދެން އެދެލޮލުން އެންމެ ކަރުނަތިއްކެއްވެސް ވެއްޓުނަ ނުދޭނަމެވެ. އެހިތުގައި ލެވިފައިވާ ޒަޚަމްތަކަށް ޝިފާއެއް ހޯދައި ދޭނަމެވެ. ހިތްފުރިގެން ބަންޑުންވާހާ ލޯތްބާ އަޅާލުން ދޭނަމެވެ. އައުފް އޭނާގެ އަމިއްލަ ނަފުސައް ވަޢުދުވިއެވެ.
ޖެހެމެންދިޔަ ފިނި ރޯޅިތަކުން ދެމީހުންވެސް ތިބީ ގަނޑުފެންކޮޅެއްހާ ފިނިބޮޑުވެފައެވެ. ފަތިސްވާން އުޅޭކަމުގެ އަލާމާތްތައް އުދަރެހުން ފާޅުވީވެސް މިކްޔާއާއި އައުފް އެގޮތުގައި ތިއްބައެވެ.
” ދެންދޭ ނަމާދުކުރަން..މިހެން ތިއްބާ އިރު އަރާނީވެސް..” މިކްޔާ ބުނެލިއެވެ.
” ދޫނި ނުކުރަންތަ ނަމާދެއް؟ ” ލޯތްބާއެކު އައުފް އަހާލިއެވެ.
“މިދުވަސްކޮޅު ޗުއްޓީގަ މިހުރީ..ހެހެހެ..”
“އަހަރެންވެސް ގޭގައި ނަމާދު ކުރަން ޖެހޭނީ…މިތާ ކައިރީގަ ނުހުންނާނެ މިސްކިތެއް…ހުރި ހިސާބަށް ދާއިރު އިރުވެސް އަރާނެ..ބައި ދިވޭ ގުޑް މޯރނިންގ ލަވް..” މިކްޔާގެ ނިތުގައި އައުފްގެ ތުންފަތް ޖައްސާލަމުން ބުނެލިއެވެ.
**
އާދުވަހަކަށް އިރު އަރައިގެން އައިރު މިކްޔާގެ ދިރިއުޅުމަށްވަނީ ބަހާރު މޫސުން އައިސްފައެވެ. ސޮފިއްޔާ އާއި މައިކަލްވެސް މިކްޔާގެ ނިންމުމަށް މަރުހަބާކިއީ އުފަލާއެކުއެވެ. މިކްޔާ އަކީ މިހާރު ބޮޑުވެފައި ހުރި ވިސްނޭ ކުއްޖެއްވުމުން ދިރިއުޅުމުގައިނ ކަންތައް ނިންމޭނެހާ ޤާބިލްކަން ލިބިގެންވާކަމުގައި ސޮފިއްޔާ ޤަބޫލުކުރެއެވެ. އެހެން ކަމުން އެކަމާ ފާޑު ކިޔައި ގޮތް ނިންމަން ސޮފިއްޔާ ބޭނުން ނުވީއެވެ.
އެހެން މީހުންގެ ކުރިމަތީގައި ހިނިތުންވެލައިގެން ހުރި ޝަމާންގެ ހިތައް ހުސްކަމެއް ވެރިވިއެވެ. މިވީހާ ދުވަހުވެސް އޭނާ އިންތިޒާރު ކުރަމުންދިޔައީ މިކްޔާގެ ލޯބިން އެހިތް ފުރާލަ ދޭނެ ދުވަހަކަށެވެ. ނަމަވެސް އެކަން ތަޤްދީރުގައި ވާން ނެތުމުންނުވީއެވެ. ޝަމާންގެ ހިތުން މިކްޔާގެ ނަން ފޮހެލަން އަޒުމު ކަނޑައެޅިއެވެ.
ސީމާއަށް ލިބިފައިވާ އުފާވެރިކަން ދެގުނަ ވެފައި ވިއެވެ. އެހިތުގައި ޝާމާންއަށްޓަކައިވާ ލޯބި ދުވަހެއް ދުވަހަށް ދަނީ ކުރިފަޅާ އާރޯވަމުންނެވެ. މިއަދު އޭނާ އެވަނީ އަމިއްލަ ނަފުސަށް ވަޢުދެއް ވެފައެވެ. ޝަމާންގެ ހިތުން މިކްޔާގެ ހަނދާންތައް ފޮހެވޭނެހާވަރަށް އިންތިހާއަށް ލޯބި ދޭންށެވެ. އެގޮތުގައި ކިތައްމެ ދުވަހެއް ހޭދަވިޔަސް ސީމާ އަމިއްލަ ނަފުސަށް ވެފައިވާ ވަޢުދު ފުއްދާނެއެވެ.
މިހުރިހާކަމެއް ގާތުން ބަލަމުންދާ ޒީޝާގެ ހިތުގައިވި އަލިފާންގަނޑު އިތުރަށް ބޮޑުވުން ނޫންކަމެއް ނުވިއެވެ. މިކްޔާގެ ދިރިއުޅުމުގެ ހަމަޖެހުން އޭނާ ނަގާލާނެއެވެ. އައުފް އެއީ ޒީޝާގެ ބޭބެކަމުގައިވިޔަސް އެހިތުގައިވި ލޯތްބަށް ކުޑަވެސް އުނިކަމެއް ނާދެއެވެ. އިކުރާމްއާއި އެކު އެގޮތަށް އުޅުނުކަމުގައިވިޔަސް ޒީޝާގެ ހިތުގައި ރަސްކަން ކުރަމުން ދަނީ އައުފްގެ ސޫރަ އެވެ. އެނޫން މީހެއްދެކެ ޒީޝާއަށް ލޯބި ނުވެވޭނެއެވެ. އައުފްގެ ހަޤީގަތް އޭނައަށް ސިއްރުކޮންގެން ހުރެ މައިކަލް އެވަނީ ވަރަށް ބޮޑު ގޯހެއް ހަދާފައެވެ. އެކަމަށްޓަކައި ޒީޝާގެ ހިތުން ދުވަހަކުވެސް މައިކަލްއަށް މާފެއް ނުލިބޭނެއެވެ.
**
ޖެހިގެން އަންނަ ހަފްތާގައި މިކްޔާ އާއި އައުފްގެ ކައިވެނި ކުރާކަން އިއުލާނު ކުރީ ޝަމާން އާއި ސީމާއަށް ގިނަދުވަހު މަޑުކުރެވެން ނެތީމައެވެ. މާ ބޮޑު ޕާރޓީއެއް ބާއްވަން މިކްޔާ ބޭނުމެއްނުވިއެވެ. ހަމައެކަނި އާއިލާ މީހުންނާއި މައިކަލް އޮފީސް މީހުންނަށް ދަޢުވަތު އެރުވުނެވެ. އައުފްވެސް އޭނާގެ އެކުވެރިން ތެރެއިން ސްވިޒްލޭނޑްގައި ދިރިއުޅޭ ކުދިންކޮޅަކަށް ދަޢުވަތު އެރުވިއެވެ.
ގޭތެރޭގެ ހަލަބޮލިކަން އިތުރުވެގެން ދިޔައީ އެއްވެސް މީހަކަށް އަނގާލުމެއްނެތި މިޝްޔާ އައުމުންނެވެ. މިކްޔާގެ ކައިވެނި ކުރެވޭއިރު ކައިރީގައި ހުންނަން މިޝްޔާ ބޭނުންވިއެވެ. ކުރިން އަންގާނުލުމުން މިޝްޔާއަށް އާދެވުނީވެސް ކައިވެންޏަށް އެއްދުވަހަށް ވެފައި ވަނިކޮށެވެ. އެކަމާ ވަރަށް ޝަކުވާވެސް ކުރިއެވެ.
“ދެން ދޮން ވަރަށް ފޫހި މާލަހުން ބުނީމަ..މިޝީ އަށް ޝޮޕިންވެސް ކޮށްނުލެވުނު..ނެތް ލާނެ ހެދުމެއްވެސް..ނުދާނަން ޕާރޓީއަކަށް..” މިކްޔާގެ ފަހަތުން ދަމުން މިޝްޔާ ނުރުހުންވެހުރެ ބުނެލިއެވެ. ” މީޝް އަށް ނުފެނޭ ދޯ މިތަނުގައި ޝޮޕިން މޯލްތައް ހުރިތަނެއް..ދެން އަނެއްކާ މި އަލާމީ ފުރިފަ މިހުރީ ކޯންޗަކުން…ހެދުމެއް ނޫންތަ މީ..” މިޝްޔާގެ އަލާމާރި ހުޅުވާލަމުން މިކްޔާ ހެވިފައި ބުނެލިއެވެ. އިރުކޮޅެއްފަހުން އެކޮޓަރިން ބޭރަށް އިވުނީ ދެމީހުންގެ ސަކަރާތުގެ އަޑުފަށްގަނޑެވެ. ބޭރުގައި އިން ސޮފިއްޔާއަށް އެއަޑު އިވުމާއެކު ދެފަރާތަށް ބޯހޫރުވާލަމުން ކައިރީގައި އިން މައިކަލްއަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. ދެދަރިން އުޅޭގޮތުން ސޮފިއްޔާ ހުންނަނީ ހީލަ ހީލައެވެ.
**
ކައިވެނީގެ ވަގުތު ކުޑަތަންވާވަރަކަށް މިކްޔާގެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ. ކޮންމެވެސް ބޮޑުކަމެއް ވާން އުޅެޔޭ ހިތް ބުނަމުންދިޔައެވެ. ނޭނގޭ ސަބަބަކާހުރެ މިކްޔާއަށް އުނދަގޫވަމުން ދިޔައެވެ. އެހާ ދުވަސް ފަހުން މީހަކާ އިންނަން އުޅޭތީވެ ހާސްވެ ބިރުގަންނަ ގޮތް ވިއެވެ. ދެއަތް ފިނިވެ އަތްފައި ތުރުތުރުލަމުންދިޔައެވެ. އެހެން އިންދާ ކޮޓަރީގެ ދޮރު ހުޅުވާލައިފާ މިޝްޔާ އެތެރެއަށް ވަދެގެން އައެވެ.
“ވާއު! ދޮން ޔޫ ލުކް ލައިކް އަ ޕްރިންސެސް..އާފްބެ މިރޭ ހޭނެތޭނެ….އޫޕްސް ދެން ކިޔަންޖެހޭނީ ދޮންތަބޭ ދޯ؟ ” މިކްޔާއާއި ދިމާކޮށްނުލައި މިޝްޔާއަށް ނުހުރެވުނެވެ.
“ދެކުދިން ނުނިމޭތަ؟ އަވަސްކޮށްބަލަ..އަވަހަށް ނިކުތީމަ ދެވޭނީވެސް މަގުތަކުގައި އެހާވަރަށް ސްނޯ ފައިބާފަ އޮންނާނީވެސް..” ސިޓިން ރޫމްގައި ހުރި ސޮފިއްޔާ ގޮވާލިއަޑު އިވުމާއެކު މިކްޔާއަވަސްވެލީ ތިރިއަށް ދިޔުމަށެވެ.
3131 Comments
Comments are closed.
Auf Weds mikya
venue; esfiya site
time: 12:00
date: 8-12-16
all are invited for de party..:)
lasvejje dhw..sorry abt dat..mikky wedding ah thahyaaru kuranveema lasvee…hhehe…mihaaru dn mi party ah dhanee..hurihaa kudhinves ticket nagaigen switzerland ah annaathii…mikolhu v fini so sweater ei hifaigen annan handhaan kuraathi..hheeh..
please leave a comment after reading…thank u all..:)
vvvvvvv rethi story
its okay
thnk you..:)
Alhe beynun dhaann…..
Bytheway…this story is awesome..
Xoxo
thnk you eleesha..:) XOXO
v reethi mi vaahaka…hehe…nice wedding card….
tnkyu..:)
Hehe ok vara reethi story eh mii
thnks laaa..:) happy to c ur comment
Of cos dhaanan… me n my family… hope nothing bad happens.. but hyvany kameh vaan ulhey hen… inthizaaring for the wedding….
happy to c ur comment marsha..:) dn dhw neynge vaane gothei i too feel like zeesha is going to do smthing…lets c..cyu at de party:)
VVVVVVVVVVV lobi mi baivas…???????????
I love the stry… ??????????????
waiting avas kolachay…pls pls
tnkyu Rsy..:) insha allah 12 ga upvaane..keep waiting:)
Thi weddin ah konmmehen ves dhaanan. Enmme fav couple ge weddin kihineh miss kuraanee. Thank u for invitin ????
so c yuh at de wedding meera…heheh..tnkx 4 de lovly comment:)
Weddin n weddin night varah romantic koh genesdhehchey pls pls. Anekka eulhey xeesha kuraanee keebba. Birugannan fashaifi. Color cofe akee kobaa weddin ge???
will try…ekam dn neynge dhw vaane gothei..hehehe..:) btw color code akee aqua blue n white…wedding gift akah ainge faraathun honeymoon pakage ei dheythi…i cnt afford dat..hehehe..:)
who is victim and who is taking revenge here
Revenge continues / Is anyone has taken revenge already.
zeesha revenge ge magu mathiga,,,,
vvvvvvvvvvvvvvvvvvvvvvvvvvvvvvvv reethi….
pls auf and mikya a dara kama nukura thi pls pls
avaskolachay….
wait for de end ..insha allah u ll get all de answers..thnk yuo..:)
waiting for 12:00……………….
midnyt wedding ei dhw fathun..:) annaathi ingey..
Wow. ..salhi
thnk you..:)
Alhey v reethi mi stry… Mikya n auf ah dhera gotheh nahadhahchey..
Aharen dhaanan party ah vvv reethi
vvvvvvvv reeethi….
love it
vvvvvvvvvvvvvvvvvvv reeethi…………
Wow make up kofa ready vani 12:00 wedding na boyfriend kari bunanvi bala anasa eha las vima mom nufonu vana ekani…
Kobaatha next part..haadha Lahey up kuraaleh