Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިހާއަށް އާދޭސް 16…

kamana
December 7, 2016
3 Mins Read
49 Views
7 Comments

“ލައީ އަހަރެން ހާދަ ހިތައް އަރައޭ ޝިރީންގެ ބަދަލުގައި ލައީ ހުރިނަމައޭ…” މަނިކުގެ ކޮނޑުމަތިން ލައިލާއަށް ތެދުވެވުނީ ކުއްލިއަކަށެވެ. ލައިލާގެ ދެލޮލުގައި ވީ ކަރުނަތައްވެސް އެވަގުތަށް ހުއްޓުންއައި ކަހަލައެވެ.

“ލައީ..” ދެލޯ ބޮޑުކޮއްގެން އިން ލައިލާގެ ދެކޮނޑުގައި ހިފާ ތަޅުވާލަމުން މަނިކު ތަންކޮޅެއް ބާރަށް ގޮވާލިއެވެ. “ކީކޭ…” ލައިލާއަަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. “ހެހެހ ލައީ.. ސާބަސް… މިބުނީ ލައީ ކަހަލަ އަބަދު ކާއެއްޗެހި ގެނެސްދީ، އަނގަތަޅާނެ މީހަކަށް ޝީރީން ވިނަމައޭ…. ހެހެހ” މަނިކު އަވަހަށް ވާހަކަ ބަދަލުކޮއްލީ ލައިލާއަށް ވެފަ އިންގޮތް ފެނިއެވެ. އަދި އެހިތުގައި މަނިކަށް އެއްވެސް ހާއްސަ މަގާމެއް ދެވިފައިނުވާކަން އެވަަގުތު މަނިކަށް އިހްސާސްކުރެވުނެވެ. “ލައީ… ދެން ބުނެބަލަ ތި ރޮނީ ކީއްވެ… މީހަކު އެއްޗެކޭ ކީތަ… ނޫނީ ނަދީމް އާ ދެމީހުން…” ނަދީމްގެ ވާހަކަ ދެއްކުމުން ލައިލާ އިސްޖާހީ އާއެކޭ ބުނުމުގެ ގޮތުންނެވެ. “ނަދީމް ވާހަކަ ދެއްކި… ނަދީމް ބުނި ގެއަށް ދާންވެސް، އެކަމަކު ލައީ ނަދީމްގެ އަތް ފޮޅާލީ… ފަސްދީ ހިނގައި ގަތީވެސް ލައީ.. އެކަމް މަނިކު ނޭނގެ ކީއްވެ ކަމެއް.. ލައީ ވަރަށް ދެރަވޭ… ދެން ކިހިނެއް ހަދާނީ..” ލައިލާއަށް މަނިކުގެ އަތުގައި ހިފުނީ އެހީއަކަށް އެދޭ މީހެއް ފަދައިންނެވެ. “އިޓްސް އޯކޭ… ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް… ލައީ އަޅެ ނަދީމްއާއި ވާހަކަ ދައްކަންވީނު… ” މަނިކުގެ ހިތް އޭރުދިޔައީ ކުދި ކުދި ވަމުންނެވެ. އެހެންނަމެވެސް ލައިލާ އުފަލުގައި ހުންނަތަން ފެނުމީ މަނިކުގެ ހިތްއުފާވާނެކަމެކެވެ.

“ބިއްބީ…” އަޔާނާގެ އަޑަށް ލައިލާއާއި މަނިކު ދިޔައީ ސިހިގެންނެވެ. “ބައްޕިގެ ރަންދޫނި ހޭލެވުނީތަ” އަޔާނާގެ ނިތުގައި ބޮސްދެމުން މަނިކު އަހާލިއެވެ. “ބިއްބި ލާލާ ދަނީތަ..” ތުންކޮޅު ދަމާލަމުން އަޔާނާ އަހާލީ ލައިލާ ދިޔަ ދިމާލަށް އިޝާރާތް ކުރަމުންނެވެ. “ލާލާ އެދިޔައީ ފާހަނައަށް… އަންނާނޭ… ދަރިފުޅު ބަނޑުހައިތަ… ބައްޕި ގެންނަންތަ ޖޫސްކޮޅެއް..” އަޔާނާ ކުޑަކޮށް ނަގާ ގަޔާ ކައިރި ކޮއްލަމުން މަނިކުއަހާލީ އަޔާނާ ބަނޑުހައި ވެފަ އިންނާނެކަމަށެވެ. އެހެން ނަމެވެސް އަޔާނާ ދެފަރާތަށް ބޯ ތަޅުވާލީ ބަނޑުހައި ނުވެއޭބުނެއެވެ. “ބިއްބި” އަޔާނާ އުދަގުލުން މަނިކުގެ ގައިގާ ބައްދާލީ އުދަގޫ ގޮތަކަށެެވެ. އަތަށާއި ނޭފަތަށް ގުޅައިފައި ހުރި ހޮޅިތަކުން އަޔާނާއަށް ދިޔައީ އުދަގޫވަމުންކަން މަނިކަށް އެނގެއެވެ. އަޔާނާއަކީ ހިއްވަރުގަދަ ކުއްޖެއް ކަމުގައިވީތީ މަނިކު ހެއްދެވި ފަރާތަށް ފައްފަށުން ޝުކުރު ވެރިވެއެވެ. “ބައްޕިގެ ސްރޯންގު ގާލް…” އަޔާނާގެ ނިތައް ބޮސްދެމުން އެހެން ބުނެލި އިރު އަޔާނާގެ ތުންފަތުގައި ވީ ރީތި ހިނިތުންވުމެކެވެ. “މިންމި ކޮބާ….” އަޔާނާގެ އެސުވާލަށް މަނިކު އިނީ މާކުރިން ތައްޔާރުވެގެން ކަހަލައެެވެ. “މަންމި ދިޔައީ ޔާޔާ ބޭބީއަށް ބަތް ބަލާ…” މަނިކު އެހެން ބުނުމުން އަޔާނާ ހީލީ މަނިކުގެ މޭގައި ބޯ އަޅާލަމުންނެވެ.

…………………………

އަތްމަތި އަަވަސް އަރުވާލައިފައިވާ ލައިލާ ދިޔައީ ހެނދުނުގެ ނާސްތާ އަވަހަށް ތައްޔާރު ކުރުމަށެވެ. “ކިހާ ދެރަކަމެއް… އަޅެ ތިކުރާ ކަމެއް ތަންކޮޅެއް އަޑު މަޑުކޮށް ކޮއްބަލަ. ތަށިތަށް ތަޅުވާ އަޑުން މީހަކަށް ނިދާ ނުލެވޭނެ…” ސޯޓުކޮޅަކާއި އަތް ކެޑި ޓީޝާޓެއް ލައިގެން ކޮޓަރިން ނިކުތް ޝީރީން ލައިލާ އާއި ދިމާލަށް ލޯ އަޅާލިއެވެ. “ސޮރީ ޝީރީން… މި ނިމުނީ… ހޮސްޕިޓަލްއަށް ނުދާނަންތަ… ޔާޔާ ވަރަށް އުޅޭ ޝީރީން ހޯދަން…” ލައިލާ ވަރަށް ވިސްނަމުން ތަށިތަކުގެ މަތި ޖަހަމުންދިޔައެވެ. “ދެން އެންމެން އެތަނުގައިތަ ހުންނަނީ… އަހަރެން ނުދާނަން… އެތާގަ އެންމެން ތިބެންޏާ އަހަރެން ހިތަށް އަރާ މިތަން ކުއްޔައް ހިފީ ކީއްކުރަންބާއޭ… ހޮސްޕިޓަލްގައި ގެދޮރުއަޅައިގެން ހުރެވިދާނު..މިގޭގަ ހަމަ ޖެހިލައިގެން ނިދާނުލެވޭނެ..” ޝީރީން ކުދި ކިޔަމުން ކޮޓަރިއަށް ވަދެ ބަން ލާފައި ދޮރު ޖެހިއެވެ. ލައިލާއަށް ޝިރީންގެ ކިބައިގެން ފެނިގެން އެދިޔައީ ހިތައްވެސް ގެންނަން ނޭނގޭނެ ކަހަލަ ސިފައެވެ. ޝީރީން ލެއްޕި ދޮރާ ދިމާލަށް ލައިލާއަށް ބަލަހައްޓައިގެން އިނދެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ.

“ލައިލާ ނިމުނީތަ… އަވަހަށް ހިނގާ ދާން… އަޔާނާ ހުންނާނީ ބަނޑުހައިވެފައި” ޝިޔާމާއަށް ގޭތެރޭގައި ހިނގައި ދިޔަ ކަންތަށް އެނގޭއިރުވެސް ނޭނގޭ ކަމަށް ހެދިއެވެ. މިއިން ކަމެއް މަނިކަށް މިކަހަލަ ދަނޑިވަޅެއްގައި އެނގިއްޖެއްޔާ ވާނެ ގޮތްވެސް ނޭނގޭތީއެވެ.

“ހަލޯ….. އެންމެން ހިނގައްޖެ… އާދެވޭނެތަ…” ގޭ މައިދޮރު ޖެހި އަޑަށް އަވަސް އަވަހަށް ޝީރިން ފޯނުނަގާ މޯންޑޭއަށް ގުޅާލިއެވެ. “ޔެސް ބޭބީ.. ބީ ރެޑީ އެނގޭ.. ފަސްމިނެޓް ތެރޭ މިދަނީ” ޝީރީން ފޯނު ބޭއްވި އިރު އެ ތުންފަތުގައި ވަނީ ފުޅާ ހިނިތުންވުމެކެވެ.

…

“ކުރިން ދުވަހު ލައީ އަތުގައި އަހަންނަށް ހިފުނީ… ލައީ ވަރަށް ރުޅި އައިސްފައި ހުރީ…. ދެން ނުކެރޭނެ ވާހަކަ ދައްކާކަށް..” ނަދީމް ވާހަކަ ދައްކަމުން ދިޔައީ އަޔާނާ ބާއްވާފައި އޮތް އެނދުގެ ކުރިމަތީގައި އިން ގޮނޑީގައި އިށީދެގެން އިނދެއެވެ. ނަދީމް ދައްކަމުން ދިޔައީ މަނިކަށް އަޑުއަހަން އެހާ ފަސޭހަ ވާހަކަ ތަކެއް ނޫނަސް މަނިކުދިޔައީ ނަދީމްގެ ވާހަކަތައް އަޑުއަހަމުންނެވެ. “ނޫން ހުއްޓާ ނުލާތި.. ކިހިނެއް އެނގެނީ މިހާރު ލައީ ހިތުގައި އޮތް އެއްޗެއް..” މަނިކު އެހެން ބުނެ އަޔާނާއާއި ދިމާލަށް ބަލާލީ ނަދީމްއާއި ދިމާލަށް ނުބަލަންވެގެންނެވެ. “ތިބުނީ” ނަދީމް އިތުރަށް އެވާހަކަތަށް އޮޅުން ފިލުވަން ބޭނުންވެފައިވާކަން އެ ދެލޮލުން ހަމަވިއެވެ.

“އައްސަލާމް އަލައިކުން މަނިކު… ކޮބާ އަޔާނާ ހާލު ކިހިނެއް..” މަނިކު އާއި ސަލާމް ކުރުމައްފަހު ޑރ އިޔާޒް އަތް ދިއްކޮއްލީ އަޔާނާއާއި ދިމާލަށެވެ. އޮށޯވެލައިގެން އޮތް އަޔާނާ ޑރ އިޔާޒްއާއި ސަލާމް ކޮއްލީ ހީލަމުންނެވެ. “އަޔާނާ ކައިފިންތަ… ކޯޗެއް ކެއީ…” އަޔާނާ ބޯޖަހާލުމުން ޑރ އިޔާޒު އިތުރަށް އަޔާނާއާއި ވާހަކަ ދެއްކިއެވެ. “ޔާޔާ ޖޫސް ބޮއީ” އަޔާނާ ވަރަށް މަޑުން ބުނެލީ ޑރ އިޔާޒް އާއި ދިމާލަށް ބަލަމުންނެވެ. “ހާދަ މޮޅު ކުއްޖެކޭ ދޯ…. މަނިކު އަޅުގަނޑާ އެކީ ކެބިންއަށް ދުރުވަންވީނޫންތޯ…” ޑރ އިޔާޒް އެހެން ބުނެ މިސްރާބު ޖެހީ ކެބިންއާއި ދިމާލަށެވެ. މަނިކު ދަމުން ނަދީމްގެ ކޮނޑުގައި ޖަހާލީ އަޔާނާއަށް ބަލާލަ ދޭށޭ ބުނާފަދަ ގޮތަަކަށެވެ.

….

ކޮޓަރީގައި ޖަރީވަމުން ދިޔަ ޝީރީން ތުންފަތުގައި ގަދަ ރަތް ލިޕްސްޓިކް އުނގުޅާލުމައްފަހު ލޯގަނޑު ކުރިމައްޗަށް ހުއްޓި އަމިއްލަ ސޫރަ ބަލާލިއެވެ. ލައިގެން އިން ނިވާކަން ކުޑަ ކަޅު އޮފްއަރާ ހެދުމުން ޝީރީންގެ ގުނަވަންތައް ވަރަށް ރީޗަށް ފާޅުވެއެެވެ. “މޯންޑޭ މިފަހަރު ހޭނެތޭނެ ކަންނޭގެ” ޝީރީންއަށް އަމިއްލަ ނަފްސައް ތައުރީފު ކޮއްލެވުނީ މޯންޑޭ އަށް ވާނެގޮތް ހިތަށް އެރުމުންނެވެ.

“މޯންޑޭ އައި އެމް ކަމިން ” ގޭގެ ބެލް ޖެހި އަޑަށް ޝީރީން ދުއްވައިގަތީ ކުޑަކުއްޖެއް ފަދައިންނެވެ.

……

“އަޔާނާއަށް އެހެން ވާތާ ކިހާ ދުވަހެއް” ޑރ އިޔާޒް މޭޒުމަތީގައި ދެ އުޅަބޮށި ވީއްދާލަމުން އަހާލިއެވެ.” ތިން ހަތަރު ވަރަކަށް މަސް.. ކިހިނެއްތޯވީ” މަނިކުގެ ހިތް ހީވަނީ ނިކުމެދާނެހެންނެވެ. “އަޔާނާއަށް ޖެހިފައި އެ ހުރީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް… އެއަށް ކިޔަނީ އެޕިޑާރމޮލީސިސް ބުލޯސާ… އާއްމުކޮށް ކުޑަކުދިންނަށް މިބަލި ޖެހެނީ…….. ފަރުވާއެއްވެސް އަދި މިބައްޔަށް ނެއް” ޑރ އިޔާޒަށް އެންމެން ފަހުން ބުނެލި ބަސް ބުނެވުނީ ވަރަށް އުދަގުލުންނެވެ. އެވަގުތު މަނިކުގެ ބޮލަށް ތޫނު ތަދެއް ވާންފެށީ ސިކުނޑިއަށް ޑރ އިޔާޒް ބުނެލި އެއްމެ ލަފްޒެއްވެސް ގަބޫލު ކުރަން ބޭނުން ނުވާތީކަން ގައިމެވެ. މަނިކުގެ ދެލޮލުން ހޫނު ކަރުނަ އަންނަން ފެށީ ޑރ އިޔާޒްގެ ކުރިމަތީގައެވެ.

……….

ދުވަމުން ދުވަމުން ދިޔަ ޝީރިން ދޮރުހުޅުވާލުމާއެކީ ދެފިޔަވަޅު ފަހަތަށް އަޅާލެވުނީ ފެނުނު މަންޒަރު ގަބޫލު ކުރަން ބޭނުން ނުވެގެންނެވެ. ޝީރީންގެ މޫނަށް ލަދުވެތިކަން ފާޅުވީ މިއިން ޒަމާނަކުވެސް ނުވާވަރަށެވެ.

ނުނިމޭ….

17
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

kamana

Other Articles

Previous

ހިތް އެކީ ދެވިއްޖޭ…

Next

ޢަޞްރު (ތޭރަވަނަ ބައި)

Next
December 7, 2016

ޢަޞްރު (ތޭރަވަނަ ބައި)

Previews
December 7, 2016

ހިތް އެކީ ދެވިއްޖޭ…

7 Comments

  1. kamana says:
    December 7, 2016 at 4:40 pm

    Hope yu all will like this part too??

  2. Regards says:
    December 7, 2016 at 5:01 pm

    Thanks for the quick upload. V reathi

  3. napkins says:
    December 7, 2016 at 6:32 pm

    too short but daily koh up koh dhey kamah vaneenama ok
    story reethi

  4. Maata says:
    December 7, 2016 at 9:02 pm

    Ohh salhi sheereen mammamen eaee

  5. ?mixoo says:
    December 7, 2016 at 10:14 pm

    nice..

  6. Anonymous says:
    December 8, 2016 at 12:14 am

    V reethi

  7. Hagygaiy says:
    December 8, 2016 at 12:04 pm

    Sheereen ah ladhugannanves engeytha haadha hynuveyey ladheh hayaathenhuri myhakunoolheyne dhw ehenneh eves myhakaa indhegen bali dhari aku libunyma

Comments are closed.

All Right Reserved!