
ހުރީ ވެވިފާ ބާކީ… (ހަތްވަނަ ބައި)
އިކާންގެ މޭގައި ބޯ އަޅައިގެން އޮތް ތާރާއަށް އެހިތުގެ ވިންދު އިހްސާސް ވަމުން ދިޔައެވެ. އެ ހަމަހިމޭން މާހައުލު ފަޅު ފިލުވައިދެމުން ދިޔަ ވާރޭގެ ހިތްގައިިމު މިއުޒިކީ އަޑަށް ގެނބެމުން އިކާންގެ ދެލޯ މަރާލީ އޭނާގެ އަޑުން ރީތި ރާގަކަށް ހޫން ލައްވަމުންނެވެ. އެ އަޑުއަހަން އޮތް ތާރާ ގެނބިގެން ދިޔައީ އިކާންގެ މަސްތީ އަޑުގެ ޖާދޫގައި ޖެހުމުންނެވެ.
*** *** *** *** *** ***
ދެފަރާތަށް ފުރޮޅުން ނޫންކަމެއް ޒިވީ ނުކުރެއެވެ. އެނދުގެ ހެޑްބޯޑް މަތީގައި ހުރި ގަޑީގެ ސިކުންތު ކަށި ދައުރުވާ އަޑުން އެކޮޓަރީގެ ހަމަހީމޭންކަން ނަގާލައިފައި ވިއެވެ. ނުނިދިފައި އެހެން އޮއްވާ އާ ދުވަހަށް އިރުއަރައިފިކަން ޒިވީއަށް ރޭކާލީ ކުޑަދޮރުތަކުގައި ހަރުކޮށްފައިވާ ދޮރުފޮތިތަކުން ފުރޭނިގެން ކޮޓަރިތެރެއަށް ވަންނަމުން ދިޔަ އިރުގެ އަލިންނެވެ. ގަޑިއަށް ބަލާލުމަށްފަހު ކަންނެތް ގޮތަކަށް ޒިވީ އެނދުން ތެދުވިއެވެ. އޮފީހަށް ދާން ޖެހޭ ގަޑި ޖެހޭތީއެވެ. ގަދަކަމުން ފާޚާނާއަށް ވަންނަން ދިޔައީ ޒިވީއަށް ގޮވަން އޭނާގެ މަންމަ އެ ކޮޓަރިއަށް އައިސް ދާނެތީއެވެ. މަންމަ ވަނުމުގެ ކުރިން ޒިވީ ބޭނުންވީ ތައްޔާރުވެލާށެވެ.
އޮފީސް ޔުނީފޯމް ލައިގެން ލޯގަނޑު ކުރިމައްޗަށް ހުއްޓިގެން ހުރުމަށްފަހު އޭނާގެ މޫނަށް ރަނގަޅަށް ބަލާލިއެވެ. ދެލޯ ކައިރިވަނީ ދުޅަވެފައިވާ އިރު ޒިވީ ވައްތަރީ ޗައިނާ ހިސާބުގެ މީހަކާއެވެ. ދެލޯ ރަތްކަމުން އެތައްއިރެއް ވަންދެން ރޮއިފައިވާކަން އެނގެއެވެ. އޭރުވެސް އެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. އިސްތަށިގަނޑު ފުނާ އަޅާލުމަށްފަހު ބޮލުމެދަށް ހުޅިއެއްހެން ހަރުކޮށްލިއެވެ. ތުންފަތުގައި މަޑު ލިޕް ގްލޮސްއެއް ޖައްސާލުމަށްފަހު ޑްރެސިންގް ޓޭބަލް މަތީއޮތް ބޮޑު އަވިއައިނު ނަގާ ލޮލުގައި އަޅާލިއެވެ. އަތްދަބަސް ކޮނޑުގައި އަޅައިގެން ޒިވީ ނުކުތީ މަންްމައަށް ނުފެނި އަަވަހަށް ގެއިން ނުކުންނާށެވެ.
މަގުގެ އެއްފަރާތުގައި މަޑުކޮށްގެން ހުރި ޒިވީއަށް އެހެން ހުންނަން އުނދަގޫ ވިއެވެ. ހެނދުނުގެ ވަގުތެއްކަމުން މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންގެ ލޯތަައް އޭނާއަށް އަމާޒުވެފައިވާ ކަހަލައެވެ. ކޮންމެ މީހެއްވެސް އޭނާއާ މަލާމަތް ކުރާ ކަހަލައެވެ. ޒިވީގެ އަތުގައި ވާ ފޯނުގެ ސްކްރީނުން މޫނަށް ބަލާލިއެވެ. ލޮލުގައި އަޅާފައިވާ ބޮޑު އަވިއައިނުގެ ސަބަބުން އޭނާގެ މޫނުމަތިން ބޮޑުބައެއް ފާޅުނުވާކަން އެއީ ނަސީބެކެވެ. އަވިގަނޑުގައި އެހެން ހުންނަތާ އިރުގަނޑެއް ވީ ފަހުން ޒިވީ ހުރި ދިމާލުގައިވާ ގޭގެ ދޮރު ހުޅުވާލުމުން ޒިވީ އެ ދިމާއަށް ބަލާލިއެވެ. އޭނާގެ އިންތިޒާރަށް ނިމުމެއް އައިއްސިކަން އިހްސާސް ވުމުން ތުންފަތަށް ފަނޑު ހިނނިތުންވުމެއް ވެރިވިއެވެ.
“ކިހިނެތްވީތަ؟… މިއޮއް ހެނދުނާ.. އޮފީހަށް ނުދަނީތަ؟…” ދޮރުން ޒިވީ އެތެރެއަށް ވަންނަން ތަން ދައްކަމުން ސަނާ ވާހަކަ ދެއްކީ ލޯ އުނގުޅަމުންނެވެ.
“ކޭން އައި ސްޓޭ ހިއާރ… އޮފީސް ނިމެންދެން… ޕްލީސް… އޮފީހަށް ދާހިތެއް ނެތް…” އެކުޑަ ކޮޓަރި ތެރެއަށް ބަލާލަމުން ޒިވީ ވާހަކަ ދެއްކިއެވެ.
“އާން މައްސަލައެއް ނެތް… ކިތަންމެ ދުވަހެއް ވިޔަސް މިގޭގަ މަޑުކުރެވޭނެ…” ޒިވީ އިށީންނަަށް ތަންކޮޅެއް ހަދާލަމުން އެނދުމަތީގައި ހުރި ހެދުންތައް އެއްފަރާތަކަށް ޖައްސާލަމުން ސަނާ ވާހަކަ ދެއްކިއެވެ. ސަނާގެ ހުރިހާ އަންނައުނުތަކެއް ވަަނީ އެނދުމަތީގައެވެ. އެ އެއްޗިއްސަށް ބަލަންހުރެ ޒިވީ އެނދުގައި އިށީނެވެ. ތަޅުންމަތީގައި އަޅާފއިވާ ރަގްމަތީ ދެފައި ވަށްކޮށްލަމުން ސަނާ އިށީނދެ ހަމަ ޖެހިލިއެވެ.
“ޚަބަރު ކިޔިންތަަ؟… ހުރިހާ ނިއުސްއެއްގަވެސް އެ ދައްކަނީ އެ ވާހަކަ ދޯ؟.. އިކާން މެރީޑް ޓު އަ ރިޗް ގާލް… އިކާންވެސް ދޯ.. އަހަރެން ހިތަކަށް ނާރާ އޭނަ އެހާ ފަސޭހައިން ޒިވީ މަތިން ހަނދާން ނައްތާލާފަަ މެރީ ކޮށްފާނެއެކޭ… ޚަބަރު ކިޔާބަލަ… ވަރަށް ފާޑު ފާޑުގެ އެއްޗެހި ލިޔެފަ އެބަހުރި… އެންޑް މީހުންގެ ކޮމެންޓްސް ތަކޯ…” ސަނާގެ އަތުގައިވާ ފޯނަށް ބަލަން އިނދެ އޭނަ ވާހަކަ ދައްކަމުން ދިޔައެވެ. ސަނާ ދައްކަމުން ދިޔަ ވާހަކަތަކުން ޒިވީއަށް އުނދަގޫ ވި ނަމަވެސް އެކަން ހާމަކުރާކަށް އޭނަ ބޭނުމެއް ނުވިއެވެ.
ފޯނުން ޚަބަރުތައް ބަލަން އިން ސަނާއަށް، އިކާންމެންގެ ފޮޓޯއެއް ފެނުމުން އެ ފޮޓޯ ބޮޑުކޮށް ފެންނާނެހެން ހުޅުވާލިއެވެ. ފޮޓޯ ލޯޑްވުމުން ޒިވީއާ ދިމާއަށް އެ ފޯނުގެ ސްކްރީން އަނބުރާލަމުން ސަނާ އަަނެއްކާވެސް ވާހަކަ ދެއްކިއެވެ. “ލުކް. ދިސް އިޒް ހާ… ރީތި ކުއްޖެއް.. ދެން އިކާންމެން ފޭމަސްވީމަ ރީތި ކުދިންވެސް ވާނެ ދޯ… ފޮޓާތަކުން ހީވަނީ ވަރަށް ލޯބިންހެން އުޅެނީ… އޭ ތިއައިނު ނަގާބަލަ… އޭރުން ދޯ އެއްޗެއް ފެންނާނީ… ގެއަށް ވަދެފަވެސް އަަވި އައިނު އަޅައިގެން ތި ހުރީ އަވިގަދަކަމުންތަ…”
މަޑުމަޑުން ޒިވީގެ ލޮލުގައި އަޅާއިފާއިވާ އަވި އައިނު މައްޗަށް ނަގާ އިސްތަށިގަނޑު މައްޗަަށް ހަރުކޮށްލިއެވެ. ފޮޓޯއަށް ބަލާފަ ޒިވީގެ މޫނަށް ބަލާލި ސަނާ ދިޔައީ ސިއްސައިގެންނެވެ. “ޒިވީ… ކިހިނެއް ވެފަ ތިހުރީ… ބަލީތަ؟..” ޒިވީގެ ދުޅަވެފައިވާ މޫނަށް ބަލަން އިނދެ ސަނާއަށް އެހެން ބުނެވުނީ އޭނާއަށް ވާނުވާ ނޭނގޭތީއެވެ.
ކިތަންމެ ހިތްވަރުކޮށްގެން ޒިވީގެ އިހްސާސްތައް ހާމަނުކުރާން އިން ނަމަވެސް ދެލޯ ބަރާކޮށްފައިވާ ހޫނުކަރުނަތައް އެ އެސްފިޔަތައް ފޫއަޅޫވާލާފައި ކޯތާފަތްމަތީން އޮހޮރިގަތުމުން ޒިވީގެ ދެލޯ މަރާލީ ދެއަތުން މޫނު ނިވާ ކޮށްލަމުންނެވެ. މަންޒަރު ބަލަން އިން ސަނާ ތަޅުންމަތިން ފޫ ހިއްލާލަމުން ޒިވީގެ ހަށިގަނޑުގައި އޮޅުލައިގަތީ އޭނާއަށް ޒިވީގެ ހިތް ކުދިކުދިވެފައިވާކަން އެނގުމުންނެވެ.
*** *** *** *** *** ***
ކޮޓަަރި ތެރެއަށް ވަންނަމުން ދިޔަ އަވީގެ ހޫނަށް ތާރާގެ ދެލޯ ހުޅުވާލެވުނީ ކަންނެތް ގޮތަކަށެވެ. މޯޅިއަކަށް ދެމިލަމުން ބޮލުގެ އިސްތަށިގަނޑު ތެރެއަށް އަތުގެ އިނގިލިތައް މަހާލަމުން ކޮޓަރީގައިވާ އިކާންގެ ޕޯސްޓަރަށް ބަލަން ތާރާ ލޯ ހުޅުވާލިއެވެ. ސިހުމެއްވީ ކުރިމަތީ ހުރި ފާރުން ފެންނަން ހުރި ޓެރަސްބައި ލޮލުގައި އަޅައިގަތުމުންނެވެ. ރޭގައި އެ ފެނުނީ ހުވަފެނެއް ނޫން ތާާރާއަށް ޔަގީން ވިއެވެ. ތަރާ އޮތީ އިކާންގެ ކޮޓަރީގައެވެ. ގައިމަތީ އަޅާފައިވާ ރަޖާގަނޑު ހިއްލާލަމުން އޭގެ ނިވަލުގައި އޮތް ތާރާގެ ހަށިގަނޑަށް ބަލާލިއެވެ. އެއާ އެކު ރޭގައި ހިގާ ދިޔަ ކަންތައް ލޯ މައްޗަށް ސިފަވިއެވެ.
ވާރެއާ ތެމިގެން ތިބެ ތަރާގެ ހަށިގަނޑުން ކައިވެނީގެ ހެދުން ވަކިކޮށްލި ގޮތެވެ. އުރާލައިގެން އިކާންގެ ކޮޓަރިއަށް ވެއްދި ގޮތެވެ. ހީކަރުވާފަ ތިބުމުން ލައިގެން ހުރި ހެދުން ބޭލުމަށްފަހު އެނދުގައި އޮށޯތްކަމެވެ. އިކާންގެ ހޫނު ހަށިގަނޑު ތެރޭގައި ތާރާ ބޮނޑިވެލައިގެން އޮތް ގޮތެވެ. އިކާންގެ މޭގައި ބޯއަޅައިގެން އޮތް އިރު އިކާންގެ އަޑުން ކިޔައިދެމުން ދިޔަ ރީތިލަވަ އަޑުއަަހަން އޮތް ތާރާގެ އެސްފިޔަތަކަށް ބަރުވެ ނިދުނީއެވެ.
“ވަަޓް…” ތާރާއަށް ސިހިފައި ބަލާލެވުނީ އޭނާ އޮތް ބޮޑު އެނދަަށެވެ. އިކާން ނެތް ކަން އެނގުމުން އިތުރަށް އޭނާ ދެރަވިއެވެ. އެއް ފަރާތުން ފެންނަން ހުރި ފާޚާނާއާ ދިމާއަށް ތާރާ މިސްރާބު ޖެހި ވަގުތު އޭނާގެ ފޯނު ރިންގް ވިއެވެ. ފޯނު ނަގާ ކަންފަތުގައި ޖަހައިގެން ހުރެ ފާޚާނާއާ ދިމާއަށް ތާރާ މިސްްރާބު ޖެހީ އެ ފޯނަށް ވާހަކަ ދައްކަމުންނެވެ. “ހަލޯ….”
“ތާރާ… ހައުސް ދަ ނައިޓް… ވަރަށް ތަދުވިތަ؟…” ލާނެއް ރާގަކަށް ވާހަކަ ދައްކަމުން އުލްފާ އަހާލިއެވެ.
“ހަހަހަ… އެއްވެސް ތަދެއް ނުވޭ… ވަރަށްް ރޮމޭންޓިކް… ވެޑިންގް ޑްރެސްގަ މިގޭ ޓެރަސްގަަ ދެމީހުން ވާރެއާ ތެމުނީ… ދެން އެތެރެއަށް ވަދެ ވަރަށް ރޮމޭންޓިކް ކޮށް ތިބީ.. އެހެން ތިއްބާ އަސްލު މަށަށް ނިދުނީ.. ވަަރަށް ޓަޔަޑްވެފަ ދޯ ހުރީ… ދެންމެ މިހޭލެވުނީވެސް.. އެންޑް އިކާންވެސް ނެތް ގެއަަކު… އަހަންނަށް ވުރެ ކުރިން ތެދުވެގެން އިކާން އެ ދިޔައީ… އޭނަ އަންނަން ވާއިރަށް ފެންވަރަން މިދަނީ.. ވިލް ކޯލް ޔޫ ލޭޓާ އިނގޭ…” ތާރާ އެއް ފައްޗަކަށް ހުރިހާ ވާހަކައެއް ހިއްސާ ކޮށްލުމަށްފަހު އެ ބޮޑު ފާޚާނާ ތެރޭގައި ހުރި މޫނު ދޮންނަ ތަށި މަތީ ފޯނު ބޭއްވިއެވެ.
ތުވާލި އޮޅާލައިގެން ތާރާ ފާޚާނާއިން ނުކުމެ އޭނާ ގެނައި އަތް ދަބަސް އެނދު މަތީ ބަހައްޓައިގެން ހާވަން ފެށިއެވެ. އޭގެ ތެރެއިން ނެގި ޖީންސަކާ ޓީޝާޓްކޮޅު ނަގާ ހަމަޖެހިލި ވަގުތު އެ އެޕާޓްމަންޓްގެ ދޮރު ހުޅުވުނު އަޑު ތާރާއަށް އިވުމުންެ ދެލޯ ބޮޑު ވިއެވެ. ފަހަތަށް ސިއްރުން ބަލާލީ އެ ކޮޓަރިއަށް ވަތް މީހެއް ޔަގީން ކުރާށެވެ. ހެވި ދިލިފައި ހުރެ ތަބަކެއްގައި ދެ މަގު ބަހައްޓަައިގެން އިކާން އެ ކޮޓަރި ތެރެއަށް ވަދެގެން އައެވެ. އެ ތަބަށް އެނދުމަތީ ބެހެއްޓުމަށްފަހު ތާރާއާ ދިމާއަށް ވަށްކަޅިން އިކާން ބަލާލިއެވެ. މޭމައްޗާ ހަމައަށް އަނދެފައިވާ ތުވާލީގައި ދެއަތުން ހިފަހައްޓައިގެން ތާރާ ހުރީ ލަދުންކަން އިކާނަށް އެނގުނެވެ. ހެދުން ހިފައިގެން ފާޚާނާއަށް ދާން ހިނގައިގަތުމުން ތާރާގެ އަތުގައި އިކާން ހިފާލިއެވެ. “ގުޑް މޯރނިންގް… އާދެބަލަ ކޮފީއެއް ބޯލަން…”
“އިކާން.. އަހަރެން މިއަންނަނީ ހެދުން ލައިގެން…” ލަދުން ހުރެ އެހެން ބުނި އިރު އިކާނާ ހަތަރުކަޅި ހަމަކުރާކަށް ތާރާއަކަށް ނުކެރުނެވެ.
“ތިހެން ހުންނަ އިރު މާ ލޯބި…” ތާރާގެ އަތުން ދޫ ކޮށްލަމުން ތާރާއާ ގާތްވެލަން އިކާން ކުރިއަށް ޖެހިލިއެވެ. ލަދުން އިސްޖަހައިގެން ހުރި ތާރާ ދުއްވައިގަތީ ފާޚާނާއާ ދިމާއަށެވެ. ތާރާ ލަދުން އުޅޭ ގޮތް ފެނުމުން އިކާން ގާތަށް ހިނިއައެވެ. އަންހެން ކުދިންގައިގަ ހުންނަންޖެހޭ ރީތި ސިފައެއްކަމަށް މީހުންބުނާ މި ސިފަ އިކާނަށް މިފެނުނީ ތާރާގެ ފަރާތުން އެކަންޏެވެ. އިސްތަށިގަނޑުގައި ހިފާލަމުން ތާރާ ދިޔަަ ދިމާއަށް އިކާން ބަލާލިއެވެ.
“ޝީޒް ސޯ ޑިފަރަންޓް…” އިކާން ވާހަކަ ދެއްކީ އޭނާގެ އަމިއްލަ ނަފްސާއެވެ.
ހެދުން ލައިގެން ފާޚާނާއިން ތާާރާ ނުކުތީ އޭނާގެ ތެތް އިސްތަށިގަނޑުގައި ތުވާލި އޮޅާލައިގެންނެވެ. އިކާންގެ މަގަތުގައި ތާރާއިށީނުމުން ތަބަކުން ކޮފީރަށި ނަގާ އިކާން ދިއްކޮށްލިއެވެ. އެ ހޫނު ތަށީގައި ހިފާލަމުން އިކާންގެ މޫނަށް ތާރާ ބަލާލީ ރަކި ހިނިތުންވުމަކާ އެކީގައެވެ.
“ތާރާވެސް ރަނގަޅުވާނެ މިއުޒިކީ ދުނިޔެއަށް ނުކުންނަން… ވަރަށް ވިދާލާނެ” އެއް ބުމަ އަރުވާލަމުން އިކާން ވާހަކަ ދެއްކީ އޭނާގެ ކޮފީ ތަށިން ރަހަ ބަލާލަމުންނެވެ.
ކޮފީތަށި ތުނބުން ވަކިކޮށްލަމުން ތާރާ ވާހަކަ ދައްކަން މަސައްކަަތް ކުރިއެވެ. “ހެހެހެ.. ނޫނޭ… އެއީ އިކާނަށް ސަޕްރައިޒެއް ދޭން ކިޔާލި ލަވައެއް…”
“އެހެންތަ.. ވެލް ޔޯ ސަޕްރައިޒް ދޯ… ވަރަށް ތަފާތު…” އިކާން ހިނިއައިސް ހުރެ ބުނެލި ޖުމްލައިގައި ދެވަނަ މާނައެއް ފޮރުވިފައިވާކަމެއް ތާރާއަކަށް ނޭނގުނެވެ.
“ހާދަ ޕްރެކްޓިސްއެއް ކުރީމޭ… ޓު މޭކް އިޓް ޕާފެކްޓް… އިކާން ލައިކްވީމަ ވަރަށް ހެޕީވެއްޖެ…” އިކާންގެ ފަރާތުން ލިބެމުން ދިޔަ ތައުރީފްގެ ބަސްތަކުން ތާރާ ވާހަކަ ދެއްކީ ވަރަށް އުފަލުން އިނދެއެވެ.
“އެހެންތަ… ވަރަށް ޕްރެކްޓިސް ކުރިންދޯ!… އެހާ ލޯބިން އަހަރެންގެ މޭގައި ބޯ އަޅާއިގެން އޮވެ ލައްވަމުން ދިޔަ މިއުޒިކީ އަޑު… އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ…” ތާރާގެ ކަންފަތް ދަށާ ގާތްވަމުން އިކާން ބުނެލިއެވެ. އަދިއެއަށްފަހު ނޭފަތް އެތެރެއަށް ދަމާލަމުން ގުގުރިދަމާ ޒާތުގެ އަޑެއް ލައްވާލުމުން ތާރާގެ ދެލޯ ބޮޑުވިއެވެ. އިކާން އެބުނީ ކޮން ރާގެއްގެ ވާހަކައެއްކަން ތަރާއަށް ނަގައިގަނެވުނީ އެ ވަގުތެވެ. ކޮފީތަށި ތަބަކުގައި ބެހެއްޓުމަށްފަހު އިކާންގެ ފަހަތުން ތާރާ ދުއްވައިގަތެވެ. “ޔޫ…. ހާދަ ގޯހޭ….”
ސޯފާއާ ހަމައަށް ގޮސް އިކާން އެނބުރިލީ ތާރާއާ ކުރިމަތިލާށެވެ. ދުވެފައި އައިސް އިކާންގެ މޭގައި ލައްވަމުން ތާރާގެ ދެއަތުން އިކާންގެ ގައިގައި ތަޅާލިއެވެ. އެއަތުގައި ހިފަހައްޓަަމުން ތާރާގެ އޫކޮށްފައިވާ ތުންފަތަށް ބަލަން އިކާނަށް ހުރެވުނެވެ. “ވަރަށް ފޫހިވޭ… އަސްލު ތާރާއަށް ނިދުނީއޭ… ސޮރީ…” ދެރަވެފައި ހުރެ ތާރާ ހަށަން ބަނދެލަމުން އެހެން ބުނެލި ގޮތުން އިކާންވެސް ދެރަވިއެވެ.
“ހެހެހެ އެއީ ސަމާސާ.. އަސްލުވެސް އިކާންވެސް ވަރަށް ޓަޔަޑްވެފަ ހުރީ.. އަދި އަހަރެމެންގެ ލައިފްގަ ބާކީ ދުވަސްތައް އޮތީނުން… ކީކޭ ބުނަނީ… މިރޭވެސް ވާނެ އެކަހަލަ ލަވައެއް ކިޔާލަން…” ތާރާގެ ކޮލުގައި ހިފާލަމުން އިކާން ސޯފާގައި އިށީނެވެ.
އިކާންގެ ފޯނު ރިންގް ވާން ފެށުމުން އިކާންގެ ޖީބުން ފޯނު ނެގިއެވެ. އެ ގުޅަނީ އިކާން ނުދަންނަ ނަންބަރަކުން ކަމަށް ވުމުން ދެ ހިޔާލެއްގައި ހުރެ ފޯނު ނެގީ ވަށްކަޅިން ތާރާއާ ދިމާއަށް ބަލާލަމުންނެވެ.
“އިކާންތަ؟…..” އެ އަޑު ޖެހުމުން ބޭއިޚްތިޔާރުގައި އެ ސޯފާއިން އިކާނަށް ތެދުވެވުނެވެ.
“ލައްބަ.. ކީކޭތޯ؟..” އިކާންގެ ރާގު ބަދަލުވިތަން ފެނި ތާރާ ހުރީ ހައިރާންވެފައެވެ. ފޯނަށް ވާހަކަ ދައްކަން ފުރުސަތު ދިނުމަށްފަހު ރީތިވާ މޭޒު ކައިރިއަށް ތާރާ އަވަސްވެގަތީ އޭނާގެ އިސްތަށިގަނޑުގައި ފުނާ އަޅާށެވެ.
“ތަރާ ހިނގާ ތިރިއަށް ދާން… މަންމަމެން ކައިރިއަށް ގޮސްލާފަ ދޯ ތާރާމެން ގެއަށް ދާން ވާނީ… ދެންމެ އެ ގުޅީ ތާރާގެ މަންމަ.. ތާރާ ފޯނަށް ނުގުޅިގެންނޭ ބުނީ… މިރޭ ފުރާ ގޮތަށް ހަނީމޫނު ޓިކެޓް ހަމަޖެހިފަ އިން ވާހަކަ ބުނީ.. އެހެންވެ ޕެކް ކޮށްލަންވެސް ދާން ވާނެއްނު… އިހަށް ހިނގާ އަލީޝާމެން ކައިރިއަށް ދާން… މަންމަމެން އެބަތިބި ވަރަށް މީރުކޮށް ސައި ހަދައިގެން… ތާރާގެ އިންތިޒާރުގަ…” ވާހަކަ ދައްކަމުން އިކާން ކުރިއަށް ހިނގާފައި އައީ ތާރާއާ ދިމާއަށެވެ. އިކާނަށް ފުރަގަސް ދީގެން ހުރި ތާރާގެ އުނަގަނޑުގައި ހިފާލަމުން ދާން ހިނގާށޭ އިކާން ބުނެލީ ތާރާގެ ކަނދުރާ ދޮށުން ވަސް ބަލާލަމުންނެވެ.
*** *** *** *** *** ***
އަތް ދަބަހަކަށް ބައެއް ހެދުންތައް ފަތްޖަހާ އަޅަމުން ދިޔަ ސަނާގެ ހަރާކާތަށް ޒިވީ އިނީ ގެއްލިފައެވެ. “އަދިވެސް އިކާނާ ދޭތެރޭތަ ތި ވިސްނަަނީ!… އެކަން ދެން ހަނދާން ނައްތާލާ… މިރޭ އަހަރެމެން މިއުޅެނީ ރިސޯޓަށް ޖައްސާލަން… ވީކެންޑެއްނު… ޒިވީ ބޭނުމިއްޔާ ޔޫ ކޭން ޖޮއިން އަސް…” ސަނާގެ ހެދުންތައް ޕެކްކޮށް ނިންމާލުމަށްފަހު ބުނެލިއެވެ.
“ކޮންބައެއް ދަނީ؟… އަހަރެން… އަަހަރެން މަޖާ ކުރާ ހިތެއް ނެތް… ގެއަށް ދާކަށްވެސް ބޭނުމެއް ނޫން…” އެނދުމައްޗަށް ވެއްޓިގަންނަމުން ޒިވީ ވާހަކަ ދެއްކީ ފޫހި ގޮތަކަށެވެ.
“ޒިވީ މާ ބޮޑަށް ތި ވިސްނަނީ… ރިސޯޓަށް ގޮއްސަ ސްޕާއިން މަސާޖެއް ނަގަނިކޮށް މުޅި މީހާ ރިލެކްސް ވެދާނެ.. ހިިނގާބަލަ… ދީ ފޯނު އަަހަރެން ޒޫނައްތައަށް ގުޅާނަން…” ސަނާ މިހެން ބުނެ ޒިވީގެ އަތުގަ އޮތް ފޯނު ނެގިއެވެ.
“ނޫން… މަންމައަށް ގުޅާނެ ކަމެއް ނެތް.. އަހަރެން ހިނގައިދާނަން… އޮފީސް ނިމޭ ގަޑީގަ ގެއަށް ގޮސް ޕެކްކޮށްގެން އަހަރެން އަންނާނަން.. އޯކޭ އެއްނު… މިއަދު މިހުރި ގޮތަށް އަހަރެން އޮފީހަަށް ނުދާން މިގެއަށް މިއައީ… ގޭގަ އޮވެއްޖިއްޔާ މަންމަގެ ވާާހަކަތައް… ސޯ ބެޓާ ވީކެންޑްގަ ރިސޯޓަަށް ދިޔުންވެސް…” ނިތްކުރިމަތީގައި އަތުގެ އިނގިލިތައް ވިއްދައިގެން ބާރުކޮށްލަމުން ޒިވީ ވާހަކަ ދެއްކިއެވެ.
އެ ދަތުރު ދާން ޒިވީ އެއްބަސްވުމުން ސަނާ ހުރީ ވަަރަށް އުފަލުންނެވެ. “ދެޓްސް މައިގާލް… ޕެކްކޮށް ނިމުނީމަ ގުޅާލާ.. އޭރުން އަހަރެން ކާރުގަ ދާނަން ޒިވީ ބަލާ… ޒިވީ އޭރުން ތިރިއަށް ފައިބާނީ…”
*** *** *** *** *** ***
“އިކާން މައްޗަކަށް ނާންނާނަންތަ؟… މަންމައާ ބައްޕަވެސް ބޭނުންވާނީ ދެމީހުން އެކީގަ އަންނަންދޯ؟…” ގޭޓް ކައިރީ މަޑުކޮށްފައިވާ ކާރުގައި އިން ތާރާ ވާހަކަ ދެއްކީ އިކާނާއެވެ.
“ތާރާ… އަހަރެން ކޮންމެހެންވެސް މި މަސައްކަތްތައް ހަވާލުކުރަން ޖެހޭނެ.. އަހަންނަކަށް ނޭނގެ މިހާ އަވަހަަށް ހަނީ މޫން ޓްރިޕެއް ހަމަޖެހިފަ އިންކަމެއް… މިރޭ ފުރަންޏާ ބައެއް މަސައްކަތްތައް ފިއްޓެއާ ހަވާލުކުރަން ޖެހޭނެ… ދެން ނެތް ދޯ މާ ގިނަ އިރެއްވެސް… ތާރާ ދޭ މައްޗަށް… އަހަރެން ހުރިހާ މަސައްކަތެއް ނިންމާލާފަ މިއަންނަނީ…” ތާރާ ހިތްހަމަޖައްސަން އިކާން އެގެއަށް އަންނާނަން ކަމަށް އެއްބަސް ވިއެވެ.
ގެއަށް ވަދެ ތާރަ އަވަސްވެގަތީ ތަހުމީނާ ކައިރިއަށް ދާށެވެ. އޭރު ތަހުމީނާ ހުރީ ރީތިވާ މޭޒު ކައިރީގައެވެ. ކޮޓަރިއަށް ވަދެގެން އައި ތާރާ ފެނުމުން ތަހުމީނާ އުފަލުން ކުރިއަށް ހިނގައިގަތީ އެ މަންޖެ ގައިގާ ބައްދާލާށެވެ.
“މަޑުކުރޭ… ދައްތަ ރޭގަ ޓިކެޓް ދިން ވާހަކަވެސް ބުނަން ހަނދާން ނެތުނީ…” ތާރާގެ ގައިން ދޫކޮށްލަަމުން އެ ކޮޓަރީގައި ހުރި އަލަމާރީގެ ދޮރުފަތް ހުޅުވާލުމަށްފަހު އޭގެން ނެގި ސިޓީ އުރަ ތާރާއަތަށް ތަހުމީނާ ދިއްކޮށްލިއެވެ.
“ދައްތަވެސް އެބައުޅޭ އަޒްކާމެން ކޮޓަރީގަ.. ކޮބާ އިކާން؟…” ތަހުމީނާ ބޭނުންވާ ވާހަކަ ދެއްކޭނީ އިކާންވެސް ބަހައްޓައިގެން ކަމުން ތަހުމީނާ ބޭނުންވީ އެ ސޮރު އައިތޯ ބަލާށެވެ.
“ކުއްލިއަކަށް ފުރަންޖެހޭކަން އެނގުނީމަ ސްޓޫޑިއޯގެ މަސައްކަތްތަކެއް މީހަކާ ހަވާލުކުރަން އެ ދިޔައީ… އެބަ އަންނަ އަޒުކީ ކައިރިއަށް ގޮއްސަ…” ތާރާ އެ ކޮޓަރިން ނުކުމެގެން ދިޔުމުން ތަހުމީނާ އައިސް މަޑުންމަޑުން އެނދުގައި އޮށޯތެވެ. އޭނާގެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. ހިތްވަރުކޮށްފައި ވިޔަސް ތެދުވެ އުޅެވޭތޯ އެ ބަލަނީ ތާރާގެ ހަޔާތަށް އައި އުފާވެރި ދުވަސްތަކަށް އެ މަންމަގެ ހިޔަނި އެޅުނަ ނުދޭށެވެ. ތަހުމީނާ މާ ބަލިކަން އެނގިއްޖިއްޔާ ތާރާ އެ ހަނީމޫން ދަތުރު ކެންސަލް ކުރާނެކަން ތަހުމީނާއަށް އެނގެއެވެ.
ކޮޓަރީގެ ދޮރު ހުޅުވާފަ އެތެރެއަށް ވަތް ތާރާ ފެނުމުން އަޒްކާ ދެލޯ ބޮޑުކޮށްލިއެވެ. “އޯ ތާރުގަނޑޫ.. އައި މިސްޑް ޔޫ ސޯ މަޗް…” އެނދުމައްޗަށް ކޮޅަށް ހުރެ ދެއަތް ފުޅާ ކުރަމުން ތާރާ ދިމާއަށް ދާން އަޒްކާ ފުންމާލިއެވެ.
“އޯ އަޒުކީ.. އައި މިސްޑް ޔޫ ޓޫ… މިރޭ ފުރަން މިއުޅެނީ… ތެންކިއު ދައްތާ..” އަޒްކާ ގައިގާ ބާރަށް ބައްދާލަމުން އެ ކޮޓަރިތެރޭ ހުރި ޒުމްރާއާ ދިމާއަށް ބަލާލިއެވެ.
“ކޮބާ އިކާން؟.. އޭނަ ނާދޭތަ؟…” ތާރާގެ ފަހަތުން ލެއްޕުނު ދޮރާ ދިމާއަށް ނަޒަރު ހިންގާލަމުން ޒުމްރާ އަހާލިއެވެ.
“އާން.. ފަހުން އަންނާނަމޭ ބުނީ… ކުޑަކަމެއްގަ އެ ދިޔައީ…. މިއައީ ފުރަންވާއިރަށް ޕެކް ކުރަންށާ އެކީގަ… އަޒުކީ.. ކަމް ޓު މައި ރޫމް… އައި ނީޑް ޔޯ ހެލްޕް…” ތާރާ އެ ކޮޓަރިން ނުކުންނަމުން ވާހަކަ ދެއްކިއެވެ. ޒުމްރާ އެ ދެކުދިންނާ ދިޔަ ދިމާއަށް ބަލަން ގެއްލިފައި ހުރެވުނެވެ. ކުއްލިއަކަށް ކަމެއް ހަނދާން ވުމުން ފޯނުން ގަޑިއަށް ބަލާލުމަށްފަަހު ދުމެއް ޖަހާފައި އެ ކޮޓަަރިން ޒުމްރާ ނުކުތެވެ. ބޭރު ސޯފާގައި އިން އާތިފަށް ބަލާލަމުން ޒުމްރާ ވާހަކަ ދެއްކިއެވެ.
“އާތީ ނުދާނަންތަ؟… ރިސޯޓުން ޓްރަންސްފާ ކޮންފާރމް ކޮށްފަ މެސެޖް ކޮށްފި…” އާތިފްގެ މޫނުމަަތިން ފާޅުވަމުން ދިޔައީ ނުތަނަވަސްކަމެވެ. ތަހުމީނާއަށް އަވަސް ޝިފާއެއް ހޯދަން އާތިފް ވަރަށް ބޭނުމެވެ. ތަހުމީނާ އަބަދު ބަލިވެ އުޅޭތަން ބަލަން އާތިފަށް ކެތްނުވަނީއެވެ. އަންބެއްގެ ގޮތުން ބަލާއިރު ތަހުމީނާއަކީ އާތިފް ދެކެ ލޯބިވާ، ހެޔޮލަފާ، މުރާލި އަންހެނެކެވެ.
“ޒުމްރާ… އަަހަންނަކަށް ނުދެވޭނެ.. ތަހުމީނާ އެހާ ބަލި.. އަނެއްކޮޅުން ތާރާ އެ ފުރަނީ މިރޭ… ޒުމްރާ ދާން ބޭނުމިއްޔާދޭ.. އަހަންނަކަށް މިފަހަރު ނުދެވޭނެ…” އާތިފް ވާހަކަ ދެއްކީ އޭނާގެ ފޯނުގެ ސްކްރީނަށް ބަލަމުންނެވެ. އާތިފް ނުދާނެކަަން އެނގުމުން ޒުމްރާ އަވަސްވެގަތީ އޭނާގެ ދަތުރު ކޮންފާރމޭޝްން ދޭން ރިސޯޓްގެ މެނޭޖަރަށް ގުޅާށެވެ.
*** *** *** *** *** ***
ޒިވީގެ ކޮޓަރިން ނުކުމެގެން ގެސްޓް އޭރިޔާގައި ހުރި ކްލަބަށް ދާން އޭނާ ހިނގައިގަތީ އެތާގައި ސަނާމެން ތިބިކަަން އެނގުމުންނެވެ. ކިރިޔާ ފޫކޮޅު ނިވާ ވާވަރުގެ ކުރު ހެދުންކޮޅެއް ލައިގެން ހުރި ޒިވީގެ އިސްތަށިގަނޑު ވަނި ނިއުޅުވާލާފައެވެ. އެއް ފަރާތެއްގައި ހުރި މޭޒާ ދިމާއަށް ޒިވީ މިސްރާބުޖެހީ ފަރި ހިނގުމެއްގައެވެ. އެތާ ތިބި ގިނަ ބައެއްގެ ލޯތައް އަމާޒުވެފައިވަނީ އޭނައާ ދިމާއަށެވެ.
މޭޒު ކައިރިއަށް އައިސް ހުއްޓެމުން ސަނާއާ ދާދި ގާތުގައި ހުރި ހުސް ގޮނޑީގައި ޒިވީ ހަމަޖެހިލިއެވެ. ރޭގަނޑުގެ އެމާހައުލުގައި އެމީހުން ތިބެ މަޖާކުރަމުން ދިޔައިރު އެތަނުގައި ޖަހާފައިވާ ލަވައަށް އެއްބަޔަކު ނަށަމުން ދިޔައެވެ. ސަނާ ހުރީ އޭނާގެ ލޯބިވެރިޔާއާ އެކުގައެވެ. އެމީހުންގެ ފަރާތުން ފެނަމުންދިޔަ ގައިގޯޅި މަންޒަރުތަކުން ޒިވީއަށް ކޮންމެވެސް ވަރަކަށް އުނދަގޫވަމުން ދިޔައެވެ.
“ޒިވީ ހައު ޑޫ ޔޫ ފީލް… ސްޕާގަ ހޭދަކޮށްލި ވަގުތުން ކޮންމެވެސް ވަރެއްގެ ތާޒާކަމެއް ލިބޭނެ ކަން ޔަގީން…” މޭޒުމަތީ ހުރި ކޮކްޓެއިލް ތަށި ނަގަމުން ސަނާ ވާހަކަ ދެއްކީ ވަރަށް ބާރަށެވެ.
އެތަނުގައި ޖަހާފައިވާ ލަވައިގެ އަޑުގަދަކަމުން ސަނާ ބުނި އެއްޗެއް ޒިވީއަކަށް ސާފުވާ ގޮތެއް ނުވިއެވެ. “ޒިވީ… ލުކް ހޫޒް ދެއަރ.. އޭނާ އެ ބަލަނީ ސީދާ ޒިވީއާ ދިމާއަށް…” ޒިވީގެ އަތުގައި ކޮއްޓާލަމުން ދުރުގައި ހުރި ޔޫރަޕް ޒުވާނާ ދައްކާލަމުން ސަނާ ހިނިގަނޑެއް ޖަހާލިއެވެ. ޒިވީ އެ ދިމާއަށް ބަލާލުމުން އެ ޒުވާނާ އަތުން ހަނާ އަޅާލިއެވެ.
ފޯނު ހިފައިގެން ހުރެ އެ ޒުވާނާ އާ ދިމާއަށް ޒިވީ ބަލާލާ ކޮންމެ ފަހަރަކު އެ ޒުވާނާ ހިނިތުންވެލައެވެ. ފޯނުގެ ކީބޯޑުގެ އަކުރުތަކަށް ފަރިތަކަމާއެކީ ފިއްތަމުން ޒިވީ އެ މެސެޖް ފޮނުވާލިއިރު އެމޭޒު ދަށަށް އެ ޒުވާނާއައިސް މަޑުކޮށްލިކަން ޒިވީއަށް އެނގުނެވެ. ގޮނޑިން ތެދުވެ އެ ޒުވާނާ ދިއްކުރި އަތުގައި ޒިވީ ހިފާލުމުން ސަނާއާ އޭނާގެ ލޯބިވެރިޔާއެކީ އެމޭޒުގައި ދެން ތިބި މީހުން އަތް ޖަހާލިއެވެ. އެ ޒުވާނާއާ އެކީ ޑާންސްފްލޯރއަށް ޒިވީ ނުކުތެވެ. މިއުޒިކާ އެއްވަރަށް އޭނާގެ ހަށިގަނޑަށް އެކި ހަރަކާތް ގެންނަމުން ދިޔަ އިރު އޭނާއަށް ބެލެމުން ދިޔައީ މޭޒުމަތީގައި އޮތް ފޯނާ ދިމާއަށެވެ.
*** *** *** *** *** ***
ދިގު ދަތުރަކަށްފަހު ތާރާމެންގެ ހަނީމޫނު ހަމަޖެހިފައިވާ ހޮޓަލަށް އާދެވުމުން ދެމީހުންވެސްް ބޭނުންވީ ތާޒާވެލައިގެން ރޭގަނޑުގެ ކެއުމަށް ބޭރަށް ދާށެވެ. ޑުބާއީގެ އެ ހިތްގައިމު މާހައުލުގައި އެމީހުން ހޭދަކުރަމުން ދިޔަ ކޮންމެ ވަގުތެއްގެ ފޮޓޯތައް ނަގަމުން ދިޔައީ އެ ދަތުރުގެ ހަނދާންތައް ބެހެއްޓުމުގެ ބޭނުމަގައެވެ.
ރޫމަށް ދެމީހުން އައިސް ވަނުމަށްފަހު ތާރާ ވަނީ ފާޚާނާއަށެވެ. ރީތިވެގެން ތާރާ ފާޚާނާއިން ނުކުތީ ކުރު ހެދުމެއް ލައިގެންނެވެ. އެ ހެދުމުގައި އޭނާ ހުރި އިރު ދޭތެރެއަކުން ތާރާއާ ދިމާއަށް އިކާން ބަލާލައެވެ. އެނދުގައި އެއް އަރިއަކަށްް ހަމަޖެހިލަމުން ޓީވީގެ ރިމޯޓް ނަގާ ޓީވީ ހުޅުވާލިއެވެ. އެ ކޮޓަރިން ބޭރަށް ނުކުމެވެން ހުރި ބެލްކަނީގައި އިކާން ހުރި އިރު އެނާގެ ނަޒަރު ހުއްޓިފައިވަނީ އެނދުގައި އޮށޯވެގެން އޮތް އޭނާގެ އަލަތު އަނބިމީހާއާ ދިމާއަށެވެ.
ބެލްކަނީގައި ހުރި ފޮތިގަނޑު ދުރުކޮށްލަމުން އެތެރެއަށް ވަތް އިކާން އޭނާ ލައިގެން ހުރި ޓީޝާޓް ބާލާލިއެވެ. ޓީވީއަށް ބަލަން އޮތް ކަމުގައި ވިޔަސް އިކާން ތާރާއާ ދިމާއަށް އަންނަމުން ދިޔަކަން ތާރާއަށް އެނގުނެވެ. އިނގޭކަމަށް ނުހަދާ ތާރާ ހިމޭނުން އޮތްކަމުގައި ވިޔަސް އޭނާގެ ހިތް ދިޔައީ ތެޅި ފޮޅެމުންނެވެ. ތާރާގެ މަގަތުގައި އިކާން އޮށޯންނަމުން އޭނާގެ އަތުން ތާރާގެ އުނަގަނޑުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލިއެވެ. ތާރާ މަޑުމަޑުން އެނބުރިލަމުން އިކާނާ ގާތްވެލީ ދެލޯ މަރާލަމުންނެވެ. ދެމީހުން ތިބީ އެކަކު އަނެކަކުގެ ހޫނު ނޭވާ އިހްސާސްވާހާ ކައިރީގައެވެ. ތަރާގެ އިސްތަށިގަނޑުގައި އިކާން ހިފާލަމުން މޫނުމޫނު ގާތްކޮށްލިއެވެ. އެ ބީހިލުމަށް އިންތިޒާރު ކުރަމުން ދިޔަ ތާރަ އޮތީ ކެތްމަދުވެފައެވެ. އެ ދެތުންފަތް ބައްދަލުވެގެން ދިޔަ ވަގުތު އިކާންގެ ފޯނު ވައިބްރޭޓް ވިއެވެ. ތާރާ ބޯ ހިއްލާލަމުން އެ ފޯނާ ދިމާއަށް ބަލާލިއެވެ.
ހަމަ އެ ވަގުތު ތާރާގެ ފޯނު ރިންގްވާން ފެށިއެވެ. އެހެންކަމުން ތާރާ އެނދުން ތެދުވެ ފޯނު ނަގަން އަވަސްވެގަތެވެ. ތާރާގެ ފޯނު ނަގަމުން އިކާންގެ ފޯނުވެސް ނަގާ އިކާން އަތަށް ދިއްކޮށްލިއެވެ.
“ހަލޯ… އާން ބައްޕާ.. މިހިރީ މިހާރު ރޫމްގަ.. ވަރަށް ސަޅި ހޮޓަލެއްގަ މިތިބީ…” ތާރާ އެނދުން ތެދުވެގެން ބެލްކަންޏާ ދިމާއަށް ހިނގައިގަތެވެ. އިކާންގެ ފޯނުގެ ޑިސްޕްލޭ ހުޅުވާލަމުން ދެންމެ އައި މެސެޖް ބަލާލަން ވައިބާ ހުޅުވާލިއެވެ. މެސެޖް ފޮނުވި މީހާ ފެނުމުން އިކާނަށް ބަލާލެވުނީ ބެލްކަނީގައި ހުރި ތާރާއާ ދިމާއަށެވެ.
(ނުނިމޭ)
21 Comments!
Comments are closed.
VVVVVVVVVVVVVVVV reethi…..
pls mi vahakaiga pls dhan ikan ma boda gulun nuba vathi ahan kudina
thara and ikan….
vara hadi idagan ehan mihuna kiss kuranya…like mansha stry…
shaxxx pls mi stry ga ehan nuhadachay…
Ikaan beyvafaatherivegen noonee vaahaka reecheh nuvaane….
Adhives kameh vaavaru nuvey dhw… Ikan n thaaraa phone nivaafa endha araabala…. Bodu kameh
Bodu kameh huvaa mibuny ????
???
Ammata… Evy kihineh… Xo ves midhen kon gadiyeh msg kuran…. ???
Vaahaka awsome. Bt thaara aa ikaan vaki nukuruvahchey fahun…….
Shaz ge story ga haadha sex ge bai bodey dhw :/
Shaz ge biruveri style maa kamudhey. Loabeege vaahaka liyan ehaa rangalhe noon. Mi story kamaku nudhey.
I think sex ge bayeh noonhen meega miothy… Its romance
Faahag kollan shaz eki stylege vaahaka liyan masakkai kuraa kan.
Eh style eh liyan masakkai nukuraathy. From allbur stories I love kandufen more. Mivaahakaves varah reethi. Ikaange past egen beynun vaneee. Waiting for next episode.
Noon Hama sex ge bai bodu veggiyya baraabaru
Noon hama sex ge bai bodu inge. thafaathu style liyumakee PORN style ah vez story liyun tha. Btw hurihaa readers ge hiyaal same e nuvaane inge. So try to digest. Be thankful that ZIL read this story and shared his/her expression.
I agree with you sassy.. Thz is not sex details
Nice.. tharaa is different n de only “ladhuraki” gal ican aa dhimsavi… so looks like ican is gonna fall for her…
vaahaka kiyaa iru kuda alhaiganna gotheh ebahurey. Ehaa faseyha eh noon kiyaalaakah. Aharenge dhivehi faritha noonee kanneynge. Seven part ai iru ves ehvves character ehves olhumeh nufilaa. Varah boluga rissa gothakah adhi dhanee. Heekuran Kuriah oi thaa rangalhu vaane kamah. Title reethi kamun varah interest aa eku kiyan feshee. adhi ehaa hith hamaeh nujehey
VVVVVVVVVVVVVVVVVV obi mi bai vas…
tharaa and ikan duru nukura chay….pls shax…
Are y in thala ci miya center
wow habeys hama adhi mihaa hageegatha ehgothah vahaka thah genesdheefaiva story eh nukiye,,,, meymathy ovegen varah reethi raageh alhuvaaliyoa,,,,,he he guguri dhamafa nidhalee dhoa he he nice hama thanx lyn
Shaxx this story is awesome ingey..
Vvvvvvvvvvvvvvvvvvvv salhi…
Sex ge bai ehvex bodeh noon its called romance kurun and story is amazing… We luv it..
Baeh meehun dhahkaane ekahala moya vaahaka dnt care about that..
Story is fantastic…
hus 18+ vaahaka liyaa kuje dhw mi ?
When uploding new episode
Varah varah salhi