އާލިޔާ އިސްޖަހާލީ ޖަވާބު ދޭން ބޭނުންނުވީމައެވެ. ހުރިހާ ސިއްރެއް އެވަގުތު ބުނަން ބޭނުންވިޔަސް މިވަގުތު އަޔާން އޭނާއަށް އެދޭ އިހްތިރާމް އާއި ގަދަރު ވަގުތުން ފިލައިގެން ދާނޭ އޭނާ ހިތަށްއެރިއެވެ. “އަންހެންކުއްޖަކު މި އޭގް ގައި ވިސްނަންޖެހޭނެ މާ ބޮޑުކަމެއް ނޯންނާނެ… ބޮއިފްރެންޑް ތިންގް އިޒް ޑިފެރެންޓް… އެއީ.. ކިތަންމެ މީހަކު ލިބުނަސް ލޭޓަރ ޔޫ ވިލް އެންޑް އަޕް ވިތް ވަން… އެހެންވީމަ އެކަހަލަ ކަމެއްނަމަ ވިސްނަންވެސް ނުޖެހޭނެ އަދި ވަކިން ކިޔަވާ ދުވަސްކޮޅު […]
ކަތިފިޔަވަޅު… ވާހަކައިގެ މި ހަފުތާގެ ބައި ކިޔުން ތެރިންނާ ހަމަޔަށް ނުގެނެސް ދެވުނީތީ އަޅުގަނޑުގެ ވާހަކަތަކަށް ސަޕޯރޓް ކުރާ ހުރިހާ ފަރާތް ތަކުގެ ކިބައިން ނިހާޔަތަށް މާފަށް އެދެމެވެ. މި ހަފުތާގެ ބައި ނުގެނެސް ދެވުނީ މި ދުވަސްކޮޅު އޮފީހުގައި ވަރަށް ބުރަކޮން އުޅެން ޖެހިފާވާތީއެވެ. އެހެން ނަމަވެސް އިރާދަކުރެވިއްޔާ ފެށޭ ހަފުތާ ނިމުމުގެ ކުރިން ވާހަކައިގެ ދެން އޮތް ބައި ތިޔަ އެންމެހާ ކިޔުންތެރިންނާ ހަމަޔަށް ގެނެސް ދޭނަމެވެ. އިންތިޒާރު ކުރާނެ ކަމަށް އަޅުގަނޑު އުއްމީދު […]
އަހަރެންނަށް ކުޑަކޮށް ނިދި ޖެހުނުތަނާހެން ރާޔާ ވާހަކަ ދައްކާ އަޑު އިވުނުވެ. ލޯ ހުޅުވާލަން އުޅެނިކޮށް ރާޔާ ބުނި އެއްޗަކުން އަހަރެން ނިދާފަ އޮތްކަމަށް ހެދެން މަޖްބޫރު ވިއެވެ. ރާޔާ ވާހަކަ ދައްކަމުން ދިޔައީ ފޯނުންކަން އަހަރެންނަށް އެނގުނީ އެކޮޅުން ވާހަކަ ދައްކާ މީހާގެ އަޑު ނީވޭތީއެވެ. ” ބޮޑު މުސީބާތަކާ ޖެހިގެން މިއުޅެނީ. ޔަލްވީ އެބޮތް އެކްސިޑެންޓްވެގެން ހޮސްޕިޓަލްގް. އޭނަގެ ލޮލަށްވެސް ފެންނަނީކީ ނޫން. މަށައް ޔަގީން އޭނަ މަންމަ އޭނަ ނުބަލާނެކަން. ދެން […]
ސިޓީ ކިޔަމުން ދިޔަ އިރު އަހަރެންގެ ދެލޯ ވަނީ ކަރުނައިން ފުރިފައެވެ. އަހަރެން ކުރަމުން އައި ފޮނި އުންމީދުތައް ފުޑުފުޑު ވީއެވެ. މުޅިދުނިޔެއިން ބާކީވީއެވެ. ‘ އަހަރެން އެނބުރި އަޒްރަކް ކައިރިއަށް ދާކަށް ބޭނުމެއްނުވެއެވެ…، ދުވަސްތަކެއް ވެތުވެގެން ހިނގައްޖެއެވެ. ހިސާހިތަކު އަހަރެންގެ އޯލެވެލް ވެސް ފެއްޓިއްޖެއެވެ. އޯލެވެލްގެ ނަތީޖާ ލިބުމާ އެކީ، ރަށް ދޫކޮށް މާލެ އަށް ދާން އަހަރެން މަންމަ ގާތުގަ އެދުނީ މެއެވެ. އަޒްރަކް ގެ ޙިޔާލުތަކާ އަހަރެން ދުރަށް ދާން ބޭނުންވާތިވެއެވެ.. މަންމަ […]
“ކުޑޭ… ކުޑޭއްތަ އެބަ ގޮވާ….” އާލިޔާގެ ނޭވައި ކޮޅަށް ޖެހި ހުއްޓުނީ އަނާން ވަރަށް ބާރަށް އެހެން ގޮވާލިއަޑުއިވިފައެވެ. އެދެމީހުންގެ ހިމޭންކަން ފުނޑުފުނޑުވީ އެ އަޑުންނެވެ. “ބައި އިނގޭ… އަސްލު ގުޅީ އެއްޗެއް އޮޅުން ފިލުވަން އެކަމް ދެން އޯކޭ..” އަޔާން އެހެން ބުނެލުމަށްފަހު ވަގުތުން ފޯނު ކަނޑާލިއެވެ. އާލިޔާއަށް އެ އިންގޮތަށް އިނދެވުނީއެވެ. އޭނާގެ ހިތުގެ ރާޖާއަކީ މީހެއްގެ ފިރިއެއްބާއެވެ. އޭނާއަކީ އެހެންމީހަކާއި އެކު ދިރިއުޅުން ހިއްސާކުރާ މީހެއްބާއެވެ. އޭނާގެ ރާޖާގެ ރާނީއެއް ހުރޭބާއެވެ. […]
ހަމަ އެ ވަގުތު ތާރާގެ ފޯނު ރިންގްވާން ފެށިއެވެ. އެހެންކަމުން ތާރާ އެނދުން ތެދުވެ ފޯނު ނަގަން އަވަސްވެގަތެވެ. ތާރާގެ ފޯނު ނަގަމުން އިކާންގެ ފޯނުވެސް ނަގާ އިކާން އަތަށް ދިއްކޮށްލިއެވެ. “ހަލޯ… އާން ބައްޕާ.. މިހިރީ މިހާރު ރޫމްގަ.. ވަރަށް ސަޅި ހޮޓަލެއްގަ މިތިބީ…” ތާރާ އެނދުން ތެދުވެގެން ބެލްކަންޏާ ދިމާއަށް ހިނގައިގަތެވެ. އިކާންގެ ފޯނުގެ ޑިސްޕްލޭ ހުޅުވާލަމުން ދެންމެ އައި މެސެޖް ބަލާލަން ވައިބާ ހުޅުވާލިއެވެ. މެސެޖް ފޮނުވި މީހާ ފެނުމުން އިކާނަށް ބަލާލެވުނީ […]
“އައިމަން ވެސް ގޮވައިގެން ޕްރިންސިޕަލް އޮފީހަށް އިނގޭ؟” އޭނަ އެހެން ބުނެފައި އަޒާނަށް ފަސްދީފައި ދާން ހިނގައިގަތެވެ. ދެންމެ ވިއާމްގެ އެކުވެރިޔާ ދެއްކި ވާހަކައަކާއެކު މި ޚަބަރު އޭނަގެ ސިކުނޑީގައި ތަކުރާރުވުމުން އޭނަގެ ހިތުގައި ނެގި ނުތަނަވަސްކަމުގެ ރާޅުބާންޏާއެކު އޭނައަށް ކޮޅަށް ތެދުވެވުނެވެ. އޭނަ ހާސްކަމެއްގެ ތެރޭގައި ހުރެ ވަގުތުން މިޞްރާބުޖެހީ ކެންޓީނާއި ދިމާލަށެވެ. އޭނަ ކެންޓީންގެ ދޮރުމައްޗަށް އެރިއިރު އެ ދޮރުގެ ކައިރީގައި ހުރި ދިގު މޭޒެއްގެ ކޮޅުގައި އައިމަން އޭނަގެ އެކުވެރިންނާއެކީ އިނެވެ. […]
ފޮތް ކިޔަން އިން އާލިޔާ ކޮޅަށް ތެދުވެލީ ދޮރުން ވަދެގެން އައި އަންހެންކުއްޖާ ފެނިފައެވެ. އެ ކުއްޖާ އައިސް ތަރުކާރީތަށް ބަލަމުން ގޮސް އެއިން އެތިކޮޅެއް ނަގައި ކިރަންފެށިއެވެ. އާލިޔާ އެ ކުއްޖާކައިރި އެހީވުމުގައި ހުރުމަށްފަހު އެ ހުރިހާ އެއްޗެހީގެ ހިސާބު ހަދާލިއެވެ. އާލިޔާ އަގު ބުނާއިރަށް އެ ކުއްޖާ މޫނުމަތިން ފެނުނީ ފޫހިކަމެކެވެ. ހާދަ އަގުބޮޑޭ ތިއުޅެނީ ލާރިގަނޑު ކާން ހޭ ކިޔާފަ އެއްޗެހިކީ ނަމަވެސް ލާރި ނަގާ އާ ލިޔާ އާއި ހާވާލުކޮށްފާ އެ […]
“ސަމްސިއްޔަ…. ޝީރީން އެ އުޅެނީ ކޮންފާޑަކަށް….” ކޮޓަރީގެ ހަތަރުފާރުން އެތެރެވުމާއެކު އަފީފްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. “އަފީފް އެމަންޖެ ހަމަ ކަމަކު ޖެހިގެން ބޭރަށް ގޮސްފާނު….” އަފީފްގެ އަތުގައި ހިފަމުން ސަމްސިއްޔަ ވާހަކަ ދެއްކީ ކުޑަކޮށް ނަމަވެސް އަފީފްގެ ރުޅިގަނޑު މަތަވޭތޯއެވެ. “ޝީރީންއަށް އޭނަގެ ދަރިފުޅަށް ވުރެއް ބޮޑަށް މުހިންމުވީ ކޮންކަމެއްތޯ ބަލަން މަވެސް ބޭނުން…. ޝީރީންއަށް ގުޅާބަލަ…” އަފީފް އެހެން ބުނުމާއެކު ސަމްސިއްޔަ އަވަސްވެގަތީ ޝީރީންއަށް ގުޅުމަށެވެ. އެހެން ނަމެވެސް ދެތިން ފަހަރު ގުޅުމުންވެސް ޝީރީން […]