Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފުން ލޯބި (2)

Mimmi ❤️ Level 410 Stories500 Comments100 Comments1K Comments
December 7, 2016 5 Mins Read
30 Comments

 

” މީ އަހަރެންނާ އެއްވެސް ގުޅުމެއް އޮތް މީހެން ނޫން. މީނާގެ ކަމަކު ދެން އަހަރެން ނުހޯދާތި. މީ މަންމައެއް ބައްޕައެއް ނެތް ޔަތީމެއް. ކަލޭމެން ދެން މީނައަށް ހަދާގޮތެށް ހަދާ” ޑޮކްޓަރ ކުރިމަތީ މަންމަ އެފާޑަށް ވާހަކަ ދެއްކުމުން އަހަރެން ދެރަވެ ލަދުވެސް ގަތެވެ.

” މަންމާ” އަހަރެންނަށް އެހެން ބުނެވުމާއެކު ރޮވުނެވެ.

“ހަބަރު ދާރު މަށަށް ދެން މަންމަ ނުކިޔާތި. ތީ އަހަރެން ބަނޑުގަ އަޅާ ވިހޭ މީހެއްނޫން” އެހެން ބުނުމަށް ފަހު މަންމެ ދިޔަ ފިޔަވަޅު އަޑު އިވުނެވެެ. އަހަރެނަށް އަހަރެންގެ ބަދުނަސީބް ކަމާ ދޭތެރޭ ވިސްނާލެވުނެވެ.

މިއަދު އަހަރެންނަށް އެހީވަން ހުރީވެސް ކާކުއެއްޔެވެެ؟ މަންމަވެސް އަހަރެން މިހާލުގަ އޮއްވާ އެދިޔައީ އަހަރެންނާ ހުރިހާ ގުޅުމެއް ކަނޑާލާފައެވެ.  އަހަރެން   ގެ ލޮލުގެ ފެނުން ހުރިނަމަވެސް ދިރިއުޅެން ކޮންމެވެސް މަގެއްް ހޯދިދާނެއެވެ. ނަމަވެސް މިއަދުއަހަރެންނަކީ ނުކުޅެދުންތެރިއެކެވެ. އެހެން މީހުންގެ އެހީއަށް ބޭނުންވެފައިވާ މީހެކެވެ. ތަޤްދީރު އަހަރެންނާ މި ކޮއްލީ ކޮންފަދަ ސަމާސާއެއް ހެއްޔެވެ؟  ދާދި ކުޑަ ހިދު ކޮޅެއްގެ ތެރޭގަ ދިރިއުޅުން އެފުށްމިފުށައް ޖެހިއްޖެއެވެ. ދިރިއުޅުމަށްޓަކާ ކުރަމުންއައި ފޮނި ހުވަފެންތައް ވިއްސިވިހާލިވެ ހިނގައްޖެއެވެ. އަހަރެންނަށް ކެތް ކުރެވުނީ އެހިސާބަށެވެ. އަމިއްލަ ހާލާ މެދު ވިސްނިފަ އަހަރެންނަށް ރޮވިއްޖެއެވެ.

” އާ ޔޫ އޯކޭ ޔަލްވީ” ކައިރީގަ ޑޮކްޓަރ ހުރިކަން އަހަރެންނަށް އިނގުނީވެސް ޑޮކްޓަރ އެހެން ބުނީމައެވެ. އަހަރެނަށް އިތުރު އެއްޗެއް ބުނެވޭ ވަރެއް ނުވިއެވެ. އިތުރަށް ރޮވުނީއެވެ.

” އެވްރީ ތިންގް ވިލް ބީ ފައިން އިން ޝާ ﷲ” އަހަރެންގެ ބޮލުގަ ފިރުމާލަމުން ޑޮކްޓަރ އެހެން ބުނެލާފަ ނިކުމެގެން ދިޔައީއެވެ.

ދެ ގަޑިއެއްހާއިރު ފަހުން ލޮލުގެ ޓެސްޓްތަކެއް ހަދަން އަހަރެން ގެންދިޔައެވެ. އަހަރެންނަށް ވިސްނެމުން ދިޔައީ ޓެސްޓް ތަކުގެ ނަތީޖާ އަންނާނެ ގޮތަކާމެދުގައެވެ. އަހަރެންނަކީ އުމުރަށް ލޮލުގެ ފެނުމުން މަހުރޫމް ވެފައިވާ މީހަކަށް ވެއްޖިއްޔާ އަހަރެންގެ މުޅި ދިރިއުޅުން ބަނަވީއެވެ. އެކި ކަހަލަ ހިޔާލްތަކުން އަހަރެންގެ ސިނކުޑިއަށް އުނދަގު ކުރަމުން ދިޔައެވެ.

“ޑޮކްޓާ ނީޑްސް ޓް ސީ ޔޫ. ކަމް ވިތު މީ'” ނަރުސް ކުއްޖެއް އައިސް އެހެން ބުނެލުމުން އަހަރެން އޭނަގެ އެހީގަ ޑޮކްޓަރގެ ރޫމަށް ދިޔައީމެވެ.

“ޔަލްވީ.. އަހަރެން ޔަލްވީ މިގެނައީ ނަތީޖާ ލިބުމުން އެޔާ ބެހޭ ގޮތުން ވާހަކަ ދައްކާލަން.. ޔަލްވީގެ އެބަހުރިތަ އެއްވެސް އެހީތެރިޔެއް” ޑޮކްޓަރ އެސުވާކު ކޮއްލުމުން އަހަރެން ދެރަވިއެވެ. އަދި ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލީމެވެ.

 

” ޔަލްވީގެ ލޮލުގެ  ފެނުން މިހާރު ވަނީ ވަރަށް ނާޒުކް ފައްތަރެއްގަ. މިހާރު އެ ހުރި ވަރުން ހިޔެއް ނުވޭ ލޮލަށް ފެންނާނެހެން. އެކަމް ލޮލުގެ އޮޕްރޭޝަން ކޮއްގެން ފަހަރެއްގަ ފެނިދާނެ. އެއީ ފިފްޓީ ފިފްޓީގެ އެއްޗެއް އެކަމް” ޑޮކްޓަރގެ އުންމީދެއްނެތް ބަސްތަކުން އަހަރެންގެ ހިތް ރޮއްވާލިއެވެ. ހީވީ   އަހަރެންގެ މޫނު މަތީގަ މީހަކު ބާރު އެތިފަހަރެއް ޖެހިހެންނެވެ. އަހަރެން ދެން މިދުނިޔޭގަ އުޅޭނީ ކިހިނެތް ހެއްޔެވެ. ވަންނާނެ ގެދޮރެއްނެތްތާ އަޅާލާނެ މީހެއްވެސް ނެތެވެ.

” ޔަލްވީ. ތިހާ ޅައުމުރުގަ  އެހެން ކަންތައް ދިމާވުމުން ދެރަވާނެކަން އިނގޭ. އެކަމް ކެތްކުރުން ނޫންގޮތެއް އަހަރެމެންނަކަށް ނޯންނާނެ. ﷲ އެއްވެސް އިންސާނަކަށް ނޫފުއްލެވޭ ވަރުގެ ބުރައެއް ނުޖައްސަވާނެ.” ޑޮކްޓަރގެ ބަސްތަކުން އަހަރެންގެ ޒަހަމްވެފައިވާ ހިތުގަ ބޭސް އަޅާލަދިން ކަހަލައެވެ. ކޮންމެސް ވަރެއްގެ ހިތްހަމަ ޖެހުމެއްލިބުނެވެ.

އެތެއްއިރެއް ވަންދެން ޑޮކްޓަރ އަހަރެންނާ ވާހަކަ ދައްކަން އިނެވެެ. ހިތަށް ކުޑަނަމަވެސް ފިނިކަމެއް ލިބިއްޖެއެވެ.

” ބައި ދަވޭ އައި އޭމް ހައިކަލް. ކުރީ ދުވަހު މަންމަ ހާދަ ރޫޑްކޮށް ވާހަކަ ދެއްކީ. ކަމަކާ ހިތްހަމަ ނުޖެހިފަތަ ހުރީ. ނޫނީ މާބޮޑައް ދެރަވީ ދޯ ޔަލްވީއަށް އެހެންވީމަ” އެ ސުވާލް ކޮއްލުމުން އަހަރެން ކުޑަކޮށް ނުތަނަވަސް ވިއެވެ. ދޭނީވެސް ވަކި ކޮންޖަވާބެއްހެއްޔެވެ. މަންމަ އެވަރަށް ރުޅިއަންނަ ސަބަބު ހުދު އަހަރެންނަށްވެސް ނޭންގެއެވެ. އަހަރެން އެކަސިޑެންޓް ވުމަށްވުރެ އަހަރެން މަރުވިއްޔާވެސް މަންމައަށް މާ ރަނގަޅުވާނެއެވެ. އެހެން ހިތަށް އެރުމާއެކު ދެލޯ ފެންކަޅިވިއެވެ.

“އޮއް ނުބައި މައުލޫއެއްދޯ މި ފެށުނީ. ސޮރީ އިނގޭ” ޑޮކްޓަރއަށް އަހަރެންގެ ފެނަކަޅިވެފައިވާ ލޯ ފެނުނީ ކަންނޭންގެއެވެ. ނަސީބަކުން އެވާހަކަ ހުއްޓާލައިފިއެވެ.

” މީހަކަށް ގުޅާލަ ދެވިދާނެތަ؟” ޖެހިލުންވެ އިނދެ ނަމަވެސް އަހަރެން ސުވާލްކޮށްލީމެވެ.

” ޝީ އިޒް މައި ބެސްޓް ފްރެންޑް. ހަމަ  އެކަނި ހުރި މީހަކީ އެއީ” އަހަރެން އެހެން ބުނެފަ  ޑޮކްޓަރ އައް ނަމްބަރ ކިޔާދިނީމެވެ. ރާޔާއަށްް ގުޅާފަ ހޮސްޕިޓަލަށް އައިސް ދިނުމަށް އެދުނީމެވެ،ކިހިނެތްވީތޯ ސުވާލް ކުރުމުން އަހަރެން އައިމަ ކިޔާދޭނެ ކަމަށް ބުނެ ފޯން ބޭއްވީމެވެ.

ރާޔާއައި ގަޑިއަކީ ޑޮކްޓަރ އަހަރެން ކައިރީ ވޯޑްގަ ހުރެފަ ނިކުތް ގަޑިއެވެ.

” އޯ މައި ގޯޑް. ހީ އިޒް ސޯ ހޮޓް. ހާދަ ހޭންޑްސަމް އޭ. ” ރާޔާ އައިގޮތަށް ބާރު ބާރަށް އެހެން ބުނެލިއެވެ.

” ހޫ” ރާޔާ އެދައްކަނީ ކާކުގެ ވާހަކަކަން ނޭންގިގެން ސުވާލް ކޮއްލީމެވެ.

” ޔުއާ ޑޮކްޓަރ. އަޅެ އޭނަ ރީއްޗެއް ނޫންތަ” ރާޔާ އެސުވާލް ކޮއްލުމުން އަހަރެން ދެރަވިއެވެ. އަހަރެންނަށް އެއްވެސް އެއްޗެއް ނުފެނެއެވެ. މުސްތަޤްބަލުގަވެސް ނުފެންނާނެއެވެ.  އެކްސިޑްންޓްގެ ވާހަަކަ ކިޔާދިނުމުން ރާޔާ ހިޔާލް ދިނީ އޮޕަރޭޝަން ކުރަން ދިޔުމަށެވެ.

” ޔަލްވީ އަކީ އޮޕަރޭޝަން ކުރަން ނުދެވޭ ވަރުގެ މީހެއްނޫނެއްނު. ދެންކީއްވެ ނުދާންވީ” ރާޔާ ސުވާލްކޮއްލިއެވެ.

” އަހަރެން މިހިރީ ރުފިޔާ ނެތިގެން ނުދެވިފައެއް ނޫނޭ.  ކާކު އަހަރެންގެ އެހީތެރިޔަކަށް ހުންނާނީ. އެކަނި ގޮސް އެހާ ބޮޑު ކަމެއް ކުރެވޭތަ. މަންމަވެސް ގޮސްފި އަހަރެންނާ ހުރިހާ ގުޅުމެއް ކަނޑާލާފަ.”

” އަހަރެން ގޮސްފާނަން ޔަލްވީއާ އެކީ އޮޕަރޭޝަން ކުރަން” ރާޔާގެ އެ ޖުމްލައިން އަހަރެންގެ ހަޔާތުގަ ނިވެމުން ދިޔަ އުންމީދުގެ ހުޅުކޮޅު އަލުން ދިއްލުނު ކަހަލައެވެ. އާ އުންމީދު ތަކެއް ލިބުނެވެ. އަހަރެން އުފަލުންގޮސް ރާޔާގެ ގައިގަ ބައްދާލީމެވެ.

 

” ތިސް އިޒް ދްް ފަސްޓް ޓައިމް އައި ހޭވް ސީން ޔޫ ސްމައިލިނގް ޔަލްވީ” ކައިރިން ޑޮކްޓަރގެ އަޑުއިވުމުން އަހަރެން ސިސްސައިގެން ދިޔައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. އަހަރެންނަށް އެވެސް ތަނެއްފެންނަނީކީ ނޫނެވެ. މީހަކު ކައިރީ ހުރިކަންވެސް އަހަރެންނަށް އިނގެނީ ވާހަކަ ދެއްކުމުންނެވެ. ޑޮކްޓަރ ބުނި ޖުމްލަ ހަނދާންވެފަ އަހަރެން ކުޑަކޮށް ލަދުގަތެވެ.

” މިހިރީ ނަގަން ޖެހޭ ބޭސް ކޮޅެއް. ޔަލްވީގެ ބޮލުގެ އަދި އިތުރު ދެތިން ޓެސްޓެއް ހަދާފަ މި ވީކް ތެރޭ ގެޔަށް ދެވޭވަރު ވާނެ” ޑޮކްޓަރ ބޭސްސިޓީ ރާޔާއާ ހަވާލް ކޮށްފަ ދިޔަަޑުއިވުނެވެ.

” އައި ތިންކް ހީ ލައިކްސް ޔޫ” ރާޔާ ބުނީ އަހަރެން ދުވަހަކު ހިތައްއަރާފަ އޮތް އެއްޗެއްވެސް ނޫނެވެ.

“ކީއްވެ ތިހެން ތިބުނީ” އަހަރެން ވަރަށް ހައިރާންވެފަ އިނދެ ސުވާލް ކޮއްލީމެވެ.

” ބިކޯސް ދަ ވޭ ހީ ލުކުސް އެޓް ޔޫ. އަނެއްކާ ބޭސް ސިޓީ ހިފައިގެންވެސް އެ އަންނީ އޭނަ. ނޯމަލީ ނާސްދޯ އެޑްމިޓް ކޮއްފަ އޮންނައިރު ކަންތައް ބަލަހައްޓާނީ. ” ރާޔާގެ ވާހަކަ ތަކުން އަހަރެންނަށް ހިނިވެސް އައެވެ.

” ސާބަސް ރާޔާއަށް. ޕޭޝަންޓަކަށް ވީމައޭ އެއީ. ޑޮކްޓަރުންނަކީ ނުލާހިކު އޯގާތެރި ބައެއް. ސޯ އޭގެ ނުބައި މާނަ ނުވާނެ ނަގާކަށް” އަހަރެން ރާޔާގެ ބަސްތަކަށް ރައްދުދިނީމެވެ.

” އަޅޭ އެކަމް ޔަލް އަކަށް ނުފެނެ އެއްނު އޭން ޔަލް އާ ދިމާލަށް ބަލަހައްޓައިގެން ހުރި ގޮތެއް. ޔަލްއަށްވެސް އޭނަ ފެންނަ ނަމަ ޔަލް އަށްވެސް އެކަން ފީލް ވާނެ. ” ރާޔާ އެހެން ބުނުމުން އަހަރެން ދެފަރާތަށް ބޯ ހުރާލީމެވެ. ރާޔާގެ އަބަދުވެސް ހުންނާނީ އެކަހަލަ ކޮންމެސް ފިލްމީ ހިޔާލެކެވެ. ފިލްމްތަށް ބަލަބަލާ އޭނަގެ ހިޔާލްތަށްވެސް ހުންނާނީ ފިލްމީކޮށެވެ.

” އަންނާނަން އިނގޭ ބޭސް ނަގައިގެން” ރާޔާ އެހެން ބުނެފަ ތެދުވިއެވެ.

” ގަޑިން ކިހާވަރެއްތަ. އަހަރެން ގަޑިން ވީ ވަރު އޮޅުން ފިލުވުމަށް ސުވާލް ކޮއްލީމެވެ.

” އިރުއޮއްސެނީ މިހާރު. ހައެއް ޖަހަނީ” ރާޔާ ބުނެލިއެވެ.

” ކާނެ އެއްޗެއްވެސް ގެނެސް ދެއްޗޭ. އަދި އެކަންޗެއްވެސް ނުކައި މިހިރީ” އަހަރެން ބަޑުހައިވާކަން އިހްސާސް ނުވަނީ އައިވީ ގުޅާފަ ހުރީމައެވެ.

” ސޮރީ ޔަލް. އަހަރެން އަތަކު ނެތް ރުފިޔާއެއް” ރާޔާ އެހެން ބުނުމުން އަހަރެން ކުޑަކޮށް ކަޑަވެސް ވިއެވެ.

” އަޅެ ބަލާލަބަ މިތާންގަ ހޭންޑް ބޭގް އޮތްތޯ. އޭގަ އިންނާނެ ވޮލެޓް. ” އަހަރެން ވޮލެޓް މަތިން ހަނދާންވެފް ބުނެލީމެވެ.

” އާން ފެނިއްޖެ. މީގެ އޮތީ އެންހާސް ރުފިޔާ. މިހެން ތިބޭއިރު މިވަރަކުން ނުވާނެއެއްނު”

” ދެން ހުސްވީމަ ނަގާނީ އެއްނު” އަހަރެން އެހެން ބުނުމުން ރާޔާ ނިކުމެގެން ހިނގައްޖެއެވެ. އަަހަރެން ރާޔާ ދެއްކި ވާހަކައާ ވިސްނާލީމެވެ. އެ އޮޕްރޭޝަން އަކީ ފިފްޓީ ފިފްޓީގެ އެއްޗެއް ނަމަވެސް ﷲ ގެ އިރާދަފުޅުން ހަމަ ކާމިޔާބުވެސް ވެދާނެއެވެ.

ލާރިން އެކަނި ކުރެވޭނަމަ މިއަދު އަހަރެންނަށް އޮޕަރޭޝަންވެސް ކުރެވޭނެއެވެ. ބައްޕަ ކުރިން ކޮންމެ މަހަކު އަހަރެން އެކައުންޓަށް ވަކި ވަރެއް ޖަމާ ކުރާނެއެވެ. އެކަމް އަދިވެސް އަހަރެން އެ ބޭނުން ނުކުރަމެވެ. އޭލެވެލް ނިންމާފަ ވަޒީފާއަށް ދާންފެށީވެސް ކޯސް ހަދަން ދިޔުމަށް ލާރި ސޭވް ކުރަންށެވެ. ކުޑައިރުއްސުރެ އަހަރެންގެ ހުވަފެނަކީ މޮޅު ޑޮކްޓަރ އަކަށް ވުމެވެ. އެހެން ކަމުން ޑޮކްޓަރކަން ކިޔެވުމަށް އަހަރެން އައީ ސޭވް ކުރަމުންނެވެ.  ބައްޕަ މިއަދު އަހަރެން ކައިރީގަ ހުރިނަމަ އަހަރެން މިހާލް އުޅެން ނުޖެހުނީސްކަން ޔަގީނެވެ.

އަހަރެންނައް ކުޑަކޮށް ނިދި ޖެހުނުތަނާހެން ރާޔާ ވާހަކަ ދައްކާ އަޑު އިވުނުވެ. ލޯ ހުޅުވާލަން އުޅެނިކޮށް ރާޔާ ބުނި އެއްޗަކުން އަހަރެން ނިދާފަ އޮތްކަމަށް ހެދެން މަޖްބޫރު ވިއެވެ.

ރާޔާ ވާހަކަ ދައްކަމުން ދިޔައީ ފޯނުންކަން އަހަރެންނަށް އިނގުނީ އެކޮޅުން ވާހަކަ ދައްކާ މީހާގެ އަޑު ނީވޭތީއެވެ.

” ބޮޑް ނުސީބާތަކާ ޖެހިގެން މިއުޅެނީ. ޔަލްވީ އެބޮތް އެކްސިޑެންޓްވެގެން ހޮސްޕިޓަލްގް. އޭނަގެ ލޮލަށްވެސް ފެންނީކީ ނޫން. މަށައް ޔަގީން އޭން މަންމަ އޭން ނުބަލާނެކަން. ދެން މަ މި ޖެހުނީ ލޯކަނު މީހެއް ބަލަން.” ރާޔާގެ ވާހަކަތައް އަޑުއިވިފަ އެ ހަމަ ރާޔާބާއޭ އަހަރެންގެ ހިތަށްއެރިއެވެ.

” އެކަމް އޭނަ ލާރިގަނޑު ކާލެވޭނެ މިފަހަރު. އެންމެ ފަހުން މަ ޗެކް ކުރިއިރުވެސް އޭނަ ބައްޕަ ގެއްލުމުގެ ކުރިން އޭނަައަށް އިން ފަސް މިލިއަން ރުފިޔާ ޓްރާންސްފާކޮއްފަ. އަހަރެން މިއުޅެނީ އޮޕްރޭޝަން ކުރަން ދާން ހިނގާށޭ ކިޔާފަ. އޭނަ އަކަށް ނޭންގޭނެ އެއްނު ގެންގޮސް ކޮޓަރިއެއްގަ ބޭއްވިޔަސް. ލާރިކޮޅު ލިބުނީމަ ދޫކޮށްލީމަ ނިމުނީ އެއްނު. ހަހަ” ސުބްހާނަﷲ އޭ އަހަރެންގެ ހިތަށް އެރިއެވެ.

? ނުނިމޭ ?

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Mimmi ❤️

Level 410 Stories500 Comments100 Comments1K Comments

? ? Inspired by reader's comments ? ?

Other Articles

Previous

ޝެލީން 23

Next

އަދިވެސް ވަރަށް ލޯބިވޭ!! ( 2 ވަނަ ބައި)

Next
December 7, 2016

އަދިވެސް ވަރަށް ލޯބިވޭ!! ( 2 ވަނަ ބައި)

Previews
December 7, 2016

ޝެލީން 23

30 Comments!

  1. Faathee says:
    December 7, 2016 at 1:58 pm

    Vara reethi. Ekamu maa kuru. Thankolhe dhigu koh genesla dhechey next time. Khon iraku dhen new part up kohla dheynee

    1. pretty says:
      December 7, 2016 at 3:21 pm

      Thank you ? . next part dhigukoh avahah update kohdheveythw balaanan ingey ?

  2. Rsy says:
    December 7, 2016 at 2:28 pm

    VVVVVVVVVVVVVV lobi stry….
    avas kolachay pls

    1. pretty says:
      December 7, 2016 at 3:22 pm

      Thank you ? . next part avahah update kohdheveythw balaanan ingey ?

  3. Petite says:
    December 7, 2016 at 2:33 pm

    V salhi ❤

    1. pretty says:
      December 7, 2016 at 3:22 pm

      Thank you ?

  4. lussi says:
    December 7, 2016 at 2:48 pm

    Vvvvvvvvvvvvvvvvvvvvvvvvvvv reethi…
    waiting/……….

    1. pretty says:
      December 7, 2016 at 3:23 pm

      Thank you ?

  5. alsha says:
    December 7, 2016 at 2:59 pm

    v reethi

    1. pretty says:
      December 7, 2016 at 3:22 pm

      Thank you ?

  6. ~minty~ says:
    December 7, 2016 at 3:22 pm

    Dhn yalvee ah ehn nahadhaathi ingey ?

    1. pretty says:
      December 7, 2016 at 3:24 pm

      Hehe adhi rangalhuvaaney minty ?

  7. Pooh Bear says:
    December 7, 2016 at 3:29 pm

    Reethi.
    ekam thankolheh avahah upload kohdheebala

    1. pretty says:
      December 7, 2016 at 3:32 pm

      Thank you ? try kuraanan ingey avahah upkohdheveythw ^-^

  8. Nana says:
    December 7, 2016 at 7:05 pm

    Vrh salhi?

    1. pretty says:
      December 8, 2016 at 9:26 am

      Thank you ?

  9. Anonymous says:
    December 7, 2016 at 8:29 pm

    vvvvvv reethi

    1. pretty says:
      December 8, 2016 at 9:26 am

      Thank you ?

  10. ?mixoo says:
    December 7, 2016 at 9:23 pm

    varah reethi..
    aneh bai kiyaahithun mihunnany

    1. pretty says:
      December 8, 2016 at 9:26 am

      Thank you ?

  11. Almaa says:
    December 8, 2016 at 7:50 am

    V nice vaahakaeh ummydhukuran yalvee ah rangalhu gotheh vaane kamah

    1. pretty says:
      December 8, 2016 at 9:27 am

      Thank you ? adhi rangalhu gotheh vaaneye fahun *^*

  12. Anonymous says:
    December 8, 2016 at 9:44 am

    Pretty konirakutha up kohdheynee v kiyaahithun ingey bunelee

    1. pretty says:
      December 8, 2016 at 10:03 am

      will try to update as soon as possible ?

  13. Zee says:
    December 8, 2016 at 2:13 pm

    Seriously mi story hadha salhi ey.. Avahah up kohdheche.. Pretty Kn dhuvas dhuvahaku tha upkurany??

    1. pretty says:
      December 11, 2016 at 1:02 am

      in sha Allah miadhu update kohdheynan, dhen episodega bunaanan ingey story update vaane dhuvas thah.. thank you ^-^

  14. shiar says:
    December 12, 2016 at 12:55 pm

    Varah salhi. Keep it up

    1. pretty says:
      December 12, 2016 at 3:33 pm

      Thankx shiar ?

  15. Imithahlee says:
    February 23, 2017 at 5:04 pm

    Nulafaa myhunves dhuniyeyga ulhey

  16. xeyboo says:
    March 18, 2017 at 3:05 pm

    salhi..

Comments are closed.

Next Episodeފުން ލޯބި ( 3)←


All Right Reserved!