Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މިހިތުގެ ފަސާނާ 30

ShaiShy Level 410 Stories100 Comments500 Comments
December 8, 2016 8 Mins Read
29 Comments

“ދެކުދިން ނުނިމޭތަ؟ އަވަސްކޮށްބަލަ..އަވަހަށް ނިކުތީމަ ދެވޭނީވެސް މަގުތަކުގައި އެހާވަރަށް ސްނޯ ފައިބާފަ އޮންނާނީވެސް..” ސިޓިން ރޫމްގައި ހުރި ސޮފިއްޔާ ގޮވާލިއަޑު އިވުމާއެކު މިކްޔާއަވަސްވެލީ ތިރިއަށް ދިޔުމަށެވެ.
**
މިކްޔާ ލައިގެން ހުރި ހުދުކުލައިގެ ދިގު ވެޑިންޑްރެސް ކުޑަކޮށް އުފުއްލައިލަމުން ސިޑީގެ ހަރުފަތްތަށް ގިރާކުރީ ވަރަށް ބަލައިގެންނެވެ. ފަހަތުން މިޝްޔާވެސް އޭނަލައިގެން ހުރި އަކުއާ ބްލޫ ކުލައިގެ ދިގު މެކްސީއިން ބައެއް ހިއްލާލަމުން އާދެއެވެ. ސިޑީގެ ފަސްވަނަ ހަރުފަތަށް ފައި އެޅުމާއިއެކު މިކްޔާގެ ފައިކައްސާލީ އެތާނގައި ހުރި ތެޔޮތަކެއްމައްޗަށް އެރުމުންނެވެ. މިކްޔާގެ އަނގައިން ތޫލި ހަޅޭކެއް ނިކުތްވަގުތަކީ ސޮފިއްޔާއަށް މިކްޔާއާއި އަރާހަމަ ކުރެވުނު ވަގުތެވެ. ފަހަތުން އައި މިޝްޔާވެސް އޭނަގެ ދޮންތި ވެއްޓުނަ ނުދީ ހިފަހައްޓާލިއެވެ.

މިކްޔާއަށް ލިބުނު ސިހުމުން މޭގުޑާވަރު ވެއްޖެއެވެ. މިވީހާއިރު ހިތާއި ސިކުނޑިއަށް ވެރިކުރަމުން އައި އުދާސްކަން އަނެއްކާވެސް މިކްޔާއަށް އުނދަނގޫ ކުރިއެވެ. ނަމަވެސް ވަގުތުގެ ގޮތުން އިތުރަށް އެވާހަކަ ނުދައްކާ ތިންމީހުންވެސް އަވަސްވެލީ މަންޒިލަށް ވާސިލް ވުމަށެވެ. މިކްޔާއަށް ގެއްލުމެއް ނުލިބުނުކަން އެއީ ހަމަ ނަސީބެކެވެ. އެކަކުވެސް އެވާހަކަ ނުދެއްކިކަމުގައި ވިޔަސް ހިތުގައި ވަނީ އެންމެ ސުވާލެކެވެ. ސިޑިމައްޗަށް ތެޔޮ އެޅީ ކާކު ހެއްޔެވެ؟. ހަމަގައިމުވެސް އަމިއްލައަށް ތެޔޮފުޅިއެއް އައިސް އެތަނަށް ބަންޑުން ނުވާނެއެވެ. ޝައްކު ކުރެވެނީ ޒީޝާއަށް ކަމުގައި ވިޔަސް އެކަމުގެ ހެއްކެއް ދެއްކެން ނޯންނާނެތީވެ ސޮފިއްޔާގެ ދޫ ހިމޭންވިއެވެ. މިވަގުތު އެގޭ ކެމެރާތަކުގައި މައްސަލަ ޖެހިފައި ނެތްނަމަ މައިކަލްއަށް ގުޅައިގެން އެކަމުގެ ހަޤީގަތް ހޯދުނީހެވެ. ވެދިޔަ ކަމެއް އެނިމުނީއެވެ. އިރާދަކުރެއްވިއްޔާ ދެން ކުރިއަށް އޮތް ދުވަސްތަކުގައި މިކްޔާގެ ދިރިއުޅުމަށް އެއްވެސް ދަތި އުނދަގޫ ކަމެއް ނުފޯރާނެއެވެ. ސޮފިއްޔާ އަމިއްލަ ނަފުސަށްވުރެވެސް އައުފަށް ކުރާ އިތުބާރު ބޮޑެވެ.

ކާރުގައި ތިން މީހުން ދިޔައީ އެގެއަށް ގެނައި އައު ޑްރައިވަރާއެއްކޮށެވެ. މަގުތަކުގައި ސްނޯ ބޯވެފައިވާއިރު ދުންފިނީގެ އަސަރުން މަގުމަތި ފެންނަނީ ނުލާހިކު ފުސްކޮށެވެ. މިކްޔާމެން ތިބީ ފަހަތު ޝީޓްގައި އޮލަ ވާހަކައެއްގައެވެ. ޑްރައިވަރު އިރުކޮޅަކާ ލޯގަނޑުން މިކްޔާއަށް ނަޒަރެއް ދެއެވެ. އޭނަގެ އެބެލުމުގައި ހުރި ނުރައްކާތެރިކަން މިކްޔާމެންނަށް ފާހަގަ ނުވަނީ އެދިމާއަށް އެއްފަހަރުވެސް ބަލާނުލާތީވެއެވެ. މިޝްޔާގެ ވާހަކައިގައި ތިންމީހުންވެސް މަޖާ ކުރަމުންދިޔައީ އެއްވެސް ޚިޔާލެއް ފިކުރެއްނެތިއެވެ.

ޑްރައިވަރު އަނދިރި މަގަކުން ގޮސް ހަނި ގޯޅިއަކަށް ކާރު އަނބުރާލިއިރުވެސް ފަހަތުގައި ތިބި މީހުންނަށް ރޭކާވެސް ނުލައެވެ. ވަކި ހިސާބަކަށް ގޮސްކާރު މަޑުކޮށްލުމާއިއެކު މިކްޔާމެންގެ ވާހަކަ ހުއްޓުނެވެ. އެމީހުން ހީކުރީ މައިކަލްގެ އޮފީސް ހިންގާ އިމާރާތަށް އާދެވުނީ ކަމަށެވެ. އެހެނީ ޕާރޓީ އޮތީ އެތަނުގައި ކަމުންނެވެ. ސޮފިއްޔާ އަތުކުރީ ގަޑިއަށް ބަލާލުމަށްފަހު ހިތްހަމަޖެހުމުގެ ނޭވައެއް ދޫކޮށްލިއެވެ. ޕާރޓީ ފެށެން އަދި ދޮޅުގަޑިއިރު އެބައޮތެވެ. އެހާ ކުރިން އެމީހުން އައީ ކައިވެނިވެސް ކުރުން އޮތުމާއެކުއެވެ. ދުރުހިސާބަކުން ގެނައި މުސްލިމް އިމާމެއްގެ އެހީގައި އިސްލާމީގޮތަށް ކައިވެނި ކުރުވުމަށްޓަކައި ހުރިހާ އިންތިޒާމެއް ވަނީ ރޭވިފައެވެ. މިކޮޅުގައި ކައިވެނި ރަޖިސްޓްރީ ކުރުމަށްފަހު މިކްޔާއާއި އައުފެވެސް ބޭނުންވަނީ ރާއްޖެއަށްގޮސް އެކޮޅުގައި ވެސް ކައިވެނި ރެޖިސްޓްރީ ކުރުމަށެވެ.
**
މިކްޔާ ކާރުން ފޭބުމާއެކު ބިރުވެރިކަން ވަށާލީ ބަސްބުނާހާ ހިނދުކޮޅެއްގައެވެ. މީހެއްގެ ހިލަމެއްވެސް ނުވާއިރު ދުރުދުރަށްދާންވެސް ގެއެއް ފެންނާކަށްނެތެވެ. ދެފަރާތުގައިވާ ވާބޯގަސްތަކުން މިކްޔާ އިތުރަށް ބިރުގަންނަ ގޮތް ވެއްޖެއެވެ. އެވަގުތު ޑްރައިވަރު ކޮބާތޯ ބަލާލަން ކާރުތެރެއަށް ބޯދިއްކޮށްލިއެވެ. އޭރު އަނެއްފަރާތު ދޮރުން ނިކުމެ ހުރި ސޮފިއްޔާގެ މޫނުމތީގައިވެސް ވަނީ ހައިރާންކަމާއި ބިރުވެރިކަމެވެ.

“މަންމާ…މި..މިއީ ކޮންތަނެއް؟” މިކްޔާގެ އަޑުވެސް ތުރުތުރުލަމުން ދިޔައެވެ.

“ނޭނގެ…މަންމަ އަދި ނުދެކޭ ހިސާބެއްމީ…އެހެން ނޫނަސް ދުންފިނިކަމުން މިހިސާބަކީ ކޮންތަނެއްކަން ފާހަގައެވެސް ނުކުރެވޭ…އަނެއްކާ އެހާ އަނދިރިކޮށް މިއޮތީ..ކޮބާތަ އެޑްރައިވަރު…އަހަރެމެންނަށްވުރެ ކުރިން އޭނަ ފޭބީވެސް ދެންކޮބާތަ މިހާރު؟ ” ސޮފިއްޔާގެ ހިތަށްވެސް ބިރުވެރިކަންވަނީ ދެއަންހެންދަރިންނާއި އަމިއްލަ ނަފުސާމެދު ހިޔާލުކޮށްލެވުމުންނެވެ. ތިން އަންހެނުންނަށްވިޔަސް ބާރުގަދަ ފިރިހެނެއްގެ ކުރިމަތީގައި ދެއްކޭނެ ގަދަކަމެއް ނޯންނާނެއެވެ. އެވަގުތު މިޝްޔާވެސް ފޯނު ކަންފަތުގައި ޖަހައިގެން ހުރެ ކާރުން ނިކުތެވެ.

“ޔެސް ވީ އާރ ހިއަރ…ވެއިޓްއަ މިނިޓް..މޯމް މީ ކޮންތަނެއް…ހާދަ އަނދިރިއޭ…ކުރިއަށް ނުގޮސްގެންދޯ ތިނުކުތީ..ބަލާބަ އެއޮތީ ރޯޑް ބްލޮކްވެފައެއްނު…މޯ…..މް…” އައުފްގެ ފޯނަށް ޖަވާބުދެމުން ނިކުތް މިޝްޔާ ހުރީ ވާނުވާއެއް ނޭނގިފައެވެ. ކުއްލިއަކަށް ސޮފިއްޔާގެ ފަހަތުން ފާޅުވި ސޫރައަކުން މިޝްޔާއަށް ހަޅޭއްލަވާގަނެވުނެވެ.

އައުފް ގެ ހިތަށް ނުތަނަވަސްކަން ވެރިވިއެވެ. އަނެއްކާ ކިހިނެއްވީބާއެވެ.؟ ތިން މީހުންވެސް ހެޔޮ ހާލުގައި ލެއްވުމަށް އެދި ދުޢާކުރަމުން މައިކަލް ހޯދުމަށް އައުފް އަވަސްވެލިއެވެ. އިސާހިތަކު އެމޫނުމަތިން ދާތިކިތަށް ފާޅުވާންފެއްޓީ ގަތްފައިވާ ބިރެއްގެ ސަބަބުންނެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެއޭ އައުފްގެ ހަވަނަ ހިއްސު އަންގަމުންދިޔައެވެ.

މާބާރަކަށް ލިފްޓާއި ދިމާއަށް ދުވަމުން ދިޔަ އައުފްގެ ފަހަތުން ޝަމާންވެސް ހިގައިގަތެވެ. ލިފްޓަށް އެރުމާއިކު ވެގެން އުޅޭގޮތް ޝަމާންއާއި ހިއްސާކުރިއެވެ. އެވަގުތު ޝަމާން އަށް ވިސްނުނީ މިކްޔާގެ ހާލާއި މެދުގައެވެ. މިކްޔާ އަށް ކަމެއް ވެއްޖިއްޔާ ޝަމާންގެ ހިތަށް ކުރާނެ އަސަރު އަންދާޒާއެއް ނުކޮށްލެވޭނެއެވެ. އެހިތުގައި މިހާރުވެސް ވިންދުޖަހަނީ ހަމައެކަނި މިކްޔާއަށެވެ.

މައިކަލް ކައިރިއަށްގޮސް ކަނތައްވީ ގޮތް ތަފްސީލުކޮށްދިން އިރު އައުފް ހުރީ ވަރަށް ކަންބޮޑުވެފައެވެ. އަދި އޭނާގެ ފޯނުން މޝްޔާގެ ނަމްބަރު ޓްރޭސް ކުރެވިދާނެކަމާއި އަވަހަށް އެދިމާއަށް ދިޔުމަށް އައުފް ބުނެލިއެވެ. މައިކަލްވެސް ލަސްނުކޮށް ޕޮލިހުންނަށް އެކަން އެންގިއެވެ. އަދި އެގެއަށް ގެނައި އައު ޑްރައިވަރާ ބެހޭ މައުލޫމާތުވެސް ހިއްސާކުރިއެވެ. އޮފީހުގެ މައިގޭޓުން ނިކުމެގެން ކާރާއި ހަމައަށް ދުވެލާފާއި ގޮސް ތިން މީހުން މައިކަލްގެ ކާރުގައި މިޝްޔާގެ ފޯނު ޓްރޭސް ކުރަމުން އެދިމާއަށް ދުއްވާލިއެވެ.

**
މިޝްޔާގެ ހަޅޭކުގެ އަޑާއި އެކު އެކީގައި މިކްޔާގެ އަޑުވެސް އިވުނެވެ. ސޮފިއްޔާއަށް ވިސްނާލަން ފުރުސަތެއް ނުލިބި އުޅެނިކޮށް ބާރުގަދަ އަތަކުން އޭނަގެ އަނގަ ބަންދުކޮށްލިއެވެ. ސޮފިއްޔާގެ ކަޅި މިކްޔާއަށް އަމާޒުވީއިރު ނުލަފާ ސިފައަކަށްހުރި ފިރިހެނަކު މިކްޔާގެ ގައިގައި އޮޅުލަމުންދިޔައެވެ. ސޮފިއްޔާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައިރު މިކްޔާ ރޮއެ ރޮއެ ވަރުބަލިވަނީއެވެ.

“މަންމާ…މަންމާ…ނޫން..ނޫން…” މިކްޔާއަށް ރޮއެގަނެވުނީ އެމީހަކު އޭނަގެ ބޮލުގައިވާ ބުރުގަލަށް ދަމާލުމުންނެވެ. ދާދި ފަސޭހަކަމާއެކު ބުރުގާ އިރައިގެންދިޔައެވެ. މިކްޔާލައިގެން ހުރި ވެޑިން ޑްރެސްގެ ކަރުވަޅު ހުރީ ފުދޭވަރަކަށް ބޮޑުކޮށް ކަމުން މިކްޔާއަށް މެއާދިމާއިން އަތް އަޅާލެވުނެވެ. އެވަގުތު އެލޮލުން ފާޅުވީ އިންތިހާ ދަރަޖައިގެ ބިރުވެރިކަމެވެ. މާޒީގެ ދުވަހެއް ކުރިމަތިން ސިފަވުމާއެކު މިކްޔާގެ ހިތް ރޫރު އަޅައިގަތެވެ. ކުރިމަތީގައި ހުރި މީހާ ޒާތަކަށް ބޯއަރިކުރަމުން ކޮންމެވެސް އެއްޗެހިތަކެއް ކިޔަމުން ދިޔައެވެ. ދޫހަރަކާތް ކުރާގޮތުން ހީވަނީ ވަރެއް ނެތިގެން އުޅޭހެންނެވެ. މިކްޔާ ފަހަތަށް ޖެހެމުންގޮސް އެންމެފަހުން ލައްވެވުނީ ކާރުގައެވެ. އެމީހަކު މިކްޔާގެ ކަނދުރާއާއި ދިމާއަށް ގުދުވެލި ވަގުތު އަނގައިންނާއި ގައިން ދުވި ވަހަކުން އޯކާ ދެމެވުނެވެ. ހަމައެއާއެކު އެމީހާގެ މުޅިގަޔަށް ހޮޑުލެވުނީ ފަކުރުންނެވެ.

” ޔާ….ކް…ވަޓް….ދަ…..ފަ*…” މަސްތުވަފެއިވާ ހާލުވެސް ދުލުން ނުބައިއެއްޗެއް މެނުވީ ނުނިކުތެވެ. އެމީހާ އަރައިގަތް ރުޅީގައި ލައިގެންހުރި އަންނައުނުތަށް ގަޔާވަކިކޮށްލިއެވެ. ލަދުވެތިކަމުގެ ކަންފުޅެއްވެސްނެތެވެ.

މިކްޔާއަށް ލޯމަރާލެވުނު ހިނދު މިޝްޔާއަށް ދެލޯ ބޮޑޮކޮށްލެވުނެވެ. ހަމަ އެސިކުންތި ތެލޯމަރާ ތަގުޅިވެސްކޮށްލިއެވެ. މިޝްޔާގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުންދާއިރު ހިތް ހުއްޓިދާނެހެން ހީވާފަހަރުވެސް އާދެއެވެ. މިޝްޔާގެ ހިޔާލަށް ކުއްލިއަކަށް އައީ އޭނަ ދާދި ފަހަކުން ބެލި ފިލްމެއްގެ މަންޒަރުތަކެކެވެ. އެފިލްމުގައިވެސް އަންހެނަކު ރޭޕްކުރަން އުޅުނު ފިރިހެނަކަށް ދިމާވި ގޮތް ސިފަވެގެން ދިޔުމާއިއެކު މިޝްޔާއަށް ލޯހުޅުވާލެވުނެވެ. އުމުރުން ކިތައްމެ ހަނގު ނަމަވެސް އަޒުމު ވަރުގަދަވިއްޔާ ކާމިޔާބު ނުކުރެވޭނެ ކަމެއް ނޯންނާނެއެވެ. މިޝްޔާ މަޑުމަޑުން ފަހަތަށް ޖެހެމުންދިޔަކަން ސޮފިއްޔާ ފިޔަވާ އިތުރު މީހަކަށް ރޭކާވެސް ނުލައެވެ. މިޝްޔާ ތިރިއަށްބަލަމުން އެއްޗެއްފެނޭތޯ ބަލަމުން ދިޔައެވެ. މިރޭ އޭނާ ހިތްވަރު އެލުވާލައިފިނަމަ ދުވަހަކުވެސް އަމިއްލަ ނަފުސަށް މާފް ނުކުރެވޭނެވަރުގެ ހިތާމައެއް ލިބުމަކީ ދުރުގައިވާކަމެއް ނޫނެވެ.

މިކްޔާ އަދިވެސް އެހުރި ގޮތަށް ލޯމަރައިގެން ހުރީ ލޯ ހުޅުވައިފިއްޔާ ފެންނާނެ މަންޒަރު ރީތި ނުވާނެތީވެއެވެ. އެގޮތަށް ހުއްޓަސް އެމީހަކު މިކްޔާއާއި ކައިރި ވަމުންދާކަން އިހުސާސް ކުރެވުނެވެ. މިކްޔާ ކުއްލިއަކަށް ލޯހުޅުވާލުމަށްފަހު އެމީހާގެ މޭގާއި އަތް އެޅުމަށްފަހު ގައިގައި ހުރި ބާރެއްލާފައި ކޮށްޕާލިއެވެ. އެވަރަށް ނުވިސްނާ ހުރުމުން ދާދި ފަސޭހައިން އެމީހާ ވެއްޓުނެވެ. މިކްޔާ ދުވަމުންކަހަލަ ގޮތަކަށް ސޮފިއްޔާއާއި ދިމާއަށް ދިޔައެވެ. އޭރު ސޮފިއްޔާގެ އަނގަމަތީގައި އަތް އަޅައިގެން ހުރި މިހާ އޭނަގެ އެކުވެރިޔާ އާއި ދިމާއަށް ދިޔައެވެ. މިކްޔާ ރޮމުން ގިސްލަމުން ސޮފިއްޔާގެ ގައިގައި އޮޅުލަމުން ދިޔައެވެ. ތަންކޮޅެއް ދުރުގައި ހުރި މިޝްޔާއަށް އެއަޑު އިވުމާއެކު ދުވަމުން އައިސް މިކްޔާއާއި ސޮފިއްޔާގެ ގައިގައި ބައްދާލިއިރު އެދެލޮލުންވެސް ކަރުނަ ފައިބަމުންދިޔައެވެ.

“މޯމް ލެޓްސް ރަން އަވޭ..އައި އޭމް ޝުއާރ މިގޯޅިން ނިކުމޭއިރު މަގެއް ފެންނާނެކަން..” ވައިއަޑަކުން މިޝްޔާ އެހުރި ގޮތަށްހުރެ ބުނެލިއެވެ. ސޮފިއްޔާއާއި މިކްޔާވެސް އެގޮތާއި އެއްބަސްވެ ދުއްވައިގަންނަށް ތައްޔާރުވީތަނާ ފާޑެއްގެ އަޑުތަކެއް އިވުމުން އެދިމާއަށް ބަލާލެވުނެވެ.

ބަރަހަނާ ހާލު އެއްކަލަ ދެފިރިހެނުން ކުރަމުން ގެންދިޔަ އަމަލަކުން ސޮފިއްޔާ އަނބުރައި ނުގަތީ ހަމަ ކިރިޔާއެވެ. މިޝްޔާ އެދިމާއަށް ނުބެލުމަށް އަމުރުކުރިއެވެ. މިކްޔާވެސް އަނެއް ފަރާތަށް އެނބުރިލީ މުސްލިމަކު ބަލަން ހެޔޮވާވަރުގެ ކަމެއް ނޫންވީމައެވެ. ހިނދަކަށް ވުރެ ހިނދެއް އެދެމީހުންގެ އަޑުގަދަވަމުން ދިޔައެވެ. ސޮފިއްޔާ އޭނާގެ ދެދަރިން އަތުގައި ހިފާ ދުއްވައިގަތީ އެނުބައި ދެމީހުން ނަރަކައިގެ އަލިފާނުގައި އަނދާ އަޅިއަށްވުމަށް އެދި ދުޢާ ކުރަމުންނެވެ. ހަމަ އެހެންމެ އެކަނލާގެ އަށް ހަމްދުވެސް ކުރިއެވެ. އެތިންމައިންވެސް އެކަމުން މިންޖު ކުރެއްވުމުންނެވެ. ސޮފިއްޔާމެން ތަންކޮޅަކަށް ދުއްވައިގަތްތަނާ ކުރިމައްޗައް ކާރެއް މަޑުކޮށްލިއެވެ.

ދެދަރިންގެ އަތަށް ފިތާ ބާރުކޮށްލަމުން ސޮފިއްޔާ އަނެއްކާވެސް ދުއްވައިގަންނަން އުޅުނުތަނާ ކާރުގެ ދޮރު ހުޅުވާލައިފައި ނިކުތް މައިކަލް ފެނި ބަޑިފަޅައިގެން ދިޔައެވެ. މިކްޔާގޮސް އައުފް ގައިގައި އޮޅުލަގަތީ ރޮމުންނެވެ. މިކްޔާ ހުރި ހާލަތު ފެނުމުން ޝަމާންގެ ލޯވެސް ފެންކަޅިވިއެވެ. މިޝްޔާއާއި ސޮފިއްޔާ މައިކަލްގެ ހިމާޔަތުގައި ތިއްބެވެ.

ކުޑަހިނދުކޮޅެއްގެ ތޭރޭގައި ޕޮލިހުންގެ ވެހިކަލެއް އެތަނަށްއައެވެ. އެއްބަޔަކު މިކްޔާމެންގެ ބަޔާން ނަގަމުން ދިޔައިރު އަނެއް ބަޔަކު ދިޔައީ އެދެފިރިހެނުންނާ ދިމާއަށެވެ. އިސާހިތަކު އެމީހުންގެ އަތުގައި ބިޑިއަޅުވައިގެން ގެނެސް ވެހިކަލަށް އެރުވިއެވެ. މިކްޔާމެންތިބީ އެދިމާއަށް ބަލާލަންވެސް ނުކެރިފައެވެ. އަނެއްކާވެސް އެއްޗެހި ނުލާ ތިބެދާނެތީވެއެވެ.

” ޝިޓް! ބްލަޑީ ގޭ ޕީޕަލް…ކާންޓް ކޮންޓްރޯލް އިޓް ފޯރ އަ ވައިލް..” އަނދިރިގަނޑުގައި ހުރި އިކުރާމްގެ ޕްލޭން ކާމިޔާބު ނުވުމުން އޭނާ ހުރީ ވަރަށް ރުޅިގަދަވެފައެވެ. މިކްޔާ މިވީހާ ދުވަހު ފިލައިގެން އުޅެފިއެވެ. އިކުރާމްގެ ހިތުގައި އަދިވެސް އޭނާގެ ދެކުދިންގެ ތަސްވީރު ކުރެހިފައިވެއެވެ. ހުރިހާކަމެއްގެ ޒިންމާ ނަގަން ޖެހޭ މީހާ އުފާވެރި ދިރިއުޅުމެއް އުޅެން ދޫކޮށްލާނީ ކިހިނަކުން ހެއްޔެވެ؟ މިއަދުން ފެށިގެން މިކްޔާގެ ފަހަތުން ހިޔަންހެން އިކުރާމް ދަތުރުކުރާނެއެވެ. އެހިތުގައި ރޯވެފައިވާ ބަދަލު ހިފުމުގެ ރޫޙް އަދިވެސް ތާޒާކަންމަތީގައި ވެއެވެ. އިކުރާމްގެ ހިތުން މިކްޔާގެ ނަން ފޮހެވިގެންދާނީ މިކްޔާގެ ފުރާނަވެސް ހަށިގނޑާވަކިވާދުވަހުއެވެ. އެދުވަހަށްޓަކައި އިކުރާމް ވަރަށް އިންތިޒާރުކޮށްފިއެވެ. ދެން މާގިނަ ދުވަހެއް ނެތެވެ.

ފިނީގެ އަސރު އިކްރާމްގެ ހަށިގަނޑަށް ކުރަމުންދިޔައެވެ. ނަމަވެސް ހުރިތަނުން ގުޑުވާނުލާ އެހުރީ މިކްޔާމެން އެތަނުން ދާނެ އިރެއްގެ އިންތިޒާރުގައެވެ. އެގޮތުގައި 10 ވަރަކަށް މިނެޓް ވީތަނާ މާހައުލު މުޅިން ހަމަހިމޭން ވެއްޖެއެވެ. އިކުރާމްވެސް އެހުރިތަނުން ނިކުމެ ޒީޝާއަށް ގުޅާލީ އެޖިސްމުގެ ހައި ހޫނުކަން ފިލުވާލުމަށެވެ.

” ވަރަށް އަވަހަށް ބައްދަލުވާނެކަމަށް ހީކުރަން..މިހާރު ހާދަ ރީތިވެސް ވެއްޖެއޭދޯ..އޭރު ދެން އެވަރަށް ބަލާލާނެ ފުރުސަތެއްވެސް ނުލިބުނު..ހުވާކޮށްފައިބުނަން ދެން މަށަށް ޗާންސެއް ލިބިއްޖިއްޔާ ހަމަ ނޮޅާލާނަން..އެކަމަކު އަހަރެންގެ ބޭނުން ފުދުނީމަ..” އިކުރާމް އޭނާގެ އަތުގައި އޮތް ފޯނުން ފެންނަން ހުރި މިކްޔާގެ ފޮޓޮއަށް ބަލަހައްޓައިގެން ހުރެ ހިނިގަނޑެއް ޖަހާލިއެވެ. އެބަރު އަޑު ފަޒާތެރޭ ގުގުމާލީ ހޮނު ގުގުރިއެއްފަދައިންނެވެ.
**

ގެއަށް އާދެވުމާއެކު މިކްޔާ އަވަސްވެލީ ތައްޔާރު ވުމަށެވެ. ޕާރޓީ ފެށެން ކުޑަވަގުތުކޮޅެއްވީމަ ސޮފިއްޔާއާއި މިޝްޔާވެސް މައިކަލް އާ ޝަމާން އާއެއްކޮށް ދިޔައީ އޮފީސް އިމާރާތަށެވެ.

ތުރުތުރު އަޅަމުންދާހާލު މިކްޔާ އަވަސް އަވަހާ ރީތިވެލިއެވެ. ހުދުކުލައިގެ ހެދުން ވަނީ ވަރަށް ބޮޑަށް ހަޑިވެފައެވެ. ބުރުގާވެސް އިރައިގެން ގޮސްފައި އޮތުމުން އަވަސް އަވަހާ ހެދުން ބަދަލުކޮށްލިއެވެ. ޕާރޓީއަށް މިޝްޔާގަނެފައި ހުރި ހެދުން ތަކުގެ ތެރެއިން މިކްޔާއަށް ރީތިކޮށް ހެޔޮވަރުވީ މަޑު ޕީޗް ކުލައިގައި އޮތް ދިގު ހެދުމެކެވެ. ހެދުން ގަޔަށް މަހާލަމުން ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުން މިކްޔާ ލަދުގަތެވެ. މޭމަތިންތިރިއަށް ހިމަ ބަންދެން އިނުމަށްފަހު ތިރއަށް ފުޅާވެފައި ދޫކޮށް ހުރި އެހެދުމުގައި މިކްޔާގެ ވަނާތަށް ފާޅުވާން ހުއްޓެވެ. މިކްޔާ ދުވަހަކުވެސް އެހާ ބާރުކޮށް ހުންނަ ހެދުމެއް ނުލާތީވެ ކުޑަކޮށް ޖެހިލުންވެސް ވިއެވެ. ނަމަވެސް އިތުރު ގޮތެއް ނެތުމުން އެހެދުމުގައި ތައްޔާރުވެލީ ވިލު ނޫކުލައިގެ ޕްލޭން ޝޯލް އެއް ބޮލުގައި އޮޅާލަމުންނެވެ. ތުންފަތުގައި މަޑު ފިޔާތޮށިކުލައެއް ޖައްސާލުމަށްފަހު އަނދުނުން އެ ދެލޯ ފަވާލިއެވެ. މާބޮޑު މޭކަޕަކާ ނުލާވެސް މިކްޔާ ފެންނަލެއް ނުހަނު ހިތްގައިމެވެ.

މިކްޔާގެ އިންތިޒާރުގައި ބޭރުގައި އިން އައުފް ސިޑިއާ ދިމާއަށް ބަލާލީ ފިޔަވަޅުތަކެއްގެ އަޑު އިވުމުންނެވެ. މަޑު ހިނގުމެއްގައި އައި މިކްޔާއާއި ދިމާއަށް ކަޅިޖަހާނުލާ ބަލަހައްޓައިގެން ހުރި އައުފްގެ ތުންފަތްމަތީގައި ހިނިތުންވުމެއްވިއެވެ.

“ޔޫ ލުކް ބިއުޓިފުލް…އައި ޑޯންޓް ތިންކް އައި ކޭން ވެއިޓް އަންޓިލް ދި ޕާރޓީ އެންޑްސް..” މިކްޔާގެ އެ މަޑު ތުންފަތުގައި ބޮސްދިނުމަށްފަހު އައުފް ބުނެލިއެވެ. އައުފްގެ މަޤްސަދަކަށްވީ މިކްޔާގެ ހިތުގައިވާ ބިރުވެރިކަމާ ދުރުކޮށްލުމެވެ. މިކްޔާ ކިތައްމެ ހިތްވަރެއް ކޮށްގެން ހުރިކަމުގައި ވިޔަސް މިރޭ ހިނގާދިޔަ ހާދިސާގެ ސަބަބުން އޭނައަށް އެވަނީ ނަފްސާނީ ގޮތުން އަސަރުކޮށްފައެވެ. މިކްޔާގެ އަޒުމަކީ އޭނައާއި އައުފް ދުރުކުރުވަން މަސައްކަތް ކުރާ މީހަކަށް އޭނާގެ ހުރި ހިތްވަރެއް ދައްކާލުމަށެވެ. އެހެން ނޫންނަމަ މިރޭ ހިނގާ ދިޔަ ކަންތަކަށްފަހު ނަފްސު ހަމައަކަށް އަޅުވަން އޭނަވަގުތު ބޭނުންވާނެއެވެ.

**
މިކްޔާމެންނަށް ޕާރޓީ ހޯލަށް ވަދެވުނު އިރު ކޮޅުކޮޅު މައްޗައް ދުވަމުންދާ ވެއިޓަރުން ފެނުނެވެ. ކުޅުދިޔާވާ ހިތްގައިމުވަހުން މިކްޔާއަށް ނޭފަތް އެތެރެއަށް ދަމާލެވުނެވެ. ބައެއް މީހުންނަށް މިކްޔާމެން ފެނުމާއެކު ސަލާން ކޮށް ތަހުނިޔާކިއެވެ. މީހުންތައް ކައިރިން ސަލާމަތްވެގެން މިކްޔާމެންނަށް ދުރަށް ދެވުނު އިރު މައިކަލް ހުރީ އެމީހުންގެ އިންތިޒާރުގައެވެ. ލޮލުގެ އިޝާރާތުން އެތެރެއަށް ވަންނަން އިޝާރާތް ކުރަމުން މައިކަލް ކުރިއަށް ހިގައިގަތެވެ. މައިކްލްގެ ފަހަތުން ދިޔަ މިކްޔާއާއި އައުފް ގޮސްވަނީ ކުޑަވަރެއްގެ ކޮޓަރިއަކަށެވެ. މެދުގައި މޭޒެއް ބަހައްޓާފައިވާއިރު އެތަނުގައި އިން އިމާމުމީހާގެ އިތުރުން އަދި ތިން ފިރިހެނުން ތިއްބެވެ. ދެން ތިބީ ސޮފިއްޔާއާއި މިޝްޔާގެ އިތުރުން އައުފާއި ސީމާއެވެ. ކައިވެނީގެ ކަންތައް ފެށުމުގެ ކުރިން އިމާމު މީހާ ކައިވެނީގެ މަތިވެރިކަމާ ބެހޭގޮތުން ނަސޭހަތް ދިނެވެ. އަދި އިސްލާމް ދީނުގެ މަތިވެރިކާމައި މާތްކަން ވެސް ހާމަކުރިއެވެ.

ފޯރމްތަކުގައި ސޮއި ކުރެވި ރަސްމީގޮތުން ކައިވެނީގެ ކަންތައްކޮށް ނިމުމާއެކު ހުރިހާއެންމެސް ކެއުމަށް އިންސާފް ކުރަން ބޭރަށް ނިކުތެވެ.

” އޮފިޝިއަލީ ޔޫ އަރ މައި ވައިފް..ސޯ ހަޒްބަންޑް ކާނީވެސް ވައިފްގެ އަތުން އިނގޭ..” ހުރިހާ އެންމެންގެ ފަހަތުން ނިކުންނަމުން މިކްޔާގެ ކަންފަތްދޮށުގައި އައުފް ބުނެލިއެވެ. އެވަގުތު މިކްޔާގެ މޫނަށް ޖަންބުކުލަ ވެރިވިއެވެ. މިކްޔާގެ ހިތަށް ހަމަޖެހުމެއް ލިބުނުކަމުގައިވިޔަސް ހިސާބެއްގެ ނުތަނަވަސްކަމެއް ވެސް ވެރިވެފައިވިއެވެ. އެހެންނަމަވެސް މޫނުމަތިން އެކަން ނުދައްކާވޭތޯ މަސައްކަތް ކުރަމުންދިޔައެވެ.

“ބި*…ހައު ކުޑް ޔޫ ބީ ދެޓް ލަކީ..” ދުރުގައި ހުރި މޭޒެއް ކައިރީގައި އިން ޒީޝާއަށް މިކްޔާ ފެނުމާއެކު ދަތްކުނޑި ވިކާލެވުނެވެ. އޭނާ އެވަރަކުން ސިޑިމައްޗަށް ތެޔޮ އެޅީމަވެސް ސަލާމަތް ވާންޖެހޭހެއްޔެވެ. މިވީހާއިރު ޒީޝާ އުފަލުން އެއިނީ މިކްޔާއަށް ކަމެއްވެގެން ކައިވެންޏަށް ނާދެވުނުކަމަށް ހީކޮށެވެ. މިވީގޮތުން މި ޕާރޓީ މަތިންވެސް އޭނާ ފޫހިވެއްޖެއެވެ.ޒީޝާ ސިއްރު ސިއްރުން އެ ހޯލުން ނިކުމެގެން ގޮސް މަގުމަތިން ޓެކްސީއެއް ހުއްޓުވިއެވެ. އެއަށްފަހު އަތްދަބަހުން ފޯނުނަގާ މެސެޖް ބައި ހުޅުވާލިއެވެ. އިކުރާމް ފޮނުވާފައި އިން އެޑްރެސް ޑްރައިވަރު ކައިރީގައި ބުނުމަށްފަހު ޒީޝާ ގޮނޑީގައި ހަމަޖެހިލިއެވެ.
**

ވަރަށްވެސް އޮމާން ކަންމަތީގައި ޕާރޓީގެ ކަންތައް ނިމިގެންދިޔައީ އެރޭ ވަރަށް ދަންވިފަހުންނެވެ. ވަރުބަލިވެފައިތިބި އެންމެންވެސް ބޭނުންވީ އަރާމުކޮށްލާށެވެ. މައިކަލްގެ އޮފީސް ހުންނަ އިމާރާތުގެ އެންމެ މަތީ ދެ ފްލޯރ ހުންނަނީ ދެ އެޕާރޓްމަންޓް ގޮތަށް ހަދާފައެވެ. ބޭނުމެއް ޖެހިއްޖެފަދަ ހާލަތެއްގައި ބޭނުން ކުރެވޭ ގޮތަށެވެ. އެހެންކަމުން ހުރިހާއެންމެވެސް ނިންމީ މިރޭ ދެން އެތާނގާއި މަޑުކުރުމަށްފްހު ހެނދުނު ގެޔަށް ދިޔުމަށެވެ.
**

” ބޭބީ ޑޫ ޔޫ ޓްރަސްޓްމީ..؟ ކޮޓަރިއަށް ވަދެވުމާއެކު އައުފް ކޮށްލި ސުވާލުން މިކްޔާ ހައިރާންވި ނަމަވެސް އެސުވާލުކުގެ ޖަވާބު ދިނެވެ.

“ޔެސް! މައި ޗާރމިން ހަބީ..އައި ޓްރަސްޓް ޔޫ އަލޮޓް..އަނެއްކާ ކިހިނެއްވީ؟” މިކްޔާގެ ޖަވާބުވެސް ނިމުނީ ސުވާލަކުންނެވެ. އެވަގުތު އައުފް އޭނާގެ ޖީބުން ނެގި ފޮތިކޮޅެއް މިކްޔާއަށް ދައްކާލުމަށްފަހު އެފޮތިކޮޅުން މިކްޔާގެ ކަނުބަނދެލިއެވެ. މިކްޔާވެސް މަޖާވެފައި އައުފްގެ ކުޅިވަރުގައި ބައިވެރި ވެލިއެވެ.

މިކްޔާގެ އަތުގައި ހިފަހައްޓައިގެން އައުފް ކޮޓަރިން ނިކުމެ ލިފްޓަށް އެރިއެވެ. ނުފެނުނުކަމުގައިވިޔަސް ވަމުންދާ ގޮތް މިކްޔާ އަށް އިހުސާސް ކުރެވުނެވެ. އިމާރާތުން ބޭރަށް ނިކުމެ ކުރިމަތީގައި އޮތް ކާރަށް ދެމީހުން އެރުމާއެކު އޭގެ މަންޒިލަށް ދަތުރުފެށިއެވެ. ކުއްލިއަކަށް މިކްޔާއަށް އައުފްގެ އަތަށް ހިފާ ބާރުކޮށްލެވުނެވެ.

“ޑޯންޓްވޮރީ ސްވިޓީ…އައި އޭމް ނޮޓް ގޮނަ ހާރޓް ޔޫ..ބީ ލައިކް ދެޓް ފޯރ ފިއު މޯރ މިނިޓްސް…ވީ އާރ އޯލްމޯސްޓ ދެއަރ..” އައުފް އެހެން ބުނެލަމުން މިކްޔާގެ ކޮނޑުގައި ހިފާ އޭނައާއި ކައިރި ކޮށްލިއެވެ. 15 ވަރަކަށް މިނިޓްގެ ކުރު ދަތުރަކަށްފަހު މަންޒިލާހަމައަށް އާދެވުނެވެ.

“ނައު ޔޫ ކޭން އޯޕެން ޔުއަރ އައިސް..” މިކްޔާގެ ލޯމަތީގައި ބަނދެފައިވާ ފޮތިކޮޅު ނައްޓާލަމުން އައުފް ބުނެލިއެވެ. އެވަގުތު މިކްޔާވެސް އެސްފިޔަތައް ދުރުކޮށްލަމުން ބޭރު ބަލާލިއެވެ. ކުރިމަތިން ފެންނަމުންދާ މަންޒަރުތަކުން މިކްޔާ ހައިރާންވިއެވެ. އައުފް އޭނާ މި ދަންވަރުގައި އެއަރޕޯރޓަށް ގެނައީ ކީއްކުރަން ހެއްޔެވެ؟
” ކީއްކުރަން މިތަނަށް ތި ގެނައީ..އަހަރެންމެން ތަނަކަށް ދަނީތަ؟ އަހަރެން ޕެކެއްވެސް ނުކުރަން..” ނިތައް ރޫގިނަކޮށްގެން އިނދެ މިކްޔާ ސުވާލުކޮށްލިއެވެ. އެވަގުތު އައުފް ހިނިތުންވެލަމުން އޭނާގެ ޖީބުން ޓިކެޓެއް ނަގާފައި ދިއްކޮށްލިއެވެ.

“ވަޓް؟ ސީރިއަސްލީ! ވީއާރ ގޮއިން ދެއަރ؟” ފުޅާ ހިނިތުންވުމަކާއެކު މިކްޔާ ބުނެލިގޮތް އައުފަށް ވަރަށް މަޖާވިއެވެ.

“ޔެސް..ޔޫ އަރ ގޮނަ ލިވް ޔުއަރ ޑްރީމްސް..” އައުފްވެސް ހަމަ އެމަޖާ ރާގުގައި ބުނެލިއެވެ. މިކްޔާއަށް އުފަލުންގޮސް އައުފްގެ ތުންފަތުގައި ބޮސްދެވުނެވެ. އަދި އެހާއަވަހަށް ދުރުވެލީ ތިބެވުނުތަން ހަނދާންވުމާއެކުއެވެ.

“ކެތްތެރިވޭ ދޫންޏާ..ތިހެން އުޅެންޏާ މި ކާރު ތެރޭ ހަނީމުންހަދަން ޖެހިދާނެ…އޭރުން މީނދަ މުސްކުޅި ބޭބެވެސް ހޭނެތޭނެކަންނޭގެ..”އައުފް ބުނެލި އެއްޗަކުން މިކްޔާ ލަދުގަތް އިރު ޑްރައިވަރު މީހާވެސް ހިނިގަނޑެއްޖަހާލިއެވެ. އައުފް ބުނިއެއްޗެސް ދެހަ ނުވިޔަސް އެދެމީހުން އުޅުގޮތުން އެމީހާއަށްވެސް މަޖާވީއެވެ.
**

ފްލައިޓްގައި އިން މިކްޔާ އިރު އިރުޅަކާ ގަޑިބަލަމުންދިޔައެވެ. މިކްޔާ އުޅޭގޮތުން އައުފަށް އެއްޗެކޭ ނުބުނެ ނީނދެވުނެވެ.

“ސާބަސް!..ދެން ތިވަރަށް ގަޑިއަށް ނުބެލިޔަސް ހަމަ ޔަޤީނުންވެސް 12 ގަޑި އިރު ނުވަނިސް ނުދެވޭނެ..ދެން ނިދާލަބަލަ..” މިކްޔާ ދޫ ނެރެލަމުން އައުފާއި ދިމާއަށް ލޯ އަޅާލިއެވެ. އެއަށްފަހު ގޮނޑީގައި ހަމަޖެހިލަމުން ލޯމަރާލީ މާދަމާގެ ފޮނި ހުވަފެންތައް ދެކެމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ShaiShy

Level 410 Stories100 Comments500 Comments

Other Articles

Previous

ހުރީ ވެވިފާ ބާކީ… (ހަތްވަނަ ބައި)

Next

ވާލޯބި އެނގޭނަމަ… 28

Next
December 8, 2016

ވާލޯބި އެނގޭނަމަ… 28

Previews
December 7, 2016

ހުރީ ވެވިފާ ބާކީ… (ހަތްވަނަ ބައި)

29 Comments!

  1. kayashandy says:
    December 8, 2016 at 12:32 am

    SORRY GUYS 🙁 hama kiriyaa salamaaivegen party ah aadhevunee gadives jehunu fahun..nihaayatahah maafaha edhen..:)

    feel free to leave ur comments..love you all..gdnyt:)

  2. kayashandy says:
    December 8, 2016 at 12:37 am

    a MSG frm auf
    hey all i knw my wedding nyt went quite thrilling n unromantic too..but now v r aboard to fly paris..so gonna make my honeymoon in romantic way..:)
    u guys can follow us here but pls keep an eye on dat ikraam cux he myt plan smthin evil to ruin our days there…do smthing abt him..:(

  3. sonaalee says:
    December 8, 2016 at 1:12 am

    Woww..hama habays…v v v salhi..dhen story rom kollaba..I mean first nite..

    1. kayashandy says:
      December 8, 2016 at 1:27 am

      dhw..hehe..tnkyu sonaaleee…next part kiyaafa sonaalee v happy vaane knneynge..:) keep waiting…

  4. Aishu says:
    December 8, 2016 at 2:48 am

    Alhey i love this story… pls honeymoon rom kohlahchey… nd pls auf men ge life aa nubehiba zeesha nd ikram….. love this story :* nd love yuh too

    1. kayashandy says:
      December 8, 2016 at 2:24 pm

      happy to c ur comment aishu …? thnk u sooooo much….?? love u too❤

  5. Mar Sha Marsha says:
    December 8, 2016 at 3:26 am

    Finally they got married.. congrats mikya n auf! Zeesha ves dhen maithiri vaan vejje nu? Rangalhu bondiehge inthizaaruga huri anheneh eii.. e ikraam ves nubai marakun maraalan v… n kayashandy… shamaan ehaa dhera nukoh syma aa gulhuvaafa e hithah faruvaa dhehchey syma lavvaa.. city of romance ga happy honeymoon akah newly weds ah welcum… hope no trouble followed them there… inthizaaring for 31… grt work kayashandy..

    1. kayashandy says:
      December 8, 2016 at 2:22 pm

      happy to c ur comment marsha…? thnk u sooooo much….??

  6. Rys says:
    December 8, 2016 at 6:13 am

    VVVVVVVVVVVVVVVV LOBI….
    PLS THAN KOLA AVAS KOLACHY NEXT PART…PLS

  7. ?mixoo says:
    December 8, 2016 at 7:09 am

    habeys hama…??❤?

  8. ambika says:
    December 8, 2016 at 7:20 am

    speechless

  9. fau says:
    December 8, 2016 at 8:08 am

    Dhen kon irakun next part…
    Desperately waiting

  10. Aff says:
    December 8, 2016 at 9:13 am

    Dhen alhey do something to that evil zeesha n ikram.? I hate them. Story is speechless ? honeymoon smooth koh nihmaaladhehchey plx plx plx ?

  11. Shaa says:
    December 8, 2016 at 10:17 am

    wow.. varah reethi ???

  12. Lam says:
    December 8, 2016 at 12:06 pm

    Ooo…soo nice….avahah up kohdhee…..

  13. hyla says:
    December 8, 2016 at 1:37 pm

    alhe koba shamaan. eyna kiha dhera vane. mikya uves visnatha ?

  14. fau says:
    December 9, 2016 at 12:38 pm

    Kobaa stry wait koh koh balivejje. ????

  15. fau says:
    December 10, 2016 at 2:03 pm

    Alhey kobaa the stry.. ????????????????????

  16. fau says:
    December 11, 2016 at 6:59 am

    Kayaashandyyyyyyyyyyyyyyyyyyy…
    ??????????????????????????????????????????????????????????????????????????????????????????

  17. midhu says:
    December 13, 2016 at 8:06 am

    the story is amazing. I started reading it very recently n finished till the latest episode in 2 days. Desperately waiting for the next part. hope u will update soon 🙂

  18. Mar Sha Marsha says:
    December 14, 2016 at 2:07 pm

    Alheyyy kihineh v vaahaka medhukenduny??? Plz up soon.. n plz tell us if something hpnd…

  19. fau says:
    December 14, 2016 at 3:44 pm

    Alhe kayaaaaaaaaaaa…. Im saddddyyyyyy… ????????

  20. Xu says:
    December 17, 2016 at 9:05 am

    Kon irakuhtha story ge next episode waiting waiting

  21. Fat says:
    December 21, 2016 at 7:35 pm

    Kon irakun up vanee kihaa duvaheytha

  22. midhu says:
    December 29, 2016 at 11:01 am

    Where is the next part? It’s been ages. Please update soon

  23. Shaisha says:
    January 7, 2017 at 8:52 pm

    Konearakun the next part laneee

  24. midhu says:
    January 22, 2017 at 10:27 am

    hii it’s been more than a month now. have been waiting for the next episode. did u stop this story or did something happen? please do us know soon

  25. Chum handi says:
    January 26, 2017 at 11:33 pm

    kayaaaaaaaaaaaaaaaaaa………………… story medhu kendunee tha? mihaaru 60 days v…. vrh cmnt nukuran mihaaru. bt maalas vaatheee then kohlee………. and admin plxxxx plxxxxxxxxx plxxxxxxxxx tell us what happen to kayaaa.. ehennoonyy vrh dhera vaane

  26. naf says:
    March 15, 2017 at 12:18 pm

    hello i cant see the last 4 part i wish it was there but i cant see any part after 30 ?

Comments are closed.

Next Episodeމިހިތުގެ ފަސާނާ 31←


All Right Reserved!