އެއްއަހަރު ވީއިރު އަހަރެންނަށް ރަނގަޅަށް ލިޔަންކިޔަން ދަސްވެއްޖެއެވެ. އެކަމަށް ޒާހިދާއްތައަށް ޝުކުރު އަދާކުރީމެވެ. ދުވަހަކުވެސް ޒާހިދާއްތަ އެކޮށްދިން ކަންތަކުގެ އަގު ނުދެވޭނެކަން އަހަރެން ޤަބޫލުކުރަމެވެ. ނަމަވެސް ދުވަހެއްގެ ކޮޅުންވެސް ޒާހިދާއްތަ އަހަރެން ގާތު ކަމަކު އެދެފިނަމަ އެކަމެއް ކޮށްދިނުމަށް އަހަރެން އަމިއްލަ ނަފްސަށް ވަޢުދުވީމެވެ. އެއްރޭ ފައި މޮޑެދޭން އިނދެފައި އަހަރެން މަންމައާ ބެހޭގޮތުން ޒާހިދާއްތައާ ސުވާލުކުރީމެވެ. ޒާހިދާއްތަ އަހަރެންނަށް މަންމައާއި ބައްޕަގެ ވާހަކަ ކިޔައިދިނެވެ. ޒާހިދާއްތަ ބޮޑުބެއާ ކައިވެނިކޮށްގެން އައިއިރު މަންމަ އެހާ ބޮޑެއް ނޫނެވެ. […]
ހެދުން އިސްތިރިކޮށް ކޮނޑުގައި އަޅުވަން އުޅެނިކޮށް މީހަކު ދޮރު ލައްޕި އަޑަށް އެނބުރި ބަލާލެވުނެވެ. ********** ކުއްލިއަކަށް އިޒްޔާން ސިހުނީ މީހަކު ފޮތުގައި ހިފާ ދަމައިގަތުމުންނެވެ. އިޒްޔާންއަށް ފުންމައިގެން އެނދުން ތެދުވެވުނެވެ. އެފޮތް އޭނާ ނޫން އިތުރު މީހަކު ކިޔާކަށް އޭނާއެއް ނޭދެއެވެ. އިޒްޔާން ޤަބޫލުކުރާ ގޮތުގައި މަލަކާ އެފޮތް އޭނާއާ ހަވާލުކުރާނީ ވަރަށް ބޮޑަށް އިތުބާރުކޮށްފައެވެ. “އޭތް!” އިޒްޔާން ސިހުނުވަރުން ގޮވާލެވުނީ ވަރަށް ބާރަށެވެ. އިޒްޔާންގެ އަޑަށް ދާއިން ސިހުނެވެ. ނަމަވެސް އޭނާ އެފޮތް ދޭކަށް […]
“އާހ ވަރަށް ބަނޑުހައި ވެއްޖެ!” ގެޔަށް ހަމަ ވަދެވުމާއި އެކީ އައުސް ބުނެލިއެވެ. “ބަނޑުހައިވީ ގެޔަށް އައީމަތަ؟ ބޭރުގަ އުޅުންއިރު ބުނިނަމަތާ ތަނަކަށް ކާންވެސް ދެވުނީހީ…” ސިޑިން އަރަމުން ޒީޝާ ބުނެލިއެވެ. “އޭރަކު ބަނޑުހަޔެއް ނުވެޔޭ! ދެންމެ ބަނޑުހައިވީ…” އައުސް ބަނޑުގައި އަތްހާކައިލަމުން ބުނެލިއެވެ. އެވަގުތު އެމީހުންނަށް ތިބެވުނީ ޒީޝާ އުޅޭ ބައިގައެވެ. ޒީޝާ ގެޔަށް ވަންނަން އުޅުމުން އައުސް ޒީޝާގެ އަތުގައި ހިފައިލިއެވެ. “މީއްޗިހި މައްޗައް ގެންދާނީ މަގޭ މަންމަތަ؟” ދެލޯ ހަނިކޮށްލަމުން އައުސް ބުނެލިއެވެ. […]
ލޫކަސް ދެކެ ރުޅިއައިސްފައި ހުރިލެއް ބޮޑުކަމުން ޒޭން ގެއިން ނުކުމެގެން ދިޔައެވެ. ޒެއިން ނުކުމެގެން ދިއުމާއި އެކު ލޫކަސް ލަޔާލީ އެގޮތަށް ކަންތަށް ކުރުމުގެ ބޭނުމަކީ ކޮބައިކަން އޮޅުން ފިލުވާލަން ބޭނުންވިއެވެ. ” ލަޔާ.. ލަޔާ.. ކީއްވެ ޒޭން ގާތު ދޮގުތަކެއް ހެދީ؟ އަހަރެން ދެމީހުން އުޅެނީ ރައްޓެހި ވެގެންނޭ… އިންނަންށޭ…. ކިހިނެއްތަ އަސްލު ވެގެން މިއުޅެނީ…” ” ލޫކަސް… ލޫކަސް… ޕްލީޒް އަހަރެން ބޭނުންވަނީ ޒޭން އާ ވަރަށް ދުރަށްދާން ޒޭންގެ ހިލަމެއްވެސް ނުވާނޭ […]
އަދި އެ އެނދާއި ހަމަ ކޮށްލަމުން ދެކަކޫ މައްޗަށް ތިރިވެ މިޝްކާއަށް ނަޒަރު ހުއްޓާލިއެވެ. އޭނަގެ ފުރާނަފަދަ ދަރިފުޅު ނިދިފައި އޮތް އިރު އެ ކުޑަ ކަނާތް އަތުގެ ފަލަ މަސްގަނޑުގައި ރަތްކޮށް ރޮނގެއް ހުރިތަން ފެނިފައި ވިސާމަށް ހީވީ އެފަދަ ގޮތަކަށް އޭނަގެ ހިތް ޒަޚަމްވީ ހެންނެވެ. އޭނަގެ ލޮލުން ކަރުނަތައް ފައިބައިގަތް ވަގުތު އޭނައަށް ގިސްލެވެން ފެށިއެވެ. އޭނަގެ ޙަޔާތް މިފަދަ ފައްތަރަކަށް އަންނަންޖެހުނީ ކީއްވެ ހެއްޔެވެ؟ ދާދި އިހަކަށް ދުވަހު އޭނަ އުޅުނީ […]
ލޯ ކުރިމަތިން ފެންނަން މިހުރީ ހަގީގަތެއްބާއޭ ފަރީޝާގެ ހިތައް އެރިއެވެ. ކުއްލިއަކަށް މިހާ ދުވަސްކޮށްފައި ރިޔާޒް ފެނުމުން ބުނެދެން ނޭންގޭ އެތައް ޝުއޫރެއް ފަރީޝާގެ ހިތުގައި އުތުރި އަރަމުންދިޔައެވެ. “ކީއްވެ ފާޑަކަށް ތި ބަލަނީ؟” ނުބައި ގޮތަކަށް ހީލަމުން ރިޔާޒް ބުނެލިއެވެ. “ރި…ރިޔާ…ޒް” “އާނ ރިޔާޒް” ފަރީޝާ ބުނަން އުޅުން ޖުމްލަ ރިޔާޒްގެ ބަރު އަޑުން މެދުކަނޑާލިއެވެ. “ކޮބާ ބައްޕަގެ ލޯބި ލޯބި އިޝީ ދަރިފުޅު؟ ކޮބާ ލައި؟ ލައިއަށް ފެނިލަން ޖެހޭނެ އެއްނު” ފަރީޝާ އެއްފަރާތް […]
އިޒްޔާން ހަމަޖެހިލައިގެން އެނދުގެ ފަޑީގައި ލެނގިލިއެވެ. އަދި ފޮތް ހުޅުވާލިއެވެ. ފޮތުގެ ބަނޑޭރި ގަނޑުގައި ލިޔެފައި އޮތް ނަން އިޒްޔާން ކިޔާލިއެވެ. “މާހީ! އެއީ މަލަކާގެ އަސްލު ނަންބާ؟” އިޒްޔާން އަވަސްއަވަހަށް ގަނޑު އެއްލިއެވެ. ލިޔެފައިހުރި ލިޔުން އެހާ ރީތި ނޫނަސް ކިޔަން އެނގެއެވެ. ********** —– މަލަކާގެ ޑައިރީ —– އަހަރެން މިފޮތް ލިޔަންފެށީ ހިތަށް ހަމަޖެހުމެއް ހޯދާށެވެ. ހިތުގެ ޝަކުވާތައް ހިއްސާކުރާނެ މީހަކު ނެތުމުންނެވެ. މިއަދަކީ އަހަރެންގެ އުމުރުން ފަނަރަ އަހަރުވީ ދުވަހެވެ. އެހެންކުދިންގެ […]
ޗެކިިން ނިމުމާއެކު، ބޯޑިންގް ވުމުގެ އިންތިޒާރުގައި މެހެކް އާއި ސާދުނާ މަޑުކޮއްލައިގެން ތިއްބެވެ. ހުރިހާ ކަމެއްގައިވެސް މެހެކް އަށް ސާދުނާގެ ފުރިހަމަ އެހީތެރިކަން ލިބުނެވެ. އޭނާއަކީ އާއްމުކޮށް ބޭރުގަުމުތަކަށް ދަތުރުކޮއް ހަދާ ކުއްޖަކަށް ވުން އެއީ ނަސީބެކެވެ. ހުރިހާ ކަމެއްވެސް އޭނާއަށް ނުލާހިކު ފަސޭހައެވެ. ސާދުނާގެ ހިތްހެޔޮ ކަމުގެ ސަބަބުން މެހެކްގެ ނުތަނަސް ވެފައިވާ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. މެހެކް ކިޔަވަން ދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ބެންގަލޫރަށެވެ. ރާއްޖެއިން ސީދާ ބެންގަލޫރަކަށް ފްލައިޓް […]
“އެކީއްވެ؟ އިއާންއެއް ނޫންތަ ވާހަކަ ދައްކަ ބޭނުން ވެގެން ތިއުޅެނީ.. ދެން ލެޓްސް ޓޯކް. އިއާން ކީއްވެ އަހަންނަށް ދޮގު ހަދައި އޮޅުވާލީ؟ ކީއްވެ އެހެން ކައިވެންޏެއް ކުރި އިރު އަހަންނަށް އަންގާނުލީ؟ އައި ޑީޒާވް ޓު ނޯ އިއާން.. އަހަރެން މިއީ އިއާންގެ އަންހެނުންނޭ!” ޒާރާގެ ދުލުން އެބަސްތައް ބޭރުވުމާއި އެކު އިއާން ބޭއިޚްތިޔާރުގައި ގޮށްމުއްކަވާފައި ކައިރީގައި ހުރި ޝެލްފުގައި ޖެހިއެވެ. އެއަޑަށް ދުރުގައި ތިބި ބައެއް މީހުން އެދިމާއަށް ބަލާލި އިރު އިއާންގެ މޫނުމަތިން […]