ވާހަކަ ފެށުމުގެ ކުރިން އަޅުގަނޑުގެ ވާހަކަ ތަކަށް ސަޕޯރޓު ކުރައްވާ އަދި އަޅުގަނޑަށް މި ރޮނގުގަ ހިތްވަރު ދެއްވާ ހުރިހާ ފަރާތް ތަކަށް އާ އަހަރުގެ ތަހުނިޔާ އަރިސް ކުރަމެވެ. އަދި އަޅުގަނޑުގެ މި ވާހަކަ ވެސް ތިޔަ އެންމެ ހާ ކިޔުން ތެރިންނަށް ކަމުދާނެ ކަމުގައި އުއްމީދު ކުރަމެވެ. ޝުކުރިއްޔާ. ދަންވަރުގެ ހަމަ ހިމޭންކަން ނަގައިލީ ފަތިހަށް ގޮވަން ފެށި ހާލާއި ކޮވެލީ ގެ އަޑުންނެވެ. ހަމަ އެޔާއެކު ފަތިހުގެ ހިތްގައިމު މަންޒަރާ އެކު އުޑުމަތި […]
އިސްޖަހާލައިގެން ހުރި ނިހާލް ފެންކަޅިވެ ހުރެ ވާހަކަ ދައްކަންފެށިއެވެ. އެވަގުތު އެ އަޑު އިވިފައި ލުޔޫންއަށް ނިހާލްގެ މޫނަށް ބަލައިލެވުނެވެ. މިލާ މޯޅިވެފައިވާ މޫނަކާއި އެކު އެ ދެލޮލުން ވިދަމުންދިޔަ ކަރުނަތަށް ފެނިފައި ލުޔޫންގެ ހިތް މަޑުވެގެން ދިޔައެވެ. ކުއްވެރިޔަކު ފަދައިން އިސް ޖަހާލައިގެން ހުރި ނިހާލް ކޮޓަރީގެ ކުޑަދޮރު ކައިރީގައި މަޑުކޮއްްލުމަށްފަހު ބޭރަށް ނަޒަރު ހިންގާލިއެވެ. ވަށައިގެންވާ މާހައުލުން ފެންނަމުން ދިޔަ އަނދިރިކަމުގެ ތެރެއިން ކޮންމެވެސް އެއްޗަކަށް އޭނާ ނަޒަރު ހުއްޓާލައިގެން ހުރިކަހަލައެވެ. ލުޔޫން ހުރީ […]
-މިއީ ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް އަޅުގަނޑުގެ އަމިއްލަ ހިޔާލު އެކުލަވައިގެން ލިޔެފައިވާ ވާހަކައެކެވެ.- ނިވިފައިވި ބައްތިއެއް ދިއްލޭނެކަމުގެ ކުޑަ އުންމީދަކާއި އެކު އަހަރެން މިއަދު ދަތުރު މިފެށީ އަހަރެންގެ އެންމެ ގާތް ރަޙްމަތްތެރިޔާގެ ހަޔާތައް އައި ހަރީފު މޫސުން ބަހާރު މޫސުމަށް ބަދަލުކުރެވޭތޯއެވެ. މީގެ ދެއަހަރު ކުރިން ރައިނާގެ ހަޔާތުގައި ހިނގި ހާދިސާއެއްގެ ސަބަބުން މިއަދު ރައިނާއަކީ މޯޅިވެފައިވާ މަލެކެވެ. އޮއްސިފައިވާ ތަރިއެކެވެ. ގަލަމު ތުނޑުން މީހުންގެ ހިތްތަކާއި ކުޅެމުންއައި ލިޔުންތެރިޔާ މިއަދު ގަލަމެއް ފެނުނަސް ފޫހިވެއެވެ. […]
“ޔޫ އާ ފަޔާޑް!” ނާހިދް އަޑުގައި ހުރި ބާރެއް ލާފައި ބުނެލިއެވެ. އޭރު ކުރިމަތީގައި ހުރި ރިއުމާންގެ މޫނުމަތިން ހައިރާން ކަމުގެ އެއްވެސް އަސަރެއް ނުފެނެއެވެ. “ބުނިންދޯ އިތުރަށް މި މައްސަލަގައި ކުރިއަށް ގޮސްގެން ނުވާނެޔޭ.. އަދި އަހަންނަށް ދޮގު ހަދާފަ އެ ރިޕޯޓު ޝާޢިއު ކުރަން ކެރުނީތީ ވެސް ހައިރާން ވެއްޖޭން. ގެޓް އައުޓް. މީގެ ފަހުން މި އޮފީސް ފެންނަ ހިސާބަށް ވެސް އައިސްގެން ނުވާނެ. ކަލެކްޓް ޔުއާ ތިންގްސް އެންޑް ލީވް. ޔޫ […]
“ލައި އާދެބަލަދެން…. ލައި ނެތީމަ އިޝީ ވަރަށް އެކަނިވެރިއޭ…. ލައި އާދެބަލަ…. ލައި އާދެބަަލަ….. ލައި…..” ސިއްސައިގެން ގޮސް ލައިޝާއަށް ހޭލެވުނީ ހުވަފެނެއް ފެނުމުންނެވެ. ކުއްލިއަކަށް ލައިޝާ ތެދުވުމުން ކައިރީ ހުރި މޭރީ ދިޔައީ ސިއްސައިގެންނެވެ. “ކިހިނެއްވީ؟” މޭރީ ހާސްވެފައި އަހައިލިއެވެ. “ހުވަފެނެއް ފެނުނީ……” މިހެން ބުނުމަށްފަހު އަނެއްކާވެސް ލައިޝާ އެނދުގައި އޮށޯވެލިއެވެ. ލައިޝާއަށް އަނެއްކާވެސް ނިދުމުން މޭރީ އެކޮޓަރިން ނިކުމެގެން ދިޔައެވެ. މިއަދު އައިޝާއަށް އޮފީހަށް އާދެވުނީ ތަންކޮޅެއް ލަހުންނެވެ. އޮފީސްތެރެޔަށް ވަދެގެން އައި ވަގުތު […]
ކޮޓަރި ތެރޭގައި ދިއްލާފައިވަ ބޮކީ ގައިވަނީ ފަނޑު އައްޔެކެވެ. ހުޅުވާފައިވާ ކުޑަދޮރުން ރޭގަނޑުގެ ތެއްފިނި ވައިރޯޅި ވަންނައިރު ވައިރޯޅީގެ އާހުގެ އަޑު އިވޭހެންވެސްް ހީވެއެވެ. އުުމުރުން ފަނަރަ އަހަރުގެ އާލާ އޮތީ އެނދުގައި ބަނޑުދަށަށް ބާލީހެއް ލައިގެން އޭނާގެ ލެޕްޓޮޕުން ފިލްމެއް ބަލަންށެވެ. އޭނާ އޮތީ ބިރުވެރި ފިލްމެއް ބަލަންށެވެ. ކަންފަތަށް ހުދު ކުލައިގެ ހެޑްސެޓް ގުޅާލައިފައިވާ އިރު އޭނާއޮތީ ބަނޑުދަށަށް ލައިގެން އޮތް ބާލީހުގައި ހިފައްޓާލައިގެންނެވެ. ކުއްލިއަކަށް ކޮޓަރީގެ ހެދުންތަށް އަޅުވާފައިވާ ދިމާލުގައި ގުޑުމެއްވެލިއެވެ. ކަންފަތަށް […]
އެވަގުތު ބިންމައްޗަށް ވެއްޓިފައި އޮތް ޒުވާނާގެ ގައިގާ އެއްވެސް ރަޙުމެތް ނެތި ފައިން ތަޅަމުން ގެންދިޔަ ޒުވާނާ ފެނިފައި ލުޔޫންގެ ދެ ލޯ ބޮޑުވިއެވެ. ލޯ މައްޗަށް ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައިވާ ހާލު ދެވަނަ ފަހަރަށް ވެސް ލުޔޫންއަށް އެ ޒުވާނާގެ މޫނަށް ބަލައިލެވުނީ އެއީ ކާކުކަން ޔަޤީންކޮށްލުމުގެ ބޭނުމުގައެވެ. ލިއަމް: “އޭތް….!” ލިއަމް އަށް އެ މަންޒަރު ފެނުމާއި އެކު ވަރަށް ބާރަށް ހަޅޭއްލަވައި ގަންނަމުން އެ ދިމާލަށް ދުއްވައި ގަތެވެ. އޭނަގެ […]
އެރޭ ނިދަން ތިއްބާ ކޮންމެވެސް މީހަކު ދޮރުގައި ޓަކިދިން އަޑު އިވުނެވެ. އަހަރެން ބިރުންގޮސް ކޮއްކޮގެ ގައިގައި އޮޅުލައިގަތީމެވެ. ކޮއްކޮ އަހަރެންގާތު ހަމަޖެހެން ބުނެފައި ކާކުތޯ ބާރުބާރަށް އެހިއެވެ. އެއީ ޤާދިރުބެކަން އެނގުމުން ތެޅިތެޅި އޮތް ހިތް މައިތިރިވިއެވެ. އެކަމަކު ރޭގަނޑުގެ މިގަޑީގައި ޤާދިރުބެ އެއައީ ކީއްކުރަންބާއޭ ހިތަށްއެރިއެވެ. ނުހުޅުވަން ބުނެބުނެ އޮއްވާ ކޮއްކޮ ގޮސް ދޮރު ހުޅުވިއެވެ. ޤާދިރުބެ ވަގެއްހެން އަވަހަށް އެތެރެއަށް ދެމިގަނެ ދޮރު ލެއްޕިއެވެ. ޤާދިރުބެ ފެނުމުން ހިތަށް ހަމަޖެހުމެއް ލިބުނުނަމަވެސް ޤާދިރުބެ […]
އެނބުރެމުން ދިޔަ މަޑު ފަންކާގެ އަޑު ކޮޓަރީގައި ހިފާލާފައި ވީއިރު އެނދުމަތީގައި ލެޕްޓޮޕް އުނގަށް ލައިގެން ނާހިދް ނިދިފައި އިނެވެ. އޭނާގެ އަންހެނުން ލާރާ ކައިރީގައި ނިދާފައި އޮތް އިރު ލެޕްޓޮޕްގެ އަލިކަން ނޫނީ އެތަނުގައި އަލި ކަމެއް ނުވެއެވެ. އޭނާ ކުއްލިއަކަށް ސިހިފައި ތެދުވީ ފޯނު ރިންގުވާން ފެށި އަޑަށެވެ. އެނދުގެ ފަޑީގައި ލެނގިލައިގެން އިނދެފައި ނާހިދް ތެދުވެ ލޯ އުނގުޅަމުން ފޯނުނެގިއެވެ. “ހަލޯ..” ނިދި އަޑުން ވާހަކަ ދެއްކި އިރު އޭނާއަށް ރަނގަޅަށް ލޯ […]