އިންތިހާޔަށް (4ވަނަ ބައި)
“އާހ ވަރަށް ބަނޑުހައި ވެއްޖެ!” ގެޔަށް ހަމަ ވަދެވުމާއި އެކީ އައުސް ބުނެލިއެވެ.
“ބަނޑުހައިވީ ގެޔަށް އައީމަތަ؟ ބޭރުގަ އުޅުންއިރު ބުނިނަމަތާ ތަނަކަށް ކާންވެސް ދެވުނީހީ…” ސިޑިން އަރަމުން ޒީޝާ ބުނެލިއެވެ.
“އޭރަކު ބަނޑުހަޔެއް ނުވެޔޭ! ދެންމެ ބަނޑުހައިވީ…” އައުސް ބަނޑުގައި އަތްހާކައިލަމުން ބުނެލިއެވެ. އެވަގުތު އެމީހުންނަށް ތިބެވުނީ ޒީޝާ އުޅޭ ބައިގައެވެ. ޒީޝާ ގެޔަށް ވަންނަން އުޅުމުން އައުސް ޒީޝާގެ އަތުގައި ހިފައިލިއެވެ.
“މީއްޗިހި މައްޗައް ގެންދާނީ މަގޭ މަންމަތަ؟” ދެލޯ ހަނިކޮށްލަމުން އައުސް ބުނެލިއެވެ. އެވަގުތު ފަހަތުން އާލިމް ސިޑިން އަރައިގެން އަންނަތަން ޒީޝާއަށް ފެނުނެވެ.
“ނޫން އައުސްގެ ތިއްތި….” މިހެން ބުނުމަށްފަހު އެއްޗެހިތައް އައުސްގެ ފައިބުޑަށް ވަރާލުމަށްފަހު ޒީޝާ ގޭތެރެޔަށް ވަދެ ދޮރުޖެހިއެވެ.
“ރަހުމްކުޑަ އަންހެނެއް އެއީ ހުވާ….” ދެލޯ ހަދާލަމުން އައުސް ޒީޝާ ވަތް ދޮރަށް ބަލަަން ހުރެ ބުނެލިއެވެ.
“ތިއްތި މީއްޗިހި ހިފައިގެން އާދެބަލަ…” އައުސް ފައިބުޑުގައި ހުރި ކޮތަޅުތައް އާލިމްއަށް ދައްކާލުމަށްފަހު ސިޑިން އަރައިގެން ދިޔައެވެ. އާލިމް ކުޑަކޮށް ބޯހޫރާލުމަށްފަހު އެއްޗެހިތައް ނަގައިގެން ދާން ހިނގައިގަތެވެ.
އާދުވަހަކަށް އިރު އެރީ އައުސް ހޭލާ ހުއްޓައެވެ. ހެނދުނު ހެނދުނާ އޮފީހަށްދާން ނުހޭލެވިދާނެތީ އައުސް ރޭގައި ހުރީ ނުނިދައެވެ. ޒީޝާ އައުސްއަށް ގޮވަން އައި އިރު އައުސް ހުރީ ފެންވަރައިގެން ތައްޔާރުވާށެވެ. އައުސް ހޭލާ ހުއްޓައި ފެނުމުން ޒީޝާ ހުރީ ހައިރާންވެފައެވެ. އެވަގުތު އާލިމްވެސް އޮފީހަށްދާން ތައްޔާރުވަމުން ދިޔައެވެ.
“އައުޓީ މިއަދު އިރު އެރީ ކޮންކޮޅަކުން؟” ލޯގަނޑު ދޮށުގައި އައުސް ފަރިބަލަަން ހުއްޓައި ޒީޝާ އައިސް އަހައިލިއެވެ.
“މަނިކުފާނު ރޭގަ ނުވެސް ނިދާ އުޅުނީ އޮފީހަށް ދާހިތުން….” ހީލުމަށްފަހު އާލިމް ބުނެލިއެވެ. އެމީހުން ކިޔާ އެއްޗަކާ ހަމަ އަޅައިވެސްނުލާ އައުސް ލޯގަނޑު ދޮށުގައި ހުރެގެން ބޮލާ ކުޅެމުން ދިޔައެވެ.
“މީހުން އޮފީހަށްދަނީ ބެގީ ކޮށްގެން ޓައި އަޅައިގެން…. ފެޝަން ޝޯވ އަކަށް އަރާކަށް ނޫން މިދަނީ އެއް….” އައުސް ލައިގެން ހުރި ގަމީހާއި ޖިންސް ފެނުމުން ޒީޝާ ބުނެލިއެވެ.
“އަހަރެން މިދަނީ ކޮމްޕިއުޓަރު ދޮށުގަ އިނދެގެން އަށްގަޑިއިރު މަސައްކަތް ކުރާކަށް ނޫނޭ! މަގޭ ޕްރޮފެޝަން އަކީ ފޮޓޯގްރަފީ…. ސޯ ކޮންމެ ކަމެއް މާ ބޮޑު ކޮށްލައިގެން އުޅޭނެ ކަމެއް ނެތް!” އައުސް މިހެން ބުނެލުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ. ޒީޝާވެސް އަވަހަށް ދިޔައީ އޮފީހަށް ދާން ތައްޔާރުވާށެވެ. މަންޒަރު ބަލަން ހުރެފައި އާލިމްވެސް ދިޔައީ އޮފީހަށްދާން ތައްޔާރުވާށެވެ.
ގަޑިޖެހުމުގެ 10މިނެޓް ކުރިން އައުސް އައިޝާގެ އޮފީހަށް ދިޔައެވެ. ރިޝެޕްޝަން ކައިރީ މަޑުކޮށްލުމާއި އެކު ކައިރީހުރި އަންހެން ކުއްޖާ އައުސް ގޮވައިގެން ދިޔައީ އައިޝާގެ ކެބިންއަށެވެ. ޓަކި ޖަހާލުމަށްފަހު އައިޝާ ހުއްދަ ދިނުމުން އައުސް ދޫކޮށްލުމަށްފަހު އެކުއްޖާ ނިކުމެގެން ދިޔައެވެ.
“ވަދޭ! އިށީންދޭ!” އައުސް ފެނުމުން ލެޕްޓޮޕް ކުޑަކޮށް މަޅާލަމުން އައިޝާ ބުނެލިއެވެ. އައުސް އައިޝާ ދެއްކި ގޮނޑީގައި އިށީނެވެ.
“ނައިސް ސްޓައިލް…” އައުސްއަށް ވަރަށް ފުންކޮށް ބަލާލަމުން އައިޝާ ބުނެލިއެވެ. ވަގުތުން އައުސް ހިންދިރުވާލިއެވެ. މިއޮފީހުގައި މިގޮތަށް ހެދުން އަޅާފައި ހުރި މީހެއް އައުސް ނުދެކެއެވެ.
“އެކަމަކު އޯކޭ! އައުސް އަކީ ފޮޓޯގްރަފާއެއް…. ސޯ މާ ފޯމަލް ވާނެކަމެއް ނެތް! އައި ލައިކް ދެޓް…” އައުސް އެއްޗެއް ނުބުނުމުން އައުސް ބުނެލިއެވެ. އަދި ފޯނުން ކޮންމެވެސް މީހަކަށް ގުޅާލުމަށްފަހު އަންނާށޭ ބުނެލިއެވެ. ވަގުތުން އައުސް ގޮވައިގެން އައި އަންހެން ކުއްޖާ އެތަނަށް އައިސް ވަނެވެ.
“މީ ޝުވާ! އައުސްއަށް މިއޮފީހުގެ ހުރިހާ ކަމެއް ބުނެދޭނެ…. ކަމެއް ބޭނުން ވެއްޖެނަމަ ޝުވާ ކައިރީ ބުނީމަ ރަގަޅުވާނެ! އެއްޗަކަށް ދަތިވަންޏާ ނުވަތަ ޝޫޓްއަކަށް ކަމެއް މަދުވަންޏާ އަަހަރެން ކައިރީ ބުނީމަ އޯކޭވާނެ… އައުސްގެ ޓޭބަލް ދައްކާފަ ކަންތައްތައް ކިޔާލަދީ!” އައިޝާ ވާހަކަ ދައްކާ ނިމުމުން ޝުވާއާއި އެކީ އައުސް ނިކުމެގެން ދިޔައެވެ.
ޝުވާ އައުސް ގޮވައިގެން ދިޔައީ އައިޝާގެ ކެބިންގެ ކުރިމަތީ ހުރި ޑެސްކެއް ކައިރިއަށެވެ. އައިޝާގެ ކެބިންއިން އައުސް ކުރާ ހުރިހާ ކަމެއްވެސް ވަރަށް ސާފުކޮށް ފެންނާނެއެވެ. ޝުވާ އައުސް ކައިރީ ހުރެގެން ކޮންމެވެސް ވާހަކައެއް ދައްކަމުންދިޔަ މަންޒަރު އައިޝާއަށް ފެނުނެވެ. އެދިމަ ބަލަން އިންދައި ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން އައިޝާ ގޮނޑިން ފުންމައިގެން ތެދުވިއެވެ. އަވަސްއަރުވާލާފައި ނިކުންނަން އައި ވަގުތު ޝުވާ އައިސް މީޓިންގ އެއް އޮތް ވާހަކަ ބުނުމުން އައިޝާ ޖެހުނީ މީޓިންގއަށް ދާށެވެ.
މީޓިން ނިމުންއިރު ހުރީ މެންދުރު ވެފައެވެ. އަވަސްކޮށްލާފައި އައިޝާ ގެއަށް ދިޔައެވެ. ގެޔަށް އައިސް ބަދިގެޔަށް ވަދެ އަމިއްލައަށް ފުއްގަނޑެއް ގަށާލުމަށްފަހު ކޭކެއް ފިހެލިއެވެ. ކޭކު އަވަނަށް ލުމަށްފަހު އައިސިން ހެދުމަށްފަހު ކިވީތަކެއް ކޮށަންފެށިއެވެ.
“އިޝީ ކީއްތިކުރަނީ؟” ބޭރުން އައިސް ގެޔަށް ވަތް ފަރީޝާ އަހައިލިއެވެ. އައިޝާހުރި ހާލުފެނިފައި ފަރީޝާހުރީ ހައިރާންވެފައެވެ. ބޮލުގަޔާއި މޫނުގެ ބަޔެއް ތަންތަނުގައި ހުރީ ފުށް ހޭކިފައެވެ. އަވަސްކޮށްލާފައި އައިޝާ ވަޅި ހިފައިގެން އުޅެމުންދިޔަ ގޮތް ފެނިފައި ފަރީޝާ ކުޑަކޮށް ބިރުގަންނަ ގޮތްވިއެވެ.
“ދަރިފުޅާ މީ ކޮންކަމެއް؟” އައިޝާގެ ކައިރީ މަޑުކޮށްލަމުން ފަރީޝާ އަހައިލިއެވެ. އޮފީސް ގަޑީގައި މިގޮތައް އައިޝާ ފެނުމުން ފަރީޝާ ހުރީ ހައިރާންވެފައެވެ.
“މަންމާ! މަންމަ ހަނދާން ނެތުނީތަ؟ މިއަދު ލައިގެ ބާތްޑޭއޭ! އިޝީއެއްނު އަބަދުވެސް ކޭކް އަޅަނީ! އިޝީ ހުރީ ހަނދާންނެތިފަޔޭ! މަންމަ ބަލާބަލަ ކޭކް ފިހެވިފަތޯ ހުރީ!” ހަރަކާތް އަވަސް ކޮށްލަމުން އައިޝާ ވާހަކަ ދެއްކިއެވެ. އައިޝާގެ ވާހަކަ އަހާފައި ފަރީޝާގެ މޫނު އެކީ މިލައިގެން ދިޔައެވެ. ދެލޯ ފެންކަޅިވިއެވެ. ފަރީޝާ އެހެން ގަބުވެފައި ހުއްޓައި އައިޝާ ކޭކްއަޅާ ނިންމާލިއެވެ.
“ހެޕިބާތްޑޭ ލައިޝާ!” ހެވިފައި އައިޝާ ކޭކް ފަޅާލިއެވެ. އަދި އަމިއްލަޔަށް އެތިކޮޅެއް ކާލުމަށްފަހު ފަރީޝާއަށްވެސް ލެވިއެވެ.
“މަންމާ ލައިއަށް 23 ދޯ އެވީ!” އަނެއްކާވެސް ކޭކް ކޮޅެއް ކާލުމަށްފަހު އައިޝާ ބުނެލިއެވެ. އޭރު ފަރީޝާއަށް ގިސްލަ ގިސްލާފައި ރޮވެމުން ދިޔައެވެ. އެމަންޒަރު ފެނިފައި އައިޝާ އަތުގައި އޮތް ވަޅި އެއްލައިލިއެވެ. އަދި ކައިރީ ހުރި ގޮނޑީގައި އިށީނެވެ. ކުއްލިއަކަށް ހޯސްލާފައި އައިޝާގެ ލޮލުން ކަރުނަ ފައިބަން ފެށިއެެވެ. އިރުކޮޅަކުން އަޑުން އަޑުނަގާފައި ރޯން ފެށިއެވެ. އެއަޑު އިވިފައި ސިހިގެން ފަރީޝާވެސް ބަލައިލިއެވެ.
“އިޝީ…” ފަރީޝާ އައިޝާގެ ބޮލުގައި ފިރުމައިލިއެވެ. މަޑުމަޑުން އައިޝާ ގޮނޑިން ތެދުވެ ދާން ހިނގައިގަތެވެ. ފަރީޝާ ހަމަ އެއިންގޮތައް ކޭކަށް ބަލަހައްޓައިގެން އިނެވެ.
ކޮޓަރިޔަށް ވަދެވުމާއިއެކު އައިޝާ އެނދު މައްޗައް ވެއްޓިގަތެވެ. ބަންޑުން ބާލީހުގައި ބައްދާލައިގެން އޮވެ އަޑުން އަޑުނަގާ ރޮމުންދިޔައެވެ. މިހެން އިރުކޮޅަކު އޮތުމަށްފަހު އައިޝާ އެނދުމަތިން ތެދުވެލިއެވެ. އަދި ރަތްވެފައިވާ ދެލޯ ފޮހެލުމަށްފަހު އަލަމާރި ކައިރިޔަށް ދިޔައެވެ. އަލަމާރިން ކުޑަ އަލްބަމެއް ނަގައި ސޯފާއަށް ވެއްޓިގަތެވެ. އަދި އަލްބަމް ހުޅުވައިލުމަށްފަހު ބަލަމުންދިޔައެވެ. އޭގައި ތިބީ ކުޑަ ދެއަންހެން ކުދިން އެކީގައި ނަގާފައި ހުރި ފޮޓޯތަކެކެވެ. އެތަނުން ފޮޓޯއެއް އަލްބަމުން ނަގައި އައިޝާ އެ ފޮޓޯއަށް ބަލަމުން ދިޔައެވެ. އެފޮޓޯގައި ތިބި ދެކުދިންވެސް ތިބީ އެކަކު އަނެކަކަށް ކޭކް ކާންދޭށެވެ. އެތަނުން ހުދުކުލައިގެ ހެދުން ލައިގެންހުރި އަންހެން ކުއްޖާގެ ގައިގައި އައިޝާ ފިރުމާލިއެވެ. އަދި މަޑުމަޑުން ފޮޓޯ ގެނެސް ތުންފަތުގައި ޖައްސައިލިއެވެ. އަދި ބާރަށް ރޯންފެށިއެވެ.
“ލައި… ކީއްވެ އިޝީ އެކަނި ކޮށްލާފަ ދިޔައީ! އިޝީގެ ނެތޭ ލައި ނޫނީ ފްރެންޑެއްވެސް…. އިޝީ އަކަށް ކެތެއް ނުވޭ އެކަނި މިހެން އަބަދު އުޅޭކަށް… އިޝީ ބޭނުން ވަރަށް ގިނައިން ހޭންވެސް…. ލައި އާދެބަލަ އިޝީ އެކަނިކޮށްފަ ކާފަވެސް ހިނގައްޖެއޭ!” ރޮމުން އައިޝާ ވާހަކަ ދައްކަމުން ދިޔައެވެ.
“ލައި އާދެބަލަ މިއަދު ލައިއަށް ކޭކްއެއްވެސް އެޅީމޭ! ކިވީ ކޭކްއެއް….” ފޮޓޯއަށް ބަލަމުން އައިޝާ ވާހަކަ ދެއްކިއެވެ. އަދި ގިސްލަ ގިސްލާފައި ރޮމުންދިޔައެވެ. މިހެން އިންދައި އައިޝާ ސިހުނީ ކައިރީ އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. އޮފީހުން ގުޅުމުން އައިޝާ ޖެހުނީ ދާށެވެ.
އައިޝާ އޮފީހަށް އައި އިރު އޮފީހުގެ ފޮޓޯ ސްޓޫޑިއޯގައި ފޮޓޯ ޝޫޓެއް ކުރިޔަށް ދިޔައެވެ. އެއީ މިމަހު އެ ކުންފުނިން އަލަށް ތައާރަފްކުރި ހެދުންތަކެއް އާންމު ކުރަން ނަގާ ފޮޓޯތަކެކެވެ. ފޮޓޯ ނަގަންހުރި އައުސް ފެނިފައި ނޭންގޭ ހިތްހަމަޖެހުމެއް އައިޝާއަށް ލިބިގެންދިޔައެވެ. ފޮޓޯނަގާ ނިމުމުން ކެމެރާ ބޭއްވުމަށްފަހު އައުސް އެތަނުން ނިކުންނަން ހިނގައިގަތެވެ.
“ވައު އައުސް… ފުރަތަމަ ދުވަހު މިހާ ހިންގާލާފަ އުޅޭނެ ކަމެއް ނޭންގެ!” އައުސް ފެނުމުން ޝުވާ ބުނެލިއެވެ. އައުސްވެސް ހެވިލާފައި ވާހަކަ ދައްކަން ފެށިއެވެ. އައިޝާ ކައިރީ ހުއްޓައި ފެނުމުން އައުސްގެ އިތުރުން ޝުވާވެސް ސިހުނެވެ. އައިޝާ ފެނުމުން ޝުވާ ވަރަށް ބިރުންހުރެ އެތަނުން ދާން ހިނގައިގަތެވެ.
“މިއަޮފީހުގެ ހުރިހާ އެންމެން އައިޝާއޭ ބުންޏަސް ތިބެނީ ބިރުން ވިރިފަ!” ހެމުން ހެމުން އައުސް ބުނެލިއެވެ. އައިޝާ ވަރަށް އާދައިގެ ގޮތަކަށް އައުސްއަށް ބަލައިލިއެެވެ.
“ބޮސް ދެކެ ކޮންމެ މުވައްޒަފެއްވެސް ބިރު ގަންނަން ޖެހޭނެ….” ވަރަށް ހަމަޖެހިލާފައި އައިޝާ ބުނެލިއެވެ. އައިޝާ މިހެން ބުނެލުމުން އައުސް ވަރަށް ފުންކޮށް އައިޝާއަށް ބަލައިލިއެވެ. ރަތްވެފައިވާ އައިޝާގެ ލޮލާއި ނޭފަތު ކުރި ފެނިފައި އައުސް ކުޑަކޮށް ލޯހަނިކޮށްލިއެވެ. އަދި އައިޝާގެ އަޑުވެސް ކުޑަކޮށް ތަފާތުކަމަށް އައުސްއަށް ފާހަގަކުރެވުނެވެ.
“ރޮއެފަތަ ތިހުރީ؟” އައިޝާގެ މޫނަށް ބަލަންހުރެ އައުސް ބުނެލިއެވެ. އައުސް މިހެން ބުނުމުން އައިޝާ ކުޑަކޮށް ސިހޭގޮތްވިއެވެ.
“ނު.. ނޫން އެއީ ރޯގާ ޖެހުނީމަ! ގުޑް ވޯކް!” އަވަސްކޮށްލާއި މިހެން ބުނެލުމަށްފަހު އައިޝާ އެތަނުން ދާން ހިނގައިގަތެވެ. އައިޝާ ދިއުމުން ކޮނޑުއަރުވާލާފައި އައުސްވެސް ދާން ހިނގައިގަތެވެ.
ހަވީރު އޮފީސް ނިންމާފައި ޒީޝާ ގެޔަށް ވަންނަން ދިމާކޮށްލި ވަގުތު އާލިމްވެސް ގެޔަށް އައިސް ވަންނަނީއެވެ.
“ތިއްތީ!” އާލިމް ފެނުމުން ޒީޝާ ޅަ ގޮތަކަށް ގޮވައިލިއެވެ.
“އާލް ކިޔާށޭ ބުނަމެއްނު!” ޒީޝާގެ ކޮލުގައި ހިފައިލަމުން އާލިމް ބުނެލިއެވެ. ޒީޝާ ތިއްތިއޭ ކިޔާފަ ގޮވުމަކީ އެއްގޮތަކަށްވެސް އާލިމް ރުހޭކަމެއް ނޫނެވެ.
“ދެން އައުޓީގެ ތިއްތިވާނީ ޒީގެވެސް ތިއްތި އަށެއްނު!” ޒީޝާ ބުނެލިއެވެ. އިތުރަކަށް އާލިމް އެއްވެސް އެއްޗެއް ނުބުނެއެވެ. އައުސްގެ ސަބަބުން ޒީޝާއާއި އިތުރަށް ގުޅުން ބަދަހި ކުރެވޭކަށްވެސް ނެތެވެ. ފުން ނޭވާއެއްލުމަށްފަހު އާލިމް ގެޔަށް އައިސްވަނެވެ. އަދި ކޮޓަރިޔަށް ވަނުމަށްފަހު އެނދުމައްޗައް ވެއްޓިގަތެވެ. އާލިމްގެ ހިތަކީ ހެއްދެވި ފަރާތް ފިޔަވައި އެހެން އެކަކަށްވެސް ނޭންގޭ އެއްޗެކެވެ. ފޮރުވައިގެން އުޅޭ އެތައް އިހުސާސެއް ހިތް ފަޅާފައި ނިކުންނަން އުޅޭހެންވެސް ބައެއް ފަހަރަށް ހީވެއެވެ. އަމިއްލަ އިހުސާސްތައް ފޮރުވައިގެން މިހާދުވަހު އުޅެމުން މިދަނީ ކޮއްކޮއަށްޓަކައެވެ. އައުސްއަށާއި އާއިލާގެ މީހުންނަށް އާލިމްގެ ހިތުގެ އެދުން ފަޅާއަރައިފިނަމަ ވާނެގޮތެއް ނޭންގޭތީ އާލިމް މަޑުންހުރީއެވެ. އާލިމްގެ ހިތް ޒީޝާއަށް ފެނިއްޖެނަމަ ޒީޝާ ކަންތައްކުރާނެ ގޮތެއްވެސް ނޭންގެއެވެ. އާލިމް ބިރުގަންނަނީއެވެ. އިހުސާސްތައް ހާމަކުރަން ފަސްޖެހެނީއެވެ. (ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
102 Comments!
Comments are closed.


This was the part I was waiting for to prove that this story will be different from the series. Miothee thafaathu fennan. Meehun bune ehnu dhathuru fennaanee fureemayey. Adi fennaanee konuneemayey. Fothuge ethreyga onna ehcheh ingeynee ekkoh keemayey. Emme 3 part kiyaigen kaleymen thiulhenee minneiy massakahiy kohgen meehaku liyanfeshi vaahaka eh huttuvaan. Alhe bunebala thibunaa drama aku mibaithah fenuntha? Mives copytha? Adhi kuriyah huri baithakuga maa thafaathu vaane. V reethi sis!! Keep goig and don’t stop. Liyuntherinnah faaduves kiyaane ekamaku fahathah neynburi kuriyah dhaanee. I love you Ifff
kithamme varakah thihen bunyas copy kohfa othee. ehbai viyas copy kohfa eothee.
Agree with you Amy baby
i agree with Mary. hama copykohfa ladhehves nuganeyey vaahaka dhakkaakah. varah dhashu dharajaige liyuntherieh. adhi eynage cousins ves hama efadha.
Koba magey kokko QueenBee?
Miothee miothee….
Mivaahaka kiyaa hurihaa kudhinnah kameh saafu kohla dhen beynun! Me and Amy are Ifaau’s cousins. Ifaau new vaahaka eh liyan beynumey buneema ahren ifaau ah kiyaadhin concept eh mee. Eyru eyna thibunaa drama eh nuves balaane. Aharen huhtta vaahaka liyan feshee. Eyruves Ifaa buni thimanna vaahaka liyaanee amilla gothakashey thibunaa concept salhiyey. Aharen hiyeh nukuran mihaa bodu issue akah vaane henneh. Furathama part upload kohfa libun comments thah kiyaafa ifaa ulhun vaahaka delete kuranves. Ekamaku thafaathukog gennantaa selete kurumuge beynumakee koba? Eyge fahun ifaa thibunee series ehge vaahaka internet in keeves. Neyngumehge thereyga eynayah liyevifa in vaahaka eh mee. Ehnveema mibunee be with her. Saafu koh kan hin’gi goiy mikiyaadhinee. Eyna kurinves vaahaka eh liyun ekam mihenneh nuvey. Ifaa akee molhu liyuntheriyeh adhi ifaa ge nan raajjeyga favaaleveyne, ekamah eyna massakaiy vs eba kurey. Ahannah ingey mihenbunyas gaboolu nukuraane readers ulheynekan. Ekamakuvs bunelee mi emmen ifaa blame kuraathee. Mikan ifaage rattehinnahvs ingeyne!! Vaahakaige dhen huri baithah thafaathu vaane Insha allah. Please coperate with her. I love you iph and will never leave your side.❤❤
Love you iph??
kaley hithun kaley amilla concept eh dho mi. varah molhukameh dho thikuree. liyuntheriya haavaane hadieh haavafa dho neygigen ney bunan v. neygigen olhigen dho ehaa ehgothah copy kuree. ifaau akee massahkaiy kurinama ragalhu liyuntheriakah veveyne kujjeh. ekamaku copu kohgen. u disappointed me. now im not with u. i hate ur stories
QueenBeege comment kiyaafa hama hama hini annanee. ifaau ah neygigenno. alhe midhen jokehtha. QueenBee ge amilla concept akah dho sony TV darama beyhadh hadhaafa eothee. ehenve dho ehaa ehgothee. QueenBee haadha molhey. mashah ves concept eh kiyaadheebala meves vaahakaeh liyevetho balaanan. plx plx plx
Myhunge malaamaathaai nuruhun eyna ah barudhaasth nukurevuny thoache…. eyna mi vahaka hama feshy beyhadh he story liyan. Ekanu engey furathama part kiyaalumun…. eyna ah engey kiyuntheringe malaamaathun salaamaatheh nei kan. Ehenve badhalu kuran eba masakkai kurey… ekamu adhives bodah buravefa othy beyhadh kolhah…. 2 dhin scene thafaathy…. mikan hudhu liyuntheriyaa ves gaboolu kuraane… eyna ego ga hifahattan kamah hury…. but kethehnuvi eyna ah….
Mihaaru thi dhakkaa vaahaka eh gabooleh nukurevey
Gaboolu kohfin QueenBee cause eyna kurin liyun vaahakaves v reethi. Anekkaa kurinbeeLive ga huri vaahakathah vs v reethi nuheevey copy eh henneh. So kurin huri hiyaalu dhookohllaifin. Mi part in v gina thafaathu fenijje and v ufaa vehje ifaage situation explain kohdhineema. Vaahaka v reethi. Ekam dhigu kollahchey dhen anna bai pls.
Saaabahey ifaa darlss.. Story hama vv salhi.. ??? keep up thr gud work ???
Mithaa ulheyne jehiganefiyyaa netten neyngey kiyuntherin. Ehnve hajam nuvegen eulhenee. Thikuraa hiyvarah hama saabas. Nama nama huttaanulaathi
Vaahaka v furihama. Next part miyahvure salhivaanehen heevanee. Masha allah?
V reethi
Vaahaka v reethi.hiyeh nuvey copy eh heneh.meehun ehen kiyas mi vaahaka huhtaa nulache.keep it up.
އިފާ. މިވާހަކަ ވަރަށް ރީތި. އަބަދުވެސް ފާޑު ކިޔާ ކިޔުންތެރިން އުޅޭނެ. އެކަހަލަ ކޮމެންޓްސް ތަކުން ހިތްވަރު ހޯދައިން ބޭނުން ގޮތަކަށް ލިޔެލާ. ވަރަށޤ ފުރިހަމަ ކޮންސެޕްޓް. ގުށް ލަކް. <3
<3 *
ގުޑް*
Neygumeh ge therey ga liyevunu story ey bunyma gabul nukurevey..,kae meehun kairi kithahme,dhera eriyas hama mee copy eh.. enme,scene thafaathi… beyhadh ge kolhah bodah bura veveniii..ifaaau hama hury beyhadh copy kuran nimmaigen.. ekam readers ekamaa hih hama nuheheythy kuda koh vx thi thafaathu kohly.. ifaau vx amilla ah gabul vebala.. ebbas vebala..dn meehun drama copy kohgen vaahaka liyeytha?
ކޮޕީ ކުރާނެ ވަރަކަށް ކޮށްފަ މިހާރު ކޮންހާ ބަހަނާއެއް ތިދައްކަނީ..މިހާރު އަގުވެއްޓޭނެ ވަރަކަށް ތިއޮތީ ވެއްޓިފަ. އަމީއާއި ކްއީންބީ ހޭވައްޓާލާފަ ސަޕޯޓްކުރިޔަސް އަދި ހިތްވަރުދިނަސް އިފާއުދެކެ ފޫހިވެފަ ތިބި ކިޔުންތެރިން މިހާރު ގިނަވާނީ. އަމިއްލައަށް ތިމާގެ އިމޭޖް އެހެން މީހުންގެ ކުރިމަތީގަ ޚަރާބުކުރީތި. ކުރިންވެސް މިހެން ވެދާނެކަން ވިސްނާލިނަމަ ރަނގަޅު. އަދި ލިޔުންތެރިޔާ ގޮތްދޫކޮށްފަ ކޮޕީކުރިކަމަށް އެއްބަހެއް ނުވޭ.
Image eh nugelley adhi. Story change vamun annaathee hajam nuvegen mihaaru thiulhenee. Kaleymennah vaa saabas hama. Liyuntheriyaa ban’dakah nujeheyne adhi bayeh meehun thihen kiyas. Mi episode ah copy ey kiyaafa comment kuri meehunge adhadhu madhu. Eiy emeehun kiyaane ithuru ehcheh netheema. Liyuntheriyaa ah support kuraa ethah kiyuntherinneh eba ulhey.
Copy flim ves copy lava ves nubaa Kudhin kolhe dho miulhenee aharen balan copy film copy lava ves mi haaruves mi inee hama copy kofa in film balan bazeegaru ge dhivehi copy heelathu ehenveemaa massaennoon eee kee vaahakaeh adhi copy kurias
Ebunaahen ehn fadha kameh hen heevanee dhoa.
Komme liyuntheriakaaves mimeehun jassaalaafadhw thibeny
Effaharu Ryn anehfaharu Saandy
Mihaaru ifaau
Thi comment kuraa meehun amilla uh vaahaka eh liyanveenu
Boa halaaku
Adhi liuntheriya kaa jassaalaifiyyaa nuves nettenee ey heevanee e liuntheriyaa rolaakaalan uhley hen v reethi mi vaahaka
Alhey ifaau baby I loved your stories ????????????????
Varah rythi mi vaahaka..?
This story is awesome. Masha allah??
Kaleymen ah copy kihdhenekamah vx liyan nukareyy dhn kon anga eh t thalhuwanyy
mi ee copy kurumuga hadhdhu fahana alhaafa huri varah goiykuda liyuntherieh. ehen meehun buramassakathun visna visnaafa vaahaka liyaaairu meena hama series balabalaafa copykohgen dhuvaalaku espisodeh migennanee. midhen fukeh boduvarehnu.dhen buney hamajm nuvanee a. mivaahaka ah supportkuraa meehun nah hajam nuvanee. COPYCAT
“Copycat” ves eiy ehn meehun kiyaa ulhey ehcheh. Ehn nameh laigen theethi maana kohdheebala. Copy story akas nukiyaeh kaleymennakah hamajehumeh nulibey vihyya. Story hama reethivegen kiyanee ehnnu? Ehnveema vaahaka gina nukurey!!
HUH. manuves kiyan. furatahma part keethanun engijje opykan. ladhu kobaaath copy a buneema radhdhu thidhenee. eki nan namuga liyuntheriyaa aa eynaage cousins dho mi radhdhu dhenee. hayaaiy kudaee ham. adhives ehbas nuvaathi. meena vee mithanu beyrukohlan. echcheh liyan neygeythee dho copykuran jehenee. hajakohbala amilla ah. kithanme varah radhhu dhinas adhi vaahaka kuriyah oiythaa badhalu kuriyas copy nukuraa kamakah muvaane. hama copykohfa thiothee. engeyneeves copykuran. #ladhu
Aharen mee liyuntheriyaa dhannaves meeheh noon!! aharennah radhu dheyn fenuneema ehn mibunelee. Thivaru vaakah adhi nujehey. Vaahaka v reethi!!
Goiykuda kiyaigen vahaka dhahkaakah nuvey kahneh adhi dhw.. aharen mivahaka nuves kiyan ekam comments thah gina kamun mi balaaly..Thihaa hadikoh Myhunaa muhaathabh Kurun Rangalheh nun… Thyna (magey) aa dhimaa ah myhaku goiykuda kiima vaane goiy hithah aruvaala bala.. goiykuda kiyaa varuge kameh mithaa nuves vey kahneh…
goiykuda veema dho efaadah radhdhu dhenee. nufeneytha radhdhu dheefa huri vaththareh, mimeehun hithun copy kurumakee varah molhukameh. amilla ah fonivelaafa ehen kiyan. copy kuraa vaahaka buneema ehen bunaa meehuna dhimaa ah egothah radhdhu dheynee ladhu gannan nuves engeythee. ladhugannan neygey meehun nah dho meehun goiy kuda a kiyanee
Dhen magey ammilla ah ehnveema copy nukoh vaahaka eh liyefa publish kuran v nu 😛
azaa ma vaahakaeh liyefa post kuriyas ifaau copy nukuraakamah vaanebaa?? LOL
Azaa ah notice v kamehgge vaahaka bunelaanan. Most of the stories ga kiyuntherin hiyhama nujehey kamah dhima v ma v hadi bahun ehchehi govaalafa hunnakan. Enmmennaki insaanun. Vaki meehaka vaki gotheh onma usoolun vaahaka liyaany liyuntheriya beynun gothaka eynage idea aka. Concept aka vaahaka eh liumaki massala eh noonkanneyge. Varah harsh words use kohffa ebain. Alhuganduge dhahtha ves liyan feshi vaahaka hama huhttuvaalee ehchehi kiyamun gos. Discourage vegen. Encourge kohbala. Thi enmmen ehchehi govaafa ves mi vaahaka eba kiya. Foohifila. Enmmen ves vaahaka liyany liyaa hiyvaathy. Faadu kiyaany vaahaka ah. Meeha akah nooon. Adhi huthuru bahuruwa akun ves nooon. Kiyuntherinnaki liyuntheriyaage hiyvaru. Ekamaku thihen comment kuryma hiymaruve liya hiy kendeyneee.
This story is super super awsome. ?
AZAA kithanme thaureefeh kohfa comment kuriyas super duper kiyaafa mathifadeega beyndhiyas ifaau copy nukuraa kamakah nuvaane. ekamaku mithaaga massala akee ifaau adhives ehbas nuvaathee. kusheh kurevuneema maafah edhumakee enme ragalhugoiy. eyge badhaluga bodaave kiburuverive gathumakee shaithaanee sifaeh
Ifaauge baheh meega nulibenee eiy kiyuntheringe medhuga bahus kuran beynun nuvaathee kamah balamaa hin’gaa. Liyuntherikamuge dhaairaa akee faadu kiyumun furifavaa dhaairaaeh. Meega liyuntheriyaa radhu dheyn vejje nama kiyuntherinnaai dhebas vumakah dhaan jehi dhaane. Ehenveema kanneynge ehves ehcheh e nubunanee. Bunaaneves kameh neiy. Kameh vaa irah furagasdheefa dhanyaa kurierumeh nulibeyne
Kae meehunge buri ey kiyaafa comment kohbala..aharumen nulhemey ifauu alhaiganegen netten neygigen.. maa molhu meeheh nama rangalhu.. copy kohgen vaahaka liyaamrhunnah aharun support kosheh nulhen.. aharun vaahaka liyanyaa liyaane vx amilla khiyaali story eh.. ehchihi,balain geneh nun liyaani..copyliyuntheriyaa..
vaahaka ahtha thi faadu kiyanee noony liuntheriaa ah tha? baeh comment thah kiyaafa heevany writer aa jassalaagen ulheyhen. Writer dhah kohlan vegen ulheyhen. writer ah seedha hama target kohfa comments mihury. story ah faadu kiyaa ragalhu kuran hivvaru dheefa eh nei.
yeah. hama liyuntheriyaa ah mifaadu kiyanee. vaahaka copy kuree liyuntheriyaa a. ehen veema faaduves kiyaanee eyna akahnu. vaahakayah konfaadeh kiyan onnaaanee copykohfa oiy echcheh viyya
ifaau dhen mi vahaka huhtaalan ahahnah fehnany reethi ehen vahaka eh liyan ulhey… Advice eh hama inge…
(Magey) Thy dhen boduvaru, Myhakaa jahsaaliyas..
ok fine. aharen boduvaru mivee. adhives liyuntheriya boduvareh nuvi. go ahead copy more and more. kaamiyaabu haasileh nuvaane copykuraa meehun nakah. konmeves dhuvahakun visneyne kamah heekura
My dhen vahaka ehtha.. Firimeehage hahgugai Kiyaabala dhw… Evareh neiy.
Copy kuraa gandhuves hurey copy gasveshurey dhen thi bunee copycat hamagaimuves cat kiyanee bulhalah bulhaa haadha ufalehvaanetha ey nage namugekuriyah lagabehdhineethee
Firimeehage hahgugai Kiyaa vahakaeh eboiytha mithaa??
Aan Firimeehage hahgugai ves Reethi, Mi vahakaves Reethi.. Dhen Evarah Myhunah Faadu Kiyaa ehcheh nun dhw.. Knme myhakuves ohnany Hitheh
Aslu v dheravey bayeh readersge bahuruva fenifa. Liyuntheriyaaah reethigothuga naseyhaiy dheyveema v hadikoh bayeh kudhin comment kuranee! Concept copy kohgen storyeh liyun eiy ehves massalaeh noon. Alhugan’duge sis akee ves misite ga vaahaka liyuntheriyeh. Bayehfaharu kiyuntherin hadikoh faadukeema dheravegen roanves roane…. Ehnveema mikahala hadi huthuru comment thah fenifa liyuntheriyaage hithuga ufedheyne kanthahthah andhaazaa kohllevey. Story reethi. Konemeves kujjeh bunefi huttaalaafa new vaahakeh fashaashey. Eves gotheh. ekamaku mivarun liyefa huttaalumakee alhugan’dah libey hithaamayeh. Story reethiveema kiyaalaahithun ehn mibunelee. Konme kujjeh ves reethigothuga comment kurun edhen!! Anekaage feelings ah respect kuran dhaskurey!!
އަސްލުވެސް ދޯ ހައްސު… ހިތްހަމަނުޖެހެންޏާވެސް ރީތިކޮށް ބުނެވިދާނެ… ބާޒާރުމަތީ ބަހުރުވައިން ވާހަކަދެއްކުމަކީ ވަރަށް ބޭއަދަބީ ކަމެއް
Story ah Varah Gina Faadukiyun Thah ahnaathy Dhw ehen buny.. I juxx Gave a idea… M Out Of these…
Story kuriyah gendhiumah fink govaalan.. Next part mirey genesdheebala please
“Magey” Kae dhefai dhandiah guireebala heskiyaafa.. koahchekey kiyaakahtha miaathun miulheny..eynn thiyaa balaa dhivehi film ehchehi e ee copy nukuraa ehchehi tha.. moya nugovaabala..dhen ves up kohfiyaa kiyaane..adhives anga kofaathi.. bodu nuhorohpaanekee mee.. kale ovebala geyga nidhan.???
kithanme baarah halheyhliyas. rulhi gadhaviyas ifaau copy nukuraakamakah nuvaane. dhen lalala. dhen hajam nuveema ley machchah ves dhaane dho. manje ah thihuree mihaaruves dhefai dnadiah revifa. dhey dhonnan
kale ah aduivuneema ma halheylavanikoh.. Eyn!!!! Rulhinaih ar dheratha.. kaley thiulheni kopy nukohtha.. eyn kaley thivaru vefs thihury kopy nukotha.. kaleah maa bodah ingey..ma noolhemey hajam nuvegen.. ???
Saabaheyyyyy… Foarieh Vaa ebahuri… Ifaau Dhen Avahah Up Kurey…kekkekekekek.. Magey Dhen Gui Reyn Dhey
thifennanee kaleymenge fenavaru. mihaaru ehen kiyuntherin nah feney dho aslu goiykuda meehun. kaakuba goiy kudavegen hadi huthuru bahuruva beynun mikuranee. hama ifaauge meehun. mihaaru mifennanee liyuntheriyaage fennavaru. maa molhuvegen vaahaka liyevey kamah ebaulhey. echcheh nubunan kamah mihuree ekamaku hama maa machchah dhaahen heevaathee bunelee.
konmehen ifaau bayah hunnaathee eh noon.. ahannah heyo vaahaka nuliyunas.. ifaau aky kaaku kan nus ingey.. konmehen ma nujehey kaleyah kameh saabithukohdheykah.. mee mashah fenna goi..mee ma visnun..kaley rangalhu meeha ovey geyga..???
Manje Rulhi Gadha Vany Bafa ge sababuneyy.. Dhen Kuraane kameh neiy Ifaau Anehkaa Maruvaan kandan Fuhmaa Nulaathin..
Inthihaayah Relax.. Thihaa Hard Vanikoh leymahchah dhaan Fashaafaane.. Liyuntheriya Angayah laafa kaalaa dhen.. Boduvehjje kamehnu
Mimeehun Rulhi Aruvan Ves Mi vahaka up Kuran mashah fehnany..lol.. Majaa kameh my
mashah haadha heeveyey mee ifaau amilla ah kohfahuri commenteh hen. ehenkamah vaanama v kada kameh ifaau kuriyas thikuranee.
kaleyah heewaa haa ehcheh thedhakah nuvaane tha alhe fahe.. ??
thihenthaa maves mibunee. thedhakah vedhaaney hama. noontha. amillah thiyoh bunevunee viyya. ragalhah kiyaabala liyevunu echcheh
mashah ves hama olhidhaane dhw.. kaley ekan gabul nukuriyas heyo.. kaley heekuraa haa ehcheh thedhakah vaane tha.. eyn.. kaley haadha molhey.. ey thieh noone thanks ingey mashah ethankolhu buneladhineema.. ma mee kaley kahala meeheh nun.. ???
Ifaau Mahma My.. Dhen lalala
kaley adhi mees meehunge manma aa hisaabah dhaavareh nuvey dhw.chee??? kaleyge amayaa hisaabah aharemen gosfiyaa thihen anga kofeynetha kaleyah???
Thy Hama Ifaau Ge myhehtha,,, Maa Varuthi arany..
mamee ifaau ar ehves gulhumeh huri meeheh nun.. ekam manma hisaabah gosfi a maves kadavey.. eveni konme myhaku manma akas..ok got it..???
Mi Dhen Kihaa Dhera kameh.. Esfiya Please Stop These Stupid Comments From These Guys.. Amaa Bafaa Eyhchekey myhchekey Kiyaairu Pis pis…
Meehuna Dhimaa ah dhefai dhandhi ah guireyshey kiyaairuga evanyy reethi ehchihsah dhw… Amaa Amaa Amaa hama… thihen halheh lavan hama ohnan jeheyny……
މިވާހަކަ ކުރިނބީލައިންއަށް އަޕްލޯޑް ނުކުރަނީތަ އިފާއު؟
OMG what’s going on.. mi dhen boduvarudhw kuraane kameh nethifa thibey baeh hen heevanee
Dear Admin
Mivaahaka mi site in nagan fenani. It’s copied and comments tha ves maakah reeche noon. Other writers spend time and effort to write a story so this is unfair and against the site which promotes original writing. I know people will disagree but its the truth
hahahahahahaha..mee v bodhu ihthifaageh…
I need some popcorns? these comments made my day!
Ifauuu plxxx stop writing this story… copy kurymaa kada ey… reechah mi huny ehvx kuri erumeh nulibeyne mi story liyegenneh..
ifaau amilla ah bolaafoshaa elhifa thihuree. dhen ragalhuvaaanee huttaalaafa taa taa kiyaafa dhiyaeema. but i really feel pity for u. poor little ifaau. came up with new story n end up making history.
i really feel pity for u. poor little copycat came up with new story n end up making history. LOL.
ADMIN akee varah fake meeheh. esfiya ah fureytha eriyas neygey. mikahala copy stories post kuramun dhaairuves hamajehilaafa thi hunnanee. mikan bakan jehey. mi ee ehen liyuntherin nah vevey beyinsaafeh. nulaahiku bura massakathun vaahaka liya meehun mithaa ebaulhey. emeehunge agu vazan kuran jehey. mi ee hamae lamaeh oiy site eh noon. admin ah kuraa requesteh mee. please mikan balaadhee. mihunnanee varah serious kan kan. website ge aguves vettey kameh mee.
Emme furathama ves mihaavarah mi kanthah nudhiyaees dhw eyna drama copy nukurinama….. eves mihaaru anna emme famous drama…. ifaau heyonuvaane ifaau sababun eh bayaku aneh baehge amayah govaa bafayah govaa auguraanu govany…. ifaau vehjjeenu mikamah hallu gennan… anga chey koffa kudhinge comments kiyaafa kada vefa huttakas nuvaane ????
Kobaa. Mioh enguny mi copy eh noon kan. Keh kohgen hunnaakah neygeyne. Mi vaahaka varah reethi.
And bunelan beynun vany dhivehi film hadhaa meehunnah thi ehchehi kiyaashey. Cx copy kurany emihun. So thi hurihaa fathivareh emihunnah govaa
Copy ekey kiyaafa maa zuvaabu kuraane kameh neiy. Vaahaka hama habeyyyyyxxx. IFAU. plz do not stop writing this story. Plz plz.
mibaigandu adhi ladheh ves nuganeyey copy kuraa meehunah hiyyvaru dheykah. kan kan fasaadha kuranee mi meehun.
mi manjehaa mashooru meeheh mulhi esifyaa gaves neiy. copykuran 1vana. LOL
Kiha dhera vehjje kameh dhen mi. Bala nu ky ma v nu kiya hih nuvanya. Konmehen myhun kura bura masaikkathah huthuru aruvaane kameh nei. huh. story is awesome like always. I luv this story. Mee 4 vana episode.. coppy hen hyva kudhin mi vaahaka nukiya dhn plxxx… ifaau plx miah vure dhigukoh genesdheeba. V kiya hihvva storyy eh. Waiting……………
AMILLA AH VAAHAKA LIYEFA AMILLA AH CMMENT VES KURANEETHA MANJE. HAADHA MAJALEY. HUVAA
sorry handhaan nethunee bunan ” COPYKURAN KURAA BURA MASAKKAIY” ah amilla ah reechchcey kiyaafa comment kuranee. hama gaimuves kiyuntherin neh noon. thee ifaau noonee eynaya gulhun hurimeeheh. keiynuvegen thiulheny. ehen noon nama thihaa varah rulhigadha eh nuvaane. dhen lalala LOL
Mi dhen kihaa dherakameh..ifaa aa jahsaaliyas thi dhn boduvaru.. Heevaa kahala emmennaky perfect bayekey.. Ehnnu vaany dhivehinnaky nulaahiku unique bayeh viyyaa ?? ifaa aky ma v support kuraa liyuntheriyeh….mashakah hajam eh nuvey ifaa ah hadi huthuru bas bahun comment kuraathyve.. Mithaa comment kuraaa kudhinge gaaiy myhakah mikahala kameh dhimaaaveema vaany kihineh baa.? Ehnveema furathama ehcheh bunumuge kurin visnaalaa.. Kameh goaskoh dhiyaima reethikoh bunelun rangalhu.. Ekam v d grade kameh eii hadi huthuru basthah beynunkurun..
Well this story is a copy no matter what anyone says until up to here then I don’t know about the other parts that are gonna be uploaded soon whether those parts will be different or not!!? Its not appropriate for the writer even to write a beginning that is a copy from any series or anything else? even if u write thousands of stories that are copied u won’t progresss u r just mastering the art of copying….I don’t care even if the writers cousins or anyone is gonna bash me on this comment so kindly plx don’t waste your time by replying to this comment and even if anyone says anything no one can change the thruth even if u can’t accept it.Coming to the readers I value each and everyone of your opinions but can’t u guys comment polietly its like some ppl are using slang words and y are u even bringing anyone’s parents between this immaturity………….and meehaku ehchehi goviyey kiyaafa writers get cousins nujehey emeehun dimaaluh ehchehi govaakuh…..writer he cousins:who ever they are you guys are making it worse by replying to shitty comments!seriously everyone should go and get a life and I know the writer is a human and humans make mistakes and they are not perfect so no need to tell me that and remember God knows everything
I am seriously tired of this comment section this reflects us the maturity and mentality of some ppls
just so that everyone is clear. ehen drama or vaahaka eh inspire vegen vaahaka eh liyumakee massala eh noon. ekam ehen liyuntheri eh liyefa oi vaahaka eh copy kohgen liyanya thats a problem. ekahala massala eh othiyya you have to contact me directly on 7997991.
are you kidding me admin. huh adminves hiyvarudhenee copy story liyan. misitakee ehves usooleh ves oiy siteh noon. admin ehkamaku thihen nubuneveyne dho. idia meehun naannaane meege copyrights hoadhaakah. eheney kiyaafa konme ehchehves copykohgen miste ga liyan vee dho.
thats not what i mean. hindi film ge dhivehi copy ves hadhaa. hindi or english stories dhivehi tharujamaa ves hurey. i dont see a difference here. anyways Im not totally against this or the otherway either. our team will discuss this further and will decide and make necessary changes to the rules. in the mean time I hope everyone will corporate and stop the negative comments. Im really sorry if i said anything that makes someone feel like im against them.
ifaau v reethi konirakutha next part gesdhenee v dheravy baeh kiuntherin comment kuraagothun mihaar kiyuntherinnaves ingeyne eee massalaehnoonkan aslu Admin bunigotha ehen meehegge vaahakaeh copy kuraanama masssala akahvaanee
v lha kudhin kolheh hen heevany coment kurany….. faadu kiyaakahves neygey adhi copy eeee kncheh kan kihineh egeyny…. dhuniye ah neyva laa gothah ehn meehun copy kurany… thi india seriesthahves thee hama copy… thankolheh thi dramathaka dhurah jehilaafa hageegathah dheybala eyrun fennaany mulhinves copy…
Abd ah ngey eh nun copy ge maana.. e nimuneenun dhn.. esfiya ge admin in mi vaahaka support kurun aee vrh hithaamahuri kameh.esfiya aee meegun vaahaka liye meehun talent thah dhahakaa khiyaaleee vaahaka liyaa mashooru app eh.. ekam mi app ge admin mee massala eh nuney buneema varah ajaibu vehjje. Mehaaku ge story eh copy kuriyas nuny darama eh copy eh kuriyas copy vaany copy ah!admin in vx mikan gabul kohfiyya vrh rangalhu.. aharen vx mee esfiya ge vaahaka kiyaa meeheh.. ekam commnet kosheh nulhen!adhi mivaru ge vaahaka akaa vx nujehey… hama copy eh..,vrh hurin ehchekey nubunan.. ekam admin ehn bunyma mivarah vx hama bunelyy
Omg!! What is wrong wuth these readers?? :-S
Story shalhi hama!! 🙂
With*
alheyyy. mi story vvv reethi.keep it up. ifaa love this storyy.