ވިލިމާލެ ބަނދަރަށް ދާ މަގު ހަދާފައިވަނީ ހިތްގައިމު ގޮތަކަށެވެ. ދޭތެރެއަކުން ތާޒާ ގޮތަކަށް ހެދިފައިވާ ގަސްތަކަށް ވައިރޯޅި ވެލައެވެ. ސާދަ ފަނަރައިގެ ބުރަހަމަ ހަނދާއެކު ކަޅު ސާލެއްފަދަ އުޑުމަތީގައި ވިދުންގަދަ ތަރިތަކެއްވެއެވެ. މި މަންޒަރު ބަލަން ތިިބި ހިތްތަކަށް އުފާވެރިކަން ލިއްބައިދިނުން ގައިމެވެ.ނަމަވެސް ބަނދަރުގައިވާ ހިލަތަށް މަތީީ އިށީންދެގެން އިން ކައިސަންގެ ހިތުގައި މިއިން އެއްވެސް ކަމަކުން ހިތްހަމަޖެހުން ލިއްބައި ނުދޭފަދައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ އޭނާގެ ފޯނަށެެވެ. އޭނާ ދިޔައީ ފޯނުގައި މެސެޖެއް ލިޔަމުންެވެ. ހަލުވިކަމާއެކު […]
ސަލީމް އާއި އަތާއަތް ޖޯޑު ކޮށްލުމަށްފަހު އެތެރެއަށް ވަންނަން އެދުމުގެ ކުރިން ލީލާއަށް ބޭރު ބަލާލެވުނީ، ސަލީމް އާއި އެކު އިތުރު މީހަކު އަންނަ ވާހަކަ ބުނެފައި އޮތުމުންނެވެ. ސަލީމް: ” އާނ. މިފަހަރު ލުތުފީއަށް އާދެވޭ ގޮތެއް ނުވި، އޭނަ ކުޑަކޮށް ބަލިވެ އުޅެނީ.. އެކަމަކު ލުތުފީގެ ދަރިފުޅު ބޭބެ އާއި އެއްކޮށް އައި.” އެވަގުތު ދޮރާށިން އެތެރެއަށް ވަދެގެން އައި ފަންސަވީހަކަށް އަހަރުގެ ޒުވާން ފިރެހެން ކުއްޖެއް ލީލާއަށް ފެނުނެވެ. ” […]
”މިއީ އީރާގެ ކޮލެޖުން. އެއް ހަފުތާ ވެގެން ދިޔައިރު އީރާ ކޮލެޖަށް ނާންނާތީ އެކަން އޮޅުން ފިލުވާލަން މި ގުޅާލީ. ބަލިވެ އުޅޭކަމެއް ވެސް އަންގާފައެއް ނެތް. ކިހިނެއްތޯ ވީ؟” އެކޮޅުން ކުރި ސުވާލާއެކު ޝާޔާއަށް ހުރެވުނީ އެއްޗެއް ބުނަން ނޭނގިފައެވެ. މިއަދުވެސް އީރާ ކޮލެޖަށް އެ ދިޔައީ އޭނާގެ ލޯމަތީގައެވެ. ކޮންމެ ދުވަހަކު ކޮލެޖަށް ދާކަށް އެނގެއެވެ. ”ހަލޯ.” ޝާޔާގެ ފަރާތުން ޖަވާބެއް ނައުމުން އެކޮޅުން ހަލޯއޭ ބުނެލި އަޑު އިވުނެވެ. ”އާދެ. މާދަމާ އިން […]
ފާޚާނާއިން ނުކުމެގެން އިކާންގޮސް ކޮޓަރިއަށް ވަދެ އޭނާގެ ވޮލެޓް ހުޅުވާލިއެވެ. އެންމެ ފައިސާއެއްގެ ނޫޓެއްވެސް ނެތް އެ ވޮލެޓް ތެރެއިން އޭނާ ނެގީ ޒުމްރާ ދިން ބްލޭންކް ޗެކެވެ. އިކާނަށް އެ ޗެކަށް ފައިސާ ނަގަން ބޭނުން ނުވީ ޒުމްރާއާ ދޭތެރޭ އެފަދަ ނަޒަރަކުން ނުދެކޭތީއެވެ. ނަމަވެސް މިވަގުތު އިކާން އެވަނީ ފައިސާގެ އެހީތެރިކަމަކަށް ބޭނުންވެފައެވެ. ހަދާނެ ގޮތަކާމެދު ވިސްނަމުން ދިޔަ އިކާނަށް ނޭވާ ނުލެވޭނެ ވަރަށް ދިރުޅުމުގެ ދަތިކަމުގެ ފެންގަނޑު ބޮޑުވެ ގެނބުމާ ދާދި ކައިރި […]
ދަތިތަކާއި ނުލާ އަދި ދަރިފުޅަށް ގެއްލުމެއް ނުލިބި ދަރިފުޅު ކިއާރާގެ ބަނޑުގައި ހެދި ބޮޑުވަމުން އައެވެ. ކުޑަކޮށް ކިއާރާ އަށް އުނދަގޫވެފައި ތަދުވެއެވެ. އެ ދަރިފުޅު ތޮޅެލާ ކޮންމެ ފަހަރަކު ރިހުމެއް އުފެދެއެވެ. ނަމަވެސް އޭނާ ހިތްވަރު އެލުވައެއް ނުލައެވެ. ދެގޮތެއްނުވެ އޭނާ ކައިރި އަޔާން ހުންނަންޏާ ހާސްވާންވީ ކީއްކުރަންހެއްޔެވެ؟ މިހާރު ވިހާކަށް މާ ގިނަދުވަހެއް ނެތެވެ. ޑޮކްޓަރ ދީފައިވާ ދުވަސް ކައިރިވަނީއެވެ. . އޭރު މައިޝާވެސް ވަނީ ވިހާފައެވެ. އަދި އެ ދަރިފުޅަށް ނަން ވެސް […]
ވެހެމުން ދިޔަ ބޯ ވާރޭގެ ތެރެއިން، ވަލުތެރޭގައި ކަތި ކައްޗަށް ހެދިފައިވާ ހަނި މަގުތަކުން ދުވަމުން ދިޔަ ޒުވާން އަންހެން ކުއްޖާގެ މިސްރާބު ހުރީ ކޮން ދިމާލަކަށް ކަމެއް ޚުދު އެ އަންހެން ކުއްޖާއަށް ވެސް ނޭނގޭ ކަހަލައެވެ. ގައިގެ އެތަން މިތަނުގައި ޗަކަ ހޭކިފައި ވާއިރު، އަތުގެ ދެތިން ތަނަކުން ލޭ ހިލިފައި ހުއްޓެވެ. ބަލާެބެލުމަށް ހީވަނީ އެއްޗެއްގައި އަޅައިގަނެ މަށައިގެން ގޮސްފައި ވާހެނެވެ. “ލުޔޫން……” ފިރެހެނެއްގެ ބާރު އަޑު މުޅި ސަރަހައްދަށް ވެރިވެގެން ދިޔައެވެ. […]
އޮފީހުގައި އެއްވެސް މަސައްކަތެއް ނުކޮށް އަހަރެން ހުރީ ކުޑަދޮރުން ބޭރު ބަލާށެވެ. ބަދަރު މަތީގައި ހުރި އޮފީހަކަށް ވުމުން އަހަންނަށް ބޭރުން ފެންނަމުން ދިޔައީ ވަރަށް ފުރިހަމަ ގުދުރަތީ މަންޒަރެކެވެ. ނޫކުލައިން ޖަރީކުރެވިފައިވާ އެ އުޑާއި މޫދަށް ބަލަހައްޓައިގެން އަހަރެން ހުންނަތާ މިހާރު ކޮންއިރެއް ކަމެއްވެސް ނޭނގެއެވެ. އޮޔެ ގަދަ ކަމުން ކަނޑިންމައިގައި ހުރި ދޯނިފަހަރުތައް ދެފަރާތަށް ހެލިލަ ހެލިލަ އޮތް އިރު އަހަރެންގެ ހިޔާލުތައްވެސް އޯޔާގޮސް ހަޔާތުގެ އެންމެ އަނދިރި ދުވަސްތަކުގެ ތެރެއަށް ގެނބިގެން ހިނގައްޖެއެވެ. […]
ލަޔާލީ ވަގުތުން ސިޓީއުރަ ކަނޑައި އަދި އޭގެ ތެރޭގައި އޮތް ކަރުދާސް ކޮޅު ނަގައި ކިޔަންފެށިއެވެ. ” ވަރަށް ދުވަސް ވެއްޖެ ވާހަކައެއް ބުނަން އުޅޭތާ ރޭގަވެސް ވަރަށް ޓްރައި ކުރިން އެކަމަކު ބުނެވޭނެ ގޮތެއްނުވި…… ޒޭން ކެބިންގައި އިންތިޒާރު ކުރާނަން .. ޕްލީޒް ކަމް …” މިހެން ޖަހާފައި އޮތް ކަރުދާސް ކޮޅުގައި ކާކަށް ފޮނުވި ސިޓީއެއްކަމެއް ލިޔެފައެއްނުވެއެވެ. ނަމަވެސް ސިޓީ އުރައިގެ ބޭރުގައި ”ޒޭން” ޖަހައިފައި އޮތުމުން އެއިން ދޭހަވަނީ ޒޭން ދިން […]
“އާން..” އެދުލުން އެނަން އިވުމާއި އެކު އިއާންގެ ހިތަށް ފިނިކަމެއް ލިބުނު ކަހަލައެވެ. “ޒާރާ..” އިއާންއަށް އެތަށް ޒަމާން ތަކަކަށްފަހު އެނަން ފާޅުގައި ކިޔާލެވުމުން ދެލޯ ކަރުނުން ފުސްވިއެވެ. ޒާރާ ކަޅި ޖަހައި ނުލައި އިއާންއަށް ބަލަން ހުރި އިރު އެލޮލުގައި ގިނަވި ކަރުނަތައް އެއްވެސް އިޚްތިޔާރަކާއި ނުލައި އެސްފިޔަތައް ދަށުން ފޭބިއެވެ. އެއަތްތިލަ އިއާންގެ މޫނާއި ދިމާއަށް އައިރު އެލޮލުގައިވީ ޖަޒްބާތް އިއާންގެ ލޮލުގައި ވެސް ވިއެވެ. އެއަތުގެ ބީހިލުމަށް އިންތިޒާރު ކުރަމުން ދިޔަ އިއާން […]