އާދުވަހެކެވެ. ރޭގައި ނުނިދާ އެތައް ދަމެއް ހޭދަކުރުމުގެ ސަބަބުން އައުސްއަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. މިއަދު ޒީޝާ ގޮވަން ނައުމުން އައުސްހުރީ ހައިރާންވެފައެވެ. އެނދުން ތެދުވުމަށްފަހު އައުސް ފުރަތަމަވެސް ގުޅައިލީ ޒީޝާއަށެވެ. ނަމަވެސް އެކޮޅުން ފޯނެއް ނުނަގައެވެ. ފެންވަރާލައިގެން ރީތިވެގެން އައުސް ފުރަތަމަ ދިޔައީ ޒީޝާ އުޅޭ ބަޔަށެވެ. އޭރު ޝިޔާނާއާއި ޒައިން ކާކޮޓަރީގައި ސައިބޯން ތިއްބެެވެ. “އައުސް ތީ އެބޮތް ބަލިވެފަ…” އައުސް ފެނުމާއި އެކު ޒައިން ބުނެލިއެވެ. ޒައިން މިހެން ބުނެލުމުން ޝިޔާނާވެސް ކުޑަކޮށް […]
ރަޝީދާ އިންގޮތަށް އިންދާ ބެލް ޖެހި އަޑު އިވުނެވެ. އެވަގުތު ނޯކަރެއް ފެންނަން ނެތީތީ ރަޝީދާ އަމިއްލައަށް ތެދުވެގެން ގޮސް އެ ދޮރު ހުޅުވާލިއެވެ. އެއާއެކު އޭނަ ހުއްޓުން އެރިއެވެ. އޭނަގެ ކުރިމަތީގައި ކުޑަ ކުއްޖަކު އުރާލައިގެން ހެދުން ފޮށްޓަކާއެކީ ހުރީ ކާކުކަން ޤަބޫލުކުރަން ވެސް ރަޝީދާއަށް ދަތިވިއެވެ. “ވިސާމް….” ރަޝީދާގެ އަނގައިން ނިކުތީ ވައި އަޑެކެވެ. ހަމަ އިސާހިތަކު އެލޮލަށް ޖަމާވެގަތް ކަރުނަތަކާއެކީ ރަޝީދާއަށް އޭނަގެ އަނގަމަތީގައި ދެއަތް އަޅާލެވުނެވެ. އެވަގުތު ވިސާމްގެ މޫނުމައްޗަށް […]
“ދޫކުރޭ! ދޫކުރާށޭ!!” ރިއުމާން އައިސްފައި ހުރި ރުޅީގައި ނިކަންބާރަށް އޭނާގެ މޭގައި އަޅައި ކޮށްޕާލިއެވެ. އެމީހާ ގޮސް ބިންމައްޗަށް ވެއްޓުމާއިއެކު ދެންތިބި އެންމެން ރިއުމާންއާއި ދިމާ ކޮށްލިއެވެ. ރިއުމާން އަވަސް އަވަހަށް ނަދާ އަތުގައި ހިފައިގެން ދުއްވައިގެން އިރު ފަހަތުން އެމީހުން ހަޅޭ ލަވަމުން އާދެއެވެ. ތޮއްޖެހިފައި އޮތް މީހުންތައް ދުރުކުރަމުން ރިއުމާން ދިޔައިރު އެހިތް ނެގިނެގިފައި ޖެހެއެވެ. އަނެއްކާ ވެސް ކުރީގެ ބިރުވެރިކަން އެހިތަށް ވައިން އިރު އޭނާ ބެލީ އެތަނުން ނިކުމެވޭތޯއެވެ. އިރުގަނޑެއް ފަހުން […]
މެހެކް އަށް އެޒުވާނާ އާ ދިމާއަށް ބަލާލެވުނެވެ. ހަމަ އެވަގުތު، އެ ޒުވާނާގެ ލޮލުގައި މެހެކް އަޅައިގަތެވެ. އޭނާ ވަގުތުން އަތުގެ އެހީގައި އިސްތަށިގަނޑު މައްޗައް ނަގާ ރީތިކޮއްލުމަށް ފަހު، ކުޑަކޮށް ހިނިތުން ވެލިއެވެ. އަދި އޭނާގެ އަތުކުރި ގަޑިއަށް ބަލާލިއެވެ. ހީވާގޮތުން އޭނާވެސް، ހުރީ ކޮންމެވެސް ތަނަކަށް ވަރަށް އަވަހަށް ދާން ބޭނުންވެފައެވެ. ބަލާބެލުމަށް އޭނާ ވައްތަރީ ޕާކިސްތާނު ހިސާބު ފިރިހެނަކާއެވެ. ވާރޭ ކުޑަކޮށް ތުނިކޮއްލުމާއެކު، އޮޓޯ އެއް ލިބޭތޯ މެހެކް އާއި ސާދުނާ ގެ […]
ފަތިހުގެ ފިނި ވައިރޯޅި އައިސް ބީހިލުމުން ފަރްހީންގެ ގައިން ހީބިހި ނަގުވާލިއެވެ. ކޮންމެދުވަހަކުވެސް ފަތިހުގެ މި ހަމަހިމޭން ވަގުތުގައި ބެލްކަނިން ބޭރުބަލަން ހުރުމަކީ އެކާވީސް އަހަރުގެ ފަރްހީންގެ ހިތަށް ހަމަޖެހުން ގެނުވާކަމެކެވެ. އުމުރުން ނަވާރައަހަރުގައި މަންމަ ނިޔާވުމުން އެކަނި އުޅެން ދަސްކޮއްފައިވާ ފަރްހީންގެ ދުނިޔެއަކީ ކުޑަކުޑަ ދުނިޔެއެކެވެ. ކޮންމެ ދުވަހެއްގެ ވެސް ފަތިހުގެ ހިތްގައިމު ވަގުތަކީ ފަރްހީން އޭނާގެ ހުރިހާ ވިސްނުމާ ފިކުރުތައް އެއްފަރާތްކޮށް ހިތްހަމަ ޖައްސާލާ ވަގުތުކޮޅެވެ. ލޯމަރާލައިން އޮތް ފަރްހީން ގެ ސަމާލުކަން ހުއްޓުނީ […]
އެނދުން ތެދުވުމާއި އެކު މޯޅިއަކަށް ދެމިލެވުނެވެ. ބޮލުގައި ހުރި ރިހުމާއި އެކު ނޭވާއަށް ކުރުވުމުގެ އިޙްސާސް ތައް ކުރެވެން ފެށި އެވެ. ކައިރިގައި ހުރި ޖަގުން ތައްޓަށް ފެންފޮދެއް އެޅުމާއި އެކު މަންމަ އަށް ގޮވާލީމެވެ. މަންމާއެވެ. ދެފަހަރަކު ގޮވާލުމުންވެސް މަންމަގެ އެއްވެސް ޚަބަރެއ ނުވިއެވެ. ލައިގެން ހުރި ކުޑަ ޓީ ސާޓްގެ މަތިން އެއްއަތުން ބުރަކަށި ކަހަމުން ބަދިގެއާއި ދިމާލަށް ހިނގައި ގަތީމެވެ. މަންމާ! މަންމާ! ގޭގެ ކުޑަތަންކޮޅެއް ދުރުގައި ގޯތިތެރޭ ހުރި ބަދިގެ ދޮރުމަށްޗަށް އަރާ […]
މި ހުރިހާ ކަމެއް ހިތުގެ ކަނެއްގައި އަތުރާލައިގެން އިން މަލަކާ ސިހުނީ އޭނާގެ ކޮނޑުގައި މީހަކު ކޮއްޓާލުމުންނެވެ. ” މަލަކާ އާދޭ ނިދަން…ހުރިހާ ކުދިން މިހާރު އެ އޮށޯންނަނީ..” މޫނުގައި ވިދަމުންދާ ދާތިކިތަށް ފޮހެލަމުން ހަފީޒާ ބުނެލީ އަމުރުވެރި ގޮތަކަށެވެ. “އާން..އަހަރެން މި ދަނީއްޔޭ…” ބިއްލޫރި ގަނޑުގެ ޒަރިއްޔާއިން ކޮރިޑޯއަށް އެޅިފައިވާ ހަނދުގެ ރިހި އަލި ފަރުދާގެ އެހީގައި ފޮރުވާލަމުން މަލަކާ ބުނެލި ރުންކުރު ގޮތަކަށެވެ. މިއީ އޭނާަގެ ދިރިއުޅުމެވެ. އުމުރުން ދެ އަހަރުން ފެށިގެން އޭނާ […]
މިއަދު އެހާ ބުރަކޮށް އުޅުމުން އައުސްހުރީ ވަރަށް ވަރުބަލިވެފައެވެ. ގެޔަށް އައިސް ފެންވަރާލައިގެން ނިކުމެ އައުސް އަވަސްވެގަތީ ޒީޝާއަށް މެސެޖެއް ކޮށްލާށެވެ. އޮފީހުގައި ހިނގި ބަޔެއް ކަންތައްތައް ކިޔާދިނުމަށްފަހު އައުސް އެނދުގައި ހަމަޖެހިލިއެވެ. އަދި ފޯނުނަގައި މީގެ ހައަހަރު ކުރިން ނަގާފައި ހުރި ފޮޓޯއަކަށް ބަލަމުންދިޔައެވެ. ފޮޓޯގައި ހުރީ އައުސްއާއި ހުދު ހެދުމެއް ލައިގެންހުރި އަންހެން ކުއްޖެކެވެ. އަންހެން ކުއްޖާގެ މޫނަށް ބަލަން އޮވެފައި އައުސް ފޯނު ތުންފަތުގައި ޖައްސައިލިއެވެ. “ހެޕީ ބާތްޑޭ ލައި!” ވައި އަޑުން […]