Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަފާތެރި މަވީމޭ.. -4

Shiya
January 4, 2017
5 Mins Read
59 Views
12 Comments

 

ލޫކަސް ދެކެ ރުޅިއައިސްފައި ހުރިލެއް ބޮޑުކަމުން ޒޭން ގެއިން ނުކުމެގެން ދިޔައެވެ. ޒެއިން ނުކުމެގެން ދިއުމާއި އެކު ލޫކަސް ލަޔާލީ އެގޮތަށް ކަންތަށް ކުރުމުގެ ބޭނުމަކީ ކޮބައިކަން  އޮޅުން ފިލުވާލަން ބޭނުންވިއެވެ. ” ލަޔާ.. ލަޔާ.. ކީއްވެ ޒޭން ގާތު ދޮގުތަކެއް ހެދީ؟ އަހަރެން ދެމީހުން އުޅެނީ ރައްޓެހި ވެގެންނޭ… އިންނަންށޭ…. ކިހިނެއްތަ އަސްލު ވެގެން މިއުޅެނީ…” ” ލޫކަސް… ލޫކަސް… ޕްލީޒް އަހަރެން ބޭނުންވަނީ ޒޭން އާ ވަރަށް ދުރަށްދާން ޒޭންގެ ހިލަމެއްވެސް ނުވާނޭ ހިސާބަކަށް ދާން…. އޭނަ އަހަންނަށް އޮޅުވާލީ… އަހަރެން…. އަހަރެން ހީކުރީ ޒޭން ލޯބިވަނީ އަހަރެންދެކެ ކަމަށް އެކަމަކު ޒޭން ލޯބިވަނީ އީމާ ދެކެ… ” ރޮމުން ގިސްލަމުން ލަޔާލީ ލޫކަސް އަށް ކިޔައިދެމުން ދިޔެއެވެ. އެވަގުތު ލޫކަސްގެ ދެލޯވަނީ ކަރުނައިން ފުރިފައެވެ. ” ލަޔާ… ދެން ނުވިސްނާ! އަދި ޒޭން އަށް ވިސްނޭނެ ދުވަހެއް އަންނާނެ…. ލަޔާ ތިއުޅެނީ ބަލިވެ އެއްނުން ދެން ދޭ ރެސްޓް ކޮށްލަން..” މިހެން ބުނަމުން ލޫކަސް ލަޔާލީ ކޮނޑުގައި އޭނާގެ ދެއަތުން ހިފައި ތެދުކޮށްގެން ގޮސް ކޮޓަރި އެދުގައި ބާއްވާފައި ނުކުންނަން ދަނިކޮށް ލަޔާލީ ގޮވާލާފައި ޒޭންގެ ގޭގައި އޮތް އޭނާގެ ފޯން ގެނެސްދިނުމަށް އެދުނެވެ. އެވަގުތު ލޫކަސް އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.

ބަލިއެދުގައި ދުވަސްތައް ލަޔާލީ ވޭތުކުރަމުން ދިޔައިރުވެސް ޒޭން އޭނާގެ ލޯބިގެ ފަހުސޮފޮހާތައް ގުނަމުންދިއެވެ.. އެކި އެކި ރެސްޓޯރެންޓް ތަކުންނާއި، ސިނަމާތަކުން އެ ދެމީހުން ފެންނަވާހަކަ ލޫކަސް ލަޔާލީ އަށް ކިޔައިދެއެވެ.

ދުވަސްތަށް މިގޮތަށް ވޭތުވަމުންގޮސް އެއްދުވަހު އިރު އޮއްސި ހަގަޑި ބައެވެ. މާޔޫސް ކަމާއި އެކަނިވެރިކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިދާނެކަމައް ހީކޮށް ލޫކަސް އަތިރިމައްޗާވީ ދިމާއަށް ނުކުތެވެ. އެވަގުތު ؛އީމާ އާއި ޒޭން ގޮނޑުދޮށުން ހިނގާފައި ދިޔަލެއް ލޫކަސް ފާހަގަ ކުރިއެވެ.. އަތާއި އަތް ގުޅާލައިގެން ދެމީހުން މޫނަށް ބަލައިލަމުން ހެމުން މަޑު ހިނގުމެއްގައި ދާތަން ފެނުނެވެ. އެވަގުތު ލޫކަސް ވަރަށް ދެރަވިއެވެ. ލަޔާލީ އާއި މެދު ވިސްނެނީއެވެ..  ލޫކަސް އިންތިހާއަށް ލަޔާލީ ދެކެ ލޯބިވެއެވެ…. ނަމަވެސް ލަޔާލީ ލޯބިވަނީ ޒޭން ދެކެކަން އެނގުނު ވަގުތުން ފެށިގެން ލޫކަސްގެ އުންމީދުތަށް ފުނޑު ފުނޑު ވެގެން ދިޔައީއެވެ.. ލޯބި ނުލިބުނު ކަމުގައިވިޔަސް ލޫކަސްގެ އެއްވެސް ހިއްބުރައެއް ނެތެވެ.. އަބަދުވެސް ލަޔާލީ އަށް އޭނާގެ ހިތް އެދި އެދި ހުންނާނެ ކަމާމެދު އޭނާގެ ހިތުގައި އެއްވެސް ޝައްކެއްނެތެވެ. އަތިރި މައްޗަށް ހިންހަމަޖައްސާލަން ނުކުތް ލޫކަސް އަބުރާލާފައި ގެއާދިމާއަށް މިސްރާބު ޖެހިއެވެ… އުޑުމަތި ބަނަވާން ފެށުމުންނެވެ..
ޒޭން، އީމާ  އަތުގުޅުވާލައިގެން  ގޮނޑުދޮށުގައި ހިގާލާފައި ދިޔައިރު ތަފާތު ވާހަކަތަކެއް ދެކެވެމުން ދިޔައެވެ. އެމަޑު ދޮންވެލިގަނޑުމަތީގައި ހުސްފަޔާ ހިގުމުގެ އަރާމު ހާސިލުކުރަމުން ދިޔައިރު ބައެއްފަހަރު ޒޭން އީމާ ބިރުގަންނަވާލައެވެ. ފަރާއި ދިމާލުން އަލިކޮޅެއް ފެނުމުން ފުރޭތަ އަރަނީ އޭ ބުނުމުން އީމާ ހަޅޭއްލަވައިގެންފާ ޒޭން ގެ ގައިގާ ބައްދައިގަތެވެ.
” ހާދަ ބިރުގަންނަ ކުއްޖެކޭ…………….. ” ޒޭން  ހީގަތެވެ. އޭނަ ހަދާންވީ ލަޔާލީ މަތިންނެވެ. ލަޔާލީ އާއި އެކީ އޭނާ ހޭދަކުރި މިކަހަލަ ކިތަންމެ ވަގުތުތަކެއްގެ މަތީންނެވެ. މަޑު މަޑުން ޒޭންގެ މާޔޫސް ވާހެން އީމާ އަށް ފާހަގަކުރެވެމުން ދިޔަނަމަވެސް އީމާ އެއަށް ވުރެ މާ ހުށިޔާރެވެ.
” ވިއްސާރަވަނީތަ؟” ވައިބާރުވާން ފެށުމުން އީމާ ކަންބޮޑުވެފައިވާ ނަޒަރަކުން ގަސްތަކާއި ދިމާލަށް ބަލާލިއެވެ. އަދި ނިކަން ބާރަށް ޒޭން ގައި ގައި އޮޅުލައިގަތެވެ… ބިރަކުންނެއްނޫނެވެ. ލަޔަލީ މަތިން ޒޭން ހަނދާން ކުރާކަށް އީމާ ބޭނުން ނުވާތީވެއެވެ.
“ހީވަނީ ވިއްސާރަވާން އުޅޭހެން…އެކަމަކު ވާރޭ ވެހިއްޖެނަމަ ވާރެއާ ތެމެންވާނެ……”  ޒޭން ލާނެއް ގޮތަކަށް ބުނެލިއެވެ. އިރުކޮޅެއްނުވަނީސް ވައިގަދެވެ ވާރޭ ވެހެން ފަށައިގަތެވެ. ކަނޑުން ނަގާ ފިނި ވައިރޯޅިތައް ހަމުގައި ބީހިލުމުން ކުޑަކޮށް ފިނިވާގޮތްވާންފެށުމުން ޒޭން އީމާގެ އަތުގައި ހިފެހެއްޓިއެވެ.
” ޒޭން ފިނިވީތަ؟ އާދޭ ބައްދާލަން…..” އީމާ  ލާނެތްހިނިތުންވުމަކާއި އެކު ބުނެލިއެވެ. ޒޭން ކައިރިވާން ފެށުމުން…
” މީހަކަށް ފެނިދާނެ…….” އެހެންތަ؟ މިތަނުން މީހަކު އީމް އަށް އެބަފެނޭތަ އަހަންނަކަށް ނުފެނޭ…” ވެެހެމުންދާ ވާރޭތެރޭގައި ތެމިފޯވެފައިވީއިރުވެސް ތިބީ  އެކަކު އަނެކަކުގެ ލޮލުގެ ތެރެއަށް ގެއްލިފައެވެ.
” ފެނުނަސް ހެވޭ. ތީ މަގޭ ފިއުޗަރ ވައިފް އެއްނުން……….” ޒޭން އެދުނެވެ. އީމާ ވަގުތުން ލޯ މަރާލިއެވެ. އެވަގުތު ޒޭން އީމާގެ ތުންފަތަށް ބޮސްދިނެވެ…. އަދި ބުންޏެވެ..
” ވިލް ޔޫ މެރީ މީ އީމް…..” ޒޭން އީމާގެ އަތުގައި ހިފައި އޭނާގެ ގަޔާއި ކައިރިކޮށްލަމުން  ވަރަށް ލޯބިން އަހައިލިއެވެ.  އީމާގެ ހިތް އުފަލުން އުދުއްސައިގަތެވެ. ހިތުގެ ވިންދު އެތައް ގުނަ އިތުރުވިއެވެ. އޭނަ އަބަދުވެސް ދެކެމުން އައި ރީތި ހުވަފެން ހަގީގަތަކަށް ވުމުގެ ފުރަތަމަ ފިޔަވަޅެވެ. އީމާއަށް އުފަލުން ރޮވުނެވެ. ” ޔެސް ” އީމާއަށް އިތުރު އެއްޗެކޭ ނުބުނެވުނެވެ. ޒޭންގެ އަތުތެރެއަށް ވަނެވެ. ޒޭން އީމާ ގެނެސްމޭގައި ޖައްސާލަމުން މޫނުގައި ނިކަން ލޯބިން ފިރުމައިލިއެވެ.. އެ މަޑު ތުންފަތުގައި ބޮސްދިނެވެ. ތެތް ހެދުންތަކުގައި ވައިރޯޅިތައް ބީހިލުމުން ކުރިއަށްވުރެ ބޮޑަށް އީމާ ހީކަރުވައިގަތެވެ. ނަމަވެސް ޒޭންގެ ހަށިގަނޑުގެ ހޫނުކަމުން އީމާއަށް ވަރަށް އަރާމުވިއެވެ…. އީމާގެ ހިތްފުރުނު ކަހަލެވެ.. އޭނާ ހިތުން ދެން ޒޭން އަކީ ހަމައެކަނި އޭނާގެ މީހެކެވެ. ޒޭން އޭނާގެ މީހަކަށް ހެދުމައްޓަކައި ކުރެވެން އޮތް ކޮންމެކަމެއްވެސް އީމާ ހުރީ ކުރަން ހަމަ ތައްޔާރަށެވެ..

ވަގުތު ކޮޅަކަށް ނަމަވެސް ލަޔާލީ މަތިން ޒޭން ހަނދާންނައްތާލީ ބާއެވެ.. ނޫނީ އުފަލުގައި އުޅެވޭތޯ މަސައްކަތް ކުރަނީ ބާއެވެ. އެހެން ނޫނީ ލަޔާލީ މަތިން ހަނދާން ނައްތާލަން ޒޭން މަސައްކަތް ކުރަނީ ބާވެއެވެ..

ޖެހިގެން އައިދުވަހު ހެެދުނުގެ ވަގުތެވެ… ސޯފާއެއްގައި ހަމަޖެހިލައިގެން ފޯނުން ގޭމް ކުޅެން އޮތް ލޫކަސް ގޭމް މެދުކަނޑާލަންޖެހުނީ ރަށުން ކުރި ފޯން ކޯލަށެވެ. ފޯން އަށް ޖަވާބުދެމުން ތެދުވެގެން ގޮސް މޭޒުމަތީގައި ހުރި ފެންތަށި އަގައިގައި ނުޖެހީސް ލިބުނު ހަބަރަކުން އަތުން ފެންތަށި ދޫވެގެން ވެއްޓުނެވެ.. އެވަގުތަކީ ލަޔާލީ އޭނާ އާ އަރައި ހަމަވީތަނާއެވެ.. ” ލޫކަސް ކިހިނެއްވީ؟” ” މަންމަ….މަންމަ… އަހަރެންގެ ..” ލަޔާލީ ހާސްވާން ފެށިއެވެ. ” އާން… މަންމަ.. މަންމަ އަށް ކިހިނެއްވީ؟ އަޅެ ބުނެބަލަ.. ކިހިނެއްތަ މަންމައަށްވީ؟”  ”މަންމަ ވަރަށް ބޮޑަށް ބަލިވެގެން އަހަރެން ވީހާވެސް އަވަހަކަށް މަންމަ ކައިރިއަށް ދިޔުމަށް މަންމަ އެދެނީ… ޑޮކްޓަރު ބުނަނީ މަންމަ ދެން މާގިނަދުވަހު ދުނިޔޭގައި ނުހުންނާނެކަމަށް….. ދެން އަހަރެން ކިހިނެއްހަދާނީ އެއީ އަހަރެންގެ ހުރިހައިވެސް މީހަކީ…. އަހަރެން މާލެއަށް އައިސްވެސް މިއުޅެނީ މަންމަގެ ބައްޔަށް ފަރުވާކުރަން ރާއްޖެއިން ބޭރަށް ފުރަން ލާރިކޮޅެއް އެއްކުރުމަށްޓަކައި…. ” ހިތާމައާއި ހިއްދަތިކަން ފުރިގެންވަ އަޑަކުން ބިންމަތީގައި ދެކަކޫޖަހައިގެން މޫނުގައި ދެއަތް އަޅައިގެން ލޫކަސް ރޮމުން ގިސްލަމުންދާއިރު އަނެއްކޮޅުން ލަޔާލީ އޭނާ އަށް ހިއްވަރުދެއެވެ،.. ”  ކޮންމެ މީހަކީވެސް ނިމިގެން ދާނެ މީހެއް،.. ދެރަވާނެކަންވެސް އިނގޭ…. ދެން ކުރާން އޮތްހާވެސް ކަމަކީ ދުއާކުރުން…” ލޫކަސް ގައިގައި ހިފަހައްޓައިގެން ހުރެ ލަޔާލީ ހިއްވަރުދެމުން ދިޔެވެ.

ހަމަ އެދުވަހު ލޫކަސް  ރަށަށް ދާން ފުރިއެވެ.. އޭނާ އާއި އެކު ލަޔާލީވެސް އެދަތުރުގައި ބައިވެރިވިއެވެ.. މައިންބަފައިން ނެތުނީމާ ކުރާނެ އަސަރާއި ލިބޭ ހިއްދަތިކަން ލަޔާލީ އަށްވުރެން ރަނގަޅަށް އިނގޭނެ މީހަކުވަކި ހުންނާނެ ހެއްޔެވެ؟. ހަމައެހެންމެ ލަޔާލީ އެންމެ އެހީ ބޭނުންވި ދުވަހު އޭނާ އާއި އެންމެ ގާތުގައި ފޫހިކަމެއްނެތި ރެއާއި ދުވާލު ހޭލާ އޭނާގެ ކަންތައްތަށް ކޮށްދިނުމުގައި އަވަދި ނެތި ބަލި ރަނގަޅުވަންދެން ހުރި ހަމައެކަނި މީހަކީވެސް ލޫކަސް އެވެ..އެހެންކަމުން މިއަދު ލޫކަސްގެ ހަޔާތައް މިހައި ހިއދތި ކަމަކާއި ކުރިމަތިވާހިނދު ލަޔާލީވެސް އޭނާއާއި އެކު ވާން ބޭނުމީއެވެ.

ރަށަށް ދިއުމަށް މަހު ގެއަަށް ވެސް ނުގޮސް އެންމެ ފުރަތަމަވެސް ދެމީހުން ދިޔައީ ހޮސްޕިޓަލަށެވެ. ހޮސްޕިޓަލް ހުންނަނީ ޓާރމިނަލާއި އެހާ ދުރެއްގައި ނޫންކަމުން ނިކަން ހަލުވިކަމާއި އެކު ދުވެފައި ކަހަލަ ގޮތަކަށް ގޮސް ހޮސްޕިޓަލަށް ވަނެވެ. އަތަށް އައިވީ ގުޅާފައި އަދި ނޭފަތަށް ހޮޅިގުޅާފައި ކެންސަރ ބަލީގައި މިދުނިޔޭގައި ލާނޭ އެންމެ ފަހުނޭވާތަށް ގުނަމުންދާ ނިދާފައި އޮތް ލޫކަސްގެ މަންމަ ފެނުމުން ލަޔާލީގެ ލޮލުން ކަރުނަ ހިފެހެއްޓުމެއްނެތި ކޯތާފަތް މައްޗަށް އޮހިގަތެވެ… މަންމަ އަށް ކަޅި ހުއްޓިފައި އިރުކޮޅަކު ހުރުމަށްފަހު ލޫކަސް ގޮސް އޭނަ މަންމަ ގައިގައި އޮޅުލައިގަތެވެ.. އެވަގު ނަރުސް ކުއްޖާ އައިސް ލަޔާލީ ގާތު ބުންޏެވެ.. ” ޑޮކްޓަރު ވަނީ އޭނާ މިދުނިޔޭގައި އެހާ ގިނަދުވަހަކަށް ދެން ނުހުންނާނެ ކަމަށް ބުނެފައި…. އެހެން ނަމަވެސް އެއީ ކޮން ދުވަހެއް ކޮންވަގުތެއް ކަމެއް ބުނާކަށް ނޭނގޭ… ހިއްވަރު ކޮށްފައި ދުއާ ކުރޭ. މިނޫން ގޮތެއްނެތް…” ކޮނޑުގައި އަތް އަޅާލަމުން ނަރުސް ކުއްޖާ ދެއްކި ވާހަކަތަށް ލޫކަސްގެ މަންމަ އަށް އަޑު ނީވުނަސް ލޫކަސް ވަރަށް ރަނގަޅަށް  އިޖާބަދިންކަން އެނގުނީ އޭނާ އަޑުން އަޑު ނަގައި ރޮމުން ބޭރަށް ނުކުތުމުންނެވެ.

ލޫކަސްގެ މަންމަ ނީރާސީ އަށް ވާހަކަ ދެއްކޭތީ ނިދިން ހޭލުމާއި އެކު އޭނާ ލޫކަސް ހޯދަން ފެށިއެވެ. އެވަގުތު ކައިރީގައި ހުރި ހުދު ކުލައިގެ ގޮނޑިއެއްގައި އިށީދެގެން އިން ލަޔާލީ އަށް ބަލާލައި ވަރަށް ބަލި އަޑަކުން ބުންޏެވެ. ”ތީ…ތީ.. ކޮން ކުއްޖެއް؟ ކޮބާ މަގޭ ދަރިފުޅު..؟ ” އެވަގުތަކީ އާއިލާގެ ހުރިހާ މެންބަރުންވެސް ނީރާސީ އަށް ގޮވާލަން އައިސް ތިބި ވަގުތެއެވެ. ” އަހަރެން މީ.. ލޫކަސްގެ ރަ….” ” މިއީ އަހަރުމެންގެ ލޫކަސްގެ އަންހެނުން ސަޕްރައިޒެއް ދޭންވެގެން އަންނަން އުޅެނިކޮންނޯ ނީރާސީ ބަލިވެ އުޅޭ ޙަބަރު ލިބުނީ އެހެންވެ ނުބުނެ އައީ…”  ލަޔާލީގެ ވާހަކަ ނުނިމެނީސް ބޮޑުދައިތަ ނަސްރީ ހުރެލާފައި ބުންޏެވެ. އެވަގުތު ލަޔާލީ އިނީ އަނގަ ހުޅުވިފައެވެ. ކިޔާނެ އެއްޗެއް ނޭނގިފައެވެ. ބޮޑުދައިތަ އާށް ބަލާލުމުން ބޯ ދެކޮޅަށް މަޑު މަޑުން ހޫރާލާފައި ފެންކަޅިވެފައި ހުރި ދެލޮލުން އެބުނަން އުޅެނީ ކޯއްޗެއްކަން ލަޔާލީ އަށް އެނގުނެވެ…” ތެދެއްތަ ދަރިފުޅު ތީ މަގޭ ލޫކަސްގެ އަންހެނުންތަ؟” ” އާން.. މަންމާ އަހަރެންމީ ލޫކަސްގެ އަންހެނުން” މިހެން ލަޔާލީ ބުނެފައި ނީރާސީ ގައިގައި ބައްދާލިތަން ލޫކަސް އަށް ފެނުނެވެ. ލޫކަސް އައިސް އޭނާގެ މަންމަ ބުރަކަށީގައި އަތުން ފިރުމާލުމަށްފަހު  މަންމާއޭ ހިއްވަރު ކުރާށޭ ބުނަމުންދިޔެއެވެ.. ނަމަވެސް މަންމަގެ މޫނުމަތިން ފެންނަންހުރީ ހިންހަމަޖެހުމާއި އުފާވެރިކަމެވެ. އާއިލާގެ ހުރިހާ މެންބަރުންވެސް ނީރާސީ އާއި ވާހަކަދަށްކަމުން ދިޔައެވެ.. ލޫކަސް ލަޔާލީގެ އަތުގައި ހިފައި ބޭރަށް ނުކުތުމަށް އިޝާރާތް ކުރިއެވެ. ލަޔާލީ އަދި ލޫކަސްގެ ފަހަތުން ނަސްރީވެސް ދިޔައެވެ.. ހޮސްޕިޓާ ބޭރުގައި މަޑުކުރުމަށްފަހު ލޫކަސް ހިންހަމަ ނުޖެހިހުރެ ލަޔާކުރެން އެހިއެވެ.. ” ލަޔާ.. ލަޔާ ކީއްކުރަން މަންމަ ކައިރި ދޮގުހެދީ؟ އަހަރެން ބޭނުމެއްނޫން އެއްވެސް ހާލަތެއްގައި މަންމަ އަށް އޮޅުވާލާކަށް އެއީ އަހަރެން ކޮށް އުޅޭ ކަމެއްނޫން….. ” ” ދަރިފުޅާ ނިކަން ވިސްނާލަބަލަ މަންމަ މިއަދު ދުނިޔޭގައި ހުއްޓަސް އެއީ ނެތް މީހެއް، އަބަދުވެސް ބުނާނެ އެންމެ ދެކެން ބޭނުންވަނީ ދަރިފުޅު މީހަކާއި އިނދެގެން އޭނާ ކައިރިއަށް އަންނަ ދުވަހޭ…. އެކަމަކު މިއަދު އެދުވަސް ނުފެނި….” ލޫކަސްގެ ސުވާލަށް ޖަވާބު ދިނީ ބޮޑުދައިތައެވެ.. ” އެކަމަކުވެސް މަންމަ އަށް ކިހާބޮޑު އޮޅުވާލުމެއް އަހަންނަށް ވަރަށް އުނދަގޫ..”

” ލޫކަސް ހަގީގަތުގައިވެސް ކައިވެނި ކޮށްފިއްޔާމުން…”އެވަގުތު ލަޔާލީ ލޫކަސް އަށް ބުނެލިއެވެ. ” ތިބުނީ؟ ނޫން…ނޫން.. އަހަރެން ބޭނުމެއްނޫން ލަޔާގެ ދިރިއުޅުން ބަރުބާުދު ކޮށްލާކަށް … ކިހިނެއް އަހަރެން… ނޫން.. ނޫން..ލަޔާ އަހަރެންދެކެ ލޯބިނުވާއިރު ލަޔާ ކިހިނެއް އަހަންނާ އެކީ މުޅިހަޔާތް ވޭތުކުރާނީ…..” ” ލޫކަސް ލޮތްބަކީ ކޮބާ؟ އިތުބާރު، އަޅާލުން، އެކަކު އަނެކަކަށް ވަފާތެރިވުން، އެކަކު އަނެކަކަށް އިޙްތިރާމް ކުރުން، ލިބޭ ހުރިހާ ދެރަކަމެއްގައި އެހީވުން، ލިބޭ ކޮންމެ އުފަލެއްގައި ބައިވެރިވުން.. ބާއްޖަވެރި ހަޔާތެއް ފައްޓާއިރު މިއީ އަހަރެން އަހަރެންގެ ބައިވެރިޔާގެ ފަރާތުން ބޭނުންވާ ކަންތައްތައް.. މިހުރިހާ ސިފައެއް ލޫކަސް އަށް ލިބިގެންވޭ…” ލަޔާލީ ހަށަމްބަނދެގެން ހުރެ ލޫކަސް އަށް ވިސްނުވައި ދެވޭތޯ މަސައްކަތް ކުރަމުން ދިއެވެ…

-ނުނިމޭ-

18
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Shiya

Other Articles

Previous

ޢަޞްރު (ހަތާވީސްވަނަ ބައި)

Next

އިންތިހާޔަށް (4ވަނަ ބައި)

Next
January 4, 2017

އިންތިހާޔަށް (4ވަނަ ބައި)

Previews
January 3, 2017

ޢަޞްރު (ހަތާވީސްވަނަ ބައި)

12 Comments

  1. Shiya says:
    January 4, 2017 at 12:16 am

    Dear my lovely readers um so sorry mi part lasveema cox shiya midhuvas kolhu v v balive miulheni ehenve…. anyways heekuran mi part ves readers ah kamudhaane kamah ??

  2. afu says:
    January 4, 2017 at 12:23 am

    Haadha kurey dhw. Ekm v salhi..

    1. Shiya says:
      January 4, 2017 at 12:33 am

      Kurutha anywy Tq

  3. Zai says:
    January 4, 2017 at 12:47 am

    Haadha kurey plxx next part dhigu kohdhechey ingey plxxx shiya☺☺☺☺☺☺

    1. Shiya says:
      January 4, 2017 at 1:07 am

      Ok

  4. Hawwoo.... says:
    January 4, 2017 at 2:02 am

    Vvvvv reethi ma sha allaah. Bt v vs kuru. Next part dhigu kohlahche ingey. Vvv nice keep it up…??????

    1. Shiya says:
      January 4, 2017 at 9:05 am

      Yeah thanks hawwoo

  5. shy says:
    January 4, 2017 at 9:44 am

    Varah reethi. Than kolheh kury dhw

  6. aisha says:
    January 4, 2017 at 11:15 pm

    when next part?????

  7. Sharim ?? says:
    January 5, 2017 at 1:17 am

    Varah reethi.
    But its really short…
    Next time make it longer.
    Its becomin intrestin now…
    Pls next part kankolheh avahah upload kohdhehcheyyy….

  8. naa says:
    January 5, 2017 at 2:16 am

    Thannkolhehh avahahh next part nikunnaane kqmahh ummeedhu kurann varahh chill story ehh

  9. Munchkin ? says:
    January 5, 2017 at 11:31 pm

    Awwwn?
    Salhi salhi
    Avahah up kohllaa ☺

Comments are closed.

All Right Reserved!