Skip to content
އެސްފިޔަ

ނޭނގި ޔާރު ވަކިވީ (5)

“އެކީއްވެ؟ އިއާންއެއް ނޫންތަ ވާހަކަ ދައްކަ ބޭނުން ވެގެން ތިއުޅެނީ.. ދެން ލެޓްސް ޓޯކް. އިއާން ކީއްވެ އަހަންނަށް ދޮގު ހަދައި އޮޅުވާލީ؟ ކީއްވެ އެހެން ކައިވެންޏެއް ކުރި އިރު އަހަންނަށް އަންގާނުލީ؟ އައި ޑީޒާވް ޓު ނޯ އިއާން.. އަހަރެން މިއީ އިއާންގެ އަންހެނުންނޭ!” ޒާރާގެ ދުލުން އެބަސްތައް ބޭރުވުމާއި އެކު އިއާން ބޭއިޚްތިޔާރުގައި ގޮށްމުއްކަވާފައި ކައިރީގައި ހުރި ޝެލްފުގައި ޖެހިއެވެ.

އެއަޑަށް ދުރުގައި ތިބި ބައެއް މީހުން އެދިމާއަށް ބަލާލި އިރު އިއާންގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވާން ހުއްޓެވެ. “ކިހިނެތްވީ؟ ހަޤީޤަތް ހަޖަމް ނުވީތަ؟” ޒާރާ ނިކަން ކެރި ހުރެ މިހެން ބުނި އިރު އެ މޫނުމަތިން ނަފްރަތް ފާޅުވާން ހުއްޓެވެ. އެ ދެމެދަށް ހަމަހިމޭންކަން ވެރިވުމުން ޒާރާގެ ލޯ ކަރުނުން ފުސް ވިއެވެ. އޭނާ ލޯ ފޮހެލަމުން އިއާން އާއި ދުރަށް ޖެހިލި ވަގުތު ދުރުން އައި ރައިނާ އައިސް އިއާންގެ އަތުގައި ހިފާލިއެވެ.

އޭރު ޒާރާ ކަޅިޖަހާނުލައި އެއްފަހަރު ރައިނާއަށް އަނެއްފަހަރު އިއާންއަށް ބަލަން ހުރެފައި ފަސްއެނބުރި ހިނގައި ގަތެވެ. “އިއާން ނައިސް ލަސްވާތީ މިއައީ.. ކާކު އެދަނީ މާވަރަކަށް ބަލަން ހުރެފައި؟ އިއާން ދަންނަ ކުއްޖެއްތަ އެއީ؟” ރައިނާ އަހާލިއެވެ. “ނޫން.. ނުދަންނަން.” ޒާރާ ފަސްދީފައި ދާތަން ބަލަން ހުރި އިއާން ބުނެލިއެވެ.

“ހިނގާ ދާން.” އިއާން ގެއްލިފައި ހުރުމުން އޭނާގެ އަތުގައި ހިފައި ދާން ހިނގައި ގަންނަމުން ރައިނާ ބުނެލިއެވެ. އެއްޗެކޭ ނުބުނެ އިއާން އޭނާގެ ފަހަތުން ދިޔައިރު ފަސް އެނބުރި ޒާރާއަށް ބަލާލެވެއެވެ. އެންމެން ފިހާރައިން ނިކުމެ ދާން ހިނގައި ގައިން އިރުވެސް އިއާން ނިކުމެ ޒާރާ ފެނޭތޯ ބަލާލައެވެ.

ބާބަކިއު ސަރަހައްދައް ދެވުނު އިރު އެހެން އެންމެން ތަނެއް ހިފައިގެން އެތަނުގައި އިއާންމެންގެ އިންތިޒާރުގައި ތިއްބެވެ. “ހާދަ އިރެކޭ ތިވީ. ގެނޭ އަވަހަށް ކޮތަޅުތައް.” ޖާބިރު މިހެން ބުނެފައި މިރުޝާލް އަތުން ކޮތަޅުތައް ނެގިއެވެ. ބާބަކިއު ސްޓޭންޑް ކައިރީގައި ހުރެ އިއާން އަލިފާން ގަނޑު ރޯ ކުރަމުން ދިޔައިރު އެޚިޔާލުގައި ވަނީ ޒާރާއެވެ. ފިހާރަތެރޭގައި ދެކެވުނު ވާހަކައާއި މެދު ވިސްނި ވަރަކަށް އޭނާ އަންދަމުން ދިޔަ އަލިފާނަށް ވުރެ ބޮޑަށް އެތެރެ ހަށީގައި ހިފާފައިވި އަލިފާނުގެ ހުޅު ރޯވަމުން ދިޔައެވެ.

“އޭތް. ކޮން ޚިޔާލަކަށް ގެއްލިފައި..” މިރުޝާލް އައިސް އިއާންގެ ކޮނޑުގައި ޖަހާލަމުން ބުނެލިއެވެ. ޚިޔާލުތައް އެއްފަރާތް ކޮށްލަމުން އިއާން ބެލީ ހިނިތުންވެފައި ހުރެ އެންމެންގެ މަޖަލުގައި ބައިވެރި ވެވޭތޯއެވެ. “ކަމެއް ނުވޭ. ކޮބާތަ ސޮސެޖްތައް؟ އަދިވެސް ނުނިމޭ؟” އިއާން މިހެން ބުނުމުން ތަސްލީމާ ސޮސެޖް އަޅާފައި ހުރި ތަށި އިއާންއަށް ދިއްކޮށްލިއެވެ.

“ބައްޕާ.. ބައްޕާ މިކޮޅަށް ބަލާލަބަ..” ޖޫލް އޭނާގެ އަތުގައި އޮތް ކެނޮން ކެމެރާ އަމާޒު ކޮށްލަމުން ބުނެލިއެވެ. އިއާން ކައިރީ ކުކުޅު ފައިތައް ފިހެން ހުރި ޖާބިރުއާއި ފައިރޫޒް ދެމީހުންގެ ކޮނޑަށް އަތް ވައްޓާލައިގެން ހުރި މަންޒަރު ޖޫލް ކެމެރާގައި ފޮރުވާލިއެވެ. އޭރު ރައިނާ ސޮސެޖު ފޮއްޗެއް ނަގައިގެން ގޮސް އިއާން ކައިރީގައި މަޑުކޮށްލިއެވެ.

“އަން.. އަދި ނުކަމެއްނުން.. އެބަހުރި ބްރެޑް ވެސް.” ރައިނާ މިހެން ބުނެފައި ސޮސެޖް ކޮޅު ދިއްކޮށްލުމުން އިއާން އެ ކާލި މަންޒަރު ވެސް ޖޫލް ހެވިފައި ހުރެ ނެގިއެވެ. މޭޒު ކައިރީގައި ތިބެ އެންމެން ކަމުން ދިޔައިރު މިރުޝާލް އޭނާގެ ތަށީގައި އޮތް ކުކުޅުފައި ހާވަލަ ހާވަލަ އިނެވެ.

“ދެން ތިހެން ނީދެ ކައިބަލަ.. ހިހޫ ވީމަ މީރެއް ނުވާނެ.” ތަސްލީމާ ކޯކު ފުޅި ކަނޑާލަމުން ބުނެލިއެވެ. “މަށަށް އިނގޭ ކީއްވެފައިކަން ތިއިންނަނީ.” ޖޫލް ތަށި ހިފައިގެން އައިސް އިށީނދެ ހަމައެކަނި މިރުޝާލްއަށް އިވޭ ވަރަށް ބުނެލިއެވެ. އެއްޗެކޭ ނުބުނެ މިރުޝާލް ލޯ އަޅާލަމުން ޖޫލް ނިކަން ސިއްރުން ވާހަކަ ދައްކަން ފެށިއެވެ.

“ރަށަށް ދާން އުޅޭތީ ދޯ.. އައި ނޯ އެބައުޓް ހާ.” ޖޫލް މިހެން ބުނުމުން މިރުޝާލްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. “ކާކު؟” މިރުޝާލް ނޭނގޭ ކަމަށް ހަދައި މިހެން ބުނި ނަމަވެސް އެ މޫނުމަތީގެ ކުލަވަރުން އޭނާ ބޭޒާރު ވިއެވެ. “ނޭނގޭ ކަމަށް ހެދޭނެ ކަމެއްނެތް.. މިކޮޅަށް އައުމުގެ ކުރިން އިއާން އެ ވާހަކަ ބުނި.” ޖޫލް ސޮސެޖް ކޮޅެއް އަނގަޔަށް ލަމުން ބުނެލިއެވެ.

އިތުރަށް އެވާހަކަ ދައްކަން ބޭނުންނުވެ މިރުޝާލް ދާން ތެދުވުމުން ޖޫލް އޭނާގެ ފަހަތުން ހިނގައި ގަތެވެ. “ދަރިފުޅުމެން ކޮންތާކަށް..” ކޯކު ތައްޓެއް ހިފައިގެން އިން ޖާބިރު އަހާލިއެވެ. “ސޮސެޖްކޮޅެއް ނަގަން ވެގެން އަދި..” މިރުޝާލް މިހެން ބުނެފައި ގޮސް ބާބަކިއު ސްޓޭންޑް ކައިރީގައި މަޑުކޮށްލިއެވެ.

“ސޮރީ.. ހިތްހަމަނުޖެހުނީތަ އެވާހަކަ ދެއްކީމަ.” ޖޫލް މިހެން އަހާލުމުން މިރުޝާލް އެއްބުމަ އަރުވާލިއެވެ. “އަހަންނަކަށް ނޭނގެ ތި ދައްކަނީ ކޮން ވާހަކައެއް ކަމެއް..” ދެތިން ސޮސެޖް ތައްޓަށް ލަމުން މިރުޝާލް ބުނެލިއެވެ. “ކުލްސޫމް.. އެހެން ދޯ ކިޔަނީ.” ޖޫލް ބުނެލި ބަހުން މިރުޝާލް އޭނާއަށް ނަޒަރު ހުއްޓާލިއެވެ.

“އިއާން ކީކޭ ކީ؟” މިރުޝާލްގެ އަޑުން އޭނާ އެހުރީ ހިތްހަމަ ނުޖެހިފައިކަން ހާމަވެއެވެ. “ކަންތައްވީ ގޮތުގެ ވާހަކަ.. އައި އެމް ސޮރީ. އަސްލު ނަސީބެއް ކަންނޭގެ އެހެން ވީކަން ވެސް.” ޖޫލް މިހިސާބަށް ބުނުމުން މިރުޝާލް އޭނާގެ ވާހަކަ މެދު ކަނޑާލިއެވެ. “ޖޫލްއަށް ނޭނގޭ ކަންތަކުގެ ވާހަކަ ނުދައްކާ!” މިރުޝާލް ހަރުކަށި ކަމާއި އެކު މިހެން ބުނެފައި އެތަނުން ދިޔައިރު އެ މޫނުމަތީގައި ވީ ރުޅިވެރިކަން ފޮރުވަމުން ހީލިއެވެ.

“އިއާން ވާނެ ދޯ ރަށަށް ގޮއްސަ ޑައިވިންއަށް ދާން..” ރައިނާ ހެވިފައި އިނދެ މިހެން ބުނިއިރު އޭނާގެ ވިހުރާ ލެވިފައިވާ އިސްތަށިގަނޑުން އިއާންއަށް އުނދަގޫ ވަމުން ދިޔައެވެ. “އިސްތަށިގަނޑު އައްސާލަ ބަލަ.. ލޮލަށްށޭ އައިސް އެ ވަންނަނީ..” އިއާން ހިތްހަމަ ނުޖެހިފައި އިނދެ މިހެން ބުނި އިރު އޭނާ މިއިނީ އެންމެންނާއި އެކު ކަމެއް ވިސްނައެއް ނުލެވުނެވެ.

“އިއާން ތަންކޮޅެއް ހަމަޖެހިލައިގެން ވާހަކަ ދައްކަބަލަ. އެވަރު ކަމެއް ނޫނެއްނުން އެއީ.” ޖާބިރު މިހެން ބުނުމުން އިއާންއަށް އެހެން ބުނެވުނީ މާ ބާރަކަށް ރޭކާ ލިއެވެ. އޭރު ކައިރީގައި އިން ރައިނާ އިސްތަށިގަނޑު އަނެއް ފަރާތައް ލަމުން ހިނިތުންވެލީ އެދެމެދުގައި ވީ ނުތަނަސްކަން އެހެން މީހުންނަށް ނޭނެގުމަށްށެވެ.

އިއާން ކައިރީގައި އިން ނޫހު އަނގަޔަށް ދެ ސޮސެޖު ކޮޅު ލައިގެން އިނދެ ރައިނާގެ އިސްތަށިގަނޑުގައި އަތް ކާއްތާލިއެވެ. “ސޯ ބޫޓީފުލް.. ނުއްނުއަށް ވަރަށް ނައިސް ގާލް ކުދިން ހެއާ ލޯންގް ވީމަ.. ކީއްވެ އިއާންބެ ރުޅިއައީ؟” ނޫހް މައުސޫމް ކަމާއި އެކު މިހެން ބުނުމުން އެންމެން ހޭން ފެށިއެވެ. ބާބަކިއު ނިމިގެން ދިޔައިރު ވެސް ރައިނާ އުޅުނީ އިއާން ކައިރީ އޭނާގެ އަތުގައި ހިފައިގެންނެވެ. އިއާންގެ އެ އުޅުން ބަދަލު ކުރަން ބުނި ނަމަވެސް އޭނާގެ ފަރާތުން މާ ބޮޑު ދެއްކުން ތެރި ކަމެއް ނުފެނުމުން ރައިނާ ހިތްހަމަ ނުޖެހުނެވެ.

****

އިޝާ ނަމާދުގެ ބަންގީގެ އަޑު ދުރުން އިވެމުން ދިޔައިރު ޖަޒްލާން ކޮފީތައްޓެއް ގިރަން ކާގޭގައި ހުއްޓެވެ. ފައިރޫޒްމެންނާއި މިރުޝާލް ކޮޓަރީގައި ވީއިރު އިއާންމެން ތިބީ ތިރީ ބައިގައެވެ. ތުމުން މަޑު ރާގެއް އަޅުވާލައިގެން ހުރެ ޖަޒްލާން ކޮފީ ގިރަމުން ދިޔައިރު މުޅި ގެ އޮތީ ހިމޭން ކޮށެވެ.

“ނެވާ މައިންޑް.. އައިލް ފައިންޑް.. ސަމް ވަން ލައިކް ޔޫ.. ހޫމް..” ހިތްގައިމު އަޑަކުން ލަވަކިޔާލަން ހުރި ޖަޒްލާން ސިހުނީ ފަހަތުން މީހަކު އަތް ޖަހާލި އަޑަށެވެ. “ވާއޮ.. ޖާޒްއަށް ލަވަ ވެސް ކިޔަން އިނގޭތަ. ވަރަށް ރީތި.” ނާއިކް މިހެން ބުނުމުން ޖަޒްލާން އެއްޗެކޭ ނުބުނެ ޖަގުން ތައްޓަށް ހޫނުފެން އަޅަން ފެށިއެވެ.

ޖަޒްލާންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ނާއިކް ގޮސް އޭނާ ކައިރީގައި ހުއްޓިލަމުން ކައުނޓަރުގައި އަތް އަޅުވާލިއެވެ. “ދެން ވާހަކަ ވެސް ނުދައްކާނަން..” ނާއިކް މިހެން ބުނެފައި ހީލުމުން އެކޮލަށް އަޑިކޮޅެއް އެޅުނެވެ. “ކުރިން ވެސް ބުނިން ދޯ އަހަރެން މިއީ ނާއިކް ތި ހީކުރާ ކަހަލަ އަންހެން ކުއްޖެއް ނޫނޭ. ޖަސްޓް ލީވް.” ޖަޒްލާންގެ އަޑުގައި ހިތްހަމަ ނުޖެހުން އެކުލެވިގެން ވިއެވެ.

“ބޭބީ ކަމްއޯން.. ދެން ދޮންތަ ދައްކާހާ ވާހަކައެއް އަދި ޤަބޫލު ކުރަން ޖެހޭތަ.. ޝި އިޒް ޖަސްޓް އަ ފްރެންޑް.” ނާއިކް މިހެން ބުނެފައި ޖަޒްލާންގެ އަތުގައި ހިފާލުމުން އޭނާ އަތް ފޮޅުވާލިއެވެ. “ޑޯންޓް ޓަޗް މީ ނާއިކް! ގައިގައި އަތް ނުލިއަސް ތި ކިޔާ އެއްޗެއް ކިޔޭނެ..” ޖަޒްލާން ތަންކޮޅެއް ބާރަށް މިހެން ބުނުމުން ނާއިކް ދެއަތް މައްޗަށް ނަގައި ދައްކާލަމުން ފަހަތަށް ޖެހުނެވެ.

“އޯކޭ ދެން ތިވަރު ނުވިއަސް.. ސޯ ދިސް އިޒް އިޓް؟” ނާއިކް ދެރަވެފައި އަހާލިއެވެ. “ޔެސް ނާއިކް.. އަހަރެން ބޭނުމެއް ނޫން ދެން ނާއިކް ފެންނަ ހިސާބަށް ދާން ވެސް. މިކަން އަހަންނަށް ނޭނގުނު ނަމަ ޔޫ ވުޑް ހެވް ޔޫސްޑް މީ.” ޖަޒްލާން މިހެން ބުނުމުން ނާއިކް އޭނާގެ ދިފާއުގައި އެއްޗެކޭ ބުނުމުގެ ކުރިން ދޮރެއް ހުޅުވުނު އަޑަށް އޭނާ ދުރަށް ޖެހިލިއެވެ.

“އަހާ ދެކުދިން ކޮފީ ބޯލަނީތަ؟ ބައްޕައަށް ވެސް ކޮފީއެއް ހަދާލަބަލަ.” ފައިރޫޒް މިހެން ބުނުމުން ޖަޒްލާން އިތުރު ތައްޓެއް ނަގަމުން ކޮފީ ގިރަން އުޅުނެވެ. “ނާއިކް މިތާ އިށީނދެބަލަ.. ކޮލެޖް ކިޔެވުން ކިހިނެތް؟” ފައިރޫޒް އަހާލިއެވެ. “ރަނގަޅު..” ނާއިކް މިހެން ބުނަމުން ގޮނޑީގައި އިށީނދެލިއެވެ.

ޖަޒްލާން ކޮފީ ހަދައިގެން ގެނައުމުން ފައިރޫޒް ކޮފީ ބޮމުން ގޮނޑީގައި ހަމަޖެހިލިއެވެ. “ޖާޒް ވެސް ބޭނުންވަނީ ތި އެންމެން ކައިރިއަށް މެލޭޝީއާއަށް ދާށޯ.. ހެހެހެ.. އޭރުންނުން އޭނަ ފޫހި ފިލާނީ ދޯ.” ފައިރޫޒް މިހެން ބުނުމުން ޖަޒްލާން ހީލިއެވެ. “ނޫން ބައްޕާ.. އަޅުގަނޑު މިހާރު މެލޭޝިއާއަށް ދާ ޚީޔާލެއް ނުކުރަން.. ކުރިން ދާން އުޅުނަސް މިހާރު ދާހިތެއް ނެތް.” ޖަޒްލާން މިހެން ބުނުމުން ފައިރޫޒް އެއީ ކީއްވެގެންކަން އަހާލިއެވެ.

“އެދެން މީހާރު އެތަނަށް ދާން ހިތް ނޭދެނީ.. ހިތަކީ ބަދަލުވާއެއްޗެއް ދެއްތޯ ބައްޕާ..” ޖަޒްލާން އެބުނި ޖުމްލައިން ނާއިކްގެ ނަޒަރު ވަގުތުން އޭނާއަށް ހުއްޓުނެވެ. ޖަޒްލާން ވެސް އޭނާއަށް ބަލާލަމުން އިތުރު އެއްޗެކޭ ނުބުނެ ކޮފީތަށިން ކޯވަރެއް ބޯލިއެވެ. “މައްސަލައެއް ނެތް.. ދަރިފުޅު ހަމަ ހިތް އެދޭ ތާކަށް އިރާދު ކުރެއްވިއްޔާ ފޮނުވާނަން.. ހެހެ.” ފައިރޫޒު މިހެން ބުނެފައި ހީލުމުން ޖަޒްލާން ވެސް ހިނިތުން ވެލިއެވެ. އެމީހުންގެ ހުނުމުގައި ބައިވެރިނުވެ ނާއިކް ދަނީ ކަމަށް ބުނެ އެބައިން ނިކުތެވެ.

****

މާގަނޑުން އޮހެމުން ދިޔަ ފެން ތިކިތަކުން އިއާންގެ ހަށިގަނޑަށް ފިނީގެ އަސަރު ކުރަމުން ދިޔަ ނަމަވެސް އެތެރެ ހަށީގައިވީ ހޫނުކަމަށް އެއްވެސް އަސަރެއް ނުކުރިއެވެ. ޒާރާ ދުލުން އެބަސްތައް ނުބުންޏެއް ކަމަކު ޒާރާއަކީ އޭނާގެ އަލަތު އަނބި މީހާކަން އިއާން ހަނދާނުގައި އެބަ ހުއްޓެވެ. ޒާރާ ކޮންމެ އެއްޗެކޭ ކިޔަސް އިއާންގެ ފުރިހަމަ ހައްޤާއި ބާރު އަދިވެސް ޒާރާގެ މައްޗަށް އޮންނާނެއެވެ.

ދެއަތް މުއްކެވިފައި ހުރެ ފާރުގެ ޓައިލްސްތަކުގައި ޖައްސާލައިގެން ހުރި އިރު އިއާންގެ މޫނުމަތިން ފާޅުވަނީ ރުޅިވެރި ކަމަވެ. އޮހެމުން ދިޔަ ފެނުން އިސްތަށިގަނޑުގެ އެއްބައި މޫނުމައްޗަށް ވެއްޓިފައި އޮތް އިރު އޭނާގެ ނޭވާ ވަނީ އަވަސް ވެފައެވެ. އިއާން ގޮށް މުއްކަވާފައި ނިކަން ބާރަށް ފާރުގައި ޖަހަމުން ދަތް ކުނޑި ވިކާލިއެވެ. މިހާ ރުޅިއެއް މިއާދެވެނީ ކީއްވެގެން ކަމެއް ޚުދު އިއާންއަކަށް ވެސް ނޭނގެއެވެ.

ޒާރާގެ ދުލުން އެބަސްތައް އިވުމުން އޭނައަށް ވީ އުނދަގޫ ބޮޑުވިއެވެ. އެފަދަ ބޮޑު ކަމެއް ހިތު ތެރޭ ފޮރުވައިގެން މުޅި ދުނިޔެއަށް ވަންހަނާ ކޮށްގެން އުޅޭއިރު އެވާ ތަކްލީފް އަންދާޒާ އެކޮށްލެވުނީ އެބަސްތައް އިވުމުންނެވެ. އެކަހަލަ ވަގުތެއްގައި އަދި ރައިނާ އުޅެން ފެށި ގޮތުން ވެސް އޭނާ ހުރީ ބޮލުގައި ރިއްސާފައެވެ. ފެން އިސްކޫރު ބާރު ކޮށްލަމުން އިއާން ފުންނޭވާއެއް ލަމުން ހަމަޖެހެން މަސައްކަތް ކުރިއެވެ.

ހަރުގަނޑުގައި އަޅުވާފައި އިން ތުވާލިން ނަގައި އުނުގައި އޮޅާލި އިރު ފެންތިކީގެ އަސަރު އެ ހަށިގަނޑުގައި ވިއެވެ. ފުސްވެފައިވީ ލޯގަނޑު އެއްއަތުން ފޮހެލުމާއި އެކު އަމިއްލަ ސޫރަ އިއާންއަށް ފެނިގެން ދިޔައެވެ. ކިތަންމެ ހައިބަތު ބޮޑުވެފައި ވަރުގަދައަކަސް އޭނާ މިއީ ކިހައި ފިނޑި މީހެއް ބާއޭ އިއާން ހިތަށް އެރިއެވެ.

ނަމާދުކޮށް ނިންމާލައިގެން ފޮށާ ފަތްޖަހަން އިން ރައިނާ އަށް ފާޚާނާއިން ނިކުއިން އިއާން ފެނި އޭނާއަށް ނަޒަރު ހުއްޓާލިއެވެ. އިއާން ކޮޓަރި ތެރެއަށް ހިނގައިގަތުމާއި އެކު ‘ނިވިއާ މެން’ ޝަވާ ޖެލްގެ ވަސް މުޅި ކޮޓަރީގައި ހިފާލުމުން ރައިނާ ހަށިފުރައި ނޭވާއެއް ލިއެވެ. އިއާން ގޮސް ރީތީވާ މޭޒު ކައިރީގައި ހުރެ ލޯޝަން ފުޅި ނަގައި ގައިގައި ލޯޝަން ލާން ހުރިއިރު ފެން ނުހިއްކާ ހުރުމުން އެގައިގައި ފެންތިކިތައް ހަރުލާފައިވިއެވެ. އިއާން ދުވަހަކު ވެސް ފެންވަރައިގެން އެވަރަކަށް ގައިން ފެނެއް ނުހިއްކާނެއެވެ. ރައިނާ އެހެމުން އެއީ އޭނާ ކުރާ ހިތްވާ ކަމެއް ނޫކަމަށް ބުނުމުން ވެސް އިއާން އަކީ ތަފާތު ގޮތެއް ގެންގުޅޭ މީހެއްކަން ރައިނާއަށް އިނގުނެވެ.

މުސައްލަ އޮޅާލަމުން ރައިނާ ތެދުވެ ގޮސް އެނދުގައި އިށީނދެލަމުން އިއާންއަށް ނަޒަރު ހުއްޓާލިއެވެ. “އިއާން ކަމެއް ވީތަ؟” ރައިނާ އަހާލިއެވެ. ޖަވާބުގައި އިއާން ނޫނެކޭ ބުނެ އެވާހަކަ ހިންދާލިއެވެ. “ދެން ކީއްވެތަ ތިހުންނަނީ ޚިޔާލަކަށް ގެއްލިފައި އަބަދު؟ އަހަރެން މިއަދު އެންމެ ކަމަކު އެދުމުން އެވަރު ވެސް އިއާންއަކަށް ނުވި..” ރައިނާ ހިތްހަމަ ނުޖެހިފައި އިނދެ ބުނެލިއެވެ.

“ރައިނާ.. އަނެއްކާ ތިކަން ފަށަން އުޅޭނެ ކަމެއް ނެތް..” އިއާން ދެމުބަ ކައިރިކޮށްލަމުން ބުނެލިއެވެ. “އަބަދު ވެސް އަހަރެން ގޯސްވަނީ. މަންމަމެން ކުރިމަތީގައި ނޯމަލް ކޮން އުޅޭށޭ ބުނީމަ ވެސް ފާޑަކަށް ހަޅޭ ލަވައިގަތީ. ދެން ބައްޕަ ވެސް ކީކޭ ހިތަށް އަރާނީ.. އިއާން ބުނެބަލަ ކިހާ ދުވަހެއް ވަންދެއް މިކަން ކުރިއަށް ދާނީ؟ ކިހާ ދުވަހެއް ވަންދެން ތިގޮތަށް މޫޑީވެފައި ރުޅި އައިސް އަހަންނާއި ރީއްޗަށް ވާހަކަ ނުދައްކާނީ؟” ރައިނާގެ ސުވާލުތަކަށް ޖަވާބެއް ނުލިބުމުން އޭނާ އެނދުން ތެދުވެގެން ގޮސް އިއާންގެ ފަހަތުގައި ހުއްޓެލިއެވެ.

“އަހަންނަކަށް އަބަދު މީހުން ކުރިމަތީ އެދެއްކުންތެރި ކަމެއް ނުދެއްކޭނެ.. ޖަވާބު ދީބަލަ އިއާން.. މިހާރު ލޯބިން އަހަރެން ގައިގައި އަތް ނުލާތާ ވެސް ކޮން ދުވަހެއް.. ވައި ވޯންޓް ޔޫ ލަވް މީ؟ އައި ނީޑް ޔޫ.. އިއާން!” ރައިނާ އައިސްފައި ހުރި ރުޅީގައި އިއާންގެ ކޮނޑުގައި އަތް އަޅައި ކޮއްޕާލިއެވެ.

އެކަހަލަ ކަމަށް ނުވިސްނާ ހުރި އިއާން ނުވެއްޓުނީ ކިރިޔާއެވެ. އޭނާ ފަހަތަށް އެނބުރި ރައިނާއާއި ހަތަރު ކަޅި ހަމަކުރި އިރު އެލޮލުން ރުޅިވެރިކަން ފާޅުވާން ހުއްޓެވެ. ރައިނާއަށް ބޭއިޚްތިޔާރުގައި ދެފިޔަޅު ފަހަތަށް އެޅުނު ވަގުތު އިއާން ކުއްލިއަކަށް އޭނާގެ ދެކޮނޑުގައި ހިފައި ގެނެސް ގަޔާއި ކައިރި ކޮށްލަމުން އެތުންފަތުގައި ބޮސްދިނެވެ. އޭނާ ދުރުވުމުން ދެމީހުންގެ ނޭވާ ކުރުވެފައި ވީއިރު ރައިނާގެ ތުންފަތް ވަނީ ލޭއަރައި ރަތް ވެފައެވެ.

“މިއީތަ ރައިނާ ބޭނުންވާ ކަމަކީ؟ ދިސް އިޒް ވަޓް ޔޫ ވޯންޓް؟! ފައިން!!” އިއާން ހަރުކަށި ކަމާއި އެކު މިހެން ބުނެފައި ރައިނާ އުފުލާލައިގެން ގެންގޮސް ކައިރީގައި ހުރި ފާރުގައި ޖެއްސުމުން އޭނާގެ ދެފައި އިއާންގެ އުނަގަނޑުގައި ވަށާލިއެވެ. އިއާންގެ އުނުގައި އިން ތުވާލި ނައްޓާ ބިއްމަންޗަށް ވައްޓާލި އިރު ރައިނާގެ އެދުން ފުރިހަމަ ވީއެވެ.

****

ކޮޓަރި ތެރެއަށް ވެރިވެފައި އޮތް އަނދިރި ކަމުގެ ތެރެއިން ހުޅުވާފައި ހުރި ކުޑަދޮރުގެ ފަރުދާއިން ފަނޑު އަލިކަމެއް އެޅެމުން ދިޔައެވެ. އެނދުގައި އޮތް ޒާރާ ކުރުގެޅިގެން އޮތް އިރު އޭނާގެ މަޑު ގިސް ލުމުގެ އަޑު އިވެމުން ދިޔައެވެ. އެ ލޯ މަރާލާ ކޮންމެ ފަހަރަކު ފެންނަނީ އިއާންއެވެ. އެ ސޫރައެވެ. އެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނުނު އިރު އޭނާއަށް ދޭނެ ޖަވާބެއް ވެސް ނޭނގުނެވެ. އިއާންގެ އަތުގައި ހިފާލައިގެން ހުރި އެ އަންހެންކުއްޖާ ފެނި އެލޮލަށް ކަރުނަ ޖަމާވި އިރު އެދެމީހުން އެކީގައި ސިފަވާ ކޮންމެ ފަހަރަކު އެހިތް ފަޅައިގެން ދާވަރު ވެއެވެ.

ދެލޯ މަރާ ބާރުކޮށްލަމުން ކައިރީގައި އޮތް ބާލީހުގައި ޒާރާ މޫނު ފޮރުވާލުމާއެކު އޭނާ އަޑުގެ ކޮޅަށް ހަޅޭ ލަވައިގަތެވެ. ހިތުގައި ވީ ހުރިހާ އުދާހެއް ބޭރުކޮށްލުމަށް އޭނާ ބާލީހުގެ ތެރެއަށް ހަޅޭ ލަވަމުން ދިޔައިރު އެ ހިތްދަތި އަޑު އެކޮޓަރިން ބޭރަކަށް އިތުރު ފަރާތަކަށް ނީވެއެވެ. ޒާރާ ވަރުބަލި ވުމުން ބާލިސް ދުރުކޮށްލައި ތެދުވެ އެނދުގައި އިށީނދެލިއެވެ. ހަޅޭލެވުމުގެ ސަބަބުން ކަރުން ދިލަ ނަގަމުން ދިޔައިރު އެލޯ އެވަރަށް ރުއިމުގެ ސަބަބުން ހުޅުވާލަން ވެސް އުނދަގޫ ވިއެވެ.

ހަވީރު ފިހާރައިން ގެއަށް އައި ގޮތަށް އޭނާ އެއޮތީ ކޮޓަރީގައި އެކަނި ރޯށެވެ. އެހިތަށް ކެތް ނުވީއެވެ. މިހުރިހާ ދުވަހު ބޭރު ނުކޮށް ހުރި އުދާސްތައް އެއްފަހަރާ ފުރިގެން ބަންޑުން ވީއެވެ. ޒާރާ އެނދުން ތެދުވެގެން ގޮސް ލައިޓު ޖައްސާލުމަށްފަހު ލޯގަނޑު ކުރިމަތީގައި ހުއްޓެލިއެވެ.

އެބުޅިބޯ އެއްކޮން ހޭވިފައި ވީއިރު ކޮލުގަޔާއި ލޯކައިރީ ކަރުނައާއި އެކު އަދުން ހިކިފައި ހުއްޓެވެ. ރަތްވެފައިވީ އެލޮލުގައި އަދިވެސް ކަރުނައިގެ އަސަރު ވީއިރު އޭނާއަށް ގިސްލެވެމުން ދިޔައެވެ. ޒާރާ ބަލަން ނުހުރެ ފާޚާނާއަށް ވަދެ ދެއަތް ޖޯޑު ފެން މޫނަށް ޖަހާލަމުން ސިންކުގައި އަތް ވިއްދާ އަމިއްލަ ސޫރައަށް ނަޒަރު ހުއްޓާލިއެވެ.

ފޭދިފައިވީ އަނދުންތައް ފޮހެލަމުން އޭނާ ހަމައަކަށް އެޅިލިއެވެ. ލޯގަނޑުން މިހާރު އެފެންނަ ސޫރައަކީ މަދުން ނޫނިއްޔާމު ފެންނާނެ ސޫރައެއް ނޫނެވެ. މިހާ ދުވަސް ވަންދެން ވެސް ޒާރާ އުޅުނީ އިއާންއާއި ނުލައެވެ. ހިތްވަރު ކޮށްގެން ލޮލުން އެގޮތަށް ކަރުނަ އޮހޮރާފައެއް ނުވާނެއެވެ. އޭނާ މިހާރު ވަކި ބަލި ކަށިވާކަށް ނޭދެއެވެ.

ރަތްވެފައިވީ ދެލޯ ފޮހެލަމުން އޭނާ އެ ބުޅި އިސްތަށިގަނޑު މައްޗަށް ނަގައި ހުޅިއެއް ޖަހާލިއެވެ. އެއް އިރެއްގައި ޒާރާއަށް އިއާންއާއި ނުލައި ނޫޅެވޭނެއޭ ހިތަށް އެރި ނަމަވެސް މިއަދު އެކަން ބަދަލު ވެއްޖެއެވެ. މިހާރު އެފެންނަ ސޫރައަކީ ޒާރާ އަބަދު ވެސް ދެކޭ ސޫރައެވެ. މި ޒާރާއަށް އިއާންއާއި ނުލައި އުޅެވޭނެއެވެ.

****

ސޯޓު މައްޗަށް ނަގައި ގޮށް އަޅުވާލަމުން އިއާން ލޯގަނޑު ކައިރ ހުއްޓި އިސްތަށިގަނޑު ރީތި ކޮށްލިއެވެ. އޭރު ޓައިލްސްތަކު މަތީ ވެއްޓިފައި އޮތް ތުވާލި ނަގައިގެން ރައިނާ ގޮސް އޭތި ހަރުގަނޑުގައި އަޅުވާލިއެވެ. އެތުންފަތުގައި ލުއި ހިނިތުން ވުމެއް ވީއިރު އޭނާ އައިސް ފަހަތުން އިއާންގެ މެދުހަށީގައި ބައްދާލިއެވެ.

“އައި ލަވް ޔޫ…” ރައިނާ ވައި އަޑުން މިހެން ބުނެފައި އިއާންގެ ކޮނޑުގައި ބޮސްދިނެވެ. “ހޫމް..” އިއާން މިހެން ބުނެފައި ރައިނާގެ އަތް ދުރުކޮށްލަމުން ގޮސް އަލަމާރިން ޓިޝާޓެއް ނެގިއެވެ. “އިއާން..” ރައިނާ ގޮވާލުމުން އިއާން ބޮލުން ޓީޝާޓު ގަޔަށް މަހާލަމަށްފަހު އޭނާއަށް ނަޒަރު ހުއްޓާލިއެވެ.

“ވަޓް؟ ރައިނާ ބޭނުންވި ކަންތައް ވީނުން.. ދެން އިތުރަށް ކިހިނެތްތަ ހަދަންވީ؟” އިއާން ފޫހި ގޮތަކަށް މިހެން ބުނެފައި ގޮސް ޗާޖަށް ޖަހާފައި އޮތް ފޯނު ނައްޓާލިއެވެ. އިއާންގެ އަމަލުތައް ހުރިގޮތުން ރައިނާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ތުންފަތުގައި ދަތް އަޅާލިއިރު އެލޯ ކަރުނުން ފުސް ވިއެވެ.

“އިއާން އަހަރެން ކޮންކަމެއް ކޮށްގެން ތިހެން ތިހަދަނީ؟ އަހަރެން ވެސް ދެރަވެއޭ. ކިތަށް ފަހަރު އަހާނީ.. އަހަރެންގެ ކުށަކީ ކޮބާތަ؟” ރައިނާ މިހެން ބުނެފައި ރޮމުން ގޮސް އެނދުގައި އިށީނދެ ދެއަތުން މޫނު ފޮރުވާލިއެވެ. އިރުކޮޅަކު އެއްޗެކޭ ނުބުނެ ހުރި އިއާންއަށް ރައިނާގެ ރުއިމުގެ އަޑު އިވެމުން ދިޔައެވެ.

ތެދެކެވެ. ޒާރާގެ ޚިޔާލުތަކާއި ހެދި މިވާ އުނދަގޫގެ ރުޅި ރައިނާއަށް ބޭލުން ހައްޤެއް ނޫނެވެ. މިކަމުގައި ރައިނާގެ އެއްވެސް ކުށެއް ނެތެވެ. އޭނާ މިހާ ދުވަހު މާލެ ނައިސް ޒާރާއާއި ދުރުކުރީ ވެސް މިހެން ވެދާނެތީއެވެ. އިއާން ލަސް ފިޔަވަޅު ތަކެއްގައި ގޮސް ރައިނާގެ މޫނުން އަތް ނަގައި އެލޯ ފޮހެލަ ދިނެވެ.

އެއަށްފަހު އިއާން ނިކަން ލޯބިން ރައިނާގެ ނިތުގެ ބޮސް ދިނުމަށްފަހު ހީލިއެވެ. “އައި އެމް ސޮރީ.. ވޭތުވެ ދިޔަ ދުވަސްކޮޅު އަހަންނަށް ވަރަށް ގޯސްކޮން ރައިނާއާއި ދޭތެރޭ ކަންތައް ކުރެވުނީ. މީގައި އަސްލު ރައީގެ އެއްވެސް ކުއްށެއްނެތް. ސޮރީ.. ވަރަށް ބޮޑަށް ސޮރީ ދޫންޏާ..” އިއާން މިހެން ބުނެފައި ރައިނާ ގެނެސް އެމޭގައި ފޮރުވާލިއެވެ.

“ހިނގާ މިރޭ ބޭރަށް ކާން ގޮސް ދުއްވާލަން ދާން.. އައި ޕްރޮމިސް އަ ވިލް މޭކް ދިސް އަޕް ޓު ޔޫ. އޯކޭ؟” އިއާން ހިނިތުންވެފައި މިހެން އަހާލުމުން ރައިނާ ލޯ ފޮހެލަމުން ބޯ ޖަހާލިއެވެ.

****

ބެލްކަނީގައި ގޮނޑިއެއްގައި އިނދެ ދެފައި ކައިރީގައި ހުރި އެހެން ގޮނޑި އަކަށް ލައިގެން އިން މިރުޝާލްގެ ނަޒަރު ވަނީ އުޑަށް ހުއްޓިފައެވެ. ކަޅު ކުލައިގެ ސާލެއް ފަތުރާލާފައި ވީއިރު ރިހި ކުލައިގެން ބަބުޅާ ތަރިތަކުން އެއުޑުވަނީ ޖަރީ ކުރެވިފައެވެ. “ހަލޯ..” ކަންފަތުގައި ފޯނު ޖަހައިގެން އިން މިރުޝާލް ވާހަކަ ދެއްކިއެވެ.

“ކިހިނެތްތަ؟ އާނ ވަރަށް ދުވަސް ކޮށްލާފައި ދޯ މިގުޅުނީ..” ފޯނުން ވާހަކަ ދައްކަމުން މިރުޝާލް ބުނެލިއެވެ. “އޭތް ތިއެއް ނޫނޭ މިއުޅެނީ ވަރަށް އަވަހަށް ރަށަށް ޖައްސާލަން ވެގެން… ދެން ދެތިން ދުވަސް ތެރޭގައި ދާނަން.” ގޮނޑިމައްޗަށް ލައިގެން އިން ފައި ތަޅުވަމުން މިރުޝާލް ވާހަކަ ދެއްކިއެވެ.

“އަދި ވާހަކައެއް އަހާލަންތަ؟ ކުލްސޫމް އަދި ވެސް ރަށުގަތަ އުޅެނީ؟” މިރުޝާލް ޔަޤީން ކޮށްލަން އަހާލިއެވެ. “މިރުޝާލް!” އެވަގުތު ފަހަތުގައި ހުރި ތަސްލީމާ ގޮވާލުމުން މިރުޝާލް ސިހިފައި އަތުގައި އޮތް ފޯނު ނުވެއްޓުނީ ކިރިޔާއެވެ. “މަ.. މަންމާ.” މިރުޝާލް ފޯނު ކަނޑާލަމުން ވާހަކަ ދެއްކިއެވެ.

“ކީކޭ ތިކިޔަނީ ފޯނުން؟” މޭމައްޗަށް އަތް ހުރަސް ކޮށްލައިގެން ހުރެ ތަސްލީމާ އަހާލިއެވެ. “މިއީ ރައްޓެއްސެއް.. ބިޒްނަސް ކުޑަ ވާހަކައެއް ދައްކާލީ..” ގޮނޑިން ތެދުވަމުން މިރުޝާލް ބުނެލިއެވެ. “ކޮންމެހެން މަންމައަށް އޮޅުވާލަން އުޅޭނެ ކަމެއް ނެތް.. އަހަންނަށް އަޑު އިވުނޭ ދެންމެ.. އަދިވެސް އޭނާ މަތިން ހަނދާން ނައްތާލާކަށް ނުވޭތަ މިރުޝާލް. މަންމަ ހީކުރީ މިހާ ދުވާސް ވާއިރު ދެން..” ތަސްލީމާ ހިތްހަމަ ނުޖެހިފައި ހުރެ ވާހަކަ ދެއްކިއެވެ.

“މަންމާ އެކަހަލަ ކަމެއް ނޫނޭ.. އެދެން ހަމަ އަހާލީ.” މިރުޝާލް ބުނާނެ ވަކި އެއްޗެއް ނޭނގި ހުރެފައި ބުނެލިއެވެ. “ހެވޭ.. އަހާނެ ކަމެއް ވެސް ނެތް. ބަލާނެ ކަމެއް ވެސް ނެތް.. މަންމަ ބުނަންތަ ވާހަކައެއް. މިރުޝާލްއަށް މިކަން ނޭނގެނީހެން މަންމައަށް ހީވަނީ.. ތި ކުއްޖެއް މިހާރު އުޅެނީ މީހަކާ ވެސް އިނދެގެން.. އޭނާ ދަރި އެއްވެސް ހުރޭ. އެހެންވީމަ މިރުޝާލް ތި ވިސްނާކަމެއް ކުރަން ހިތަށް ވެސް އަރުވައިގެން ނުވާނެ. އަޑު އިވިއްޖެ! އޭނައާއި ހެދި އަހަރެމެންނަށް ވީ.. ދެން ނޭނގެ. މި ދެއްކި ވާހަކަ މިރުޝާލް ހަދާން ކުރާތި!” ތަސްލީމާ އެއްފަހަރާ އެއްޗެހި ކިޔާލުމަށްފަހު އެތަނުން ދިޔައެވެ.

ނަމަވެސް ތަސްލީމާއަށް ނޭނގޭ ކަމަކީ މިރުޝާލްއަށް ނޭނގޭ ވާހަކައެއް އޭނާއަށް ނުދެއްކޭ ކަމެވެ. ގޮނޑީގައި އިށީނދެލި މިރުޝާލް އަނެއްކާ ވެސް އުޑަށް ނަޒަރު ހިންގާލި އިރު މާޒީގެ ސޮފްހާތަށް އުކެން ފެށުނެވެ.

****

“ކޮންތާކަން ދެކުދިން ރީތި ވެލައިގެން.” ކޮފީތައްޓެއް ގިރަން ހުރި ޖޫލް އަހާލިއެވެ. އޭރު އިއާންއާއި ރައިނާ ބޭރަށް ދާން ކޮޓަރިން ނިކުންނަނީއެވެ. “މިދަނީ ބޭރަށް.. މަންމަ ކޮބާ؟” އިއާން ފޯނު ޖީބަށް ލަމުން އަހާލިއެވެ. “މައްޗަށް ގޮއްސަވީ ކާން..” ޖޫލް ބުނެލިއެވެ. “އޯ.. އޯކޭ.. މަންމަ ކައިރި ބުނެލައްޗޭ ދޮންބެމެން މިރޭ ބޭރުންނޭ ކަނީ” އިއާން މިހެން ބުނެފައި ރައިނާއާއި އެކު ނިކުތެވެ.

“ނާއިކް މައްޗަށް ކާން ދާއިރުން މަންމަ ކައިރި ބުނެލައްޗޭ އެހެން.. އާނ ދެން އަހަންނެއް ވެސް ނުކާނަމޭ ބުނޭ. ބާބަކިއުއަށް ދިޔައީމަ އައި އެމް ޓޫ ފުލް.” ސިޓިން ރޫމް ސޯފާގައި އިން ނާއިކްއަށް ގޮވާލަމުން މިހެން ބުނެފައި ޖޫލް ގޮސް ކޮޓަރިއަށް ވަނެވެ. ކޮފީތަށި ހިފައިގެން ގޮސް އެނދު ކައިރީގައި ހުރި ކުޑަ މޭޒު މޭޒުމަތީގައި ތަށި ބަހައްޓަމުން އެނދުގައި އޮތް ލެޕްޓޮޕް ނަގައި ހުޅުވާލިއެވެ.

ލެޕްޓޮޕް އިން ‘ސްކޭންޑަލް’ ސީރީޒް އަޅުވާލުމަށްފަހު އޭނާ ކޮފީ ބޮމުން އެ ބަލަމުން ދިޔައެވެ. ކުއްލިއަކަށް ފޯނަށް މެސެޖެއް އައި އަޑު އިވުމުން ކޮފީ ތަށި ކައިރީގައި ޗާޖަށް ޖަހާފައި އޮތް ފޯނު ނަގައި ބަލާލިއެވެ. އެއީ ވައިބާއިން ‘އަންނޯން’ ނަމްބަރަކުން ކޮށްފައި އިން މެސެޖެކެވެ.

ހަމައެކަނި ‘އަންނޯން’ ޖަހާފައި އިން އިރު އެފަރާތުގެ ނަމްބަރެއް ވެސް ނެތެވެ. ހާއިއޭ ކިޔައި ކުރު މެސެޖެއް ކޮށްފައި އޮތްއިރު ކާކު ކަން ނޭގޭރީ ޖޫލް ފޯނު ބޭއްވުމަށްފަހު އަނެއްކާ ވެސް ލެޕްޓޮޕަށް ނަޒަރު ހުއްޓާލިއެވެ. އިރުކޮޅަކަށްފަހު އިތުރު މެސެޖެއް އައުމުން ބަލާލ ިއިރު ހަމަ އެފަރާތުން ކޮށްފައި އޮތް މެސެޖެކެވެ.

‘ދެން ހަމަ ސީން ޒޯން ކޮށްލާނީތަ؟’ މެސެޖުގައި މިހެން ލިޔެފައި އޮތުމުން ޖޫލް ޖަވާބުގައި ތިއީ ކާކުތޯ އަހާލިއެވެ. އިރުކޮޅެއްފަހުން އައި މެސެޖުގައި ޖޫލްއަށް އެއީ ކާކުކަން އިނގޭނެ ކަމަށް ބުނެފައި ވިއެވެ. ޖޫލް ނޫނެކޭ ބުނެ މެސެޖު ކުރުމަށްފަހު ފޯނު ބޭއްވި ތަނާހެން އަނެއްކާ ވެސް އިތުރު މެސެޖެއް އައެވެ.

ބޯން ނެގި ކޮފީތަށި ދުރުކޮށްލަމުން ޖޫލް ފޫހި ގޮތަކަށް ފޯނުން މެސެޖުނަގައި ހުޅުވާލިއެވެ. ‘ރޫމް ނަމްބަރު 402 މިހާ އަވަހަށް ހަނދާން ނެތުނީތަ؟’ އެ މެސެޖު ކިޔާލުމާއި އެކު ޖޫލްއަށް ހީވީ މެއަށް ހޫނު ފެންއެއްޗެއް އޮއްސާލި ހެންނެވެ. ހިފައްޓައިގެން އިން ކޮފީތަށި ވެއްޓި ތަޅައިގެން ދިޔައިރު ގައިން ހީބިހި ނަގައިގެން ގޮސް އިރުކޮޅަކު އެ މެސެޖަށް ގެއްލިފައި އިނެވެ.

‘ޑިޑް ޔޫ މިސް މީ؟’ އެފަރާތުން ލިބުނު އިތުރު މެސެޖް ކިޔާލުމަށްފަހު ޖޫލް އަވަސް އަވަހަށް އެނަމްބަރު ބްލޮކް ކޮށްލިއެވެ. އެއަށްފަހު ފޯނު ދުރަށް އެއްލާ ލަމުން ތަޅައިގެން ގޮސްފައި އޮތް ތައްޓަށް ނަޒަރު ހުއްޓާލަމުން ތެދުވެ އެ އެތިކޮޅުތައް ހޮވަން ފެށިއެވެ. އޭރު ވެސް އެހިތް ނެގިނެގިފައި ޖެހެމުން ދިޔައިރު ހިތުގައި ބިރުވެރި ކަމުގެ ރާޅު ބާންޏެއް އުފެދުނެވެ.

****

ސައިކަލުގައި ބޭރު މަގުން ލާފައި އިއާންއާއި ރައިނާ ދިޔައިރު ޖެހެމުން ދިޔައި ފިނި ވައިރޯޅި ތަކުން ހީބިހި ނަގުވާލައެވެ. އިއާންގެ ކޮނޑުގައި ބޯ އަޅާލައިގެން އޮތް އިރު ރައިނާ ހުރީ މިވަގުތުކޮޅު އިއާންއާއި އެކީ ހޭދަ ކޮށްލެވޭތީ ހިތްހަމަޖެހިފައެވެ. އިއާން އައިސް ސައިކަލު ޕާކު ކޮށްލުމަށްފަހު ރައިނާގެ އަތުގައި ހިފައުގެން ‘ސީ ހައުސް’ އަށް އަރަން ދިޔައެވެ.

ދެމީހުން އެކީގައި އަތް ގުޅުވާލައިގެން އެތެރެއަށް ވަދެގެން ގޮސް ބޭރުގައި ފިނިވައިޖެހޭ މޭޒެއްގައި އިށީނދެލިއެވެ. މާލެ ފަޅުން ނިކުންނަ ފެރީތައް އަވަސް ދުވެލީގައި ދަތުރު ކުރަމުން ދިޔައިރު ޖަހަމުން ދިޔަ ރާޅުގެ ހިތްގައިމު އަޑު އިވެމުން ދިޔައެވެ. “ކިހައި ހިތްގައިމު މިތަން..” ބޭރަށް ނަޒަރު ހުއްޓާލައިގެން އިނދެ ރައިނާ ވާހަކަދެއްކިއެވެ.

ދެމީހުން އެކި ވާހަކަ ދައްކަމުން ގޮސް ކެއުމަށް އޯޑަރު ދީގެން ތިއްބެވެ. ޒާރާގެ ޚިޔާލުތަކާއި ދުރުވެލައި އިއާން ހަމަޖެހިލައިގެން މިވަގުތު ކޮޅު ރައިނާއަށް ސަމާލުކަން ދީގެން އިންއިރު އޭމޫނުމަތިން އުފާވެރިކަން ފާޅުވެއެވެ. “އިއާން އަހަރެން ބޭނުން ޗީޒް ކޭކް ކާން..” ރައިނާ މިހެން ބުނުމުން އިއާން ހިނިތުންވެލިއެވެ.

ދެފަހަރަކު ވެޓަރަށް ހަނާ އަޅާލުމުން ނުފެނުމުން އިއާން ތެދުވެ ރިސެޕްޝަނާއި ދިމާއަށް ދާން ހިނގައިގަތެވެ. ކައުންޓަރު ކައިރީގައި އެކި ވައްތަރުގެ ފޮނި އެއްޗެހިތައް ހުރި އިރު އޭނާ އެތަން ބަލާލުމަށްފަހު އޯޑަރު ދިނެވެ. “ވަން ބްލޫ ބެރީ ޗީޒް ކޭކް..” އިނާން ހިނިތުން ވެލާފައި މިހެން ބުނި ތަނާ ފަހަތުން މީހަކު އޭނާގެ ކޮނޑުގައި ކޮއްޓާލިއެވެ.

“ހޭއި އަލީނާ.. ހަމަ ބޭރުން ދޯ މި ދިމާވަނީ..” އިއާން ހީލަމުން ބުނެލިއެވެ. “ހެހެ.. އާނ. ދެންމެ މިތަނަށް ވައިން ތަނާ އިއާން މިކޮޅަށް އަންނަތަން ފެނިގެން މަޑުކޮށްލީ. އެއިނީ ދޯ ވައިފް؟” އަލީނާ ދުރުގައި ފުރަގަސް ދީގެން އިން ރައިނާއަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. “އާނ” ބޭއިޚްތިޔާރުގައި މިހެން ބުނެވުމުން އެވަގުތު އިއާންގެ ހިތް ތެޅިލިއެވެ. އެއީ އަދި އަލީނާ ހީކުރާ އަނބިމީހާއެއް ނޫނެވެ.

“އައި ވޮނާ މީޓް ހާ.. ކޮން ދުވަހެއް މިހާރު ދިމާ ނުވާތާ ވެސް. އިއާން ވެއްޖެ ވިއްޔަ އޭނަ ގޮވައިގެން ފިލައިގެން ދާން. ހެހެހެ.. އަހަރެން އެބަ އަންނަން އިނގޭ.” އަލީނާ އޭނާގެ ރަޚުމަތްތެރިޔާ ކައިރި މިހެން ބުނެފައި ރައިނާއާއި ދިމާއަށް ހިނގައިގަތެވެ. އިއާން އެއްޗެކޭ ބުނުމުގެ ކުރިން އަލީނާ ދިއުމުން އޭނާ އަވަސް ފިޔަވަޅު ތަކެއްގައި ގޮސް އަލީނާއާއި އަރައި ހަމަ ކުރިއެވެ.

“ބޯ ފަން ކޮށްލީތަ މިހާރު؟ ނައިސް..” ރައިނާގެ އިސްތަށިގަނޑު ކައިރިން ފެނުމުން އަލީނާ އިއާންއާއި ދިމާއަށް ބުނެލިއެވެ. މިވަގުތު އިއާން ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ދެން އަލީނާ ނުހުއްޓުވޭނެކަން އިނގުމުން އޭނާ ހީލިއެވެ. “ހޭއި..” އަލީނާ ހޮސް ރައިނާ ކޮނޑުގައި އަތްލައި ގޮވާލި ވަގުތު އޭނާ ފަސް އެނބުރި ބަލާލިއެވެ.

ކުރިމަތިން ހީކުރި ސޫރަ ނޫން އެހެން ސޫރައެއް ފެނުމުން އަލީނާ ހައިރާންވިއެވެ. މިއީ އޭނާ ދަންނަ މޫނެއް ނޫނެވެ. އޭނާގެ ކުރިމަތީގައި އެހުރީ އިއާންގެ އަންހެނުން ޒާރާއެއް ނޫނެވެ.

-ނުނިމޭ-

Comments (49)

  1. Nargis

    Happy new year all ?
    hope you all will have a wonderful year and let me know how this part was. your comments is what keeps me going. ❤️ see you on next part in sha allah on saturday.

  2. mansha

    wow.. varah furihama sifakurun. hama kiyaala hithun idhe mi kiyaali. varah interesting mihaaru.

    1. Nargis
      mansha

      thanks

  3. girl :)))

    ooohh. v reethi

    1. Nargis
      girl :)))

      thank you

  4. leen

    Happy new year nargis. habeys igey vaahaaka. regular kon mi gotha up kohdhechey. mee mihaaru inthizaaru kurevey vaahaka aki.

    1. Nargis
      leen

      happy new year and thanks ?

  5. ainth

    this is so nice. alhey zara ah kihinetha ian e hedhi. thinkan bust vaairu nikan foari hunaane. and happy new year dear.

    1. Nargis
      ainth

      thanks

  6. blues

    vvvvvv salhi igey. waiting for sat ❤️❤️

    1. Nargis
      blues

      thanks

  7. Faathun

    Hurihaa kame ves varah furihama mi vaahakaiga. sifakurun ves vaahakage haadhisaa tha genes dheefa huri goi ves. kiyaala hithun kiyuni.

    1. Nargis
      Faathun

      aw thank you so much ?

  8. Yaaa

    V nice story . Wn nxt prt updat

    1. Nargis
      Yaaa

      thank you. On saturday

  9. Aik

    V reethi hyvanee hama film eh balaalevey hen. Sifa kurun v reethi

    1. Nargis
      Aik

      Thank you so much. glad you like it ?

  10. Shahee

    aslu mi vaahak adhi kiya eh nulan. friend eh buni varah salhi yo. ehenve miadhu fashaigen mi kiyaali. Nau enme faahaga v mi story ge sifakurun varah furihama kama. heevey hama fenahen. welldone on that. and plot ves varah salhi. can’t wait for next episode. dhen imlaa kuh konme ves varaka hurey. just corrected that. aneh hen hama varah furihama. laraa liyaa vaahaka thakuge ibaarai kurumaa varah gulhey. ??

    1. Nargis
      Shahee

      thank you dear ?

  11. Noora

    alheyyy zara. kon irakun tha emeehunge vaahaka genes dheyni. i wanna know what happened between them. varah interesting igey mihaaru mi vaa goi.

    1. Nargis
      Noora

      thanks

  12. lara

    varah salhi. and ian is ❤️❤️ hott!!!

  13. Anwar

    Very nice. Cang wait for the next part. Past kiyaidheny kon irakun thA

    1. Nargis
      Anwar

      thank yoi. past adhi anaane.

  14. Faathee

    Mi site ga mihaaru in enme reethi vaahaka mee. Adhi ehaa furihama. Alhe week ehga 3 faharu up kohla dheveyne gothe nuvaane tha? Pls pls pls pls. Maa dhogu inthizaareh kuran mi jehenee khonme faharaku

    1. Nargis
      Faathee

      aw thank you dear. aslu vaa gotha ki varah gina iru nagaa kame episode eh liyu maki ves. ehenve 2 faharu up kurani so i can get three days gap to write the story. but each episode is around 10 pages so dhiguvaane. and the story gets reviewed e ah fahu publish vani so might not get published on the exact ehen v three faharu up nukure veyni. hope the readers would understand and glad you all like the story ?

  15. LOLLY?

    Mi story feshigen kiyeynee kihineh????

    1. Nargis
      LOLLY?

      click on my name Nargis near the poster. you will see all the part. ?

  16. inaya

    salhi vaahaka eh mi. hurihaa part eh kiyaali mi. thafaathu concept eh

  17. minnu

    ok vaane dhen 3 faharu up nukiyas. aslu writers ves varah masakathun dhw liyaani so we readers should appreciate it. mi vaahakaige sifakurumaai ibaarai kurun varah reethi. so worth the wait. ?

  18. Hawwoo....

    Nice??☺

  19. MAL MAL

    VVVVVVVVVVVVV SHALHI .MIHAA RYTHI STORY EH MAL NUKIYAN ADHI

  20. sweetie

    Varah fakkaa. Hama habeyxxxxxxf.

  21. Aakee

    vv reethi mivaahaka … kon irakun up kohla dheynee

  22. lpl

    vaahaka up nukurany?

  23. Faathee

    Waiting. Pls avaha up kohla dheebaa ?

  24. Nargis

    Hey all. I have been really busy these past few days so didn’t have time to write. But don’t worry i’ll update it on Tuesday in sha allah. Sorry for the delay.

  25. Umey

    Konirukun upload kuraany mi vaahaaka

  26. maix

    Miadhuves mireyves nuvi alhe narugis konthaakuthiulhenee

  27. Faathee

    Narugis pls up kohla dhecehy. Vara reethi mi story. M8 hisaabah genes dheefa hutaaleema kiyun therin vara dhera vaane. Mi khala reethi adhi mihaa furathama vaahaka eh kiyan libenee vara madhun. Ehenveema vara beynun vey mi vaahaka nimen dhen ves kiyan. Adhi mi vaahaka nimumun Narugis ithuru ehen vaahaka eh ves kiyaalan genesla dheyn vaane

  28. Aisha

    Kon dhuvahakun tho vaahaka up vaany?? 🙂

  29. Anonymous

    still up nuvey. waiting for the update. plx mske it soon,

  30. Afu

    Varah foohi vey delay vanya. bunaa dhuvahah upload nukurevenya dhuvas nubuneem kanneynge rangalhu vaany. Tuesday gossi mihaaru ekam adhives upload eh nuvey vaahakaige next part eh. Atleast fahun ves bunelaanama upload nukureveny ves. ?

  31. Kiyaa

    Aley wàitng waiting ey…..

  32. Shix

    Dhen kondhuvahakun tha mi update koehdheveyni mihaaru haadha inthizaareh kureviehje yeeee

  33. Mee

    Adhi ves Tuesday eh naadhey tho???

  34. Princess

    Mi stry dhn up nuvaaneetha? Nargis plx continue the story.

  35. Love

    Vayah arain dhiyaee dhw

  36. Samane

    Then faharakune Thakolhe theguko leyela theche

Comments are closed.