“އެކީއްވެ؟ އިއާންއެއް ނޫންތަ ވާހަކަ ދައްކަ ބޭނުން ވެގެން ތިއުޅެނީ.. ދެން ލެޓްސް ޓޯކް. އިއާން ކީއްވެ އަހަންނަށް ދޮގު ހަދައި އޮޅުވާލީ؟ ކީއްވެ އެހެން ކައިވެންޏެއް ކުރި އިރު އަހަންނަށް އަންގާނުލީ؟ އައި ޑީޒާވް ޓު ނޯ އިއާން.. އަހަރެން މިއީ އިއާންގެ އަންހެނުންނޭ!” ޒާރާގެ ދުލުން އެބަސްތައް ބޭރުވުމާއި އެކު އިއާން ބޭއިޚްތިޔާރުގައި ގޮށްމުއްކަވާފައި ކައިރީގައި ހުރި ޝެލްފުގައި ޖެހިއެވެ. އެއަޑަށް ދުރުގައި ތިބި ބައެއް މީހުން އެދިމާއަށް ބަލާލި އިރު އިއާންގެ މޫނުމަތިން […]
“އާން..” އެދުލުން އެނަން އިވުމާއި އެކު އިއާންގެ ހިތަށް ފިނިކަމެއް ލިބުނު ކަހަލައެވެ. “ޒާރާ..” އިއާންއަށް އެތަށް ޒަމާން ތަކަކަށްފަހު އެނަން ފާޅުގައި ކިޔާލެވުމުން ދެލޯ ކަރުނުން ފުސްވިއެވެ. ޒާރާ ކަޅި ޖަހައި ނުލައި އިއާންއަށް ބަލަން ހުރި އިރު އެލޮލުގައި ގިނަވި ކަރުނަތައް އެއްވެސް އިޚްތިޔާރަކާއި ނުލައި އެސްފިޔަތައް ދަށުން ފޭބިއެވެ. އެއަތްތިލަ އިއާންގެ މޫނާއި ދިމާއަށް އައިރު އެލޮލުގައިވީ ޖަޒްބާތް އިއާންގެ ލޮލުގައި ވެސް ވިއެވެ. އެއަތުގެ ބީހިލުމަށް އިންތިޒާރު ކުރަމުން ދިޔަ އިއާން […]
“އިއާން.. ޑޭމް އިޓް. ކޯއްޗެއްތަ ތިފޮރުވަނީ މާވަރަކަށް؟” އެނދުގައި އޮށޯވެލި މިރުޝާލް އަތުގައި އޮތް އޮރެންޖް މަށަމުން ވާހަކަދެއްކިއެވެ. އޭރު އުނގަށް ލެޕްޓޮޕް ލައިގެން އިނދެ އިއާން މަސައްކަތް ކުރަމުން ދިޔައިރު އޭނާގެ މޫނުމަތިން ފާޅުވަނީ ނުތަނަވަސް ކަމެވެ. “މަޑުކޮށްބަލަ.. ދެނަމޭ ލެޕްޓޮޕް. ބުނެފިން ދޯ އީމެލް ޗެކް ކޮށްލަނީއޭ.” އިއާން ރުން ކުރުގޮތަކަށް ބުނެލިއެވެ. “އީމެއިލް ޗެކް ކުރެވޭނެ ފޯނުން ވެސް. މިހާރު އަހަރެންގެ ލެޕްޓޮޕް ހިފައިގެން އިންނަތާ ވެސް ގަޑިއިރެއް ވެއްޖެ.” އޮރެންޖު ފޮއްޗެއް […]
އުޑުމަތީ ބޯކުރަމުން ދިޔަ ކަޅު ވިލާތަކުން ވާރޭ ކަނި ޖަހަމުން ދިޔައެވެ. ޖެހެމުންދިޔަ ބާރު ވައިން ޒޫން އަޑު ކިޔަމުން ދިޔައިރު މުޅި މާހައުލު ވަނީ އަނދިރިވެފައެވެ. ޕޭވްމަންޓު މަތީ ކުޑައެއް އަޅައިގެން ހުރި އެ އަންހެންކުއްޖާ އަތުގައި އޮތް ދަބަސް މެޔާލައި ބޮނޑި ކޮށްލައިގެން ހުރީ މަގުމަތިން ކާރެއް ލިބޭ ތޯއެވެ. އެތަށް އިރަކު މިހެން ހުރި ނަމަވެސް މިގަޑީގައި އެތަނަށް ކާރެއް ހުއްޓާނެ ކަމާއި މެދު ޝައްކެވެ. ވާރޭ ކަނިތަށް ބޯ ކުރަމުން ދިޔަވަރަކަށް […]
ފަތިހުގެ ތެތް ފިނިކަމުގެ ތެރޭގައި މާމެލާމެލި ވަނީ ޝަބްނަމްގެ ތިކިތަކުން ޖަރީ ކުރުވާފައެވެ. އިރުގެ ދޯދިތަށް ވިލާތަކުގެ ނިވަލުން ޖައްވަށް މަރްހަބާ ކިޔަމުން ދިޔައިރު ދޫނު ސޫފާސޫފީގެ ހިތްގައިމު ރާގުން ހިތްތަކަށް ފިނިކަން ގެނުވައެވެ. ކުޑަދޮރު ކައިރީގައި ތުމުން މަޑު ރާގެއް އަޅުވާލައިގެން ރައިނާ ހުރީ ކޮފީ ތައްޓެއް ހިފައިގެންނެވެ. ކަޅު ކަންގަދަ ބޯ އިސްތަށިގަނޑު ފަހަތަށް ދޫކޮށްލެވިފައި ވީއިރު ލައިގެން ހުރީ އަތް ހާމައަށް އޮތް ކުރު ނައިޓީއެކެވެ. އެދޮންފައި ހާމައަށް އޮތް އިރު ޖެހިލާ […]