
އެއްއަހަރު ވީއިރު އަހަރެންނަށް ރަނގަޅަށް ލިޔަންކިޔަން ދަސްވެއްޖެއެވެ. އެކަމަށް ޒާހިދާއްތައަށް ޝުކުރު އަދާކުރީމެވެ. ދުވަހަކުވެސް ޒާހިދާއްތަ އެކޮށްދިން ކަންތަކުގެ އަގު ނުދެވޭނެކަން އަހަރެން ޤަބޫލުކުރަމެވެ. ނަމަވެސް ދުވަހެއްގެ ކޮޅުންވެސް ޒާހިދާއްތަ އަހަރެން ގާތު ކަމަކު އެދެފިނަމަ އެކަމެއް ކޮށްދިނުމަށް އަހަރެން އަމިއްލަ ނަފްސަށް ވަޢުދުވީމެވެ.
އެއްރޭ ފައި މޮޑެދޭން އިނދެފައި އަހަރެން މަންމައާ ބެހޭގޮތުން ޒާހިދާއްތައާ ސުވާލުކުރީމެވެ. ޒާހިދާއްތަ އަހަރެންނަށް މަންމައާއި ބައްޕަގެ ވާހަކަ ކިޔައިދިނެވެ. ޒާހިދާއްތަ ބޮޑުބެއާ ކައިވެނިކޮށްގެން އައިއިރު މަންމަ އެހާ ބޮޑެއް ނޫނެވެ. މަންމައަކީ އާއިލާގެ އެންމެ ހަގު ކުއްޖާކަމުން އެންމެންވެސް ވަރަށް ލޯބިވެއެވެ. ބޭނުންވާ ހުރިހާ އެއްޗެއް ހޯދައިދެއެވެ. މަންމައަކީ ކިޔެވުމުގައިވެސް ފާހަގަކޮށްލެވޭ ކުއްޖެކެވެ. ނަމަވެސް މަންމަ ބައްޕައާ ގުޅުން ވެގެންދިޔައީ މަންމަގެ މުޅި ދިރިއުޅުން ހަލާކުވެގެން ދިއުންކަމަށެވެ. ބައްޕައަކީ މިރަށު މީހެއް ނޫނެވެ. މަންމަ ބައްޕައާ ނުގުޅުމަށް މަންމަގެ ރައްޓެހިންވެސް ބުނަމުން ދިޔައެވެ. އެހެންނަމަވެސް މަންމަ ބައްޕައާ ރައްޓެހިވެ ލޯބީގެ ގުޅުން އުފެއްދިއެވެ. މިކަމާ ކާފަ ރުޅިއައިސްގެން މަންމަ ގޭގައި ބަންދުކުރިއެވެ. ސްކޫލަށް ދާން ނޫން ގޮތަކަށް ގެއިން ބޭރަށް ނުކުތުން މަނާކުރިއެވެ.
ދެތިން ހަފްތާ ފަހުން އެނގުނީ މަންމަ ސްކޫލަށް ނުދާކަމެވެ. ސްކޫލަށްދާ ގަޑިގައި ބައްޕަ އުޅޭ ގެއަށް ވަންނަނީއެވެ. ދެން ސްކޫލް ނިމޭ ގަޑި ޖެހުމުން އެނބުރި ގެއަށް އަންނަނީއެވެ. މަންމަ ސްކޫލަށް ނުދާކަން އެނގުނީ މަންމަގެ ރައްޓެއްސެއްގެ ފަރާތުންނެވެ. މަންމަ ސްކޫލަށް ނުދާތީ، މަންމަ ބަލިވީތޯ ބަލާލަން އޭނާ އައެވެ. ވެގެން އުޅޭގޮތް އެނގުމުން އޭނަ މަންމައަށް ވަރަށް ނަސޭޙަތްދިނެވެ. ނަމަވެސް މަންމަ އެއިން އެއްވެސް ވާހަކައެއް އަޑެއް ނޭހިއެވެ. އެންމެފަހުން މަންމަ އަމިއްލައަށް މަރުވާން އުޅުމުން ކާފަ މަންމަ ގެއިން ނެރެލާފައި މާމަ އާދޭސްކޮށްގެން ގެއަށް ގެނައީއެވެ. މަންމަ ނާންނަން ހުރެފައިވެސް މަންމަގެ ބޭބެ ދިއުމުން ގެއަށް އައީ ޝަރުތެއް ކޮށްފައެވެ. އެއީ ވީ އެންމެ އަވަހަކަށް ބައްޕައާ ކައިވެނިކޮށްދިނުމަށް ބޭބެމެން ވަޢުދުވުމުންނެވެ. ކައިވެނިކޮށްގެން މަންމަ ދިޔައީ ބައްޕަ އުޅޭ ގެއަށެވެ. އެކަމާ މާމައާ ކާފަ ވަރަށް ހިތާމަކުރިއެވެ. މާމަ ބަލިވެގެން މަންމަ ބަލާ ދިއުމުންވެސް މަންމަ ނައިކަމަށް ޒާހިދާއްތަ ބުންޏެވެ.
މަންމަ އަހަރެންނަށް ބަލިވެ އިންދާ ބައްޕަގެ ހަޤީޤަތް އެނގިގެން ވަރަށް ރުޔެވެ. ލޯބީގެ ނަމުގައި ބައްޕަ މަންމައަށް ކެހިދިނީއެވެ. މަންމައާ ކައިވެނިކުރިއިރު ބައްޕަގެ އަނތްބަކާ ދެދަރިންވެސް ތިބެއެވެ. އެކަން އެނގުމުން މަންމަ ވަރަށް ދެރަވެ އެނބުރި ގެއަށް އައިކަމަށް ޒާހިދާއްތަ ބުންޏެވެ. ނަމަވެސް މާމަމެން މަންމަ ގެއަކު ނުބެހެއްޓިއެވެ. އެހެންކަމުން މަންމައަށް މަޖުބޫރުވީ އަނެއްކާވެސް ބައްޕަ ގާތަށް ދާށެވެ. އަހަރެން ވިހައިގެން އުޅުނުއިރު މަންމައަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ މަންމަގެ ރައްޓެހިންގެ ފަރާތުންނެވެ. އެހެންނަމަވެސް ބައްޕަ އަންގައިގެން އެމީހުން އެގެއަށް އައުން ހުއްޓާލިއެވެ.
މަންމަ ކޮއްކޮއަށް ބަލިވެ އިންދާ ބައްޕަ ދިޔަގޮތަށް އެނބުރިއެއް ނާދެއެވެ. ނަމަވެސް މަންމަ ގެއަށް އަންނާކަށް ބޭނުމެއްނުވިއެވެ. ކާފަ މަންމަ ބަލާ ދިއުމުން، އަމިއްލަ މަސައްކަތުން ދެކުދިން ގެންގުޅޭނެކަމަށް ބުނެ ގެއަށް ދިއުމަށް އިންކާރުކުރިއެވެ. އެކަމުގެ ހިތާމައިގައި ކާފަ ދުނިޔެ އަޅާ ދިޔައީއެވެ. ކާފަ ނިޔާވުމުން މަންމަ ކާފަގެ މޫނު ދެކިލަން ދިއުމުން މާމަ، މަންމަ އެގެއަށް ނުވަނުމަށް އެންގިއެވެ. އޭގެފަހުން މަންމަގެ މަރު ދުވަހާ ޖެހެންދެންވެސް އުޅުނީ އެކަނިމާއެކަންޏެވެ. ޒާހިދާއްތަގެ ވާހަކަ އަޑުއަހާފައި އަހަރެންނަށް ވަރަށް ރޮވުނެވެ.
“މާހީ! މާހީ ބޮޑުވެގެން އެކަހަލަ މީހަކާ ނީންނާތި. އިންނަންޏާ އިންނަންވާނީ މާހީއާ ކޮއްކޮ ބެލެހެއްޓޭވަރުގެ މީހަކާ.” ޒާހިދާއްތަ ބުންޏެވެ.
“ކާކު އަހަރެމެން ކަހަލަ ކުދިންނާ އިންނާނީ.” އެވަގުތު އަހަރެންނަށް ބުނެވުނެވެ.
އެރޭގެ ފަހުން އަބަދުވެސް އަހަރެންނަށް ވިސްނެނީ މަންމަގެ ދިރިއުޅުން ދިޔަގޮތާއި މެދުގައެވެ. މިދުނިޔޭގައި އިތުބާރު ކުރެވޭވަރުގެ މީހެއް ނޫޅެއެވެ. ހައްތަހާވެސް އުޅެނީ މަކަރުވެރިންނެވެ. އަނިޔާވެރިންނެވެ. މިފަދަ ދުނިޔެއެއްގައި އަހަރެންނާއި ކޮއްކޮ ބަލަހައްޓާ، އަހަރެންދެކެ ލޯބިވާނެ މީހަކު ވާނެބާއެވެ.
އަހަރުތަކަކަށްފަހު ޒައިން ރަށަށް އައުން ވެގެންދިޔައީ ޒާހިދާއްތަގެ މާޔޫސްވެފައިވާ މޫނަށް ހިނިތުންވުން ގެނުވި ކަމަކަށެވެ. ޒައިން ފުރަތަމަ ފެނިލުމުންވެސް އަހަރެންނަށް އޭނަ ވަރަށް ރީތިވިއެވެ. ބިޔަ ހަށިގަނޑެއްގެ ވެރިއެކެވެ. ފަތާ ބޮޑު މޫނެކެވެ. މީހާގެ ސިފައާއި ލާ އަންނައުނުންވެސް އޭނާއަކީ ރާއްޖޭން ބޭރުގައި އުޅޭ މީހެއްކަން ފެނުނު ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.
ޒައިންއަކީ ވަރަށް ހިތްހެޔޮ މިޒާޖެއްގެ ވެރިއެކެވެ. ޒައިންގެ ވާހަކަދެއްކުމުގައި ހުންނަ އޯގާތެރިކަމާއި އޭނާގެ ކުދިކުދި ސަމާސާކުރުންތަކުން އަހަރެންނަށް އޭނަ ވަރަށް ކަމުދިޔައެވެ. ރަށަށް އައިސް މާގިނަ ދުވަހެއްނުވެ އަހަރެމެން ދެމެދުގައި ރަހުމަތްތެރިކަން އުފެދުނެވެ. މަހެއްހާ ދުވަސްފަހުން ޒައިން ފުރިއެވެ. ޒައިން ފުރައިގެން ދިއުމުން އަނެއްކާވެސް އަހަރެންނަށް ފަޅުކަން އިހުސާސްވިއެވެ. އަހަރަކު އެއްފަހަރު ޒައިން ރަށަށް އާދެއެވެ. މިގޮތަށް އަންނަ ކޮންމެ ފަހަރަކު އަހަރެންނަށް ކޮންމެވެސް ހަދިޔާއެއް ގެނެސްދެއެވެ.
އަހަރުތައް ފާއިތުވަމުން ގޮސް އަހަރެންގެ އުމުރުން ސާދަ އަހަރު ފުރެން ގާތްވެއްޖެއެވެ. މިވީ ދުވަސްތަކުގައި އަހަރެންނަށް ދިރިއުޅުމުގައި ތަފާތު ތަޖުރިބާތަކެއް ކުރަން ޖެހުނެވެ. އެންމެފަހުން އަހަރެންވެސް ލޯތްބޭ އެކިޔާ ޖަޒުބާތުގައި ޖެހިއްޖެއެވެ. ލޮލުން ނިދި ފިލާ، ކާހިތްނުވެ އަބަދު އެސޫރަ ދުށުމަށް ހިތް އެދެންފެށިއެވެ. އަހަރެންގެ އެކަނިވެރި ހަޔާތަށް ލިބުނު ހިތްގައިމު އުފާވެރި ދުވަސްތަކުން އަހަރެންގެ ހިތި މާޒީ ފަސްއަޅާ ފޮރުވާލިއެވެ.
**********
އިޒްޔާން ފޮތް ލައްޕާލިއެވެ. “އަހަރެންނަށް މިކުރެވުނީ ކުށްހީއެއްތާ ދޯ؟ މަލަކާގެ ފަސްޓް ލަވްއަކީ އަހަރެންނެއް ނޫން. ޒައިން. ވަރަށް ފޫހިވޭ. ތިހިތް އަހަރެންނަށް ލިބުނީ ތިހިތުގަ އެހެން މީހަކު ފިރުމިފަހުން. އެހެން މީހެއްގެ ލޯބިން ތިހިތަށް އުފާ ލިބުނު ފަހުން.” އިޒްޔާން ދެއަތުން މޫނު ފޮހެލިއެވެ.
“މަލަކާ! އަހަރެންނަކަށް ނޭނގެ ތަޤުދީރުގަ ލިޔެވިފަ އޮތީ ކޮންގޮތަކަށް ކަމެއް. އަހަރެންނަށް މަލަކާ ލިބޭނެކަމެއް، ނުލިބޭނެކަމެއް. އެނގެނީ އެންމެ ކަމެއް. މަލަކާގެ މިފޮތުގައިވާ ކޮންމެ ޖުމްލައެއް އަހަރެންގެ މިހިތް ރޮއްވާލައިފިކަން. މަލަކާ ތި އުފުލި ބުރަޔާ ވޭން އަހަރެންނަށް އިހުސާސްވޭ.” އިޒްޔާން އަމިއްލަ ނަފްސާ ވާހަކަދައްކަން އިންދާ ބަންޤި ގޮވާއަޑު އިވުނެވެ. ރޭގަނޑު ހަތަރުދަމު ނުނިދާ ހުރުމުން ކަންނެތްކަން ހިއްސުތަކަށްވަނީ ބާރު ފޯރުވާފައެވެ. ނަމަވެސް ނަމާދުނުކޮށް ހުންނަން އިޒްޔާން ހިތްހަމައެއް ނުޖެހުނެވެ.
“މަލަކާ! އަހަރެން ދުޢާކުރާނަން މަލަކާގެ ދިރިއުޅުމުގައި އުފާވެރިކަން ލައްވަވާ މަލަކާގެ ފާފަ ފުއްސަވާތޯ.” އިޒްޔާން އެފޮތް އަތްދަބަހަށްލިއެވެ. އަދި ކޮޓަރި ތަޅުލާފައި ދިޔައީ ނަމާދަށެވެ.
އިޒްޔާން ނަމާދު ނިންމާލާފައި މިސްކިތުން ނުކުތް ވަގުތު މީހަކު ގޮވާލި އަޑު އިވިގެން ފަސްއެނބުރި ބަލާލިއެވެ. އިޒްޔާންއަށް ލިބުނީ ބަޔާންކުރަންދަތި އުފަލެކެވެ. ދެލޯ ބޮޑުކޮށްގެން ބަލަންހުރީ ފެންނަ މަންޒަރު ޤަބޫލުކުރަން ދަތިވެފައެވެ. ކުރިމަތީގައި ހިނިއައިސްފައި ހުއްޓިގެން ހުރީ ލޫތުއެވެ. ލޫތުއަކީ އިޒްޔާންގެ އެންމެ ގާތް އެކުވެރިޔާއެވެ. އިޒްޔާންއާ ލޫތުއާ ދެމެދު އެއްވެސް ސިއްރެއް ނޯވެއެވެ. ނަމަވެސް ލޫތު މެޑިސިން ހަދަން ދިޔަފަހުން އެދެމީހުންނަށް ވާހަކަދައްކާލާނެ މާގިނަ ފުރުސަތެއް ނުލިބެއެވެ.
“ހޭއި ލޫއްޕޭ! ކޮންއިރަކު އައީ؟ ނުވެސް ގުޅަމެއްނު.” އިޒްޔާން އުފަލުން ގޮސް ލޫތުގެ ބުރަކަށީގައި ޖަހާލިއެވެ. ދެމީހުންނަށްވެސް ލިބުނީ ބަޔާންކުރަންދަތި އުފަލެކެވެ.
“އައިސް އުޅޭތާ ދުވަސްކޮޅެއް ވެއްޖެ. ސަޕްރައިޒެއް ދޭންވެގެން ނުގުޅީ. ކުރިން ދުވަހު ތިގެއަށް ދިޔައިން. ކޮންތާކު އުޅެފަތަ އިޒް ތިއައީ؟” ލޫތު ބުނެލިއެވެ.
“ރަށުން މިއައީ. ހިނގާ ކޮފީއަކަށް ދަމާ.” ލޫތުގެ ސައިކަލުގައި ދެމީހުން ނައްޓާލިއެވެ. ލޫތު ގޮވައިގެން އިޒްޔާން ދިޔައީ އޭނާގެ ބައްޕަގެ ހޮޓަލަށެވެ. އިޒްޔާންއާ ލޫތު ވާހަކައިގައި ތިއްބާ ވެއިޓަރ ކޮފީ ތަބައް ހިފައިގެން އައިސް މޭޒުމަތީ ބެހެއްޓިއެވެ.
“އިޒް! ކިޔާބަލަ! ކިހިނެއް ކަންތައްތައް؟ ކިޔަވަން ގޮއްސަ އައީ ކީއްވެ؟” ލޫތު ސުވާލުކޮށްލަމުން ކޮފީ ޖޯޑުން އެތިފޮދެއް ބޯލިއެވެ.
“އިޒް ދޯ؟ އިޒް ކިޔަވަން ގޮއްސަ ކިޔަވަނީ. އިޒްގެ ވާހަކައެއް ނޫން. ލޫއްޕެގެ ވާހަކަ ކިޔާބަލަ. މިހާރު ކިޔަވާ ނިމިއްޖެތަ؟” އިޒްޔާންވެސް ކޮފީ ފޮދެއް ބޯލިއެވެ.
“އިޒް މިހޯދަނީ ތިކަމުގައެއްނު. ކިޔަވާ ނިމިއްޖެ. މިކޮޅުން ވަޒީފާވެސް ލިބިއްޖެ. ޖެނުއަރީ އެކެއްގަ މިއުޅެނީ މެރީކުރަން.” އިޒްޔާން ހައިރާންވެފައި ބަލަހައްޓައިގެން އިންގޮތުން ލޫތު ގާތަށް ހިނިއައެވެ.
“ކާކުތަ އެނަސީބުވެރި ކުއްޖަކީ؟” އިޒްޔާން އުފާވެފައި އެހިއެވެ. އެއާއެކު އެމޫނުމަތިން ނުތަނަވަސްކަމެއްވެސް ފެނިގެންދިޔައެވެ. މަލަކާ މަތިން ހަނދާންވުމުން އިޒްޔާންގެ ހިތަށް ދިލަ ތަދެއް އިހުސާސްވިއެވެ. މިއަދު މަލަކާގެ ކިބައިން އެފަދަ ކަމެއް ނުފެނުނުނަމަ މިއަދު އޭނާވެސް ވީހީ ލޫތު އެހުރިފަދަ އުފަލެއްގެ ޙައްޤުވެރިއަކަށެވެ. ވާހަކަދައްކަން އިނދެލާފައި ލޫތު ދިއުމުން އިޒްޔާން ޖައްސާލީ ކުޑަކޮށް ނިދާލާށެވެ. އޭރު އިރުވެސް އަރައިފިއެވެ. އިރުއެރިއަސް ކޮޓަރީގައި ދަމާފައިހުރި ބޯ ފަރުދާގެ ސަބަބުން ކޮޓަރިތެރެ ހީވަނީ ރޭގަނޑުހެންނެވެ. އެހާވެސް އަނދިރިއެވެ. އިޒްޔާން ދެލޯ މަރާލިއެވެ. ނިދޭތޯ އުޅެއުޅެ އެއްގޮތަކަށްވެސް ނިދޭގޮތެއް ނުވިއެވެ. ލޯ މަރާލާއިރަށް ފެންނަނީ މަލަކާގެ އެރިތި ސޫރައެވެ. އެމައުސޫމް މޫނެވެ. ކަރުނުން ފުރިފައިވާ އެއަސަރުގަދަ ދެލޮލެވެ. އެތައްއިރަކު އުޅެގެންވެސް ނުނިދުމުން އިޒްޔާން ތެދުވެ ފޮތް ނަގައިގެން އިށީނީ އެފޮތުން ތަންކޮޅެއް ކިޔާލުމަށެވެ.
**********
ކޮންމެ ދުވަހަކީވެސް ތަފާތު ދުވަހެކެވެ. އުފާވެރި ދުވަސްތަކަކަށްފަހު ހިތާމަވެރި ދުވަސްތަކެއްވެސް އަންނާނެއެވެ. މިގޮތުން އަހަރެންގެ ހަޔާތަށްވެސް ކަޅު ވިލާގަނޑެއްގެ ހިޔަނި އެޅިއްޖެއެވެ. އެވިލާގަނޑު ކެހިގެން ދާނެ ދުވަހެއް ނޭނގެއެވެ. އުންމީދުކުރި އުފާވެރި ދިރިއުޅުން އެއައި ގަދަ ވަޔާއެކު ވިއްސި ވިހާލިވެއްޖެއެވެ. އެއައި ގަދަ ތޫފާނުގެ ސަބަބުން އަހަރެންގެ ހިތުގައި ޒައިންއަށްޓަކައި ވީލޯބި އޮޔާލައިފިއެވެ. ނިމުމެއްނުވާ ހިތި ވޭނަކުން ހިތް ގަންބާލާފައި އެތޫފާނީރޭވެސް ނިމިގެން ގޮސްފިއެވެ. ކުރެވުނު ހިތި ތަޖުރިބާގައި މުޅި ދުނިޔެ މަތިން ފޫހިވިއެވެ. ނަމަވެސް ކޮއްކޮއާމެދު ވިސްނާލާ ކޮންމެ ފަހަރަކު ދިރިހުންނަން މަޖުބޫރުވެއެވެ. ކޮއްކޮ ނެތްނަމަ އަހަރެން މަރުވާނެތާ ކޮން ދުވަހެއް ހެއްޔެވެ؟ އެއަނިޔާތަކާ ވޭނުން ހިތާއި ޖިސްމު ކުދިކުދިވެ ދިޔައެވެ. ނަމަވެސް ކެތްކޮށްގެން ދިރިހުރީ ހަމައެކަނި ކޮއްކޮއަށްޓަކައެވެ. އެކޮއްކޮއަށް އެފަދަ އަނިޔާއެއް ލިބިދާނެތީއެވެ.
އަހަރެން ހީކުރިފަދަ މީހަކަށް ޒައިން ނުވިއެވެ. ޒައިންވެސްވީ އެހެން ފިރިހެނުންފަދަ މުޑުދާރު ހިތެއްގެ ވެރިއަކަށެވެ. އަހަރެންނަށް ނޭނގޭނެހެން ސިއްރުން އަހަރެންގެ ކޮއްކޮގެ އިއްފަތްތެރިކަމަށް ކަޅިއަޅަމުން ދިޔައެވެ. އަހަރެންނަށް އެކަން އެނގުނީ ޒައިން އައިސް އުޅޭތާ ހަފްތާއެއް ވީފަހުންނެވެ. އަހަރެންގެ ކޮއްކޮ ފެންވަރަނީ ފާޚާނާގެ ދޮރު ތަންޑު ނާޅުވައެވެ. އެހެންކަމުން ކޮންމެ ދުވަހަކު ޒައިން މިމަންޒަރު ބަލާފައި ފޯނުން ވީޑިއޯ ކުރަމުންދެއެވެ. އަދި އެވީޑިއޯތައް އޭނަގެ ރައްޓެހިންނަށް ދައްކައެވެ.
އެއްދުވަހަކު އަހަރެން އައިއިރު ޒައިން ހުރީ އެމަސައްކަތުގައެވެ. އެދުވަހު އަހަރެންނަށް ހީވީ އަހަރެންގެ މުޅި ދުނިޔެ އެފުށް މިފުށަށް ޖެހުނުހެންނެވެ. އައިރުޅިން ގޮސް ޒައިންގެ ގަޔަށް އަރައިގަނެވުނެވެ. ބޮލުގެ އިސްތަށިގަނޑުގައި ހިފާ ލަކިޖަހާ ހެދީމެވެ. ނަމަވެސް އެބާރުގަދަ އަތުން އަހަރެން ވަކިކޮށްލީ ގައިން ހިރަފުސް ފޮޅާލާހާ ފަސޭހައިންނެވެ. އަހަރެން ގޮސް ޖެހުނީ މުށިތަކު މައްޗަށެވެ. ތަދުވިނަމަވެސް ވީ ތަދަކަށް ނުބަލާ އަނެއްކާވެސް ޒައިންއާ ދިމާލަށް ދުއްވައިގަތީމެވެ. އަހަރެން އޭނައަށް ގޮތެއް ހެދުމުގެ ކުރިން އޭނަ އަހަރެންގެ ދެއަތުގައި ހިފެހެއްޓިއެވެ. އެއަށްފަހު އަހަރެންނަށް އިންޒާރުދިނެވެ. އަހަރެން ފަދައިން ކޮއްކޮ ބަދުނާމުވާން އަހަރެންނަށް ރުހެވޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ޒައިންގެ ފައިބުޑަށް ވެއްޓި ރޮއި އާދޭސްކުރީމެވެ. ޒައިންގެ އަތުން އެވީޑިއޯތައް އަތުލުމަށް އަހަރެންގެ ފުރާނައިން ޤުރުބާންވާން ޖެހުނެވެ. އިތުރު ގޮތެއް ނެތުމުން އަހަރެން އޭނާގެ ހުށަހެޅުން ޤަބޫލުކޮށް އެރޭ އޭނަގެ ކޮޓަރިއަށް ދިޔައީމެވެ.
ޒައިންގެ ރަހުމެއްނެތް މުޑުދާރު އަމަލުތަކަށް ދެކޮޅު ހެދުމެއްނެތި ރުހިގެން އޮންނަން އަހަރެންނަށް މަޖުބޫރުވިއެވެ. އެރޭ އަހަރެންގެ ޖިސްމު ޗިސްޗިސްވެގެން ދިޔައީ ހަމައެކަނި ޒައިންގެ އަތްދަށުވެއެއް ނޫނެވެ. ޒައިންގެ ރަހުމަތްތެރިންވެސްވީ ޒައިންފަދަ މިނިކާ ޖަނަވާރުންތަކަކަށެވެ. އަހަރެން ހަމަހޭގައި އޮއްވާ އަހަރެންގެ އިއްފަތްތެރިކަން ފޭރިގަތްއިރު އެތިން މިނިކާ ޖަނަވާރުން ތިބީ ހެވި ދިއްލިފައެވެ. ލިބޭ އަރާމާއި އުފާ ލިބިގަތުމުގައި އަހަރެން ރޯ ރުއިމަކާ ކުރާ އާދޭހަކަށް އެމީހުންގެ ފަރުވާލެއްނެތެވެ.
އެތިން މިނިކާ ޖަނަވާރުން ހީވީ ދުވަހަކު ފެންފޮދެއް ނުލިބި ތިބިހެންނެވެ. ކަރުހިއްކުން ފިލައި ހިތް ފުރިގެން ދުރަށް ޖެހިލިއިރު އަހަރެންގެ ހަށިގަނޑުގައި ފުރާނަ ހުރިކަން އެކަންޏެވެ. އަހަރެންގެ މުޅި ޖިސްމު އޮތީ ލެއިން ތަތްތެޅިފައެވެ. ދެތުންފަތް ވަނީ ފަޅައިގެން ގޮސްފައެވެ. ދުވަހަކު ނުލިބޭހާ ވޭން އެރޭ މިހިތަށް ލިބުނެވެ.
ހުރިހާ ކަމެއް ނިމުމުން އެމީހުން އަހަރެން ގާތު ދާން ބުންޏެވެ. ނަމަވެސް ތެދުވާނެހާ ހިތްވަރެއް އަހަރެންގެ ހަށިގަނޑަކު ނެތެވެ. އެ ރަހުމެއްނެތް ހިތްތަކުގެ ވެރިން އަހަރެން ނަގައިގަނެގެން ގެންގޮސް ކޮޓަރިން ނުކުތެވެ. ދެން އެމީހުން އަހަރެން ގެންގޮސް ކޮޓަރިތަކާއި ގެއާއި ދޭތެރޭ ހުރި ގަސްތަކުތެރޭގައި ބޭއްވިއެވެ. އަދި އަހަރެން ލައިގެންހުރި ހެދުން އަހަރެންގެ ގައިމައްޗަށް އެއްލާލުމަށްފަހު ތިންމީހުންވެސް ބާރަކަށް ހޭންފެށިއެވެ. ގަތް ލަދާއެކު އަހަރެންނަށް ދެލޯ މަރާލެވުނެވެ. މިއަދު މިނޫން ގޮތެއް ނެތެވެ. އެމީހުން ދިއުމުން ތެދުވެވޭތޯ ބެލީމެވެ. ނަމަވެސް އަތެއް ފައެއް ގުޑުވާލަންވެސް ނުކެރުނެވެ. މުޅި ހަށިގަނޑު ހީވަނީ ބުރިބުރިވެ އެކި ބައިބައި ވަކިވާހެންނެވެ. މަޑުމަޑުން އަހަރެންގެ ދެލޯ މެރެމުން ގޮސް އެއްކޮށް މެރުނީވެސް އެހާލުގައި އޮއްވައެވެ.
އަހަރެންގެ ލޯ ހުޅުވުނުއިރު އޮތީ ހޮސްޕިޓަލުގައެވެ. ގާތުގައި އެކަކުވެސް ނެތެވެ. ކޮއްކޮ ފެންނަން ނެތުމުން ހާސްވިވަރުން ފުންމައިގެން ތެދުވަން އުޅެނިކޮށް ނަރުސް ކުއްޖާ އައިސް އަހަރެން ހިފެހެއްޓިއެވެ. އަދި އަހަރެން އެއްކޮށް ރަނގަޅުނުވާކަމަށް ބުންޏެވެ. އަހަރެން ކޮއްކޮގެ ވާހަކަ އެހުމުން ހަމަޖެހުމަށް ބުންޏެވެ. އިރުކޮޅެއްފަހުން ކޮއްކޮއާ ބޮޑުބެ އައިސް ވަނެވެ. ކޮއްކޮ ރަނގަޅުކަން އެނގުމުން އަހަރެންނަށް އުފަލުން ރޮވުނެވެ.
އެމައްސަލައިގައި ޒައިންއާ އޭޏާގެ ދެރައްޓެހިން ހައްޔަރުކުރިއެވެ. ޒައިންގެ ކޮޓަރިން ހުރިހާ ހެއްކެއް ލިބުމުން ޒައިންއާއި އޭނާގެ ދެރައްޓެހިންނަށް އެމައްސަލައިން ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ނެތެވެ. ޒައިންގެ ފޯނުގައި ހުރި ވީޑިއޯތައް ފެނުމުން އެމައްސަލައަށް ބާރުލިބުނެވެ. ނަރުސް ކުއްޖާ ބުނިގޮތުން އަހަރެން ހޭއެރީ ހޮސްޕިޓަލުގައި އޮންނަތާ ދެވަނައަށްވީ ދުވަހުއެވެ. އަހަރެންގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަޔަސް އަހަރެންގެ ހިތުގައިވާ ބިރުވެރިކަން ފިލާނުދެއެވެ. އިރުއިރުކޮޅާ ސިއްސަ ސިއްސައިގެން ދިއުމާއި މީހުން ގިނަވުމުން ހާސްވާގޮތްވެއެވެ. އަދި ޚާއްސަކޮށް ފިރިހެނުން ފެނުމުން އަހަރެންނަށް ބިރުންގޮސް ހެދޭ ނުހެދޭ ނޭނގޭ ހިސާބަށް ދިޔައެވެ.
ދެހަފްތާ ފަހުން އަހަރެންގެއަށް ދޫކޮށްލިއެވެ. އަހަރެން ގެއަށް ދިޔައީ އެމްބިއުލާންސްގައެވެ. މަޑުމަޑުން ފޭބިއިރު އެއީ އަހަރެމެންގެ އަމިއްލަ ގެއެވެ. ކުޑަކުޑަ ގެއެކެވެ. ހައިރާންކަން އެކުލެވިފައިވާ ނަޒަރަކުން އަހަރެން ކޮއްކޮއަށް ބަލާލީމެވެ. އަހަރެންނާއެކު ހުރި ހަމައެކަނި މީހަކީ ކޮއްކޮއެވެ. ކޮއްކޮއާއެކު މަޑުމަޑުން ގޮސް ގޭތެރެއަށް ވަތްއިރު ގޭތެރެ އޮތީ ސާފުކޮށްފައެވެ. އަހަރެން ގޮސް އެތެރޭގައިހުރި ކޮޓަރިއަށްވަދެ އެތާ ހުރި ކުޑަ އެނދެއްގައި އިށިނދެލީމެވެ. އެއީ އަހަރެމެންގެ ގޭގައިހުރި ހަމައެކަނި ކޮޓަރިއެވެ.
ކޮއްކޮގެ ވާހަކަތަކުން އެނގުނުގޮތުގައި ޒައިން ގެންދިއުމުން އެކަމާ ޒާހިދާއްތަ ރުޅިއައިސްގެން އަހަރެމެން ގެއިން ނެރުނީއެވެ. ޒާހިދާއްތަ ބޮޑުބެއަށް އެންގީ އަހަރެމެން އެގޭގައި އުޅެންޏާ އޭނަ އެގޭގައި ނޫޅޭނެކަމަށެވެ.
އިރުއޮއްސި އަނދިރިވީއިރުވެސް އަހަރެންނަށް އޮވެވުނީ ހަދާނެ ގޮތެއް ނޭނގިފައެވެ. ކާހިތް ނުވެފައި އެހެން އޮއްވާ އަހަރެންނަށް ނިދުނީ ކޮންއިރަކު ކަމެއް ނޭނގުނެވެ. ދެން ހޭލެވުނީ ދަންވަރުއެވެ. އޭރު ކޮއްކޮވެސް އޮތީ ނިދާފައެވެ.
ޖެހިގެން އައިދުވަހު އަހަރެން ހޭލިއިރު ކޮއްކޮއެއް ނެތެވެ. ކޮއްކޮ ހޯދަން ނުކުތީމެވެ. ރަނގަޅަށް ހިނގެނީއެއްވެސް ނޫނެވެ. އެހެންކަމުން ދުރަކަށް ނުދެވުނެވެ. އަނބުރާލާފައި އައިސް ގޭ ޖޯލިފަތީގައި އޮތީމެވެ. މެންދުރަށް ގާތްވެފައި ހުއްޓާ ކޮތަޅެއް ހިފައިގެން އައިސް ކޮއްކޮ ވަތްތަން ފެނުނެވެ. އޭރު ބިރުންގޮސް އަހަރެންގެ ގާތަށް ހުރީ ރުޅިވެސް އައިސްފައެވެ. އެދިޔަގޮތަށް ގޮސް ކޮއްކޮ ގައިގައި ބޮނޑިއެއް އެޅީމެވެ.
އެދުވަހު އަހަރެން ވަރަށް ދެރަވިއެވެ. ކޮއްކޮ ގައިގައި ޖެހުނީމައެވެ. ރޮމުން ރޮމުން ގޮސް ކޮއްކޮ ކޮޓަރިއަށްވަދެ ތަންޑު އެޅުވިއެވެ. ބިންމައްޗަށް ވެއްޓިފައި އޮތް ކޮތަޅުގައި ހުރީ ކާއެއްޗިއްސެވެ. ރޮއްޓާއި މަސްހުންޏާއި ދެވައް ދޮންކޭލެވެ. އެއެއްޗެހި ފެނުމުން ހިތުގައި ސުވާލުތައް ގިނަވިއެވެ. ކޮއްކޮއަށް ގޮވާގޮވާ ދޮރެއްވެސް ނުހުޅުވިއެވެ.
މެންދުރުވީފަހުން ކޮއްކޮ ދޮރު ހުޅުވާފައި ނުކުތެވެ. އަދި ކައިފިންތޯ އެހިއެވެ. އަހަރެން ނުކާކަމަށް ބުނެ މާފަށް އެދުނީމެވެ. ކޮއްކޮއާއެކު ކެއިއިރު ރުޅި އާދެވުނު ގޮތް ބުނެދީ، މިދުނިޔެއަކީ އަހަރެމެން ދެކޭ ކަހަލަ ރީތި ތަނެއް ނޫންކަމަށް ވިސްނައިދިނީމެވެ. މިތާގައި އުޅޭނީ ހުސް މަކަރުވެރިންކަމާއި އަހަރެންނަށް މި ލިބުނުފަދަ އަނިޔާއެއް ކޮއްކޮއަށް ލިބެން ނޭދޭކަމަށް ބުނީމެވެ. ކޮއްކޮގެ ވާހަކަތައް އަޑުއިވުމުން އަހަރެންނަށް ވަގުތުން ރޮވުނެވެ. ހެނދުނުއްސުރެ ކޮއްކޮ ހުސްބަނޑާހުރެ އަހަރެންނަށްޓަކައި ގޭގެއަށް ގޮސް ސަލާން ޖަހައިގެން ކާއެއްޗެހި ހޯދީއެވެ.
އެރޭ އަހަރެން ވަރަށް ވިސްނީމެވެ. އަހަރެން މިގޮތަށް އޮވެގެން ކޮއްކޮއަށް ގޮތެއްވެއްޖެއްޔާ އަހަރެން މަރުވެދާނެއެވެ. އެހެންކަމުން ހިތްވަރުކޮށްފައި ދެވަނަ ފަހަރަށްވެސް ތެދުވަން ޖެހޭނެއެވެ.
ޖެހިގެން އައިދުވަހު ވަރަށް ހިތްވަރުކޮށްފައި އަހަރެން ޤާދިރުބެ ގާތަށް ދިޔައީމެވެ. އޭރު އޭނަ އުޅެނީ ފިހާރައިގައެވެ. ހަށިގަނޑުގައި އަޅާ ވޭނުން ވާހަކަދައްކަންވެސް އުނދަގުލެވެ. އަހަރެން ފެނުމުން ޤާދިރުބެ ހައިރާންވިއެވެ. އަދި އަވަސްއަވަހަށް އައިސް އަހަރެން އެތެރެއަށް ވެއްދިއެވެ. އައީ ކީއްކުރަންތޯ އެހުމުން އަހަރެންނަށް ވަރަށް ރޮވުނެވެ. އަހަރެން ވަރަށް ވަރުން އަހަރެން އައި ބޭނުން ބުނީމެވެ. ކޮތަޅަކަށް ކާއެއްޗެހި އަޅާފައި ޤާދިރުބެ ބުނީ ގެއަށް ދިއުމަށެވެ.
އެރޭ ނިދަން ތިއްބާ ކޮންމެވެސް މީހަކު ދޮރުގައި ޓަކިދިން އަޑު އިވުނެވެ. އަހަރެން ބިރުންގޮސް ކޮއްކޮގެ ގައިގައި އޮޅުލައިގަތީމެވެ. ކޮއްކޮ އަހަރެންގާތު ހަމަޖެހެން ބުނެފައި ކާކުތޯ ބާރުބާރަށް އެހިއެވެ. އެއީ ޤާދިރުބެކަން އެނގުމުން ތެޅިތެޅި އޮތް ހިތް މައިތިރިވިއެވެ. އެކަމަކު ރޭގަނޑުގެ މިގަޑީގައި ޤާދިރުބެ އެއައީ ކީއްކުރަންބާއޭ ހިތަށްއެރިއެވެ. ނުހުޅުވަން ބުނެބުނެ އޮއްވާ ކޮއްކޮ ގޮސް ދޮރު ހުޅުވިއެވެ.
(ނުނިމޭ)
26 Comments!
Comments are closed.
Saandy story v habeys n v dheravey… Nice ma sha allaah.. kithah part thr story ga iny.??????
ޝުކުރިއްޔާ ހައްވޫ! އަދި ނޭނގެ ކިތައް ބައިކަމެއް… މިވާހަކައަކީ އިނގިރޭސި އަކުރުން ލިޔެފަ އިން ވާހަކައަކަށް ވީމަ ތާނައިން ލިޔެގެން މި އަޕްކޮށްދެނީ… އަސްލު މިވާހަކައަކީ ބައިތައް ވަރަށް ކުރުކޮށް ލިޔެފަ އޮތް ވާހަކައެއް… އެހެންވެ ތިން ހަތަރު ބައި އެއްކޮށްލާފަ މިގެނެސްދެނީ… އެހެންވެ ސީދާ އަދަދެއް ބުނަން ދަތި… އެކަމް ހީވަނީ 15-20 ބައިން ނިންމާލެވޭނެހެން
V rythi n v dheravey mi story kiyaaiiru
ޝުކުރިއްޔާ
Mibaawes warah habyes. Warah asaru gadha story eh. dhera vey warah kiyaafa. Next part awahah genes dhee. Warah molhu igey saandy ?
ޝުކުރިއްޔާ މަލް! ހުރިހާ ޝުކުރެއް ނެއިންއަށް
V reethi saandy
ޝުކުރިއްޔާ މަރީ
Saandy alhe govaalabal shine ah
މަރީ! ޝައިން އުޅެނީ ވަރަށް ބިޒީކޮށޭ ބުންޏެއްނު… ބަލަމާ މިރޭ ނޫނީ މާދަމާ ޝައިންގެ ވާހަކަ ކިޔާލަން ލިބޭނެކަމަށް
Shine huri hisaabeh balan
V dherave rovijje but story v reethi
ޝުކުރިއްޔާ ނާދީ
Nice story.v v asarukurey.kyp it up dear
ޝުކުރިއްޔާ ޓުއި
oh wow vvvshalhi.vvvv asarukureyyy…neext part avahah up kurahchey
ޝުކުރިއްޔާ މަލް މަލް! އިރާދަކުރެއްވިއްޔާ މާދަމާ 9ވަނަ ބައި ގެނެސްދޭނަން
Saandy miadh adhi up kohla dhyba…. Vvv mivey sotory.
ޝުކުރިއްޔާ ހައްވޫ! ދުވާލަކު ދެބައި ގެނެސްދޭކަށް އަސްލު ވަގުތު ތަނެއްނުދޭ… އެކަމްވެސް މަސައްކަތް ކުރާނަން މިރޭ 9ވަނަ ބައި ގެނެސްދެވޭތޯ
Miss vey story…,?????
Haadha salhiyey. Hama habeyyyyyxxxxxxx….
ޝުކުރިއްޔާ ސްވިޓީ
Hmmmm. Tnx try?
Saaaaaaandyyyyy
saandy keeve reply nukuranii….v v nice mi vaahaka Love this….
ޝުކުރިއްޔާ ރަފް! ރިޕްލައި ކުރަމޭ… މާ ކުރީގެ ބައިތައްވީމަ ބައެއް ކޮމެންޓަށް ރިޕްލައި މިސްވަނީ… އަބަދުވެސް ފަހުން އަޕްކުރާ އެއްޗެހި ބެލެނީ… އެހެންވެ