އާޝިޔާ މޫދަށް އެއްލާލާފައި ހޭންހުރި އިޒްޔާން ހުނުން ހުއްޓާލާ ހިމޭންވީ އާޝިޔާ މޫނު ނިވާނުވެގެން އުޅޭތަން ފެނިފައެވެ. އާޝިޔާއަށް ތެދުވެވުނީ އިޒްޔާންއަށް އެއްއަރިއަކަށް ވާގޮތަށެވެ. އެހެންކަމުން މޫނު އެއްކޮށް ނުފެނުނުނަމަވެސް އެދޮން ކޯތާފަތް އިޒްޔާންއަށް ފެނުނެވެ. އިރުގެ އަލި އެޅިފައިވާއިރު ކޯތާފަތުގައި ފެންތިކިތައް ބަބުޅަމުން ދިޔައެވެ. ކުރެވުނު ކަންތަކާމެދު އިޒްޔާންއަށް ވިސްނާލެވުނީ ދެނެވެ. އަދި އަވަސްއަވަހަށް އާޝިޔާއަށް ފުރަގަސްދިނެވެ. އޭރު އިޒްޔާންގެ ހިތުގައިވަނީ ހަލަބޮލިކަމެއް އުފެދިފައެވެ. އާޝިޔާ މޫނު ނިވާކޮށްލުމަށްފަހު އެއްގަމަށް އަރައިގެން ދިޔައިރު އޭނާ ހުރީ […]
މަންޒަރު ފުސްކޮށް ފެންނަމުން ދިޔައެވެ. ލޯ ހުޅުވޭ ވަރަކަށް ބޮލުގެ ރިހުން ގަދަވަމުން ދިޔައެވެ. ބޮލަށް ވަމުންދިޔަ ތަދެއްގެ ސަބަބުން ދެއަތުން ބޮލުގައި އަތް އަޅައިލިއެވެ. އެކީ ލޯ ހުޅުވުމުން މުޅި މާހައުލަށް ބަލައިލެވުނެވެ. އެވަގުތު ފަރީޝާގެ ލޮލަށް ސިފަވެގެން ދިޔައީ އެންމެ ފަހުން ހިނގާދިޔަ ހާދިސާއެވެ. ރިޔާޒް ކަންތައް ކުރި ގޮތް ހަނދާންވެފައި ފަރީޝާ ލޯމަރައި ތަގުޑި ކޮށްލިއެވެ. އޭރު ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އެނދުގައި އަތް ވިއްދައިގެން ތެދުވުމަށްފަހު އެނދަށް އަރާ ހަމަޖެހިލިއެވެ. […]
ރިއުމާންގެ އަތް މޮހެގެން ދިޔުމުން އޭނާ އަވަސް އަވަހަށް ދެއަތް ގެނެސް ގަޔާއި ކައިރި ކޮށްލިއެވެ. އޭރު އެމީހާ ރިއުމާން ކައިރިއަށް ތިރިވުމުން އެމީހެއްގެ މޫނު ފެންނަވަރު ވިއެވެ. އޭނާ ލައިގެން ހުރީ އެ ރަތް ކޯޓެވެ. އާނއެކެވެ. މިހާރު ހަދާން ވެއްޖެއެވެ. ރިއުމާންއަށް އެ ހުރިހާ ޚަބަރެއް ދެނީ އޭނާއެވެ. އެކަމަކު ރިއުމާންގެ ކުރިމަތީގައި މިއިނީ އެނާ ދަންނަ ސޫރައެކެވެ. އޭނާ މަރާލަން ވެސް މިއުޅެނީ ހަމަ އެކަކެވެ. ހިނދުކޮޅެއް ތެރޭ ރިއުމާންއަށް ހުރިހާ ކަމެއް […]
ސިހިފައި އިކާނަށް ބަލާލެވުނީ އިކާންގެ އަތުގައި ހިފާ ފިޒާމް ތަޅުވާލުމުންނެވެ. “އޭ އިކާން.. ބަލަ ތި ފޯނު ނަގާބަލަ… އެ ގުޅަނީ ތާރާ ކަންނޭނގެ…” އިކާންގެ ފޯނުގެ ސްކްރީނަށް ބަލާލީ ތެޅުތެޅިއޮތް ހިތަކާއެކުގައެވެ. އެގުޅަނީ އިކާންގެ އަނބިމީހާއެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން އިކާން ހަލޯއޭ ބުނެލި ވަގުތު ތާރާގެ އަޑު ޖެހުމުން ބޭއިޚްތިޔާރުގައި އިކާނަށް ގޮނޑިން ތެދުވެވުނެވެ. ވާހަކަ ނުދެއްކި ނަމަވެސް އިކާނަށް އެ އިވެނީ ތާރާ ގިސްލާ ރޯއަޑެވެ. ރޮމުން ތާރާއަށް ވާހަކަ ދެއްކުނީ […]
މެހެކް އެހެން އަހާލުމުން އެދެމަފިރިންނަށް އައި ބަދަލު ފެނި އޭނާ ވަރަށް ދެރަވިއެވެ. އޭނާއަށް އެހެން އަހާލެވުން އެއީ، ކުރެވުނު ކުށެއް ކަމަށް ޤަބޫލުކުރެވި އިސްޖަހާލެވުނީ ލަދުންނެވެ. އަދި އެފަދަ ގޮތެއް ވެދާނެކަމަށް އޭނާގެ ޅަ ސިކުނޑިއަށް ކުރިން ވިސްނިފައި ނެތީތީއެވެ. “އަހަރުމެންގެ އެއްވެސް ކުއްޖަކު މި ދުނިޔެއަކު ނެތް…” ނަސީރުބޭ ބުނެލިއަޑު އިވުނެވެ. މެހެކް އިސް އުފުލާ ބަލާލި އިރު ނަސީރުބޭ ލޮލުން ކަރުނަތައް ވިދަމުން ދެއެވެ. “ކައިވެނިކޮށްގެން އަހަރުމެން ދެމަފިރިން އުޅުނީ ވަރަށް ލޯބިން، […]
“ވިސާމް! އެދުވަހު ގުޅީ ކާކު؟” ޝަފަޤް ހުރިތާހުރެ އެހެން އަހާލުމުން ވިސާމްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ގޮށްޖެހިފައިވާ ބުމައަކާއެކީ ޝަފަޤާއި ދިމާލަށް މޫނު އަނބުރާލިއެވެ. “އެއީ ކަލެއަށް އެނގެންޖެހޭ ކަމެއްނޫން.” ވިސާމް ރުޅިވެރި މޫނަކާއެކީ މަޑުމައިތިރި އަޑަކުން އެހެން ބުނެލަމުން އަނެއްކާވެސް ދާން ހިނގައިގަތެވެ. އޭނަގެ ޖަވާބުން ޝަފަޤް އަނެއްކާވެސް ނުރުހުންވިއެވެ. “އަހަންނަށް އެނގެންޖެހޭ! އަހަރެން މިއީ ވިސާމްގެ އަންހެނުން. އަހަރެން ނޫޅެން ވިސާމް ވާހަކަ ދައްކާ ކޮންމެކޮންމެ މީހަކު […]
ހިތް ބޭނުމޭ 13… “ޒަހީން ނިޔާ ވެއްޖެ.. މަންމަ.. އެ..އެބެން.. ޒެއިން ގޮވައިގެން އަވަ….” މާރިއާގެ ޖުމްލަ ނިމުމުގެ ކުރިން ލިލިއަން އަތުން ފޯނު ދޫވުމާއި އެކު ކައިރީގައި ހުރި އެޒިލްގެ އަތުތެރެއަށް ވެއްޓިއްޖެއެވެ. ލިލިއަން އަށް ވީގޮތް ފެނި އެޒިލް ހާސްވިއެވެ. އަޑަށް ލެވުނުހާ ބާރެއް ލަމުން އެލީން އަށް ގޮވައިލިއެވެ. ކޮޓަރީގައި ތިބި އެލީން އާއި ޒެއިން އަށް އެޒިލް ގޮވި އަޑު އިވުމުން ބާރުބާރަށް ދުވެފައި ނުކުތް އިރު ސޯފާގައި ބާއްވާފައި […]
އިޒްޔާން މިހާރު މާ ރީއްޗެވެ. ކުރިއަށްވުރެ ފަލަވެލާފައި އެކަސްރަތީ ހަށިގަނޑު ކުރިއަށްވުރެ މާ ފިރިހެންވަންތައެވެ. އާޝިޔާއަށް މިކުރެވެނީ ކީއްކަން އެނގުމުން އަވަސްއަވަހަށް އެތަނުން ދާން ހިނގައިގަތެވެ. އެވަގުތު އިޒްޔާންގެ އަތް ސޯފާއިން ބޭރަށް ވެއްޓިފައި އޮތްތަން ފެނުމުން އައިސް މަޑުމަޑުން އެއަތް ނަގާ އިޒްޔާންގެ މޭމަތީގައި ބޭއްވިއެވެ. އެވަގުތު އިޒްޔާން ލޯހުޅުވާލިއެވެ. އާޝިޔާއަށް ތެދުވަންވެސް ނޭނގިފައި އެއޮތްގޮތަށް އޮވެވުނެވެ. އިޒްޔާންވެސް ދެލޯ ބޮޑުކޮށްގެން އޮތީ ހައިރާންވެފައެވެ. އިޒްޔާން މަޑުމަޑުން ކެއްސާލުމުން އާޝިޔާ ސިހިފައި ތެދުވިއެވެ. އަދި އަވަސްއަވަހަށް […]
ކެރިގަނޑު ބޯކޮށްލުމާއި އެކު ރިއުމާން މަގު ހުރަސް ކުރަން ހިނގައިގެން ވަގުތު ރަތް ކޯޓު ލައިގެން ހުރި އެމިހާ މަގުގެ އަނެއް ކޮޅުގައި މަޑުކޮށްލައިގެން ހުއްޓެވެ. އެ ރަތް ކޯޓު ފާހަގަ ކުރަމުން ރިއުމާން ކުޑަ ތިރިކޮށްލުމަށްފަހު ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ބޯ ވާރޭތެރޭ ދެވޭ ތަނެއް ރަނގަޅަށް ސާފު ނުވާއިރު ދުއްވާ އެއްޗެހީގެ ބަރުގަނޑުގެ އަޑު އިވެމުން ދިޔައެވެ. ކުއްލިއަކަށް އޭނާ ކުރިމައްޗަށް ވޭނެއް ހުރަސް އެޅުމާއި ރިއުމާން ސިހިފައި ފިޔަވަޅުތައް ހުއްޓުނެވެ. އޭގެން މީހަކު އޭނާގެ […]