Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަންހަނާ (12)

layaal Level 310 Stories100 Comments
January 10, 2017 7 Mins Read
33 Comments

ރިއުމާންގެ އަތް މޮހެގެން ދިޔުމުން އޭނާ އަވަސް އަވަހަށް ދެއަތް ގެނެސް ގަޔާއި ކައިރި ކޮށްލިއެވެ. އޭރު އެމީހާ ރިއުމާން ކައިރިއަށް ތިރިވުމުން އެމީހެއްގެ މޫނު ފެންނަވަރު ވިއެވެ. އޭނާ ލައިގެން ހުރީ އެ ރަތް ކޯޓެވެ. އާނއެކެވެ. މިހާރު ހަދާން ވެއްޖެއެވެ. ރިއުމާންއަށް އެ ހުރިހާ ޚަބަރެއް ދެނީ އޭނާއެވެ.

އެކަމަކު ރިއުމާންގެ ކުރިމަތީގައި މިއިނީ އެނާ ދަންނަ ސޫރައެކެވެ. އޭނާ މަރާލަން ވެސް މިއުޅެނީ ހަމަ އެކަކެވެ. ހިނދުކޮޅެއް ތެރޭ ރިއުމާންއަށް ހުރިހާ ކަމެއް ސާފުވިއެވެ. ރިއުމާން އަތުން އޭނާ ލައިގެން ހުރި ރަތް ކޯޓުގައި ހިފައި ދަމައި ގަންނަމުން އޭނައާއި ހަތަރު ކަޅި ހަމަ ކުރިއެވެ.

“އައްޔާދް!” ރިއުމާން މިހެން ބުނިއިރު އޭނާގެ ދެބުމަ ގޮށް ޖެހި އެ މޫނުމަތިން ފެނުނީ ރުޅިވެރި ކަމަވެ. “އިޓް ވޮޒް ޔޫ!” ރިއުމާން މިހެން ބުނެފައި އައްޔާދް އެއަށް ޖަވާބެއް ދިނުމުގެ ކުރިން ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ދެމީހުން އެއްފަހަރާ އެދިމާއަށް ނަޒަރު ހުއްޓާލިއެވެ. ކަޅު ކުލައިގެން ބޮޑު ވިއްސާރަ ކޯޓެއްގައި ދޮރުކުރިމަތީ އެހުރީ މަހުދީއެވެ.

“ކީއްތިކުރަނީ؟” މަހުދީއަށް ރިއުމާންގެ އަތް މޮހާލެވިފައި އޮތްތަށް ފެނުމުން ހިތްހަމަ ނުޖެހިފައި އަހާލިއެވެ. އޭރު އައްޔާދް ބުނާނެ އެއްޗެއް ނޭގިފައި އިން އިރު ރިއުމާން އަދި ވެސް އިނީ އޭނާގެ ކޯޓުގައި ހިފައިގެންނެވެ. “ކީއްހޭ ތިކުރަނީ ކަލޭ އޭނާގެ އަތާއި އެއްޗެހި މޮހާލައިގެން!” މަހުދީ އަޑު ހަރުކޮން މިހެން ބުނުމާއި އެކު ރިއުމާން ހަޅޭ ލަވައިގަތެވެ.

“ތިމީހުން ތިއުޅެނީ އަހަރެން މަރާލާކަށްނުން! ނުވާނެ ކައިރިވެގެން..” ރިއުމާން މިހެން ބުނެފައި އައްޔާދް ދުރަށް ކޮއްޕާލުމަށްފަހު ގައިގައި އޮޅިފައި ހުރި ވާތައް ނައްޓަން ތެޅިގަތެވެ. “އޭތް!” މަހުދީ ދުވެފައި ކަހަލަ ގޮތަކަށް އައިސް ރިއުމާންގެ ދެއަތުގައި ހިފެއްޓިއެވެ. “ކޮންތާކަށް ދާން ތި ތެޅެނީކީ؟ ނުދެވޭނެ! މަށަށް އޭރު ވެސް ހީވިއޭ މި އައްޔާދަކަށް މިކަމެއް ނުވާނެޔޭ.. މަގޭ އަތުން ދެން މަރުވާނީ!” މަހުދީ ހަޅޭ ލަވައިގެންފައި ނިކަން ބާރަށް އަތް ދަމާފައި ރިއުމާންގެ ކޮލަށް ހޫނު އެތި ފަހަރެއް އަރުވާލިއެވެ.

ދުރުގައި މި މަންޒަރު ބަލަން ހުރި އައްޔާދް އައިސްފައި ހުރި ރުޅީގައި ހުޅު ރޯވެގެން ދިޔަ ކަހަލައެވެ. އޭނާ އެދިޔަ ގޮތަށް ގޮސް މަހުދީ ގަޔަށް އަރައި ގެންގޮސް ފާރުގައި ޖެއްސިއެވެ. “އަތް.. ނުލާށޭ.. އޭނަ.. ގައިގައި!” އައްޔާދް ދުލުން ބޭރުވި ކޮންމެ ބަހަކާއި އެކު މަހުދީގެ މޫނުގައި ގޮށް މުށްކަވާފައި ޖެހިއެވެ. މަހުދީ ވެސް ބަލަން ނުހުރެ އައްޔާދްގެ ކަރުގައި ހިފައި ދުރަށް ކޮށްޕާލުމަށްފަހު އޭނާގެ ބަނޑުގައި ޖަހަން ފެށިއެވެ. އެކަކު ވެސް އަނެކަކަށް ދުލެއް ނުކުރިއެވެ.

ދެމީހުން އެތަނުގައި ތަޅާފޮޅަމުން ދިޔައިރު ރިއުމާން މަސައްކަތް ކުރީ ވާތަށް މޮހާލައިގެން ވަގުތުގެ ބޭނުންކޮށް އެތަނުން ދެވޭތޯއެވެ. އޭރު މަހުދީ ހޭވައްޓާލާފައި ބިންމަތީގައި އޮތް އަޔާދްގެ އަނގަމަތީގައި ޖަހަމުން ދިޔައިރު ހޯސްލާފައި އޭނާގެ އަނގައިން ލޭފައިބައެވެ. “ކަލޭ އަހަންނަށް އޮޅުވާލާފައި އޭނާ ސަލާމަތް ކުރަންދޯ ތި އުޅުނީ!” މަހުދީ ހަޅޭ ލަވައިގަތެވެ. އޭރު ރިއުމާން ވާތަށް މޮހާލާފައި ތެދުވެ ދާން ޚިޔާލު ކުރި ނަމަވެސް އައްޔާދް އޮތް ގޮތް ފެނި އޭނާއަކަށް ނުކެރުނެވެ.

ދެކޮޅު ބަލާލުމަށްފަހު ހަމަލާ ދެވޭނެ ކަހަލަ އެއްޗެއް ނުފެނުނުމުން އޭނާ އިން ގޮނޑި ނަގައި އެދިޔަ ގޮތަށް ގޮސް މަހުދީ ގައިގައި ޖަހައި އައްޔާދް ގައިމަތިން ދުރަށް ކޮށްޕާލިއެވެ. މަހުދީ ވެއްޓުމާއި އެކު އޭނާ ތެދުވެ ރިއުމާންއާއި ދިމާއަށް އަންނަށް އުޅުމުން އޭނާ އަނެއްކާވެސް އެގޮނޑިން މަހުދީއަށް ހަމަލާ ދިނެވެ.

ނަމަވެސް މަހުދީ މާ ހުށިޔާރެވެ. އޭނާ ފަސޭހަކަމާއި އެކު އެ ގޮނޑީގައި ހިފައި އޭތި ދުރަށް ހޫރާލުމަށްފަހު ރުޅިވެރިކަމާއި އެކު ރިއުމާންއާއި ދިމާއަށް ހިނގައިގެތެވެ. މަހުދީ ހަރު ފިޔަވަޅުތަކެއްގައި އޭނާއާއި ދިމާއަށް އަންނަން ފެށުމުން ރިއުމާންއަށް ސިފަވެގެން ދިޔައީ ޒުބޭރުއެވެ. އެވަގުތު އޭނާގެ ހިތަށް ބިރުވެރިކަން ވެރިވެ ފިޔަވަޅުތައް ފަހަތަށް ޖެހެން ފެށުނެވެ. ބިންމަތީގައި ނޭވާ ނުލެވިގެން ކެއްސަމުން ދިޔަ އައްޔާދްއަށް މި މަންޒަރު ފެނުމުން ހިތްވަރުކޮށްފައި އަނގައިގައި ހުރި ލޭތަށް ބޭރުކޮށްލަމުން ކޮޅަށް ތެދުވިއެވެ. އޭނާ އެދިޔަ ބާރު މިނުގައި ގޮސް މަހުދީ ލައިގެން ހުރި ކޯޓުގެ ކަރުވަޅުގައި ފަހަތުން ހިފައި ދުރުގައި ހުރި ހުސް ފޮށިގަނޑު ތަކާއި ދިމާއަށް ހޫރުވާލިއެވެ.

ތަޅުންގަނޑުމަތީ ޖެހުމާއި އެކު އަރައިގެން ދިޔަ ތަދުން މަހުދީއަށް ހިރި ވެސް ނުލެވުނެވެ. އޭރު ފޮށިގަނޑުތައް އޭނާގެ ގައިމައްޗަށް ވެއްޓިފައި ވީއިރު ބަރުހެލި ކަންމަތީ އޭނާ ތެދުވެ ވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. “އަވަސް! ހިނގާ މިތަނުން..” އައްޔާދް މިހެން ބުނެފައި ރިއުމާންގެ އަތުގައި ހިފައިގެން އެތަނުން ދުވެފައި ނިކުތެވެ.

****

ހަނި ސިޑިބަރިން ލާފައި ތިރި ފޭބުމަށްފަހު ދެމީހުން މަގުމައްޗަށް ދުއްވައި ގަތެވެ. އެ އަނދިރި ގޯޅި ގަނޑުން ލާފައި ހުއްޓުމެއްނެތި ދުވަމުން ގޮސް ވަކި ހިސާބަކުން ރިއުމާން ވަރުބަލި ވެގެން ހުއްޓުނެވެ. އޭރު އޭނާއަށް މައިނޭވާ ލެވެމުން ދިޔައިރު ހިތް ހީވަނީ ފަޅާފައި ނިކުމެދާނެ ހެންނެވެ. “މަޑުނުކޮށްބަލަ..” ރިއުމާން ކައިރި ހުއްޓެލި އައްޔާދް މިހެން ބުނެފައި އޭނާގެ އަތުގައި ހިފައި ދުއްވައި ގަންނަށް އުޅުނެވެ. ނަމަވެސް ރިއުމާން އޭނާގެ އަތް ފޮޅުވާލުމަށްފަހު ހަޅޭ ލަވައިގަތެވެ.

“އަތް ނުލައި!” ރިއުމާން މިހެން ބުނިއިރު އޭނާގެ އަޑުގައި ވަނީ ރުޅިވެރި ކަމެވެ. އޭރު އައްޔާދް އޭނާއަށް ވިސްނަދޭން މަސައްކަތް ކުރިއެވެ. “މިތާ ހުރުން ބުއްދިވެރިއެއް ނޫން! މަހުދީ އައިސްފާނެ.. އެ ޕާޓޭ މީހުން ވެސް މިތަނުގައި ތިބެފާނެ.” އައްޔާދް މައިނޭވާ ލަމުން ބުނެލިއެވެ. “ނުދާނަމޭ!” ރިއުމާން ތަންކޮޅެއް ބާރަށް އައްޔާދްއާއި ދިމާއަށް ބުނެލިއެވެ. އޭރު އެމޫނުމަތިން އިންތިހާ ރުޅިވެރިކަން ފާޅުވާން ހުއްޓޭވެ.

“ދާންޖެހޭނީ! އަޑު އިވިއްޖެ!” އައްޔާދް ވެސް ހަރުކަށި ކަމާއި އެކު މިހެން ބުނި އިރު އޭނާ ހުރީ ރިއުމާންގެ ގައިގައި ޖެހޭ ނުޖެހޭހައި ހިސާބު ކައިރީގައެވެ. އެދެމެދަށް ހިމޭންކަން ވެރިވި އިރު އެކަކު އަނެއްކެއްގެ ލޮލަށް ނަޒަރު ހުއްޓިފައި ތިއްބެވެ. ދެމީހުން އައިސްފައި ހުރި ރުޅީގެ އާވި އެދެމެދުގައި ހިފާލާފައި ހުރި ކަހަލައެވެ. ކުއްލިއަކަށް އައްޔާދްގެ ކަންކަށި މައްޗަށް ހޫނު އެތިފަހަރެއް އަރައިގެން ދިޔައެވެ. އަރައިގެން ދިޔަ ދިލައިން އޭނައަށް ބޭއިޚްތިޔާރުގައި އެތަނުގައި އަތްލެވުނެވެ.

“ތީ ކާކު އަހަންނަށް އަމުރު ކުރަން! ފުރަތަމަ އޮޅުވާލައިގެން ހުރިހާ ޚަބަރެއް އަހަންނަށް ދީފައި.. އެންމެ ބޭނުން ޖެހުނު ވަގުތު ހެކި ވެސް ނުދީފައި އަދި ފަހުން އިނގޭ ކަމަށް ވެސް ހަދާ ނުލައި ހުރީއެއްނުން! އެ މަހުދީއާއި އެއްބައިވެގެން އަހަރެން މިތަނަށް ގެނެސް މަރާލަން އުޅުން އިރެއްގައި ހީވަނީ އަހަރެން ސަލަމާތް ނުކުރެވިގެން އެހެން ކަމެއްހެން.. ކީއްކުރަން އަހަރެން ލައްވަ ހުރިހާ ކަމަށް ފަޅާއަރުވާލަފަ މަރާލަން ތިއުޅުނީ! މިހުރިހާ ކަމެއް ކުރުމުގެ ފަހަތުގައި ހުރީ ހަމަ ކަލޭ.. ކީއްވެ އެހެން ހެދީ؟ ބުނޭ!” ރިއުމާން ޝަހާދަތް އިނގިލި އައްޔާދްއާއި ދިމާއަށް ދިއްކޮށްލި އިރު އޭނާ ހުރީ އިންތިހާއަށް ރުޅި އައިސް ދެރަވެފައެވެ.

“އަހަރެން އެކްސްޕްލެއިން ކޮށްދީފާނަމޭ.. އެކަމު މިތާކު ނޫން.. ހެޔޮނުވާނެ ހިނގާ މިތަނުން ދާން. ރިއުމާންއަށް ކަމެއް ވެއްޖެއްޔާ.” އައްޔާދް މިހިސާބަށް ބުނިތަނާ ރިއުމާން އޭނާގެ ވާހަކަ މެދުކަނޑާލިއެވެ. “އަހަންނަށް ކަމެއް ވެއްޖެއްޔާ ކީއްވާނީ؟ އަހަރެން މިއީ އައްޔާދްގެ ކާކު!” ރިއުމާން އެއްވެސް ޖެހިލުމެއް ނެތި މިހެން ބުނިއިރު އައްޔާދްއަށް ޖަވާބެއް ނުދެވުނެވެ.

“ޔާ ރައިޓް.. ބުނީމެއްނުން އަހަރެން މިއީ ކާކު ކަމެއް ނޭނގެޔޭ.. ހަމަ ރަނގަޅަށް ވެސް އައްޔާދަކަށް ނޭނގެ އަހަރެން މިއީ ކާކު ކަމެއް! އައި ހޭޓް ޔޫ. ގެޓް ލޯސްޓް.. ނާންތާތި ފަހަތުން!” ރިއުމާން ހަރުކަށި ކަމާއި އެކު މިހެން ބުނެފައި ދާން ހިނގައިގަތުމުން އައްޔާދް އޭނާގެ އަތުގައި ހިފެއްޓިއެވެ. އެވަގުތު އޭނާގެ އަތުގެ ތެރެއަށް އެއްޗެއް ލެވުނު އިހުސާސް ވުމުން ރިއުމާން އަތް ހުޅުވައި ބަލާލިއިރު އެއީ ޕެންޑްރައިވް އެކެވެ. އޭނާ އިތުރު އެއްޗެކޭ ބުނުމެއް ނެތި ދުވެފައި އެ ގޯޅިގަނޑުން ނިކުތެވެ. އޭރު އައްޔާދް އެތަނުގައި ޖަހާފައި ހުރި ބުދެއްހެން ހިރިލަން ވެސް ނޭނގިފައި ހުއްޓެވެ.

****

ދުވަމުން ކަހަލަ ގޮތަކަށް ގޮސް ކާރުބާރު ގިނަ މަގުމައްޗަށް ހުއްޓިލަމުން ރިއުމާން ފުންނޭވާއެއް ލިއެވެ. ފަސްއެނބުރި އެ އަނދިރި ގޯޅިގަނޑު ތެރެއަށް ނަޒަރު ހުއްޓާލި އިރު އައްޔާދްގެ ހިލަމެއް ނުވެއެވެ. އެވަގުތު އެތާ ކައިރި އަށް ހުއްޓާލި ޓެކްސީ އިން މީހުން ފޭބުމުން ރިއުމާން ގޮސް އެއަށް އެރިއެވެ.

ސީޓުގައި ލެނގިލަމުން ފުންނޭވާއެއް ލީއިރު ކާރު ތެރޭގެ އޭސީ އިން އޭނާއަށް ވެފައިވީ ހޫނަށް ލުއި ކަމެއް ގެނެސްދިނެވެ. އޭނާ ދާންވީ ތަން ބުނުމުން ޑްރައިވަރު ކާރު ދުއްވާލުމުން ސީޓުގައި އިން ރިއުމާން ވަރުބަލި ކަމާއި އެކު ދެލޯމަރާލިއެވެ. އޭނާއަށް ސިފަވެގެން ދިޔައީ މިއަދުގެ ހާދިސާއެވެ. އެވޭނަށް އަރުވައިގެން ގެންދިޔައިން ސުރެ މިވަގުތާއި ހަމައަށް ހިނގި ހުރިހާ ކަމެއް އެ ހަނދާނުގައި ކުޅެލެވުނެވެ.

އޭނާ ލޯ ހުޅުވާލައި އަތުގައި އޮތް ޕެން ޑްރައިވްއަށް ނަޒަރު ހުއްޓާލިއެވެ. ގެކައިރިއަށް ކާރު މަޑު ކުރުމާއި އެކު ރިއުމާން ފައިބަމުން ފައިސާ ހިފައިގެން އެބަ އަންނަކަމަށް ބުނެލިއެވެ. ގައިގައި ވަރެއް ނެތްކަމަކު ރިއުމާން ހިތްވަރުކޮށްފައި ގޯޅިގަނޑު ތެރެއަށް ހިނގައިގަތެވެ.

****

ގޭތެރޭގައި ހަމްނާ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރިއިރު ސޯފާގައި އިން ފާތުމަ ރޮމުން ދިޔައެވެ. އެވަގުތު ގޭގެ ދޮރު މައްޗަށް ހުއްޓެލި ރިއުމާން ފެނި ފާތުމަ ފުންމައިގެން އިންތަނުން ތެދުވިއެވެ. “ރިއުމާން! އަސްތާ.. ކިހިނެތްވެފައި މިހުރީ.” ފާތުމައި އެއައި ގޮތަށް އައިސް ރިއުމާން އަތުލަފިކޮށްގެން ގޭތެރެއަށް ވައްދިއެވެ.

ރިއުމާންގެ އަނގަމަތި ކޮންމެ ވެސް ވަރަކަށް ފަޅައިގެން ގޮސް ލޭއަރާފައި ވީއިރު ކޯމަތި ވަނީ ދުޅަވެފައެވެ. އޭނާ އަޅައިގެން ހުރި ބުރުގާ ކިލާވެފައި ވީއިރު ދެއަތުގެ ކުޑަ ހުޅު ވަނީ އެއްސުމުގެ ސަބަބުން ރަތްވެ ލޭކެނޑިފައެވެ. “ކިހިނެތްވީ ރިއުމާން.. އަހަރެން މިހާރު ފުލުހުންނަށް ވެސް ރިޕޯޓު ކޮށްފިން.” ހަމްނާ މިހެން ބުނެފައި ރިއުމާން އަޅައިގެން ހުރި ބުރުގާ ބާލުވަދޭން އެހީވިއެވެ.

އޭރު އެ ކޮޓަރި ދޮރު ކުރިމަތީގައި ނަދާ ބުނާނެ އެއްޗެއް ނޭގިފައި ހުއްޓެވެ. “ނަދާ ދޭބަލަ ތިތާ ނުހުރެ އައިސް ޕެކު ހިފައިގެން އަންނަން!” ފާތުމަ ހާސްވެފައި ހުރެ މިހެން ބުނުމުން ނަދާ އިތުރަށް އެއްޗެކޭ ނުބުނެ އައިސް އަލަމާރި ހުޅުވާލިއެވެ. “އަޅެ ހާދަ ބޮޑަކަށް ދުޅަވެފައި މިހިރީ.. އަތަށް ކީއްވެފައި؟ އަތް އެއްސީތަ؟ ރިއުމާން ހެޔޮނުވާނެ ވީގޮތެއް ބުނެބަލަ..” ރިއުމާންއަށް ވެފައި ހުރި އަނިޔާތައް ބަލަމުން ހަމްނާ ބުނެލިއެވެ.

“ފެން..” ރިއުމާން ހިންދިރުވާލަމުން މިހެން ބުނި ވަގުތު ނަދާ އައިސް ޕެކާއި ފެންފުޅިއަކާއި ހިފައިގެން އެތަނަށް ވަނަވެ. ފެން ބުއިމަށް ފަހު ރިއުމާން މޫނުގައި އައިސްޕެކް ޖައްސާލަމުން ފަޑީގައި ލެނގިލިއެވެ. “ޓެކްސީ މަޑުކޮށްގެން އޮންނާނެ.. ޕޭ ހިމް.” އޭނާ އެހެން ބުނުމުން ފާތުމަ ނަދާ ކައިރި ބުނެފައި އޭނާ ތިރިއަށް ފޮނުވިއެވެ.

އޭރު ހަމްނާ ޒުބޭރުއަށް ގުޅާފައި ރިއުމާންއައި ވާހަކަ ބުނުމަށްފަހު ފުލުހުންނަށް ވެސް ގުޅިއެވެ. އޭރު ރިއުމާން ވީ ހުރިހާ ކަމެއް އެމީހުނަށް ކިޔައިދިނެވެ. ނަމަވެސް އައްޔާދްގެ ނަން އޭނާ ހާމައެއް ނުކުރެއެވެ. “ނަސީބެއްނުން ސަލާމަތް ވިކަން.. ދައްތަ މިހުންނަނީ ހަމަ ބިރުން ހަދާނެ ގޮތް ހުސްވެފައި. ތިވާހަކަ ފުލުހުންނަށް އަންގަންވާނެ. މިފަހަރު މަހުދީއަށް ލާހިކެއް ނޫން ސަލާމަތް ވާކަށް.” ފާތުމަ މިހެން ބުނުމުން ރިއުމާން އެއްބަސް ވިއެވެ.

“ޒުބޭރުމެން ފަތިހު ލޯންޗުން މިކޮޅަށް އަންނާނެ. ރިއުމާންއަށް ނުގުޅި ލަސްވީމަ ދެން އިނގިއްޖެ ގޯހެއް އުޅެނީކަށް.. އެހެންވެ އެމީހުންނަށް އަންގައިގެން މިހާރު ފުރުމުގެ ކަންތައް ހަމަޖައްސައިފި..” ފާތުމަ ބުނެލިއެވެ. “ފުލުހުން ބުނީ ބަޔާން ނަގަން މިވަގުތުން ވަގުތުން މިގެއަށް އަންނީޔޯ.. ބުނިން ބަޔަކު ކިޑްނާޕް ކުރިއްޔޭ..” ހަމްނާ ފޯނު ބާއްވަމުން ބުނެލިއެވެ. ފުލުހުން އައުމުގެ ކުރިން ރިއުމާން އޭނާގެ އަތުގައި އޮތް ޕެންގައި ހުރި އެއްޗެއް ބަލައިލަން ބޭނުންވިއެވެ.

“ހަމްނާ ލެޕްޓޮޕް ލިބިދާނެތަ؟ އަހަރެން ލެޕްޓޮޕް ވީ އާދިލް އަތުގައި..” ރިއުމާން މިހެން ބުނުމުން އޭނާ އާދިލްއަށް ވީގޮތް އަންގަން ބޭނުންވިއެވެ. ހަމްނާ ފޯނުން އާދިލް ނަމްބަރު ޖަހާލުމަށްފަހު ގުޅާލިއިރު އޭނާގެ ފޯނު ވީތަނެއް ވެސް ނޭނގެއެވެ. ވީގޮތް ކިޔާދިނުމުން އާދިލް ވަގުތުން އެގެއަށް އަންނަން ބޭނުންވިއެވެ. ނަމަވެސް ރިއުމާން މިހާރު ލަސްވެއްޖެ ކަމަށް ބުނުމުން ވެސް އޭނާ ޤަބޫލެއް ނުކުރިއެވެ.

ހަމްނާ ލެޕްޓޮޕް ގެނެސް ދިނުމުން ރިއުމާން އެ ޕެން ޖަހާލުމަށްފަހު އޭތި ހުޅުވާލި އިރު އޭގައި އެއް ވީޑިއޯއަކާއި އޯޑިއޯއެއް އިނެވެ. އޭނާ ފުރަތަމަ ވީޑިއޯ ހުޅުވާލި އިރު ފެނުނީ ސީސީޓީވީ ފޫޓެޖް އެކެވެ. އައްޔާދް އިތުރު ކޮޕީއެއް ނީއްނާނެޔޭ ބުނި ފޫޓެޖްއެވެ. އޭގައި މަހުދީގެ ދަރިފުޅާއި އިތުރު ދެމީހަކު ވެގެން ދަންވަރުގެ ވަގުތު އެ ގޯނި ދަމާފައި ކާރުން ނެރުނު މަންޒަރާއި ރަސްފަންނާއި ދިމާއަށް ގެންދިޔަ މަންޒަރު ފެންނަށް ހުއްޓެވެ. އޭގެން އެއިން ކޮންމެ މީހެއްގެ މޫނު ވަރަށް ސާފުކޮށް އިނގެއެވެ.

ދެން އިން އޯޑިއޯ ހުޅުވާލި އިރު އިވިގެން ދިޔައީ މަހުދީގެ އަޑެވެ. އެދުވަހު ރިއުމާން އޭނައާއި ބައްދަލު ކުރަން ގޮސް ދެއްކި ކޮންމެ ވާހަކައެއް ރެކޯޑު ކުރެވިފައިވިއެވެ. އަދި މަހުދީ އަމިއްލައަށް ޖަނާނީ މަރާލީ އޭނާއަށް އެނގިހުރެ އޭނާގެ ދަރިފުޅު ކަމަށް އިއުތިރާފްވި އަޑު ވެސް ވިއެވެ. ރިއުމާން ހިތްހަމަޖެހުމުގެ ނޭވާއެއް ލީއިރު މިއަދު އައްޔާދް އޭނައާއި ޖޫމްހޫރީ މައިދާން ކައިރިން ބައްދަލުކޮށް ދޭން އުޅުނު އެއްޗަކީ މިއީކަން އޭނާއަށް އިނގުނެވެ.

“ތިއޮތީ ހުރިހާ ކަމެއް ފަޅާ އަރާފައެއްނުން.. ފުލުހުން އައީމަ ހަވާލު ކުރޭ. އޭރުން މިކަންތައް ނިމުނީއެ..” ކައިރީގައި އިން ފާތުމަ ބުނެލިއެވެ. “ނޫން.. އަހަރެން އެމީހުންނަށް އިތުބާރެއް ނުކުރާނަން. މި ދޭތަނުން ހަމަ މިކަން ވެސް ފޮރުވަފާނެ.. އޭރުން ދެން ދެއްކޭނެ އިތުރު އެއްވެސް ހެއްކެއް ނެތް. އަހަރެން މީތި ލީކް ކޮށްލާނީ.. އޭރުން ރައްޔިތުންނަށް ހުރިހާ ކަމެއް ސާފުވެ އެމީހުންނަށް ކުރެވޭނެ ކަމެއް ނޯންނާނެ.. މަހުދީއަކަށް ވެސް އޭރުން އިންކާރެއް ނުކުރެވޭނެ.” ރިއުމާން ވިސްނާލަން އިނދެފައި ބުނެލިއެވެ.

އިރުގަނޑެއް ފަހުން ފުލުހުން އައިސް ރިއުމާން ކައިރިން ބަޔާން ނެގިއިރު އޭނާ އައްޔާދްގެ ނަން ހާމަ ކުރީ ހަމައެކަނި އޭނާ ސަލާމަތް ކޮށްދިން ކަމަށް ބުނެފައެވެ. އައްޔާދް އޭނާއަށް އެހުރިހާ ހެއްކެއް ދީ އެހީ ވުމުން އޭނާއަށް އައްޔާދް ގޯސް ކޮށްފައި ބަޔާން ދޭން ބޭނުން ނުވީއެވެ. ރިއުމާންއަށް ކޮށްފައި ހުރި އަނިޔާތައް ބެލުމަށްފަހު އޭނާ ހައްޔަރުކޮށްފައި ބެހެއްޓި ގޯޅީގަނޑު އިންނަ ހިސާބު ވެސް ކިޔާދިނެވެ. އެރޭ ފަހުން އާދިލް އައިސް އެތަށް އިރަކު ވާހަކަ ދެއްކުމަށްފަހު އެ ވީޑިއޯއާއި އެއްޗެހި ބެލިއެވެ. އެރޭ ރިއުމާން ނިދީ މާދަމާ މަހުދީގެ ހުރިހާ ކަމެއް ބޭޒާރުވެ ޖަނާނީއަށް އޭނާގެ މަރުގެ އިންސާފު ލިބޭނެ ކަމަށް އުއްމީދު ކުރަމުންނެވެ.

****

މަހުދީ އެގެއިން ނިކުމެގެން ކޮރެއް ޖަހަމުން ފޯނުން އޭނާގެ ކާރަށް ގުޅާލިއެވެ. އޭނާ ނިކުމެ އެ އަނދިރި ގޯޅި ގަނޑު ބެލިއިރު އެއިން އެކަކު ވެސް ލޮލުކޮޅަށް ފެންނާކަށް ނެތެވެ. އޭނާ ފައިސާ ދީގެން ރިއުމާން ގެނައި މީހުނަށް ގުޅުމުން އެއިން އެކަކު ވެސް ފޯނެއް ނުނެގިއެވެ. އައި ރުޅީގައި އޭނާ ގޮށް މުއްކަވާފައި ފާރުގައި ޖެހިޖެހީނުން އަތްވެސް މަށައިގެން ދިޔައެވެ.

ކާރު އައިސް މަޑުކޮށްލުމުން އޭނާ އެއަށް އަރައި ގެއާއި ދިމާއަށް މިސްރާބުޖެހިއެވެ. މާގިނަ އިރެއް ނުވެ އޭނާގެ ހުރިހާ ސިއްރެއް ބޭޒާރު ވާނެކަން އޭނާއަށް އިނެގެއެވެ. އައްޔާދް ވެސް ފަހުވަގުތު އޭނާއަށް އޮޅުވާލީއެވެ. ދެން ސަލާމަތް ވެވޭނެ ގަނި ރާސްތާއެއް ވެސް ނެތްކަން އިނގުމުން އޭނާ ގޮތް ހުސްވިއެވެ.

ގެއަށް ވަދެވުނުއިރު މެންދަމު އެކެއް ޖަހަނީއެވެ. އޭރު ވެސް ނުނިދާ އޭނާގެ އަންހެނުން ސޯފާގައި އިންއިރު މަހުދީ ފެނުމާއި އެކު އޭނާ އިންތަނުން ތެދުވިއެވެ. “ކީހިނެތްވެފައި ތިހިރީ.. މޫނާއި އެއްޗެހި ދުޅަކޮށް ލާފައި؟” އޭނާ ސުވާލު ކުރުމުން މަހުދީ އެއްވެސް ޖަވާބެއް ނުދީ ހިނގައިގަތުމުން އޭނާގެ އަންހެނުން އައިސް ހުރަސް އެޅިއެވެ.

“މަހުދީ އަހަރެން ވާހަކަ ދައްކަމޭ އެބަ! ކީއްވެފަހޭ މިހިރީ.. މިހާ ދަންވަރު ކޮންތާކަށް ގޮއްސަ ތިޔައީ؟” އޭނާގެ ސުވާލުތަކުން މަހުދީގެ ބޮލުގައި ރިއްސަން ފެށުމުން އައި ރުޅިގައި އަންހެނުން ދުރަށް ކޮއްޕާލިއެވެ. އޭރު ކޮޓަރިން އޭނާގެ ފިރިހެން ދަރިފުޅު ނިކުމެ އޭނާގެ މަންމަ ކޮއްޕާލި މަންޒަރު ފެނުމުން އެދިމާއަށް ދިޔައެވެ.

‘ކޮންކަމަކާ މަންމައަށް އަނިޔާ ކުރަނީތި!” އޭނާ ހަޅޭ ލަވައިގެންފައި ގޮސް އޭނާ މަންމަ ގައިގައި ހިފެއްޓިއެވެ. “ކޮންކަމެއް ހޭ ވީ!” މަހުދީ މިހެން ބުނެފައި އޭނާ ދަރިފުޅުގެ ކަންކަށިމަތީގައި ނިކަން ބާރަށް ޖެހިއެވެ. “މީއީ ހުސް ކަލޭއާއި ހެދި ވީ ކަންތައް! މޮޔަވެގެން މީސްމީހުން މަރަންޏާ ވާނީ މިހެންނޭ. ކަލޭ ސަލާމަތް ކުރަން ހަދައިގެން އެންމެފަހުން އަހަރެން ބެދި ހުރިހާ ކަމެއް ފަޅާއަރާނެ!” މަހުދީ ހަޅޭ ލަވައިގަތެވެ.

“ޑޭޑް.. ކީކޭ ތިކަޔަނީ؟ ހުރިހާ ކަމެއް ހޭންޑަލް ކުރާނަމޭ ބުނީމެއް ނުން!” އޭނާގެ ދަރިފުޅު ހާސްވެފައި ބުނެލިއެވެ. “ހޭންޑަލް ވެއްޖެ އެއްނުން ނިކަން ރަނގަޅަށް.. މާދަން ކަންނޭގެ ދެން އަހަރެމެން ހައްޔަރު ކޮސްގެން ގެންދާނީ! ކަލޭއާ ހެދި ހަމަ މިހުރީ ކަމެއް މިވީ.. އަހަރެން އެވަރުން ހޯދި މަޤާމުވެސް!” މަހުދީ އަނެއްކާ ވެސް އޭނާ ދަރިފުޅުގެ ކަންކަށިމަތީގައި އަތްދަމާފައި ޖެހިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

layaal

Level 310 Stories100 Comments

Other Articles

Previous

ހުރީ ވެވިފާ ބާކީ… (ސާދަވަނަ ބައި)

Next

އިންތިހާޔަށް (10ވަނަ ބައި)

Next
January 10, 2017

އިންތިހާޔަށް (10ވަނަ ބައި)

Previews
January 10, 2017

ހުރީ ވެވިފާ ބާކީ… (ސާދަވަނަ ބައި)

33 Comments!

  1. layaal says:
    January 10, 2017 at 5:37 pm

    Enjoy reading!
    Will justice be served?

    1. reen says:
      January 10, 2017 at 8:03 pm

      No

  2. cute handi says:
    January 10, 2017 at 5:38 pm

    yay

  3. Kalhu handhi says:
    January 10, 2017 at 5:46 pm

    Me second

    1. cute handi says:
      January 10, 2017 at 5:48 pm

      aharemen handies thah dhw kureega mi ulheny…. hehe

    2. Police Handi says:
      January 10, 2017 at 5:51 pm

      yah dhw guys .. miss yuh guys .. kobaatha magey bf??? .. Layaa story hama varah habeys ingey ☺☺

  4. cute handi says:
    January 10, 2017 at 5:46 pm

    varah reethi…dhen zubairu kuri kanthah ves falhaa aruvaalan ulhey…. avahah up kurachey…… waiting for the next part…..

  5. nunnu says:
    January 10, 2017 at 6:00 pm

    wow.. varah salhi hama. zubeyru bust kohlaa dhen. love this ❤️❤️

  6. Shu says:
    January 10, 2017 at 6:04 pm

    Wow salhi ……waiting 4 the next part……..keep it up

  7. AsA says:
    January 10, 2017 at 6:09 pm

    Oo oh mifaharu heyaruvaalaane dhw

  8. Kalhu handhi says:
    January 10, 2017 at 6:17 pm

    Hama rangalhah e v… Mahudhee sizah vehtuny dho… Maadhama part v rythi vaane dho…

  9. Sssssssh says:
    January 10, 2017 at 6:17 pm

    V salhi kon irakun aneh part upload kurany

  10. Hawwoo.... says:
    January 10, 2017 at 6:18 pm

    Hehehehe hama heveny ma sha allaah vvvv furihama. Sifavey mahudhy ulhey goi…

  11. Yalv says:
    January 10, 2017 at 6:20 pm

    Adhi nuvaane bust yageen, e othynu maruge insaafu libeyne kamuge ummeedhuga nidhi vaahaka , ehenveema kommeves kameh adhi goas ebavey ?

  12. Redrose says:
    January 10, 2017 at 6:33 pm

    Varah salhi waiting for the next part.

  13. Xxx says:
    January 10, 2017 at 6:41 pm

    Alhaa v v v v rythi mi story…
    Love u layaa ❤❤
    Alha mirey adhi 1 part up koh dhybala layaa…
    Plx plx plxxxxxx

  14. Nicky says:
    January 10, 2017 at 7:01 pm

    Maa kuree ey baii thah genes dhyfa hunnaleh…bt v nyc….

  15. Eleesha says:
    January 10, 2017 at 7:19 pm

    Layaa. Hama awsum ????? alhe mirey adhi eh part pls pls pls pls pls darla ?

  16. Aharen says:
    January 10, 2017 at 7:23 pm

    Get the hell out of here handi thah… bodu udhaguleh….

    1. Sanii says:
      January 10, 2017 at 7:53 pm

      Yes please dont ruin this story again.
      anyway story hama obi . Love yu layaa :*

  17. izze says:
    January 10, 2017 at 7:37 pm

    masha fennani mahudhi fala kamun nuthedhuvigen ulhey than! hahahaha hee hee halaaku ?

  18. Bodu handi says:
    January 10, 2017 at 7:43 pm

    Hello all handi thah… handhi alltheway..???

  19. oooooh says:
    January 10, 2017 at 7:46 pm

    this is the best stry

  20. Anonymous says:
    January 10, 2017 at 8:36 pm

    ummmeedh kohgn nidy ey bunyma adhi heevany knmx kameh vaanehn.. riumaan ge dad pen drive ehlaa laany kanneynge.. alhey riumaan haadha hiyyvaru gadha kuhjekey ti e? eyna ah justice liben jeheyne.. ahyaadh kobaatha anehkaa? ahyaadha vx bedeyne dhw ekamuga.. eyna a hurihaa kamakah help vedinyma.. up soon.. aneh part kiyaa hithun nuvx nideyne.. 🙂

  21. Bella says:
    January 10, 2017 at 8:44 pm

    V reeti mi vaahaka…Dhan ahnan out bayah ves v intijaaru kuran

  22. maiha says:
    January 10, 2017 at 8:58 pm

    layaaa…hama hiy thelheny yey…kihinehtha vaany dhn alhe? abadh vaahaka r dheythereyga visneny a..LAYAAA U R GREAT…LOVE U ???????

  23. Mariyam Ubaid says:
    January 10, 2017 at 9:02 pm

    Reethi

  24. karishma says:
    January 10, 2017 at 9:04 pm

    v reethi mi part vx

  25. fathu says:
    January 10, 2017 at 9:06 pm

    avaha aneh bai genesdheebala.inthizaarey vany hiy edheythy???

  26. Ganya says:
    January 10, 2017 at 9:08 pm

    heyonuvaane riumaan ah kaamiyaab libeyne goi hadhadhy.pls

  27. Sheera says:
    January 11, 2017 at 9:19 am

    When is next part? Please upload soon

  28. layaal says:
    January 11, 2017 at 10:14 am

    hey all. thanks for the sweet comments. New part evening ga up kohdhey nan. ??

  29. saudhalhy says:
    May 17, 2017 at 9:53 am

    vrh reethi. waiting for next page. 😀

Comments are closed.

Next Episodeވަންހަނާ (13)←


All Right Reserved!