މެހެކް އަނގަމަތީގައި ދެއަތް އަޅާލިއެވެ. “ސަޕްރައިޒް”. ނަސީރުބެ އާއި ޝިޔާމައްތަ އެއްއަޑަކުން ހެމުން ބުނެލިއެވެ. ހަމަ އަސްލުވެސް މެހެކް “ސަޕްރައިޒް” ވެއްޖެއެވެ. އޭނާގެ ކުރިމަތީގައި ހެވިލާފައި އެ ހުރީ އޭނާ ގެ ލޯބިވާ މަންމަ އެވެ. “މަންމާ” މެހެކް މަންމަ ގެ ގައިގައި ބައްދައިގަތެވެ. އޭނާ ހުރީ އުފަލުން ރޮވިފައެވެ. “މަންމަ ގެ ލޯބިވާ ދަރިފުޅާ” މަންމަ ލޯބިން މެހެކް ގެ ބޮލުގައި ފިރުމާލިއެވެ. ދަރިފުޅު މިހާރު ކުރިއަށް ވުރެވެސް ދޮން ވެއްޖެ ދޯ، އިސްތަށިގަނޑު […]
“ދަރިފުޅާ ރިއުމާން..” ޒުބޭރު މިހެން ބުނެފައި އައިސް އޭނާ ކައިރީގައި ހުއްޓިލުމުން އެހިތް ތެޅެން ފެށި ވަކި ވަރެއް ބަލާފައެއް ނޫނެވެ. އެހައި ދުވަހަށްފަހު އެ މުޑުދާރު ފިރިހެނާގެ މޫނުފެނި ރިއުމާން ދެއަތް މުއްކެވުނެވެ. ފޮރުވައިގެން އުޅުނު ހުރިހާ ރުޅިވެރިކަމަކާއި ހިތާމަތަކެއް ފެންމަތިވި އިރު އެހިތުގައި ވަޅުލެވިފައި ވީ ބިރުވެރިކަން އަނެއްކާ ވެސް ގުޑިލި ކަހަލައެވެ. ރިއުމާން އޭނާގެ ބައްޕައަށް ބަލާވެސް ނުލައި އެތެރެއަށް ހިނގައި ގަތެވެ. އޭރު ހާޖަރާ ކައި ނިމިގެން ސިޓިން ރޫމަށް ނިކުއިން […]
އެންމެން ދިއުމުން އާޝިޔާ ގޮސް ސޯފާގައި އިށީނދެ ވިސްނަންފެށިއެވެ. މިބޮޑު ގޭގައި އޭނާއާއި އިޒްޔާން އެކަނި އުޅޭނީ ކިހިނެއް ހެއްޔެވެ؟ އޭނާ އިޒްޔާންއާ ދުރަށްދާން މަސައްކަތް ކުރާވަރަކަށް ކޮންމެވެސް ގޮތަކުން އިޒްޔާންއާ ގާތްވާން މަޖުބޫރުވެއެވެ. އިޒްޔާންއާއި ދާއިން ދިޔަ ގޮތަކަށް އަދިވެސް ނާދެއެވެ. ރައުދާ ފޫހިވެގެން ގޭތެރޭ އެނބުރި އެނބުރި ހުއްޓެވެ. އަދިވެސް އާޝިޔާއާ ވާހަކަދައްކަން ރައުދާ ޖެހިލުންވެއެވެ. ރައުދާ ގޮސް ޓެރަސްގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނދެލިއެވެ. ކުރިން ރައުދާއަކީ އަނގަގަދަ ކުއްޖެއްނަމަވެސް މިހާރު އެއީ […]
އޮފީހުން ނިމިގެން ޝިޔާޒް އައިސް ގެއަށް ވަންއިރު ދަރިފުޅު، މަލްޝާ އިނީ ކާރޓޫން ބަލާށެވެ. ޝިޔާޒް ފެނުމާއިއެކު މަލްޝާ ސޯފާއިން ތެދުވެގެންގޮސް ޝިޔާޒްގެ ގައިގައި ބައްދައިލިއެވެ. ޝިޔާޒް ހިނިތުންވެލަމުން މަލްޝާގެ ބޮލުގައި ފިރުމައިލިއެވެ. މަލްޝާވެސް ހިނތުން ވެލިއެވެ. ޝިޔާޒް ގެއަށް އަތުވެއްޖެނަމަ މަލްޝާ، ޝިޔާޒް ކައިރިން ދުރަކަށް ނުދެއެވެ. މަލްޝާއާ ލޯބި ކޮށްލަމުން ޝިއާޒް މަލްޝާ ގޮވައިގެން ގޮސް ސޯފާގައި އިށީނެވެ. އޮފީހުގައި މަސައްކަތް ބުރަ ދުވަހަކަށްވާތީ ޝިޔާޒް އިނީ ވަރުބަލިވެފައެވެ. އެހެން ނަމަވެސް ކައިރީގައި […]
“ހެހެހެ………މަ ހާދަ ތަޅުވާ ހިތްވެޔޭ އޭނަ. ކުރީދުވަހު އަހަރެން ގުޅާފަ ބުނިން އަނެއްކާވެސް އަނބިދަށުވެގެންހޭ ތިއުޅެނީ. މިފަހަރު މުޅިން ވެސް އަނބީގެ ބަހަށް ހެއްލުނީހޭ. ތިހެން އުޅެންޏާ މަ އަނެއްކާވެސް އަނބި ޖަހައިގަންނާނަމޭ. ހެހެހެހެހެ……..މަށަށް ހަމަ ޔަޤީން އޭނަ މިހާރު އަލްބަމެއް ހަދަން ފަށާފާނެކަން. ރަނގަޅަށްވިއްޔާ މިހާރުއްސުރެ އަންހެނުންނާ މައްސަލަޖެހިފަ އޮންނާނީ. ވީހާވެސް ރަނގަޅީ އޭނަ އެގޮތަށް އުޅުނިއްޔާ. އަލްބަމެއް ނެރޭއިރަށް އޭނަ ދުވަހަކުވެސް އަޑިއަށް ނުފޮނުވޭވަރަށް ފޮނުވޭނީ އޭނަ މިހާރުއްސުރެ އެ ހާސްކަމުގަ އުޅެންޏާ. މިހާރު […]
ބޭސް އުނގުޅަމުން ދިޔައިރު އާޝިޔާގެ ނޭވާ އަވަސްވަމުން ދިޔައެވެ. އެބޭހުގެ ދިލައަށްވުރެ އޭނާގެ ހިތުން ނަގާ ދިލަ ހޫނު މާބޮޑެވެ. އިޒްޔާންގެ އިނގިލިތައް އެއަތުގައި ބީހެމުންދާއިރު އެލިބެމުންދާ އަރާމަކުން އާޝިޔާގެ ދެލޯ މެރިގެންދިޔައެވެ. ކުއްލިއަކަށް އިޒްޔާން ކޮށްލި ކަމަކުން އާޝިޔާ ސިހިފައި ލޯހުޅުވާލިއެވެ. “އާޝިޔާ! މިރީތި އަތުގަ އަހަރެން އަބަދަށް ފިރުމަން ބޭނުމޭ ބުނެފިއްޔާ އާޝިޔާ ދޭނީ ކޮން ޖަވާބެއް؟” އިޒްޔާން އާޝިޔާގެ އަތުގައި ބޮސްދިނުމުން އާޝިޔާއަށް ހީވީ އޭނާގެ ހިތް ހުއްޓުނުހެންނެވެ. ކުއްލިއަކަށް އިޒްޔާން އެދައްކަން […]
އޭރު އައިޝާގެ ގައިން ތުރުތުރު އަޅަމުން ދިޔައެވެ. މުޅި މޫނުމަތި ހުރީ ރަތްވެފައެވެ. އެނދުމަތީގައި ހުސްގަޔާ ރިޔާޒް ގައިގައި ބައްދާލައިގެން އޮތް ފަރީޝާ ސިއްސައިގެން ދިޔައީ އައިޝާގެ އަޑަށެވެ. ކުއްލިއަކަށް އައިޝާ ފެނުމުން ބަހެއްވެސް ބުނަން ނޭންގިފައި އެއިން ގޮތައް ފަރީޝާ އިނީއެވެ. އައިޝާ ފެނުމުން އަވަސް ކޮށްލާފައި އެއްޗެހި ލައިގެން ރިޔާޒް ނިކުންނަން ދިޔައެވެ. ރަތްވެފައިވާ ބޮޑު ދެލޮލުން އައިޝާ ރިޔާޒްގެ މޫނަށް ބަލައިލިއެވެ. އެބެލުމުގައި އިންތިހާ ދަރަޖައިގެ ނަފްރަތު ފެނިގެން ދިޔައެވެ. ބަހެއް ނުބުނެ […]
އިރުއިރުކޮޅަކާއި ފާރުގައި ހުރި ގަޑިއަށް ނަޒަރު ހުއްޓާލަމުން ބެލްކަނިން ނިކުމެ މަގުގެ ދެކޮޅު ބަލާލާފައި މާރިއާ ގޭތެރެއަށް ވަދެއެވެ. “ކޮބާތަ؟ އަދިވެސް ނާދޭ..” މާރިއާ ކަންބޮޑުވެފައި ބުނެލިއެވެ. އޭރު އާޒިމް ސިޓިން ރޫމު ސޯފާގައި އިށީނދެލައިގެން ދެފައި ހަލުވާލަ ހަލުވާލަ އިނެވެ. “ދެންމެ ގުޅީމަ ބުންޏެއްނުން މިއަންނަނީއޭ..” އާޒިމް ބުނެލިއެވެ. “އަހަރެން އޭރު ވެސް ބުނިން ފުލުހަށް ވަންނާނެ ކަމެއް ނެތޭ.. ބޮޑު ވިޔާފަރިއެއް އޮއްވަ ކީއްކުރަން އެހެން ވަޒީފާއަކަށް ދާންވީ. އާޒިމް ވެސް ނޫޅުނު އޭނަ […]
މި ދުނިޔެ މަތީ ކަމެއް ކުރަންޏާ ފައިސާ އިން ވިޔަސް އެކަމެއް ނުވާނެ ހަމަ އެއްވެސް ކަމެއް ނޯންނާނެއެވެ. މަންމަ މެން ބުނި ގޮތުގައި އަހަރެން ގުޅެން އެންމެ އެކަށޭނަ މީހަކީ އެއީ އެވެ. ނަމަވެސް އަހަރެން އެކަމާ ދެކޮޅު ހެދީމެވެ. ފައިސާ އަކީ ދާއިމީ އެއްޗެއް ނޫން ކަމާ އެއީ ވަގުތީ އުފަލެއް ކަމުގައި ބުނެއެވެ. ދިރިއުޅުމަށް ބޭނުން ވަނީ ހަމަ އެކަނި ފައިސާ އެއް ނޫނެވެ. އަދި މުއްސަނދި ކަމެއް ވެސް ނޫނެވެ. ދިރިއުޅުމަށް […]