Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފިރިމީހާގެ ހައްޤުގައި (7)

shafu
January 10, 2017
6 Mins Read
95 Views
11 Comments

މެހެކް އެހެން އަހާލުމުން އެދެމަފިރިންނަށް އައި ބަދަލު ފެނި އޭނާ ވަރަށް ދެރަވިއެވެ. އޭނާއަށް އެހެން އަހާލެވުން އެއީ، ކުރެވުނު ކުށެއް ކަމަށް ޤަބޫލުކުރެވި އިސްޖަހާލެވުނީ ލަދުންނެވެ. އަދި އެފަދަ ގޮތެއް ވެދާނެކަމަށް އޭނާގެ ޅަ ސިކުނޑިއަށް ކުރިން ވިސްނިފައި ނެތީތީއެވެ.

“އަހަރުމެންގެ އެއްވެސް ކުއްޖަކު މި ދުނިޔެއަކު ނެތް…” ނަސީރުބޭ ބުނެލިއަޑު އިވުނެވެ. މެހެކް އިސް އުފުލާ ބަލާލި އިރު ނަސީރުބޭ ލޮލުން ކަރުނަތައް ވިދަމުން ދެއެވެ.

“ކައިވެނިކޮށްގެން އަހަރުމެން ދެމަފިރިން އުޅުނީ ވަރަށް ލޯބިން، ވަރަށް އުފަލުގައި” ކުރީގެ ހަނދާންތައް އާ ކުރަމުން ނަސީރުބޭ ކިޔައިދޭން ފެށިއެވެ.

“ދެ މީހުންގެ ވެސް މާލޭގަ ގެދޮރު އެބަހުރި، ޝިއާމައްތަ އާއި ކައިވެނި ކުރިގޮތަށް ނަސީރުބޭ ދިޔައީ ބޯޓް ދަތުރުކުރަން. އެގޮތުގައި އަހަރުތަކެއް ވެއަތުކޮށް، އެއްކުރި ފައިސާއިން ދެ މީހުންގެ ގެ ވަރަށް ފެންވަރުގައި ހެދީ، އެއައްފަހުން، މާ ގިނަ ދުވަހެއް ނުވެ ޝިޔާމައްތަ ބަނޑޮ ބޮޑު ވެއްޖެ.”

“ދުވަސްތައް ގުނެމުން އައީ އުފަލާ ހިތް ހަމަޖެހުމުގަ..”

“ނަމަވެސް….” ނަސީރުބޭގެ އަޑު ބެދެމުން ދިޔައެވެ. “ނަމަވެސް އެ އުފާވެރިކަމަށް ނިމުން އަންނަނާކަށް މާ ގިނަ ދުވަހެއް ނުނެގި..”

“އެއްރެއަކު ކުއްލިއަކަށް ޝިޔާމައްތަގެ ބަނޑުގައި ރިއްސަން ފެށި، އޭރު ދުވަސް ވެސް ނުފުރޭ، އަވަސް އަވަހަށް ހޮސްޕިޓަލަށް އައި ތަނުން ވިހަން ވައްދައިފި. އެތައް އިރަކު އެވޭނުގަ އުޅުމަށް ފަހު ޝިއާމައްތަ ވިހެއީ ލޯބި ލޯބި ފިރިހެން ކުއްޖެއް.”

“އެކަމަކު…، މާ ގިނައިރުތަކެއް ނުވެ އެ ކުއްޖާ މި ދުނިޔެ އާ އަލްވަދާޢު ކިޔައިފި”

ނަސީރުބޭ ފުންނޭވާއެއް ލިއެވެ. އަދި އަސަރާއެކު ވާހަކަ ކުރިއަށް ގެންދިޔައެވެ.

” ދެން އޭގެ ފަހުން އަހަރުމެންނަކަށް ކުއްޖަކު ނުލިބުނު…” އެތައް ފަރުވާއެއް ރާއްޖޭގައި ކޮށް އަލިމަގެއް ނުފެނުނު، އަހަރުމެން އާއިލާގެ މީހުންނަށް ދަރިން ލިބިގެން އުފާ ކުރާތަން ބަލަން ޝިޔާމައްތަ އަކަށް ކެތެއް ނުކުރެވޭ، ދެން އައީ މިތަނަށް، މިތަނަށް އައިސް ދެއްކި ކޮންމެ ޑޮކްޓަރެއްވެސް ބުނީ ޝިއާމައްތަ އަކަށް ދެން ކުއްޖަކު ނުލިބޭނެއޭ”

” ދެން އަހަރުމެން ދެމަފިރިންގެ ބޮޑު ދެ އިމާރާތް ކުއްޔަށް ދިނުމަށް ފަހު މިތަނަށް ބަދަލުވާން ނަސީރުބޭ ނިންމީ، ހިތްނުބައިވެފައި ތިބޭ މީހުންގެ ދޫ ތަކުން ސަލާމަތްވުން އެންމެ ބޮޑު ބޭނުމަކީ، އެއައްފަހުން ޝިއާމައްތަ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުނީ”

ނަސީރުބޭގެ ވާހަކަ ނިމުމާއެކު މެހެކް އަށް ވެސް ރޮވުނެވެ.

” ދެންމެ ނަސީރުބޭ އަށް ގުޅައިގެން އެ އުޅުނީ ނަސީރުބޭ އެއްބަނޑު އެއްބަފާ މީހެއްގެ ދަރިއެއް، އޭނަ ދެކެ އަހަރުމެން ދެމަފިރިންވެސް ވަރަށް ލޯބިވޭ. އެހެންވެ، އޭނަ އާއި މުޙާތަބު ކުރަނީ ދަރިފުޅު ކިޔައިގެން..”

އަދި ބުނަންތަ! ޝިޔާމައްތަ ކޮޓަރިއަށް އެދިޔައީ އެއްގޮތަކަށް ވެސް މެހެކް ދެކެ ހިތްހަމަނުޖެހިގެނެއް ނޫން، އެވާހަކަ ފެށިއްޖެނަމަ ޝިޔާމައްތަގެ ހިޔާލަށް އަންނާނީ އަބަދުވެސް އަހަރުމެންގެ ދަރިފުޅު، ދެން ރޮވޭގޮތް ވާނެ، އެކަރުނަތައް ފޮރުވަން އެގޮތައް އެ ދިޔައީ، އެއްގޮތަކަށް ވެސް އެއްޗެއް ހީނުކުރާތި..”

ނަސީރުބޭ ކަރުނަ ފޮހެލަމުން ކުޑަކޮށް ހިނިތުން ވެލިއެވެ.

މެހެކް ވެސް ބަދަލުގައި ހިނިތުންވެލުމަށް ފަހު ބޯ ޖަހާލިއެވެ. އަދި މަޑު ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަނެވެ.

ކޮޓަރިއަށް ވަދެ އޭނާ އެނދުގައި އޮށޯ އޮވެލިއެވެ. ޝިޔާމައްތަގެ ކިބައިން މަޢާފަށް އެދުމަށް އޭނާ ހިތް އެދެމުން ދިޔައެވެ. އޭނާއަށް އެކަން އިޙްސާސްވަމުން ދިޔައީ ކުރެވުނު ކުށެއްގެ ގޮތުގައެވެ. އެހާވެސް އޭނާ ދެރަވެ ލަދުގަތެވެ.

އެފިކުރުގައި އޮއްވައި ކުއްލިއަކަށް ފޯން ރިންގްވާން ފެށިއެވެ. ގުޅަނީ ސާދުނާއެވެ.

“ހެލޯ، މެހެކް އަހަރެން ވަރަށް ބޮޑު ވާހައެއް ދައްކާލަން ބޭނުން މެހެކް ގާތު، ފޯނަކުން އެވާހަކައެއް ނުދެއްކޭނެ، ދަންތަ ތިގެއަށް؟” ސާދުނާ ހުރީ ހިތް އަވަސްވެފައެވެ.

އަހަރެން ގުޅާލާނަން އިނގޭ، މިރޭ އާދެވޭނެތަ؟ ”

އޯކޭ.. މެހެކް ފްރީ ވީމަ ގުޅާ” ސާދުނާ ފޯން ކަނޑާލިއެވެ.

އެދުވަހުގެ މެންދުރުފަހެވެ. މެހެކް ކޮޓަރިން ނުކުމެލިއެވެ. އެހެން ފަހަރުތަކުގައި އޭނާ ކޮޓަރިން ނުކުމެލާއިރު، ޝިޔާމައްތަ އާއި ނަސީރުބޭ، ކޮންމެވެސް ވާހަކައެއް ދައްކަން ސިޓިންގްރޫމް ގައި ތިބޭނެއެވެ.

ގޭތެރެ އޮތީ އެއްކޮށް ހަމަހިމޭން ވެފައެވެ. ނަސީރުބޭ އޮތީ ސޯފާގައި ނިދިފައެވެ. ނިއްކުރިމަތީގައި އަތް ބާއްވާލައިގެންނެވެ. ހީވާގޮތުން ނަސީރުބެއަށް އެފިކުރުގައި އޮއްވައި ނިދުނީއެވެ.

މަޑު ހިނގުމެއްގައި މެހެކް އެދެމަފިރިންގެ ކޮޓަރިއާ ދިމާއަށް މިސްރާބު ޖެހިއެވެ.

ކޮޓަރިއާ ހަމައަށް އާދެވުމުން އޭނާ އިރުކޮޅަކު މަޑުކޮއްލުމަށް ފަހު ދޮރުގައި މަޑުމަޑުން ޓަކި ޖަހާލިއެވެ. “ހުޅުވާ” ޝިއާމައްތަ ގޮވާލިއަޑަށް މެހެކް ކުޑަކޮށް ފިނިވިއެވެ.

އޭނާ ދޮރު ހުޅުވާލިއެވެ. ޝިޔާމައްތަ އޮތީ އެނދުމަތީގައި ބަންޑުންނެވެ. ބާލީހުގައި ބޯ އަޅާލައިގެންނެވެ. އަދިވެސް އެހަނދާން ތައް އާވެ އެފަކީރު ރޮނީ ކަންނޭނގެއެވެ.

“ޝި..ޝިއާމައްތާ” މެހެކް ފަސް ޖެހެމުން ގޮވާލިއެވެ.

އަހާ! މެހެކް އަވަހަށް އާދޭ، އިށީ އިނދޭ” ޝިޔާމައްތަ ގަދަކަމުން ހިނިތުންވަމުން ތެދުވިއެވެ. ރުއިމުގެ ސަބަބުން ދެލޯ ވަނީ ހިސާބަކަށް ދުޅަވެފައެވެ. ބާލީސް ވެސް ކޮންމެވެސް ވަރަކަށް ތެމިފައި ހުރިތަން ފެނި މެހެކް ހިތަށް އަސަރު ކުރިއެވެ.

“ޝިއާމައްތަ އަޅުގަނޑަށް މަޢާފް ކޮއްދީ” މެހެކް އިސް ޖަހާލަމުންބުނެލިއެވެ. ނަސީރުބޭ އަޅުގަނޑަށް ހުރިހާ ވާހަކައެއް ކިޔައިދީފި، އަޅުގަނޑު ވަރަށް ބޮޑަށް ދެރަވެއްޖެ” މެހެކް އެނދުގައި އިށީ އިނދެލިއެވެ.

“ތިހާ ރަނގަޅު ކުއްޖެއް އަދި ނާދޭ މިގެއަށް ކިޔަވަން ހުންނާކަށް”. ޝިއާމައްތަ ހިނިތުންވަމުން ބުނެލިއެވެ.

ކުރިންވެސް ދެ ކުދިން އުޅުނު، އެކަމަކު އެއްވެސް ކުއްޖެއް މަސައްކަތެއް ނުކުރޭ ތި ގޮތަށް ޝިއާމައްތަ މެންނާ ގުޅުން ބަދަހި ކުރާކަށް، ޝިއާމައްތަ މީގެ ފަހުން މެހެކް އާއި މުޙާތަބް ކުރާނީ ދަރިފުޅު ކިޔައިގެން.”

ޝިޔާމައްތަގެ ހިތްހެޔޮ ކަމުން މެހެކް ހައިރާން ވިއެވެ. އޭނާއަށް ބޭއިޙްތިޔާތުގައި ރޮވުނެވެ. އަދި މަޑުމަޑުން ޝިޔާމައްތަގެ ގައިގައި ބައްދާލެވުނީ މަންމަ މަތިން ހަނދާން ވިލެއް ބޮޑުކަމުންނެވެ.

އެރޭގެ ރޭގަނޑުގެ ވަގުތެވެ. ހުރިހާ ކަމެއް ހަމަޖެހި، މެހެކް އާއި އެދެމަފިރިން ތިބީ ކެއުމަށް އިންސާފު ކުރާށެވެ.

ކުއްލިއަކަށް ގޭ ދޮރުގައި މީހަކު ޓަކި ދިނެވެ. “މި ގަޑިގަ ކާކުބާ!” ޝިއާމައްތަ ދޮރު ހުޅުވިއެވެ. އަހާ ސާދުނާ އަވަހަށް ވަދޭ” ދޮރުމަތީގައި ހުރީ ސާދުނާ ކަން އެނގުނެވެ.

އެތެރެއަށް ވަންނަން ޝިއާމައްތަ ސާދުނާއަށް ދަޢުވަތު ދިނެވެ.

“ހިނގާ އެއްޗެއް ކާލަމާ” ޝިޔާމައްތަ ސާދުނާ ގާތުން އެދުނެވެ.

” ނޫން ޝިޔާމައްތާ، އަހަރެން މި އައީ ކައިގެން، މެހެކް ކައިރިއަށް ހަމަޖައްސާލީ”

ސާދުނާ ސޯފާގައި ހަމަޖެހިލަމުން ބުނެލިއެވެ.

މެހެކް ގާތު ސާދުނާ ވާހަކައެއް ބުނަން ބޭނުންވާކަން ހަނދާންވެ މެހެކް އަވަސް އަވަހަށް ކައި ނިންމާލިއެވެ. އަދި ސާދުނާ އާއި އެކު ކޮޓަރިއަށް ވަނެވެ.

މެހެކް ކޮޓަރިއަށް ވަދެ މޭޒް މަތީގައި ހުރި އޭނާގެ ފޮތްތައް ތަރުތީބު ކޮއްލިއެވެ. ” ދަސްކުރަން ވެފައި ހުރި އެއްޗިހިވެސް އެބަހުރި” ގޮނޑީގައި ހަމަޖެހިލަމުން މެހެކްް ބުނެލިއެވެ.

“އިށީ އިނދެބަލަ ސަދޫ،އަސްލު ލޯ އަކީ ވެސް ވަރަށް ސަޅި އެއްޗެއް ދ÷ޯ ކިޔަވަން؟”

މެހެކް ދަތްދޮޅީގައި އަތް ވިދިލައިގެން އިނދެ ވާހަކަ ދައްކަން ފެށިއެވެ.

އޭރު ސާދުނާ އިނީ އެނދުމަތީގައި ހަމަޖެހިލައިގެންނެވެ.

” ތިޔަ ލޮލެއް ބޮލެއް ނޫނޭ، އިވާން ގެ ވާހަކަ ދައްކަބަލަ، އެއަކަމެއް ނުވިއަސް އަހަރެން ހިތް ހަމަޖެހޭނެ ގައިމުވެސް. އިވާން މަތިން ހަނދާން ވީމަ ވާގޮތް ވެސް މިހާރު ނޭނގޭ.”

“އެ މޫނު… އެ ރީތި ބޮމަ އާއި ދެލޯ… މައްޗައް ނަގާލާފައި އެ ހުންނަ ރީތި ބޯ އިސްތަށިގަނޑު…އެ ބަލާލުން…. އެ ހިނިތުންވުން… އެ ފިރިހެން ވަންތަ ރީތި ހަށިގަނޑާއި އިސްކޮޅު… ކައިރީގައި ހުންނަ އިރުވެސް ހީވަނީ… މެހެކް މަށެއް ނެތް… ”

ސާދުނާ އެނދު މައްޗައް ވެއްޓިގަތެވެ. އޭނާގެ ވާހަކަ ތަކުން އިވާން އާއި މެދު އޭނާގެ ހިތުގައި ލޯބި އުފެދިއްޖެ ކަން މެހެކް އަށް ވިސްނުނެވެ.

ސާދުނާ ހަދާލި ގޮތް ފެނި މެހެކް އަށް ހޭން ފެށުނެވެ. ” ތި ކަމާ އަދި ނުވިސްނަބަލަ..”

“މެހެކް އަށް އިނގޭތަ؟ އިވާން އަހަންނަށް ގުޅިއޭ.. އޭނަ އަކީ މާލޭގެ ވަރަށް މުއްސަނދި އާއިލާ އަކަށް ނިސްބަތް ވާ މީހެއް.. އޭނަ މަންމަމެން އޭނަ ފޮނުވަން އުޅުނީ އަސްލު މެލެޝިއާ އަށް. އެކަމް އޭނަގެ ބައިވަރު ފްރެންޑުން މިކޮޅުގަ ތިބީމަ، މިތަނަށް ކިޔަވަން އައުން އެއީ އޭނަގެ ނިންމުމޯ ބުނީ..” ސާދުނާ ކިޔާދިނެވެ.

“އަދި އިނގޭތަ؟ އޭނަ އެ ހުންނަނީ އޭނަގެ ބައްޕަގެ ގާތް މީހެއްގާތު، މިތާ ބޮޑު މުއްސަންޖެއްގެ ކައިރީގައި.. އޭނާ ބަލާ އަންނާނެ އެގޭ މީހެއް ކޮންމެ ދުވަހަކު ސައިކުގަ.. ލަކީ ދޯ” ސާދުނާ ދައްކަމުން ދިޔަ ވާހަކަ މެހެކް ޝައުގުވެރިކަމާއެކު އަޑުއަހަން އިނެވެ.

“އަދި މިވާހަކަ ދައްކާކަށް ނޫން މިއައީ. އިވާން ވަރަށް މެހެކް ގެ ވާހަކަ ވެސް އެހިއޭ، ބުނީ ހިނގާށޯ ރެސްޓީރެންޓަކަށް ދާން، މެހެކް ވެސް ގޮވައިގެންނޯ ދާނީ.. މާދަމާ..” މެހެކް ޕްލީޒް އެއްބަސް ވެބަލަ.. އަހަރެން ވަރަށް ބޭނުން ދާން” ސާދުނާ ކުޑަކުއްޖެއް ފަދައިން އާދޭން ކުރަން ފެށިއެވެ.

” އެގޮތަށް ކިހިނެއް ތަނަކަށް ދާނީ” ނަސީރުބެ މެން ހިތް ހަމައެއް ނުޖެހޭނެ އަހަރެން ދާކަށް ، އާހިލް ވެސް މަންމަ ވެސް” މެހެކް އިންކާރު ކުރިއެވެ.

” އެއީ މާ ދުރެއް ނޫނޭ، މިތާ ކައިރި ހުރި ތަނެކޭ” ސާދުނާ އާދޭހުގެ ރާގުގައި ބުނެލިއެވެ. އަހަރެން ނަސީރުބޭ މެންނާ ވާހަކަ ދައްކާނަމޭ” ސާދުނާ ހުރީ ގޮތްދޫ ކުރާ ގޮތަކަށް ނޫނެވެ.

އެންމެ ފަހުން އެކަމަށް ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ސާދުނާ ނަސީރުބޭ މެން ގާތު އެވާހަކަ ދެއްްކިއެވެ. ނަސީރުބޭ މެން އެކަމަށް ރުހުނު ނަމަވެސް، މެހެކް އެތައް ސަބަބު ތަކެއް ދެއްކިއެވެ. އާހިލް އެކަމަށް ނުރުހޭނެ ހެން އޭނާއަށް ހީވާތީއެވެ. އެއްވެސް ސަބަބެއް ސާދުނާ ގަބޫލެއް ނުކުރިއެވެ. އެންމެ ފަހުން މެހެކް ސާދުނާގެ އާދޭސް ތަކަށް އެއްބަސް ވިއެވެ.

ޖެހިގެން އައި ދުވަހެވެ. ތިން މީހުން އެެކުގައި ރެސްޓޯރެންޓަށް ދިޔައެވެ. އެތެރެއަށް ވަދެގެން ދިޔައިރު އެމާހައުލުގައިވާ ތަފާތު ރަހަތަކުގެ ވަހުން މެހެކް ގެ ހިތްސުތަކަށް ދިރުން ގެނެސް ދެމުން ދިޔައެވެ. އެއީ ފެންވަރުގެ ރެސްޓޯރެންޓެކެވެ. އިވެމުން ދިޔަ މިއުޒިކުގެ އަޑާއި އުލާ ސަމްސާ ތަކުގެ އަޑުން ރާގަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ސާދުނާ ހުރީ އިވާން އާއި ދާދި ގާތުގައެވެ. އޭނާ ލާފައިވާ ކުރު ޓޮޕްކޮޅާއި ބާރު ޖިންސްގައި އޭނާގެ ރީތި ހަށިގަނޑު އެއްކޮއްހެން ފާޅުވެއެވެ. އެ ހެދުމާއި ދޭތެރޭ ސާދުނާ އަށް ވިސްނާލެވިފައި ވާހެނެއް ހިއެއް ނުވެއެވެ. އޭނާގެ މަގްސަދަކީ އިވާން ޝައުގުވެރި ކުރުވުން ކަމަށް ވެސް ވެދާނެއެވެ.

” ކޮން މޭޒަކަށް ދާނީ؟” އިވާން އަހާލިއެވެ.

މެހެކް ބުނެބަލަ، ކޮން މޭޒަކަށް ތަ ދާނީ؟” ސާދުނާ މެހެކް ގެ މަޝްވަރާ ހޯދަން ބޭނުންވިއެވެ.

އެތަން ކިހިނެއް؟ ކަމެއްގައި ހުރި މޭޒެއް ދައްކާފައި މެހެކް އެހިއެވެ.

ތިން މީހުން އިށީ އިނީ އެތަނުގައެވެ. ވެއިޓަރ މެނޫ ގެނައެވެ. އޯޑަރ ލިޔުނީ އިވާން އެވެ. މެެހެކް ފޫހިވެފައި އިނީއެވެ.

” މެހެކް ކޮންޗެއް ކާނީ؟” އިވާން ހިނިތުންވަމުން އަހާލިއެވެ.

ސަދޫ ކާ އެއްޗެއް އަހަރެންވެސް ކާނީ” މެހެކް ކުޑަކޮށް ހިނިތުން ވެލިއެވެ.

އިވާން އާއި ސާދުނާ ވާހަކަ ދައްކަން ފެށިއެވެ. އެވާހަކަތަކުގައި މެހެކް ވެސް ބައިވެރިވިއެވެ. ނަމަވެސް އެމީހުންގެ ވާހަކަތަކަށް ހަމައެކަނި ހިނިތުންވެލަމުންނެވެ.

އޭނާ އާހިލް މަތިން މާ ބޮޑަށް ހަނދާން ވާން ފެށިއެވެ. މިކަހަލަ ހިތްގައިމު ރެސްޓޯރެންޓެއްގައި އާހިލް އާ އެކު ހޭދަކޮއްލަން ލިބޭނެ ނަމައޭ ހިތަށް އެރިއެވެ.

ފޯން ނަގާފައި އޭނާ އާހިލް އަށް ވައިބާރ އިން މެސެޖެއް ކޮއްލިއެވެ. ” މަގޭ ލޯބި ކީއްކުރަނީ؟ ވަރަށް މިސްވޭ” މެހެކް ލިޔެލިއެވެ.

” އަހަރެން ވެސް މެހެކް މަތިން ހަނދާން ވާތީ އިނީ” އިރުކޮޅެއް ނުވެ އާހިލް ވެސް މެސެޖެއް ފޮނުވާލިއެވެ.

 

” އިވާން… ހާދަ ގޮތަކަށް މެހެކް އަށް ތިބަލަނީ” ސާދުނާ ސަމާސާ ކޮއްލަމުން ބުނެލިއަޑަށް މެހެކް ސިހުނެވެ.

” ނޫން މެ..މެހެކް ފޯނަށް ގެއްލިފަ އިނީމަ ދެން.. އިވާން އަޅައިގަންނަމުން ބުނެލިއެވެ.

އަދި ކޮންމެވެސް ވާހަކައެއް ދައްކަން ފެށިއެވެ.

ހިނގާ ދަމާ ދޯ ދެން”؟ ކައި ނިމުމުން، ގަޑިއަށް ބަލާލަމުން މެހެކް ބުނެލިއެވެ.

“ހިނގާބަލަ ދިއުމުގެ ކުރިން ތިން މީހުން ފޮޓޮއެއް ނަގަން” އިވާން އެދުނެވެ.

“ތީ ވަރަށް ރަނގަޅު ހިޔާލެއް، ހިނގާބަ ދޯ، އަހަރެން ނަގާނަން” ސާދުނާ އިވާން ގެ ޙިޔާލަށް ތާޢީދު ކުރިއެވެ.

އިވާން އައިސް ހުއްޓުނީ ސާދުނާ އާއި މެހެކް ގެ މެދުގައެވެ. ދެން ސާދުނާގެ ފޯނުން ސެލްފީއެއް ނެގިއެވެ. އެދެމީހުން ހިނިތުންވެލިއެވެ. އެއާއެކު މެހެކް ވެސް ކުޑަކޮށް ހިނިތުންވެލިއެވެ.

“ތި ފޮޓޯ ވައިބާރ އިން އަހަންނަށް ފޮނުވާލަ ދޭތި އިނގޭ” އިވާން ބޯ އަރި ކޮއްލަމުން އާދޭހުގެ ރާގުގައި ބުނެލިއެވެ.

 

ދުވަސްތައް އެގޮތުގައި ވެއަތުވަމުން ދިޔައެވެ. ދުވަހެއް ދުވަހަކަށް މެހެކްއަށް ބުރަވާން ފެށިއެވެ. ޑޮކްޓަރ ކަން ކިޔެވުމުގައި ހޭދަވަމުން ދާ ދުވަސްތަކަކީ އޭނާ ނުހަނު ޝައުވެރިވާ ނަމަވެސް އުނދަގޫ ދުވަސް ތަކެކެވެ.

ބައެއް ފަހަރު މުޅި ދުވަސް ހޭދަކުރަން ޖެހެނީ ހޮސްޕިޓަލުގައެވެ. އަނެއްބައި ދުވަސް ކޮލެޖްގައެވެ.

އިވާން ވެސް ދިޔައީ ކުރިއަށެވެ. އޭނާގެ މޮޅުކަމާއި ހުނަރުވެރިކަމުން ޑޮކްޓަރުންގެ އިރުތުން އެތައް ކުދިންނެއްގެ ތަޢުރީފް އޭނާ އަށް ލިބެއެވެ.

އޭނާ ކުދިންނަށް ވަރަށް ގިނަ ފަހަރު އެހީ ވެއެވެ. ނަމަވެސް، އަބަދުވެސް މެހެކް އަށް ހާއްސަ ސަމާލުކަމެއް ދޭކަން ފާހަގަ ކުރެވެއެވެ.

މަޑުމަޑުން ދެ މީހުން ގެ މެދުގައި އެކުވެރިކަން އުފެދެންފެށިއެވެ. ވާނީވެސް އެހެންތާއެވެ. ޑޮކްޓަރަކަށް ވުމަށް އިވާންގެ ގައިގައި ވާ ހުނަރުފެނި އެހީތެރިކަން ހޯދުމަށް ހުރިހާ ކުދިންވެސް ޝައުގުވެރިވެއެވެ. ގޭގައި ކިޔަވާއިރުވެސް އެއްޗެއް އޮޅުން އަރައިފިނަމަ މެހެކް އިވާން އަށް ގުޅާލައެވެ. ކިޔަވައިދޭ ޓީޗަރެއް ފަދައިން އިވާން ގެ އެހީތެރިކަން ލިބެއެވެ

އެގޮތުގައި ދުވަސްތައް ވެއަތުވަމުން ގޮސް އަހަރެއް ހަމަވަނީއެވެ.

މެހެކް އާއި އާހިލްގެ ގުޅުން ވެސް ހަމަ އެ އުފާވެރި ކަމުގައި ބަދަލެއް ނައިސް ދިޔައީ ކުރިއަށެވެ.

ސާދުނާ ވެސް އިވާން ގެ ލޯބީގައި ޖެހި ދީވާނާ ވެގެން އެގޮތުގައި އުޅެއެވެ. އޭނާ ކިތަންމެ އަނގަ ގަދަ ކުރި ނަމަވެސް އެފަދަ ވާހަކަތައް އިވާން އާއި ހިއްސާ ކުރަން އޭނާ ލަދުވެތި ވެއެވެ

މެހެކް އަށް ޗުއްޓީ ވާން އެއް ހަފްތާއަށް ވިއެވެ.

” މަގޭ ލޯބި ފެންނަނީ ދޯ” ހިނިތުންވެފައިވާ މޫނުގަނޑަކާ އެކު އާހިލް ވައިބާރ ކޮއްލިއެވެ. މެހެކް އަށް ހިނިތުންވެވުނެވެ. ވީ އުފަލެއްގެ ބޮޑުކަމުންނެވެ. މަންމަ އާއި އާހިލް ފެންނަ ދުވަސް ގާތް ވާތީއެވެ. ” އާ ދެން އިރާދަކުރެއްވިއްޔަ ހަފްތާ އެއް އޮތީ”

އަހަރެން ދާނަން އެއާރޕޯޓަށް” އާހިލް އަނެއްކާވެސް ބުނެލިއެވެ.

މި ފާއިތުވި އަހަރު ތެރޭގައި ކޮންމެ ދުވަހަކު އާހިލް އެބަސްތައް ބުނާނެއެވެ. އޭނާ މެހެކް ފެންނާނެ ދުވަހެއްގެ އިންތިޒާރުގައި ކެތްމަދުވެފައި ހުރި ވާހަކައެވެ. މެހެކް އަންނަައިރު އެއާރޕޯޓަށް އަންނާނެ ވާހަކައެވެ.” އެފަދަ ހުވަފެންތައް ދެކެމުން ގޮސް، އެންމެފަހުން ދެލޯބިވެރިންގެ އިންތިޒާރަށް ނިމުން އަންނަނީއެވެ.

 

އެރޭގެ ރޭގަނޑުގެ ވަގުތެވެ. ކެއުމުގެ ކަންތައް ނިންމާލުމަށް ފަހު، ޝިޔާމައްތަ އާއި ނަސީރުބެ ވެސް މާ އަވަހަށް ނިދަން ދިއުމުން މެހެކް އިނީ ކޮޓަރީގައި ފޮތެއް ކިޔާލާށެވެ.

ކިޔަން އިން ފޮތަތެރެއަށް އޭނާ ގެއްލިގައި އިންދާ ކުއްލިއަކަށް މީހަކު ދޮރުގައި ޓަކި ދިން އަޑު އިވުނެވެ. ” ނަސީރުބޭ މެން ނުނިދަނީ ބާ؟” މެހެކް އަށް މަޑުމަޑުން ބުނެލެވުނެވެ

މެހެކް މަޑުމަޑުން ދޮރު ހުޅުވާލިއެވެ.

ދޮރު މަތީގައި ހުރި މީހާ ފެނި މެހެކްގެ ދެ ލޯ ބޮޑުވިއެވެ. ލިބުނު ސިހުމަކުން އޭނާ އަށް ބަލަން ހުރެވުނީއެވެ އަދި މި ފެންނަނީ ހުވަފެނެއްބާ އޭ އޭނާގެ ހިތައް އެރިއެވެ.

-ނުނިމޭ –

32
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shafu

Other Articles

Previous

ޢަޞްރު (ތިރީސްވަނަ ބައި)

Next

ހުރީ ވެވިފާ ބާކީ… (ސާދަވަނަ ބައި)

Next
January 10, 2017

ހުރީ ވެވިފާ ބާކީ… (ސާދަވަނަ ބައި)

Previews
January 10, 2017

ޢަޞްރު (ތިރީސްވަނަ ބައި)

11 Comments

  1. jee says:
    January 10, 2017 at 9:35 am

    Anehka kaakubaa??

  2. Aakee says:
    January 10, 2017 at 12:30 pm

    aahil aee dho…. e dhemafirin dharifulhi kiyanee aahil ah hen heevanee

  3. Sweetie says:
    January 10, 2017 at 12:36 pm

    Ivaan. mioiy dhanvaru. mehek ah gotheh nahadhaathi.

  4. Smmm says:
    January 10, 2017 at 12:46 pm

    Ooooh whoooo???????

  5. Inu says:
    January 10, 2017 at 12:56 pm

    Haadha dhahi kohlla hisaabakun ninmaali

  6. shafu says:
    January 10, 2017 at 3:02 pm

    Balamaa dhen vaane goiy…hehe.. Tomorrow ingeyyy….

    1. shelly says:
      January 10, 2017 at 8:39 pm

      thankolheh avas kohba studies a hedi

  7. Anonymous says:
    January 10, 2017 at 4:36 pm

    Ivaan kada nuvachcheyy

  8. Maasha says:
    January 10, 2017 at 5:01 pm

    Wow… Mashah heevany aahil hen.. Eyna vihyaa v avahah dhen fenidhaaney bunefa othy..

  9. Hawwa says:
    January 11, 2017 at 4:42 pm

    Nice

  10. sss says:
    April 5, 2019 at 3:17 pm

    salhi

Comments are closed.

All Right Reserved!