Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ބޭނުމޭ..13

shooty
January 9, 2017
6 Mins Read
74 Views
36 Comments

ހިތް ބޭނުމޭ 13…

“ޒަހީން ނިޔާ ވެއްޖެ.. މަންމަ.. އެ..އެބެން.. ޒެއިން ގޮވައިގެން އަވަ….” މާރިއާގެ ޖުމްލަ ނިމުމުގެ ކުރިން ލިލިއަން އަތުން ފޯނު ދޫވުމާއި އެކު ކައިރީގައި ހުރި އެޒިލްގެ އަތުތެރެއަށް ވެއްޓިއްޖެއެވެ. ލިލިއަން އަށް ވީގޮތް ފެނި އެޒިލް ހާސްވިއެވެ. އަޑަށް ލެވުނުހާ ބާރެއް ލަމުން އެލީން އަށް ގޮވައިލިއެވެ.

 

ކޮޓަރީގައި ތިބި އެލީން އާއި ޒެއިން އަށް އެޒިލް ގޮވި އަޑު އިވުމުން ބާރުބާރަށް ދުވެފައި ނުކުތް އިރު ސޯފާގައި ބާއްވާފައި އޮތް ލިލިއަން ފެނުނެވެ.

“ލިލީ..” ޒެއިން އަށް ލިލިއަން އާއި ދިމާލަށް ހިނގައިގަނެވުނެވެ. އެލީން އެޒިލްގެ މޫނަށް ބަލައިލަމުން ލިލިއަންއަށް ބަލައިލިއެވެ.

“ދެންމެގަ ކޮންމެވެސް މީހަކު ތި ކުއްޖާގެ ފޯނަށް ގުޅީ.. ފޯނުގަ ހުރެފަ ކުއްލިއަކަށް އަނބުރައިގަތީ” އެޒިލް ހަމަޖެހެން މަސައްކަތް ކުރަމުން ޒެއިން މެނަށް ބުންޏެވެ. ޓައިލްސް ތައް މައްޗަށް ވެއްޓިފައި އޮތް ލިލިއަން ގެ ފޯނު ނަގަމުން ޒެއިން ބަލައިލި އިރު އޮތީ ނިވިފައެވެ. އެހެން ކަމުން އެ ފޯނު ހުޅުވަން އުޅުމުގެ ބަދަލުގައި ޖީބުން އޭނާގެ އަމިއްލަ ފޯނު ނަގަމުން ބަލައިލި އިރު މާރިއާ އާއި ޒައުލްގެ އެތަކެއް މިސްޑް ކޯލެއް އައިސްފައި ހުއްޓެވެ. ފޯނު ސައިލެންޓަށް ލާފަ އޮތުމުން ޒެއިން އަށް ނޭނގުނީ އެވެ. އަވަސް އަވަހަށް މާރިއާގެ ނަމްބަރަށް ގުޅައިލުމާއި އެކު ފޯނު ނެގީ ޒައުލް އެވެ.

“ޒެއިން ކޮންތާކު؟” އެންމެ ފުރަތަމަ ވެސް ޒައުލް އަހައިލިއެވެ.

“ލިލީ ގާތު.. ކީއްކުރަން މަންމަ އެވަރަށް ގުޅާފަ އެއޮތީ؟” ލިލިއަން ހޭ ނެތުން ވާހަކަ ބުނުމުން އިތުރަށް ސުވާލު ކޮށްފާނެތީ ޒެއިން އެކަން ސިއްރު ކުރިއެވެ.

“ވަރަށް އަވަހަށް އައި.ޖީ.އެމް.އެޗް އަށް އާދެބަލަ. ޒަހީންބެ ނިޔާވެއްޖެ. މަންމަ ޖަބީން އާންޓީ ގާތު އިނީމަ އަހަރެން މި އާންސާ ކުރީ. ކަމް ސޫން” ޒައުލް އެ ދިން ހަބަރަކުން ޒެއިން ގެ މެއަށް ފިނިވެގެން ދިޔައެވެ. ލިލިއަން ހޭ ނެތުމުގެ އަސްލު ސަބަބު އިނގުމުން އިހުނަށް ވުރެވެސް އެ އަންހެން ކުއްޖާ އާއި މެދު ޒެއިންގެ ހިތުގައި ހަމްދަރުދީ އުފެދިގެން ދިޔައެވެ.

“ޒެން.. ވަޓްސް ރޯންގް؟” ފެންކަޅިވެފައި އިން ލިލިއަން ގާތު ކަކޫ ޖަހާލައިގެން އިން ޒެއިން އާ އެލީން ސުވާލު ކޮށްލިއެވެ.

“ލިލީގެ ބައްޕަ ނިޔާވެއްޖެ” ޒެއިން އެ ދިން ހަބަރުން އެލީން މޭގައި އަތް އަޅައިލަމުން ދުއާ ކިޔައިލިއެވެ. އެޒިލް ގެ ހިތަށް ވެސް ބުނަން ނޭނގޭ ފަދަ ގޮތް ތަކެއް ވެގެން ދިޔައެވެ. އޭނާގެ ސަބަބުންް ލިލިއަން އެހައި ހިތްދަތި ދުވަސް ތަކެއް ގުނަމުން ދަނިކޮށް މި ދިމާވީ ހާދަ ދެރަ ގޮތެކެވެ.

“އެލީ.. އައި ނީޑް ޓު ގޯ..” ޒެއިންގެ ލޮލުގައި ވިދަ ވިދާ ހުރި ކަރުނަ ތައް ފެނުމުން އެލީން ގެ ހިތަށް ވަރަށް އަސަރު ކުރިއެވެ.

“އަހަރެން ޑްރައިވް ކޮށްދެން ތަ؟” އެޒިލް އަވަސްއަވަހަށް އަހައިލިއެވެ. ޒެއިން ހަމަ އެކަނި ބޯ ޖަހައިލީ އެވެ.

“އެހަށް ލިލީ ހޭ އަރުވަން ވީ ނު..” އެޒިލްގެ ބަހަށް އެލީން އަވަސް އަވަހަށް ކާގެއަށް ވަދެ ފެން ތައްޓެއް ހިފައިގެން އައެވެ. ޒެއިން ގެ އަތަށް ފެންތަށި ދިނުމުގެ ކުރިން އެޒިލް ފެންތަށި އަތުލަމުން ލިލިއަން އާއި ގާތަށް ޖެހިލަމުން އެމޫނުގައި ފެންފޮދެއް ހާކައިލިއެވެ. އިރުކޮޅަކަށް ފަހުގައި ލިލިއަން މަޑު މަޑުން އެސްފިޔަތައް ތަޅުވައިލަމުން ބަލި ގޮތަކަށް ލޯ ހުޅުވައިލިއެވެ.

“ޒެން….އަހަރެން ބައްޕަ ކައިރިއަށް ގެންދޭ…” ލިލިއަން އެހެން ބުނަމުން ރޯންފެށި މަންޒަރު ފެނިފައި އެޒިލް ގެ ލޯ ވެސް ފެންކަޅިވިއެވެ. އެލީން އަށް ވެސް ރޮވުނީ ލިލިއަން ރޮމުންދިޔަ މަންޒަރު ފެނިފައެވެ.

“ޝްޝްޝް.. ނުރޮއި، ލިލީ ތިގޮތަށް ރޮންޏާ ލިލީގެ މަންމަ އަށް ހިތްވަރު ދޭނީ ކާކު؟ ލިލީ ހުއްޓާލީމަ އެއްނު ދެވޭނީ” ކުޑަކުއްޖަކަށް ނަސޭހަތެއް ދޭ ފަދަ ގޮތަކަށް ޒެއިން ލިލިއަން އާއި ވާހަކަ ދެއްކިއެވެ. ކަރުނުން ދެލޯ ފުރިފައި ހުރި އިރުވެސް ލިލިއަން ބޯޖަހައިލިއެވެ. އެ މަންޒަރު ފެނިއްޖެ ކޮންމެ މީހެއްގެ ވެސް ހިތަށް އަސަރު ކުރާނެއެވެ. މަޑުމަޑުން ސޯފާއިން ތެދުވި ލިލިއަން ގެ އަތުގައި ހިފަމުން ކޮޅަށް ނެގީ ޒެއިން އެވެ. އަދަޔާ ހިލާފަށް ދެރަ ވުމުން ލިލިއަން ގެ ހަށިގަނޑަކު ވަރެއް ނެތެވެ. އެހެން ކަމުން ޒެއިންގެ ހަށިގަނޑުގެ އެއް ފަޅީގައި ލައްވެލަމުން ލިލިއަން ބަލައިލީ އެޒިލް އަށެވެ.

“ހިނގާ ދާން. އެލީ ވެސް ހިނގާ..” ލިލިއަން އެ އަތުތެރެއަށް ގެނެސް ހިތްވަރު ދޭން ބޭނުން ވެފައި ހުރެވެސް އެޒިލް ކެތް ކޮށްލަމުން ޒެއިންމެނާއި އެކު ހިނގައިގަތެވެ.

އެޒިލް ކާރު ދުއްވަން އިން އިރު ޖެހިގެން ހުރި ސީޓުގައި އިނީ އެލީން އެވެ. ފަހަތު ސީޓުގައި އިން ޒެއިންގެ ކޮނޑުގައި ބޯ އަޅައިލައިގެން ލިލިއަން އިނެވެ. ހޮސްޕިޓަލަށް ދެވުމާއި އެކު ޒެއިން އަވަސް އަވަހަށް ކާރުން ފައިބަމުން ލިލިއަން ގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އެޒިލް އާއި އެލީން ވެސް އެ މީހުންގެ ފަހަތުން ދިޔައެވެ.

‘އިންޓެންސިވް ކެއާ ޔުނިޓް’ ކައިރީ އެތައް ބަޔަކު ތޮއްޖެހިފައި އޮތެވެ. ވިޔަފާރި ވެރިންނާއި ނޫސް ވެރިންނެވެ. އެކުވެރިން ނާއި އާއިލާގެ މީހުންނެވެ. ވާނީ ވެސް އެހެންތާއެވެ. ޒަހީން އަކީ މުޅި ރާއްޖެ ދަންނަ ވިޔަފާރި ވެރިއެކެވެ. ގޮނޑި ބަރީގައި އިށީނދެލައިގެން ރޯން އިން ޖަބީން އަށް ހިތްވަރު ދެމުން ދިޔަ މާރިއާ ވެސް ދޭތެރެއަކުން ލޯ ފުހެލައެވެ. ޖަބީން ފެނުމާއި އެކު ލިލިއަން އަށް ދުއްވައިގަނެވުނެވެ. ޒެއިން ވެސް ލިލިއަން ހިފަހައްޓާކަށް މަސައްކަތެއްނުކުރެއެވެ. ލިލިއަން ގޮސް ޖަބީންގެ ގައިގައި ބައްދައި ގަންނަމުން ރޯންފެށިއެވެ. ދަރިފުޅުގެ އެ އަމަލުން ޖަބީން އަށް އިތުރަށް ރޮވުން ނޫން ކަމެއް ނުވިއެވެ. ޒެއިން ގާތު ހުރި އެލީން އަށް އީވާ ފެނުމުން މަޑުމަޑުން ހިނގާލާފައި ގޮސް އީވާ ގާތަށް ހުއްޓުނެވެ. ނުރުޔަސް އީވާގެ ލޯވެސް ވަނީ ފެންކަޅިވެފައެވެ.

“އިވީ… ކުއްލިއަކަށް ތަ ލިލީގެ ބައްޕަ ނިޔާވީ؟” އީވާގެ ކޮނޑުގައި ފިރުމައިލަމުން އެލީން އަހައިލިއެވެ.

“ނޫން.. އެކްސިޑެންޓެއް ވީ… މާލެ އަންނަން ލޯންޗުގަ އިންދަ އެ ލޯންޗް އެހެން ލޯންޗަކާ އެކްސިޑެންޓް ވީ.. ދުއްވަން އިން މީހާ އާ ޒަހީން އަންކަލް ނިޔާވީ..” ހިތާމަވެރި އަޑަކުން އީވާ ވާހަކަ ދެއްކިއެވެ.

“ލިލީ ވަރަށް ދެރަ ވާނެ ދޯ؟” ލިލިއަން އާއި މެދު އެލީންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ. ކޮންމެ ގޮތެއް ވިޔަސް މަރަކީ ބުނެފައި އަންނާނެ އެއްޗެއް ނޫނެވެ. ތިބާ ބަލައި މަރު އައުމުގެ ކުރިން އެކަމަށް ތައްޔާރު ވުމަކީ އެންމެ ރަނގަޅު ގޮތެވެ.

ޒަހީންގެ ކަށުކަމާކެމީގެ ކަންތައް ނިމެންދެން އެލީން އާއި އެޒިލް ވެސް ސަހަރާގައި ލިލިއަންމެން ކައިރީ ތިއްބެވެ. ފަތިސް ނަމާދު ކޮށް ނިމިގެން ޒަހީން ވަޅުލާން ގެންދިޔަ ގަޑީގައި ލިލިއަން އުޅެގަތް ގޮތުން ކެތް ނުވެގެން އޭނާ ހަމަ އަކަށް އަޅުވަން ހިފެހެއްޓީ އެޒިލް އެވެ. އެޒިލް އާއި ލިލިއަންގެ ގުޅުން އެނގޭ ހަމަ އެކަނި ބަޔަކީ އެލީން އާއި ޒެއިން އަށް ވުމުން ދެން ތިބި މީހުނަށް އެޒިލް އެކަން ކުރި ހަގީގީ ސަބަބު ވަނީ ސިއްރުވެފައެވެ.

ލިލިއަން އާއި ޖަބީން ދުވަސްކޮޅަކަށް މާރިއާމެން ގެއަށް ބަދަލުވީ މާރިއާ ގޮތް ދޫ ނުކުރުމުންނެވެ. އެދެމައިން އެފަދަ ހިތާމަވެރި ދަނޑިވަޅެއްގައި ދޫކޮށްލާކަށް މާރިއާ ހަމަ އެއް ގޮތަކަށް ވެސް ބޭނުމެއް ނުވިއެވެ.

ދުވަސްތައް ފާއިތު ވަމުންގޮސް ޒަހީން ނިޔާވިތާ އެއް މަސް ފުރުން ދުވަހު ލިލިއަން އާއި ޖަބީން އެމީހުންގެ ގެއަށް ބަދަލުވެއްޖެ އެވެ. ލިލިއަން ގެ ބަނޑުން އޭނާ ބަނޑުބޮޑު ކަން ނޭނގުނަސް އަބަދަކު އެކަން ސިއްރު ވެފައި ނޯންނާނޭ ކަން ލިލިއަން ގެ ސިކުނޑިއަށް ވިސްނޭ ވަރަކަށް އެ ހިތަށް ބިރުވެރިކަން ވެރިވަމުން ދިޔައެވެ. އެހެންކަމުން އޭނާ ބޭނުން ވީ ކައިވެނީގެ ކަންތައް ޒެއިން ގާތު ބުނެގެން އަވަސް ކުރާށެވެ.

ހުކުރުދުވަހުގެ މެންދުރުގެ ވަގުތެވެ. މިލީނާ އާއި އެޒިލް ގޭގައި ނޫޅޭ ވަގުތަކަށް ވުމުން އެލީން އެޒިލްގެ ކޮޓަރިއަށް ވަނީ ޑީ.އެން.އޭ ހެދުމަށް ބޭނުންވާ އިސްތަށިކޮޅު ލިބޭތޯއެވެ. ޑްރެސިންގް ޓޭބަލް މަތީ އޮތް މިލީނީގެ ފުނާ ބެލި އިރު އެ ހުސްކޮށް އޮތުމުން އެލީން އަށް ޑްރެސިންގް ޓޭބަލް މަތީ ގޮށްމުށުން ޖަހައިލެވުނީ އެހައި އުންމީދާއި އެކު ކުރަން އުޅުން ކަންތައް ފެނަށް ވުމުން ނެވެ. އިރުކޮޅަކު އެތާ މަޑުކުރުމަށް ފަހުގައި ނުކުންނަންވެގެން އެނބުރިލިތަނާ ފާރުގެ ކަނުގައި ހުރި ޑަސްބިން ފެނުމުން އެލީން ގެ އުންމީދު އާވިއެވެ. އަވަސް އަވަހަށް ޑަސްބިން ހުޅުވާލުމައިއެކު ފުރަތަމަވެސް ފެނުނީ އޮޅާލާފައި އޮތް އިސްތަށިކޮޅެކެވެ. އެއީ މިލީނާގެ އިސްތަށިކަން އެލީން އަށްް ޔަގީން ވުމުން ކާމިޔާބުގެ ހިނިތުން ވުމަކާއި އެކު އެކޮޓަރިން ނުކުންނަމުން ޖީބުގައި އޮތް ފޯނުނަގައި ޒެއިންގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ.

ލިލިއަން ކައިވެންޏާ ގުޅޭ ގޮތުން ވާހަކަ ދައްކާފައި ފޯނު ޖީބަށް ނުލެވިއުޅެނިކޮށް އެލީން ގުޅާތަން ފެނުމުން ޒެއިން އަވަސް އަވަހަށް ފޯނު ކަންފަތުގައި ޖަހައިލިއެވެ.

“ޒެން..ގެސް ވަޓް؟” އެލީންގެ އަޑުގައި އާދަޔާ ހިލާފު އުފާވެރިކަމެއް ވުމުން ބޭ އިހުތިޔާރުގައި ޒެއިން އަށް ވެސް ހީލެވުނެވެ.

“މިލީނާގެ ހެޔާ ސާމްޕަލް ހޯދައިފިން.” އެލީން އުފާވެފައި ހުރި ސަބަބު އިނގުމުން ޒެއިން އަށް ވެސް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ނަމަވެސް އެވަރުން ނުފުދޭނެކަން ވިސްނުމުން ޒެއިން އަވަސް އަވަހަށް ވާހަކަ ދެއްކިއެވެ.

“އެލީ. ދެޓްސް ނޮޓް އިނަފް އިނގޭ. މިލީނާގެ ހެއާ ސާމްޕަލް ލިބުނަސް އަހަރުމެނަކަށް އެޒިލް އަކީީ ބައްޕަ ނޫން ކަމަކަށް ނުދެއްކޭނެ. އެޒިލްގެ ސާމްޕަލް އެންމެ މުހިންމު ވާނީ.” ޒެއިން ބުންޏެވެ.

“އަޅޭ.. އެލީ ހަމަ އެއް ގޮތަކަށް ވެސް ހަނދާނެއް ނެތް ތިކަމެއް. އެކަމު ބޭބެގެ ހެއާ ސާމްޕަލް އެއް ހޯދާކަށް އަހަރެން ނަކަށް ފަސޭހައެއް ނުވާނެ ޒެން. ހެލްޕް މީ” އެލީން އާދޭހާއި އެކު ވާހަކަ ދެއްކިއެވެ.

” ދެންމެ އަދި ލިލީވެސް ގުޅާފަ އަވަހަށް މެރީ ކުރާ ވާހަކަ ދައްކައިފި. އަހަރެން އެލީ އަށް ހެލްޕް ވާނީ ކިހިނެތް ތަ؟” ޒެއިން މާޔޫސްކަމާއި އެކު ޖަވާބު ދިނިމުން އެލީން އަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

“މިރޭ މިގެއަށް ޒެން އައިސްދީފާނަން ތަ؟” އެލީން ދުށުމަށް އެދޭވަރުން ޒެއިން އަވަސް އަވަހަށް އެއްބަސް ވެލިއެވެ.

ޒެއިން އެޒިލް މެން ގެއަށް ދިޔައިރު ވެރިވެފައިވާ ހަމަހިމޭން ކަމުން ސުވާލުކޮށްނުލައެއް ނުހުރެވުނެވެ.

“އެލީ އެކަނިތަ؟ ކޮބާތަ އެޒިލް؟”

“ބޭބެ ވީ މިލީނާ ގޮވައިގެން ކްލިނިކަށް ގޮސް.” އެލީން ޒެއިން ގާތު ސޯފާގައި އިށީންނަމުން ޖަވާބު ދިނެވެ.

“އައި މިސްޑް ޔޫ ސޯ މަޗް” ޒެއިން އެލީން އާއި ގާތްވެލަމުން އެ އަތުގައި ހިފައި ފިތައިލިއެވެ.

“ޒެން ބޭބެ އައިސްދާނެ.” ޒެއިންގެ ގާތްކަމުން ހިތަށް ހަމަ ޖެހުމެއް ލިބުނެއް ކަމަކު އެޒިލް އަށް އެފަދަ މަންޒަރެއްް ފެންނަން ނޭދޭތީ އެލީން ބުނެލިއެވެ.

“ފައިން. އެކަމު މިރޭ ތި ލޯބި ތުންފަތުން ހަދިޔާ އެއް ނުލިބެނީހެއް މިގެއަކުން ނުދާނަން އިނގޭ” އެލީން އާއި ކުޑަކޮށް ދުރަށް ޖެހިލަމުން ޒެއިން ބުނެލި ޖުމްލައިން އެލީން އަށް ހީލެވުނެވެ. ނަމަވެސް ހިނދުކޮޅެއްގެ ތެރޭގައި އެ ތުންފަތުގައިވި ހިނިތުންވުން ފިލައި މާޔޫސްކަން ވެރިވިއެވެ.

” އެލީ؟؟ ކަމެއްވީތަ؟ ވަޓްސް ރޯންގް؟” އެލީންގެ އެ މިޒާޖު ގެ ސަބަބުން ލޯބިން އެ ރީތި މޫނަށް ބަލައިލަމުން ޒެއިން އަހައިލިއެވެ.

” އަހަރެން ނަކަށް ނޭނގެ މިލީނާ ފެނުނީމަ ރުޅި ނާންނާން އުޅުނަސް ހަމަ އާދެވެނީ. ދޮންބެ ކިތަންމެ ބޭބެ އަށް ހޭޓް ކުރިޔަސް އެލީ ނުލާހިކު ލޯބިވޭ. މިލީނާ އެގޮތަށް އޮޅުވާލައިގެން އުޅޭތީ  ބޭބެ އަށް ވަކިން ބޮޑަށް ހަމްދަރުދީ ވެވޭ. އެލީ އަށް ފީލްވަނީ އިނގި ހުރެ އެ ވާހަކަ ނުބުނެ ހުރީމަ މި ކުރެވެނީ ކުށެކޭ” އެލީން ދެރަވެފައި އިނުމުން ޒެއިން އަނެއްކާވެސް އެ އަތުގައި ހިފައިލިއެވެ.

“އެލީ ދެރަ ނުވެބަލަ. އެލީ އެބަ ޓްރައި ކުރަމެއްނު ޕްރޫފް ހޯދަން. ހެއްކެތް ނެތި އެކަހަލަ ވާހައެއް ބުނާކަށް ނުވާނެއެއްނު. ލިލިއަން ވެސް އެޒިލް އަށް އެކަން ސިއްރުކުރިވާހަކަ ބުނީމަ އަހަރެން ވަރަށް އުޅުނިން ލިލިއަންގެ ހިޔާލު ބަދަލު ކުރަން..އެކަމަކު…”

“އެކަމަކު ކިހިނެތް ވީ؟؟؟؟؟” ފަހަތުން އިވިގެން ދިޔަ އެޒިލް ގެ އަޑާއި އެކު ޒެއިން އަށާއި އެލީން އަށް ސޯފާއިން ފުންމައިގެން ތެދުވެވުނުގޮތްވެސް ނޭނގުނެވެ. އެޒިލް އަށް އަޑު އިވުނީ ކިހައި ވަރަކަށް ބާއޭ އެ ދެމީހުންގެ ހިތަށް އަރަމުން ދިޔައެވެ.

“އަމްމްމްމް..” އެލީން ގެ ދޫ ބަންދުވެފައި ހުރުމުން ޒެއިން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.

“ޕްލީޒް ޒެއިން. ލިލިއަން އަށް ކަމެއް ދިމާވީހެން އަހަރެންނަށް އޭރުވެސް ވަރަށް ހީވި. އެކަމަކު މިހާރު ޔަގީންވެސް ވެއްޖެ. ނައު ޓެލް މީ” އެޒިލް މަޑުމަޑުން އެލީންމެނާއި ދިމާލަށް ދަމުން ސުވާލުކުރިއިރު އެ އަޑުގައި ކޮންމެވެސް ވަރެއްގެ ތުރުތުރެއް ހުއްޓެވެ.

“އަހަރެން.. އަހަރެން.. ލިލީ އަށް ޕްރޮމިސް ކުރިން..” ޒެއިން އަށް ވެސް ހާސްވެފައި ހުރި ވަރުން ވާހަކަ ދެއްކުނީ ހުއްޓަ ހުއްޓާފައެވެ.

” އަހަރެންނާ ލިލީ އާ ގުޅުން ހުރި ކަމެއް އެނގުމުގެ ހައްގު އަހަރެންނަށް ވެސް ލިބެން ޖެހޭނެ ދޯ. އަހަރެން އަޑު އަހަން ބޭނުން. ޕްލީޒް.. އައި އެމް ބެގިން ޔޫ” އިހުސާސްތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުން އެޒިލް ޒެއިން ގާު އާދޭސް ކުރަން ފެށިއެވެ. ދެން އެޒިލް އަށް ސިއްރު ކުރުމުގެ ބޭނުމެއް ނެތްކަން ޒެއިން އަށް ވިސްނުމުން މިލީނާ ފެންނަންހުރިތޯ ޒެއިން ސިޓިންގް ރޫމް ދޮރާއި ދިމާލަށް ބަލައިލިއެވެ.

“މިލީނާ ވީ ރައްޓެއްސެއްގެ ގޭގަ.” ޒެއިން އެ ބެލީ މިލީނާ އުޅޭތޯކަން އިނގުމުން އެޒިލް އަވަސް އަވަހަށް ބުނެލިއެވެ.

“އޯކޭ.. ޑޯންޓް ފްރީކް….” ޒެއިން އަށް އެލީންގެ މޫނަށް ބަލައިލުމާއި އެކު އެލީން ބޯ ޖަހައިލިއެވެ.

“ލިލިއަން ޕްރެގް. އެއީ އެޒިލްގެ ބޭބީ އެއް” ޒެއިންގެ ޖުމްލައިން ކަންފަތް ބުޑުގައި ވަރުގަދަ ބޮމެއް ގޮވިފަދަ އިހުސާސެއް އެޒިލްއަށް ކުރެވުނެވެ. ފުންކޮށް ނޭވާ ލަމުން މޭގައި ފިރުމައިލެވުނީ ނޭވާ ފިތިދާނެހެން ހީވާން ފެށުމުންނެވެ.

ނުނިމޭ

47
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

shooty

I like writing stories and reading comments ? I also love reading every kind of stories...

Other Articles

Previous

މަލަކާ (12ވަނަ ބައި)

Next

ޢަޞްރު (ތިރީސްވަނަ ބައި)

Next
January 10, 2017

ޢަޞްރު (ތިރީސްވަނަ ބައި)

Previews
January 9, 2017

މަލަކާ (12ވަނަ ބައި)

36 Comments

  1. shooty says:
    January 9, 2017 at 11:28 pm

    I am so sorry gys.. ingey v angry and sad vefa kan readers thibeyny.. I am really sorry.. situation ge sababun story up nukurevunas I will complete the story.. Please be there for me.. yell kohffa viyas please leave a comment please.. ????

  2. Ju says:
    January 9, 2017 at 11:28 pm

    Haadha lahunney dhw thi up kohly. Anyway varah rythi ????

    1. shooty says:
      January 10, 2017 at 12:16 am

      thanks ju ??

  3. Kiyuntheriyaa says:
    January 9, 2017 at 11:30 pm

    Yeah.. Finally after a long Wait.. Thank you sooooooooooooo much shooty!!

    1. shooty says:
      January 10, 2017 at 12:17 am

      Thank you soooooooooo much kiyuntheriyaa.. I am so happy that you guys are waiting for the story . ???

  4. Flower says:
    January 9, 2017 at 11:32 pm

    Story hama habeyyss…???? whn nxt part???…plxxx avahah up kohdhehcheyy…cant wait for so long…?????

    1. shooty says:
      January 10, 2017 at 12:18 am

      awww.. Thank you so much.. ??

  5. Hithifathu buma says:
    January 9, 2017 at 11:34 pm

    Me first dhw

    1. shooty says:
      January 10, 2017 at 12:20 am

      4th dhw mifaharu.. hehe thanks hithifathu buma ??

  6. Azuna says:
    January 9, 2017 at 11:40 pm

    V reethi but sad vefa huri shootyge story up nuveema??

    1. shooty says:
      January 10, 2017 at 12:21 am

      I know dear.. and I am so sorry ???

  7. Sadh says:
    January 9, 2017 at 11:42 pm

    Mi vaahaka dhen libeynetha gavaaidhun kiyan?

    1. shooty says:
      January 10, 2017 at 12:24 am

      aslu loabivan yaaraa ey story liyuny v free dhuvas kolhegga.. but now I have a job to attend.. so time v varakun hama kohdheynan.. and iraadha kurewiyyya complete kohdheynan.. thats my aim.. thanks sadh ??

  8. nashfa says:
    January 9, 2017 at 11:42 pm

    Kn iraku up kurani…
    Nice…

    1. shooty says:
      January 10, 2017 at 12:25 am

      I am not sure.. but asap.. thanks nash ??

  9. Muna says:
    January 9, 2017 at 11:47 pm

    Vaahaka v reethi ekamaku Geness dheveyleh maalahy

    1. shooty says:
      January 10, 2017 at 12:27 am

      sorry muna.. Thank you so much for reading and keep waiting for the ep.. ??

  10. Muna says:
    January 9, 2017 at 11:47 pm

    Vaahaka v reethi ekamaku Geness dheveyleh maalahy thankolheh avahan genessdheebala

  11. Ellie says:
    January 10, 2017 at 12:29 am

    what a happy surprise! Thank you! Can’t wait for the next update!

    1. shooty says:
      January 10, 2017 at 12:42 am

      oh thank you Ellie.. happy to see a comment of yours.. can you please tell me the name of your story on wattpad??

    2. Ellie says:
      January 10, 2017 at 1:16 am

      My profile is Ellie Mikhailov. ? honestly i suddenly feel so nervous at the thought of a maldivian seeing my work. It’s a mature story so you know what to expect. ? hehe. ?

  12. Kalhu handi says:
    January 10, 2017 at 3:07 am

    V ufaa vejje vaahaka kuryma… Dhn konirakun next part up kuraany… Vaahaka iny liye nimifatha??? Or vaahaka liyamuntha up kurany..

  13. Koadhube says:
    January 10, 2017 at 6:51 am

    Dhen kondhuvahakun huttaalaa nee kurin keeby hadhaaneh vvisnygen ingunee lily rah tehi kujjakn azil aee beyb zaheen aee baduboduvi kujjaage bpp akujjaage nn hadhnn neh dhen huttaalaane dhuvahakah visnaalun vfeney thank you.

    1. Eleesha says:
      January 10, 2017 at 8:41 am

      Ur so rude.. Evarun up kohdhineema ves balaa buni vaahaka…

  14. Afa says:
    January 10, 2017 at 9:39 am

    Shooty I think I know you. Thy hama shuha tha? masha allah story is awesome. Curiously waiting for next part.

  15. Ummu Mulk says:
    January 10, 2017 at 12:47 pm

    Asifa Athifa Afeef

    1. Asifa says:
      January 10, 2017 at 12:48 pm

      Mamen Kiyaifin…

    2. Ummu Mulk says:
      January 10, 2017 at 12:48 pm

      ma e balan ohvai up vu vs??

    3. Athifa Afeef says:
      January 10, 2017 at 12:54 pm

      ?

  16. haz says:
    January 10, 2017 at 2:34 pm

    Alhey mi salhi story shooty thi ulhenee up Nikoh.thankolheh avas avahaa up kurahchey.i love this story.

  17. choo says:
    January 10, 2017 at 10:13 pm

    thankolheh avas avahaaa story up kohdhechchey………. alhugandumen kiyumah vaguthu huskuraahen thikolhun liyumah vaguthu hus kurumah masaikaiii kohdhevvaaaa……………….. it will b fine idea dhw….. v salhi vaahaka

  18. ohh please!! says:
    January 11, 2017 at 12:33 am

    Shooty men thy namakah stry liyaa baeh.
    Regular koh up kodhenn nukerey.. Kyhkuraanyy dhw..
    Thivarunn stry nuliyuniyyaa kanneynge rangalhu vaany…
    Stry ge liyefa oii bai handhaan nethey fahunn this up kuranyy..
    Dhn abadhuvess reason akah vaany bxy v yo .
    Thy dhn thankolheh boduvaru

  19. Anonymous says:
    January 11, 2017 at 9:38 am

    Shooty mennakeeves insaanun dhiriulhen masahkaiy kuraabaeh kamenethifa kaanun thibeneekee haadhahaa nuvisney kudhinney miulhenee hama aharamen beynunvaa gadhiaku up konnudhevijjiyyaa emeehaku bavaalanveetha hama beynun vaguthaku up koshenudheveyne shooty akeeves gavidhun vaahaka up kuraa meehe mi haarunuvias liuntheriaa busy vaahaka bunaairah kihinetha thivanee vv reethi

  20. Petite says:
    January 11, 2017 at 12:31 pm

    V v v nice.. waiting for the next part.. ❤❤

  21. Nina says:
    January 13, 2017 at 6:06 pm

    finally <3 plz up the next part soon 🙂

  22. Mary says:
    January 14, 2017 at 12:25 am

    Coniraku next part up kohladhenee pls pls vaahaka Avaha up koladheebala Shooty

Comments are closed.

All Right Reserved!