ހޮނިހިރު ދުވަހެވެ. އައުސް އުޅުނީ މިއަދު އައްޑުއަށް ފުރަން ދަތުރަށް ތައްޔާރުވާށެވެ. ޒީޝާ އައުސްގެ ދަބަހަށް އެއްޗެހި އަޅައިދޭން އުޅުނެވެ. “ދެން އަންނާކީ ކޮން ދުވަހަކުން؟” ދެރަވެލާފައި ޒީޝާ އަހައިލިއެވެ. އައުސް މާލެއިން ބޭރަށް ދިއުމަކީ ޒީޝާގެ ހިތަކަށް އެއްގޮތަކަށްވެސް ކެތްވާވަރު ކަމެއް ނޫނެވެ. “ދެން ނާންނާނަށް… އެކޮޅުން މީހަކާ އިނދެގެން އުޅޭނީ!” ޒީޝާގެ ނިތްކުރީގައި އަތުން ޖަހައިލަމުން އައުސް ބުނެލިއެވެ. “ހުއް… އަދި ފޮނިވެޔެއްނު އެބަ!!” ތުން ދަމައިލަމުން ޒީޝާ ބުނެލިއެވެ. ފާޑަަކަށް ބަލަހައްޓައިގެން އާލިމްވެސް […]
އޭރު އަހަރެން ގެ އުމުރުން އަދި އެންމެ ހަތް އަހަރެވެ. އަހަރެން ނަކީ އާއިލާގެ އެންމެ ހަގު މިހާއެވެ. އެންމެންގެ ލޯބި އިންތިހާއަށް އަހަރެންނަށް ލިބެމުން ދެއެވެ. ބޭބެ މެންނަކީ ރިސޯޓްގައި މަސައްކަތް ކުރަމުން ދާ ބަޔަަކަށް ވާތީ ބައްޕައަށް މަސައްކަތް ކޮށް ނޫޅެވުނަސް ހަމަޖެހިލައިގެން އާއިލީ ޚަރަދުތައް މަންމަ ހަމަޖައްސަމުން ދެއެވެ. އަވަށްޓެރި ދެއަންހެން ކުދިންނާއެކު ގޯތިތެރޭ ބަތްކައްކާ ކުޅެން އުޅުނީ މެވެ. މިޒަމާނުގެ ތަރަށްޤީ އަދި އައިސްފައި ނުވާ ދުވަސްވަރުކަމުން އޭރު ބަލާނެ ޓީވީ […]
އަހަރެން ރުޅިވެރިކަމާއެކު ޝާހިދު އާއި ދިމާއަށް ބަލަން ފެށީމެވެ. “އަސްތާ! ކާލާފާނެހެން ހީވާކަހަލަ ބެލުމަކުން އަޅުގަޑާއި ދިމާލަށް ބަލާނެ ކަމެއްނެތް..އަޅުގަނޑު އެހެންބުނީ އަޅުގަނޑާއި ވާހަކަ ނުދެއްކީމާ މަންމަނު ކުއްޖެކޭ ހީކޮށް” “ޝާހިދު އަހަރެންގެ އެކުވެރިޔާ އަކީ މަންމަނު ކުއްޖެއް ނޫން މާތް ﷲ އޭނާއަށް ވަނީ ރީތި އަޑެއް ދެއްވާފަ އަދި ސުކޫލްގެ ލަވަ މުބާރާތުގައި މުޅި ސުކޫލުން އެއްވަނައަށްވެސް ދިޔައީ ހަމަ އަހަރެންގެ މި އެކުވެރިޔާ،މައުލޫމާތަށްޓަކައި ބުނެލީ “އެހެންވެއްޖެއްޔާ ބުނެބަލަ ތިޔަ އެކުވެރިޔާ ކާރީ މި […]
ޝާހިރުގެ މަތިން ހަންދާން ވުމުން ޝާނީގެ ލޮލުން ކަރުނަ ނިރާލިއެވެ. ކީއްވެ ކަމެއްވެސް ނޭނގެއެވެ. ހިތުތެރޭ ޝަކުވާ ގިނަވެ ފުރަތަމަ ފަހަރަށް ޝާހިރުއާ ދޭތެރޭ އޭނަޔަށް ވިސްނައި ލެވުނެވެ. އަނެއްކާ ޝާހިރުވެސް އަތުން ބީވެދާން އުޅެނީ ހެއްޔެވެ؟ އަހަރެންނަށް އަބަދު މިހެން މިވަނީ ކީއްވެ ހެއްޔެވެ؟ އަހަރެންނަށް ދިރިއުޅުމުގައި އުފަލެއް ލިބުން ނެތީ ހެއްޔެވެ؟ ދަންވި ދަންވި ހެން ތަފާތު ވަސްވާސް ތަކުން ޝާނީގެ ހިތް އައީ ނުތަނަވަސް ވަމުންނެވެ. ހިތަށް ލިބިފައިވާ ނުތަނަވަސް ކަމާއި ވަގުތުގެ […]
އިޒްޔާންގެ ހިތް ރޮމުންދަނީއެވެ. އެހިތުގައި ވަނީ ރިހުމާއި ވޭނެވެ. މިއަދު އެހިތް އިތުރަށް ރޮއްވާލީ މަލަކާ އޭނާއާ ބެހޭގޮތުން ލިޔެފައިވާ އިބާރާތްތަކުންނެވެ. މަލަކާ ގައިގައި ޖެހުނީތީ މިހާރު އިޒްޔާން ވަރަށް ދެރަވެއްޖެއެވެ. އަނިޔާ ލިބިފައިވާ ކުއްޖަކަށް އިތުރު އަނިޔާއެއް ދެވުނީތީ އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އެއީ އެވަގުތު ރުޅީގެ މައްޗަށް ބުއްދި އިސްނުކުރެވުމުން ވީގޮތެވެ. ފަތިސްވީވެސް އިޒްޔާން އެހާލުގައި ކުޑަދޮރު ކައިރީގައި ހުއްޓައެވެ. އިރުގެ ދޯދިތައް ލޮލަށް އެޅެން ފެށުމުން އިޒްޔާން ކުޑަދޮރު ކައިރިން ދުރަށް ޖެހިލިއެވެ. […]
ފަރީޝާއަށް ރޮވެން ފެށުމުން އައިޝާގެ ރުޅިއެކީ ފިނިވެގެން ދިޔައެވެ. މަންމަގެ ލޮލުން ކަރުނަ ފައިބުމަކީ އައިޝާގެ ހިތައް ކެތްވާނެ ކަމެއް ނޫނެވެ. ދެރަވިވަރުން އައިޝާ އައިސް ފަރީޝާގެ ގައިގައި އޮޅުލައިގަތެވެ. ފަރީޝާ އަޑުން އަޑުނަގައި ރޮމުންދިޔައެވެ. އައިޝާއަށް ބުނެވުނީ ކިހާވެރެއްގެ އެއްޗެއްކަން ވިސްނުނީ ދެނެވެ. “އިޝީއަށް އިނގޭ މަންމަ އެކަހަލަ ކަމެއް ނުކުރާނެކަން… އެޔައްވުރެ މަންމަ ލައި ދެކެ ލޯބިވާނެ…. އެކަަމަކު ލައި މަރެއް ނުވެޔޭ މަންމާ…” ފަރީޝާގެ ބޮލުގައި ފިރުމައިލަމުން އައިޝާ ބުނެލިއެވެ. އެރޭގެ ވަގުތެވެ. […]
އިމާރާތުން ބޭރަށް ނިކުއިން އިރު އެކި މީޑިއާ ތަކުގެ ރިޕޯޓަރުން އެތަނަށް އެއްވެފައި އޮތެވެ. ބޯ ކުރަމުން ދިޔަ ކަޅު ވިލާތަކުން ހޯސްލާގައި ކެރިގަނޑު އޮއްސާލިއެވެ. އެވަގުތު ރިޕޯޓަރުންތައް އޭނާ ކައިރިއަށް ޖެހި ޖަވާބަކަށް އެދި އެއްފަހަރާ ސުވާލު ކުރަން ފެށިއެވެ. ބޯ ވާރޭ ތެރޭ ތެމެމުން ދިޔައިރު ރިއުމާންގެ ސިކުނޑި ސުމަކަށް ދިޔައެވެ. “މި ރިޕޯޓަކީ ކިހާވަރެއްގެ ހަޤީޤާތެއްތޯ؟” ރިއުމާންއަށް އެސުވާލު އަމާޒު ވުމުން އޭނާ ހިންދިރުވާލިއެވެ. “އެއީ ހަމަ ތެދު ހަޤީޤަތް.. ބާރުގެ ބޭނުން […]
އެތެރެއަށް ވަދެގެންގޮސް ކައުންޓަރު ކައިރީގައި އިން ކުއްޖާ ގާތު ޤާދިރުބެ ވާހަކަތަކެއް ދެއްކިއެވެ. އަހަރެން ހުރީ ތަންކޮޅެއް ދުރުގައިކަމުން އެދެއްކީ ކޮން ވާހަކައެއްކަމެއް އަހަރެންނަކަށް ނޭނގެއެވެ. އިރުކޮޅަކުން ޤާދިރުބެ އައިއިރު އަތުގައި ތަޅުދަނޑިއެއް އޮތެވެ. އަހަރެން ގާތު ހިނގާށޭ ބުނެފައި ޤާދިރުބެ ހިނގައިގަތެވެ. ކުރިމަތިން ފެންނަންހުރި ސިޑިން މައްޗަށް އަރަމުން ދިޔައީމެވެ. އޭރު ހިތް ތެޅޭވަރުން ހީވަނީ އެތެރެހަށިން ފުންމާލަން އުޅޭހެންނެވެ. އަތްފައި ފިނިވެ ތުރުތުރުލަމުން ދިޔައެވެ. ވަރަށް މައްޗަށް އެރުމުން ހިނގާފައި ގޮސް ކޮޓަރިއެއް ހުޅުވާލާފައި […]
ވިސާމް އަނެއްކާވެސް ލަވަ ކިޔުންތެރިއަކަށްވީ މަންސޫރުގެ ކިބައިން ބަދަލު ހިފުމުގެ ގޮތުންކަން ޔަޤީނެވެ. އެކަމުގެ ތެރެއިން އަލުން މުއްސަނދިވެގެން ދާނީ އެ ބަދަލު ހިފުމުގެ ރޫޙު ހާދަ ވަރަކަށް ގަދަވީމައެވެ. އެހެނަސް އެހެން ވެސް ކަންތައް ވީ ދެންމެ މަންމަ ބުނި ފަދައިން ވިސާމަށް ދިމާވި ޙާލަތްތަކެއްގެ ސަބަބުންނެވެ. މިއަދަށްފަހު އޭނައަށް ވިސާމް ފެންނާނީ މުޅިން އެހެން ނަޒަރިއްޔާތަކުންކަން ޔަޤީނެވެ. ވިސާމަކީ ކެތްތެރިއެކެވެ. މަޑު ހިތެއްގެ ވެރިއެކެވެ. ލޯބިވާ މީހުންނަށްޓަކައި ކޮންމެފަދަ ޤުރުބާނީއެއްވެސް ވާން ތައްޔާރަށް ހުރި […]