
ހުރީ ވެވިފާ ބާކީ… (ސާދަވަނަ ބައި)
ސިހިފައި އިކާނަށް ބަލާލެވުނީ އިކާންގެ އަތުގައި ހިފާ ފިޒާމް ތަޅުވާލުމުންނެވެ. “އޭ އިކާން.. ބަލަ ތި ފޯނު ނަގާބަލަ… އެ ގުޅަނީ ތާރާ ކަންނޭނގެ…”
އިކާންގެ ފޯނުގެ ސްކްރީނަށް ބަލާލީ ތެޅުތެޅިއޮތް ހިތަކާއެކުގައެވެ. އެގުޅަނީ އިކާންގެ އަނބިމީހާއެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން އިކާން ހަލޯއޭ ބުނެލި ވަގުތު ތާރާގެ އަޑު ޖެހުމުން ބޭއިޚްތިޔާރުގައި އިކާނަށް ގޮނޑިން ތެދުވެވުނެވެ. ވާހަކަ ނުދެއްކި ނަމަވެސް އިކާނަށް އެ އިވެނީ ތާރާ ގިސްލާ ރޯއަޑެވެ.
ރޮމުން ތާރާއަށް ވާހަކަ ދެއްކުނީ ވަރަށް ހާލުންނެވެ. މިހާރު މިދަނީކަމަށް ބުނެ ފޯނު ކަނޑާލަމުން ފިޒާމްގެ މޫނަށް އިކާން ބަލާލިއެވެ. “އަހަރެން ވަރަށް އަވަހަށް ދާން ޖެހިއްޖެ…”
އިކާން ވާހަކަ ދައްކަން ފެށުމުން ފިޒާމް އަތުން އިޝާރާތް ކޮށްލަމުން ބުނެލިއެވެ. “ހެއި… އަހަރެން ބިލް ދައްކަފާނަން.. އިކާން ދޭ… މަށަށް ވާނުވާ އަންގައްޗޭ…”
ހޮސްޕިޓަލް ކައިރިއަށް ކާރު މަޑުކޮށްލުމުން ޑްރައިވަރ ގާތު ނިމުނީމަ ގުޅާނަން ކަމަށް ބުނުމަށްފަހު އޭ.ޑީ.ކޭ ހޮސްޕިޓަލަށް ވަދެ ލިފްޓާ ދިމާއަށް އިކާން މިސްރާބުޖެހީ ތާރާ ބުނި ޕްރައިވެޓް ކޮޓަރިއަށް ދާށެވެ. ލިފްޓް ތެރޭގައި ހުންނަން ޖެހުނު ވަގުތު ކޮޅުވެސް އިކާނަށް ހުރެވުނީ ލަސްވެފައެވެ. ކޮޓަރިތަކާ ދިމާއަށް ދާން ފިޔަވަޅު އަވަސްކޮށްލަމުން ތާރާ ބުނި ނަންބަރަށް ސަމާލުކަންދެމުން ކޮޓަރިބަރީގައިވާ ދޮރުތަަކަށް ނަޒަރު ހިންގާލެވުނެވެ. ރޫމް 605 ގެ ދޮރު އިކާން ހުޅުވާލަމުން އެތެރެއަށް ބަލާލީ ތާރާ ފެންނަން ހުރިތޯއެވެ.
ދޮރު ހުޅުވުނު އަޑަށް އެނދުކައިރީ ހުރި ތާރާ ފަސް އެނބުރި ދޮރާ ދިމާއަށް ބަލާލިއެވެ. ދޮރުން އެތެރެއަށް ވަތް އިކާން ފެނުމުން އިކާންގެ ގައިގާ ތާރާ ބައްދާލި އިރު އެ ލޮލުން ފޭބި ހޫނު ކަރުނައިން އިކާންގެ ގަމީސް ތެއްމާލިއެވެ. ތާރާގެ ބުރަކަށީގައި ފިރުމާލަމުން އިކާން ބަލާލީ އެނދުމަތިކޮށްފައި އޮތް ޒުމްރާއަށެވެ. އައިވީއެއް އޭނާގެ އަތަށް ގުޅާފައި އޮތް އިރު އޭނާގެ ދެލޯވަނީ މެރިފައެވެ.
“ކިހިނެއްވީ؟…” ޒުމްރާ އެނދުމަތިކޮށްފައި އޮތްތަން ފެނުމުން އިކާން ހައިރާންވެ ހުރެ ސުވާލުކޮށްލީ ތާރާގެ ދެކޮނޑުގައި ހިފާ ދުރަށް ޖައްސާލަމުންނެވެ.
“ނޭނގެ.. އެގޭގަ އުޅޭ ޝާރުދާ އަހަންނަށް ގުޅާފަ ބުނީ ދައްތަ ޕޫލް ކައިރިއަށް ވެއްޓިފައެބަ އޮތޭ… ހޭނާރައިގެން ހޮސްޕިޓަލަށް ގެންދިޔައީ… އަހަރެން އިކާނަށް ވަރަށް ގުޅިން.. ތި ފޯނު އޮތީ ނިއްވާލާފަ… ދެން ދައްތަ ކައިރީ އިތުރު މީހަކު ނުހުންނާނެކަން އިނގޭތީ އަހަރެން އެކަނި ހޮސްޕިޓަލަށް މިއައީ… އަޅެ ދައްތައަށް ކިހިނެއްބާ އެވީ؟…” ތާރާ އަވަސްއަވަސްކޮށް ހުރިހާ ވާހަކައެއް އިކާނާ ހިއްސާ ކުރަމުން ދިޔައިރު އޭނާ ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ.
“ނޭނގެ ދޯ.. ޑޮކްޓަރުން ކީކޭތަ ބުނީ؟… ބޭބެއަށް ގުޅައިފިންތަ؟…” އިކާން ހާސްވެ ކަންބޮޑުވަމުން ދިޔައީ ޒުމްރާއާ އިކާނާ ދެމެދުގައި ވާ ގުޅުން ތާރާއަށް އެނގިދާނެތީއެވެ.
“އަޅެ.. ބޭބެއަށްވެސް ގުޅާއިފިން… މަންމަގެ ނަންބަރަށާ އަޒްކާ ނަންބަރަށްވެސް… އެކަކުވެސް ފޯނެއް ނުނަގާ… އައިމް ސްކެއަރޑް…” ް ތާރާ ވާހަކަ ދެއްކީ އިކާންގެ އަތުގެ މުލައްދަނޑީގައި ހިފާ ބާރުކޮށްލަމުންނެވެ. ތާރާގެ އަޑުގައި މަޑު ތުރުތުރެއް އެކުލެވިފައިވާކަން އިކާނަށް އެނގުމުން އިކާން ތާރާގެ އަތުގައި ހިފަހައްޓާލަމުން ހިތްވަރުކުރަން އެދުނެވެ.
“އޯ… އެގުޅަނީ ބޭބެ… އަހަރެން އެބަ އަންނަން.. އިކާން މިތާ މަޑުކޮށްލަ ދީބަލަ..” ތާރާގެ ފޯނު ރިންގްވާން ފެށުމުން އެ އަންނަނީ އާތިފްގެ ކޯލެއް ކަމަށްބުނެ ތާރާ އެ ކޮޓަރިން ބޭރަށް ނުކުންނަން ހިނގައިގަތެވެ. ދޮރު ލެއްޕުމުން އިކާނަށް ބަލާލެވުނީ އެނދުގައި ނިދާފައި އޮތް ޒުމްރާގެ މޫނަށެވެ. މަޑު ފިޔަވަޅުތަކެއްގައި ހިނގަމުން އައިސް އެނދުގެ ކައިރިއަށް ހުއްޓުނު އިރުވެސް އިކާންގެ ކަޅި ޒުމްރާގެ މޫނުން ވަކިވެގެން ނުދެއެވެ. ޒުމްރާގެ ލޮލުގައި އަޅާފައިވާ އަނދުންތައް ލޯ ކައިރިއަށް ފޭދިފައި ވާއިރު އޭނާގެ މޫނުމަތި ފޮއްސިވެފައިވާކަން ފާހަގަވެއެވެ.
އެނދުކައިރީ ހުރި ގޮނޑީގައި އިށީންނަން އިކާން އެނބުރިލީ ވަގުތު އިކާންގެ އަތުގައި ފިނިއަތަކުން ހިފާލުމުން އިކާނަށް ބަލާލެވުނީ ޒުމްރާގެ މޫނާ ދިމާއަށެވެ. އޭރު އިކާނަގެ އަތުގައި ހިފަހައްޓައިގެން އޮތް ޒުމްރާގެ ދެލޯ އަމާޒުވެފައިވަނީ އިކާންގެ މޫނަށެވެ. މަޑުމަޑުން ތުންފަތް ހަރަކާތްކޮށްލުމުން ޒުމްރާގެ ގާތަށް އިކާން ޖެހިލީ ޒުމްރާ ކިޔާ އެއްޗެއް ސާފުކޮށް އިވޭތޯއެވެ. “އިކާން.. ޕްލީސް.. އަހަރެން ދޫކޮށްނުލާ.. އިކާނާ ނުލާ އަހަންނަށް ނޫޅެވޭނެކަން ހަމަ ރަނގަޅަށް އިނގޭނެ.. ޕްލީސް.. އަހަރެން މަރުވެދާނެ.. އަހަރެން ބޭނުމީ އިކާން… މަށަށް ކަމެއް ކޮށްދެންޏާ އަހަރެންނަށް ތިހެން ނުހަދ… އާތިފް އަހަރެން ބޭނުން ނުވާކަން އަހަންނަށް ޔަގީން… އަހަންނަށް އުފާވެރި ދިރުޅުމެއް ފެންނަން އޮތީ ހަމައެކަނި އިކާނާ އެކީގަ… ޕްލީސް އިކާން… ޕްލީސް…”
ޒުމްރާގެ އާދޭހުގެ އަޑު ޖެހުމާ އެކީ އިކާނަށް ދަތްކުނިވިކާލެވުނެވެ. ޒުމްރާ އެއޮތީ ހަމައިގަބާއޭ އިކާންގެ ހިތަށް އެރިއެވެ. ޒުމްރާ ދެކެ ލޯބިވެގެން އިކާން އާދޭސްކުރި އަދަދުގެ އެންމެ މިންވަރެއްވެސް ޒުމްރާގެ ހަނދާނުގައި ނެތީހެއްޔެވެ. އިކާނާ ދިމާއަށް ޒުމްރާ ބުނި ބަސްތައް ހަނދާން ނެތުނީ ހެއްޔެވެ. ކޮންމެ ގޮތެއްވިޔަސް ޒުމްރާއާ އެކީ ކުރިން ބޭއްވުނު ފަދަ ގުޅުމަށް ބާއްވައިގެން އެ ގުޅުން ކުރިޔަށް ގެންދާކަށް އިކާން ބޭނުމެއް ނޫނެވެ. އިކާން ހިތުގައި އުތުރި އަރަމުން ދިޔަ ޖަޒްބާތުތައް ޒުމްރާގެ ކަންފަތަށް ވާސިލްވާނެހެން ބޭރުކުރަން ބޭނުންވި ނަމަވެސް އެ ވާހަކަތައް ބެރުކުރެވޭ ހާ ހިތްވަރެއް އިކާންގެ ގަޔަކު ނެތެވެ. އިކާންގެ ދުލުގައި ތަޅެއް ލެވިފައިވާ ކަހަލައެވެ.
ހުއްޓުމެއް ނެތިި ޒުމްރާ އާދޭސް ކުރަމުން ދިޔައިރު އޭނާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. އެ ކޮޓަރިއަށް މިވަގުތު ތާރާ ވަދެއްޖިއްޔާ ހަތަރު އުދަރެސް ފެނު ޖެހުނީއެވެ. ވަގުތާ ހާލަތާ މެދު ވިސްނުމަށްފަހު އިކާން ބޭނުންވީ ޒުމްރާއަށް ވިސްނައިދީގެން އޭނާ ހަމައަކަށް އަޅުވާށެވެ.
“ޒުމް… މިހާރަކު ނޫން ތި ވާހަކަ ދައްކާނީ… މިހާރު ޒުމް ތިއޮތީ ބަލިވެފަ.. ރަނގަޅުވީމަ ތިކަމާ އަހަރެމެން ވާހަކަ ދައްކާނީ… މިވަގުތު ޒުމް އަރާމްކޮށްލާ… ދެން އެކަމާ އެހާބޮޑަށް ނުވިސްނާތި…” ހިތާ ދެކޮޅަށް ޒުމްރާގެ އަތުގައި ފިރުމާލަމުން ޒުމްރާއަށް ވިސްނައިދެވޭތޯ އިކާން މަސައްކަތް ކުރިއެވެ.
ދެލޯ ފޮހެލުމަށްފަހު ޒުމްރާ ބޯޖަހާލީ ބަސްއަހާ ކުއްޖެއް ފަދައިންނެވެ. އިކާންގެ ފަރާތުން ލިބުނު ޖަވާބަކީ ޒުމްރާގެ ބަސްނާހާ ހިތަށް ލިބުނު ހިތްވަރެކެވެ. ތާރާއާ އެކީ ޒުމްރާމެންގޭގައި މަސައްކަތް ކުރާ މީހަކު އެކޮތަރިއަށް ވަނުމުން އިކާން އެނދު ކައިރިން ދުރަށް ޖެހިލިއެވެ. އެމީހާ ގެނައި ކޮތަޅުގައި އޮތް ހެދުން ނެގުމަށްފަހު ޒުމްރާގެ ހެދުން ބަދަލުކުރަން އުޅޭ ވާހަކަ ތާރާ ބުނުމުން އިކާން އެކޮަޓަރިން ބޭރަށް ނުކުންނަން ހިނގައިގަތީ ޒުމްރާގެ މޫނަށް ބަލާލަމުންނެވެ. ޒުމްރާއެކީ އެކަހެރިކޮށް ތާރާ ހުންނަން ޖެހުމުން އިކާން ޖެހިލުންވިއެވެ. ޒުމްރާ ކުޅެލާނެ ޑްރާމާއަކާ ދޭތެރޭ އިކާނަށް ވިސްނާ ފިކުރު ކުރެވުނެވެ.
*** *** *** *** *** ***
ދުވަސްތައް މާޒީއާ އެކުވަމުން ދިޔަ އިރު އިކާންގެ ދިރިއުޅުމަށް ޒުމްރާގެ ސަބަބުންއެތައް ނޭދެވޭ އަސަރެއް ފޯރުކުރަމުން ދިޔަ ނަމަވެސް އެހުރިހާ ކަމަކަށް އިކާން އައީ ކެތްތެރިވަމުންނެވެ. ރިސޯޓްތަކުން އިކާނަށް ލިބެމުން އައި ޝޯވްތައް ކެންސަލްވެ އެކި ކަހަލަ ހުރަސްތަކާ ކުރިމަތި ލަމުން އިކާން ދިޔައީ އޭނާގެ އެކުވެރި ފިޒާމްގެ އެހީތެރި ކަމާއެކީގައެވެ. “އިކާން… ޒުމްރާއާ ބައްދަލު ނުކޮށް ތިހެން ހުއްޓާ އިކާންގެ ދުވަސް އޭނާ ދުއްވާލާނެ… އަހަންނަށް ފެންނަނީ ތާރާއާ ތި ވާހަކަ ދައްކަން…” ފިޒާމްއަށް ފެންނަ ގޮތް ހާމަ ކުރުމުން އިކާން އޭނާގެ ނިތްކުރީގައި ހިފަހައްޓާލިއެވެ.
“ފިޒާމް… އަހަރެން ކިހިނެއް މިވާހަކަ ތާރާ ގާތު ބުނާނީ… ތާރާއަކީ ނުލާހިކު ރަނގަޅު ސާލިހު ކުއްޖެއް.. އޭނާއަށް މި ހުރިހާ ކަމެއް އެނގިހުރެ އަހަރެން ފިރިއެއް ގޮތަށް ބަލައިގަންނާނެތަ؟… އަހަރެން ތާރާ ދެކެ ވަރަށް ލޯބިވޭ.. ތާރާގެ ގައިގާ އެހުންނަ މާތް ސިފަތަކަކީ އަހަރެން ވަރަށް ލޯބި ކުރާ ސިފަތަކެއް.. މަދު އަންހެން ކުއްޖެއްގެ ކިބައިން ނޫނީ މިޒަމާނުގަ އެކަހަލަ ސިފަތަކެއް ނުފެންނާނެ… މިވާހަކަ ތާރާއާ ދައްކައިގެން އަހަރެންނަށް ތާރާ ގެއްލިދާނެތީ އަހަރެން ބިރުގަނޭ… އަހަރެންނަށް ފެންނަނީ މިހާރުވެސް ކަންތައް ކުރަމުން މިދާ ގޮތަށް ކުރިއަށް ގެންދަން… އިގްނޯ ކުރީމަ ވީނު.. ޒުމްރާއަކަށް ޕަބްލިކާ ހަމަޔަށް މިކަންތައް ގެންނާކަށް ނުކެރޭނެކަން މަށަށް ގެރެންޓީ…” ފުން ވިސްނުމެއްގައި އިނުމަށްފަހު އިކާނަށް ފެންނަ އެންމެ ރަނގަޅު ގޮތް އޭނާ ހިއްސާކޮށްލުމަށްފަހު ސިނގިރޭޓެއް ނަގާ ރޯކޮށްލިއެވެ.
“މިކަންތައް ނިމިގެންދާއިރު އިކާންގެ ކެރިއާރ ހަލާކުވާނީ… މިހާރުވެސް އިކާނަށް ލިބޭ ރެކޯޑިންގްސްތައްވެސް މަދުވަމުން މިދަނީ… އޭރުންނޯ…” ފުންނޭވާއެއް ބޭރުކޮށްލަމުން ފިޒާމް މަސައްކަތް ކުރީ ވަމުންދާގޮތް އިކާންގެ ކުރިމައްޗަށް ގެންނާށެވެ.
“އަހަންނަށް ތިއިން އެއްވެސް ކަމެއް ނޭނގެނީކީ ނޫން… ކެރިއަރ ހަލާކުވިޔަސް ވަރިހަމަ… އަހަރެންގެ ލައިފުން ތާރާ ގެއްލޭކަށް ބޭނުމެއްނޫން… ދެން ދަނީ… ތާރާ ބުނި މިރޭ އަށެއް ޖަހާއިރު ޑިނާރ އަކަށް ދާ ވާހަކަ… ފަހުން ގުޅާނަން…” އަޅިކެނޑި ތެރެއަށް ސިނގިރޭޓް ބުރި ނިއްވާލުމަށްފަހު އިކާން އަވަސްވެގަތީ ގެއަށް ދާށެވެ.
*** *** *** *** *** ***
ސިޓިންގް ރޫމް ސޯފާގައި މަޑުކޮށްގެން އިކާން އިނީ ތާރާގެ އިންތިޒާރުގައެވެ. ހަމަޖެހިގެން ފޯނުން ލަވައެއް ޖަހައިގެން އިން އިކާންގެ ފޯނަށް ޒުމްރާ ގުޅަން ފެށުމުން އިކާންގެ ނިތައް ރޫ ގިނަ ކޮށްލިއެވެ. ޒުމްރާ ކިތަންމެ ވަރަކަށް ބައްދަލުކުރަން އެދުނަސް އިކާން ނޫން ބުނެ ކޮންމެވެސް އުޒުރެއް ދައްކަމުން ދިޔައީ ޒުމްރާއާ ބައްދަލުކުރަން ބޭނުން ނުވާތީއެވެ. ޒުމްރާގެ ކޯލަށް ޖާވާބުދޭން ފޯނު ކަންފަތުގައި ޖަހާލަމުން އިކާން ހަލޯ އޭ ބުނެލީ ފޫހި ގޮތަކަށެވެ.
“އިކާން.. ހިނގާ މީޓްކޮށްލަން.. އަހަރެން ވަރަށް މިސްވޭ… އިކާން ޕްލީސް ހިނގާބަލަ… ކޮން ދުވަހެއް މީޓް ނުކުރާތާ؟…” އާދޭހުގެ ރާގަކަށް ޒުމްރާ ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ.
“މިއަދުތަ؟… އަޅެ.. މިއަދު ވަރަށް ބިޒީ…” އިކާން މަސައްކަތް ކުރީ ބަހަނާއެއް ދައްކައިގެން އެފޯނު އަވަހަށް ކަނޑާލާށެވެ.
“މާދަމާރޭ އަހަރެން ލަންކާއަށް ފުރަން މިއުޅެނީ.. ފުރުމުގެ ކުރިން މީޓްކޮށްލެވޭނެތަ… އިކާން ބުނީމަ އަހަރެން ކިހާ ދުވަހެއް ވަންދެން މަޑުން ހުރެފިން… އަނެއްކޮޅުން އާތިފްވެސް މާލޭގަ އުޅޭތީ އަހަރެން އެވަރަށް ނުކިޔަން ދޯ މީޓް ކުރަން ހިނގާށޭވެސް…ޕްލީސް… ބަލައްޗޭ މިރޭ ޓައިމްއެއް ވެތޯ… އިނގޭ.. ބާއި…އައިމް ވެއިޓިންގް..” ޒުމްރާ ވާހަކަ ދައްކަދައްކަ ހުއްޓާ އިކާން އެފޯނު ކަނޑާލީ އިކާންގެ މޫޑު ޚަރާބުވެ ރުޅިގަދަ ވެދާނެތީއެވެ.
“އިކާން… އައިމް ރެޑީ.. ވަރަށް ލަސްވެއްޖެ ދޯ…” ކޮޓަރީގެ ދޮރު ހުޅުވާފަ ބޭރަށް ނުކުތް ތާރާ ވާހަކަ ދެއްކީ ސޯފާގައި ލެނގިލައިގެން ފޯނަށް ބަލަން އިން އިކާނަށް ގޮވާލަމުންނެވެ. ތާރާއާ ދިމާއަށް ބަލާލަމުން އިކާން ހަމަޖެހެން މަސައްކަތް ކުރިއެވެ.
ވިލު ނޫކުލައިގެ ގަމީހަކާ ކަޅުކުލައިގެ ޖިންސެއްގައި ތާރާ ހުރި އިރު އެނާ ވަރަށް ވެސް ފުރިހަމައެވެ. ފަރި ހިނގުމެއްގައި އައިސް އިކާންގެ އަތުގައި ހިފާލަމުން ތާރާ ހިނިތުންވެލިއެވެ.
“ހިނގާ ދާން… ހާދަ މީރު ވަސްދުވާ ސެންޓެއް ޖަހައިގެން…” ސޯފާއިން ތެދުވަމުން ތާރާއާ އިކާން ގާތްވެލަމުން ކޮލުގައި ބޮސްދިނެވެ.
“މީ އަބަދުވެސް ތާރާ ޖަހާ ޕަރފިއުމެއްނު.. އިކާން އަބަދުވެސް ތިހެން ބުނާނީ…” އިކާންގެ އަތުގައި ހިފައިގެން ތާރާ މަޑު ފިޔަވަޅުތަކެއްގައި ހިނގައިގަތެވެ. “ކޮންތާކަށްދާން މިއުޅެނީ؟…” ދޮރުން ނުކުމެ ލިފްޓާހަމައަށް އާދެވުމުން އިކާން ސުވާލުކޮށްލިއެވެ. “ހިނގާބަލަ ދާން… ދިޔައިމަ އިނގޭނެއްނު…” ތާރާ މިހެން ބުނެ އިކާންގެ އަތުގައި ހިފާ ފިތާލިއެވެ.
އެރޭގެ ހާއްސަ ކެއުމަށް ރިޒަވޭޝަން ހައްދާފައިވާ ރެސްޓޯރަންޓަކީ މާލޭގައި ހުރިއެންމެ ފެންވަރު ރަނގަޅު އެއް ރެސްޓޯރަންޓެވެ. އެތަނަށް ދެވުމުން އިކާނަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް އިހްސާސް ވަމުން ދިޔައެވެ. ވަށައިގެން ވާ ގޮނޑިތަކަށް އިކާން ބަލަމުން ދިޔައީ އެތަނުގައި ޒުމްރާ ހުރެދާނެތީއެވެ. ކެއުމަށް އިންސާފް ކުރަމުން ދިޔައިރު ދިރިއުޅުމާ ބެހޭގޮތުން އެކި ކަހަލަ ވާހަކަތައް ތާރާ ދައްކަމުން ދިޔައެވެ. އެ ވާހަކަތަކަށް އިކާންގެ ސަމާލުކަން ނެތްކަން ތާރާއަށް އެނގުނެވެ. ފަހަކަށް އައިސް އިކާންގެ ފަރާތުން މިފަދަ އެތައްކަމެއް ތާރާއަށް ފާހަގަވި ނަމަވެސް އެކަންކަމާ ބެހޭގޮތުން ޝަކުވާކުރުމަކީ ތާރާ ކުރާކަމެއް ނޫނެވެ. އިކާންގެ ކެރިއަރގައި ދިމާވަމުންދާ ހުރަސްތަކުގެ ވާހަކަތައް އިކާން ހިއްސާނުކުރިއަސް އެއީ ތާރާއަށް އިނގޭ ކަންކަމެވެ.
އިކާން ބޭނުންވީ ބިލް ދައްކާލުމަށްފަހު އަވަހަށް ގެއަށް ދާށެވެ. ނަމަވެސް އެވަގުތު ތާރާ ފާޙާނާއަށް ދާން ޖެހެތީ އެބައަންނަމޭ ބުނެ ފާޙާނާ ހުރި ދިމާއަށް އަވަސްވެގަތެވެ. ފޯނުން ގަޑިއަށް ބަލަބަލާ އިކާނަށް އިނދެވުނީ އެތާގައި އިންނަން އުނދަގޫވިއެވެ. އެ ރެސްޓޯރަންޓަކީ ޒުމްރާވެސް ވަރަށް ގިނައިން އައިސް ހަދާ ރެސްޓޯރަންޓެއްކަން އިކާނަށް ވަނީ އެނގިފައެވެ. ރެސްޓޯރަންޓަށް ވަންނަ ހުރި ދޮރު ހުޅުވޭ ކޮންމެފަހަރަކު އެ ދިމާއަށް އިކާންގެ ނަޒަރު ހުއްޓެނީ އެއީ ޒުމްރާއަށް ވެދާނެކަމަށް ޝައްކުވާތީއެވެ.
ޒުމްރާ ދައްކަމުން އަންނަ ވާހަކަތަކަށް އިކާން ވިސްނަމުން ދާތާ މަހެއްހާ ދުވަސްވީއެވެ. އެކަމުން އިކާންގެ ދިރިއުޅުމަށާ މިޒާޖަށް އަންނަމުން ދިިޔަ ބަދަލުތައް އެންމެ ގާތުން ފެންނަ އެކަކީ ތާރާއެވެ. މޫނު ބަލާ ލޯގަނޑު ކުރިމަތީ ހުރެ ތާރާގެ އަތް ދަބަސް ހުޅުވާލުމަށްފަހު އޭގެން ލިޕްސްޓިކްއެއް ނަގާ ތުންފަތުގައި އެކުލަ ފާއްދާލިއެވެ. ދެތުންފަތް ދެތުންފަތާ ހާކާލުމަށްފަހު އިކާން ގާތަށް ދާން ތާރާ އަވަސްވެގަތެވެ. ފާޙާނާއިން ނުކުތް ތާރާގެ ފިޔަވަޅު ހުއްޓުމަކަށް އައީ ދުރުގައި ހުރި މޭޒުކައިރީ ތިބި އަންހެނުންތަކެއްގެ ތެރެއިން އަންހެނެއް އިކާން ހުރި މޭޒާ ދިމާއަށް މިސްރާބު ޖެހުމުންނެވެ. ތާރާއަށް އެ ހުރި ފިޔަވަޅުމަތީ މަޑުކޮށްގެން ހުރެވުނީ ކީއްވެކަމެއް ނޭނގުނެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ.
އަތުގެ އިނގިލިތަކުން މޭޒުމަތީ ފުއްޓަކި ޖަހާލަ ޖަހާލަ އިން އިކާނަށް ސިހުމެއްވީ އޭނާގެ ކޮނޑުގައި މީހަކު ހިފާލުމުންނެވެ. “ހިނގާ ދާން… ހާދަ ލަސްވީ…” އިކާން ވާހަކަ ދެއްކީ އެއީ ތާރާ ކަމަށެވެ. އިކާންގެ ސުވާލަށްފަހު އިވިގެން ދިޔަ އެ ހިނިގަނޑު ކަންފަތުގައި ޖެހުމުން އެއީ ކާކުކަން ދެނެގަންނަން އިކާނަކަށް ދައްޗެއް ނުވިއެވެ.
“ޒިވީ… މިތާ ކީއްކުރަނީ؟…” އިކާނަށް ލިބުނު ހައިރާން ކަމުން ބުނެވުނީ އެވަރަށެވެ. އިކާންގެ ގާތުގައި ހުރި ހުސްގޮނޑީގައި އިށީންނަމުން ޒިވީ ވާހަކަ ފެއްޓިއެވެ. “ފްރެންޑްސްއުންނާއެކީ ޑިނަރއަކަށް މިއައީ… އިކާން ފެނުނީމަ ވާހަކަ ދައްކާލާނިއްޔޭ ހިތަށް އެރީ…”
މޭޒުމަތީ ހުރި ފެންތަށި ތުނބުގައި ޖަހާލަމުން އިކާން ނިތްއަރުވާލަމުން ހޫން އޭ ބުނެލީ ޒިވީގެ ވާހަކަ ކުރިޔަށް ގެނދާށޭ ބުނާ ފަދައަކުންނެވެ. “އަސްލު… އެއްކަލަ ދުވަހު ދަޅެއް ކަނޑަލީމެއްނު.. އެއީ ގަސްތުގަ ކުރި ކަމެއްދޯ…” ހިނިތުންވަމުން ޒިވީ ކޮށްލި ސުވާލުން އިކާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
ފެންތަށި މޭޒުމަތީ ބަހައްޓަމުން އިކާން ވާހަކަ ދެއްކީ ދެއަތަށް ބޯ ހޫރަމުންނެވެ. “ނޫން… ޒިވީއެއް ނުދެކެން.. ދެން ޒިވީގަޔަށް ދަޅެއް ކަނޑާކަށްވީ ކޮން ބޭނުމަކު… ހެސްކިޔާފަ ބަވާލީމަ މަށަށް އެނގުނީ އެއީ ޒިވީކަންވެސް… އަސްލު ވަރަށް ބޮޑަށް ސޮރީ އިނގޭ… ހަމަ ސީރިއަސްކޮށް އަހަރެން ގަސްތުގަ ކުރިކަމެއް ނޫން…” އިކާން ހިނިތުން ވެލަމުން މޭޒުމަތީގައި އަތް ހަރާކާތްކޮށްލިއެވެ.
ފުރުސަތުގެ ބޭނުންހިފަން ޒިވީ ބޭނުންވިއެވެ. އޭނާގެ ހިތުގައި އުތުރި އަރަމުން ދިޔަ އެތައް ސުވާލުތަކެއްގެ ޖަވާބު އިކާންގެ ފަރާތުން ހޯދަން އޭނާ ބެނުންވެފައި ހުންނަތާ މަސްތަކެއް ވީއެވެ. “އިކާން… އަހަރެން ހިއެއް ނުކުރަން އިކާން އެހާ އަވަހަށް މެރީ ކޮށްފާނެއެކޭ… އެންޑް ވައި ތާރާ؟..”
“ޒިވީ… އަހަރެންނަކީ ފިރިހެނެއް.. ލައިފެއް ފަށަން ބޭނުންވާނެ. ދަރިއަކުވެސް ބޭނުންވާނެ.. ތާރާ ޗޫސް ކުރިއިރު އެއީ ޒިވީއާ ތިމާގެ ކުއްޖެއް ކަމެއް ނޭނގޭ… ޝީޒް ވަރަށް ޑިފަރަންޓް.. އަހަރެންގެ ލައިފަށް އައި ހުރިހާ ކުދިންނާ ކޮންޕެއަރ ކުރިއަސް އެވަރު ކުއްޖެއް އަދި ނާދޭއޭ ބުނެވޭނީ.. ހަމަ ޕާފެކްޓް… ތާރާ ލަވްސް މީ އަލޮޓް.. ޒިވީ ހެދިހެން ނުހަދާނެކަން އިނގޭ.. ސޯ ރައްޓެހިވެގެން މާ ގިނަ ދުވަހު އެއްކޮށް އުޅުމަށްވުރެ މެރީ ކުރުން އަހަންނަށް އިމްޕޯޓަންޓްވީ… ކިތަންމެ ދުވަހެއް އެއްކޮށް އުޅުނަސް މީހެއްގެ ހަގީގަތެއް ނޭނގޭނެ… ނޫންތަ..” އިކާންގެ ވާހަކަ ނިމުނު އިރު ޒިވީއަށް އިސްޖަހާލެވުނެވެ.
“އަހަރެން ހީކުރީ ޔޫ ލަވްޑް މީކަމަށް… ޒިވީ އަސްލު މަޑުކުރީ އިކާން މީހަކަށް ވަންދެން.. ބަޓް އިކާން.. ދެން އަޅާ ނުލާ.. ވަރަށް އުފާވެއްޖެ އިކާންވެސް ތާރާވެސް ހެޕީކޮށް އުޅޭތީ…” ގޮނޑިން ތެދުވަމުން ޒިވީ ލައިގެން ހުރި ހުދުމަށް ދަމާލިއެވެ.
“ޒިވީ އަހަރެން ދޫކޮށްލީ އަހަރެން ކަޓު މީހަކަށް ވީމަ… މިއަދު ޒިވީއަށް އަހަރެން ފެނިގެން ތިއުޅެނީ އަހަރެން މަޝްހޫރުވެ ކާމިޔާބު މީހަކަށް ވީމަ ދޯ.. މާދަމާވެސް އަހަރެންގެ ކެރިއާރ ހަލާކު ވެއްޖިއްޔާ ޒިވީ ދުވެ ފިލާނެ… ނަސީބެއް ޒިވީއާ މެރީ ނުކުރެވުނުކަން… ތާރާ އެއީ މައި ބެސްޓް ޗޮއިސް… އެކަހަލަ އަންބެއް ނުލިބޭނެ.. އެއީ ރަންގަނޑެއް..” އިކާންގެ ދުލުން ޒިވީއަށް ރައްދުވަމުން ދިޔަ މަލާމާތުގެ ބަސްތައް އަޑުއަހަން ހުންނަން ޒިވީއަކަށް ކެތެއް ނުކުރެވުނެވެ. އިކާންގެ ފަހަތުގައި ހުރި ތާރާ ފެނުމުން ޒިވީގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަ ނަމަވެސް އެކަން ފޮރުވަން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވަމުން ޒިވީގެ އެކުވެރިން ތިބި މޭޒާދިމާއަށް އޭނާ އަވަސްވެގަތެވެ.
ޒިވީ ދިޔަ ދިމާއަށް ބަލަން ހުރެ ގޮނޑީގައި ތާރާ އިށީނދެ އަތް ދަބަސް ހުޅުވާލިއެވެ. “އައި ހޭވް ސަމްތިންގް ފޯރ ޔޫ…” ދަބަސް ތެރެއިން ނެގި ރިހިކުލައިގެ އަތުގަ އަޅާ ޗޭން އިކާންގެ އަތަށް ދެމުން ތާރާ ދެބުމަ އަރުވާލިއެވެ. އެ ޗޭނުގެ މެދެއްހާ ހިސާބުގައި ލިޔެފައިވާ އައި އަކުރާ ޓީ އަކުރު ރަމްޒުކޮށްދެނީ އެ ދެމަފިރިންގެ ލޯތްބެވެ.
“ވާވް.. ވަރަށް ސަޅި… ތެންކިއު… މީ ކޮން ގިފްޓެއް…” އެއީ ކޮން ދުވަހެއްކަން އިކާން ހަނދާންނެތުނީކަން ތާރާއަށް އެނގުނެވެ.
“ނޭނގުނު ދޯ… އަހަރެމެންގެ ކައިވެންޏަށް ތިންމަސް ވީއޭ… ހެޕީ އެނިވަރސަރީ މައި ލަވް…” އިކާންގެ އަތުގައި ހިފާލަމުން ތާރާ ވާހަކަ ދެއްކީ ނުހަނު ލޯބިންނެވެ. “ދެން ހިނގާ ގެއަށް ދާން ދޯ…” ގޮނޑިން ތެދުވެ އަތާއަތް ގުޅާލައިގެން ދެމީހުން އެ ރެސްޓޯރަންޓުން ނުކުތް މަންޒަރު ބަލަން ޒިވީ އިނީ ހަސަދަވެރިވެފައެވެ.
ދެމީހުންނަށް ގެއަށް އާދެވުނު އިރު ރޭގަނޑު ނުވަގަޑި ބައިވަނީއެވެ. “ދެން މިރޭ ހިނގާބަލަ އެއްކަލަ ރޭހެން ރޮމޭންޓިކް މޫވީއެއް ބަލަން…” އިކާންގެ ކަރުގައި އަތް އަޅުވާލަމުން ތާރާ ވާހަކަ ދެއްކީ އިކާންގެ މޫނާ ގާތްވަމުންނެވެ.
“މިރޭ ފިލްމެއް ބަލަން މަޑުކޮށްލަން ވަރަށް ބޭނުން… އެކަމަކު ކުއްލި ކަމެއްގަ ސްޓޫޑިއޯއަށް ދާން ޖެހިއްޖެ… މި އަހަރު ބޮޑު އީދުގެ ޝޯވްތަކަށް ރެޑީވާންކަމަށް މިއުޅެނީ… ފިޒާމްއާ ދެމީހުން އެ ވާހަކައިގަ ތިބެފަ މިއައީވެސް… ބޭބީ… މާދަމާ ރޭ މޫވީ ނައިޓަކަށް ހަދާނީ… ވަރަށް ރޮމޭންޓިކް ކޮށް… އިފްޔޫ ވޯންޓް ވީ ކޭންގޯ ޓު މައި ޕްލޭސް… އެ ޓެރަސްގަ ވަރަށް ސަޅިވާނެ… ކިހިނެއްވާނީ؟…” ތާރާއަށް ވިސްނައިދޭން އިކާން ބޭނުންވީ އޭނާ ހިތުގައި ޖެހިދާނެތީއެވެ.
އެންމެ ރަނގަޅޭ ބުނެ ތާރާ ހިނިތުންވެލީ އެއްވެސް ޝަކުވާއަކާ ނުލައެވެ. ތާރާގެ މޫނުގައި ހިފާ ގާތްކޮށްލަމުން ތާރާގެ ތުންފަތުގައި އިކާން ބޮސްދިނެވެ. “ހިތްހަމަ ނުޖެހުނީތަ؟… ބޭބީ އައި ލަވްޔޫ… އިނގޭ… ޓުމޯރޯ ނައިޓް އިޓްސް ގޮއިންގް ޓުބީއަ ސްޕެޝަލް ނައިޓް…”
އިކާންގެ މޫނަށް ބަލަން ހުރެ ތާރާ ހިނިތުންވެލަމުން އޯކޭއޭ ބުނެލީ ލަދުރަކި ގޮތަކަށެވެ. ތާރާގެ ލަދުރަކި މިޒާޖަކީ އިކާން އެންމެ ގަޔާވާ އެއް ކަމެވެ. “އެބައަންނަން ފާޙާނާއަށް ވަދެފަ…” އިކާން ފާޚާނާއަށް ވަންނަން ދަމުން ޖީބުގައިވާ ފޯނާ ވޮލެޓް ނަގާ އެނދުމަތީ ބާއްވަމުން ތާރާގެ ގައިގާ ބައްދާލިއެވެ.
ލޯގަނޑު ކުރިމައްޗަށް ހުއްޓެމުން ތާރާގެ ހަށިގަނޑަށް އޭނާ ބަލާލިއެވެ. ކައިވެންޏަށްފަހު ތާރާގެ ހަށިގަނޑަށް ބަދަލުތަކެއް އައިސްފައިވާކަން އޭނާއަށް ފާހަގަވިއެވެ. ކަންފަތުގައި އިން ބޮޅު ނަގަމުން ދިޔަ ވަގުތު ޑްރެސިންގް ޓެބަލްމަތީ އޮތް ތާރާގެ ފޯނު ރިންގްވިއެވެ. އެކޯލަށް ވާހަކަ ދައްކަމުން އައިސް އެނދުގައި ތާރާ އިށީނެވެ.
“ހެއި… ހައުވޯޒް ޓުނައިޓް…” އުލްފާ އެ ގުޅީ ތާރާއާ ދިމާކޮށްލާށެވެ.
“އިޓްވޯޒް ނައިސް… އިކާނަށް ކަމުދިޔަ އެ ޗޭން… އިނގޭތަ އެއްކަލަ ޒިވީއާ ދިމާވި އެ ރެސްޓޯރަންޓުން… ދިމާވެފަ ކިޔައިދޭނަން… މިގެއަށް އާދެވޭނެތަ؟…” އިކާން ސްޓޫޑިއޯއަށް ދާން އުޅޭކަން އެނގުމުން ތާރާ ބޭނުންވީ އުލްފާ އެގެއަށް ގެންނާށެވެ.
“މިހާރުތަ… ކުޑަ އިރުކޮޅެއްވެދާނެ.. ޝާމް އައިމަ ދެވޭނީ… ހިނގާފަ ތިހިސާބަށް ނުދެވޭނެ…” ތާރާމެން ގެއަށް ދާންއުލްފާ އެއްބަސްވުމުން ތާރާއަށް ހިތްހަމަޖެހުމެއް ލިބުނެވެ.
“މިރޭ އެބަ އޮތް ވަރަށް ބޮޑު މިޝަންއެއް… އަވަހަށް އާދެބަލަ…” ތާރާ ވާހަކަ ދައްކަމުން ދިޔަ ވަގުތު އެނދުމަތީ އޮތް އިކާންގެ ފޯނު ދިއްލުނުތަން ފެނުމުން އެފޯނުގެ ސްކްރީނަށް ބަލާލަން ތާރާ ކުރިއަށް ގުދުވެލިއެވެ. އެގުޅަނީ ކުރިންވެސް އިކާނަށް ގުޅަމުންއައި ނަންބަރުންނެވެ. އެކްސް އޯއެވެ.
ތާރާގެ އަތް މަޑުމަޑުން އެފޯނާ ދިމާއަށް ދަތުރުކުރަމުންދިޔައީ ދަގައްފާނަށް ދަގަނޑު ދަމާފަދަ ބާރަކުންނެވެ. ތާރާ ބޭނުންވީ އެ ފޯނު ކޯލު ނަގާށެވެ. ޒިވީއާ ކުރިމަތިލާ ވާހަކަ ދައްކާށެވެ. ރެސްޓޯރަންޓުން ދިމާވެ އިކާނާ ވާހަކަ ދެއްކުނީމަވެސް ޒިވީގެ ހިތް ނުފުރުނީ ހެއްޔެވެ.
ފޯނު ނަގަން ހިތަށް އަރުވައިގެން އިން ނަމަވެސް ފާޙާނާގެ ދޮރު ހުޅުވުނު އަޑަށް ތާރާއަށް ފުންމައިގެން އެނދުންތެދުވެވުނީ ހާސްވެފައި ހުރިވަރުންނެވެ. އިކާން ދިމާއަށް ބަލަން ހުރެ ފޯނަށް ވާހަކަ ދައްކަމުން ތާރާ އިސް ޖަހާލިއެވެ. “އުލް އަވަހަށް އަންނައްޗޭ އިނގޭ ދެން ބޭއްވީ…”
“ބޭބީ… ތެންކިއު ފޯރ ދަ ލަވްލީ ޑިނަރ.. އެންޑް މިގިފްޓް ވަރަށް ކަމުދޭ…” އިކާންގެ އަތުގައި އާޅާފައިވާ ޗޭން ދައްކާލަމުން އިކާން ވާހަކަ ދެއްކީ ތާރާ ހިތްހަމަޖައްސާލާށެވެ.
ދެންމެ އައި ކޯލާ ބެހޭގޮތުން ތާރާ ސުވާލު ކުރަން ބޭނުންވިޔަސް އިކާން ރެސްޓޯރަންޓްގައި ހުރި ޒިވީއަށް ދިން ޖަވާބު ތާރާގެ ކަންފަތުގައި ގުގުމާލިއެވެ. ” ޝީޒް ވަރަށް ޑިފަރަންޓް.. އަހަރެންގެ ލައިފަށް އައި ހުރިހާ ކުދިންނާ ކޮންޕެއަރ ކުރިއަސް އެވަރު ކުއްޖެއް އަދި ނާދޭއޭ ބުނެވޭނީ.. ހަމަ ޕާފެކްޓް… ނަސީބެއް ޒިވީއާ މެރީ ނުކުރެވުނުކަން… ތާރާ އެއީ މައި ބެސްޓް ޗޮއިސް… އެކަހަލަ އަންބެއް ނުލިބޭނެ.. އެއީ ރަންގަނޑެއް..” ތާރާއަށް އިކާން ކުރި ތައުރީފް ހަނދާންވުމުން ތާރާއަށް ހިނިތުންވެވުނެވެ. އިކާން ދެކެވާ ލޯބީގެ އަގުވަޒަންކުރާކަން އެނގުމުން ތާރާ ހިތް އުފަލުން ނަށަމުން ދިޔައެވެ.
“ވަރަށް ލަސްވާނެތަ؟…” އިކާންގެ ގަމީހުގައި އަތް ހާކާލަމުން ތާރާ ސުވާލުކޮށްލިއެވެ.
“ކިހިނެއްވީ.. އަވަހަށް އަންނަންވީތަ؟…” އިސްޖަހައިގެން ހުރި ތާރާގެ ދަތްދޮޅީގައި ހިފާ އުފުލާލަމުން އިކާން ސުވާލުކޮށްލިއެވެ.
“އިކާން ދިޔައިމަ ތާރާ އެކަނި ވާނެ.. އެހެންވެ އުލްފާއަށް ގުޅައިގެން މީނީ.. އޯކޭތަ އުލްފާ ގެނަޔަސް…” ހުއްދައަކަށް އެދޭ ފަދައިން ތާރާ ވާހަކަ ދެއްކުމުން އިކާންގެ ގާތަށް ހިނިއައެވެ. “އާން… މައްސަލައެއް ނެތް… އަހަރެން އަންނަމުން ގުޅާލާނަން… ދެން ދަނީ..” ކޮޓަރިން ނުކުމެގެން އިކާން ދިޔުމުން ތާރާ ބޭރަށް ނުކުންނަން އަވަސް ވެގަތެވެ. ބޭރު ދޮރު ކައިރިއަށް އިކާނަށް ދުވުނު އިރު އެތެރެއިން ތާރާ ގޮވާލި އަޑު އިވުމުން އިކާން ފަސް އެނބުރި ބަލާލިއެވެ.
“ފޯނު ހިފައިގެން ދިޔައިމަ ދޯ ގުޅޭނީ…” އެނދުމަތީ ބާއްވާފަ އޮތް އިކާންގެ ފޯނާއި ވޮލެޓް ހިފައިގެން ތާރާ ބޭރަށް ނުކުތީ ހެމުންހެމުންނެވެ.
*** *** *** *** *** ***
ސްޓޫޑިއޯއަށް ވަދެ އިކާން ބޮކި ދިއްލާކަށް ނަހަދައެވެ. އޭސީ ނުނިއްވާ ހުރުމުން އެތަން ހުރީ ކޮންމެވެސް ވަރަކަށް ފިނިކޮށެވެ. ސްޓޫޑިއޯގައި ތިބެފަ ފިޒާމާ އިކާނަށް މިއަދު ނުކުމެވުނީ އޭސީ ނުނިއްވާ ބާއޭ ހިތަށް އެރުމުން އިކާނަށް ދެއަތަށް ބޯ ހޫރާލެވުނެވެ.
މޭޒުމަތީ ހުރި ލެޕްޓޮޕް ހުޅުވާލަމުން އޭގެ ސްކްރީން އޮން ކޮށްލީ ފަނޑު އަލިކަމެއްގެ ބޭނުމުގައެވެ. ޒުމްރާއާ ދޭތެރޭ ކަންތައް ކުރާނެ ގޮތަކާ މެދު އިކާން ވިސްނަމުން ދިޔައިރު އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ. އިކާންގެ ފޯނު ރިންގްވާން ފެށުމުން އެގުޅަނީ ފިޒާމްކަމަށް ހީކޮށް ފޯނުގެ ސްކްރީނަށް އިކާން ބަލާލިއެވެ. ސްކްރީނަށް ބަލަން އިނުމަށްފަހު އިކާން އެކޯލް ބިޒީ ކޮށްލީ ޒުމްރާއާ ވާހަކަ ދައްކަން އިކާން ބޭނުން ނުވާތީއެވެ. ފޯނު ނަގައިފިއްޔާ އިކާންގެ ބޮލުގެ ރިހުން އިތުރުވުން ނޫންކަމެއް ނުވާނެތީއެވެ. މޭޒުމަތީ ފޯނު ބޭއްވުމަށްފަހު ގޮނޑީގައި ލެނގިލާ ދެއަތުން ބޮލުގައި އިކާން ހިފަހައްޓާލިއެވެ. ފޯނު ނިއްވާލުން ނޫންގޮތެއް ނެތެވެ. އެހެން ނޫނީ ޒުމްރާ ގުޅާ ވަރުން އިކާނަށް އެއްވެސްކަމެއް ނުވާނެކަން ޔަގީނެވެ.
“އިކާން… ވައި އާޔޫ ޑުއިންގް ދިސް…” ފުންމައިގެން އިކާން ގޮނޑިން ތެދުވީ އިކާނާ ދާދި ގާތުން ޒުމްރާގެ އަޑު ޖެހުމުންނެވެ. އިކާންގެ މޭޒު ކުރިމަތީ ހުއްޓިގެން ހުރި ޒުމްރާ ފެނުމުން އިކާންގެ ދެލޯ ބޮޑުވިއެވެ. މޭޒުގައި އެއް އިނގިލި ޖައްސައިގެން ހުރެ އިކާން ގާތަށް މަޑު ފިޔަވަޅުތަކެއްގައި ހިނގާފައި ޒުމްރާއައީ މޭޒު ވަށާލާފައެވެ. ހުރި ފިޔަވަޅުމަތިން ގުޑިލަންވެސް ނޭނގިފައި އިކާނަށް ބަލަން ހުރެވުނީ ޒުމްރާގެ ކޯލު ދެންމެ ކަނޑަލެވުނު މޮޔައޭ ހީވެފައެވެ.
“ކީއްވެ އަހަރެންގެ ފޯނަށް ޖަވާބު ނުދިނީ.. އިކާން މިތަނަށް އާދޭތޯ އިންތިޒާރުގައި އަހަރެން ހުންނަތާ ކޮންއިރެއް؟.. ވައި އާ ޔޫ އިގްނޯރިން މީ…” ޒުމްރާ ގާތްވަމުން ދިޔަވަރަކަސް އިކާންގެ ފިޔަވަޅު ފަހަތަށް އެޅެމުން ދިޔައެވެ. ކުއްލިއަކަށް ޒުމްރާ އައިސް ސްޓޫޑިއޯއަށް ވަދެފާނެއޭ އިކާންގެ ހިތަކަށް ނާރައެވެ. އިކާނާ ކުރިމަތިލަމުން އިކާންގެ ގަމީހުގެ ގިރުވާނުގައި ޒުމްރާ ހިފިއިރު އޭނާގެ ދެލޯ އަމާޒުވެފައިވަނީ އިކާންގެ މޫނަށެވެ. އިކާނަށް އުނދަގޫވަމުން ދާތީ ޒުމްރާއާ ދިމާއަށް ނުބަލަން އޭނާގެ ނަޒަރު ދުރަށް ހުސްކޮށްލިއެވެ.
“ކީއްވެތަ އަހަންނާ ވާހަކަ ނުދައްކަނީ؟.. އިކާން ބުނީމެއްނު އަހަރެންދެކެ ލޯބިވެޔޭ؟.. މިހާރު ކޮބާ އެ ލޯބި.. މީ ހަމަ އެ ޒުމްރާ… އިކާން އަޅެ ވާހަކަ ދައްކަބަލަ…” ގަމީހުގެ ގިރުވާނުގައި ހިިފާ ބާރުކޮށްލަމުން ޒުމްރާގެ ގަޔާ ދިމާއަށް އިކާން ދަމައިގަތެވެ. އެކަމަށް ނުވިސްނާ ހުއްޓާ އިކާންގެ ހަށިގަނޑު ޒުމްރާގެ ހަށިގަނޑުގައި ޖެހުމުން އިކާންއަށް ތެޅިގަނެވުނެވެ.
*** *** *** *** *** ***
ތާރާ ދައްކަމުން ދިޔަ ވާހަކަތައް ކަނުލާ އަޑުއަހަން އިން އުލްފާ އަނގަޔަށް ސުޕާރީ ޕެކެޓެއް ލާ ދަތުން ކަނޑާލިއެވެ.
“އަޅެ ޒިވީވެސް ހާދަ ގޮތް ކުޑައޭ… އިކާންގެ ފަރާތުން ނޯ ޖަވާބަކަށް ލިބުނީމަވެސް ކީއްކުރާކައްތަ އެ ގުޅަނީ…” އުލްފާއަށް އެކަމުގަ ކުށްވެރި ކުރެވުނީ ޒިވީއެވެ.
“އަހަރެންވެސް ތިހެން ހިތަށް އެރީ.. އެކަމަކު ނޭނގެ ކީއްވެކަމެއް އަހަރެން ވަރަށް ހިތް ބިރުގަނޭ.. ނޭނގެ ބުނެދޭކަށް… ހީވަނީ ކޮންމެވެސް ނުބައިކަމެއް ވާން އުޅެނީއްޔޭ… މިއަދު ހަތަރު ދަމު މަގޭ ވާތުލޯ ތޮޅޭވަރުން މިއުޅެނީ…..” ތާރާ ދައްކަމުން ދިޔަ ވާހަކަތަކަކީ ފްލޯކް ވާހަކައެއްކަން ސާބިތުކޮށްދޭން އުލްފާ ބޭނުންވިއެވެ.
“ތީ މުސްކުޅިން ބުނެއުޅޭ ވާހަކައެއް… ލޯ ތޮޅެނީ ކޮންމެހެން ގޯސްކަމެއް ވާން އުޅޭތީކީ ނޫން.. އެއީ ނާރުތަކުގެ ސަބަބުން ވާކަމެއް… އެހެނވެ ލޯކައިރިން ވިންދު އެ ޖަހަނީ… އެހާ ނެގެޓިވްކޮށް ނުވިސްނަބަލަ…” އަނގައިގަ ހުރި ސުޕާރީތައް ހަފަމުން އުލްފާ ވާހަކަ ދެއްކީ ވަރަށް ހަމަޖެހިލައިގެން އިނދެއެވެ.
“އުލްފާ… އަސްލު މިރޭ މިބުނަން އުޅޭ ވާހަކައަކީ އަހަރެން ބޭނުމޭ އިކާނަށް ވަރަށް ބޮޑު ސަޕްރައިޒެއް ދޭން… ޔޫ ނޯ.. އުލްފާ ނުލާހިކު މޮޅުވާނެ މިކަހަލަ ކަންކަމަށް…” ކޮނޑުގައި އަތް ދަބަސް އަޅުވާލަމުން ތާރާ ވާހަކަ ދެއްކިއެވެ.
“ހެހެހެ.. އަސްލުވެސް.. މިރޭން މިރެއަށް ސަޕްރައިޒެއް ދެވެންޏާ ވަރަށް ސަޅިވާނެ.. ހިނގާ ދޯ ވާގޮތެއްބަލަން.. ކޮބާ އިކާން؟…” އުލްފާވެސް އަތްދަބަސް ކޮނޑުގައި އަޅުވަމުން ދޮރާ ދިމާއަށް މިސްރާބު ޖެހިއެވެ.
“އިކާން މިރޭ ވީ ސްޓޫޑިއޯގަ.. ބުނި ގެއަށް އައުމުގެ ކުރިން ގުޅާނަމޭ… އޭނަ އައުމުގެ ކުރިން ސްޓޫޑިއޯއަށް ދޯ ދާންވީ…” ފައިވާނަށް އަރަމުން ތާރާއަށް ފެންނަ ގޮތް ހާމަކުރިއެވެ.
“ތިވެސް ވަރަށް ސަޅި ގޮތެއް… އޭނަ ހިތަކަށްވެސް ނާރާނެ ތާރާ ސްޓޫޑިއޯއަށް ގޮސްދާނެއެކޭ ނޫންތަ… ހިނގާ އަވަހަށް ދަމާ… ދެޓްސް އަ ގުޑް ޕްލޭން..” ދޮރު ހުޅުވާލަމުން އުލްފާ ބޭރަށް ނުކުމެ ލިފްޓާ ދިމާއަށް ހިނގައިގަތެވެ. އުލްފާގެ ފަހަތުން ތާރާ މިސްރާބު ޖެހިއެވެ. ތާރާގެ ލޯ ތޮޅެން ފެށުމުން އެއްއަތުން އެލޯމަތީ އަތް ހާކަމުން ގޮސް ލިފްޓް ކައިރިއަށް ހުއްޓުނު އިރު ތާރާގެ ހިތް ބާރުބާރަށް ތެޅެނީއެވެ. ކޮންމެވެސް ދެރަކަމެއް ވާން އުޅެނީއޭ ތާރާގެ ހިތްބުނަމުން ދިޔައީ ކީއްވެކަމެއް ތާރާއަކަށް ނުވިސްނުނެވެ.
(ނުނިމޭ)
44 Comments!
Comments are closed.
yay
My apologies for the delay of this episode.
I have been very busy and not feeling well recently.
Thank you for ur patience and support… enjoy reading. next episode on Saturday 14 th January 2017
Thank u
<3
V reethi mi part ves
Thank u… Varah reethi mi episode… Ikaan bustvaan dho e ulhenee..
Alhey zumra nd ikaan ge gulhun thaara ah egen dho e ulheny.
Pls ehaa delay nukon up kohdheythi dhen huri baithah. Waiting for next part.
Alhey…dhen kihineh baa vaanee????haas vanee hama…hehe
Oh no!!!!!!!!
Ikan with zumra…????? Same time thara????? No no no !!!!
woww haadha rechey.. alhey thaaraa ah dera gotheh nahadhachey
15vana part up kohlla dheeba varah avahah plx….
v nice. but y saturday ga. haadha lahakun
alheyyyyy ma birugan nany haasvany mey finivany oh no ikaan with zumra. dhen kihinehba vaany? dhw. waitin waitin………………….. avas avas
I thought Ziwi will be the main character in this but she is nobdy and also Thara’s attitude is not main character type, she has two face. one she shows to Ikan and one to the others. Ikan thinks she is very nice respective shy good hearted person. but when it comes to ziwi she has really bad face. not a nice one. He is her husband and all that is a different matter.
Oh noooo. Pls avas kohlahchey up kuraaleh. Biru ganey eba. Heevany ma hen ikaan kairy othy. Hehe. V nice ingey
ma heekury dhn mihaa dhuvas kohfa vaahaka nerey iru thankolhe salhi kohlaafa kamah nereyny. alhe fahe sazleen thi meehaku bunege nerey vaahaka ehtha miyathureh rangalha vaahaka genesdhen neyguny tha. ehgothaka ves kamaku nudhey :/
I’m going to sit back and laugh. cause Karma ? is a bitch.
anonymous 2 asluves mi shazlyn aar enme gulhey kanthakuge vaahaka thibuny ????
v bodah ves ingijje liyuntheriyaa ahky bayaku vaahaka liyaathy vaahaka liyaa myhekan. v faruvaa dhakkoh mihury liyefa mi vaahaka. baeh bastha nubaikoh ves beynun kohfa ehba huri. nubaikoh liyefa hury yaa nubai ey bunaany mathi oman kuran mi liyuntheriyaa varu ge myhaku nekan angan fulu fulun reechey kiyaan comment eh nun kuraany, liyuntheriyaa ves adhi haasakoh mi vaahaka kiyaa kiyuntherin ves hiyenuvey eche ingey baeh hen.
WTF hahaha
foshi falhaa kalhu shaxlyn ge diary pukekeke ????
foshi falhaa kalhu shaxlyn ge diary pukekeke ????
Baburu kujje tha eh ee I mean shazlyn ahky ?
mihaaru esfiya ga enme reethee Ifaa liyaa vaahaka.
what goes around comes around. That’s me
Avahah up kohdheh chey
Might part ves varah reethi ❤
Shaz ge mansha2 ah can’t wait ?
OMG shax fb balaaba bayaku kohgen ulhey kameh.
Mi golaa hama heyvataafa negative comment remove kurumuga dhw. Neygeytha hurihaa comment eh fb ga fennan hurikan. Even ma mikuraa comment ves innaane kanneyge.
Mi ves remove kuran hadhaan kuraathi shax the baburey Keke ?
Magey comment fb upload vefa inny sorry baburey Kae maa las v 😛
Mee majaa kameh
wooww ..kihinehbaa dhen vaany. ikan bust vaanytha.. ehen nahadhachay ingey shazlyn..cnt wait 4da next episode..ur da best writer
alhey thaara ah bust vaantha e ulheny.. pls pls avahah up kohdheeba
Miothy vaa kameh Facebook ga ves mi anhenaage update. Mihaaru ehyothy migolaa kuryge comment tha alun jahaafa oi vaahaka. V hingaalaigen ulhey golaeh dhw mi.
Assutha makah nufenun. Kon page akun. Shazlyn baeh comments remive kuree dhw
mire online vache. we can talk about your story too. saturday ga dho up kuraanee
ey mi thanun mi fenany ehbai. kae hurihaa comment approve nukuran dho. fb ga eba feney baivaru coment mivaahakayaa gulhey
Lol haadha varekey dhw thi aruvaalanee egolaa birun filaa eineee
Nusiheyne kamah vanee
valhu kattafulhi dhaanyaka nusiheyne. thivalhugai huri vareh ves engihjje. dhen othee fen meeru tho balaalun. mi vaahaka liyumug hiyaalu liyuntheriyaa ah aee Naajiyaa ge diary kiyaigen hen heevanee. 😉
Najiyage diary fenigenves shaz mi genesdhini v reethi vaahakaeh. Mihen ulhey mussandhon madheh noon. Shaz thigothuga hifahattaalaa. Negative vegen e comment kuranee ehbayeh kan ingey.
Kobaatha…mee saturdaye…mi suturdayves mi nimenee..adhives vaahaka update kuraahaa nuveytha..thivarun nuliyaanama..kiyuntherinves foohivaanedhw..week aku 1 faharuves nugenesdhevey
Wow vvv salhi
Furathama story kiyaafa salhi veema continue kury ekam hope kuri gothakah noon mihar mi dhany v foohi xo aky Zumra ah veema.. Maa bodah dhen age thafaathee dhw.?? Thaara ge mamma ah vure ves bodu.. Dhen adhi kada v ikan e Zumra dheke maa loibbeh vegen furathama kolhuga ulhefa mihar Thaara aa hedhi moyavefa.. Zivee aa rattehivegen ulhunu iru eyna varu meehaku nethi ulhuny.. Aslu salhi vees kanneyge ikan Zumra aa oi gulhun eiy ikan faisaa ge beynumuga ekani kuramun ai kamakah vefa thi Zumra aku ikan aa hedhi ulhunu nama.. 🙂 eyna ves ikan dheke loabi mivee ikan marry kuryma.. Ethan kolhu kada…