
އިޒްޔާން މިހާރު މާ ރީއްޗެވެ. ކުރިއަށްވުރެ ފަލަވެލާފައި އެކަސްރަތީ ހަށިގަނޑު ކުރިއަށްވުރެ މާ ފިރިހެންވަންތައެވެ. އާޝިޔާއަށް މިކުރެވެނީ ކީއްކަން އެނގުމުން އަވަސްއަވަހަށް އެތަނުން ދާން ހިނގައިގަތެވެ. އެވަގުތު އިޒްޔާންގެ އަތް ސޯފާއިން ބޭރަށް ވެއްޓިފައި އޮތްތަން ފެނުމުން އައިސް މަޑުމަޑުން އެއަތް ނަގާ އިޒްޔާންގެ މޭމަތީގައި ބޭއްވިއެވެ. އެވަގުތު އިޒްޔާން ލޯހުޅުވާލިއެވެ.
އާޝިޔާއަށް ތެދުވަންވެސް ނޭނގިފައި އެއޮތްގޮތަށް އޮވެވުނެވެ. އިޒްޔާންވެސް ދެލޯ ބޮޑުކޮށްގެން އޮތީ ހައިރާންވެފައެވެ. އިޒްޔާން މަޑުމަޑުން ކެއްސާލުމުން އާޝިޔާ ސިހިފައި ތެދުވިއެވެ. އަދި އަވަސްއަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ. އިޒްޔާންވެސް ތެދުވެގެންގޮސް ކޮޓަރިއަށްވަދެ އެނދުގައި ޖައްސާލިއެވެ. އަދި އާޝިޔާއާމެދު ވިސްނާލިއެވެ.
“އާޝިޔާ އެއައީ ކީއްކުރަންބާ؟ ވާހަކަނުދައްކާ އެދިޔައީ ކީއްވެބާ؟” އިޒްޔާންގެ ހިތުގައި ސުވާލުތަކެއް އުފެދުނެވެ. އެހާ ދަންގަޑިއަކު އެގޮތަށް އާޝިޔާ އޭނަ ގާތަށް އަންނާނީ ކޮންމެވެސް ކަމަކުކަން ޔަޤީނެވެ. އިޒްޔާން ނިންމީ މާދަމާ އާޝިޔާއާ ވާހަކަދައްކާށެވެ.
ކޮޓަރިއަށް ވަދެވުމާއެކު ހިފަހައްޓައިގެންހުރި ނޭވާ ދޫކޮށްލެވުނެވެ. އޭރު އާޝިޔާގެ ހިތް ބާރުބާރަށް ތެޅެމުންދެއެވެ. އެހިތުގެ ތެޅުން ހުއްޓުވޭނެ ގޮތެއްވެސް ނުހެދުނެވެ. އާޝިޔާ މަޑުމަޑުން ހިނގާފައިގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓި، އަޅައިގެންހުރި މޫނު ބުރުގާ ހިއްލާލިއެވެ. ލޯގަނޑުން ފެންނަންހުރި އޭނާގެ އަމިއްލަ ސޫރައަށް ބަލާލިއެވެ. އެވަގުތު އޭނާގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އެކަރުނަތައް ކޯތާފަތްމަތިން އޮހިގެންދިޔައެވެ. ހިތުގައި ގިނަވި ޝަކުވާތަކުން އޭނާއަށް ރޮވެންފެށިއެވެ. ތަޤުދީރުގައިވާ ގޮތް އެއްވެސް މީހަކަށް ބަދަލެއް ނުކުރެވޭނެއެވެ. މިއަދު އޭނާއަށް މިދިމާވީވެސް އެހެންނެވެ. ތަޤުދީރުގައި އިޒްޔާންއާ ދިމާވާން އޮތީތީ މިކަން މިގޮތަށްވީއެވެ.
އާޝިޔާގެ ނަމުގައި މިގޭގައި މަލަކާ އުޅެމުން އަންނަތާ ތިން އަހަރުވީއިރުވެސް މީ އިޒްޔާންގެ ގެކަމެއް އޭނާއަކަށް ނޭނގެއެވެ. އޭނާގެ ނަސީބާމެދު އޭނާ ބިރުގަނެއެވެ. މިއަދު ހެނދުނު އިޒްޔާން ފެނުނު ވަގުތު އޭނާއަށް ބުނެދޭން ނޭނގޭ އުފަލެއް ލިބުނެވެ. ހަމައެއާއެކު ހިތުގައި ބިރުވެރިކަމެއްވެސް އުފެދުނެވެ.
“އިޒްއަށް ހަޤީޤަތް އެނގޭ ދުވަހަކުން ވާނީ ކިހިނެއްބާ؟ އަހަރެންނަށް މިގޭގަ އިތުރަށް ހުރެވިދާނެބާ؟ މިފަހަރު އަހަރެންގެ ނަސީބުގަ ލިޔެވިފައިވަނީ ކޮންގޮތެއްބާ؟” މަލަކާ ލޯގަނޑުން ފެންނަންހުރި އޭނާގެ އަމިއްލަ ސޫރައާ މުޚާތަބުކުރަމުން ދިޔައެވެ. އިޒްޔާންގެ ހަނދާންތަކުން މަލަކާގެ ހިތް ރޮއްވަމުން ދިޔައެވެ. އިތުރަށް ކެތްކުރާނެހާ ހިތްވަރެއް އޭނާގެ ކިބައަކު ނެތެވެ. ފަސްއަހަރު ވީއިރުވެސް އިޒްޔާން މަތިން ހަނދާންނުވާ އެންމެ ހިނދުކޮޅެއްވެސް ނާދެއެވެ. ކޮންމެ ހިނދެއް ކޮންމެ ވަގުތެއް ހޭދަކުރީ އެހަނދާންތަކާ އެކުގައެވެ. މިއަދު މިވަނީ މަލަކާގެ ހަޔާތުގެ އާ ބާބެއް ފެށިފައެވެ. ވާނެގޮތެއް އެކަކަށްވެސް ނޭނގޭނެއެވެ. މަލަކާ އެދެމުންދަނީ އެންމެ ދުވަހަކު ނަމަވެސް އިޒްޔާންއާއެކު ހޭދަކޮށްލަން ލިބުމެވެ. އެއުންމީދުގައި މިއަދާ ހަމައަށްވެސް މަލަކާ ދިރިހުރިއިރު، އޭނާގެ ހަޔާތުގެ ބާކީ ދުވަސްތައްވެސް ހޭދަކުރާނީ އެއުންމީދުގައި އިޒްޔާންގެ ހަނދާންތަކާ އެކުގައެވެ.
އާދައިގެމަތިން މިއަދުވެސް ފަތިހުފަތިހާ އާޝިޔާ ތެދުވެ އޭނާ ކުރަންޖެހޭ މަސައްކަތްތަކައިގެން ބަދިގޭގައި އުޅުނެވެ. ކުއްލިއަކަށް ފަހަތުން އިޒްޔާންގެ އަޑު އިވިފައި އޭނާ ސިހުނެވެ.
“އާޝިޔާ! ކޮފީއެއް ހަދައިގެން ސިޓިންގރޫމަށް ގެނެސްދީބަލަ.” އިޒްޔާން ބަދިގޭ ދޮރުމައްޗަށް އަރާފައި މަޑުމަޑުން ބުނެލިއެވެ. އެއަށްފަހު ގޮސް ޓީވީ ހުޅުވާލައިގެން ސޯފާގައި ޖައްސާލިއެވެ. އާޝިޔާ ކޮފީ ހަދައިގެން އައިއިރު އިޒްޔާންއަށް އޮތީ ނިދިފައެވެ. އޭނާއަކަށް އިޒްޔާންއަށް ގޮވާކަށް ނުކެރުނެވެ. ރޭގެ ކަންތަކާވެސް އޭނާ ހުންނަނީ ހަދާނެގޮތެއް ނުވިސްނިފައެވެ. ދެވަނަ ފަހަރަށް އެކަހަލަ ކަމެއް ވެއްޖެއްޔާ އިޒްޔާންއަށް ޝައްކުވެދާނެއެވެ. އިޒްޔާން ނިދާފައި އޮތުމުން ނުގޮވަންވެގެން ކޮފީތަށި މޭޒުމަތީގައި ބަހައްޓާފައި އާޝިޔާ ދިޔައީ ބަދިގެއަށެވެ.
އާޝިޔާ ބަދިގޭގެ މަސައްކަތް ނިންމާފައި ނުކުތްއިރުވެސް އިޒްޔާން އޮތީ ނިދާފައެވެ. އޭނާ ގަޑި ބަލާލިއިރު ގަޑިން ހަތްގަޑި ބައިވަނީއެވެ. މިއީ އިޒްޔާން އޮފީހަށްދާން ތައްޔާރުވާ ގަޑިއެވެ. ނަމަވެސް އިޒްޔާންއަށް ގޮވަން ހަދާނެގޮތެއް އާޝިޔާއަކަށް ނުވިސްނުނެވެ. އާޝިޔާ ގަޑި ބަލަމުން ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓާ ހަތްގަޑި ސާޅީސް ފަހެއް ހިނގައިފިއެވެ. އެވަގުތު ކޮޓަރި ދޮރު ހުޅުވާލާފައި އަޒްފާ ނުކުތެވެ. ހާސްވެފައި ހުރެގެން އާޝިޔާ ދެކޮޅަށް ހިނގާ މަންޒަރު ފެނުމުން އަޒްފާ ހައިރާންވިއެވެ.
“އާޝިޔާ! ކިހިނެއްވީ؟ ހާދަ ހާސްވެފަ.” އަޒްފާގެ އަޑަށް އާޝިޔާ ކުޑަކޮށް ސިހުނެވެ.
“މީ އިޒް… އޯހ… ޔާން އޮފީހަށްދާ ގަޑި ޖެހޭތީ. އާޝިއަށް ގޮވަން ނުކެރިގެން.” އާޝިޔާ އަޅައަޅައިގަންނަމުން ވާހަކަދެއްކިއެވެ. އާޝިޔާއަށް އޮޅިގެން އިޒްއޭ ބުނެވުމުން އޭނާ ހުރީ ވަރަށް ޖެހިލުންވެފައެވެ. އަޒްފާއަށް އެކަން ފާހަގަކުރެވިއްޖެނަމަ ސުވާލު އުފެދޭނެކަން ޔަޤީނެވެ.
އަޒްފާއަށް ހަމަ ރަނގަޅަށްވެސް އާޝިޔާގެ ވާހަކަތައް އަޑުއިވުނެވެ. އަޅައަޅައިގަންނަމުން އިޒްއޭ ބުނެފައި އަވަސްއަވަހަށް ޔާންއޭ ބުނެލިގޮތުން އެތަންކޮޅު ވަރަށް ފާހަގަވާގޮތްވިއެވެ. ނަމަވެސް އެއީ މާބޮޑު ކަމަކަށް ނުހަދަންވެގެން އެކަން އެނގޭކަމަށް ނުހެދީއެވެ. ދެތިންފަހަރަކު އިޒްޔާންއަށް ގޮވާލުމުން އިޒްޔާން ލޯހުޅުވާލިއެވެ.
“ދަރިފުޅާ ޔާން! މިއަދު އޮފީހަށް ނުދާ ދުވަހެއްތަ؟” އިޒްޔާން ލޯހުޅުވާލުމުން އަޒްފާ އަހާލިއެވެ.
“ކީއްވެތަ ނުގޮވީ؟ މިހާރު މާބޮޑަށްވެސް ލަސްވެއްޖެއެއްނު.” އިޒްޔާން ކުޑަކޮށް ހިތްހަމަނުޖެހިފައި ބުނެލިއެވެ.
“އާޝިޔާއަށް ގޮވަން ނުކެރިފަ އެހުރީ. ދެންވެސް އަވަހަށްދޭ ތައްޔާރުވާން.” އަޒްފާ އެހެން ބުނުމުން އިޒްޔާން ބަލާލީ އާޝިޔާއަށެވެ. އޭރު އާޝިޔާ ހުރީ ކުށްވެރިއެއް ފަދައިން އިސްޖަހައިގެންނެވެ. އިޒްޔާން އެއްޗެއް ނުބުނެ ތެދުވެގެންގޮސް ކޮޓަރިއަށް ވަނެވެ. އަދި ވަރަށް އަތްމަތި އަވަސްކޮށްލައިގެން އޮފީހަށް ދިޔައީ ސައިވެސް ނުބޮއެވެ.
ހުކުރު ދުވަސްކަމުން ދިހައެއް ޖެހިއިރުވެސް އިޒްޔާން އޮތީ ނިދާފައެވެ. އެއްހަފްތާ ފާއިތުވިއިރު މަސައްކަތް ބުރަކަމުން އިޒްޔާންއަށް މަންމައާވެސް ދިމާވަނީ ވަރަށް މަދުންނެވެ. ނަމަވެސް ކޮންމެ ރެއަކު ފަތިހު ކޮފީ ގަޑީގައި އާޝިޔާއާ ދިމާވެއެވެ. ނަމަވެސް ވާހަކައެއް ނުދައްކައެވެ. އިޒްޔާންއާއި އާޝިޔާ އެއްފުރާޅެއް ދަށުގައި އުޅުނުނަމަވެސް އުޅެމުންދިޔައީ ދެބީރައްޓެހިން ފަދައިންނެވެ. އިޒްޔާން ރޭގަނޑު ގެއަށް އަންނައިރުވެސް ގިނަ ރޭރޭ އެންމެން ތިބެނީ ނިދާފައެވެ. ވަރުބަލިވެފައި ހުންނަލެއް ބޮޑުކަމުން އިޒްޔާންވެސް ބޭނުންވަނީ އަވަހަށް ނިދާލާށެވެ.
އިޒްޔާންއަށް ހޭލެވުނީ އަޒްފާ ގޮވީމައެވެ. ތެދުވެގެން ސައިބޯން ދިޔައިރު ސިޓިންގރޫމުގައި އީނާއާއި ރީނާ ކުޅެން ތިބިތަން ފެނުމުން އިޒްޔާން މަޑުކޮށްލިއެވެ. އިޒްޔާންއަށް އެކުޑަ ދެކުދިންނާއެކުވެސް ވަގުތު ހޭދަކޮށްލަން ލިބެނީއެއް ނޫނެވެ. އިޒްޔާން ސައިބުއިމުގެ ބަދަލުގައި ކޮފީއެއް ހަދަން ބުނެފައި އެކުދިން ގާތުގައި ކުޅެން އިށީނެވެ. ކުޑަކުއްޖެއްހެން އެކުދިންނާއެކުގައި ކުޅެން އިން އިޒްޔާން ފެނިފައި އާޝިޔާއަށް ހުއްޓެވުނެވެ. އިޒްޔާންއާ އެކުގައި އުޅެން ލިބޭވަރަކަށް އިޒްޔާންގެ މިޒާޖާއިން ގުޅުން އާޝިޔާއަށް ދަސްވަމުންދިޔައެވެ. އިޒްޔާންގެ ހިތްގައިމު ރީތި ސޫރައާއެކު އޭނާގެ ކިބައިގައިވާ ރިވެތި އަޚްލާޤު އާޝިޔާއަށް ވަރަށް ކަމުދިޔައެވެ. ކުރިން އެހިތުގައި އުފެދިފައިވާ ލޯބި އިތުރުވަމުން ދިޔައީ އެސިއްރު ހިތުގައި ފޮރުވަން އުނދަގޫވާ މިންވަރަށެވެ.
އިޒްޔާން އެކުދިންނާ އެކުގައި އެކު ކުޅިވަރުތަކުގައި އުޅެނިކޮށް އަޒްފާ ކޮޓަރިން ނުކުމެގެން އައިސް ސޯފާގައި އިށީނެވެ.
“އީނާ! ރީނާ! ހާދަ މަޖަލޭ ދޯ؟ ބޮޑުބެއާއެކުގަ ކުޅެން ލިބުނީމަ މިހާރު މާމައަށް ގޮވާވެސް ނުލައެއްނު.” އަޒްފާ ބުނެލިއެވެ.
“ނޫން މާމާ. ބޮޑުބެ އެއައީ އެންމެ ފަހަރަކުއެއްނު. އެހެންވެއޭ މާމައަށް ނުގޮވާ މިކުޅެނީ.” ރީނާ ބުނެލިއެވެ.
“އާނ. ތެދެކޭ އެބުނީ. ބިޒީކަމުން ތިކުދިންނާ އެކުގަ ކުޅެލަން ލިބޭނީ ފްރައިޑޭ އެކަނި. އެހެންވީމަ މީގެފަހުން ކޮންމެ ފްރައިޑޭއެއްގަ ބޮޑުބެ އުޅޭނީ އީއްކޮއާ ރީއްކޮއާ އެކުގަ. އޯކޭއެއްނު.” އިޒްޔާން އެހެން ބުނެފައި ދެކުދިން ބުރަކަށްޓަށް އަރުވައިގެން އަސްދުއްވަދޭން ފެށިއެވެ. އަދި އަންނަ ހުކުރުގައި ބަނޑޮހަށް ދަތުރުދާން ނިންމިއެވެ. މިކަމާ އުފަލުން އީނާއާއި ރީނާ ފުމެންފެށިމެވެ. މިވީހާތަނަށް އެކުދިން އަދި ދަތުރު ގޮސްފައެއް ނުވެއެވެ. އެހެންކަމުން އެކުދިން ތިބީ އެދުވަސް އަވަހަށް އަންނަން ބޭނުންވެފައެވެ. އިރުކޮޅަކު އެކުދިންނާއެކު އުޅެލާފައި އިޒްޔާން ދިޔައީ ހުކުރަށްދާން ތައްޔާރުވާށެވެ.
ޖެހިގެންއައި ހުކުރު ދުވަހެވެ. އިރުއެރުމާއެކު ގޭތެރޭގެ ހަލަބޮލިކަން ވަނީ އިތުރުވެފައެވެ. އިޒްޔާން ނިދާފައި އޮއްވާ އީނާއާއި ރީނާ އައިސް ގޮވާ ނެގިއެވެ. ދަތުރަށް ބޭނުންވާ ހުރިހާ އެއްޗެއް ތައްޔާރުކޮށްގެން އެންމެން ތިބީ އިޒްޔާންގެ އިންތިޒާރުގައެވެ. އިޒްޔާންއަށް ބަލާލެވުނީ އާޝިޔާއާ ދިމާއަށެވެ.
“އާޝިޔާ! ދަނީ ތިހެދުމުގަތަ؟” އިޒްޔާން ހައިރާންކަމާއެކު އަހާލިއެވެ. އިޒްޔާންގެ ސުވާލަށް ޖަވާބުދިނުމުގެ ގޮތުން އާޝިޔާ ބޯޖަހާލިއެވެ. އިޒްޔާން އެންމެ އުފާވީ މިދަތުރުގައި ބައްޕަވެސް ބައިވެރިވީމައެވެ. އެންމެން ބަނދަރަށް ދިޔައިރު ލޫތުގެ އާއިލާ ތިބީ ލަސްވެފައެވެ.
“މި އިޒްއަށް ދުވަހަކުވެސް ބުނާ ގަޑިއަކަށް ނާދެވޭނެ. މިހާރު ކޮންއިރެއް މިތާ ތިބޭތާ؟ ދެންވެސް ހިނގާބަލަ މިތާ ނުތިބެ އަވަހަށް ލޯންޗަށް އަރަން.” ލޫތު އެހެން ބުނުމާއެކު އެންމެން ލޯންޗަށް އަރަން ހިނގައިގަތެވެ. އެންމެން ލޯންޗަށް އެރުމާއެކު ލޯންޗު ނައްޓާލިއެވެ.
ލޯންޗު ޖެޓީއާ ގާތްކޮށްލުމާއެކު އެންމެން ފައިބައިފިއެވެ. އާޝިޔާވެސް އެމީހުންގެ ފަހަތުން ފޭބިއެވެ. މޫދަށް އެރޭ ސަރަހައްދަށް ދެވުމާއެކު އީނާއާއި ރީނާ އުފަލުން ފުމެންފެށިއެވެ. އެކުދިންނަށް މޫދަށް އެރެލުމުގެ ފުރުސަތު އެލިބުނީ އަދި އަލަށެވެ. އީނާއާއި ރީނާއާއެކު ލޫތުގެ ދަރި އިވާންވެސް ދުއްވައިގަތީ މޫދާއި ދިމާއަށެވެ. ކުއްލިއަކަށް އާޝިޔާ އެދެކުދިން ހިފެހެއްޓިއެވެ.
“ނޫން. އެކަނި މޫދަށް އެރެނިކޮށް ގެނބިދާނެ.” އާޝިޔާ ވިސްނައިދޭފަދަ ގޮތަކަށް ބުންޏެވެ.
“އެކީއްވެ ގެނބެންވީ؟ އަޅުގަނޑުވެސް އެރެނީ އެކަނި.” އިވާން އެހެން ބުނެލީ ވަރަށް ލޯބި ގޮތެއް މޫނަށް ހަދާލަމުންނެވެ. އެވަގުތު އާޝިޔާ އެލޯބިލޯބި ފުށްގަނޑަށް ބަލާލިއެވެ. އިވާން އީނާއާއި ރީނާއަށްވުރެ އެއްއަހަރު ހަގުނަމަވެސް އެދެކުދިންނަށްވުރެ އިސްކޮޅުން ދިގުވެފައި ޗަބީއެވެ. އާޝިޔާ ހީލަމުން އެއްޗެކޭ ބުނަން އުޅެނިކޮށް އެތަނަށް އައިސް ހުއްޓުނީ މިލީއެވެ.
“މަންމިގެ ޗުމްޕީ ވަރަށް މޮޅުވާނެ ދޯ؟ އެކަމް އިވާންއަށް އެނގޭތަ؟ އީނާއާ ރީނާ މޫދަށް އެރެން އެއައީ އަދި އަލަށް. އެހެންވެ އާޝިޔާއްތަ އެހެން އެބުނީ. އެކުދިން ޖެހޭނީ ފުރަތަމަ ދަސްކުރަން. އޭރުން އިވާންހެން އެކަނި މޫދަށް ދެވޭނެ.” އާޝިޔާއަށް މިލީގެ އޯގާތެރިކަމާއި ކުދިންނަށް ވިސްނައިދިން ގޮތުން ވަރަށް ހިތްހަމަޖެހުނެވެ. މިލީ އިވާންގެ ގައިގައި ސަން ލޯޝަން އުނގުޅާލާފައި އާޝިޔާއަށް ފުޅި ދިއްކޮށްލިއެވެ. އާޝިޔާ ހިނިތުންވެލަމުން ފުޅީގައި ހިފިއެވެ. އެވަގުތު ލޫތުއާއި އިޒްޔާން އެތަނަށް އައިސް ހުއްޓުނެވެ.
“ކޮބާ ރެޑީ ވެވިއްޖެތަ؟” އިޒްޔާން އަހާލިއެވެ.
“މިހާރު އިވާން ރެޑީވެއްޖެ. އަދި އީއްކޮއާ ރީއްކޮއަކަށް ރެޑީއެއް ނުވެވޭ.” އިވާން އަތަށް ފުއްޕާފައި އޮތް ބުރު ދެމުން މިލީ ބުނެލިއެވެ. އިޒްޔާން އާޝިޔާއަށް ބަލާލިއެވެ. ދުވަހަކުވެސް ކުދިން ގޮވައިގެން މޫދަށް އައިސްފައި ނުވާތީ އާޝިޔާ އިނީ ހަދާނެގޮތެއް ނޭނގިފައެވެ.
“ކޮއްކޮމެންވެސް ބޭނުން އޭގެ އެއްޗެއް.” އީނާ ކުސްތަޅާލަމުން ބުނެލިއެވެ. އޭރު އިވާން ގޮވައިގެން ލޫތުއާއި މިލީ ގޮސް މޫދަށް އެރެނީއެވެ. އިޒްޔާން އާޝިޔާއަށް ބަލާލިއެވެ. އޭނާވެސް މީގެކުރިން ކުޑަކުދިން ގޮވައިގެން މޫދަށް އައިސްފައެއް ނުވެއެވެ. އެހެންކަމުން އޭނާއަށް ގެންނަންޖެހޭ އެއްޗެހި އޭނާއަށް ނޭނގުނީއެވެ.
“ބުރަށް އެރުނީމަ ބޮޑުބެއާއެކު މޫދުގަ މަޖަލެއް ނުކުރެވޭނެއެއްނު.” ދެކުދިން މަސަލަސްކުރަން އިޒްޔާންއަށް ކުޑަކޮށް އުނދަގޫވިއެވެ. ދެކުދިން ގޮވައިގެން ދަމުން އިޒްޔާން އާޝިޔާ ގާތު ނުދަންތޯ އަހާލިއެވެ. އާޝިޔާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
އެންމެން މޫދަށްއެރި މަޖާކުރަމުން ދިޔައިރު އާޝިޔާ ހުރީ ބީޗް ގޮނޑިއެއްގެ އަތްގަނޑުގައި އަތް އަޅުވާލައިގެން އިޒްޔާންގެ ހަރަކާތްތަކަށް ބަލާށެވެ. އެހެން ހުރިއިރު އޭނާގެ ސިކުނޑީގައި އެތައް ޚިޔާލުތަކެއް އެނބުރެމުން ދިޔައެވެ. އިޒްޔާންގެ ރީތިކަމާއި ޒުވާންކަމުގެ ޖާދޫ އޭނާގެ ހިއްސުތަކަށް ބާރު ފޯރުވަމުން ދަނީއެވެ. ހިތް އެދެމުން ދިޔައީ އިޒްޔާންއާއެކު މޫދަށް އެރިލާށެވެ. މިލީއާއި ލޫތު އެމީހުންގެ ދަރިފުޅާއެކު އުޅޭ އުފާވެރި މަންޒަރު ފެނިފައި އާޝިޔާއަށް އޭނާގެ ނަސީބާމެދު ޝަކުވާކޮށްލެވުނެވެ. ޚިޔާލުތަކުން ދުރުވެލާފައި އާޝިޔާ ބަލާލިއިރު އިޒްޔާން ފެންނާކަށް ނެތެވެ. އީނާއާއި ރީނާ ތިބީ ފަޔާޒްއާއި އަޒްފާގެ ގާތުގައެވެ. އާޝިޔާ ވަށައިގެން ހޯދާލިއެވެ.
“އަހަރެންތަ ތިހޯދަނީ؟” ކުއްލިއަކަށް އެހާ ގާތުން އިޒްޔާންގެ އަޑުއިވުމުން އާޝިޔާ ސިހިފައި ބަލާލިއެވެ. ފަހަތުގައި ޖެހޭ ނުޖެހޭ ހިސާބުގައިހުރި އިޒްޔާން ފެނިފައި އާޝިޔާގެ ހިތުގައި ހަލަބޮލިކަމެއް އުފެދިގެންދިޔައެވެ. އިޒްޔާން ނިތް އަރުވާލިއެވެ. އެމޫނުގައި ބަބުޅަމުންދާ ފެންތިކިތަކަށް އާޝިޔާގެ ނަޒަރު ހުއްޓުނެވެ. އެވަގުތު އޭނާއަށް އިސްޖަހާލެވުނީ ކީކޭ ހިތަށް އަރައިގެންކަމެއް ނޭނގެއެވެ. އިޒްޔާން ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން ގޮސް އާޝިޔާ އަތް އަޅުވާލައިގެން ހުރި ގޮނޑީގައި އޮށޯވެލިއެވެ. އެއަށްފަހު އިސްއުފުލާ އާޝިޔާގެ މޫނަށް ބަލާލިއެވެ.
އާޝިޔާގެ ހިތް ތެޅޭވަރުން ހީވަނީ ބޭރަށް ނުކުމެދާނެހެންނެވެ. އާޝިޔާ އެރީތި ޒުވާނާއަށް ބަލާލިއެވެ. އިޒްޔާން ލައިގެން ހުރީ މަޑުނޫކުލައިގެ ސޯޓަކާއި ހުދު ޓީޝާޓެކެވެ. އާޝިޔާ އެއްވެސް ބަހެއްނުބުނެ ޖެހި ބުދެއްހެން އެހުރިގޮތަށް ހުއްޓެވެ. އިޒްޔާންގެ ނަޒަރު ސީދާވެފައިވަނީ އާޝިޔާގެ މޫނަށެވެ. އެދެލޮލުގެ ޖާދޫގައިޖެހި ކަތިލެވިގެން ދިޔައީ ކިތައް ހިތްކަމެއް ނޭނގެއެވެ. އެހާވެސް އެނަޒަރު ތޫނެވެ.
“ސުވާލެއް ކޮށްލަންތަ؟ ކީއްވެތަ އަބަދު ތިހެން ހުންނަނީ؟” އިޒްޔާން އިރުކޮޅަކު އާޝިޔާއަށް ބަލަން އޮވެފައި ތެދުވެ އިށީންނަމުން އަހާލިއެވެ.
“އިޒްއަށް އަބަދުވެސް ފެންނަނީ އާޝިޔާ ތިހެން ހުންނަތަން. އަނެއްކާ މަންމަން ކުއްޖެއްތަ؟” އާޝިޔާ އެއްވެސް އެއްޗެއް ނުބުނެ ހުރުމުން މަންމަނެއްހޭ އިޒްޔާން އަހާލީ ހަމަ ގަސްތުގައެވެ. އާޝިޔާގެ މިހިމޭންކަން އޭނާއަކަށް ކަމަކު ނުދިޔައެވެ. އިޒްޔާން ވިސްނާލިއެވެ. އެއަށްފަހު ކުއްލިއަކަށް ތެދުވެ އާޝިޔާ އަތްދަނޑިމައްޗަށް އުފުލާލިއެވެ. އެއްވެސް ވަރަކަށް އިޒްޔާން މިފަދަ ކަމެއް ކޮށްފާނެކަމަކަށް ހީކޮށްފައި ނެތުމުން އާޝިޔާއަށް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަނެވުނެވެ. ލިބުނު ސިހުމާއެކު އާޝިޔާއަށް ހީވީ އޭނާގެ ހިތްވެސް ހުއްޓުނުހެންނެވެ. އިޒްޔާން އާޝިޔާ ގެންގޮސް މޫދަށް އެއްލާލިއެވެ. މޫދުގެ ލޮނުގަނޑުގައި ޖެހުނު ވަގުތު ލިބުނު ސިހުމާއެކުވެސް އާޝިޔާ ބެލީ އޭނާގެ މޫނު ނިވާކުރެވޭތޯއެވެ. އެހެން އުޅުމުގެ ތެރޭގައި އޭނާއަށް ލޮނުވެސް ބޮވުނެވެ. އިޒްޔާން މިކުރި ލާނެތް ސަމާސާ އާޝިޔާއަކަށް އެއްގޮތަކަށްވެސް ކަމަކު ނުދިޔައެވެ. ކޮންމެއަކަސް މިކަންވީ އާޝިޔާ ވަރަށް ހިތްހަމަނުޖެހުނު ކަމަކަށެވެ.
އާޝިޔާ މޫދަށް އެއްލާލާފައި ހޭންހުރި އިޒްޔާން ހުނުން ހުއްޓާލާ ހިމޭންވީ އާޝިޔާ މޫނު ނިވާނުވެގެން އުޅޭތަން ފެނިފައެވެ.
(ނުނިމޭ)
24 Comments!
Comments are closed.
Mifaharu haadha kurukoh?? Ekamu varah salhi ingey..
ޝުކުރިއްޔާ ޝިފޫ! އާނ ކުޑަ ކަމެއް ދިމާވެގެން ތަންކޮޅެއް ކުރުވީ… ދެން ހުރި ބައިތައް ދިގުވާނެ
Naseebeh aashiyaa malaka ah v kan dho. Story v nice…
ޝުކުރިއްޔާ ހައްވޫ
Story v habeys
ޝުކުރިއްޔާ ނާދީ
Me moonu buruga ah koffa oiy malaamaatheh tha???
އެއްގޮތަކަށްވެސް އެހެނެއް ނޫން… މީގަ މަލާމާތެއް އޮތްކަމަކަށް ޤަބޫލެއް ނުކުރަން
Warah fakkaa mivaahaka dhaa goeh. Hama warah salhi. Komme dhuvahaku ves 2 part genes dheefa onnanama haadha fakkaa vaane ey. Vaahaka kiyaa hithun kehmadhu vey.
ޝުކުރިއްޔާ މަލް
Moonu burugaa alhaafa hutta moonu feneytha?
މޫނު ފެނުނު ވާހަކައެއް ނެތެއްނު… ރަނގަޅަށް ކިޔާލަބަލަ
nice.. saandyge story ehgge inthizaaruga hurin..??
ޝުކުރިއްޔާ ޝޫޓީ! ހާދަ ދުވަހެއް ފަހުންނޭ ތި ޚަބަރެއް ވެލީ
Alhey haadha reethi story eke mi.. Genna bai kuru hen hyvany ehkkon kiyaa ninmaa LAN varah beynun….
ޝުކުރިއްޔާ އިނޫ! ކުޑަ ކަމެއް ދިމާވެގެން މިބައި ތަންކޮޅެއް ކުރުކޮށް ގެނެސްދެވުނީ… އެހެން ބައިތައް ދިގުވާނެ
haadha kuru vaahakaeh bt vvv salhi ingey vaahaka.. up soon
ޝުކުރިއްޔާ އެނޮނީމަސް! ޔެސް… މިބައި ތަންކޮޅެއް ކުރުވީ… ދެންހުރި ބައިތައް ދިގުވާނެ
Haadha kurey…bt vvv reethi…dhen vaany kihineh baa??
ޝުކުރިއްޔާ ޝައި ބިއުޓީ! ޔެސް… ސާންޑީއަށް އެނގޭ މިބައި ވަރަށް ކުރުކަން… ޓައިޕްކުރަން އިންދާ ވަރަށް މުހިންމު މީޓިންގއަކަށް ދާން ޖެހުނީމަ އަޕްކޮށްލާފަ ދިޔައީ 9ގެ ކުރިން އަޕްކޮށްދޭނަމޭ ބުނީމަ
KOBA NEXT PART??
މިހާރު އަޕްކޮށްފަ އިންނާނެ
kon irakun dhn up vaanii?
މިހާރު އަޕްކޮށްފަ އިންނާނެ