ކެރިގަނޑު ބޯކޮށްލުމާއި އެކު ރިއުމާން މަގު ހުރަސް ކުރަން ހިނގައިގެން ވަގުތު ރަތް ކޯޓު ލައިގެން ހުރި އެމިހާ މަގުގެ އަނެއް ކޮޅުގައި މަޑުކޮށްލައިގެން ހުއްޓެވެ. އެ ރަތް ކޯޓު ފާހަގަ ކުރަމުން ރިއުމާން ކުޑަ ތިރިކޮށްލުމަށްފަހު ފިޔަވަޅުތައް އަވަސްކޮށްލިއެވެ.
ބޯ ވާރޭތެރޭ ދެވޭ ތަނެއް ރަނގަޅަށް ސާފު ނުވާއިރު ދުއްވާ އެއްޗެހީގެ ބަރުގަނޑުގެ އަޑު އިވެމުން ދިޔައެވެ. ކުއްލިއަކަށް އޭނާ ކުރިމައްޗަށް ވޭނެއް ހުރަސް އެޅުމާއި ރިއުމާން ސިހިފައި ފިޔަވަޅުތައް ހުއްޓުނެވެ. އޭގެން މީހަކު އޭނާގެ އަތުގައި ހިފައި ލުތްކެއް ޖަހާފައި ވޭނަށް ދަމާފައި އެރުވިއެވެ. އެވަގުތު ޖަހާލި ބާރު ގުގުރީގެ އަޑުގެ ތެރެއަށް އޭނާގެ ހަޅޭކުގެ އަޑު ގެނބިގެން ދިޔައެވެ.
“ދޫކުރޭ!” ރިއުމާން ގަދަ ހަދާފައި ހަޅޭ ލަވައިގަތުމުން އެތަނުން އެކަކު އޭނާގެ އަނގަމަތީގައި އަތް އެޅިއެވެ. އޭނާގެ ނަޒަރު ވޭނު ތެރެއަށް ހިންގާލި އިރު އެތަނުގައި މާސްކުތަކެއް އަޅައިގެން ތިބި ހަތަރު މީހުން ތިއްބެވެ. އޭނާ ހިފައްޓައިގެން ފަހަތުގައި ތިން މީހުން ތިބިއިރު ކުރީގައި އެކަކު ދުއްވަން އިނެވެ. ކަޅުކުލައިގެ ބިއްލޫރި ޖަހާފައި ހުރުމުން ކާރުގެ އެތެރެ ބޭރަކަށް ނުފެނެއެވެ.
ރިއުމާން ނިކަން ބާރަށް އޭނާ އަނގަމަތީގައި އަޅައިފައި އޮތް އަތުގައި ދަތް އެޅިއެވެ. އެމިހާ ވީތަދުން ވަގުތުން އަތް ނަގައި ހަމަ އެ ސިކުންތު ރިއުމާންގެ މޫނުމަތީގައި ޖެހިލެއް ބާރު ކަމުން އޭނާ ހެއަށް ގޮތް ވިއެވެ. ބޮލަށް އަރައިގެން އެނބުރުމާއި އެކު ސީޓު ފަހަތަށް ވެއްޓުނު ވަގުތު އެތަނުން އެކަކު އޭނާގެ ބޮލަށް އެއްޗެއް މަހާލައި މޫނު ފޮރުވާލުމުން އެއްވެސް ތަނެއް ނުފެނި ކަޅުކަން ވަށާލިއެވެ. “ބާރަށް ދުއްވާ!” އެކަކު އެހެން ބުނި އަޑު އިވުނު ނަމަވެސް ރިއުމާން ޚަބަރު ހުސްވެގެން ހޭނެތުނެވެ.
****
ކުއްލިއަކަށް ކުރިމައްޗަށް ހުއްޓި ވޭނަކަށް ރިއުމާން އަރުވައިގެން ގެންދިޔަ ތަން ބަލަން ހުރި އައްޔާދް ހުރީ ސިހިފައެވެ. މަގުމަތިން ދިޔަ ގިނަ ދުއްވާ އެއްޗެއްސަށް އެކަން ފާހަގަ ނުވި ނަމަވެސް އައްޔާދްއަށް އެތަން ފެނުނެވެ. އެސިކުންތު ހަދާނެ ގޮތް ހުސްވެފައި ހުއްޓައި އެ ވޭން ލޮލު ކޮޅުން ގެއްލުނެވެ. އަތުގައި އޮތް ޕެން ޑްރައިވް ޖީބަށް ލަމުން އޭނާ ދުވެފައި ދުރުގައި ޕާކު ކޮށްފައި ހުރި ސައިކަލާއި ދިމާއަށް ދިޔައެވެ.
ފަހަރެއްގައި ވެސް އެގޮތަށް ރިއުމާން ގެންގޮސް ފާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. މަހުދީ އެކަހަލަ ވާހަކައަށް އޭނާއާއި ހިއްސާ ނުކުރާ އިރު ރިއުމާންއަށް ހަދާފާނެ ގޮތަކާއި މެދެ އޭނާ ހާސްވިއެވެ. ބާރު ސްޕީޑެއްގައި އައްޔާދް ސައިކަލު ދުއްވާލި އިރު ވެހެމުން ދިޔަ ބޯ ވާރޭ ތިކިތަކުގެ ހަމަލާ އަންނަމުން ދިޔައެވެ.
އެ ވޭން ދިޔަ ގޯޅިއަށް އަޅައި އެއްކޮޅުން އަނެއްކޮޅަށް ދުއްވި އިރު ވެސް އޭތީގެ ހިލަމެއް ނުވިއެވެ. އެވަރަށް ދުއްވި އިރު ސައިކަލު ކައްސާލައިގެން ނުވެއްޓޭކަން ވެސް ނަސީބެކެވެ. އެންމެފަހުން ސައިކަލު މަޑު ކޮށްލަމުން އޭނާ ބޮލުގައި އަޅައިގެން ހުރި ކޯޓުގެ ކޯރި ނަގައި އެ ތެތް އިސްތަށި ކޮޅުގައި އަތް ހާކާލިއެވެ.
ހަދާނެ ގޮތް ހުސްވެފައި ހުރިއިރު އޭނާއަށް މަހުދީއަށް ގުޅާފައި އެހޭކަށް ވެސް ނެތެވެ. އެއީ އޭނާގެ ކަމެއްކަން އައްޔާދަށް ޔަޤީނެވެ. މަހުދީ ކަމެއް ކުރަށް އުޅޭކަން އިނގުނު ނަމަވެސް އޭނާ ހީކުރީ އެކަން އޭނާއަށް އަންގާނެ ކަމަށެވެ. އޭރުން ރިއުމާން އެކަމަކު ދުރުކުރަން ވިސްނައިން ހުރި ނަމަވެސް ކަންތައް މިވީ ދިމާ އިދިކޮޅަށްށެވެ. ކުއްލިއަކަށް ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުން އައްޔާދް އަވަސް އަވަހަށް އެނަގައި ބަލައިލި އިރު ގުޅަނީ މަހުދީއެވެ. އަނެއްކާ އޭނާއަށް އިނގުނީބާއެވެ؟
“ހަލޯ..” އައްޔާދް ހަމަޖެހިލާފައި ފޯނު ނެގިއެވެ. “ބޭރުގައި މިވަގުތު މިއުޅެނީ.. ނޫން ބިޒީއެއް ނޫން. އޯކޭ. މި ކައިރި ކުރަނީ.” އައްޔާދް މިހެން ބުނެފައި ފޯނު ކަނޑާލުމަށްފަހު އިރުކޮޅަކު ވިސްނާލަން އިނެވެ. ޑިއުޓީ ނޫން ގަޑިއެއްގައި ކުއްލިއަކަށް ގުޅާފައި އެގެއަށް ދާން އެބުނީ ކީއްވެބާއޭ އޭނާ ހިތަށް އެރިއެވެ. ޖަނާނީ މަރުގެ ކަންތަކުގައި އުޅުން އިރު ވެސް ދުވަހަކު ވެސް އެގެއަށް އަންނާށެކޭ ނުބުނެއެވެ.
ވާނުވައި ނޭނގި ހުރެ އައްޔާދް ސައިކަލުގައި މަހުދީމެން ގެއާއި ދިމާއަށް މިސްރާބުޖެހިއެވެ. އޭރު ވެސް ހުއްޓުމެއް ނެތި ބޯކޮން ކެރި ވެހެމުން ދިޔައިރު ދުއްވާ އެއްޗެހި ގިނަ ކަމުން މަގުތައް އޮތީ ތޮއްޖެހިފައެވެ. އިރުގަނޑެއް ފަހުން އެ އިމާރާތާއި ތަންކޮޅެއް ދުރުގައި ސައިކަލު ޕާކުކޮށްލުމަށްފަހު އޭނާ މަހުދީއަށް ގުޅާލިއެވެ.
“އާދެ މިކޮޅަށް.. އެތާ ކަނުގައި އިންނާނެ ސީސީޓީވީ ކެމެރާއެއް.. އެއަށް ނާރާ ވަރު ބަލާފައި އެތެރެއަށް ވަދޭ. މައްޗަށް އަރާނީ ސިޑިން.. ލިފްޓުގައި ކެމެރާ ހުންނާނެ. ފަސްވަނަ ފްލޯ.” އެކޮޅުން ޖަވާބު ލިބުމުން އައްޔާދް ފޯނު ކަނޑާލުމަށްފަހު ބޮލުގައި ކޯޓުގެ ކޯރި އަޅާލަމުން އިސްޖަހައިގެން ހުރެ އަވަސް ފިޔަވަޅު ތަކެއްގައި އެ އިމާރާތާއި ދިމާއަށް ދިޔައެވެ.
އެހިސާބަށް އަރައި ހަމަވުމުން އެތައި ކަނުގައި އިން ކެމެރާ އަނެއްފަރާތަށް އެނބުރު ވަގުތު ބަލާފައި އޭނާ އަސްކަނި ދަށުން ލާފައި އެތެރެއަށް ވަދެގެން ގޮސް ސިޑީގެ ހަރުފަތްތައް ގިރާ ކުރަމުން މައްޗަށް އެރިއެވެ. ފަސްވަނަ ފަންގިފިލާއަށް އެރުނު އިރު އެހިތްވަނީ އަވަސްވެފައިއެވެ. އަދިވެސް ޚިޔާލުގައި ރިއުމާން ވީއިރު އޭނާއަށް މިވަގުތު އެހީވެދޭން އެއްވެސް ކަމެއް ކޮށްދެވޭކަށް ނެތެވެ.
ގޭގެ ބެލް ޖަހާލަމުން އައްޔާދް ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ. ގޭގެ ދޮރު ހުޅުވީ ސީދާ މަހުދީއެވެ. އަތުގައި ސިނގިރޭޓެއް އޮތް އިރު އައްޔާދް ފެނުމާއި އެކު ހިނިތުންވެލާފައި އެތެރެއަށް ވަންނަން ތަން ދެއްކިއެވެ. އައްޔާދް އޭނާ ލައިގެން ހުރި ކޯޓު ބާލައި އެއިން ފެން ފޮޅާލުމަށްފަހު އެތެރެއަށް ވަނެވެ.
“އިށީނދެލާ ސޯފާގައި.. ބޭނުންތަ؟” އަތުގައި އޮތް ސިނގިރޭޓު ދައްކާލަމުން މަހުދީ އަހާލިއެވެ. ޖަވާބުގައި އައްޔާދް ނޫނެކޭ ބުނެ ސޯފާގައި އިށީނދެލިއެވެ. “އައްޔާދްއާއި ކަމެއް ހަވާލު ކުރަން ވެގެން މިގެނައީ.. ކޮފީއެއް ބޯލަން ވާނެ އިނގޭ” މަހުދީ މިހެން ބުނިއިރު އެ ގޭގައި މަސައްކަތް ކުރާ މީހަކު އައްޔާދް އަތަށް ކޮފީއެއް ދިނެވެ. ފިނިވެފައި ހުރުމުން އޭނާ އެ ހޫނު ކޮފީތަށިން ކޯވަރެއް ބޯލިއެވެ.
“އަހަރެން ބަޔަކު ލައްވަ ރިއުމާން ކިޑްނާޕް ކޮށްފިން.. އައްޔާދް ވީ އެކަން ނިންމާލަން.” މަހުދީ މިހެން ބުނުމާއި އެކި ކޮފީ ބޯން އިން އައްޔާދް ކޮށިއެރިއެވެ. އޭނާއަށް މި އިވުނީ ހަމަ ރަނގަޅަށް ބާއޭ ހިތަށް އެރިއެވެ. “ކިލް ހާ. މިއަދުން މިއަދަށް މިކަން ނިންމަން ޖެހޭނެ..” މަހުދީ މިހެން ބުނިއިރު އެމޫނުމަތިން އެއްވެސް އަސަރެއް ފާޅެއް ނުވެއެވެ.
“އެކަމަކު ސާރ.. އަޅުގަނޑު. އަޅުގަނޑު މިއީ އޮފިސަރެކޭ.” އައްޔާދް ޖަވާބު ދިން އިރު އެހިތް ނެގިނެގިފައި ޖެހެއެވެ. ރިއުމާންއާއި ހިސާބަށް ދެވޭނެކަން އިނގުމުން ހަމަޖެހުމުގެ ނޭވާއެއް ލެވުނު ވަގުތު އެބުނީ އޭނާ މަރާލާށެވެ. އައްޔާދް މޫނުމަތިން ހާސްކަން ފޮރުވަން މަސައްކަތް ކުރިއެވެ.
“ސޯ؟ މީހަކަށް ނޭނގޭނެ. ވީ ވިލް މޭކް އިޓް ލުކް ލައިކް އޭން އެކްސިޑެންޓް.. ފަހުން މަގުމައްޗަށް އެއްލާލާފައި ބުނާނީ އެކްސިޑެންޓެއް ވިއްޔޭ. އަހަރެން ކަމެއް ވެގެން އައްޔާދް ކައިރި މިބުނީ.. އެހެން މީހުނަށް އަހަރެން އިތުބާރެއް ނުކުރަން.. މިވާހަކަ އިތުރު ބަޔަކަށް ނުވެސް އަންގަން.” މަހުދީ ސޯފާ ހަމަޖެހިލައިގެން އިނދެ ވާހަކަ ދެއްކިއެވެ.
“ކީއްވެތޯ ކިޑްނާޕް ކޮށްފައި އަޅުގަނޑު ކައިރި ތިބުނީ.. ކުރިން މިކަން ނޭންގީ ކީއްވެތޯ؟” އައްޔާދް މިހެން އެހުމުން މަހުދީ ހީލިއެވެ. “ހުރިހާ ކަމެއް އެވަގުތެއްގައި އިނގޭކަށް ނުޖެހޭ.. އެހެން ނޫނަސް މިހާރު އޭނާ ކިޑްނާޕް ކޮށްފިން.. ދެން ހަމަ އައްޔާދް ގޮސް އެކަން ނިންމާލީމަ އެ ނިމުނީ. މާގިނަ ދުވަހު އޭނާ ބަހައްޓަން ވެއްޖެއްޔާ ސަކަރާތް ވާނެ.. ގެއްލިގެން ހޯދަން ފެށުމުގެ ކުރިން އޭނާގެ ދުވަސް ދުއްވާލަންވީ. މިރޭ ބާރައިގެ ކުރިން ޖެހޭނެ މިބުނި ކަންތައް ކުރަން.. އޭނާއަށް އަހަރެން ބުނި ގޮތެއް ނުހެދުން. ދެން ޖެހޭނީ ހަމަ އެހެން ގޮތަކުން އެ އަނގަ ބަންދު ކުރަން!” މަހުދީ ހިތްހަމަ ނުޖެހިފައި މިހެން ބުނުމުން އައްޔާދް ވިސްނާލިއެވެ.
“މައްސަލައެއް ނެތް.. މިރޭ ބާރައިގެ ކުރިން ތިކަން ކުރާނަން.. ކޮންތާކުވީ އޭނަ؟” ރިއުމާން ވީތަން އޮޅުން ފިލުވައި ދިނުމުން އައްޔާދް އަވަހަށް ދާން ތެދުވިއެވެ. “މާދަން ޚަބަރުތަކުގެ ސުރުހީއަށް އޭނާ މަރުވި ޚަބަރު އަރަން ޖެހޭނެ.. އޭރުން އައި ވިލް ޕްރޮމޯޓް ޔޫ.” މަހުދީ ހިނިތުންވެ ހުރެ މިހެން ބުނުމުން އައްޔާދް ވެސް ޖަވާބުގައި ހިތާއި ދެކޮޅަށް ހީލިއެވެ.
****
އެސްފިޔަތައް ތަޅުވާލަމުން އެ ލޯ ހުޅުވުނު އިރު ކުރިމަތިން ފެނުނީ އަނދިރި ކަމެވެ. ބޮލުގައި އެއްޗެއް އަޅައިފައި ހުރިކަން އިނގުމުން އޭނާ ނޭވާ ހާސްވެ ތެޅިގަތެވެ. ނަމަވެސް ދެއަތް ފަހަތަށް ލައި އެއިން ގޮނޑީގައި އައްސާފައި ވީއިރު އަނގަތެރެއަށް އެއްޗެއްލައި އަނގަ ބަންދު ކުރެވިފައި ވިއެވެ.
ކުއްލިއަކަށް ބޮލުގައި އަޅައިފައި އިން އެތި ނެގުމުން ލޮލަށް އަލިވެގެން ދިޔައެވެ. އަލިގަދަކަމުން ރިއުމާން ދެލޯ މަރާއި ބާރު ކޮށްލުމަށްފަހު މަޑުމަޑުން އެ މާހައުލަށް ލޯ ހުޅުވާލިއެވެ. ހުދު ކުލައިގެ އަލި ގަދަ ލައިޓެއް އޭނާ ބޯލާއި ދިމާ މަތީގައި ވީއިރު އޭނާ އިނީ އައްސާފައެވެ. އޭރު ކުރިމަތީގައި ދެ މީހަކު މާސްކު އަޅައިގެން ތިބިއިރު އެތަނުގައި ހުސްކޮށްފައި ހުރި ފޮށިގަނޑު ތަކެއް ހުއްޓެވެ.
އެތަނުގައި ހުރި ކުޑަ ދޮރު ފިލާ ޖަހައި ބަންދު ކުރެވިފައި ވީ ނަމަވެސް ބޭރު ކޮންމެ ވެސް ވަރަކަށް ފެނެއެވެ. އެތަން ބޮޑަށް ގުދަން ކޮޓަރިއަކާއި ވައްތަރު ވުމުން އޭނާ މިއިނީ ގެއެއްގައި ކަމަށް ރިއުމާން ނިންމިއެވެ. “ގުޑް މޯނިން.. ކިހިނެތްތަ؟ މާ ބާރެއް ނޫންދޯ އައްސާފައި ހުރިލެއް.” އެތާ ހުރި އެކަކު އެނާ ކައިރި އަށް ތިރިވެ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
ވާގަނޑުތައް އައްސާފައި ހުރިލެއް ބާރުކަމުން އޭނާގެ އަތުން ދިލަ ނަގަމުން ދިޔައިރު އެހެން އިންނަން ޖެހުމުން ގައިގައި ރިހުން ހުއްޓެވެ. އޭނާ މިތަނުގައި އިންނަތާ ކިހާ އިރެއް ވެއްޖެބާއޭ ހިތަށް އެރިއެވެ. ރިއުމާންގެ ހަނދާނަށް އައީ އޭނާ މަގު ހުރަސް ކުރަނިކޮން މި ވޭނަށް އެރުވި ކަމެވެ. އަނެއްކާ މިއީ އެ ރަތް ކޯޓު ލީ މީހާގެ ކަމެއް ބާއޭ އޭނާ ހިތަށް އެރިއެވެ.
ރިއުމާން އަތް ނައްޓަން އުޅުނު ނަމަވެސް އެކަމެއް ނުވެއެވެ. ވާހަކަ ދައްކަން އުޅުނު ނަމަވެސް އެއަޑު ބޭރެއް ނުވިއެވެ. “ސާބަހޭ.. ދެ އެ ނަގާބަލަ އެ ފަކީރު އަނގައިން. ފެންފޮދެއް އެއްޗެއް ވެސް ދޭން ވާނުން މިހާ ލޯބި ކުއްޖަކަށް.” އެތަނަށް ވަދެގެން އައި އިތުރު މީހަކު މިހެން ބުނެފައި އައިސް ރިއުމާންގެ އަނގައިގައި އޮތް ފޮތިގަނޑު ނަގައި އެއްލާލިއެވެ.
އެއަށްފަހު އެމީހާ ގެނައި ފެންތަށި ރިއުމާންގެ ތުމުގައި ޖައްސާލަމުން އޭނާއަށް ކަރު ހިއްކައިގެންފައި ހުރި ވަރު އިހުސާސްވިއެވެ. “ނޯ..ނޯ..ނޯ. ހީކުރީ އެހައި ފަސޭހައިން ލިބޭނެ ކަމަށްތަ؟” އެމީހާ މިހެން ބުނެފައި ފެންތަށި ދުރުކޮށްލިއެވެ. އެއަށްފަހު އެއްކާވެސް ކައިރިކޮށް ދުރުކޮށްފައި ދުރުކޮށްލިއެވެ.
“ހަމަ އެހައި ބޭނުން.. ހެހެހެ.” އެމީހާ ހިނިގަނޑެއް ޖަހާލަމުން މިހެން ބުނެފައި ރިއުމާންގެ މޫނުގައި ފިރުމާލިއެވެ. ރިއުމާންއަށް އެ ސިކުންތު ކުރީގެ ހަނދާންތައް އާވުމާއި އެކު ހީވީ އެހިތް ގެނބުނު ހެންނެވެ. އެ ބިރުވެރިކަން ހިތަށް ވައިން ނަމަވެސް އޭނާ ހިތްވަރު ކުރިއެވެ.
“ގައިގައި އަތް ނުލާ!” ރިއުމާން ހަޅޭ ލަވައި ގަތުމާއި އެކު އެ އެންމެން އެކަކު އަނެކެއްގެ މޫނަށް ބަލާލިއެވެ. “އަޅޭ… ރުޅީއައީ. އަތް ލާނަން.. ބޭނުން ކަމެއް ކުރާނަން” އެމީހާ މިހެން ބުނެފައި ރިއުމާން މޫނާއި ކައިރި ވެލުމުން ކުއްލިއަކަށް ރިއުމާން އޭނާގެ މޫނަށް ކުޅު ޖެހިއެވެ.
އެމީހާ ވަގުތުން މޫނު ފޮހެލުމަށްފަހު ދުރަށް ޖެހިލައި އަތުގައި އޮތް ފެންތަށި ރިއުމާންގެ މޫނުމައްޗަށް ޖެހިއެވެ. ފެންތައް ނޭފަތް ތެރެއަށާއި އެއްކޮން ދިޔުމުން ރިއުމާން ކޮށިއަރައި ނޭވައި ހާސްވިއެވެ. “ހާދަ ވަރެއް ވެފައޭ ދޯ ތިހުރީ! މިތާނގައި ކަލޭ ބޭނުންހާ ގޮތަކަށް ނޫޅެވޭނެ!!” އެމީހާ އައިސްފައި ހުރި ރުޅީގައި ރިއުމާންގެ އަނގަމަތީގައި ހިފައި ބާރުކޮށްލަމުން ބުނެލިއެވެ.
****
“ރިއުމާން އަދިވެސް ގެއަކަށް ނާދޭތަ؟” އިޝާ ނަމާދުކޮށް ނިމިގެން ފޮށާ ފަތް ޖަހަމުން ފާތުމަ އަހާލިއެވެ. އޭރު ހަމްނާ ވާހަކަ ފޮތެއް ހިފައިގެން އެނދުގައި އިން އިރު ބޭރު ސިޓިން ރޫމުގައި ނަދާ ލެޕްޓޮޕް ހުޅުވައިގެން އިނެވެ. “އާނ.. ނާދެ އަދި. ގުޅާލަން ވީތަ؟” ހަމްނާ މިހެން ބުނެފައި ފޯނު ނަގައި ރިއުމާންއަށް ގުޅާލިއެވެ.
ނަމަވެސް އެކޮޅުން އެއްވެސް ޖަވާބެއް ނުލިބުމުން ހަމްނާ ފޯނު ކަނޑާލިއެވެ. “ނުނަގާ ފޯނެއް..” ހަމްނާ މިހެން ބުނުމުން ފާތުމަ ހާސްވިއެވެ. “މެންދުރު ބޭރަށް ދިޔަގޮތަށް އަދިވެސް ނާދޭ. ކީއްވެތަ ފޯނު ނުނަގަންވީ؟ އޭނަ ކައިރި ބުނެފައި އޮންނާނީ ކޮންމެތާކު ހުއްޓަސް ގުޅާލާ އިރަށް ފޯނު ނަގަން ވާނެއޭ.. އަނެއްކާ މި ދުވަސް ކޮޅު.. އަނެއްކާ ކަމެއް ވީބާ؟” ފާތުމަ ހާސްވެފައި ހުރެ ވާހަކަ ދެއްކިއިރު އޭނާއަށް ވިސްނެނީ އެންމެ ނުބައި ކޮށެވެ.
“މަންމާ ހަމަޖެހިބަލަ.. މިހާ ދުވަސް ވީއިރު ވެސް ކަމެއް ނުވޭ.. ވަންޏާ މިހާރު ވާން ވެއްޖެއެއްނުން. އެހެން ނޫނަސް އޭނަ ނުލާހިކު ބިޒީކޮން އެ އުޅެނީ.. އަދި އިރުކޮޅަކު ބަލައިލާފައި ނައިސްފިއްޔާ ދެން ގޮތެއް ހަދާނީ.” ހަމްނާ ވިސްނަދޭން މިހެން ބުނި ނަމަވެސް ފާތުމަ އެއްބަހެއް ނުވިއެވެ.
“އުހުން.. ކޮންމެސް ކަމެއް ވެއްޖެ.. ގުޅާ ޒުބޭރުއަށް ގުޅައި.” ފާތުމަ އަވަސް އަރުވާލާފައި ފޯނު ހޯދަން އުޅުމުން ހަމްނާ އޭނާގެ މަންމަ ހަމައަކަށް އަޅުވަން އުޅުނެވެ. “މަންމާ.. މަންމާ އޭތް. ހަމަޖެހިބަލަ. ރިއުމާންއަށް ގޮތެއް ނުވާނެޔޭ.. ވެދާނުން މިހާ ވިއްސާރަ ވީމަ ރޭންޖު ނުލިބެނީ ކަމަށް ވެސް.” ހަމްނާ ކިތަންމެ ވަރަކަށް ކިޔަސް ފާތުމަ ޤަބޫލެއް ނުކުރިއެވެ.
“ނޫނެކޭ.. ގޯހެއް އެބަ އުޅޭ.. ހަމަ ހިތް ބިރު ގަންނަނީ. އަހަރެން ޤަބޫލެއް ނުކުރާނަން.” ފާތުމަ މިހެން ބުނެފައި އަވަސް އަވަހަށް ފޯނުން ޒުބޭރު ނަމްބަރަށް ގުޅާލިއެވެ. “ހަލޯ.. ޒުބޭރު.. ޒޫބޭރު އެމަންޖެ އަދިވެސް ގެއަކަށް ނާދޭ..” ފާތުމަ ހާސްވެފައި ހުރެ ބުނެލިއެވެ.
****
“ބޮނދު ބުޑަށް ސައި!” ރާޒުވާ ކުޅެން އިން ޒުބޭރު މިހެން ބުނެފައި ހިނިގަނޑެއް ޖަހާލިއެވެ. “ކޮބާ؟ ކަމެއް ނުވޭ ދޯ ހަމަ! މިފަހަރު ވެސް އަހަރެން މި މޮޅުވީ..” ޒުބޭރި އަނެއްކާ ވެސް ބައި އަތުރަމުން ބުނެލިއެވެ. “ހެހެހެ.. މިކަމެއް ވާ ދެން މަށަކަށް ނުވާނެ.. ސައްތާރު އާދެ މިތަނަށް.” އިބްރާހިމް މިހެން ބުނެފައި އޭނާ އިންތަނުން ތެދުވުމުން ކައިރީގައި ހުރި މީހާ އައިސް އިށީނެވެ.
“އިބްރާހީމް މެންނަށް އަދި ވެސް ކުޅެން ނޭނގެނިއޭ.. ބޮލުގައި ނުރަ ޖަހާ އިރުވެސް ރާޒުވާ ގަނޑެއް ކުޅެލަން ނޭނގޭ. ގެނޭ މިފަހަރު ޒުބޭރު ބަލި ކުރާނަން.” ސައްތާރު މިހެން ބުނެފައި ކުޅެން ފެށިއެވެ.
އަތިރި މަތީގައި ހުރި އަށީގައި ފިރިހެން ވެރިން ރާޒުވާ ކުޅެމުން ދިޔައިރު ޒުބޭރު ހަވީރު އެތަނަށް އައި ގޮތަށް އަދިވެސް އެކަމަށް ގެއްލި ހުސްވެފައި އިނެވެ. ކުޅުން ވަކި ހިސާބަކަށް ދިޔަތަނާ ޖީބުގައި އޮތް ފޯނު ރިންގުވި އަޑަށް އެނަގައި ކަންފަތުގައި ޖެހިއިރު ކާކުތޯ ބަލާ ވެސް ނުލީ ކުޅުމަށް ގެއްލިފައި އިން ވަރުންނެވެ. “އޭނ؟ ގެއަކަށް ނާދެއޭ؟ ކޮންތާކު ވީ!” ކުއްލިއަކަށް ޒުބޭރު ސިހިފައި މިހެން ބުނުމުން ކައިރީގައި ކުޅިގަނޑު ބަލަން ތިބި މީހުން ވެސް ވާނުވައި ނޭނގިފައި ތިއްބެވެ.
“ދެން ފޯނެއް ނުނަގާތަ؟ ނުބުނޭތަ ދިޔަ ތަނެއް ވެސް؟ މަޑުކުރޭ އެބަ ގުޅަން.” ޒުބޭރު ހާސްވެފައި ފޯނު ކަނޑާލުމަށްފަހު އަޅާ އިތިކޮށް ގެއާއި ދިމާއަށް މިސްރާބުޖެހިއެވެ. “ހާޖަރާ! ހާޖަރާ..” ޒުބޭރު ގެއަށް ވަދެވުމާއި އެކު ގޮވާލިއެވެ.
“ކޮޓަރީގައޭ..” ހާޖަރާ ޖަވާބު ދިނުމުން ޒުބޭރު އަވަސް ފިޔަވަޅު ތަކެއްގައި ގޮސް ކޮޓަރި ދޮރު ކުރިމައްޗަށް އެރިއެވެ. “ފާތުމަ ގުޅި ދެންމެ.. ބުނީ ރިއުމާން މެންދުރު ބޭރަށް ދިޔަގޮތަށް އަދި ވެސް ގެއަކަށް ނާދެޔޯ… ގުޅީމަ ފޯނެއް ނަގަނީކީ ނޫނޯ!” ޒުބޭރު މިހެން ބުނުމާއި އެކު ހާޖަރާ ކިޔަވަން އިން ޙަތިމް ލައްޕާލުމަށްފަހު އިންތަނުން ތެދުވިއެވެ. އޭރު ޒުބޭރު ވެސް ފޯނުން ރިއުމާންއަށް ގުޅަނީއެވެ.
“ކޮންތާކަށް ދިޔައީ؟ ގުޅާބަލަ ފާތުމައަށް.. ބުނޭ އޭނަ ރައްޓެހިންނަށް ވެސް ގުޅާފައި އަހާށޭ.. އޮފީސް މީހުން ވެސް ތިބޭނުން. މަގޭ ދަރި” ހާޖަރާ މޭގައި އަތް އަޅާލަމުން ބުނެލިއެވެ. ޒުބޭރު ވަގުތުން އަނެއްކާ ވެސް ފާތުމައަށް ގުޅާލިއެވެ. “ހަލޯ.. ކޮބާ ޚަބަރެއް ވެއްޖެ؟. އޭނަގެ ރައްޓެހިންނަށް ގުޅާބަލަ.. މަށަށް ވެސް ފޮނުވާ އެއިން މީހެއްގެ ނަމްބަރެއް.” ޒުބޭރު އިރުކޮޅަކު ވާހަކަ ދެއްކުމަށްފަހު ފޯނު ކަނޑާލިއެވެ.
“ދެން ކިހިނެތް ހަދާނީ؟” ހާޖަރާ ހާސްވެފައި ހުރެ އަހާލި އިރު އޭނާގެ ހިތަށް އެކި ފާޑު ފާޑުގެ ޚީޔާލު އަރަމުން ދިޔައެވެ. “މިހެންނޭ ވާނީ އަދިވެސް އަތް މުނިމުނި ކަވައިގެން ފާޑު ފާޑުގެ އެއްޗެހި ލިޔަންޏާ.” ޒުބޭރު ކޮޓަރީގައި ދެކޮޅަށް ހިނގަމުން ބުނެލިއެވެ.
****
އަނދިރި ގޯޅި ގަނޑެއް ތެރެއަށް ވަދެގެން ދިޔަ އައްޔާދްގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. ރިއުމާންއަށް އެމީހުން ކޮށްލި ވަރެއް ވެސް ނޭނގެއެވެ. އޭނާ އަވަސް ފިޔަވަޅު ތަކެއްގައި އެތަނުގައި ހުރި ކުޑަ އިމާރާތަކަށް ވަދެގެން ގޮސް ހަނި ސިޑިއަކުން އަރައި ކުރިމަތީގައި ހުރި ދޮރުގައި ޓަކި ޖަހާލިއެވެ.
މާ ގިނަ އިރެއް ނުވެ ދޮރު ހުޅުވުނު އިރު ކުރިމަތީގައި އިސްތަށިގަނޑު ދިގުކޮށް ކަރުގައި ފަށް އަޅާފައި ހުރި މީހެއް އޭނާއަށް ބަލާލާލިއެވެ. “މަހުދީ ބުނެގެން.” އައްޔާދް މިހެން ބުނުމުން އެމިހާ އޭނާ ވަންނަން ތަން ދެއްކިއެވެ. ކުޑަ ސިޓިން ރޫމެއް ހުރިއިރު އެތަނުގައި އެމީހުން ބޮއެފައި ހުރި ސިނގިރޭޓާއި އޭތި މީތި ހުއްޓެވެ. މުޅިތަނުގައި ވެސް ވަނީ އެވަސް ހިފާލާފައެވެ.
“ކޮބާ އޭނަ؟” އައްޔާދް މިހެން އަހާލުމުން އެމީހާ އެތާ ކަނުގައި ހުރި ކޮޓަރިއަށް އިޝާރާތް ކޮށްލިއެވެ. އައްޔާދް ލަސް ފިޔަވަޅު ތަކެއްގައި ގޮސް އެ ކޮޓަރީގެ ދޮރު ކުޑަކޮން ހުޅުވާލި އިރު އެތެރޭގައި ދެމީހަކު ތިއްބެވެ. އޭނާ އެތެރެއަށް ބޯ ދިއްކޮށްލި އިރު ދުރުގައި އިން ގޮނޑިއެއްގައި ރިއުމާން އައްސާފައި އިނެވެ.
އޭނާގެ އަނގަމަތި ފަޅައިގެން ގޮސްފައި ވީއިރު މާ ބޮޑު ހޭވެރި ކަމެއް ނެތްހެން ހީވެއެވެ. ރިއުމާންއަށް ކޮށްފައި ހުރި ވަރު ފެނުމުން އައްޔާދްގެ ރުޅި ގަނޑު ކެކިގަތެވެ. ރިއުމާން ގައިގައި މީހަކު އެގޮތަށް އަތްލައި އަނިޔާ ކޮށްފައި ހުރި މަންޒަރު ފެނުމުން ހިތަށް ތަދުވިއެވެ. “އޭތް! ކޮންހާ ވަރެއް އަރުވާފަ އެހުރީ އޭނައަށް.. ނުބުނޭތަ އޭނަ ގައިގައި އަތް ލައިގެން ނުވާނެއެކޭ!” އައްޔާދް ހަޅޭ ލަވައިގެންފައި އެދިޔަ ގޮތަށް ގޮސް އެތަނުން އެކަކު ލައިގެން ހުރި ޓީޝާޓުގެ ކަރުވަޅުގައި ހިފައިގަތެވެ.
“ދޫކުރޭ! އަހަރެމެން ކައިރީ ބުނީ ބޭނުން ގޮތެއް ހަދާށޯ މީހަކު ފޮނު ވަންދެން.. އަދި މާ ބޮޑު ވަރެއް ނުވެއެއްނުން!” އެމީހާ ވެސް ރުޅި އައިސްފައި ހަޅޭ ލަވައިގަތުމުން އައްޔާދް އިތުރަށް އެ ޓީޝާޓު އަތަށް އޮޅާލިއެވެ. “ދެން ނުވާނެ އޭނަ ގައިގައި އިނގިލި ކުރި ޖައްސާލައިގެން ވެސް!” އައްޔާދް މިހެން ބުނެފައި އެމީހާ ދުރަށް ކޮއްޕާލިއެވެ.
“ކަލެއަށް ހާދަ ވަރެއް ތިވަނީ!” ދުރުގައި ހުރި އަނެކަކު ބުނެލިއެވެ. “އޭނާ ކަންތައް ނިންމާނީ އަހަރެން.. އެހެންވީމަ އިތުރު މީހަކު އޭނާ ގައިގައި އަތް ލާކަށް ނުޖެހޭނެ.” އައްޔާދް މިހެން ބުނެފައި ރިއުމާންއަށް ނަޒަރު ހުއްޓާލި އިރު އޭނާ އިސްޖެހިފައި އިނެވެ. “އޭތް.. ބޮސް ގުޅައިފި..” ދޮރު ކުރިމައްޗަށް ހުއްޓެލި މީހާ މިހެން ބުނެފައި އައްޔާދަށް ފޯނު ދިއްކޮށްލިއެވެ.
“ހަލޯ ސަރ.” އައްޔާދް ފޯނު ހިފައިގެން ބޭރަށް ޖެހިލަމުން ބުނެލިއެވެ. “އެބައިން.. ނޫން. އަދި ކަމެއް ނުކުރަން.. އެކީއްކުރަން ތޯ. ސާރ އަންނާނެ ކަމެއް ނެތް. އަޅުގަނޑު މިކަން ނިންމާލާނަން.” އައްޔާދް މިހެން ބުނި އިރު މޫނުމަތިން ނުތަނަވަސް ކަން ފާޅުވާން ހުއްޓެވެ. އައްޔާދް އިތުރަށް އެއްޗެކޭ ބުނުމުގެ ކުރިން އެކޮޅުން ފޯނު ކަނޑާލައިފިއެވެ. މަހުދީ މިތަނަށް އަންނަނީ ކަމަށް ބުނުމުން އޭނާ ރާވައިގެން އައި ގޮތަށް ކަންތަކެއް ނުކުރެވޭނެއެވެ. އަތުން ނިއްކުރީގައި އަތް ހާކާލި އިރު މިތަނުން ރިއުމާން ސަލާމަތް ކުރާނެ ގޮތަކާއި މެދު ވިސްނަން ފެށިއެވެ.
****
ރިއުމާންގެ ބޮލަށް ބަރުވެފައި ވީއިރު އަނގަމަތީގައި ރިއްސަމުން ދިޔައެވެ. މަޑުމަޑުން އެސްފިޔަތަށް ހުޅުވާލި ނަމަވެސް ފެންނަނީ ފުސްކޮށެވެ. ދުރުން ބަޔަކު ވާހަކަ ދައްކާ އަޑު އިވޭއިރު އޭނާ ހިތްވަރު ކޮށްފައި ދުރަށް ނަޒަރު ހުއްޓާލިއެވެ. އޭރު އެތަނުގައި ރަތް ކުލައިގެ އެއްޗެއް ލައިގެން ހުރި މީހަކު ހަޅޭ ލަވައި އަޑު އިވެއެވެ.
އެއަޑު ކަންފަތުގައި ޖެހުމުން ހަމަ ދަންނަ އަޑަކާއި ވައްތަރުވިއެވެ. ހިތްވަރު ކޮށްފައި އިސްނަގަން އުޅުނު ނަމަވެސް ގިނައިރު އެހެން ބަނދެފައި ބެއިންދުމުން ގައިގައި އެހިތްވަރެއް ނެތެވެ. “ނުބުނޭތަ އޭނަ ގައިގައި އަތް ލައިގެން ނުވާނެއެކޭ..” އެ ދަންނަ އަޑުގެ ވެރިޔާ ބުނެލި އަޑު އިވުނެވެ. ދެން ފެނުނީ މީހަކު ދުރަށް ކޮށްޕާލުމަށްފަހު އެރަތް އެތި ލައިގެން ހުރި މީހާ އައިސް އޭނާ ކައިރި ހުއްޓެލި ތަނެވެ.
“އޭނާ ކަންތައް ނިންމާނީ އަހަރެން.. އެހެންވީމަ އިތުރު މީހަކު އޭނާ ގައިގައި އަތް ލާކަށް ނުޖެހޭނެ.” އެމީހާގެ އަޑު މިފަހަރު ކައިރިން ނިކަން ސާފުކޮން އިވުނެވެ. އެވަގުތު ރިއުމާންގެ ހިތް ބިރުން ތެޅިގަތެވެ. އަނެއްކާ އެމީހުން އެއުޅެނީ އޭނާ މަރާލަން ބާއޭ ހިތަށް އެރިއެވެ. އެ ސިކުންތު އެ މީހާ އެތަނުން ނިކުމެގެން ދިޔައެވެ.
ރިއުމާން ހިތްވަރު ކޮށްފައި އިސް އުފުލާ ބަލާލި އިރު ކޮޓަރީގައި ތިބި ދެމީހުން ދުރުގައި އެކަކު އަނެކަކާއި ވާހަކަ ދައްކަން ތިބިއިރު ފިލާ ޖަހާފައި ހުރި ކުޑަ ދޮރު ކައިރީގައި އެއްކަލަ ރަތް އެތި ލީ މީހާ ހުއްޓެވެ. ރިއުމާން ދެފަހަރަކު ލޯ މަރާލުމަށްފަހު ހުޅުވާލުމުން ކޮންމެ ވެސް ވަރަކަށް ތަންތަން ސާފުކޮން ފެންނަ ވަރުވިއެވެ.
އެމީހާ ފޯނެއްގައި ހުރިއިރު ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އެއީ ކޮންމެ ވެސް ތަނަކުން ދެކުނު ސޫރައެއް ހެން ރިއުމާންއަށް ހީވިއެވެ. އިރުގަނޑެއް ނުވެ އެކޮޓަރީގައި ތިބި މީހުން ނިކުމެ ބޭރުގައި ރަތް ހެދުން ލީ މީހާއާއި ވާހަކަ ދެއްކުމަށްފަހު އެތަނުން ދިޔައެވެ. އޭރު އެމީހުން ދިޔުމުން އެމީހަކު އަވަސް ފިޔަވަޅުތަކެއްގައި އެ ކޮޓަރިއަށް ވަދެގެން އައިސް ރިއުމާން ކައިރީގައި މަޑު ކޮށްލިއެވެ.
އެމީހާ ކަމެއް ކުރަން އުޅެނީ ކަމަށް ހީކޮށް ރިއުމާން ކިބައިގައި ހުރި ހަކަތައެއް ބޭނުން ކޮށް ތެޅެން ފެށިއެވެ. “މަޑުން އިނދެބަލަ..” ކަންފަތް ކައިރިން އެއަޑު އިވުމާއި އެކު ރިއުމާންގެ ހަރަކާތްތައް ހުއްޓި އެއަޑު ފާހަގަ ވިއެވެ. އެއީ އޭނަ ބާއޭ ރިއުމާން ހިތަށް އެރިއެވެ. އެކަމަކު އެހެން ވާންވީ ކީއްވެ ބާއޭ އޭނާ ވިސްނަމުން ދިޔައެވެ.
އެސިކުންތު ރިއުމާންގެ އަތް މޮހެގެން ދިޔުމުން އޭނާ އަވަސް އަވަހަށް ދެއަތް ގެނެސް ގަޔާއި ކައިރި ކޮށްލިއެވެ. އޭރު އެމީހާ ރިއުމާން ކައިރިއަށް ތިރިވުމުން އެމީހެއްގެ މޫނު ފެންނަވަރު ވިއެވެ. އޭނާ ލައިގެން ހުރީ އެ ރަތް ކޯޓެވެ. އާނއެކެވެ. މިހާރު ހަދާން ވެއްޖެއެވެ. ރިއުމާންއަށް އެ ހުރިހާ ޚަބަރެއް ދެނީ އޭނާއެވެ.
އެކަމަކު ރިއުމާންގެ ކުރިމަތީގައި މިއިނީ އެނާ ދަންނަ ސޫރައެކެވެ. އޭނާ މަރާލަން ވެސް މިއުޅެނީ ހަމަ އެކަކެވެ. ހިނދުކޮޅެއް ތެރޭ ރިއުމާންއަށް ހުރިހާ ކަމެއް ސާފުވިއެވެ. ރިއުމާން އަތުން އޭނާ ލައިގެން ހުރި ރަތް ކޯޓުގައި ހިފައި ދަމައި ގަންނަމުން އޭނައާއި ހަތަރު ކަޅި ހަމަ ކުރިއެވެ.
“އައްޔާދް!” ރިއުމާން މިހެން ބުނިއިރު އޭނާގެ ދެބުމަ ގޮށް ޖެހި އެ މޫނުމަތިން ފެނުނީ ރުޅިވެރި ކަމަވެ. “އިޓް ވޮޒް ޔޫ!” ރިއުމާން މިހެން ބުނެފައި އައްޔާދް އެއަށް ޖަވާބެއް ދިނުމުގެ ކުރިން ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ދެމީހުން އެއްފަހަރާ އެދިމާއަށް ނަޒަރު ހުއްޓާލިއެވެ. ކަޅު ކުލައިގެން ބޮޑު ވިއްސާރަ ކޯޓެއްގައި ދޮރުކުރިމަތީ އެހުރީ މަހުދީއެވެ.
-ނުނިމޭ-
3428 Comments
Comments are closed.
So sorry for keeping you guys waiting. Enjoy reading.
Will ayaadh save riuman or will fate take a different turn?
alhey mahudhy ah naangachecriuman n ayyadh ge connection, riuman have to safe, no morevchoice….aneh paalrt ves upkohdheeba mirey pls
varah furihama. mi episode ha konme scene eh vaki meehunge point of view in genes dheefa in goi varah reethi. laayaal thi i hama varah kudhaana liyun theri eh.
Mahudhy ge dhuvas dhuvvaalabala dhen dhemyhun vegen plxxx…
V reethi mi story plx riuman ah dhera gotheh nahadhaathi ingey
Riuamaaaan!! alhey eyna save kuracehy. ayaadh won’t kill her. Layaa aslu ves varah molhu. hama film eh balaa levey hen heevani. ehaa instanse. love you ❤️ next part kiyaa hithun mirey. nuves nidheyne
Varah salhi…..pls next part avahah up kohdheeba…. i am a fan of ü layaal
Alhey emme reethi hisaabun thi nimmaaly. Riumaan ah dhera gotheh nahadhaathi. Masha allah layaal v molhu vaahaka liyan. Next part avahah up kohdhehchay. Can’t wait
Masha allah. Varah furihama vaahaka eh mi. enme than kolhe ves vataabula shaugu veri kamaa eki kiyaa levey. Riumaan ah dhera gothe nahadhachey iegy layaal.
Khonme gothe hadhaafa ves ayaan Riumaan salaamai kuraane. Vara reethi story dhaa goi. Layaal ge kureege story ah vure mi story maa furihama. Keep going girl
alhey riumaan rulhi ai e ayaadh dheke. she thinks he is the bad guy!! mahudhee maraa lanvi. adhi nikan vefa aisfi eh nun. layaa you are the best lovve you
Bodhu buda sai ?? salhi igey. varah reethi mi part ves. layaa vareh neh hama.
Wow wow wow.i just love it.kiyaa hithun keiimadhu vefa mihury.hithah araa avahah libeyne nama ey next part kialan.thnxx layaaloo.
layaal thi hama best! loved it ? can’t wait for next part.
Layaaa…. mihaaru vvvvv best. Kiyaahithun keih madhuvefa. Maashaa Allah v hunaruveri.
varah nice ❤️ keep it up layaa
woww vaahaka haadha reechey.. riumaan kihineh salaamaii vaany? i think riumaan salaamai kohfiyaa ahyaadh ge vazeefa vx gehleynehn.. ahyaadh plx save her.. she is brave girl
Riumaan salaamai kohfiyya gelleyny ayyaadh ge vazeefa eh noon.. mahudheege vazeefa.. this story is nice..
wow!! vvvvvvvvv reethi mi vaa goi. so interesting. can’t wait aneh part kiyaa hithun.
Masha allah.. riuman n ayyaadh salaamaiy kurachey.. abadhu ves nubaiy meehun ge kolhu gadha vaa than fennany.. so sad
Vaahaka v rythi.. Neyvaa hifaataalaigen mi innany. Vaahakaaga dhn vaany kihineh? Dhn oeh part ah inthizaaru kuran…
Thank you all so much for the lovely comments ?. It truly encourages me. Thanks for the wonderful support.
Love ❤️
layaa next part avaha upkohlla dhevidhaanetha .. plxx ..
Today evening ga up koh dheynan igey.
whn upkurani layaa
Laya when uploading the next part??? Can’t wait to read it.
Inthixaarugaeyyyyyyyyyyyyyyyyyyy layaaaaaa
Ethanan noosverin genesbala eyrun hurihaa kameh bust v…